Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ރާސްތާ 31

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
September 1, 2018 9 Mins Read
13 Comments

“ތިއްތަައަށް އިނގޭތަ އަސްލު ސްޓޯރީ؟” އަހަން ނާހަން ހުރެފައި އާރާޝް އެހިއެވެ. އަފްރީން އާއެކޭ ބުނުމުގެ ގޮތުން ބޯޖެހިއެވެ. އަފްރާއާއި އަރްޝާދްގެ ލޯބީގެ ވާހަކަ ކިޔައިދިނުމަށް އާރާޝް އަފްރީން ގާތުން އެދުނެވެ. “ތިއްތަ ކިޔާދިނީމަ ކަމަކު ނުދާނެއްނު. ބައްޕަ ނޫނީ މަންމަ ގާތު އަހާ” “ނޯވޭ. ނުކެރޭނެ އަހާކަށް” އާރާޝް ވަގުތުން އިންކާރު ކުރިއެވެ. އާރާޝާއި މާނީ އާދެސްކުރުމުންވެސް އަފްރީން ނުކިޔާދިނެވެ. އޭނާ އެދުނީ އަފްރާ ނޫނީ އަރްޝާދު ގާތުން އެވާހަކަ ކިޔައިދިނުމަށް އެދުމަށެވެ.

*******

އިވާން އޭނާގެ ފޯނުގައި އިން އިސްރާގެ ފޮޓޮއަށް ބަލަހައްޓައިގެން ހުއްޓެވެ. “އިސްރާ އައި އޭމް ބެކް. ތީ ހަމަ އެކަނި އަހަރެންގެ ކުއްޖެއް. އަހުސަމެށް އެހެން ސަމެށް ނޯންނާނެ. އަހަންނާ އިސްރާއާއި ދޭތެރެއަށް ވަންނަ ކޮންމެ މީހަކަށް… އާހް. ވެއިޓް ފޯ މީ ބޭބީ އައި އޭމް އޮން މައި ވޭ” އިސްރާގެ ފޮޓޮއަށް ބޮސްދިނުމަށް ފަހު އިވާން އޭނާގެ ފޯނު ޖީބަށް ލިއެވެ.

***********

އާލާ އަފްރާއާއި އެކީ ބޭރަށް ދިޔުމުން އަހުސަމަށް ހުރީ ގެއިން ބޭރަށް ނުނިކުމެވިފައެވެ. އާލާ ދިޔައީ އަންޖަލް ބަލަން އޭނާއާއި ހަވާލުކޮށްފައެވެ. އަންޖަލް އޭނާގެ ކުޅޭ އެއްޗިހިތައް ސިޓިން ރޫމާށް އަޅައިގެން ކުޅެން އިނެވެ. ދޭތެރެއަކުން އަހުސަމަށް އުނދަގޫކޮށްލައެވެ. އިއްޔެ ހަވީރު ގެއަށް ދިޔަ ފަހުން އިސްރާގެ މެސެޖެއް ނާންނާތީވެ އަހުސަމް ހުރީ ކަންބޮޑުވެފައެވެ. އޭނާ މެސެޖް ކުރުމުން ރިޕްލައި އެއްވެސް ނުކުރެެއެވެ. “ދޮންބޭ ގޭގެ ބެލް ޖަހާ އެބަ މަންމި އައި ކަންނޭންގެ” ފޯނަށް ގެއްލިފައި ހުރި އަހުސަމަށް ހަމަހޭވެރިކަންވީ ގޭގެ ބެލްޖެހި ވާހަކަ އަންޖަލް ބުނުމުންނެވެ. ކަންނެއް ގޮތަކަށްްްާްްާު ދެފައި ދަމަމުން އަހުސަމް ގޮސް ދޮރު ހުޅުވިއެވެ. ކުރިމަތިން ފެނުނު މީހާގެ ސަބަބުން އަހުސަމް ލާން އުޅުނު ނޭވާވެސް އަރުތެރޭ ތާށިވިއެވެ. ގޭދޮރު މަތީ އިނީ ޝަހުދާއެވެ. އަހުސަމް ގަދަކަމުން ހިނިތުންވިއެވެ. “ތީ އަހުސަމްތަ؟” މޫނުމަތިން އެއްވެސް އަސަރެއް ފާޅުނުކޮށް ޝަހުދާ އެހިއެވެ. އަހުސަމް އާއެކޭ ބުނުމުގެ ގޮތުން ބޯޖެހިއެވެ.

***********

އިރުގެ އަލި ލޮލަށް އެޅެންފެށުމާއެކު އުނދަގޫ ގޮތަކަށް އިސްރާ ލޯހުޅުވާލިއެވެ. ރޭގައި ގިނައިރު ރުއިމުގެ ސަބަބުން އޭނާގެ ލޯވަނީ ދުޅަވެފައެވެ. އަދި ބޮލުގައި ރިހުމެއްވެސް ހުއްޓެވެ.

******

އާރާާާޝް ސައި ބޮއެގެން އަފްރީންމެން ބަޔަށް ދިޔައިރު އަޝްވާއާއި އިޝްމާ ތިބީ އޫނޯ ކުޅޭށެވެ. ކުޑައެއް ކަމަކު އިޝްމާއަށް ވުރެ މޮޅަށް އަޝްވާ ކުޅެމުން ދިޔައެވެ. “އާރާޝް ދޮންބެ އާދޭ ކުޅެން. ދޮންތާ ހިނގާ އަލުން ފަށަން. މާނީ ދޮންތިއާއި މާއިޒް ދޮންބެ އަށް ގުޅާފަ ބުނޭ އަންނާށޭ ކުޅެން” އަޝްވާ ބޭނުންވީ މާނީމެންވެސް ލަވައިގެން ކުޅޭށެވެ. ނަމަވެސް މާނީއާއި މާއިޒް އެ ގަޑީގައި ގޭގައި ނެތުމުން އެ ދެކުދިންނަކަށް ނާދެވުނެވެ.

ތިން ކުދިން ވަރަށް ފޯރީގައި އޫނޯ ކުޅުނެވެ. އާރާޝާއި އިޝްމާވެސް ހީވަނީ އަޝްވާއާއި އެއް އުމުރުގެ ދެ ކުދިންހެންނެވެ.

ސައިބޮއެ ނިމިގެން ނަވްޔާ ބަދިގެއަށް ވަނީ ކޭކެށް އަޅާށެވެ. އިމްތިހާނުތަކަށް ފަހު އިސްކޫލަށް ދާން ނުޖެހޭތީ ނަވްޔާ ހުންނަނީ ފޫހިވެފައެވެ. ދާނިޝް ގާތު ބުނެގެން ކޭކު އަޅަން ބޭނުންވާ ސާމާނު ނަވްޔާ ގަތެވެ. ނަވްޔާއަށް އެހީވާށޭ ކިޔައިފައި އަކްމަލްވެސް ބަދިގެއަށް ވަނެވެ.

***

ޝަހުދާ ގެއިން ނުކުތުމުން ދޮރު ތަޅުލާފައި އައި ގޮތަށް އައިސް އަހުސަމް ސޯފާ ތެރެއަަަށް ވެއްޓިގަތެވެ. އޭރު އޭނާގެ ލޮލުގައި ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. އަންޖަލް ވާހަކަ ދެއްކުމުންވެސް އަހުސަމަށް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. އެއަށްވުރެ އޭނާގެ ހާލު ބޮޑެވެ.

****

ޝަހުދާ ގެއަށް އައިރު އިސްރާ އިނީ ސައިބޯށެވެ. އިސްރާގެ ރަތް ވެފައި ހުރި ދެލޯ ފެނުމުން ރޭގައި އިސްރާ ރޮއެކަން ޝަހުދާއަށް އެނގުނެވެ. “ދަރިފުޅަަށް ރަނގަޅަކަށް މަންމަ މިބުނީ އަހުސަމްއާއި އޮތް ގުޅުން ކަނޑާލާށޭ. އަހުސަމްގެ އެއްވެސް ހަރުދަނާ ކަމެއްނެތެއްނު. ދަރިފުޅުތީ ކިޔަވަން ނުލާހިކު މޮޅު ކުއްޖެއް. ދަރިފުޅާއި ގުޅެނީވެސް ކިޔަވަން މޮޅު ކުއްޖަކާ.މަންމަ ބޭނުމީ ދަރިފުޅު ވަރަށް ރަނގަޅު ކުއްޖަކާ ގުޅެން. އަހުސަމް އެއްގޮތަކަށްވެސް ކަމަކު ނުދޭ” ޝަހުދާގެ ވިސްނުން ހުރި ގޮތުން އިސްރާ ދެރަވިއެވެ. ފުޓުބޯޅަ ކުޅުނެއް ކަމަކު އަހުސަމަކީ ކިޔަވަންވެސް މޮޅު ކުއްޖެކެވެ. އޭލެވެލް އަދި އޯލެވެލް ގަދަ ދިހައެއްގެ ދެވަނައަަށް އެެރިއެވެ. އޭލެވެލް ފިޒިކްސިން ދުނިޔޭގެ ގަދަ ދިހަޔަކަށް އެރިއެވެ. އެހެނަސް އަހުސަމް ފުޓުބޯޅަ ކުޅޭތީވެ ޝަހުދާ ހީކުރަނީ އަހުސަމަކީ ނުކިޔަވާ ހުރި ކުއްޖެއް ކަމަށެވެ.

ޓީސީގެ މެނޭޖަރު އަހުސަމް ގާތު ބައްދަލުކޮށްލަން އެދުމުން އަސުރުން ފައިބައިގެން އަހުސަމް ދިޔައީ މެނޭޖަރާއި ބައްދަލުކުރާށެވެ.

ބައްދަލުވުން ނިމުނުއިރު އަހުސަމްގެ މޫނުމަތި ވަނީ އުޖާލާވެފައެވެ. އާރާޝްއާއި އަކްމަލެކޭ އެއްފަދައިން ރާއްޖެއިން ބޭރުގެ ޓީމަކަށް ކުޅުމުގެ ފުރުސަތު އޭނާއަށް ވަނީ ލިބިފައެވެ. އޭނާއަށް ފުރުސަތު ލިބިފައިވަނީ ބަންގްލަދޭޝްގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ ޑާކާ އަބަހާނީއިންނެވެ.

އަހުސަމް އެންމެ ފުރަތަމަވެސް އެ ޚަބަރު ދިނީ އާލާއަށާއި އައްމާރަށެވެ. އެ މީހުން އަހުސަމަށް ޓަކައި އުފާކުރިއެވެ. އޭނާގެ އެކުވެރިންނަށްވެސް އެޚަބަރު ލިބުމުން އެކަމަށް މަރުހަބާ ކިޔެވެ. އިސްރާއަށް ނުގުޅަން ހުރެފައިވެސް އަހުސަމް އިސްރާއަަށް ގުޅިއެވެ. ދެފަހަރު ރިންގްވާއިރަަށް ފޯނުނަގައިފިއެވެ.

********

މާނީ އެނދުގައި އޮށޯވެލައިގެން އޮތީ ވާހަކަ ފޮތެއް ކިޔާށެވެ. ވާހަކައަށް ވުރެ ބޮޑަށް އޭނާއަށް ވިސްނެނީ އާރާޝްއާއި މެދުގައެވެ. ވާހަކައިގައި އުޅޭ ބަތަލުވެސް އޭނާއަށް ސިފަކުރެވެނީ އާރާޝް ހެންނެވެ. އޭނާގެ މޮޔަކަމާއި ހެދި ހިނިވެސް އާދެވުނެވެ. ފޯނު ރިންގްވާން ފެށުމުން މާނީ ފޯނު ނެގިއެވެ. ގުޅަމުން ދިޔައީ އިސްރާއެވެ. “މާނީ..” ފޯނު ނެގިގޮތަށް އިސްރާ ރޯންފެށިއެވެ. އިސްރާ ރުއިމުގެ ތެރެއިން އަހުސަމްގެ ނަން ކިޔަމުން ދިޔައެވެ.

*******

ރަސްފަންނުގެ ހިތްގައިމު މާހައުލުގައި އަރާޝްއާއި އަހުސަމްގެ އިތުރުން އަކްމަލް ވެސް ހުއްޓެވެ. ދޮންވެލިގަނޑު މަތީ އިށީންދެގެން ތިބިއިރު އާންމުގެ ލޯތަށް އެކުދިންނަށް އަމާޒުވަމުން ދިޔައެވެ. ޒުވާން ފުރައިގެ އަންހެން ކުދިންވެސް ދެފައި އޮޅަމުން އެކުދިން ކުރިމަތީގައި ހިނގަމުން ދިޔައެވެ. “ދެން ކިހިނެއް ހަދަންށޯ ތިވިސްނަނީ؟” އަކްމަލް އަހުސަމް ގާތު އެހިއެވެ. “މަ ވަރަށް ލޯބިވޭ އިސްރާ ދެކެ. އެކަމު މަގޭ ކެރިއާ ދޫކޮށެއް ނުލެވޭނެ. ސޯ އައި ޗޯޒް މައި ކެރިއާ. މިއަދު އިސްރާއަށް ގުޅާފަ ބުނިން މިހާހިސާބުން އަހަރުމެންގެ ގުޅުން ނިމުނީއޭ. އިސްރާ ވަރަަށް ރުއި. މަށެއް ނުބުނަން އިސްރާ މަންމަ މަށާ މީޓްކުރަން އައި ވާހަކައެއް. މިހާރު ބްރޭކްއަޕް ވިއަސް އަބަދުވެސް ހުންނާނީ އިސްރާގެ އިންތިޒާރުގަ. އިސްރާ މަންމައަށް މަ ޕްރޫވްކޮށްދޭނަން ފުޓުބޯޅަވެސް ކުޅެވޭނީ ހަރުދަނާ މީހުންނައްކަން. ފުޓުބޯޅަ ކުޅުނަސް ކިޔެވޭނެކަންވެސް.” ޝަހުދާ އަހުސަމާއި ބައްދަލުކޮށްފައި އެދުނީ އިސްރާއާއި ގުޅެން ބޭނުންނަމަ ފުޓުބޯޅަ ކުޅުން ހުއްޓާލައިފައި ކިޔެވުމަށެވެ. އިސްރާއާއި ފުޓްބޯޅަ ތެރެއިން ކޮންމެސް އެއް ކަމެއް އިޚްތިޔާރު ކުރާށެވެ. އަހުސަމް ފުރަތަމަ ނިންމީ ކުޑައިރުއްސުރެ މޮޅު ކުލުންތެރިއަކަށް ވުމަށް ދެކެމުން އައި ހުވަފެން މަތިން ހަނދާންނައްތާލުމަށްފަހު އިސްރާ އިޚްތިޔާރުކުރާށެވެ. ނަމަވެސް ޓީސީގެ މެނޭޖަރާއި ބައްދަލުކުރި ހިސާބުން އޭނާގެ ޚިޔާލު ބަދަލުވީއެވެ. އޭނާ ބޭނުންވަނީ ޝަހުދާއަށް އެއްޗެއް ވިސްނަދޭށެވެ. އޭނާ ބޭނުމީ މުޅި ގައުމު ފަޚުރުވެރިވާ ފަދަ ބަތަލަކަށް ވެގެން އިސްރާއާއި ގުޅޭށެވެ. އިސްރާއަށް ގުޅާފައި އެގުޅުން ނިންމާލަން ބުނިއިރު އޭނާގެ ލޮލުންވެސް ކަރުނައައެވެ. އެެހެނަސް ހިތްވަރުކޮށްފައި އޭވާހަކަ ބުނީއެވެ. އެ ވަގުތު އިސްރާގެ ރުއިމުގެ އަޑު އިވުމުން އޭނާގެ ހިތް ކުދި ކުދި ނުވީ ކިރިޔާއެވެ.

“އަހޫ އިސްރާ ގާތު ބުނޭ އިންތިޒާރު ކުރާށޭ. އެހެންނޫނީ އެކުއްޖާ ހިތާމައިން ހަލާކު ވެދާނެ. އަހޫ އިސްރާ ގާތު ދެންމެ އަހަރުން ގާތު ބުނި ގޮތަށް ބުނެފިއްޔާ މަަަށަށް ޔަގީން އިސްރާ އޯކޭ ވާނެކަން.” އަހުސަމް އަކްމަލްގެ ވާހަކައަށް އެއްބަސްވިއެވެ.

******

މާނީއާއި އިސްރާ ތިބީ އިސްރާގެ ކޮޓަރީގައެވެ. ރުއިމުގެ ސަބަބުން އިސްރާގެ މުޅި މޫނު ވަނީ ދުޅަވެފައެވެ. މާނީ އިސްރާއަށް ހިތްވަރު ލައިދެމުން ދިޔައެވެ. އަހުސަމް އެއްވެސް ކަމަކާނުލައި އިސްރާއާއި ރުޅިވެދާނެ ކަމަކަށް މާނީގެ ހިތެއް ނުބުނެއެވެ. އިސްރާގެ ފޯނަށް އަހުސަމްގެ މެސެޖެއް އައެވެ. މެސެޖުގައި އޮތީ ވަރަަށް އަވަހަށް ބައްދަލުކޮށްލަން ބޭނުންވާކަމަށެވެ. އިސްރާ އެ މެސެޖު މާނީއަށް ދެއްކިއެވެ. މާނީ ބުނި ގޮތަށް އޯކޭ ޖަހަައިފައި އިސްރާ ޖަވާބު ފޮނުވިއެވެ. އަހުސަމް ކޮންތާކަށް ތޯ ދާނީ އެހުމުން މާނީމެންގެއަށް ދިއުމަށް އިސްރާ އެދުނެވެ.

ހުއްދަލިބޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއްނެތި އިސްރާ ޝަހުދާ ގާތުން މާނީއާއި އެއްކޮށް މާނީމެން ގެއަށް ދިއުމަށް ހުއްދައަށް އެދުނެވެ. އުއްމީދު ކުރި ގޮތާއި ހިލާފަށް ވަރަށް ފަސޭހައިން ޝަހުދާގެ ހުއްދަ ލިބުނެވެ.

މާނީއާއި އިސްރާއަށް މާނީމެން ގެއަށް ދެވުނު އިރު އާށްގަޑި ބައި ވަނީއެވެ. އޭރު އެންމެ ތިރީގައި ނަވްޔާއާއި އިޝްމާ ދެކޮޅަށް ހިނގާލަ ހިނގާލަ ތިއްބެވެ. “އަހޫމެން އެބަ ތިބި ޓެރަހުގަ” ނަވްޔާ އެހެން ބުނެފައި ލިފްޓަށް އަރަން ދިޔައެވެ.

މިލާ މޯޅިވެފައި ހުރި އަހުސަމްގެ މޫނު ފެނުމާއެކު އިސްރާގެ ހިތުގައި ރިއްސާލިއެވެ. މާނީ ބުނި ފަދައިން އަހުސަމް އޭނާއާއި ރުޅިވުމުގެ ފަހަތުގައި ކޮންމެވެސް މަޖުބޫރީ ކަމެއް ވާކަން އޭނާއަށް އެނގުނެވެ.

އަހުސަމް އިސްރާ އަތުގައި ހިފައިގެން ކުޑަ މޭޒެއް ކައިރިއަށް ގެންދިޔައެވެ. ހިތުގެ ބައްޓަމަށް އަޅައިފައި ހުރި ކޭކެއް މޭޒު މަތީގައި ހުއްޓެވެ.  ކޭކުގައި ސޮރީ ޖަހައިފައި ދެރަވާ މޫނެއް ކުރަހައިފައި ހުއްޓެވެ. “އައި އޭމް ސޮރީ ލަވް. ލަވްގެ ހިތުގަ ޖެއްސުނީމަ” ކުށްވެރިއެއް ފަދައިން އިސް ޖަހާލަމުން އަހުސަމް އިސްރާގެ ކިބައިން މާފަށް އެދުނެވެ. އިސްރާ ހެޔޮ ހިތުން އަހުސަމަށް މާފު ކުރިއެވެ. އަދި އަހުސަމް ގުޅާފައި އެހެން ބުނީ ކީއްވެތޯ ސުވާލު ކުރިއެވެ. އަހުސަމް އިސްރާއަށް އޭނާ ކުރަން އުޅޭ ކަންތައް ކިޔައިދިނެވެ. “އަހޫ ކުރިންވެސް ތިހެން ބުނި ނަމައެއްނު. އަހޫ އަންނާނެ ދުވަހަކަށް އަބަދުވެސް އިންތިޒާރު ކުރާނަން. އިސްރާއަށް އިނގޭ އަހޫ އިސްރާދެކެ ލޯބިވާކަން މި ވަގުތަށް އެވަރުވެސް ފުދޭ. އައި އޭމް ގޮއިން ޓު މިސް ޔޫ ލަވް.”

އެއް އަހަރު ފަސް…

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސި ބޯޓުން ފައިބައިގެން އިންޑިޔާގެ ބެންގަލޫރު ކުޅުން ތެރިން އެއާޕޯޓްތެރެއަށް ވަނެވެ. ބެންގަލޫރު އެފްސީ ކުޅުންތެރިންނަށް މަރުހަބާ ކިޔަން ރާއްޖޭގެ އެފްއޭގެ ރައީސްގެ އިތުރުން އެ އިދާރާ ގެ އިސްބޭފުޅުން އެއާޕޯޓަށް ވަޑައިގެން ތިއްބެވިއެވެ.

ގާތް ގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން އަމިއްލަ ފަސް ގަނޑަށް އާދެވުމުން އަކްމަލް އަދި އާރާޝަށް ތަފާތު އިހުސާސެއް ކުރެވުނެވެ. ބެންގަލޫރު އެފްސީއަށް ކުޅެން ދިޔަ ފަހުން އެ ދެ ކުދިން އަދި ރާއްޖެއެއް ނާދެއެވެ. ގައުމީޓީމުގެ މެޗުތަކަށް އެ ދެ ކުދިން ދަނީ ސީދާ މެޗު އޮންނަ ގައުމަށެވެ. ވޭތުވެ ދިޔަ އެއް އަހަަރުގައި ރާއްޖޭގައި މެޗެއް ކުޅޭކަށެއް ނުޖެހެއެވެ. މިއަދު އެކުދިން މާލެ އައީ އޭއެފްސީ ކަޕުގައި ބެންގަލޫރު އެފްސީއާއި ރާއްޖޭގެ ނިއުރޭޑިއަންޓް މެޗަށެވެ. އިންޑީޔާގައި ހޭދަވި އެއް އަހަރު ދުވަހުގައި އަކްމަލާއި އާރާޝް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި މުޅި ރާއްޖެ  ފަޚުރުވެރި ކޮށްދީފައެވެ. އިންޑިޔާގެ ފުޓުބޯޅަ ކުރިއެރުވުމަށް ޓަކައި އިންޑިޔާ އެފްއޭއިން އެ ގައުމުގެ ކުލަބަކާއި ދުނިޔޭގެ ފެންވަރުގެ ކުލަބަކާއި ދެމެދު އެކުވެރިކަމުގެ މެޗެއް ކުޅެން ނިންމިއެވެ. އިންޑިޔާ ތަމްސީލު ކުރަން ފުރުސަތު ލިބުނީ ބެންގަލޫރު އެފްސީއަށެވެ. އެ މެޗުގެ ޓީމް ލިސްޓުގައިވެސް އެންމެ ގިނަވެގެން ހިމެނެން އޮތީ ގައުމުން ބޭރު ދެކުޅުންތެރިންނެވެ. ބެންގަލޫރު އެފްސީގެ ކޯޗު ހިމެނީ އާރާޝާއި އަކްމަލެވެ. އިންޑިޔާގެ ބެންގަލޫރު އެފްސީ ކުޅުނީ އިނގެރޭސި ޕްރިމިއަރ ލީގުގެ ގަދަ ބާރެއް ކަމަށްވާ ޗެލްސީއާއި ދެކޮޅަށެވެ. އެ މެޗުން ބެންގާލޫރު ބަލިވި ނަމަވެސް ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. މުޅި މެޗުން ވެސް އެންމެ ފާހަގަ ކުރެވުނީ ދުނިޔޭގެ އެންމެ އަގު ބޮޑު ކީޕަރު ކޮޅަށް އުމުރުން އެންމެ އަށާރަ އަހަރުގެ އާރާޝް ޕެނަލްޓީ އޭރިއާ ބޭރުން ޖެހި ލަނޑެވެ. އަކްމަލް ކޮޅަށް ތިން ލަނޑު ވަނެއް ކަމަކު އަކްމަލް ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަލްވާރޯ މޮރާޓާއާއި ޖިރޫޑް މެން ފަދަ މޮޅެތި ކުޅުންތެރިން ގޯލަށް ފޮނުވަމުން ދިޔަ ނުރައްކާތެރި ހަމަލާތައް ހުށިޔާރު ކަމާއެކީ އަކްމަލް ވަނީ ދިފާއުކޮށްފައެވެ. މެޗަށް ފަހު ޗެލްސީގެ ކޯޗުގެ އިތުރުން ކުޅުންތެރިންގެ ތައުރީފުވެސް އަކްމަލަށާއި އާރާޝަށް ލިބުނެވެ. ދުނިޔޭގެ މީޑިޔާގެ ސަމާލުކަންވެސް އެ ދެކުޅުންތެރިންނަށް ލިބުނެވެ.

********

އާރާޝް މާލެ އަންނަކަށް އެނގުނީންސުރެ މާނީއަށް ދުވަސް ގުނެމުން ދިޔައެވެ. އާރާޝް ދެކުމަށް އޭނާގެ ދެލޯ ބޭގަރާރު ވަމުން ދިޔައެވެ. އާރާޝް ނުފެންނަތާ އަހަރެއްވަނީއެވެ. އާރާޝް އެކޮޅުގައި އުޅޭއިރު ގިނައިން ވާހަކަ ދައްކާނެ ފުރުސަތެއް ނުލިބެއެވެ. މާނީގެ އޭލެވެލް އަހަރު ކަމުން އޭނާ ގިނަ ވަގުތު ހޭދަ ކުރީ ކިޔެވުމުގައެވެ. އާރާޝްވެސް ގިނަ ވަގުތު ހޭދަކުރަމުން ދިޔައީ ފަރިތަކުރުން ތަކުގައެވެ.

*****

ރާއްޖެއާއި ދުވަހު ކުޅުންތެރިން ބޭނުން ތާކަށް ދިޔުމުގެ ފުރުސަތު ކޯޗު ދިނެވެ. އަކްމަލާއި އާރާޝް ގަސްތު ކުރީ އެމީހުންގެ ގެއަށް ދިޔުމަށެވެ.

ކަޅު ކުލައިގެ އަތް ދިގު ގަމީހަކާއި ކަޅު ސްކީނީ ޖިންސެއް ލައިގެން އާރާޝް ތައްޔާރުވިއެވެ. ކުރީގައި ކުރުކޮށް އޮތް ފަން އިސްތަށިގަނޑު ވަނީ ކޮނޑާ ހަމައަށް ދިގު ކޮށްފައެވެ. އިސްތަށިގަނޑުގެ އެއްބައި މޫނު މައްޗަށް ވައްޓާލުމަށްފަހު ކަލު ކުލައިގެ ތޮތްޕެއް އެޅިއެވެ. އެއަށް ފަހު ރޭބަން އައިނަކުން އޭނާގެ އަސަރުގަދަ ސެ ލޯ ފޮރުވިއެވެ. އާރާާޝް އެ ގޮތަށް ކަންތައްކުރީ މީހުންނަ އޭނާ ފާހަގަވިޔަ ނުދިނުމަށެވެ. ގަޔަށް ސެންޓު ބުރުވާލުމަށްފަހު ދަބަހެއް ކޮނޑުގައި އަޅުވައިގެން އާރާާޝް ހޮޓަލުން ނުކުތެވެ.

*****

އޭލެވެލް އިމްތިހާނު ނިމުމުން މާނީ ގޭގެއަށް ގޮސް ކުދިންނަށް ޓިއުޝަން ދޭން ފެށްޓިއެވެ. ކޮންމެ ދުވަހަކު ހަވީރު ހަތަރަކުން ހަޔަކާއި ދެމެދު އެއީ މާނީ ޓިއުޝަން ދޭ ގަޑިއެވެ. މިއަދު މާއިޒްގެ ޕްރެކްޓިސް އޮތުމުން މާނީ ޖެހޭނީ ހިނގައިފައި ދާށެވެ. މާނީއަށް ރީތި ވެވުވެވުނު އިރު ތިން ގަޑި ސާޅިސް ހަތެއް ވެއްޖެއެވެ. ދާން ޖެހޭނީ ފުދޭވަރަކަށް ދުރަށް ކަމުން މާނީ ހަރަކާތް އަވަސް ކުރިއެވެ. އޭނާ ދަނީ ކަމަށް ބުނެ މާއިޒަށާއި އަފްރާ އަދި އަފްރީނަށް މެސެޖް ކުރުމަށް ފަހު ލިފްޓަށް އެރިއެވެ. ގްރައުންޑަށް ލިފްޓް ހުއްޓުމާއެކު ރަނގަޅަށް ދޮރުވެސް ނުހުޅިވެނީސް ލިފްޓުން ނުކުންނަށް މާނީ އުޅުނެވެ. ބަލާ ނުލައި ނުކުންނަށް ހަދައިގެން މީހެއްގައި ލައިގަނެފައި މާނީ ވެއްޓެން ދިޔައެވެ. ވެއްޓެން ދިޔަ އިރު މާނީގެ އަނގައިން ތޫލި އަޑެއް ނުކުތެވެ. އެހެނަސް ބިންމަތީގައި ޖެހުމުގެ ކުރިން ބާދު ގަދަ އަތަކުން އޭނާގެ އޮނަގަނޑުގައި އަތްވަށާލި ކަމުގެ އިހްސާސު މާނީއަށް ކުރެވުނެވެ. މަޑު މަޑުން މާނީ އޭނާގެ ލޯ ހުޅުވާލިއެވެ.

އާރާޝް ލިފްޓަށް އަރަނިކޮށް ލިފްޓުން ނުކުތް އަންހެން ކުއްޖާ އޭނާގެ ގައިގައި ޖެހިފާ ވެއްޓެން ދިޔައެވެ. އާރާޝް ހުށިޔާރު ކަމާއެކު އެކުއްޖާ ވެއްޓުނަ ނުދީ އޭނާގެ ބާރުގަދަ އަތުގެ ހިމާޔަށް ދިނެވެ. އެކުއްޖާ ވެއްޓެން ދިޔައިރު އަނގައިން ނުކުތް ތޫލި އަޑުން އެއީ މާނީކަން އާރާޝަށް އެނގުނެވެ. އާރާޝަށް މާނީގެ މޫނަށް ބަލަހައްޓައިގެން އޮވެވުނެވެ. ކަޅު ޝޯލްގެ ތެރެއިން މާނީގެ ދޮން މޫނު ފެންނައިރު ވަރަށް ވެސް ހިތްގައިމެވެ. ކުރިއަށް ވުރެ ފަލަވެފައި ހުރުމުން މާނީގެ ރީތިކަން ވަނީ އިތުރުވެފައެވެ. އެއްވެސް މޭކަޕެއް ބޭނުންކޮށްފައި ނުވާއިރުވެސް ނުހަނު ފުރިހަމައެވެ. އާރާޝަށް ކަޅި ޖަހައި ނުލައި މާނީއާއި ދިމާއަަށް ބަލަހަށްޓައިގެން ހުރެވުނެވެ.

ލޯ ހުޅުވާލިއިރު މާނީއަށް ފެނުނީ ކަޅު އައިނަކާއި ތޮތްޕެއް އަޅައިގެން ހުރި ފިރިހެނެކެވެ. އޭނާގެ މޫނު ވަނީ އިސްތަށިގަނޑުން ނިވައިވެފައެވެ. ގަތް ބިރުން މާނީއަށް ހަޅޭއްލަވައިގަނެވުނެވެ. އާރާޝަށް ހަމަބިމަށް އާދެވުނީ މާނީ ހަޅޭއްލަވައިގަތުމުންނެވެ. އޭރު މާނީ ސަލާމަތްވާން ވެގެން ތެޅެމުން ދިޔައެވެ. މާނީ ބިރުގަތީކަން އެނގުމުން އާރާޝަށް މަޖާވިއެވެ. މާނީ އިތުރަށް ބިރުގެންނެވުމަށްޓަކައި ކުރިއަށް ވުރެ ބާރަށް މާނީގެ އޮނަގަނޑުގައި ހިފައި ބާރުކޮށްލިއެވެ. އަދި މާނީ ގޮވައިގެން ލިފްޓަށް އެރިއެވެ. “ހަމަ މިހާރު ގައިން ދޫކުރޭ!” މާނީ ކުރިއަށް ވުރެ ބާރަށް ހަޅޭއްްލަވައިގަތެވެ. އާރާޝް މާނީ ތެދު ކުރިއެވެ. އެއަށްފަހު ލިފްޓުގެ ބިތުގައި މާނީއަށް ނުދެވޭނެހެން ދެއަތް އަޅުވާލިއެވެ.

ކާކުކަން ނޭންގޭ ގޮތަށް ހުރި މީހާ އޭނާއާއި ކައިރިވާން ފެށުމުން މާނީ ބިރުންގޮސް ހަލާކުވާން ކައިރިވިއެވެ. އެމީހާގެ ކިބައިން ސަލާމަތްވުމަށްޓަކައި އެމީހާގެ މޭމަތީގައި މާނީ ތަޅައިގަތެވެ. މާނީ އޭނާގެ ގައިގައި ތަޅައިގަތުމުން އާރާޝަށް މަޖާވެގެން އޭނާގެ މޫނު މާނީގެ މޫނާއި ކައިރިކުރިއެވެ. މާނީގެ ހޫނު ނޭވާ އާރާޝަށް އިހްސާސް ކުރެވެން ފެށުމުން ބޭއިޚްތިޔާރުގައި އާރާޝަށް ދެލޯ މަރާލެވުނެވެ. “ޔޫ ލުކް ބިއުޓިފުލް ނައު” ދެލޯ މަރައިގެން އެހުރި ގޮތަށް ހުރެ އާރާޝް ބުންޏެވެ. އެމީހާގެ އަޑު ޖެހުމާއެކު މާނީ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ބިރުގެ ބަދަލުގައި އެހެން އިހްސާސެއް އުފެދުނެވެ. އެއަޑަކީ އެއަޑެއް އަހަން އޭނާ ކެތްމަދުވެފައި ހުރި އަޑެވެ. އެ ސޫރައެއް ދެކެން އޭނާގެ ދެލޯ ބޭގަރާރު ވަމުން ދިޔަ ސޫރައެވެ. “އާރާޝް” މާނީއަށް ވައި އަޑުން ބުނެވުނެވެ. އެއް މިޔައަކުން ހީލުމަށްފަހު އާރާޝް އޭނާގެ އަވިއައިނައި ތޮފި ނެގިއެވެ. އެއަށްފަހު މޫނު މައްޗަށް ވައްޓާފައި އޮތް އިސްތަށިގަނޑު މޫނު މަތިން އެއް ފަރާތް ކުރިއެވެ. މާނީ އާރާޝާއި ދިމާއަށް ބަލަހައްޓައިގެން އިން ގޮތުން އާރާޝްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “ހަހަހަ އޯ ގޯޑް ސަންތިމަރިޔަނބު. ޔޫ ގޮޓް ސްކެއާޑް. ހަހަ” ބަނޑުގައި އަތް އަޅައިގެން ގުދަށް އޮވެ އާރާޝް ހެމުން ދިޔައެވެ. މާނީއަށް އުޅެވުނު ގޮތް ހިތަށް އެރުމާއެކު ލަދުން ގޮސް މަރުވާވަރުވިއެވެ. އޭނާ ލަދުގަތް ކަން އާރާޝަށް އެނގިއްޖެޔާމުން އިތުރަށް މަލާމަތްކުރާނެތީވެ ރުޅި އައި ކަމަށް ހެދުނެވެ. ” ދެން ހެވޭ އާރާޝް ގަނޑާ ވަގެއްހެން މޫނު ފޮރުވައިގެން އައިމަ ބިރުވެސް ގަންނާނެ ދޯ. އިޑިއަޓް މިހާރު އާރާޝާއި ހެދި ޓިއުޝަން ގަޑިިވެސް އެ ޖެހުނީ ވަރަށް ފޫހިވޭ” މާނީ ތުން އަނބުރާލި ގޮތުން އާރާޝަށް އިތުރަށް ހެވުނެވެ. މާނީ ފޯނުނަގައިފައި މިއަދު ޓިއުޝަން ކެންސަލް ކަމަށް ބުނެ ކިޔަވައިދޭ ކުއްޖާއަށް މެސެޖްކުރިއެވެ. ލިފްޓު ހުރީ ހުއްޓިފައިކަންވެސް އެދެމީހުންނަށް ނޭންގެއެވެ. ކޮންމެސް މީހަކު ތިން ވަނަ ފަންގިފިލާއިން ލިފްޓަށް ފިއްތާފައި ހުރުމުން ތިންވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓުނު ގޮތަށް ހުރިއެވެ. އާރާޝް ލިފްޓަށް އަރައިފައި ވަކި ފިތަކަށް ނުފިއްތައެވެ.

އާރާޝް ހުނުން މައިތިރި ކުރުމަށްފަހު ނުވަވަނަ ފިތަށް ފިތާލިއެވެ. އޭރު މާނީ ހުރީ ތުން ދަމައިގެންނެވެ. ކުއްލިއަކަށް ލިފްޓުން ކަރަންޓް ދިޔައެވެ. މާނީ ހަޅޭއްލަވައި ގަނެފައި އާރާޝް ގައިގައި ބައްދާގަތެވެ. އާރާޝްވެސް މާނީ އޭނާ ގަޔާލައި އިތުރަށް ބޮނޑިކޮށްލިއެވެ. މާނީ މަޑުމަޑުން އާރާޝާއި ދުރުވިއެވެ. އާރާޝްވެސް މާނީ ގައިން އަތް ނައްޓާލުމަށްފަހު ޖިންސުގެ ދެ ޖީބަށް ދެ އަތް ޖެހިއެވެ. މާނީ ފޯނުނަގައި އިޝްމާއަށް ގުޅާލިއެވެ. އެހެނަސް އޭނާ ފޯނުގައި ރުފިޔާނެތުމުން އިޝްމާއަކަށް ނުގުޅުނެވެ. “އާރާޝް ފޯނުގަ ބެލެންސް އެބަހުރިތަ؟” “ސިމެއް އޮވެގެންނު ބެލެންސް ހުންނާނީ. މާލެ އެރި ގޮތަށް މިއައީ ގެއަށް ސަންތިމަރިޔަނބު ދެކޭހިތުން. ދެކޭ ހިތް ވޭ ނިކަން..” އާރާޝް އޭނާގެ ފިރިހެންވަންތަ އަޑުން ލަވައެއްގެ ތަން ކޮޅެއް ކިޔާލިއެވެ. އެއާއެކު މާނީ ދެ ލޯ ބޮޑު ކޮށްފައި އާރާޝާއި ދިމާއަށް ބަލާލިއެވެ.  މާނީ ކުރިމަތިގައި ހުރުމުން އާރާޝްގެ ޒުވާން ހިތް އޮބިނޯއްނަ ވަރަށް ތެޅެމުން ދިޔައެވެ. ދުވަހަކުވެސް އަންހެއްކުއްޖަކު ފެނުމުން ނުވާ ގޮތްތަށް އޭނާއަަށް ވާންފެށިއެވެ. ބޭއިޚްތިޔާރުގައި މާނީގެ އޮނަގަނޑުގައި އަތް އަޅުވައިފައި އޭނާއާ ގާތަށް ގެނެވުނެވެ. އާރާޝްގެ ކުއްލި ހަރަކާތުން މާނީ ސިއްސައިގެން ދިޔައެވެ.އޭނާގެ މޫނު ގޮސް އާރާޝް ގެ ތަނަވަސް މޭމަތީގައި ޖެހުނެވެ. އެ ވަގުތު އަރާޝްގެ ގައިން ދުވި މީރު ވަހުން ނޭފަތް އެތެރެއަށް ދަމާލެވުނެވެ. މާނީގެ ދަތްދޮޅީގައި ހިފައި އާރާޝް މާނީގެ މޫނު އުފުލާލިއެވެ. އެއާއެކު މާނީގެ މުޅި މޫނަށް ޖަންބުކުލަ އެރިއެވެ. އާރާޝް މަޑުމަޑުން އޭނާގެ މޫނު މާނީގެ މޫނާއި ކާރިކޮށްލިއެވެ. މާނީއަށް ދެލޯ މަރާލެވުނީ އާރާޝްގެ ހޫނު ނޭވައި އޭނާއަށް އިހްސާސް ކުރެވުމުންނެވެ. އާރާޝްގެ ކޮންމެ އަމަލަކަށް ހިތުން ރުހުމުން މާނީއަށް އެއްބާރުލުން ދެވުނެވެ. މާނީއާށް ލޯހުޅުވާލެވުނީ އޭނާގެ ކޯތާފަތުގައި އާރާޝް ބޮސްދިނުމުންނެވެ. “އައި މިސްޑް ޔޫ ސޯ މަޗް ކްރައި ބޭބީ” މާނީގެ ދެ ލޮލަށް ބަލަހައްޓައިގެން ހުރެ އާރާޝް ބުނެލިއެވެ. ހިންދިރުވާލަން ވެސް ނޭންގިފައި މާނީއަށް އިނދެވުނެވެ. އާރާޝްގެ އެ އަމަލުން ނަގަންވީ މާނައެއް މާނީ އަކަށް ނޭންގުނެވެ. “ވާހަކަ ނުދައްކަން ހުވާ ކޮށްގެންތަ ތިހުރީ؟ ނޫނީ ރުޅި އައިއްސަތަ؟” މާނީ އަނގައިން ނުބުނުމުން އާރާޝް އަނެއްކާވެސް އެހިއެވެ. ލާދުން ގޮސް މާނީއަށް އިސްޖަހާލެވުނެވެ. “މާނީ ކޮންއިރަކުތަ ލަދު ގަންނަން ފެށީ؟ އަނެއްކާ އާރާޝް ދެކެ ލޯބިވެވުނީތަ؟” މާނީ ލަދުގަތުމުން މަޖާވެފައި އާރާާޝް އެހިއެވެ. މާނީ އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނުން ކަރަންޓު އައިސިގެން ލިފްޓުގެ ދޮރު ހުޅުވުނެވެ. ދެމީހުން އެކީ ލިފްޓުން ފައިބައިގެން ގޮސް ޓެރެހަަށް އެެރިއެވެ.

އަފްރީންއާއި އަފްރާ ޓެރަހުގައި އަނގަތަޅަން ތިއްބެވެ. އަރްޝާދާއި އައްޒާމްވެސް ކޮންމެވެސް ވާހަކައެއްގައި ތިއްބެވެ. އަފްރީން ވަނީ އަރްޝާދަށް ހަގީގަތް ކިޔާދީފައެވެ. ހަގީގަތް އެނގުމުން އަރްޝާދް ވަނީ އަފްރާއާއި އައްޒާމްގެ ކިބައިން މާފަށް އެދިފައެވެ. އެ ދުވަހަށް ފަހު އައްޒާމާއި އަރްޝާދްގެ ކުރީގެ އެކުވެރިކަން ވަނީ އިޔާދަވެފައެވެ. “ސަޕްރައިޒް” އެންމެންގެ ނަޒަރު ދޮރާ ދިމާއަށް ހުއްޓުނީ އާރާޝްގެ އަޑު އިވުމުންނެވެ. އާރާޝް ފެނުމުން އަފްރާއަށް އިން ތަނުން ތެދުވެވުނެވެ. އަފްރީނަށްވެސް ވީ ހަމަ އެވަރެވެ.

ނުނިމޭ

 

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Other Articles

Previous

ހާސިލް ވުމަށް އެދި ހިތް ރޮނީ 5

Next

ބުނާށެ ލޯބި ނުވަނީހޭ (1)

Next
September 1, 2018

ބުނާށެ ލޯބި ނުވަނީހޭ (1)

Previews
August 31, 2018

ހާސިލް ވުމަށް އެދި ހިތް ރޮނީ 5

13 Comments!

  1. Baby girl ❤ says:
    September 1, 2018 at 12:52 am

    Wowow….? vrh reethi.. masha allah…. whn next part?.. nd me first…yeyyy ……
    Curiously waiting waiting ….i love ur story dear..

    1. Kiyara says:
      September 1, 2018 at 1:11 pm

      Thanks baby girl Insha Allah miadhu dhen oii part genesdheveytho balaan. Lysm♥️

  2. Lotus says:
    September 1, 2018 at 5:38 am

    V nice.. maanee and aarash ge romantic comedy scenes nikan genesdhechey.. they make a perfect couple but ehaa avaha those 2 nugulhuvachey.. just sharing my opinion ???

    1. Kiyara says:
      September 1, 2018 at 1:12 pm

      Thanks lotus. Hingaa dho balamaa

  3. Mal says:
    September 1, 2018 at 8:45 am

    Wow v salhi…??????kiyaa next part ga maany and aaraash ge parts thah ithuru kohdhehchey ?????❤❤❤❤❤❤lysm

    1. Kiyara says:
      September 1, 2018 at 1:14 pm

      Thanks mal. I will try ISA lysm♥️

  4. Kiyaa ge fans❤ says:
    September 1, 2018 at 9:57 am

    Awwwnn…….kiyaa…this prt is awwwsm. ….???maany N arash v salhi …N nxt prt vx salhi vaane kamah heekuran…curiously Waiting for the nxt prt. ….Luv ya..❤???❤

    1. Kiyara says:
      September 1, 2018 at 1:16 pm

      Thanks kiyaa ge fans♥️. ISA miadhu up kohdheveytho mi masaikai kurany Lysm♥️

  5. Akuusher says:
    September 1, 2018 at 10:12 am

    mi prt vx wrh amxnn! when nxt prt? Cant wait for the nxt prt! and Kiyara… KEEP IT UP ???

  6. Twinkle? says:
    September 1, 2018 at 1:41 pm

    Wowowow… amazing!!!???Vaahaka ky iru ahoo n israa ge vaahaka r hedhi rovenikh aaraash r maany hedhi hevijje ??????masha allah mivareh neih hama… keep it up dear??????❤❤❤???whn nxt part???

    1. Kiyara says:
      September 1, 2018 at 4:02 pm

      Thanks twinkle. ISA miadhu next part. Lysm♥️♥️

  7. nav says:
    September 1, 2018 at 4:10 pm

    Story is super awwsm
    kiyaa next part up kohlai fintha…waiting

    1. Kiyara says:
      September 1, 2018 at 5:07 pm

      Thanks nav. Mihaaru ihnnane next part up kohffa..???

Comments are closed.


All Right Reserved!