Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށެ ލޯބި ނުވަނީހޭ (9)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
September 9, 2018 6 Mins Read
39 Comments

“ހޭއި. އަހަރެން އަދި މިހުރީ ހަނދާންނެތިފައޭ. އައި ހޭވް އަ ސަޕްރައިޒް ފޯ ޔޫ.” ވަރަށް ފޯރިއާއެކު ނިޝްޔާ އެހެން ބުނެލުމުން އެކޮޅުން ވާހަކަދައްކަމުންދިޔަ މީހާގެ ހުނުމުގެ އަޑު އިވުނެވެ. “ނޫން މިހާރަކު ނޫން. އަދި ފަހުން. އަހަރެން ބުނާނަން. ދެން ކެތްކޮށްލައިގެން ހުރޭ. ޔަގީން ގަޔާވާނެކަން.” ވަރަށް ހިނިއައިސްފައި އެހެން ބުނެލަމުން ނިޝްޔާ ފޯނު ބޭވިއެވެ. އަދި އަތުތެރޭގައި ފޯނު ދެފަރާތަށް އަނބުރައިލަމުން ކޮލުގައި މަޑުމަޑުން ޝަހާދަތް އިނގިލި ކާތައިލިއެވެ. “ޔަނާލް. ހަހަހަ. ޖަސްޓް ވެއިޓް އެންޑް ވޮޗް ވަޓް އައި ޑޫ ޓް ޔޫ.” ނުލަފާގޮތަކަށް ހީގަންނަމުން ނިޝްޔާ ބުނެލިއެވެ.

** ** **

އޮފީހުގައި އުޅެން ޖެހުނުލެއް ބުރަކަމުން އަރްޒަންހުރީ ޔަނާލްގެ ކޮޓަރިން ނެގި އޭނާގެ ޑައިރީމަތިން ހަނދާންނެތިފައެވެ. މިހާރަކަށް އައިސް އޭނާއަށް އަބަދު ހުރެވެނީ ޔަނާލްގެ ޚިޔާލުގައެވެ. އައިކް ގޮވައިގެން އެގެއަށް ޓިއުޝަނަށްދާ ކޮންމެ ދުވަހަކު އަރްޒަން ޔަނާލްއާއެކުގައި އެތަށް ވަގުތެއް ހޭދަކުރެއެވެ. ދެމީހުންވެސް ދެމީހުންނާ ގަޔާވި ނަމަވެސް އިސްވެ އެވާހަކަ ހާމަކުރާކަށް އެކަކަށްވެސް އަދި ނުކެރެއެވެ. ޔަނާލްގެ އަދާތަކުން އޭނާވެސް އަރްޒަންއާ ގަޔާވާކަން އިނގޭތީ އަރްޒަން ހުންނަނީ އެކަމާ ހިތްހަމަޖެހިފައެވެ.

ރޭގަނޑުގެ ހަމަހިމޭންވަގުތެވެ. އައިކް ގާތުގައި ބާވައިލައިގެން އަރްޒަން އޮތީ ފުންޚިޔާލަކަށް ގެއްލިފައެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު އަރްޒަން އައިކްއަށް ގޮވައިލިއެވެ.

“ދަރިފުޅޫ. ބައްޕި ވާހަކައެއް އަހަންތަ؟” ވަރަށް ވިސްނުންތެރިކަމާއެކު އަރްޒަން އަހައިލިއެވެ. އެއާއެކު އައިކް އަރްޒަންއާ ދިމާއަށް އެނބުރިލަމުން ބޯޖަހައިލިއެވެ. “ދަރިފުޅު މަންމިއެއް ބޭނުންތަ؟” އަރްޒަންގެ ސުވާލާއެކު އައިކްގެ މޫނުމަތި އުޖާލާވިގޮތް ފެނިފައި އޭނާއަށް އަމިއްލަ ނަފުސަށް ހިނިތުންވެލެވުނެވެ. “ލައްބަ. އެހެންކުދިންގެވެސް މަންމި ތިބޭ. ކޮއްކޮވެސް މަންމިއެއް ބޭނުން.” އައިކް ހީވީ ހުރިހައިދުވަހު ހިތުގައި ފޮރުވައިލައިގެންހުރި އުދާސްތައް ބޭރުކޮށްލިހެންނެވެ. އައިކްގެ ތުއްތު ވާހަކަތަކުން އަރްޒަންގެ ހިތުގައި ޖެހުނެވެ. ޔޫލީ ދުނިޔޭގައިނެތްވާހަކަ އައިކް ގާތުގައި އޭނާ ނުބުނީ ބުނާނެގޮތެއް އެސިކުނޑިއަށް ނުވިސްނުމުންނެވެ. އައިކްއަށް ވިސްނޭވަރަށް ބޮޑުވުމުން އެވާހަކަ ބުނުމަށް އޭނާ ފަސްކޮށްލީ އެހެންވެއެވެ. އައިކްވެސް މަންމައެއްގެ ލޯތްބާއި އޯގާތެރިކަމަށް އެދޭވަރު އެވަގުތު އަރްޒަންއަށް އިހުސާސުވިއެވެ. މާޒީ މާޒީއަށް ދޫކޮށްލުމަށްފަހު މުސްތަގްބަލާއި ކުރިމަތިލާންވީ ވަގުތު ޖެހުނީކަމަށް އެވަގުތު އޭނާގެ ހިތް ބުނެލިއެވެ.

އައިކްގެ ވާހަކަތަކާމެދު އިރުކޮޅަކު ވިސްނަން އޮވެފައި އަނެއްކާވެސް އަރްޒަން ވާހަކަދައްކަން ފެށިއެވެ. “ހޫމް. އެހެންވީމަ ޔަނާ އާންޓީ ކިހިނެއްވާނެ ދަރިފުޅުގެ މަންމިއަކަށް؟” އައިކް ދޭނެ ޖަވާބަކަށް ކެތްމަދުވެފައިއޮވެ އަރްޒަން އޭނާގެ ދެވަނަ ސުވާލުކޮށްލިއެވެ. “ޔޭ. ކޮއްކޮ ބޭނުމީވެސް ޔަނާ އާންޓީ މަންމި އަކަށް. ޔަނާ އާންޓީ ކިހާ ތިއްތި ދޯ. އެއީތަ ކޮއްކޮގެ މަންމި އަކީ؟” ވަރަށް ފޯރިއަރަފައި އައިކް ބުނެލިވާހަކަތަކާއެކު ހިނދުކޮޅަކަށް އަރްޒަން ހުއްޓުންއެރީ ދޭނެ ޖަވާބެއް ނޭނގުމުންނެވެ.

“ނޫން ދަރިފުޅޫ. އެއީ ދަރިފުޅުގެ މަންމިއެއްނޫން. އެކަމަކު..” އަރްޒަންގެ ސިކުނޑިއަކަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. “ދެން ކޮބާ ކޮއްކޮ މަންމި؟” އަރްޒަންގެ ޖުމުލައިން ހިތުޖެހިފައި އައިކް އަހައިލުމާއެކު ވަރަށް ލޯބިން އަރްޒަން އައިކްގެ ގައިގައި ބައްދައިލިއެވެ. “ކޮއްކޮ މަންމި.. މަންމިވީ ވަރަށް ދުރުތަނަކަށް ގޮސް. ކޮއްކޮ ބޮޑުވީމަ އިނގޭނެ. އެކަމަކު ޔަނާ އާންޓީ ކިހާ ރަނގަޅު. ކޮއްކޮދެކެ ކިހާ ލޯބިވޭ ދޯ. ދަރިފުޅު ބޭނުމެއްނޫންތަ ޔަނާ އާންޓީ މިގެއަށްއައިސް އަބަދު ދަރިފުޅު ގާތު ހުންނާކަށް. ޔަނާ އާންޓީވެސް ކޮއްކޮ މަންމި ހާ ބޮޑަށް ކޮއްކޮދެކެ ލޯބިވާނެ.” ފެންކަޅިވެފައި އައިކްއަށް ވިސްނައިދޭން އަރްޒަން މަސައްކަތްކުރިއެވެ. “ނޫން ބައްޕި ނުރޮއި. ކޮއްކޮ ބޭނުން ޔަނާ އާންޓީ. ކޮއްކޮވެސް ވަރަށް ލޯބިވޭ ޔަނާ އާންޓީދެކެ.” އަރްޒަންގެ ލޮލުން ކަރުނަފައިބާތަން ފެނުމުން ކަންބޮޑުވެފައި އެކުޑަކުޑަ ދެއަތުން ކަރުނަތައް ފުހެލަމުން އައިކް ބުނެލިއެވެ. އައިކްގެ މައުސޫމު ލޯބި ވާހަކަތަކުން ހިތްހަމަޖެހިފައި އަރްޒަން އައިކް ގައިގައި ލޯތްބާއެކު ބައްދައިލިއެވެ. “އިޓްސް އަ ސީކްރެޓް އިނގޭ ކޮއްކޯ. ބައްޕި ނުބުނަނީސް އެއްވެސް މީހެއްގާތުގަވެސް ނުބުނައްޗޭ.” އައިކްގެ ކަންފަތް ދޮށުގައި ސިއްރުސިއްރުން އަރްޒަން ބުނެލިއެވެ. އެއާއެކު އަވަސް އަވަހަށް އައިކް ބޯޖަހައިލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ. “ޔަނާ އާންޓީ ގާތުވެސްތަ؟” ވަރަށް ހިނިއައިސްފައި އިނދެ ބޯކުޑަކޮށް އަރިކޮށްލަމުން އައިކް އަހައިލިއެވެ. އައިކްގެ އެސުވާލަށް ހީލަމުން އަރްޒަން ހޫން ލައްވައިލުމާއެކު އެނދުމަތީގައި ފުންމައިގެންފައި އައިކް އަތްޖަހައިލިއެވެ. “އައި ލަވް ސީކްރެޓްސް.” އަރްޒަންގެ އުނގުގައި އިނށީދެލަމުން ހިނިގަނޑެއް ޖަހައިލައިފައި އައިކް ބުނެލިއެވެ.

ފާއިތުވެދާންފެށި ދުވަސްތަކުގައި ކުރިއަށްވުރެ އަރްޒަން އޭނާއާއި ގާތްަކަން ޔަނާލްއަށް އިހުސާސުކުރެވެމުން ދިޔައެވެ. އަރްޒަން އޭނާއާއި ދޭތެރޭގައި ބަހައްޓާ އޯގާތެރިކަމާއި ލޯބިވެތިގޮތްތައްފެނި އެހިތަށް ހަމަޖެހުން ލިބުނު ނަމަވެސް އޭނާގެ މާޒީމަތިން ހަނދާންވެ ޔަނާލް ޖެހިލުންވާގޮތްވެއެވެ. އެތައްފަހަރަކު އަރްޒަން ގާތުގައި އެވާހަކަތައް ކިޔައިދެން އޭނާގެ ހިތަށް އަރައެވެ. އެހެނަސް އޭގެފަހުން ކަންތައްވާނެގޮތެއް ނޭނގޭތީ ޔަނާލް އެކަމާ ފަސްޖެހެނީއެވެ. އަރްޒަން އޭނާ ދޫކޮށްލައިފައިދާކަށް ޔަނާލްގެ ހިތެއް ނޭދެއެވެ. ވަގުތުޖެހުމުން ހުރިހައި ވާހަކައެއް އަރްޒަންއަށް ކިޔައިދިނުމަށް ނިންމަމުން ޔަނާލް އެހުރިހައި އިހުސާސެއް އޭނާގެ ހިތުގައި ފޮރުވައިލިއެވެ.

އެނދުގައި އޮށޯވެލައިގެން ވާހަކަފޮތެއް ކިޔަންއޮތް ޔަނާލް ސިހުނީ އޭނާގެ ފޯނުގެ ރިންގްގެ އަޑަށެވެ. ސައިޑް ކަބަޑްމަތީގައިއޮތް ފޯނު ނަގަމުން ބަލައިލިއިރު ޑިސްޕްލޭއަށް އަރައިފައިހުރި އަރްޒަންގެ ނަންފެނި ޔަނާލްގެ ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ. ވާހަކަފޮތް ލަށްޕައިލަމުން އަވަސް އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ.

“ހަލޯ.” ތުންފަތުގައި ކުޑަކޮށް ދަތްއަޅައިލަމުން ޔަނާލް ވަރަށް މަޑުމަޑުން ބުނެލިއެވެ. “ޔަނާ މިރޭ ފްރީތަ؟” އެކޮޅުން ވާހަކަދައްކަމުންދިޔަ އަރްޒަން އަހައިލިއެވެ. “ހޫމް.” ހިތްއަވަސްވެފައިހުރުމުން ވާހަކަދެއްކުން ޔަނާލްވީ އުނދަގޫކަމަކަށެވެ. އެހެންކަމުން ހަމައެކަނި ހޫމްއަކުން އޭނާ ފުއްދައިލިއެވެ. “އޯކޭ. މިރޭ 8 އަށް ރެޑީވޭ. އަހަރެން ދާނަން ބަލާ. ބާއި. ސީ ޔޫ.” އަރްޒަން ބުނަންބޭނުންވި ވާހަކަތައް ބުނެލުމަށްފަހު ޔަނާލްއަށް ވާހަކަދައްކާނެ ފުރުސަތެއްވެސްނުދީ އޭނާ ފޯނު ބޭވީއެވެ. އިރުކޮޅަކު އަރްޒަން ދެއްކި ވާހަކަތައް ގަބޫލުނުކުރެވިފައި ފޯނަށް ބަލަހައްޓައިގެން ޔަނާލްއަށް އިނދެވުނެވެ. އަރްޒަން އެއުޅެނީ އަނެއްކާ އޭނާ ގޮވައިގެން ކޮންތަނަކަށް ދާންބާވައެވެ؟

ގަޑިއަށް ބަލައިލިއިރު ކަމަކުދާކަށްނެތެވެ. އިރުއޮއްސި ހަތެއް ޖަހަނީއެވެ. ބޮލުގައި އަތުން މަޑުމަޑުން ޖަހައިލަމުން ޔަނާލް އަވަސްއަރުވައިލައިފައި ހެދުމެއް އިސްތިރިކުރުމަށްފަހު ފެންވަރައިލައިގެން ނުކުތެވެ. ހެޔަރ ޑްރަޔާއިން އިސްތަށިގަނޑު ހިއްކައިލަމުން ބޮލުގައި ކްރީމްކޮޅެއްލުމަށްފަހު އޭނާގެ ދިގު ބުޅި އިސްތަށިގަނޑުގައި ހުޅިއެއްޖަހައިލިއެވެ. އިސްތިރިކުރި ހެދުން ލަމުން އަވަސްއަވަހަށް ހެދުން އަމަލާރިން ޝޯލެއް ނަގައި ލޯގަނޑު ކުރިމަތީގައި ހުއްޓިލުމަށްފަހު ރީތި ގޮތަކަށް ޝޯލް އަޅައިލިއެވެ.

އެތައްދުވަހަކަށްފަހު ލުއި މޭކަޕެއްކޮށްލަމުން ޔަނާލް ލޯގަނޑުން އަމިއްލަ ސޫރައަށްބަލައިލީ ހުރިހައިކަމެއް ރަނގަޅުތޯ އަމިއްލައަށް ޗެކްކޮށްލުމުގެ ގޮތުންނެވެ. ދާންމިއުޅޭ ތަނެއް ނޭނގުނަސް އެރެއަކީ ޚާއްސަރެއެއްހެން އޭނާއަށް ހީވަނީއެވެ. ގަޔަށް މަޑުމީރުވަހެއްދުވާ ސެންޓްކޮޅެއް ޖަހައިލަމުން ހިތްހަމަޖެހުމުގެ ނޭވާއެއްލުމަށްފަހު ފޯނުން ގަޑިބަލައިލިވަގުތު ގޭގެ ބެލްޖެހިއަޑު އިވިފައި ޔަނާލްގެ ހިތް ތެޅިގަތެވެ. ފަހުފަަހަރަށް ލޯގަނޑުން އަމިއްލަ ނަފުސަށް ބަލައިލުމަށްފަހު އަތްދަބަސް ހިފައިގެން ޔަނާލް ގޭގެ ދޮރާއި ދިމާއަށް ހިނގައިގަތެވެ.

ދޮރުހުޅުވައިލި ވަގުތު ޔަނާލް ފެނިފައި އަރްޒަންއަށް ދެލޯބޮޑުކޮށްލެވުނީ ކުރިމަތިން ފެންނަމުންދިޔަ މަންޒަރު ގަބޫލުނުކުރެވިގެންނެވެ. ހުދުކުލައިގެން އަބާޔާއެއް ލައިގެން ޔަނާލް ހުރިއިރު އެއަބާޔެ މޭމައްޗާއި އަތުކުރިވަނީ ރިހި ކުލައިގެ ކުދިކުދި އެސްތަކަކުން ރީތި ޑިޒައިނަކަށް ޖަރީކޮށްފައެވެ. ހެދުމުގެ ފަސްބައިވެސްވަނީ ހަމައެކުލައިގެ ވިދާ ކުދިކުދި އެސްތަކަކުން ޖަރީކުރެވިފައެވެ. އަޅައިފައިވާ ހުދުކުލައިގެ ޝޯލްއާއެކު އެދޮންމޫނުގެ ވިދުން އެތައްގުނައެއް އިތުރުވެފައިވާ ކަހަލައެވެ. ޝޯލްގެ އެއްއަރިމަތީގައިވެސް ހެދުމާއި ގުޅޭނޭހެން ރިހި އެސްތަކެއްވަނީ ހަރުކުރެވިފައެވެ. ލޮލުގައި އަޅައިލެވިފައިވާ އައިލައިނަރގެ ސަބަބުން އެކަޅުކަންގަދަލޯ އިތުރަށް ފުރިހަކޮށްދެއެވެ. މަޑުފިޔާތޮށިކުލައިގެ ތުންފަތަށް ވެރިވެފައިވާ ލަދުރަކި ހިނިތުންވުމާއެކު އިސްޖަހައިގެންހުރި ޔަނާލްއާއި ދިމާއަށް ބަލަން އަރްޒަންއަށް ހުރެވުނީ ކިހައިއިރެއް ވަންދެންކަމެއްވެސް ނޭނގެއެވެ. “ޔަނާ” އިސްޖެހިފައިއިން ޔަނާލްގެ އިސްއުފުލައިލަމުން ވަރަށް ލޯތްބާއެކު އަރްޒަން ގޮވައިލިއެވެ. އޭނާގެ ދިގުއެސްފިޔަތަށް އުފުލައިލަމުން ޔަނާލް އަރްޒަންއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. “ހާދަ ލޯތްބޭ. ތައުރީފުކުރަން ބުނާނެ އެއްޗެއްވެސް ނޭނގޭ. އެހައިވެސް ޔަނާ ރީތި މިރޭ. ސޯ ބިއުޓިފުލް” ޔަނާލްގެ ފައިންފެށިގެން ބޮލާއި ހަމައަށް ނަޒަރު ހިންގައިލަމުން އަރްޒަން އިއްވައިލި ބަސްތަކާއެކު ޔަނާލްއަށް ލަދުގަނެފައި އަނެއްކާވެސް އިސްޖަހައިލިއެވެ. އިއްތިފާގުން އަރްޒަންއަށްވެސް ލައިގެން ހުރެވުނީ ހުދުކުލައިގެ ޓީޝާރޓަކާއި މަޑު ކްރީމްކުލައިގެ ފަޓުލޫނެކެވެ. ލަދުވެތިކަމުން ފެވެމެންދިޔަ ޔަނާލްގެ ހިތްގައިމު މޫނަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު އަރްޒަން އޭނާގެ ކަނައަތް ޔަނާލްއަށް ދިއްކޮށްލިއެވެ. އެއާއެކު ތުރުތުރުލަމުންދިޔަ ޔަނާލްގެ މަޑުކަފަކޮޅެއްފަދަ އަތްތިލަ އޭނާ އަރްޒަންގެ އަތުގެ ތެރެއަށްލުމާއެކު އޭނާ ހިނިތުންވެލަމުން އެއަތުގައިހިފައި ބާރުކޮށްލިއެވެ.

މަޑުހިނގުމެއްގައި ދެމީހުންގޮސް ކާރަށް އަރައި ހަމަޖެހިލަމުން އަރްޒަން ކާރު ސްޓާރޓް ކޮށްލުމަށްފަހު ދުއްވައިލިއެވެ. “ކޮންތަނަކަށް މިދަނީ؟” އެއްއަތުން އަނެއްއަތުގެ އިނގިލިތަކާ ކުޅެމުން ޔަނާލް އަހައިލިއެވެ. “ސަޕްރައިޒްއެއް.” ޔަނާލްއާ ދިމާއަށް ލޯތްބާއެކު ބަލައިލަމުން އަރްޒަން ބުނެލިއެވެ. އެމީހުންގެ މަންޒިލްއަށް ދެވެންދެން އެދެމެދުގައި ރަސްކަންކުރަމުންދިޔައީ ހަމަހިމޭންކަމެވެ.

ލެމަންގްރާސް ކުރިމައްޗަށް ކާރުމަޑުކޮށްލަމުން ޕާރކިންގް ޒޯންގައި ކާރު ޕާރކްކޮށްލުމަށްފަހު ޔަނާލްގެ އަތުގައި ހިފައިގެން އަރްޒަން އެތަނަށް ވަންނަން ހިނގައިގަތެވެ. ގަބޫލުނުކުރެވިފައިހުރެ ޔަނާލްވެސް އަރްޒަންގެ އަތުގައިހިފައި ބާރުކޮށްލިއެވެ. އެތަނަށް ދެމީހުންވަނުމަށްފަހު އަރްޒަން ރިޒާވްކުރި މޭޒުދޮށުގައި އިނށީދެ ދެމީހުން ހަމަޖެހިލުމާއެކު ވެެއިޓަރަކު އައިސް ކާނެތަކެތީގެ އޯޑަރ ނެގުމަށްފަހު ދިޔައެެވެ.

“އަރްޒަން މީ.” ޔަނާލް ވާހަކަދައްްކަން ފެށުމާއެކު އަރްޒަން އޭނާ ހުއްޓުވިއެވެ. “އިނގޭ މިހުރިހައިކަމެއް ކޮންމެހެން ކުރަން ނުޖެހޭނެކަން. އެކަމަކު. އަހަރެން ހަމަ ބޭނުންވީ ޔަނާ ގޮވައިގެން މިގޮތަށް ހާމަ މާހައުލެއްގަ ވަގުތުކޮޅެއް ހޭދަކޮށްލަން. ކިހާ ހިތްގައިމު.” ވަށައިގެން ނަޒަރު ހިންގައިލަމުން އަރްޒަން އެއްލޯމަރައިލުމަށްފަހު ބުނެލިގޮތުން ޔަނާލް ލަދުގަތެވެ. “ޔަނާ ލަދުގަތީމަ ވަރަށް ލޯބި.” ޔަނާލްގެ މޫނުމައްޗަށް އަރައިފައިބަމުންދިޔަ ކުލަވަރަށް އެސްފިޔަޖަހައިވެސްނުލާ ބަލަން އިނދެ އަރްޒަން ބުނެލިއެވެ. އެއާއެކު ޔަނާލްގެ ރަކި ހުނުމުގެ އަޑުއިވިގެންދިޔައެވެ. މޭޒުމަތީގައިއޮތް ޔަނާލްގެ މަޑުއަތްތިލައިގެ މަތީގައި އަތް ބާވައިލައިގެންއިނދެ އެކިއެކި ވާހަކަތައް ދައްކަމުން ދެމީހުން ދިޔައެވެ. އޯޑަރުކުރިތަކެތި އައުމާއެކު ދެމީހުން ހަމަހިމޭންކަމާއެކުގައި ކައި ނިންމައިލިއެވެ.

ރެސްޓޯރެންޓުން ނުކުންނަމުން އަރްޒަން ޔަނާލް ގޮވައިގެން ކާރުގައި ދުއްވާލަން ދިޔައެވެ. އެއިރު ދެމީހުންގެ ދެމެދުގައިއޮތް ލަދުވެތިކަމުގެ ފާރުވެސް މަޑުމަޑުން ނެތެމުންދިޔައެވެ. ޔަނާލް އޭނާ ކުޑައިރުގެ އެކިއެކި ވާހަކަތައް ހީހީފައި ކިޔައިދެމުންދިޔައިރު އަރްޒަންއިނީ މަޖާވެފައި އަޑުއަހާށެވެ. ދޭތެރެއަކުން އަރްޒަންކޮށްލާ ކުދިސަމާސާތަކާއެކު ޔަނާލް މަޑުމަޑުން އަރްޒަންގެ އަތުގައި ޖަހައިލައެވެ.

އާރޓިފިޝަލް ބީޗް ކައިރިއަށް ކާރު މަޑުކޮށްލަމުން އަރްޒަން ޔަނާލްއާއިއެކުގައި ކާރުން ފައިބައި އެތަނުން ހުސްކޮށްހުރި ސިމެންތި ގޮނޑިއަކާއި ދިމާއަށް ހިނގައިގަތީ އެތަނުގައި އިނށީދެލުމުގެ ބޭނުމުގައެވެ. ހަނދުވަރުދޭ ރީތި ރެއެއްކަމުން މޫދުގެ ލޮނުގަނޑުވެސްވަނީ ރިހިކުލައިން ޖަރީވެފައެވެ. އެރޭގެ ފުރިހަމަ ހަނދާއި ދިމާއަށް ބަލައިލި އަރްޒަން މަޑުމަޑުން ޔަނާލްގެ ކޮނޑުގައި އަތްވަށައިލަމުން އޭނާއާއި ގާތަށް ޖައްސައިލިއެވެ. ދޭތެރެއަކުން އިވިގެންދާ ރާޅުތަކުގެ ހިތްގައިމު މިއުޒިކުން އެމާހައުލު އިތުރަށް ފުރިހަމަކޮށްދޭން މަސައްކަތްކުރާކަހަލައެވެ.

އިރުކޮަޅަކު އެގޮތުގައި އިނުމަށްފަހު އިންތަނުން ތެދުވަމުން ޔަނާލް މޫދާއި ދިމާއަށް ހިނގައިގަތެވެ. ފަހަތުން އަރްޒަންވެސް ތެދުވެ ހިނގައިގަތެވެ. ރާޅު ބީއްސާހިސާބުގައި މަޑުކޮށްލަމުން ޔަނާލް ހިނިތުންވެލީ އޭނާގެ ފައިތިލައިގައިި އޯގާތެރިކަމާއެކު ބޮސްދެމުންދިޔަ ކުދިކުދި ރާޅުތަކުގެ ހަރަކާތްތަކުން ހިތަށްލިބުނު ހަމަޖެހުމަކުންނެވެ. މިފަދަ އުފާވެރިވަގުތުކޮޅަކަށް އެހިތް އެދޭތާ ކޮންދުވަހެއްހެއްޔެވެ؟ ހުރިހައި ބިރުވެރިކަމަކުން އެއްކިބާވެ ހިތަށް ކުޑަހިނދުކޮޅަކަށް ނަމަވެސް ލުއެއްލިބުމަށް އޭނާވެސް ބޭނުންވެއެވެ. އޭނާއަކީވެސް ހަމަ އެހެންމީހުންފަދަ އިންސާނެކެވެ. އަބަދު ހިތާމަކުރަންވުމުން ވަރުބަލިނުވާނީ ކާކުހެއްޔެވެ؟ އެހެނަސް އެހުރިހައިކަމަކާއެކުވެސް އެއްވެސް ޝަކުވާއެއްނެތި ޔަނާލް ކެތްތެރިވީ ކޮންމެވެސް ދުވަހަކުން އޭނާގެ ކެތްތެރިކަމުގެ ފޮނި މޭވާ ލިބޭނެ ކަމުގެ އުއްމީދުގައެވެ.

ޔަނާލްގެ ފަހަތަށް އައިސް މަޑުކޮށްލި އަރްޒަން ފެނުމުން އޭނާގެ ތުންފަތުގައި ލާނެތް ހިނިތުންވުމެއް ދުވެލީ ހިތަށް ވެރިވި ޚިޔާލަކުންނެވެ. ނޫންކަމަށް ހަދައިފައި މޫދާއި ދިމާއަށް ގުދުވެލަމުން ޔަނާާލް ފެންފޮދެއް އަރްޒަންގެ މޫނަށް ޖަހައިލިއެވެ. އެފަދަކަމަކަށް ނުވިސްނާހުރި އަރްޒަން ސިހިގެން ދިއުމާއެކު މަޖާވެފައި އަނގަމަތީގައި އަތްއަޅައިލަމުން ޔަނާލް ހޭންފެށިއެވެ. މޫނުމަތިން ފެންތައް ފޮޅައިލަމުން އަރްޒަން ދެލޯހަނިކޮށްލައިފައި ޔަނާލްއަށް ބަލައިލިގޮތްފެނި ދެލޯބޮޑުކޮށްލަމުން އަރްޒަންއާއި ދުރަށް ޔަނާލް ދުއްވައިގަތެވެ. ޔަނާލްއަށް ދެވުނީ ތަންކޮޅަކަށެވެ. ބާރުގަދަ އަތަކުން އޭނާގެ މެދުހަށީގައި ހިފައި އުފުލައިލުމާއެކު ކުޑަކޮށް ހަޅޭލަވައިގަންނަމުން ޔަނާލް ދެލޯމަރައި ބާރުކޮށްލީ ދެން އަރްޒަންގެ ކިބައިން ސަލާމަތްނުވާނެކަން އިނގުމުންނެވެ. ކުރެވުނު ކަންތަކުގެ މޮޔަހީވެ ޔަނާލް މައާާފަށް އެދެމުންދިޔައެއްކަމަކު އެއަޑު އަރްޒަންއަށް އިވުނުހެނެއް ހިއެއްނުވެއެވެ. ބާރުހިނިގަނޑަކާއެކު އޭނާ ޔަނާލް މޫދަށް އެއްލައިލިއެވެ. އެހިސާބުގައި މީހުން މަދުކަން ނަސީބޭ އެވަގުތު ޔަނާލްގެ ހިތަށް އެރިއެވެ. އޮޅިގެންވެސް އެފަދަ ސަމާސާއެއް ދެވަނަ ފަހަރަށް އަރްޒަންއާ ނުކުރުމަަށް ނިންމަމުން ގައިގެ އެތަން މިތަނުން ފެންފޮޅަމުން ޔަނާލް މޫދުން އެރިއެވެ. “ވާހް. ހަމަ ހީވަނީ ފެނުޕަރީއެއްހެން.” އޭނާއާއި ދިމާއަށް ކަޅިއަޅައިލި ޔަނާލް ފެނުމާއުކު ހީހީފައި އަރްޒަން ދިމާކޮށްލިއެވެ. “އޯހް އަނެއްކާ ނުބައިކޮށްތަ މިބުނެވުނީ؟ ފެނުޕަރީއެއްތަ ނޫނީ އެންގްރީ ބާރޑް އެއްތަ؟ މޫދުގަ އެންގްރީ ބާރޑް އުޅޭކަމެއް އަހަރެން ނުދެނަހުރިން.” ޔަނާލްހުރިގޮތްފެނިފައި އަނެއްކާވެސް އަރްޒަން ބުނެލިއެވެ. “ދެން އަރްޒަން ގަނޑާ. ވަރަށް ފޫހިވޭ.” އަރްޒަންގެ ކޮނޑުގައި އަތުން ޖަހައިލަމުން އެހެންބުނެލި ޔަނާލްގެ މޫނުމައްޗަށްވެސް ހިނިތުންވުމެއް ވެރިއެވެ. ރުޅިއައިސްފައިކަމަށް ހެދެން އުޅުނަސް އަރްޒަންގެ ކުރިމަތީގައި އެއީ ފަސޭހަކަމަކަށް ނުވާނެކަން ޔަނާލްއަށް އެނގެއެވެ. އެއަށްވުރެ އޭނާ ހެއްވައިލުމުގައި އަރްޒަން މާކުޅަދާނަކަން ޔަނާލް ދަނެއެވެ. ދެމީހުން އެކަކު އަނެކަކާއި އެކި ސަކަރާތްޖަހަމުން އެތަނުން ދާން ހިނގައިގަތީ ޔަނާލް ތެމިފައިހުރުމާއި އެކު ޖެހެމުންދިޔަ ފިނިރޯޅިން އޭނާ މާބޮޑަށް ހީކަރުވަން ފެށުމުންނެވެ.

“އައިކް ދެންހިނގާ ނިދަންދާން. މިހާރު އެއޮއް ދިހައެއްޖަހަނީ.” ލެޕްޓޮޕްއިން އަޅުވައިފައިހުރި ކާރޓޫންއަކަށް ގެއްލިފައިއިން އައިކް ގާތުގައި އިނށީދެލަމުން ފޫހިގޮތަކަށް ނިޝްޔާ ބުނެލިއެވެ. އެއާއެކު އައިކް ބޮޑާ ހާކާލީ އެކާރޓޫން ނިމުމުންނޫނީ ނުދާނަންކަމަށް ބުނަމުންނެވެ.

“މިވެސް ޖެހިފަ އޮތް މުސީބާތެއް. އެއަންހެނާއަށް ނުކެރުނު މަރުވިއިރު މީނަވެސް ގޮވައިގެންދާން. ކިހައި ދެރަކަމެއް. އަރްޒަންގެ ކުރިމަތީގަ ރަނގަޅު މީހަކަށްވާން އައިކް ގޮވައިގެން އުޅުނަސް އަހަރެން ހާދަ ފޫއްސެކޭމިވަނީ. އެހެންޏަ. ކާކުތަ އެހެންމީހެއްގެ ދަރިއަކާއަޅާ މޮޔަވާނީ؟ އެކަމަކު އަރްޒަންގެ ރުހުން ހޯދޭނީ މިދަރީގެ ރުހުންވެސް ހޯދައިގެންވިއްޔަ. ދެން ބޭނުންނުވިއަސް އަހަރެން ޖެހޭނީ ޅަދަރިމައިވެގެން އުޅޭކަށްނު. ހުއް. ވަރަށް ފޫހިވޭ. އެއަރްޒަންވެސް ދެން އަހަރެންނާ ކައިވެނިކުރިއްޔާ ކީއްތަވާނީ؟ އަދިވެސް ޔޫލީ ޔޫލީ ޔޫލީ. މަރުވީމަވެސް އެއަންހެނާ އަރްޒަންގެ ދިރިއުޅުމުންދާކަށް ނޫޅުނު ވިއްޔަ.” އައިކްއާއި ދިމާއަށް ބަލައިލަމުން ނިޝްޔާ އަމިއްލަ ނަފުސަށްއިވޭވަރަށް ކުދިކިޔައިލިއެވެ.

އައިކްބަލަންއިން ކާރޓޫން ނިމުމާއެކު އޭނާގެ ހެދުން ބަދަލުކޮށްފައި ނިޝްޔާ އައިކް ނިދަންދެން ގާތުގައި އިނެވެ. ނިދިއައިސްފައި ހުރުމާއެކު އެއްވެސް އިތުރު ބަހަނާއެއް ދެއްކުމެއްނެތި ނަސީބަކުން އައިކް ވަރަށް އަވަހަށް ނިދައިލިއެވެ. އައިކް ނިދުމާއެކު ފުންނޭވާއެއްލަމުން ބޮކީގެ އަލިމަޑުކޮށްލުމަށްފަހު ނީޝްޔާ އެކޮޓަރިން ނުކުތެވެ.

ޔަނާލް ގޮވައިގެން ގެއަށްދިޔަ މަގުމަތީގައި މާވިއްކާ ފިހާރައަކަށްވަދެ އަރްޒަން އެކިވައްތަރުގެ މާ ހިމަނައިގެން ބޮޑު މާބޮނޑިއެއް ތައްޔާރުކޮށްލިއެވެ. ކާރުގައި އަރްޒަންގެ އިންތިޒާރުގައިއިން ޔަނާލްއަށް އެމާބޮނޑި ހިފައިގެންއައިސް ކާރަށްއެރި އަރްޒަންފެނުމުން ހައިރާންވެފައި އެކީކުރާ އެއްޗެއްތޯ ސުވާލުކޮށްލިއެވެ.

“ފޯ މައި ބިއުޓިފުލް ގާލް.” ޔަނާލްއަށް އެމާބޮނޑި ދިއްކޮށްލަމުން އަރްޒަން ބުނެލިއެވެ. ލަދުގަނެފައި ޔަނާލް އޭގައި ހިފަމުން ޝުކުރުއަދާކޮށްލިއެވެ. މަޑުދުވެއްޔެއްގައި ކާރު އައިސް ޔަނާލްއުޅޭ ގެ ކުރިމައްޗަށް މަޑުކޮށްލުމާއެކު އަރްޒަންއަށް ރޭގަނޑުގެ ސަލާމް ކުރަމުން ޔަނާލް އޭގެއިން ފައިބަން އުޅުނެވެ. އެހެނަސް އެވަގުތު އަރްޒަން ޔަނާލްގެ އަތުގައިހިފައި ހުއްޓުވިއެވެ.

“ވަރަށް ދުވަހަށްފަހު އަހަރެންނަށް މިހާ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވުނީ. ތޭންކްސް ފޯ ކަމިންގް ވިތް މީ.” ޔަނާލްގެ މަޑު އަތްތިލައިގައި ބޮސްދެމުން އަރްޒަން މަޑުމަޑުން ބުނެލިއެވެ. “އަހަރެން ކަންނޭނގެ ހަގީގަތުގަ ޝުކުރުވެރިވާންވީ. ދުވަހަކުވެސް ހިއެއްނުކުރަން މިފަދަ ހިތްގައިމު ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ކަމަކަށް. އަރްޒަން ތިކޮށްދިން އެއްވެސްކަމެއް އަހަރެން ހަނދާނެއް ނުނެތޭނެ. އަބަދުވެސް މިހަނދާންތައް އަހަރެންނާ އެކުގައިވާނެ.” އަތުގައިއޮތް މާބޮނޑިއަށް ބަލަންއިނދެ ޔަނާލް ބުނެލިއެވެ ޔަނާލްގެ ވާހަކަތަކުން ހިނިއައިސްފައިއިނދެ އަރްޒަން އޭނާގެ ކޮލުގައި ފިރުމައިލުމާއެކު ހިނިތުންވެލަމުން ދަނީކަމަށްބުނެ ޔަނާލް ކާރުން ފޭބިއެވެ. އޭނާ ގެއަށްވަނުމާއެކު އަރްޒަންވެސް ކާރު ދުއްވައިލިއެވެ.

ތެތްހެދުން ބަދަލުކޮށްލަމުން ނުކުތް ޔަނާލް މޭޒުމަތީގައިއޮތް މާބޮނޑި ނަގަމުން އެތަނުގައިހުރި ވާރސްއަކަށް ރީތިގޮތަކަށް ޖަހައިލިއެވެ. އަދި އެމާތަކުގައި އޭނާގެ ހިމަ އިނގިލިތަކުން ފިރުމައިލަމުން ވަސްބަލައިލިއެވެ. “އަރްޒަން.. އައި.. އައި ރިއަލީ ލަވް ޔޫ.” ނޭނގި ނަމަވެސް ޔަނާލްގެ ހިތް އަރްޒަންގެ މިލްކަކަށްވެ ނިމިއްޖެކަން ޔަގީނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ބަދަލުވި ލަތީފް

Next

ސޫރަ ތިއޭ

Next
September 9, 2018

ސޫރަ ތިއޭ

Previews
September 8, 2018

ބަދަލުވި ލަތީފް

39 Comments!

  1. Nau says:
    September 9, 2018 at 12:26 pm

    Salaam all.. Here is the 9th part.. Hoep u guys like this part. Hehe.. Actually i made a new cover specially for this part.. Bt ulhe ulhevx e cover eh nulevun.. Anyway this part is dedicated to all the fans of yanaal n arzan.. Hehe.. Let me knw the mistakes n enjoy reading.. Nxt in sha allah tmrw.. Have a nice day.. Love u all?❤

  2. Read says:
    September 9, 2018 at 12:42 pm

    Masha allah…… story vrh salhi…???

    1. Nau says:
      September 9, 2018 at 6:09 pm

      Thanks my dear❤

  3. Nahu says:
    September 9, 2018 at 12:46 pm

    Saaabahey nau…?? Nau is the best…story is really nice…waiting…..

    1. Nau says:
      September 9, 2018 at 6:09 pm

      Awwwn thanks alot my dear❤

  4. samm says:
    September 9, 2018 at 12:48 pm

    nice mi part vx… nau eh nishyaa maraalaba. waiting for nxt part. love your stry……gud luck.

    1. Nau says:
      September 9, 2018 at 6:10 pm

      Ahahaha.. Hurey adhi maraalaanan.. ?.. Hehe.. Thanks loads dear❤

  5. yanaa says:
    September 9, 2018 at 1:19 pm

    loved… thankyou so m uch for writing such a beautiful story…waiting for next part

    1. Nau says:
      September 9, 2018 at 6:10 pm

      Awwn thanks alot n ur wlcm❤

  6. xu hu says:
    September 9, 2018 at 1:29 pm

    Owwwww…. Arzan r yanaal r marry kuruvahchey avahah dear….. This is awesome speechless??????❤❤❤

    1. Nau says:
      September 9, 2018 at 6:11 pm

      Hehe lets see dhw.. Thanks alot my dear❤

  7. Xuu says:
    September 9, 2018 at 1:38 pm

    Wowwww???? alhey dhn e dhemeehunnah dhera eh nudhehcheyy??????

    1. Nau says:
      September 9, 2018 at 6:11 pm

      Hehe thanks alot dear?

  8. ??? says:
    September 9, 2018 at 2:11 pm

    Vvvvvv rythi??????

    1. Nau says:
      September 9, 2018 at 6:12 pm

      Thanks dear❤

  9. ? Unknown ? says:
    September 9, 2018 at 2:20 pm

    Wowww. V reethi. Hope yanaal n arzan gulheyne kamah. ???

    1. Nau says:
      September 9, 2018 at 6:12 pm

      Lets hope.. Hehe.. Thanks alot my dear❤

  10. shannu says:
    September 9, 2018 at 2:27 pm

    Wow haadha reechey mibaives… nishyaa haadha goaheh dhw… mibaigaves sifakohdhinun hama ehvana… nau, alhe dhen avahah arxan n yanaal gulhuvabala… v rythi story kuriah thigendhaa goeh… hama ehvanaey buneveyny… thivareh hama neh

    1. Nau says:
      September 9, 2018 at 6:13 pm

      Awwwwn thanks alot my dear.. ❤?

  11. Hudher says:
    September 9, 2018 at 2:51 pm

    Nyc….. haadha ryhchey mi part vx….maasha allah

    1. Nau says:
      September 9, 2018 at 6:13 pm

      Thanks my dear❤

  12. maya says:
    September 9, 2018 at 4:32 pm

    masha allah ..sooooooooo booootiful..nishya i hate u 4 ever….sifakurun hama ehvana…azran yanaal moodhah ehlaali than hyvani hama kuri mathin fenun hen…story kuriah dhaa goih hama perfect…i love ur stories….u r the best nau sis..lurv yuh

    1. Nau says:
      September 9, 2018 at 6:14 pm

      Awwwwn hehe.. Thanks alot my dear.. Love u more❤?

  13. Unknown girlll.. says:
    September 9, 2018 at 5:32 pm

    Alhey.. so sweet????…….. v . Reethi mi part ves , ???keep up the good work ???luvya ❤❤❤when mxt

    1. Nau says:
      September 9, 2018 at 6:14 pm

      Thanks alot my dear.. Nxt in sha allah tmrw.. Luv yah more❤❤

  14. Hawwor says:
    September 9, 2018 at 7:58 pm

    Mi story ah v inthixaaru kurevey….komme dhuvahaku ves….hehehe….thanks nau..???mihaa rythi story eh liyuny thy……??????

    1. Nau says:
      September 9, 2018 at 8:05 pm

      Awwwn thanks alot my dear n ur mst wlcm❤?

  15. Saadhu says:
    September 9, 2018 at 8:51 pm

    Alhey v furihama.bunaane ithurueche ne.???

    1. Nau says:
      September 9, 2018 at 9:19 pm

      Thanks alot my dear❤

  16. Lee says:
    September 10, 2018 at 6:32 am

    Adhi story eh kiyaafa ehgothakahves comment eh nukuran. mi story reethi kamun hama comment kohlan beinun v. Adhi midhanee story feshigen kiyamun. Vv Varah reethi. Next part annaane dhuvahakah inthizaaru ves kurevey. Hunnanee hama balabalaa. Great work

  17. Shaya says:
    September 10, 2018 at 8:13 am

    Masha Allah…mi part vx varah reethi..BTW that nishya tha yoolee maraaalee…foohi kujjeh nishya akee…just hate her the most

  18. Nau says:
    September 10, 2018 at 8:59 am

    Salaam guys.. Tday m lil bxy ingey ehnve nxt part upkohleveyny tonight ga ingey.. Kyp waiting.. Loves❤

    1. ? Unknown ? says:
      September 10, 2018 at 3:53 pm

      Ok dear. Will wait. ??

  19. Nahu says:
    September 10, 2018 at 5:13 pm

    Hedhunu heylaafa story up vithw belun adhadheh vx neyge…dhnme comments balai lyma mi inguny tonight kan…ok tonight vx…curiously waiting….love this story ..❤❤

  20. Neen says:
    September 10, 2018 at 5:57 pm

    Kobaa miadhu ge part?. V ufaavey komme dhuvahaku up kuraathee ❤❤??love u nau?????? heekuran ?inthizaaru ??kuran nujeheyne kamah?

  21. samm says:
    September 10, 2018 at 6:11 pm

    nau, waitingggg

  22. Aisha says:
    September 10, 2018 at 7:25 pm

    Still waiting

  23. Rishy says:
    September 10, 2018 at 7:47 pm

    Nau kobaa story ge next part????

  24. Fathun says:
    September 10, 2018 at 7:57 pm

    Aneh part up kobaa… Plxxx kiyaa hithun

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީޙޭ (10)←


All Right Reserved!