Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނާށެ ލޯބި ނުވަނީހޭ (3)

Nau Level 810 Stories100 Comments500 Comments100 Stories100 Login1K Comments
September 3, 2018 6 Mins Read
32 Comments

ތުރުތުރުއަޅަމުންދިޔަ ހާލު ފަހަތަށް ބަލާލި ޔަނާލްގެ އަނގައިން މަޑު އާހެއް ނުކުމެގެންދިޔައެވެ. އެވަގުތު ބަލާކަށްނުހުރެ އެމީހާ ބެލްޓް ޔަނާލްއާއި ދިމާއަށް މަޅައިލިއެވެ. ނޫނެކޭ ކިޔައި ޔަނާލްއަށް އަޑުގެ ނެތްތަނަށް ހަޅޭލަވައިގަނެވުނެވެ.

** ** **

ސިއްސައިގެން ގޮސްފައި ޔަނާލަށް ބާރަށް ހަޅޭލަވައި ގަންނަމުން ފުންމައިގެން ތެދުވެވުނެވެ. އޭރު މުޅިމީހާ ހުރީ ދާހިއްލައި ފޯވެފައެވެ. ފަނޑު އަލިކަމެއް ވެރިވެފައިވާ ކޮޓަރިއަށް ވަށައިގެން ޔަނާލް ބަލައިލީ އެއްވެސް މީހެއްގެ ހިލަމެއްވޭތޯއެވެ. މަޑުތުރުތުރެއް ހަށިގަނޑުގައި އުފެދިފައިވީ ނަމަވެސް އެނދުން ތެދުވެ ޔަނާލް ކޮޓަރީގެ ދޮރާއި ދިމާއަށް ހިނގައިގަތެވެ. ދޮރުގެ ތަޅުގައި ހިފައިއަނބުރައިލީ ދޮރުހުރީ ތަޅުލެވިފައިތޯ ޔަގީންކޮށްލުމުގެ ގޮތުންނެވެ. ފުންނޭވާއެއްލަމުން ޔަނާލް ދޮރުގައި މޫނު ޖައްސައިލީ ދޮރުތަޅުލެވިފައި ހުރިކަން ޔަގީންވުމުންނެވެ. އެހެނަސް ހިތަށްލިބުނު އެކުޑަ ހަމަޖެހުން ދެމިއޮތީ ދާދި ކުޑަ ހިނދުކޮޅަކަށެވެ.

ހުރިހައިއިރު ކޮންޓޯލް ކުރަމުންދިޔަ ކަރުނަތައް އޭގެ މަގާމު ދޫކޮށް އޭނާގެ ކޯތާފަތުން ތިރިއަށް ހިމަ ރޮނގެއްހެން އޮހޮރިގަތެވެ. އެއާއެކު މަޑު ގިސްލުމެއްގެ އަޑު ހިކިފައިވާ ދެތުންފަތް ދެމެދުން ނުކުންނަށްފެށިއެވެ. ހުރިތަނަށް ޔަނާލް އަށް ތިރިވެވުނީ އިތުރަށް ކޮޅަށް ހުންނާނެހައި ހިތްވަރު އެހަށިގަނޑުގައި ނެތީމައެވެ. ގިސްލަގިސްލާއި ރޮމުންދިޔަ ޔަނާލްގެ ވޭނީ އަޑުން މުޅި ކޮޓަރި ގުގުމަމުން ދިޔައިރު އެއަޑުއަހާލާނެ ހަމައެކަކުވެސް ނެތްފަދައެވެ.

މާޒީގެ އެކިއެކި ހަނދާންތައް ކުލަ މަންޒަރުތަކެއް ފަދައިން ޔަނާލްގެ ދެލޯކުރިމަތީގައި ސިފަވަމުންދިޔައީ ޒަޚަމް ވެފައިވާ އެހިތަށް އިތުރު ވޭނާއި ކެކުޅުން ގެނުވަމުންނެވެ. ހިތާއި ދިމާލުން މޭގައި އޭނާއަށް އަތްއަޅައިލެވުނެވެ. އެއާއެކު ގިސްލުމުގެ އަޑު އިހުނަށްވުރެ ބާރުވެގެން ދިޔައެވެ.

އެތައްއިރަކު އެގޮތުގައި ހިތާމަކުރަން އިނުމަށްފަހު އިންތަނުން ޔަނާލް ތެދުވިއެވެ. ލޮލުން އޮހޮރެމުންދިޔަ ކަރުނަތަކަށް ނިމުމެއް އައިސްފައިވީ ނަމަވެސް މަޑު ގިސްލުމެއްގެ އަޑު އިވިއިވި ހުއްޓުވެ. މޫނުގައި އަތްކާތައިލަމުން ޔަނާލް ތުވާލި ހިފައިގެންގޮސް ފާޚާނާއަށް ވަނީ ފެންވަރައި ތާޒާވެލުމުން އޭނާގެ ހިތާއި ސިކުނޑިއަށް ފިނިކަމެއް ލިބޭނެކަމުގެ އުއްމީދުގައެވެ.

ކުރިމަތީގައިހުރި ލޯގަނޑުން ފެންނަމުންދިޔަ އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ޔަނާލްއަށް ހުރެވުނީ ގަބުވެފައިކަހަލަ ގޮތަކަށެވެ. ރަތްވެފައިވާ ދެކޯތާފަތާއި ރޮއިރޮއި ދުޅަވެފައިވާ ދެލޮލަށް އޭނާއަށް ބަލައިލެވުނެވެ. އެއާއެކު ޔަނާލްއަށް ދެލޯމަރައިލެވުނީ ހަނދާންކުރަން ބޭނުންނުވާ އެތައްކަމެއް ހިތަށް ވެރިވެގެން ދިއުމުންނެވެ. އެއަޑުތައް ކަންފަތްބުޑުން ހޮނުގުގުރިއެއްގެ ސިފައިގައި އިވޭހެން ހީވުމުން ދެލޯތަގުޅިކޮށްލަމުން ޔަނާލް އޭނާގެ ކަންފަތްމަތީގައި އަތްއަޅައިލުމަށްފަހު ނޫނެކޭ ކިޔައި ބާރަށް ހަޅޭލަވައިގަތެވެ. އެއާއެކު މެރިފައިވާ އެސްފިޔަތަކުގެ ތެރެއިން ތާޒާ ކަރުނައިގެ މުތީތަށް އޮހޮރިގަތެވެ. މިއީ ކޮންފަދަ ކަންތައްގަނޑެއްހެއްޔެވެ؟ ހަނދާންކުރަން ބޭނުންނުވާއިރުވެސް މާޒީގެ އެކިއެކި ހަނދާންތައް ސިކުނޑިއަށް ވެރިވަނީ ކީއްވެހެއްޔެވެ؟ އޭނާއަށް ދުވަހަކުވެސް އެކަނުއަނދިރި ދުވަސްތައްމަތިން ހަނދާންނައްތައިލެވޭނެ ހެއްޔެވެ؟ މާޒީ މާޒީއަށް ދޫކޮށްލުމަށްފަހު މުސްތަގުބަލައިގެން ކުރިއަށް ދެވޭނެހެއްޔެވެ؟

ފެންވަރައިލައިގެން ނުކުތް ޔަނާލްގެ ދޮންމޫނުމަތި އަދިވެސްވަނީ މިލައިމޯޅިވެފައެވެ. ގިނައިރު ރުއިމުގެ ސަބަބުން އެދެލޮލުގައި މަޑުރިހުމެއްވެސްވަނީ އުފެދިފައެވެ. އެނދުގައި އިނށީދެލައިގެން އިރުކޮޅަކު އިނުމަށްފަހު ޔަނާލް ފޯންނަގައި ސްކޫލަށް ގުޅައިލުމަށްފަހު އޭނާ މިއަދު ނުދާނެ ވާހަކަ އަންގައިލިއެވެ. ފެނުނު ހުވަފެނަށްފަހު އޭނާގެ މޫޑްވަނީ އެއްކޮށް ޚަރާބުވެފައެވެ. އެނދުގައި އޮށޯވެލަމުން ޔަނާލް ދެލޯމަރައިލުމަށްފަހު ނިތުގައި މަޑުމަޑުން ފިރުމާންފެށީ ބޮލުގައި އުފެދިފައިވާ ރިހުމަށް ލުއެއްލިބޭނެ ކަމުގެ އުއްމީދުގައެވެ. އެގޮތުގައި އިރުކޮޅަކު އޮއްވައި ފުންނިންޖެއްގެ ތެރެއަށް އެމައުސޫމު އަންހެންްކުއްޖާ ގެނބިގެން ދިޔައީ ކުރަމުންދިޔަ ހިތާމަތަކާއި ކުޑަހިނދުކޮޅަކަށް ދުރުކޮށްލުމަށް ކަހަލައެވެ.

** ** **

ޖެހިގެންއައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. އެކި ތަންތަނަށްދާ މީހުންތަކުންނާއި ދުއްވާތަކެތިން މާލޭގެ މަގުތައްވަނީ ތޮއްޖެހިފައެވެ. އައިކް ސްކޫލަށް ލުމަށްފަހު އަރްޒަންވެސް އޮފީހަށް ދިއުމަށްޓަކައި މިސްރާބުޖެހީ ވަގުތު ކުޑަތަންވެފައި ވާތީއެވެ. އޮފީހުގެ ވެރިޔާ ނަމަވެސް އަބަދުވެސް ގަޑިނުޖެހި އޮފީހަށް ދިއުމަށް އަރްޒަން ސަމާލުކަން ބަހައްޓާގޮތުން އެއީ ހަރުދަނާ އުސޫލުތަކެއްގެ މީހެއްކަން އެނގެއެވެ.

އަތުކުރީގައިއޮތް ގަޑިއަށް އަވަސް ނަޒަރެއް ދެމުން އަރްޒަން ކާރުގެ ދުވެލި ކުޑަކޮށް ބާރުކޮށްލިއެވެ. އެވަގުތު ކުއްލިއަކަށް އޭނާގެ ކާރުގެ ކުރިމައްޗަށް އެރިއަންހެންކުއްޖާފެނި އަރްޒަންއަށް ވަގުތުން ކާރުގެ ބުރެކި މަޑުޖައްސައިލެވުނެވެ. ސިހިފައި އެއަންހެންކުއްޖާވެސް ދެލޯބޮޑުކޮށްލަމުން ކާރާއި ދިމާއަށް ބަލައިލިއެވެ. އަވަސް އަވަހަށް ކާރުން ފައިބަމުން އަރްޒަން އެއަންހެންކުއްޖާގެ ގާތަށް އައިސް ހުއްޓުމަށްފަހު އެކުއްޖާ ރަނގަޅުތޯ އަހައިލީ ކަންބޮޑުވެފައިވާ ރާގަކަށެވެ.

“ސޮރީ. ނުބަލައި އާދެވުނީމަ.. އައި އެމް ގެޓިންގް ލޭޓް.” އަރްޒަންގެ މޫނަށް ބަލައިލަމުން އަވަސް އަރުވައިލައިފައި އެހެން ބުނެލުމަށްފަހު އަތުގައިއޮތް ވޮލެޓް ހާވަމުން އެކުއްޖާ ކުރިއަށް ހިނގައިގަތެވެ. އެދިމާއަށް ބަލަން ހުރުމަށްފަގު އަރްޒަންވެސް އަވަހަށް ކާރާއި ދިމާއަށް ހިނގައިގަތެވެ. އެވަގުތު ފައިދަށުގައި އެއްޗެއް އޮތްހެން ހީވެ އަރްޒަން ތިރިއަށް ބަލައިލިއެވެ. ވެއްޓިފައިއޮތް އައިޑީ ކާރޑެއް ފެނުމުން ގުދުވެލަމުން އަރްޒަން އެނަގައި އޭގެއަށް ރަނގަޅަށް ބަލައިލިއެވެ. ދެންމެ ދިމާވި ކުއްޖާގެ އެއްޗެއްކަން އެނގުމުން އެކުއްޖާ ދިޔަދިމާއަށް އަރްޒަން ބަލައިލިއެވެ. އެހެނަސް ފެންނަހިސާބުގައި އެކުއްޖާ ނެތުމުން އަރްޒަން އެކާރޑު ނަގައި އޭނާ ލައިގެންހުރި ފަޓުލޫނުގެ ޖީބަށް ލުމަށްފަހު ކާރަށް އަރައި އޮފީހާއި ދިމާއަށް މިސްރާބުޖެހިއެވެ.

ކެބިންއަށް ވަނުމަށްފަހު އޭނާގެ ގޮނޑީގައި ހަމަޖެހިލަމުން އަރްޒަން ފަޓުލޫނު ޖީބުގައިއޮތް އައިޑީ ކާރޑް ނަގައި އޭގެއަށް ރަނގަޅަށް ބަލައިލިއެވެ. “މަރިޔަމް ޔަނާލް މަހުދީ” އައިޑީ ކާރްޑްގައިހުރި ފޮޓޮއަށް ބަލަހައްޓައިގެންއިނދެ އަރްޒަން އެނަން ކިޔައިލިއެވެ. އެއާއެކު ނޭނގޭ ސަބަބަކާހުރެ އަރްޒަންއަށް އެނަން ދަަންނަ ނަމެއްހެން ހީވިއެވެ. ކޮންމެވެސް ތަނަކުން އަޑުއިވިފައިއޮތް ނަމަކާއި އެނަން ވައްތަރުވާހެން ހީވިއެވެ. ނިތަށް ރޫއަރުވައިލަމުން އަރްޒަން ވިސްނައިލިއެވެ. ހަނދާން ނުވުމުން ޔަނާލްގެ ގޭގެ ނަން ބަލައިލަމުން އަރްޒަން އެކާރޑު ޖީބަށްލީ އެރޭގެ ވަގުތެއްގައި އެގެއަށްގޮސް ޔަނާލާއި އެއެތި ހަވާލުކުރުމުގެ ނިޔަތުގައެވެ.

އޮފީސް ނިންމައިލުމަށްފަހު އަރްޒަންއަށް ގެއަށް އާދެވޭވަރުވީ އިރުއޮއްސެން ގާތްވެފައި ވަނިކޮށެވެ. އަވަހަށް ފެންވަރައި ތާޒާވެލުމަށްފަހު ނިޝްޔާގެ ކޮޓަރިއާއި ދިމާއަށް ހިގައިގަތީ އައިކްވީ އެކޮޓަރީގައިކަމަށް އޭނާގެ ބޮޑުދައިތަ ބުނުމުންނެވެ. ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލަމުން އަރްޒަން ދޮރުހުޅުވައިލިއެވެ. އޭރު އެނދުގައި ނިޝްޔާގެ ގާތުގައި ކުޅެން އައިކް އިނެވެ. އެމަންޒަރުފެނުމުން އަރްޒަންއަށް ހިނިތުންވެލެވުނެވެ.

“ޑެޑީ.” ކުޅެންއިން އައިކްގެ ލޮލުގައި ދޮރުމަތީގައިހުރި އަރްޒަން އަޅައިގަތުމާއެކު އަތުގައިއޮތް ކުޅޭއެތި އެއްލައިލުމަށްފަހު ދުވެފައައިސް އަރްޒަންގެ ގައިގައި އޮޅުލައިގަތެވެ. ލޯތްބާއެކު އައިކް އުރައިލަމުން އަރްޒަން އެކިއެކި ވާހަކަދައްކަން ފެށިއެވެ.

އެނދުގައި އިނށީދެ ހަމަޖެހިލަމުން ނިޝްޔާ އަރްޒަންއާއި ދިމާއަށް ސިއްރުވެރިގޮތަކަށް ބަލައިލިއެވެ. ފެންވަރައި ތާޒާވެލައިގެން ހުރި އަރްޒަންގެ ރީތިކަމަށް ހިތާހިތުން ނިޝްޔާއަށް ތައުރީފުކޮށްލެވުނެވެ. ކޮންމެ އަންހެންކުއްޖަކުވެސް އެފަދަ ފިރިހެނަކަށް ހިތްކިޔާނެކަން ގައިމެވެ. ހަޔާތުގެ ބައިވެރިއަކަށް އަރްޒަން ކަހަލަ ޒުވާނަކު ހަދަން ބޭނުންނުވާނީ ކާކުހެއްޔެވެ؟ ރަކި ހިނިތުންވުމެއް ނިޝްޔާގެ ތުންފަތްމަތީގައި ދުވެލީ ހިތަށްއެރި އެއްޗެހީގެ ސަބަބުންނެވެ. އިސްޖަހައިލަމުން އެއްއަތް ބޮލުގައި ހާކައިލައި ކުޑަކޮށް ހޭވިފައިވާ ފަންއިސްތަށިގަނޑު ރީތިކޮށްލިއެވެ. އަދި އިންތަނުން ތެދުވެ އަރްޒަންއާއި ދިމާއަށް ހިނގައިގަތެވެ.

“ނިޝޫ. މިރޭ އައިކް ނިންދަވައިދެވިދާނެތަ؟ އަހަރެން ތަނަކަށް ދާންވެފައި އޮތީމަ.” އައިކްގެ އިސްތަށިކޮޅާއި ކުޅެލަމުން އަރްޒަން ނިޝްޔާގެ މޫނަށް ބަލައިލިއެެވެ. “އޮފްކޯޒް. ކީއްވެ ނުވަންވީ؟ އަރްޒަން ބުނެފިކޮންމެ ކަމެއް އަހަރެން ކޮށްދޭނެކަން އިނގެއެއްނު.” ރީތި ހިނިތުންވުމަކާއިއެކު ނިޝްޔާ އަވަސް އަވަހަށް ބުނެލިއެވެ. “ތޭންކްސް ނިޝް. ޔޫ އަރ ދަ ބެސްޓް ސިސްޓަރ” އަރްޒަންގެ ޖުމުލައާއެކު ނިޝްޔާގެ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. މޫނުމަތީގެ އުފާވެރިކަން ގެއްލި ކުލަ އޮއްސިގެން ދިޔައެވެ. އައިކްއާއި އެކިއެކި ސަމާސާތަށް ކުރަމުންދިޔަ އަރްޒަންއަކަށް ނިޝްޔާއަށްއައި ބަދަލެއް ފާހަގައެއްނުވިއެވެ. މޫނުމައްޗަށް ހިތްހަމަނުޖެހުމުގެ ކުލަވަރު ވެރިވިނަމަވެސް އަރްޒަން ބަލައިލުމާއެކު ނިޝްޔާ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ.

“ދަނީ. ބާއި ޑެޑީގެ ދޫނީ. ލަވް ޔޫ.” އައިކްގެ ކޮލަށް ބޮސްދެމުން ނިޝްޔާގެ އަތަށް އައިކް ދިނުމަށްފަހު އަރްޒަން އެކޮަޓަރިން ނުކުމެ ދޮރުލައްޕައިލިއެވެ.

“ހުއް. ސީރިއަސްލީ އަރްޒަން؟ ސިސްޓަރ؟ އެމް އައި ޖަސްޓް އަ ސިސްޓަރ ފޯ ޔޫ؟ އެއީތަ އަރްޒަން އަހަރެންނާ ދޭތެރޭގަ ދެކޭގޮތަކީ؟ މިވޭތުވެދިތަ ހަތަރު އަހަރު އަހަރުމެންގެ ގުޅުން ބަދަހިވީމަ އަހަރެން ހީކުރީ އަރްޒަންގެ ހިތުންވެސް އަހަރެންނަށް ޖާގައެއް ދެވުނީކަމަށް. ހުއް. އަހަރެން މިހުރިހައިކަމެއް މިކުރަނީ ހަމައެކަނި ސިސްޓަރ އެއްގެ ލަގަބު ހޯދަންތަ؟” ހިތްހަމަނުޖެހުނުވަރުން ތުންފިއްތައިލަމުން ނިޝްޔާ މަޑުމަޑުން ކުދިކިޔައިލިއެވެ.

ނިޝްޔާގެ އުރުގައިއިން އައިކް ކުސްތަޅަން ފެށުމުން ދެފަރާތަށް ބޯހޫރުވައިލުމަށްފަހު އައިކް ގޮވައިގެން އަރްޒަންގެ ކޮޓަރިއާއި ދިމާއަށް އޭނާ ހިނގައިގަތީ އައިކް ނިންދެވުމުގެ ބޭނުމުގައެވެ. އައިކް ގައިދޮއްވައި ހަދައިލުމަށްފަހު ގެނެސް އެނދުގައި ބޭއްވުމާއެކު ވަރަށް ފަސޭހައިން ނިދައިފިއެވެ. ހަމަޖެހިލަމުން ނިޝްޔާވެސް އައިކްގެ ގާތުގައި އޮށޯވެ ވަރުބަލިވެފައިވާ އޭނާގެ ހަށިގަނޑު ދަމައިލިއެވެ.

“އަރްޒަން. ކީއްވެ އަހަރެންނަށް ތިހެން ތިހަދަނީ؟ އަހަރެން އަރްޒަންދެކެ ލޯބިވާވަރު ނޭނގެނީތަ؟” މޫނުގައި އަތްކާތައިލަމުން ނިޝްޔާ ދެލޯމަރައިލިއެވެ. ހިތުގައިޖެހިފައިވިއެއްކަމަކު ކަރުނައަޅައި ރޯކަށް ނިޝްޔާ ބޭނުމެއްނުވެއެވެ. އެއްގޮތަކުން ނޫނީ އަނެއްގޮތަކުންވެސް އޭނާ އޭނާގެ ލޯބި ކާމިޔާބުކުރާނެއެވެ.

** ** **

ޑްރައިވަރު ކާރުމަޑުކޮށްލުމާއެކު ޚިޔާލުތަކަށް ގެއްލިފައިއިން އަރްޒަން ކުރިމައްޗަށް ބަލައިލިއެވެ. ކާރުގެ ކަނައަތުފަޅީގައި ނޫކުލައިގެ ބޮޑު ދޮރާއްޓެއް ލައިފައިހުރ ގެއަށް އިޝާރާތްކޮށްލަމުން އެއީ އަރްޒަން އަންނަންބުނި ގެކަމުގައި ޑްރައިވަރ ބުނެލިއެވެ. ހިނިތުންވެލަމުން އަރްޒަން ކާރުންފެއިބުމަށްފަހު އޭނާ އަންނަންދެން މަޑުކުރުމަށް ޑްރައިވަރ ގާތުގައި ބުނެލަމުން އެގެއަށް ބަލައިލިއެވެ. ދިހަ ބުރިއަށް ނަގައިފައިވާ އުސް އިމާރާތާއި ދިމާއަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު އަރްޒަން އެގެއަށް ވަނުމަށްޓަކައި ދޮރުގައިހިފައި ކުޑަކޮށް އެތެރެއަށް ކޮށްޕައިލިއެވެ.

ތުވާލިން ބޯހިއްކަމުން ނުކުތް ޔަނާލް ތުވާލި ހަރުގައި އަޅުވައިލުމަށްފަހު ކޮޓަރިން ނުކުމެ ކާކޮޓަރިއާއި ދިމާއަށް މިސްރާބުޖެހީ ހޫނު ކޮފީއެއް ބޮއިލުމުގެ ނިޔަތުގައެވެ. ނަމަވެސް ކޮޓަރިން ބޭރަށްއެޅި ފުރަތަމަ ފިޔަވަޅާއެކު ގޭގެ ބެލް ޖަހާއަޑުއިވިފައި ޔަނާލް ހުއްޓުން އެރިއެވެ. ރޭގަނޑުގެ މިވަގުތުގައި އޭނާގެ ގެއަށް އަންނާނީ ކާކުހެއްޔެވެ؟ އިރުކޮޅަކު ވިސްނައިލަން ހުރުމަށްފަހު ކޮޓަރިއަށްވަދެ ބުރުގަލެއް އަޅައިލަމުން ނުކުމެ ލަސްފިޔަވަޅުތަކެއްގައިގޮސް ޔަނާލް ކުޑަކޮށް ދޮރުހުޅުވައިލިއެވެ.

ދޮރުހުޅުވުނުއަޑަށް އިސްޖަހައިގެން އަތުގައިއޮތް ކާރޑަށްބަލަންހުރި އަރްޒަން އިސްއުފުލައިލަމުން ބަލައިލިއެވެ. ކުރިމަތީގައި ހައިރާންކަމާއެކު އަރްޒަންގެ މޫނަށް ބަލަންހުރި ޔަނާލް ފެނުމުން އަރްޒަންވެސް ހުއްޓުންއެރިއެވެ. ޔަނާލްގެ ރީތި ސޫރަ އެހައި ގާތުން ފެނުމުންކަމަށްވެސް ވެދާނެއެވެ. ހިތްތައްކަތިލައިލާފަދަ އަންހެންވަންތަކަމެއް ޔަނާލްގެ ކޮންމެ ހަރަކާތެއްގައިވެސް އެކުލެވިގެންދަނީ ޚުދު އޭނާއަށްވެސް ނޭނގިއެވެ.

އަރްޒަންގެ ބެލުމުން އުނދަގޫވެގެން އަވަސްއަވަހަށް ޔަނާލް ދޮރުލައްޕައިލަން އުޅުނެވެ. ނަމަވެސް ޔަނާލްގެ ހަރަކާތްތަކަށް ފަރުވާތެރިކަމާއެކުގައި ބަލަންހުރި އަރްޒަން އެއްއަތުން ދޮރުގައި ހިފެހެއްޓުމުން ދޮރުލައްޕައިލަން ޔަނާލްއަށް އުނދަގޫވިއެވެ.

އަރްޒަންގެ އެހަރަކާތުން ޔަނާލްގެ ހިތް ބިރުވެރިކަމުން ފުރިގެންއައެވެ. ދޮރުހުޅުވުނު މޮޔަ ހިތަށްއެރުމާއެކު ގުޑިލަންވެސް ނޭނގިފައި ޔަނާލްއަށް ހުރެވުނީ ހަދާނެގޮތަކާއިމެދުގައި ވިސްނާށެވެ. ޔަނާލްގެ މޫނުމަތީގައިވި ކުލަވަރު ނަގައިގަނެވުމާއެކު ދެފަރާތަށް ބޯހޫރުވައިލަމުން އަރްޒަން ކަރުކެހިލީ ޔަނާލްގެ ސަމާލުކަން ހޯދުމުގެ ގޮތުންނެވެ.

“ބިރުނުގަނޭ. އަހަރެންމީ ތިހީކުރާކަހަލަ މީހެއްނޫން.” އަރްޒަން އެހެންބުނުމުން ބަދަލުގައި ޔަނާލް ނިތްއަރުވައިލީ ބުނާނެއެއްޗެއް ނޭނގުމުންނެވެ. “މިގެއަށް.. ކޮންކަމަކު؟” ހާސްވެފައިހުރިވަރުން ޔަނާލްއަށް ވާހަކަދެއްކުންވެސްވީ ދަތިކަމަކަށެވެ. “މީތި ދޭން.” އަތުގައިއޮތް ކާރޑް ދިއްކޮށްލަމުން އަރްޒަން ބުނެލިއެވެ. އެއާއެކު ޔަނާލްގެ ނަޒަރު އަރްޒަން ދިއްކޮށްގެންހުރި ކާރޑަށް ހުއްޓުނެވެ.

“މަގުމައްޗަށް ވެއްޓިފައ އޮތީ. އިޓްސް ޔޯ އައިޑީ ކާރޑް.” އެއްވެސް ހަރަކާތެއްކޮށްލުމެއްނެތި އެކާރޑަށްބަލަން ޔަނާލް ހުރިތަންފެނި އަރްޒަން އިތުރަށް ބުނެލިއެވެ. އަރްޒަންގެ ވާހަކައިން ހައިރާންވެފައި ޔަނާލް އެކާރޑް އަތުލަމުން ބަލައިލިއެވެ. ތެދެކެވެ. އެއީ އޭނާގެ އައިޑީ ކާރޑެވެ. އިރުކޮޅަކު އޭގެއަށް ބަލަން ހުރުމަށްފަހު ޝުކުރުގެ ނަޒަރަކުން ޔަނާލް އަރްޒަންގެ މޫނަށް ބަލައިލިތަންފެނި އަރްޒަން ހިނިތުންވެލިއެވެ. އެހެނަސް ޔަނާލްގެ މޫނުމަތިން ހިނިތުންވުމެއްގެ ކުޑަވެސް އަސަރެއް ނުފެނުމުން އަރްޒަން ހައިރާންވިއެވެ.

“ޝު..ޝުކުރިއްޔާ.” އެހެންބުނެލުމަށްފަހު އަރްޒަންއަށް ވާހަކަދައްކާނެ ފުރުސަތެއްނުދީ ޔަނާލް އަވަސް ހަރަކާތަކާއިއެކުގައި ދޮރުލައްޕައިލިއެވެ. ވަގުތުން އަރްޒަންގެ ނިތަށް ރޫއަރައިގެންދިޔައެވެ. އެއީ ކޮންކަހަލަ ކުއްޖެއްބާވައެވެ؟ ޔަނާލްގެ ހަރަކާތްތައްހުރިގޮތުން އޭނާ އަރްޒަންއާއި ހަތަރުކަޅި ހަމަކޮށްލަންވެސް ބޭނުންނުވާކަން އަރްޒަންއަށް އެނގެއެވެ. ހީވަނީ އޭނާދެކެ ހިތްހަމަނުޖެހިފައި ހުރިހެންނެވެ. ޔަނާލް ހިތްހަމަނުޖެހޭ ވަރުގެ އޭނާއަށް ކުރެވުނީ ކޮންކަމެއްބާވައެވެ؟ އޭނާ އެގެއަށް އައީ ހަމަގައިމުވެސް ނުބައި ނިޔަތެއްގައެއްނޫނެވެ. ޔަނާލްއަތުން ވެއްޓުނު އޭނާގެ އެއްޗެއް އަނބުރައި ހަވާލުކޮށްލުމަށެވެ. އޭގައި އެއްވެސް ގޯހެއްއޮތް ކަމަކަށް އަރްޒަން ގަބޫލެއްނުކުރެއެވެ.

ލެއްޕިފައިވާ ދޮރާއިދިމާއަށް ބަލަން ހުރުމަށްފަހު ދެކޮނޑު އަރުވައިލަމުން އަރްޒަން ލިފްޓާއި ދިމާއަށް ހިނގައިގަތީ ވެފައިވާ ވަރުބައްޔާއެކު ގެއަށްގޮސް އަރާމުކޮށްލަން ބޭނުންވެފައިވާލެއް ބޮޑުކަމުންނެވެ.

ދޮރުލައްޕައިލުމަށްފަހު ދޮރުގައި ޔަނާލްއަށް ލެގިލެވުނެވެ. ފުންނޭވާއެއްލަމުން މީހާ ހަމައަކަށް އަޅުވަން އޭނާ މަސައްކަތްކުރަމުން ދިޔައެވެ. ފިރިހެނަކު ގާތުން ފެނިއްޖެނަމަ ޔަނާލްގެ ހިތް ބިރުވެރިކަމުން ފުރިގެންދަނީ ސަބަބެއްނެތިއެއް ނޫނެވެ. މާޒީގެ ކަނުއަނދިރިކަމަށްފަހު ފިރިހެނަކަށް އިތުބާރުކުރަން ޔަނާލްއަށް ދަތިވަނީއެވެ. ފިރހެނުންދެކެ ބިރުގަނެ ޖެހިލުންވަނީއެވެ. އަރްޒަން ފެނުމުންވެސް ނޭނގޭ ބިރުވެރިކަމަކުން އެހިތްވަށައިލީ އެހެންވެއެވެ. އަތުގައިއޮތް އައިޑީ ކާރޑަށް ބަލައިލަމުން ދެލޯމަރައިލުމަށްފަހު ދެއަތްގެނެސް މޭގައި ޖައްސައިބާރުކޮށްލައިގެން އެތައްއިރެއްވަންދެން ޔަނާލް ހުއްޓެވެ.

** ** **

ޖެހިގެންއައި ދުވަހު އައިކް ބަލައި ސްކޫލްދޮށަށް ދިއުމަށްފަހު ކާރު ޕާރކްކޮށްލަމުން އަރްޒަން ކާރުން ފޭބިއެވެ. އަދި އަވަސްހިނގުމެއްގައިގޮސް ސްކޫލަށް ވަންނަމުން އައިކްގެ ކްލާހާއި ދިމާއަށް މިސްރާބުޖެހިއެވެ. އަރްޒަން ފެނުމާއެކު އުފާވެލައިފައި އޭނާގެ ގާތުގައިހުރި އާންޓީއާއި ސަލާމްކޮށްލަމުން އައިކް އަރްޒަންއާއި ދިމާއަށް ދުއްވައިގަތެވެ. ގުދުވެލަމުން ދުވެފައިއައި އައިކް އުރައިލަމުން އަރްޒަން އައިކްގެ ލޯބި ކޯތާފަތުގައި ބޮސްދިނެވެ.

“ބައްޕިގެ ދޫނި. މިއަދު ކީއްކޮށްލީ ސްކޫލްގަ؟” އައިކް ގޮވައިގެން ސްކޫލްއިން ނުކުންނަން ހިނގައިގަންނަމުން އަރްޒަން އަހައިލިއެވެ. އަރްޒަންގެ ސުވާލަށް ޖަވާބުދެމުން އައިކް އެކިދިމަދިމާ ހޯދަމުންދިޔައެވެ. ކުއްލިއަކަށް އައިކް އޭނާގެ އުރުން ފައިބަން އުޅެގަތުމުން ހައިރާންވެފައިހުރެ އަރްޒަން އައިކް ތިރީގައި ބަހައްޓައިލިއެވެ. އެއާއެކު އަރްޒަންއަށް ބަލައިލުމަށްފަހު އަރްޒަންގެ އަތުގައި ހިފައިގެން އައިކް ކުރިއަށް ހިނގައިގަތެވެ.

“ދަރިފުޅޫ. ކޮންތާކަށް ތިދަނީ؟” ހައިރާންކަމާއެކު އަރްޒަން އަހައިލިއެވެ. ނަމަވެސް އަރްޒަންގެ ސުވާލަށް ޖަވާބުދޭކަހަލަ ޚިޔާލެއް އައިކްކުރިހެނެއް ހިއެއްނުވެއެވެ. ނިތަށްރޫއަރުވައިލަމުން އަރްޒަން އައިކްގެ ފަހަތުން ހިނގަމުންދިޔައީ އައިކް އޭނާ ގޮވައިގެންއެދާތަނެއް ބަލައިލުމުގެ ގޮތުންނެވެ.

އަރްޒަންގެ އަތުގައި ހިފައިގެންގޮސް އައިކް ހުއްޓުނީ އެމީހުނަށް ފުރަގަސްދީގެންހުރި އަންހެންކުއްޖެއް ގާތަށެވެ. އަރްޒަންގެ މޫނަށް ބަލައިލަމުން ހިނިތުންވެލުމަށްފަހު އައިކް އެއަންހެންކުއްޖާގެ އަތުގައި ކޮށްޓައިލިއެވެ. އެއާއެކު އެކުއްޖާ ފަހަތަށް އެނބުރި ބަލައިލިއެވެ.

ގާތުގައިހުރި އައިކް ފެނުމުން ޔަނާލްއަށް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. އެހެނަސް ދެވަނަ ސިކުންތުގައި އެހިނިތުންވުން ފަނޑުވެގެންދިޔައީ ކުރިމަތީގައި އައިކްގެ އަތުގައި ހިފަހައްޓައިގެން ހުއްޓިހުރި ފިރިހެންމީހާ ފެނިފައެވެ. ބީރަށްޓެހި ގޮތަކަށް ޔަނާލް އެފިރިހެންމީހާގެ މޫނަށް ބަލަމުންދިޔައިރު އަރްޒަންގެ ނަޒަރުވެސްވަނީ ޔަނާލްގެ ދޮންއޮމާން މޫނަށް ހުއްޓިފައެވެ.

Share Article

Follow Me Written By

Nau

Level 810 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ (2)

Next

ދުޢާ 5

Next
September 3, 2018

ދުޢާ 5

Previews
September 2, 2018

ބުނާށެ ލޯބި ނުވަނީހޭ (2)

32 Comments!

  1. Nau says:
    September 3, 2018 at 6:25 am

    Salaam all.. So here is the third part. Hope u all like this part too.. Let me knw the mistakes.. Nxt part in sha allah tmrw.. Enjoy reading.. N have v v nice day. Love u all my dears. Hehe?❤?

  2. Shiman says:
    September 3, 2018 at 6:55 am

    Masha Allah vvvvvv reethi mi part❤❤❤???..waiting for next part

    1. Nau says:
      September 3, 2018 at 7:09 am

      Thanks alot dear❤

  3. Hai says:
    September 3, 2018 at 7:27 am

    Vvvvvv reethi mibaivas…
    Superb for daily writing ….thanks

    1. Nau says:
      September 3, 2018 at 7:29 am

      Thanks alot dear.. N ur wlcm.. ?❤

  4. shanko says:
    September 3, 2018 at 9:04 am

    mikahala vaahaka eh kurin ves kiyunin, mikahala gothah dhiya story eh, nameh hadhaaneh nei,
    ekam bunan thr, mivaahaka v reethi, kuree comment ei, just hama buneli vaahaka eh ingey.. dhera nuvahchey, nau ge vaahaka thah baraabarah kiyan..❤❤❤❤❤❤❤❤❤❤????? u Nau

    1. Nau says:
      September 3, 2018 at 10:02 am

      Hehe yah ofcourx.. Huredhaane ehn hama ehgoi vefa.. Btw thanks my dear.. Love u too.. ❤?

  5. Shaya says:
    September 3, 2018 at 10:17 am

    Masha Allah!! Mi part vx varah reethi??????..BTW cover pic is awesome!!??

    1. Nau says:
      September 3, 2018 at 10:56 am

      Hehe.. Thanks alot dear❤

  6. shannu says:
    September 3, 2018 at 11:32 am

    Wow wow nau haadha reechey mibaives…. mihaaru beynumee hama yanaal ah dhimaavefa huri kanthah thah kiyaalaa hiyy.. sifakurun hama ehvanaey buneveyny mibaigaves… thee hama number one

    1. Nau says:
      September 3, 2018 at 6:04 pm

      Awwn thanks alot dear.. Hehe. Yanaal ge past annane adhi thankolheh fahun.. Kyp waiting❤

  7. Shaz ♥️ says:
    September 3, 2018 at 12:55 pm

    Masha Allah. Mi part ves hama super ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. Nau says:
      September 3, 2018 at 6:04 pm

      Thanks dear❤

  8. samm says:
    September 3, 2018 at 1:00 pm

    how old are you nau??? storyy vrh salhi.. u are the best story writer that i knw in this site… btw whn nxt prt????

    1. Nau says:
      September 3, 2018 at 6:04 pm

      Awwn.. Hehe.. M 19 yrs old. Thanks alot dear. Nxt part in sha allah tmrw❤

  9. Xu hu says:
    September 3, 2018 at 1:05 pm

    V reethi mi storyy…. Hope v reethi vaane kamah kuriah huri baithah vx…. Xuhu vx v story write kuran… Bt public eh nukuran…. To be a great writer is my dream also…. Nau i love this n u tooo❤❤❤?

    1. Nau says:
      September 3, 2018 at 6:06 pm

      Woww really.. Maasha allah.. I thnk u shud start public kuran.. It actually helps alot to improve.. I wud love to read one of ur stry some day.. ?.. Thanks alot n luv u too dear❤

  10. shaaa says:
    September 3, 2018 at 3:29 pm

    wow mi part ves varah nice.waiting for next part.

    1. Nau says:
      September 3, 2018 at 6:07 pm

      Thanks dear❤

  11. Maya says:
    September 3, 2018 at 4:02 pm

    Woah Annehkaa vs 2 myhun meet vi dhw.. MashaAllah v reethi… Nau… Vv molhu ingey hama awesome…… ????‍?‍?????‍?‍??????nau ge Sifakurun thah aah i love it.. Yanaal maazy mihaaru ingen beynumi.. Vvv Curious… Vey eba???????????

    1. Nau says:
      September 3, 2018 at 6:08 pm

      Awwwn thanks alot dear.. ❤.. Yanaal ge maazy dhw.. Heheh.. Annane thankolheh fahun.. It will be really interesting in sha allah.. So kyp waiting.. ??

  12. Lam says:
    September 3, 2018 at 7:10 pm

    Masha Allah…vvvvvvv nice…thnx nau…waiting??

    1. Nau says:
      September 3, 2018 at 7:53 pm

      Thanks alot my dear n ur wlcm.. Hehe kyp waiting❤?

  13. Unknown girlll.. says:
    September 3, 2018 at 9:42 pm

    Mi part ves v reethi???..ohoh dhen vaany kihineh….keep up the good work??? luv ya ?❤?when nxt???

    1. Nau says:
      September 3, 2018 at 10:31 pm

      Thanks dear.. Lets see dhw. Hehe.. Nxt part in sha allah tmrw❤?

  14. aruu says:
    September 3, 2018 at 10:56 pm

    V.salhi mi part vx???

  15. aruu says:
    September 3, 2018 at 10:57 pm

    V.salhi mi part vx???waiting for the next part☺

    1. Nau says:
      September 3, 2018 at 11:09 pm

      Thanks alot dear❤

  16. taetae says:
    September 3, 2018 at 11:59 pm

    varah reethi mi part ves. yanaal ge past ga varah gina kankan hingaafa huri kamah belevey. maybe arzan is linked to her past. hoping to see more drama to this.. Masha Allah varah reethi mi part ves.. dhn anna part miyah vure dhigu kohladheche. loves<3

    1. Nau says:
      September 4, 2018 at 6:22 am

      Hehe. Lets see dhw.. Thanks alot dear.. Loves❤

  17. xu hu says:
    September 4, 2018 at 1:28 pm

    Yaaa i think too…. Insha allah v avahah xuhu ge vaahaka eh fennaane…. ❤❤❤ thnk u nau

  18. Nivuu says:
    September 20, 2018 at 9:58 pm

    Wow….. Maahaa alpha ???????

Comments are closed.


All Right Reserved!