Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނާށެ ލޯބި ނުވަނީހޭ (2)

Nau Level 810 Stories100 Comments500 Comments100 Stories100 Login1K Comments
September 2, 2018 6 Mins Read
40 Comments

ނިޝްޔާގެ އަތުގައި ނުޖެހުމަށް ދުވަމުން ކާކޮޓަރިން ނުކުތް އައިކްގެ ހުނުމުގެ އަޑުވަނީ މުޅިގޭގައި ހަރުލައިފައެވެ. ފަހަތުން ނިޝްޔާވެސް ހެމުން ނުކުތީ އައިކް ހިފެހެއްޓުމުގެ ގޮތުންނެވެ. އެމަންޒަރުބަލަން ކާކޮޓަރީގެ ދޮރުމަތީގައި ހާޝިމާވެސް ހިނިތުންވެފައި ހުއްޓެވެ. ފާއިތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މާބޮޑެތި ކަންތައްތަކެއް ބަދަލުނުވިނަމަވެސް އެމީހުންގެ ދިރިއުޅުން މިހާރުވަނީ ކުރިއެކޭ އެއްގޮތަށް އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމަކަށް ބަދަލުވެފައެވެ. އައިކްގެ ކަންތައް ގިނަވަގުތު ކޮށްދެނީ ހާޝިމާއެވެ. އެހެނަސް ނިޝްޔާ ގޭގައި އުޅޭ ވަގުތެއްނަމަ ހާޝިމާއަށް ނުޖައްސާ އައިކްގެ ކަންތައް އޭނާއަށްވެސް ވީވަރަކުން ފުރިހަމަކޮށްދެއެވެ. އެތަންފެނި އަރްޒަންގެ ހިތް އެދެމައިންނަށްޓަކައި ޝުކުރުން ފުރެއެވެ.

ފަހަތަށް ބަލަމުން ހަލުވިކަމާއެކުގައި ދުވަމުންދިޔަ އައިކް މީހެއްގެ ގައިގައި ޖެހުމާއެކު ދުވުން ހުއްޓައިލިއެވެ. އަދި އިސްއުފުލައިލާ ކުރިމަތީގައިހުރި މީހާގެ މޫނަށް ބަލައިލީ ކާކުތޯ ބަލައިލުމުގެ ގޮތުންނެވެ. ހިނިތުންވެފައި އައިކްއަށް ބަލަހައްޓައިގެންހުރި އަރްޒަން ފެނުމުން ބައްޕީ އޭ ކިޔައި ހަޅޭލަވައިގަތުމަށްފަހު އަރްޒަންގެ ފައިގައި އޮޅުލައިގަތެވެ. އެއާއެކު ކުޑަކުޑަ އައިކްއާއި އެއްހަމައަކަށް އަރްޒަން ތިރިވެލިއެވެ. އަދި ލޯބިން އެދޮންކޯތާފަތުގައި ބޮސްދިނުމަށްފަހު އުރައިލިއެވެ.

“ކޮބާ ބައްޕިއަށްވީ އުއްމަ؟” އައިކްއަށް އޭނާގެ ވައަތުކޯތާފަށް ދައްކައިލަމުން އަރްޒަން އަހައިލިއެވެ. އެސުވާލާއެކު އައިކްއަށް ހެވުމުން އަރްޒަން އައިކްގެ މޫނަށް ބަލައިލިއެވެ. “ކޮއްކޮ ކިހިނެއް ބައްޕިއަށް އުއްމަދޭނީ؟ ކޮއްކޮ އަނގަމަތި އައްޗިވެފަ. އޭރަށް ބައްޕިގެ ޗީކްސް އައްޗިވާނު.” އަރްޒަންގެ ކޮނޑުގައި ދެއަތް ވަށައިލަމުން އޭނާގެ އަނގަމަތި ދައްކައިލައިފައި އައިކް މަޖާގޮތަކަށް ބުނެލިއެވެ. “އައްޗިވާނު. ކާން އިނދެފަ ތުންނުދޮވެ އައީމަ.” ދުރުގައި އެމަންޒަރުބަލަންހުރި ނިޝްޔާވެސް މަޖާވެފައި ބުނެލިއެވެ.

“ކޮއްކޮ ބަސްއަހަމޭ.” ނިޝްޔާގެ ޖުމުލައާއެކު އަރްޒަން އައިކްގެ މޫނަށް ބަލައިލުމުން ދެލޯބޮޑުކޮށްލައިފައި އައިކް ބުނެލީ މައުސޫމުގޮތަކަށެވެ. ވަގުތުން އަރްޒަންގެ ތުންފަތްމަތީގައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ. “ދެން މިއަދު ބައްޕި ޗީކްސް އައްޗިވިއަސް ހެޔޮ. ބައްޕިގެ އުއްމަ އަވަހަށްދީ.” އަނެއްކާވެސް އޭނާގެ ކޯތާފަތް ދައްކައިލަމުން އަރްޒަން ލޯތްބާއެކުގައި ބުނެލިއެވެ. އަނގައިގައިހުރި ކުދިކުދި ދަތްތައް ފެންނަވަރަށް ހިނިތުންވެލަމުން އައިކް އަރްޒަންގެ ކޮލަށް ދޮނެއް ދިނެވެ. “ކޮއްކޮ ތުންފަތް އެއްކޮށް ބައްޕި ޗީކްސްއަށް އަރައިފަ އެއިނީ. ބޮޑު ބޮޑު އުއްމައެއް.” ކުރެވުނު ކަންތަކާމެދުގައި ވަރަށް ހިނިއައިސްފައިއިނދެ އައިކް ބުނެލިއެވެ. އައިކްގެ މައުސޫމު ލޯބި ވާހަކަތަކުން އެތަނުގައިތިބި އެންމެންގެ މޫނުމައްޗަށް ހިނިތުންވުންވެރިވެގެން ދިޔައެވެ.

** ** **

އިރުއޮއްސެމުންދިޔަ ވަގުތެވެ. އުޑުމަތި ހީވަނީ ކުޅަދާނަ ކުރެހުންތެރިއެއްގެ ފިހިން ފަވައި އަޅައިފައިވާހެންނެވެ. ވިލާތަކަށް ވެރިވެފައިވާ ގަދަ އޮރެންޖްކުލައިން އެމަންޒަރު ބަލައިލި ކޮންމެ މީހެއްގެ ހިތަށްވެސް ހަމަޖެހުން ގެނުވާނެކަން ގައިމެވެ. ދުރު ދުރުން ފެންނަންހުރި ބޮޑެތި އިމާރާތްތަކާއި ގަސްތަކުން އެމަންޒަރު އިތުރަށް ފުރިހަމަކޮށްދެމުން ދިޔައެވެ.

ބެލްކަނީގައި އާވި އަރައަރައިހުރި ކޮފީ މަގެއް ހިފައިގެން ހުއްޓިހުރި ޔަނާލްގެ ނަޒަރުވަނީ ގުދުރަތީ ހިތްގައިމުކަމުގެ ލާމިސާލު މިނަމޫނާއަށް ހުއްޓިފައެވެ. އެސިކުނޑީގައި ދައުރުވަމުންދިޔަ ޚިޔާލުތައްވެސް ކުޑަ ހިނދުކޮޅަކަށް މަޑުޖެހިލައިފައިވާ ކަހަލައެވެ. އިރުއިރުކޮޅާ ކޮފީ މަގުން އެތިފޮދުފޮދު ބޮމުންދިޔައިރު އެމޫނުމަތީގައިވި އަސަރުތައް ބަލައިލިމީހަކަށް ދެނެގަންނަން ދަތިވާނެކަން ގައިމެވެ. އިރުކޮޅަކު އެމަންޒަރަށް ގެއްލިހުރުމަށްފަހު މަޑުމަޑުން އޭނާގެ ނަޒަރު ތިރިން ފެންނަންއޮތް މާލޭގެ ހަލަބޮލި މަގަށް ހުއްޓައިލިއެވެ. ދެފަރާތަށް ހިނގަމުންދިޔަ މީހުންނާއި ދުއްވަމުންދިޔަ އުޅަނދުތަކުން މުޅިމަގުވަނީ ތޮށްޖެހިފައެވެ. ދެފަރާތަށް ބޯހޫރައިލުމަށްފަހު އެންމެފަހު އެތިފޮދު ބޮއިލަމުން ޔަނާލް އެތެރަށްވަންނަން ހިނގައިގަތެވެ.

ކޮފީ ހުސްކުރިމަގު ދޮވެލަމުން މަޑުހިނގުމެއްގައި ޔަނާލް ގޮސް އޭނާގެ ކޮޓަރިއަށްވަނީ ވެފައިވާ ވަރުބަލި ފިލުވައިލައި ނަމާދުކޮށްލަން ތައްޔާރުވެލުމުގެ ގޮތުންނެވެ. މުޅި އެޕާރޓްމަންޓަށް ވެރިވެފައިވަނީ މަރުފަދަ ހިމޭންކަމެކެވެ. ޔަނާލްގެ އިތުރުން އެތަނުގައި އިތުރުއެއްވެސް މީހެއް އުޅޭކަމުގެ ނިޝާނެއް ފެންނާކަށްނެތެވެ.

މަޣްރިބް ނަމާދަށްފަހު އިރުކޮޅަކު ޤުރުއާން ކިޔަވާލައި ހަދައިގެން ޔަނާލް މުޞައްލަމަތިން ތެދުވެ ކޮޓަރީގެ އެއްފަރާތުގައި ބަހައްޓައިފައިހުރި ސްޑަޑީ ޓޭބަލްއާއި ދިމާއަށް ހިނގައިގަތެވެ. މޭޒުމަތީގައިއޮތް ފައިލްނަގައި ހުޅުވައިލަމުން އެއަށް ވަރަށް ރަނގަޅަށް ބަލައިލީ މާދަމާގެ ޝެޑިއުލް އޭނާ ރާވައިފައިއޮތް ގޮތް ހަނދާންކޮށްލުމުގެ ގޮތުންނެވެ.

ޔަނާލްއަކީ ޕްރިސްކޫލް ޓީޗަރެކެވެ. އޭނާ ޝައިން ލާރނާސް ޕްރިސްކޫލްގައި މަސައްކަތްކުރަން ފެށިތާ އަދި ވާނީ އެންމެ ހަފުތާއެކެވެ. ކުދިންނާއި ގުޅޭ ހިތްހެޔޮ މިޒާޖެއްގެ ޔަނާލްވަނީ މިވީ ކުޑަދުވަސްކޮޅުތެރޭގައި އޭނާ ކިޔަވައިދެމުން ގެންދާ ކްލާސްތަކުގެ ކުދިންގެ ރުހުމާއި ލޯބި ހޯދައިފައެވެ. ޔަނާލްގެ ކިބައިގައިހުންނަ މަޑުމައިތިރކަމާއި ހިތްތިރިކަމުގެ ސަބަބުން އޭނާވަނީ އެކުގައި މަސައްކަތްކުރާ މުއައްޒިފުންގެވެސް ރުހުން ހޯދައިފައެވެ.

ޔަނާލްގެ އާއިލާގައި މާގިނަ މީހުނެއް ނުތިބެއެވެ. ބޮޑުބޭބެއެއް ހުއްޓެއްކަމަކު އޭނާއާއި ޔަނާލްއާ ދެމެދުގައި އެހައިބޮޑު ގުޅުމެއް ނޯވެއެވެ. ޔަނާލްގެ މައިންބަފައިން ނިޔާވީއްސުރެ އޭނާ ފުރާވަރަށް އެޅެންދެން ބޮޑުބޭބެ އޭނާ ބެލެހެއްޓިއެއްކަމަކު މާޒީގައި ޖެހުނު މައްސަލައެއްގެ ސަބަބުން އޭނާވަނީ ޔަނާލްއާއި އޮތް ގުޅުން ކަނޑައިލައިފައެވެ. އެދުވަހުއްސުރެ ޔަނާލް އުޅެމުންގެންދިޔައީ އެކަނިވެރި ދިރިއުޅުމެކެވެ. އެއްވެސްކަމެއްގައި އެއްވެސް މީހަކަށް ބުރަވެގެން އުޅޭކަށް ޔަނާލް ބޭނުމެއްނުވެއެވެ. މާޒީން ލިބުނު ހިތްދަތިކަމަށްފަހު ޔަނާލްވަނީ ދިރިއުޅުންމަތިން ފޫހިވެފައެވެ. މީހުނަށް އިތުބާރުކުރުންވަނީ ޔަނާލްއަށް ދަތިކަމަކަށް ވެފައެވެ. އެހެނަސް އެހުރިހައި ހިތާމައަކާއި އުދާހެއް ހިތުތެރޭގައި ފޮރުވައިލަމުން އޭނާ ދިރިއުޅުމާއިގެން ކުރިއަށް ދެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ.

ސޯނާގަޑީގެ ސޯނާއާއި އެކުގައި މޯޅިއަކަށް ދެމިލަމުން ޔަނާލް ތެެދުވިއެވެ. ހަފްތާ ބަންދަށްފަހު މަސައްކަތަށް ނުކުންނަންޖެހޭ ދުވަސްކަމުން ޔަނާލް ތަންކޮޅެއް ކުރިއާލައި ތެދުވިއެވެ. ސޯނާ އޮފްކޮށްލަމުން ފާޚާނާއަށްވަދެ ތާޒާވެލައިގެން ނުކުމެ ފަތިސްނަމާދުކޮށްލުމަށްފަހު ދުވަހުގެ ކުރިއަށް ރޭވިފައިއޮތް ކަންތަކާއިވެގެން ޔަނާލް އުޅެގަތެވެ. ސައި ތައްޔާރުކުރުމަށްފަހު ޓީވީ ހުޅުވައިލަމުން ޔަނާލް ސޯފާއެއްގައި އިނށީދެ ހަމަޖެހިލަމުން ސައިބޯންފެށިއެވެ. އިރުއިރުކޮޅުން ގަޑިއަށް ނަޒަރު ހިންގަމުން އޭނާ ސައިބޮއި ނިންމައިލުމަށްފަހު ސްކޫލަށްދާން ތައްޔާރުވެލުމަށްޓަކައި އެނބުރި ކޮޓަރިއަށްގޮސް ވަނެވެ.

މަގުގެ އެއްފަރާތުން މަޑުހިނގުމެއްގައި ޔަނާލް ހިނގައިފައި ދިޔައިރު ގިނަބައެއްގެ ކަތިނަޒަރުތައް އެ ސާދާ ނިޔަނެތި އަންހެންކުއްޖާއަށް ހުއްޓެމުންދިޔައެވެ. ކަޅުކުލައިގެ އަބާޔާއަކާއެކު އަޅައިފައިވާ މަޑު ފިޔާތޮށިކުލައިގެ ޝޯލްގެ ސަބަބުން އެދޮންމޫނަށްވެސްވަނީ އެކުލަ ވެރިވެފައެވެ. ހެނދުނަށް ފަރިވެ ފޮޅިފައިވާ ޗާލު މަލެއްފަދައެވެ. ވަށައިގެންވި އެއްވެސްކަމަކަށް އެއްވެސް ޝައުގެންދިނުމެއްނެތި ޔަނާލް އައިސް އޭނާ މަސައްކަތްކުރާ ސްކޫލަށްވަނެވެ.

** ** **

“މޯރނިންގް ބައްޕީ.” ނިދިފައިއޮތް އަރްޒަންގެ މޭމަތީގައި އިނށީދެލުމަށްފަހު އަރްޒަންގެ ކޮލަށް ދޮނެއްދެމުން އަޑުގެ ނެތްތަނަށް އައިކް ހަޅޭލަވައިގަތީ އަރްޒަން ހޭލައްވައިލުމުގެ ގޮތުންނެވެ. އެއަޑަށް ސިހިފައި ދެލޯބޮޑުކޮށްލަމުން އަރްޒަން އައިކްގެ ހިނިއައިސްފައިވާ މޫނަށް ބަލައިލިއެވެ. އެއީ ކޮންމެ ދުވަހެއްގެވެސް އާދައެވެ. އަރްޒަންއަށްވުރެ ކުރިން އައިކް ހޭލާނެއެވެ.

“ގުޑް މޯރނިންގް ބައްޕިގެ ލިޓްލް ސްވީޓް ހާރޓް” ލޯތްބާއެކު އައިކް ގެނެސް އެނިތުގައި ބޮސްދެމުން އަރްޒަންވެސް ބަދަލުގައި ބުނެލިއެވެ. “މިއަދު ކޮއްކޮ ގޮވައިގެން ސްކޫލަށްދާން ބައްޕި އަންނާނަންތަ؟” މައުސޫމު ބެލުމަކުން އަރްޒަންގެ މޫނަށް ބަލަންއިނދެ އައިކް އަހައިލިއެވެ. “ސޮރީ ދަރިފުޅާ. މި ހަފުތާ ބައްޕި އޮފީހުގަ ވަރަށް ބުރަކޮށް މިއުޅެނީ. އެހެންވެ ދަރިފުޅު ގޮވައިގެން ސްކޫލަށްދާން ބައްޕިއަށް ނާދެވެނީ.” އަރްޒަންގެ އަޑުގައި މާޔޫސްކަން އެކުލެވިގެން ދިޔައެވެ. ކިތަންމެ ބޭނުންވި ނަމަވެސް އޮފީހުގެ މަސައްކަތްތައް ބުރަކަމުން ބައެއްދުވަސްދުވަހު އައިކް ސްކޫލަށް ގެންގޮސް ގެނެސްދޭން އޭނާއަށް ނުދެވެއެވެ. އެކަމާ އައިކް ޝަކުވާނުކުރަނީ އޭނާއަށްވެސް އެކަން އިހުސާސުވާތީ ކަންނޭނގެއެވެ. ކުޑައެއްކަމަކު އައިކްއަކީ އެއުމުރުގެ އެހެންކުދިންނާއި އަޅައިބަލާއިރު ވިސްނުންތޫނު ކުއްޖެކެވެ. ވަށައިގެން ހިނގާ ކަންތައްތައް ފަސޭހަކަމާއެކު ދެނެގަންނަ ކުއްޖެކެވެ.

“އިޓްސް އޯކޭ ބައްޕީ. ކާފަ ދާނެ ކޮއްކޮ ގޮވައިގެން. އެކަމަކު ބައްޕި ޖެހޭނެ މިއަދު އޮފީހުން އައިސް ކޮއްކޮ ގޮވައިގެން އައިސްކްރީމް ބޯންދާން.” އިރުކޮޅަކު ވިސްނައިލާފަދަ ގޮތަކަށް އިނުމަށްފަހު އައިކް އުފާވެލައިފައި އަރްޒަންއަށް ޝަރުތުކޮށްލިއެވެ. އާނއެކޭ ބުނަމުން ވަގުތުން އަރްޒަން އެކަމަށް އެއްބަސްވިއެވެ.

އައިކް އެނދުމަތީގައި ބައިނދައިލަމުން އަރްޒަން އޮފީހަށްދާން ތައްޔާރުވާންފެށިއެވެ. އެތަންބަލަންއިން އައިކް ހުއްޓުމެއްނެތި އަރްޒަންއާ އެކިއެކި ވާހަކަ ދައްކަމުންދިޔައިރު އަރްޒަންވެސް އެއްވެސް ފޫހިކަމެއްނެތި އެވާހަކަތައް އަޑުއަހަމުންދިޔައެވެ. އައިކްގެ ވާހަކަތަކުން އެހިތަށް ލިބިދޭ ހަމަޖެހުމަކީ ބަޔާންކުރަންދަތި ހަމަޖެހުމެކެވެ.

“ބައްޕިއަށް އިނގޭތަ؟ ކޮއްކޮމެން ސްކޫލްއަށް ނިއު އާންޓީއެއް އައިސްފި. ވަރަށް ވަރަށް ތިއްތި އާންޓީއެއް. ކޮއްކޮ ވަރަށް ލޯބިވޭ އެއާންޓީ ދެކެ. ހެހެ.” އަނގައިގައިހުރި ހުރިހައިދަތެއް ފެންނަވަރަށް ހިނިތުންވެލަމުން އައިކް ބުނެލިއެވެ. އޭނާގެ ވާހަކަތަކުންވެސް އޭނާ އެބުނާ އާންޓީއެއްދެކެ ގަޔާވާވަރު އަރްޒަންއަަށް އިނގުނެވެ.

“އެހެންތަ؟ ތިހެންވީއިރު ކޮންމެހެނެއް ހަދާފަވެސް ވާނެ ތިބުނާ އާންޓީއަކާ މީޓް ކޮށްލަންދޯ. ކޮއްކޮގެ ފޭވްރިޓް ވާނީ ބައްޕިގެވެސް ފޭވްރިޓް އަކަށްނު.” ލޯގަނޑުކުރިމަތީހުރެ ބޮލުގައި ފުނާއަޅަމުންދިތަ އަރްޒަން އެނބުރި ހިނިއައިސްފައި އިން އައިކްގެ މޫނަށް ބަލައިލަމުން އެހެން ބުނެލުމާއެކު ޔޭއޭ ކިޔައި ފުންމައިގެންފައި އަވަސް އަވަހަށް އައިކް ބޯޖަހައިލިގޮތުން އަރްޒަންއަށްވެސް ހެވުނެވެ.

“ކޮންނަމެއްތަ ކިޔަނީ އެއާންޓީއަށް؟” ގަޔަށް ސެންޓް ޖަހައިލަމުން އަރްޒަން އަހައިލިއެވެ. “އޫމް.. ޔަ.. ޔަން.. އަޅޭ ކޮއްކޮ ހަނދާން ނެތިއްޖެ އާންޓީގެ ނަން.” ނިތްކުރިމައްޗަށް ރޫއަރުވައިލަމުން ހަނދާންކުރާންއުޅޭފަދަ ގޮތަކަށް އިރުކޮޅަކު ވިސްނަން އިނުމަށްފަހު ހަނދާންނުވުމުން ބޮލުގައި އެކުޑަކުޑަ އަތުން ޖަހައިލަމުން އައިކް ބުނެލިގޮތުން އަރްޒަންގެ ތުންފަތް މައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެއްޗެއް ހަނދާންނެތިއްޖެނަމަ އައިކް އަބަދުވެސް ކަންތައްކުރާ ގޮތަކީ އެއީއެވެ.

“އޯކޭ ވާނެ. މިއަދު ކޮއްކޮ ސްކޫލަށް ގޮސްފައި އަންނާނީ އާންޓީގެ ނޭމް ހިފައިގެން.” ހަނދާންކުރަން އުޅެއުޅެ ހަނދާންނުވުމުން އައިކް ބުނެލިއެވެ. އެހުރިހައިއިރު އައިކްގެ މައުސޫމުކަމުން ފުރިގެންވި އަމަލުތަކަށް ގެއްލިފައި އަރްޒަންއަަށް ހުރެވުނީއެވެ.

“ނޭމް ހިފައިގެނެއް ނޫނޭ ދަރިފުޅާ. ނޭމް އޮޅުންފިލުވައިގެންނޭ ބުނާނީ އިނގޭ.” ހިނިތުންވެލަމުންގޮސް އައިކް އުރައިލުމަށްފަހު އޭނާއަށް ނުބައިކޮށް ބުނެވުނު ޖުމުލަ އަރްޒަން ރަނގަޅުކޮށްލައިދިނެވެ. ބޯޖަހައިލަމުން އައިކްވެސް ލޯބިގޮތަކަށް ހިނިތުންވެލިއެވެ.

އަރްޒަން އޮފީހަށް ދިއުމާއެކު ކުޅެން އުޅުނު އައިކް ގެނެސް އޭނާއަަށް ކާންދީ ހަދައިފައި ފެންވަރުވައި ސްކޫލަށް ގެންދަން ތައްޔާރުކުރުމުގައި ހާޝިމާ އުޅުނެވެ. އެމީހުން ގާތުގައި ޝިހާމުވެސް އިންއިރު ދޭތެރެއަކުން އައިކް ބުނެލާ ޖުމުލަތަކުން ކޮޓަރީގައި އެދެމީހުންގެ ހުނުމުގެ އަޑު ހަރުލައިގެންދެއެވެ. އައިކް ތައްޔާރުކޮށް ނިމުމާއެކު ޝިހާމު އަވަސްވެގަތީ އޭނާ ގޮވައިގެން ސްކޫލަށް ދިއުމަށެވެ. އެހެންދުވަސްތަކާ ޚިލާފަށް އައިކްގެ ހަރަކާތްތަކުގައި އުފާވެރިކަމެއް އެކުލެވިގެންވިކަން ހާޝިމާއަށާއި ޝިހާމުއަށްވެސް ފާހަގަވިއެވެ.

ސްކޫލް ނިންމައިލުމަށްފަހު ގެއަށް އައިސްވަތް އައިކް ދުވެފައި ސިޑިންއަރައި އޭނާއާއި އަރްޒަންގެ ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހިއެވެ. ފަހަތުން ބާރު ހިނގުމެއްގައި އައި ޝިހާމު ނުދުވުމަށް ބުނަމުންދިޔައިރުވެސް އައިކް އަށް އެއަޑު އިވުނުހެނެއް ހިއެއްނުވެއެވެ. ދެފަރާތަށް ބޯހޫރަމުން ސިޑިން އަރައިގެންދިޔަ ޝިހާމުގެ ފަހަތުން ހެވިފައިހުރެ ނިޝްޔާވެސް އެރީ އައިކްގެ ޔުނީފޯރމް ބަދަލުކޮށްދިނުމުގެ ގޮތުންނެވެ.

“ދަރިފުޅާ. ކާފަ ކިތައްދުވަހު ބުނެފިން އެގޮތަށް ދުވަމުން ސިޑިން ނާރާށޭ. ވެއްޓިތަނެއް ހަލާކުވެދާނެ.” އައިކްއަށް ވިސްނައިދޭފަދަ ގޮތަކަށް އެކޮޓަރިއަށް ވަންނަމުން ޝިހާމު ބުނެލިއެވެ. “ސޮރީ ކާފާ. ކޮއްކޮ ބައްޕި އަންނަންވާއިރަށް ތައްޔާރުވާން. ބައްޕިބުނި މިއަދު ކޮއްކޮ ގޮވައިގެން އައިސްކްރީމް ބޯންދާނަމޭ.” ފުންމައިލަމުން ވަރަށް ހިނިއައިސްފައި އައިކް ބުނެލިއެވެ. “އައްދެ. ކޮއްކޮ އެކަނިތަ ގެންދަނީ؟ ކާފަވެސް ގެންދަންވާނު.” އައިކްއާއި އެއްހަމައަކަށް ތިރިވެލަމުން އައިކްގެ ކޮލުގައި ހިފައިލަމުން ޝިހާމު ދެރަވާކަމަށް ހެދިފައި ބުނެލިއެވެ. އެއާއެކު އައިކް ހޭންފެށިއެވެ.

“ނޯ ނޯ. އޮންލީ ކޮއްކޮ އެންޑް ޑެޑީ.” ދެފަރާތަށް ބޯހޫރުވައިލަމުން މަޖާވެލައިފައި އައިކް ބުނެލިއެވެ. ޝިހާމުވެސް ބަދަލުގައި ހިނިތުންވެލަމުން ތެދުވެލީ އެތަނަށް އައިސް ހުއްޓުނު ނިޝްޔާ ފެނިފައެވެ.

“ހިނގާ ބައްޕި އަންނަންވާއިރަށް ފެންވަރައި ތިއްތިވެލަން ދޯ.” އައިކްގެ އަތުގައި ހިފައި އެނދާއި ދިމާއަަށް ހިނގައި ގަންނަމުން ނިޝްޔާ އެހެންބުނެލުމާއެކު އައިކް އަވަސް އަވަހަށް ބޯޖަހައިލިއެވެ. އެނދުގައި އިނށީދެލުމަށްފަހު އައިކް އޭނާގެ ގާތަށް ގެންނަމުން ނިޝްޔާ އައިކްގެ ޔުނީފޯރމް ބާލުވަންފެށިއެވެ. އެވަގުތު އެއްޗެއް ހަނދާންވާ ގޮތަކަށް ދެލޯބޮޑުކޮށްލަމުން ލައިގެންހުރި ސޯޓުގެ ޖީބަށް އަތްލަމުން އައިކް ކުޑަ ކަރުދާސްކޮޅެއް ނެގިއެވެ. “ތީ ކޮން ކަރުދާސްކޮޅެއް؟” ހައިރާންވެފައި އައިކްގެ ހަރަކާތްތަކަށް ބަލަންއިނދެ ނިޝްޔާ އަހައިލިއެވެ. “މީ ބައްޕިއަށްވީ އެއްޗެއް.” ދުވެފައިގޮސް އެކަރުދާސްކޮޅު ދަބަހުގެ ތެރެއަށްލަމުން އައިކް ނިޝްޔާގެ ސުވާލަށް ޖަވާބުދިނެވެ. ވަކިއެއްޗެކޭ ނުބުނެ ނިޝްޔާ އައިކް ގޮވައިގެން ފާޚާނާއަށްވަދެ އޭނާ ގައިދޮއްވައިލައި ހަދައިގެން ނުކުމެ ރީތިކުރަން ފެށިއެވެ. އަރްޒަން އަންނާނެއިރަކަށް އިންތިޒާރުކުރަމުންދިޔަ އައިކްގެ ނަޒަރު އިރުއިރުކޮޅާ ފާރުގައި ހަރުކޮށްފައިހުރި ބޮޑު ގަޑިއަށް ހުއްޓެމުންދިޔައެވެ.

ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ކާރުގައި އައިކް ގޮވައިގެން ދުއްވަމުންދިޔަ އަރްޒަން ކާރު ޕާރކް ކޮށްލުމަށްފަހު އައިކްގެ އަތުގައި ހިފައިގެން ކާރުން ފޭބިއެވެ. އޭރުވެސް ހުއްޓުމެއްނެތި އައިކް އެކިއެކި ވާހަކަ ދައްކަމުންދިޔައެވެ. އައިކްގެ ވާހަކަތަކުގައި ބައިވެރިވަމުން އަރްޒަން އައިކް ގޮވައިގެންގޮސްވަނީ ސްކޫޕްއަށެވެ. ބޭނުންވާ ތަކެއްޗަށް އޯޑަރ ދިނުމަށްފަހު އެތަކެތި ހިފައިގެން ހިތްހަމަޖެހޭ ހިސާބަކުން މޭޒެއްގެ ދޮށުގައި އައިކް ގޮވައިގެން އަރްޒަން އިނށީދެ ހަމަޖެހިލިއެވެ.

“ކޮއްކޮ ސްކޫލްގަ މިއަދު ވަރަށް މަޖާ. ކުޅުނީ ހުރިހައި ކުދިންވެގެން.” ގޮނޑީގައިއިނދެ ދެފައި ހަލުވަމުން އައިކް އޭނާގެ ވާހަކަތަކާވެގެން ކުރިއަށްދިޔައެވެ. “އޯ އެހެންބުނީމަ ކޮއްކޮ މިހަނދާން ވީވެސް. މީ ބައްޕިއަށްވީ އެއްޗެއް.” ޖީބުގައިއޮތް ފަތްޖަހައިލެވިފައިވާ ކަރުދާސްކޮޅެއް ނަގަމުން އަރްޒަންއަށް ދިއްކޮށްލައިފައި އައިކް ބުނެލިއެވެ. “ކާކުދިން އެއްޗެއް؟” ނިތަށް ރޫއަރުވައިލަމުން އެކަރުދާސްކޮޅުގައި ހިފުމަށްފަހު އަރްޒަން އަހައިލިއެވެ. “ކޮއްކޮ އެއްނު.” އެއްވެސް ޚިޔާލެއް ފިކުރެއްނެތްފަދަ ގޮތަކަށް އައިކް ޖަވާބުދިނެވެ. “ކޮއްކޮއަށްދިނީ ކާކު؟” އަނެއްކާވެސް އަރްޒަން އަހައިލިއެވެ. “އާންޓީ.” ކައިރީގައިހުރި ޗޮކްލެޓް އައިސްކްރީމްތަށިން އެތިކޮޅެއްނަގައި އަނގައަށްލަމުން ވަރަށް ހަމަޖެހިލައިފައި އައިކް ޖަވާބުދިނެވެ. “އެހެންތަ. ގަޔަށް އައިސްކްރީމް ނުއަޅާތި އިނގޭ ބައްޕިގެ ދޫނީ.” އައިކްގެ ލަސްހަރަކާތްތަކަށް ބަލަންއިން އަރްޒަން ލޯތްބާއެކުގައި ބުނެލިއެވެ. ވަގުތުން އައިކް ބޯޖަހައިލިއެވެ. ހިނިތުންވެލަމުން އަރްޒަން އެކަރުދާސްކޮޅު ނިއުޅައިލަމުން އޭގައި ލިޔެފައިވާ އެއްޗެއް ކިޔާލިއެވެ. “ޔަނާލް.” އެއާއެކު އަނެއްކާވެސް އެނިތަށް ރޫއަރައިގެން ދިޔައެވެ. “ކޮއްކޯ. މީ ކާކުގެ ނޭމް އެއް؟” ކުރިމަތީހުރިތަށިން ޕިއްޒާ ފޮށްޗެއް ނަގައި އަނގައަށްލަމުން އަރްޒަން އަހައިލިއެވެ. “ތީ އާންޓީގެ ނޭމް. ކޮއްކޮ ބުނީމެންްނު ތިއްތި އާންޓީއެއްގެ ވާހަކަ. އެއާންޓި. ކޮއްކޮ އާންޓީގެ ނޭމް ހަނދާންނެތޭތީވެ އާންޓީ ދިނީ ޕޭޕަރ އެއްގަ ލިޔެފަ ކޮއްކޮ ބުނެގެން.” އަރްޒަންގެ މޫނަށް ބަލައިލަމުން އައިކް ބުނެލިއެވެ. އެހެންހެއްޔޭ ބުނެލަމުން އަރްޒަން ހިނިތުންވެލިއެވެ. އަދި އަތުގައިއޮތް ޕިއްޒާފޮތިން އައިކްގެ އަނގައަށް އެތިކޮޅެއް ލަވައިދިނެވެ. ދެބަފައިން އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ގެއަށް ދިއުމަށްޓަކައި ކާރަށް އަރައި ދުއްވައިލިއިރު އަރްޒަންގެ ހިތަށްވަނީ ބަޔާންކުރަންދަތި ހަމަޖެހުމެއް ލިބިފައެވެ.

** ** **

އެނދުގައި ނިދިފައި އޮތް ޔަނާލް ސިހިފައި ދެލޯހުޅުވައިލީ މީހަކު އޭނާގެ މޫނުގައި ފިރުމަމުންދިޔަކަހަލަ އިހުސާސެއް ވުމުންނެވެ. އެނދުގެ އެއްފަރާތުގައި އިނށީދެ އިނދެ ޔަނާލްގެ މޫނަށް ލޯބިން ބަލަމުންދިޔަ ފިރިހެންމީހާ ފެނުމުން ޔަނާލްއަށް ހިނިތުންވެލެވުނެވެ.

“ޔަނޫ.” ލޯތްބާއެކުގައި އެފިރިހެންމީހާ ޔަނާލްއަށް ގޮވައިލިއެވެ. އެއާއެކު ޔަނާލްގެ ތުންފަތްމަތީގައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ.

ލޯބިން ޔަނާލްގެ ކޯތާފަތުގައި އިރުކޮޅަކު ފިރުމަން އިނުމަށްފަހު ކުއްލިއަކަށް އެމީހާ ޔަނާލްގެ އަނގަޔަށް ބާރަށް ފިތައިލިއެވެ. ދެލޯބޮޑުކޮށްލަމުން ޔަނާލްއަށް ރޮއިގަނެވުނީ އަނގަޔަށް އިހުސާސުވި ތޫނު ތަދުގެ ސަބަބުން ކެތްނުވެގެންނެވެ. އޭރު އެފިރިހެންމީހާގެ މޫނުމަތީގައި އިހުގައިހުރި އޯގާތެރިކަން ފިލައިގޮސް ނުރައްކާތެރި އަސަރުތަކެއް ފާޅުވަމުން ދިޔައެވެ. އެމީހާ ޔަނާލް އެނދުން ނެގުމަށްފަހު އަތުގައި ހިފައި ތަޅުންގަނޑާއި ދިމާއަށް ހޫރައިލިއެވެ. އެދިޔަބާރުމިނުގައިގޮސް ޔަނާލް ޖެހުނީ ކުރިމަތީގައިހުރި ޑްރެސިންގް ޓޭބަލްގެ ކަނުގައެވެ. ބޮލަށް އަރައިގެންދިޔަ އެނބުރުމާއެކު ނިތްކުރިމަތި ފަޅައިގެންގޮސް ލޭތައް އޮހޮރިގަތެވެ. އެވަރުން އެފިރިހެންމީހާގެ ހިތް ފުރުނުހެނެެއް ހިއެއްނުވެއެވެ. ނުލަފާ ގޮތަކަށް ޔަނާލްއާއި ދިމާއަށް ބަލައިލަމުން އެދިމާއަަށް ލަސްފިޔަވަޅުތަކެއްގައި އެމީހާ ހިނގައިގަތްއިރު ފެންކަޅިވެފައި އެމީހާގެ މޫނަށް ބަލަންއޮތް ޔަނާލްއަށް ދެލޯމަރައި ބާރުކޮށްލެވުނީ ގެންފައިހުރި ބިރެއްގެ ސަބަބުންނެވެ.

އެދިޔަގޮތަށްގޮސް އެމީހާ ޔަނާލްގެ އިސްތަށިގަނޑުގައި ހިފައި ލުއްކެތް ޖެހުމަށްފަހުނަގައި އިސްތަށިގަނޑަށް ބާރުކޮށްލިއެވެ. އެއާއެކު ޔަނާލްގެ ވޭނީ ހަޅޭކުގެއަޑު ކޮޓަރިތެރޭގައި ގުގުމައިގަތެވެ. ނަމަވެސް އެހަރުހިތުގެ ވެރިޔާއަށް އެއިން އެއްވެސްއަޑެއް ނީވޭފަދައެވެ. އެހިތަށް ޔަނާލްގެ ވޭނީ ގިސްލުމުން އެއްވެސް އަސަރެއް ނުކުރިއެވެ. އަނެއްކާވެސް އަތުގެކޮޅަށް ޔަނާލް އެނދާއި ދިމާއަށް ހޫރައިލަމުން އަނގަވަތަށް ވެއްޓުނު ޔަނާލްއާއި ދިމާއަށް ހިނގައިގަތެވެ. އަޅައިފައިހުރި ބެލްޓް ނައްޓައިލަމުން ބެލްޓްގެ އެއްބައި އަތަށް އޮޅައިލުމަށްފަހު ޔަނާލްއާއި ދާދި ކައިރިއަށް އެމީހާ އައިސް ހުއްޓުނެވެ. ތުރުތުރުއަޅަމުންދިޔަ ހާލު ފަހަތަށް ބަލާލި ޔަނާލްގެ އަނގައިން މަޑު އާހެއް ނުކުމެގެންދިޔައެވެ. އެވަގުތު ބަލާކަށްނުހުރެ އެމީހާ ބެލްޓް ޔަނާލްއާއި ދިމާއަށް މަޅައިލިއެވެ. ނޫނެކޭ ކިޔައި ޔަނާލްއަށް އަޑުގެ ނެތްތަނަށް ހަޅޭލަވައިގަނެވުނެވެ.

Share Article

Follow Me Written By

Nau

Level 810 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

އާސިޔަތުގެފާނު 03

Next

ބުނާށެ ލޯބި ނުވަނީހޭ (3)

Next
September 3, 2018

ބުނާށެ ލޯބި ނުވަނީހޭ (3)

Previews
September 1, 2018

އާސިޔަތުގެފާނު 03

40 Comments!

  1. Nau says:
    September 2, 2018 at 6:35 am

    Salaam all.. So here is the second part.. Hope u guys like it.. Let me knw the mistakes.. In sha allah nxt part tmrw.. Enjoy reading.. Have a nice day. Love yah all.. ??

  2. Hai says:
    September 2, 2018 at 6:48 am

    Adi nukin..
    Vvv reethi van a man IGA☺☺☺??
    Mi first yaa

    1. Nau says:
      September 2, 2018 at 7:23 am

      Hehe yah.. Dhw. Thanks dear?

  3. Lotus says:
    September 2, 2018 at 7:10 am

    That’s a dream dhw yanal ah fenun.. her story is getting interesting n she is the main girl in this story dhw.. curiously waiting for the for the next part

    1. Nau says:
      September 2, 2018 at 7:24 am

      Lets see.. Hehe.. Yah she is the main grl.. Thanks dear?

  4. shannu says:
    September 2, 2018 at 8:06 am

    Kaakubaa eyee????… wow hama heevyy aslah loakurimathyga hingaa dhiya kanthah thakeh hen… ehaaves molhukoh ebahuri sifakurun genesdheefa… nauge khonme stry ehves kiyaahithun indhe kiyaaleveyne ehves foohikameh nethi… enme fahun ninmaali stry ves hama ehaa furihama… mi stry ves hama ehaa rythi vaanehen heevany… thy molhu vaahak liyun therieh

    1. Nau says:
      September 2, 2018 at 7:04 pm

      Awwwn thanks alot dear.. Lets see dhw who it is.. Hehe?

  5. Twinkle? says:
    September 2, 2018 at 9:39 am

    Wow… masha allah… mi part vs hama habeys… yanoo ae kaaku baa??? Haadha aniyaaveri myhekey dhw ae… whn nxt part???

    1. Nau says:
      September 2, 2018 at 7:05 pm

      Thanks alot dear.. In sha allah tmrw..?

  6. Mee aharen frm my island says:
    September 2, 2018 at 11:02 am

    Aahmukoh comment kosheh nuhadhann..ekamaku mi story kiyaalyyma hama i couldn’t stop my self…hama ehaaves touching ????

    1. Nau says:
      September 2, 2018 at 7:05 pm

      Really happy i got a comment frm u.. Hehe.. Thanks alot dear❤

  7. taetae says:
    September 2, 2018 at 1:34 pm

    please tell me that’s a dream
    yanaal salaamathun bahattache
    varah reethi mi part ves Masha Allah
    waiting for next part
    nau, are you from kudahuvadhoo?

    1. Nau says:
      September 2, 2018 at 7:06 pm

      Hehe lets see wat hppns.. Thanks alot dear.. Yah m frm kudahuvadhoo.. ?

    2. taetae says:
      September 2, 2018 at 7:08 pm

      i kinda had a feeling that you were ehnve ahaaly. i know someone from kudahuvadhoo

    3. Nau says:
      September 2, 2018 at 7:12 pm

      Oww.. Hehe.. ?

  8. Unknown girlll.. says:
    September 2, 2018 at 1:45 pm

    Yey…. ???one of my favourit story writer is back……. kuri vaahakathakekey ehgothah mivaahakaves reethi vaanekama ummedhu kuran, mi part ves v.reethi ,iyye comment n6kurevunyma v bodah sorry,,comment nukuriyas kiyaanekan handhaan kurah chey…,iyye exam nimmafa ais haveer7 vaan ulheni koh esfiya site ah vany kiyaa ehves vaahaka3h up vefa intho balanvegen,furathama ves iny nauge vaahaka ,ekamaku eyraku neyge mi nauge vaahakakame,mi month ga up kuraakan ingeny, dhen tutionah dhaan gadijeheythi avahabeyvy..reyga nidhan ulhenikoh anehkaa esfiyah vadhely…kuhliakah nauge nan fenuny…yey….eykiyaa funman feshuny, ekamaku nukiya nidhan ey miadhu exam ah dhaan jeheythi,v dheravi haveeruga nau ge vaahakaeh kan negunyma, kiyaaves nulevunnenun, ekam no worries mihaaru kiyaafa comment ves kurynun mi??? all i wanna say is u have always been awonderful story writer ??? leep up the good work??? luv ya sis?❤?

    1. Nau says:
      September 2, 2018 at 7:07 pm

      Alheyy.. Sooo sweet.. Hehe.. Yah its ok knme day aku comment nukurevunas.. Kiyaalanyaa.. Heheh?.. Thanks alot my dear.. Luv yah too.. ?❤

  9. shaaa says:
    September 2, 2018 at 1:51 pm

    wow varah reeethi.heevanii lolukurimathi fenunu hen.varah molhu.
    waiting for next part

    1. Nau says:
      September 2, 2018 at 7:07 pm

      Thanks alot dear.. Kyp waiting?

  10. Mifu says:
    September 2, 2018 at 3:19 pm

    wow vara salhi story…waiting for next part

    1. Nau says:
      September 2, 2018 at 7:08 pm

      Thanks alot mifu?

  11. Maya says:
    September 2, 2018 at 6:03 pm

    Waaaaaau Varah reethi… That aik is so cute…. Vvv habeys MashaAllah ???????yanaal dhw eii mi story ge bathala… Kaaku baa eii.. Sifakurun v salhi….. Hyvany hama kurimathin fenun hen.. Eii dream eh dhw eyna ah fenun..?????. Nau haadha molhey…. Love you.?????????… Knme dhuvahakuves up kuranthr.. Or waki days thakehga ga thr up kurani.. ?????

    1. Nau says:
      September 2, 2018 at 7:09 pm

      Yah.. Hehe yanaal e ee mi stry ge bathala.. Lets see wo that person is.. Hehe.. N yes.. This stry knme day akuvx up vaane in sha allah.. Thanks sooo sooo much dear. Love u too?❤

  12. ? Unknown ? says:
    September 2, 2018 at 6:04 pm

    Wow? v nice mi part vx. Next part v interesting vaanehen heevany. ??

    1. Nau says:
      September 2, 2018 at 7:09 pm

      Lets see.. Hehe.. Thanks alot dear❤?

  13. Jumss says:
    September 2, 2018 at 8:21 pm

    Vrh reethi ingey mi part ves waiting for next part ☺?

    1. Nau says:
      September 2, 2018 at 9:16 pm

      Thanks dear❤

  14. taetae says:
    September 2, 2018 at 9:03 pm

    hoodh hassan khaleel ingeytha?

    1. Nau says:
      September 2, 2018 at 9:17 pm

      Oh yes.. Hehe.. He was one of my clasmate.. Still a gud frnd of mine.. ?

    2. taetae says:
      September 3, 2018 at 8:23 pm

      yeah he is :-)))

  15. aish says:
    September 2, 2018 at 9:53 pm

    v reethi vaahakaeh hn hyvey.

    1. Nau says:
      September 2, 2018 at 10:05 pm

      Thanks dear?

  16. Shaz says:
    September 2, 2018 at 10:27 pm

    Masha Allah. V reethi mi vhk ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. Nau says:
      September 2, 2018 at 10:41 pm

      Thanks dear❤

  17. Nahew says:
    September 2, 2018 at 10:30 pm

    Varah salhi?

    1. Nau says:
      September 2, 2018 at 10:41 pm

      Thanks dear?

  18. Shaya says:
    September 2, 2018 at 10:35 pm

    Masha Allah!! This story is just amazing??..keep up the good work??

    1. Nau says:
      September 2, 2018 at 10:42 pm

      Thanks alot dear❤

  19. Yaa says:
    September 14, 2018 at 7:45 am

    Nau first story dho… Varah reethi Masha Allah… Keep it up…..

  20. Naulyyyy says:
    November 9, 2019 at 7:23 am

    Wow vrh reethi mi part vss????when is nect part

Comments are closed.


All Right Reserved!