Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ރާސްތާ 34

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
September 9, 2018 5 Mins Read
21 Comments

ސިނަމާލެ ބްރިޖް ހުރަސްކޮށް އެތަށް ބަޔަކު ހުޅުމާލެއަށް ޖަމާވަމުން ދިޔައީ އެއްމަސް ދުވަސްކުރިން ހުޅުވި ރާއްޖޭގެ އެންމެ ބޮޑު ފުޓުބޯޅަ ދަނޑުކަމަށްވާ މާލްދީފް އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅެވޭ އެންމެ ފުރަތަމަ މެޗު ބަލާލުމަށްޓަކައެވެ. އެ ޚާއްސަ ދަނޑުގައި އެންމެ ފުރަތަމަ ކުޅެން ހަމަޖެހިފައިވަނީވެސް ޚާއްސަ މެޗެކެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އަދި އިރާން ވާދަ ކުރާ މެޗެވެ. އެ މެޗަކީ އެތަށް ގޮތަކުން ދިވެހިންނަށް ޚާއްސަ މެޗެކެވެ. ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ޑިފެންޑަރު އަދި މިހާރު ގައުމީ ޓީމުގެ ކެޕްޓަން ނަވީން ގައުމީ ޓީމަށް ކުޅެދޭ އެންމެ ފަހު މެޗަކީ މިމެޗެވެ. ހުރިހާ ދިވެހިންގެ ވެސް އުއްމީދަކީ ނަވީންގެ ފަހު މެޗުގައި ރާއްޖޭޓީމަށް ރަނގަޅު ކާމިޔާބީއެެއް ލިބުމެވެ. ކުޅުންތެރިންގެ އުއްމީދަކީވެސް އެއެވެ.

ވިހި ހާސް މީހުންގެ ޖާގައިގެ އެ ބޮޑު ސްޓޭޑިއަމް ވަނީ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފައެވެ. މެޗު ބެލުމަށްޓަކައި ކުޅުންތެރިންގެ އާއިލާ މެންބަރުންނަށް ވަނީ ވީއައިޕީ ބައި ޚާއްސަކުރެވިފައެވެ. ދަނޑުގެ ކޮންމެ ސަރަހައްދެއްގައި ތިއްްބަސް ފްރީވައިފައި ލިބެއެވެ. ދަނޑުގެ ވައައަތް ފަރާތުގައި ޖަހާފައި ހުރި ގޮނޑިތަކުން ދިވެހި ދިދަ ރަމްޒުވާން ހުއްޓެވެ. ދަނޑުގެ ހަތަރު ފަރާތުގައި ބޮޑު ސްކްރީން ބަހައްޓާފައި ހުއްޓެވެ. ދަނޑުގެ ކޮންމެ ހިސާބެއްގައި ތިބެގެންވެސް އެ ސްކްރީންތަކުން މެޗު ބެލޭނެއެވެ. މީގެ އިތުރަށް ގޯލް ލައިން ޓެކްނޮލޮޖީއާއި ވީ އޭއާރު ވެސް މި ދަނޑުގައި ބޭނުންކުރެވޭނެއެވެ.

ނުވައެއް ޖަހަން ވާއިރަށް މުޅި ދަނޑުވަނީ ސަޕޯޓަރުންނިން ފުރިފައެވެ. އެންމެ ހުސް ގޮނޑިއެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އިރާންގެވެސް ފަންސާހަކަށް ސަޕޯޓަރުން ތިއްބެވެ.

ވީއައިޕީގައި ތިބެވެން އޮތްނަމަވެސް މާނީ އިޝްމާ ނަވްޔާ އަދި އިސްރާ ގޮނޑިބަރިއަަށް ދިޔައެވެ. އެ ކުދިންނަށް ޖާގަ ލިބުނީ އެންމެ ތިރީ ގޮނޑިބަރިންނެވެ. ކުޅުންތެރިން ވަކި ކުރެވޭހާ ސާފުކޮށް އެ ތަނުން ދަނޑުމަތި ފެނެއެވެ.

ހުރިހާ ކުޅުންތެރިންވެސް ދަނޑަށް އެރިއެވެ. އިރާން ޓިމުގައި ތިބި ކުޅުންތެރިންގެ ރީތިކަން ފެނިފައި ދިވެހި އަންހެން ކުދިން ތިބީ އަނގައިން ސޮނިފައިބައި ވަރުވެފައެވެ. ޖެހިގެން ހުންނަ ކުއްޖާގެ ކަންފަތް ބުޑުގައި ކޮންމެސް އެއްޗެކޭ ބުނެލައެވެ. ދިވެހި ކުދިންގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ އިރާންގެ ކުރިއަށް ކުޅޭ އަށާވިސް އަހަރުގެ ކުޅުންތެރިޔާ ކަރީމް އަންސާރީ ފަރްދެވެ.

މާނީގެ ދެލޯ ހޯދަމުން ދިޔައީ އާރާޝެވެ. އާރާޝް ފެނުނު ވަގުތު ބޭއިޚްތިޔާރުގައި ވާއު އޭ މާނީއަށް ބުނެވުނެވެ. ރަތް ކުލައިގެ ޖާޒީގައި އާރާޝް ފެންނަލެއް ވަރަަށް ފުރިހަމައެވެ. އިސްތަށިގަނޑުގައި ހުދު ކުލައިގެ ބޭންޑެއް އަޅާފައި ހުރުމުން އާސެނަލްގެ ހެކްޓަރ ބެލެރިންއާއި ވައްތަރު ގޮތެއް ހުއްޓެވެ. ތުނިކޮށް ފަޅާފައި ހުރި ތުނބުޅިން އާރާޝްގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ.

މާނީ ވާއު އޭ ބުނުމުން ކާކުހޭ ވާއުއީ ނަވްޔާ އަހާލިއެވެ. “މީ ސަރްދާރު އޭހެރީނު އިރާންގެ ޖާޒީ ނަންބަރ ޓުވެންޓީ. އޭނަ ހާދަ ރީއްޗޭ. އެނގޭތަ ވޯލްޑް ކަޕް ނިންމާފަ އޭނަ މަންމައަށްޓަކައި ގައުމީ ޓީމުން ރިޓަޔާވީ. ހީއިޒް ޓުވެންޓީ ތްރީ. ދެން އިރާން ރައްޔިތުންނާ އެފްއޭ ގެ އެދުމުގެ މަތިން އަނެއްކާވެސް ގައުމީ ޓީމަށް ކުޅެންފެށީ” މާނީ ނުވާކަމަކަށް ހެދިފައި އިރާންގެ ސަރްދާރު އަޒްމޫނުގެ ވާހަކަ ދައްކަން ފެށިއެވެ. އިސްރާ އަދި އިޝްމާ ވަރަށް ޝައުގުވެރިކަމާއެކު އެ ވާހަކަތައް އަޑު އަހަމުން ދިޔައެވެ. ނަވްޔާ ފާޑަކަށް ހިނިއައިސްފައި މާނީއާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. ހަގީގަތުގައި މާނީ އަޖައިބުވީ އާރާޝް ފެނިފައިކަން ނަވްޔާއަށް އެނގެއެވެ.

ރާއްޖޭގެ ގައުމީ ސަލާން ކުޅެމުން ދިޔަ ގަޑީ ކުޅުންތެރިންނާއި އެއްވަރަށް ސަޕޯޓަރުންވެސް އަޑުހަރުކޮށް ގައުމީ ސަލާން ކިޔަމުން ގެންދިޔައެވެ. ދިވެހިންގެ އެއްބައިވަންތަކަމާއި ދިވެހިންގެ ހިތްތަކުގައިވި ގައުމީ ލޯބި ފެނުމުން އިރާން ކުޅުންތެރިން އަޖައިބުވެ އަންތަރީސްވިއެވެ. ކޮންމެ ކުޅުންތެރިއަކުވެސް ހިތާހިތުން ދިވެހިންނަށް ތައުރީފް ކުރިއެވެ.

ގައުމީ ސަލާން ކިޔަމުން ދިޔަ ގަޑީ ނަވީންގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. މިރެއަކީ އޭނާ ގައުމީ ޓީމަށް ކުޅެދޭ ފަހު މެޗުކަމުން ތަފާތު އިހްސާސްތަކެއް ކުރެވެމުން ދިޔައެވެ. ދިވެހިން އޭނާއަށް ކުރަމުން ދިޔަ އިހްތިރާމް ފެނި އުފަލާއި ދެރަ ވަމުން ދިޔައެވެ. ދަނޑުގެ ހުޅަނގު ފަރާތުގައި ތިބި ސަޕޯޓަރުން “ޝުކުރިއްޔާ ނަވީން” ޖަހައިފައި ހުރި ފޮތިގަނޑެއް ހިފަހައްޓައިގެން ތިއްބެވެ. އަނެއްބައި ސަޕޯޓަރުން ނަވީންގެ ފޮޓޯ ޖަހައިފައި ހުރި ޕޯސްޓަރު ހިފައިގެން ތިއްބެވެ. ގައުމީ ސަލާން ކިޔާ ނިމުމުން ނަވީން ކަރުނަ ފުހުމަށް ފަހު ފުން ނޭވައެއް ދޫ ކޮށްލިއެވެ. އިރާންގެ ހަލުވި ކުޅުންތެރިން ހިފެހެއްޓުމަށް އޭނާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ހިތުގައި އަޒުމް ކަނޑައެޅިއެވެ.

ޖާނުން ވަރުގަދަ އިރާންގެ ކުޅުންތެރިން ފެނި މާއިޒަށް ހިންދިރުވާލެވުނެވެ. ޓީވީއިން ފެންނައިރު އެހާ ބިޔަކޮށް ތިއްބަ ފެނުނަސް އަސަލަށް ފެނުމުން މާއިޒް ޖެހިލުންވާފެށިއެވެ.

އިރާންގެ ގޯލް ކީޕަރު  އެހާ ދިގުވާނެކަމަކަށް އާރާޝް ހިއެއް ނުކުރެއެވެ. އޭނާއަށް މިހާތަނައް ފެނުނު އެންމެ ދިގު ކީޕަރަކީ އިންޑިއާގެ ގުރްޕްރީތް ސިންގެވެ. އެހެނަސް ގުރުޕްރީތަށް ވުރެ ކުޑަ ތަންކޮޅެއް އިރާންގެ ކީޕަރު އަލީ ރެޒާ ދިގެވެ. “ރޮނާލްޑޯ ޖެހި ޕެނަލްޓީ ހުއްޓުވި ކީޕަރެއް ކޮޅަށް ކިހިނެއް ލަނޑު ޖެހޭނީ. އާރާޝް އިޓްސް ގޮއިން ޓު ބީ ސޯ ޑިފިކަލްޓް ޓު ސްކޯ. ބަޓް ޔޫ ހެވް ޓު ޓްރައި. ޖަސްޓް ފޯކަސް. ފޮގެޓް އެބައުޓް ހިޒް ސޭވްސް އަގެއިންސްޓް ރޮން. އެންޑް ތިންކް އަބައުޓް ދަ ގޯލްސް ޔޫ ސްކޯޑް އަގައިންސްޓް ގުރްޕްރީތް އެންޑް އަދާ ކީޕާސް.” އާރާޝް އަމިއްލަ ނަފްސަށް ވިސްނައިދެމުން ދިޔައެވެ.

ރެފްރީގެ ކަށިގަނޑުގެ އަޑާއެކު ދިވެހި ޓީމުން ކުޅުން ފެށިއެވެ. މެދު ރޮނގުމަތިން ފާއިން ފަހަތަށް ބޯޅަ ފޮނުވާލިއެވެ. އެ ބޯޅަ ލިިބުނީ މާއިޒަށެވެ. މާއިޒް އަކްމަލަށް އެ ބޯޅަ ޖައްސާލިއެވެ. އެއާއެކު ފައިގައި ހުރި ބާރެއް ލާފައި އަކްމަލް ބޯޅަ ކުރިއަށް ފޮނުވާލިއެވެ. ބޯޅަ ލިބުނީ ސީދާ ޒަޔާންގެ ފަޔަށެވެ. ޒަޔާން ބޯޅަ ހިފައިގެން ކުރިއަށް ދާން އުޅެނިކޮށް އިރާންގެ ތަޖުރިބާ ކާރު ޑިފެންޑަރު ޖަލާލް ހުސެއިން ބޯޅަ ހޯދިއެވެ. އެކުޅުންތެރިޔާއަށް ބޯޅަ ލިބުމަށްފަހު އިރާނުން މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅުނެވެ. ރާއްޖޭ ކުޅުންތެރިއެއްގެ ފައިގައި ބޯޅަ ޖެހެނީ ދަމަކުން ބަޑިއެއް ޖަހާހެންނެވެ. އެހެނަސް ނަވީންއާއި މާއިޒްގެ މޮޅު ކުޅުމުގެ ސަބަބުން ނުރައްކާތެރި ހަމަލާއެއް އުފެއްދޭ ގޮތެއް އިރާން ކުޅުންތެރިންނަކަށް ނުވެއެވެ. ގޯލާއި އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. ހުށިޔާރު ކަމާއެކު އަކްމަލް އެ ބޯޅަ މަތަކުރިއެވެ. އިރާން ކުޅުންތެރިން އެމީހުންގެ ހަށިގަނޑު ބޭނުންކޮށްގެން ކުޅެމުން ދިޔައިރު ރާއްޖޭކުޅުންތެރިން ވިސްނުން ބޭނުންކޮށްގެން ކުޅެމުން ދިޔައެވެ. ބޯޅަ ލިބޭ މަދު ފަހަރުގައިވެސް އަވަހަށް ކުރިއަށް ބޯޅަ ލުމުގެ ބަދަލުގައި މެދު ތެރޭ ހިފަހައްޓާގެން މަޑު މަޑުން ބޯޅަ ކުރިއަށް ގެންދެވޭތޯ ބަލައެވެ.

ފުރަތަމަ ހާފް ނިމިގެން ދިޔައީ ސުމެއް ސުމަކުންނެވެ. ދިވެހިންނަށް އެ ނަތީޖާއަކީ ވަރަށް ރަނގަޅު ނަތީޖާއެކެވެ.

ދެވަނަ ހާފްގެ ކުޅުންފެށީ އިރާނުންނެވެ. އެ މީހުން ފެށިގޮތަށް ބޯޅަ ކުރިއަށް ގެންދިޔައެވެ. ދެވަނަ ހާފަަށް ރާއްޖޭގެ ކޯޗް ވަނީ ގޭމް ޕްލޭން ބަދަލުކޮށްފައެވެ. އަހުސަމް ކަނާއަތް ފަޅިއަށް ބަދަލު ކުރުމަށްފަހު ޒަޔާން ވައަތުފަޅިއަށް ލިއެވެ. އާރާޝްލީ އެޓޭކިން މިޑްފީލްޑަރަކަށެވެ. ކޯޗުގެ ބަދަލު މަސައްކަތް ކުރަންފެށިއެވެ. ފަހަތުން ބޯޅަ ހޯދައިގެން ގެނަސް ކުރިއަށް ލަމުން އާރާޝް ގެންދިޔައެވެ. ފުރަތަމަ ކޮޅު ނުރައްކާ ނުކުރެވުނަސް ދިހަ ވަރަކަށް މިނެޓު ފަހުން އިރާންގެ ގޯލަށް ނުރައްކާ ކުރަމުން ދިޔައެވެ. އެއް ފަހަރު ޒަޔާން ފޮނުވާލި ބޯޅަ ކީޕަރު ހުށިޔާރު ކަމާއެކު ދިފާއު ކުރިއެވެ. އަހުސަމް ފޮނުވާލި ބޯޅަ މަތީ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ. އޭރިއާ ބޭރުން އާރާޝް ފޮނުވާލި ހަމަލާ ކީޕަރު އަތުގައި ޖެހިފައި ކޯނަރަކަށް ބޭރުވިއެވެ.

ކޯނަރު ނަގަން ދިޔައީ ފާއިންއެވެ. ފާއިން ވަރަށް ރީތި ކޮށް ނަގައިދިން ކޯނަރު މާއިޒް ބޮލުން ޖައްސާ ގޯލްގެ މަތީ ކަނަށް ފޮނުވާލިއެވެ. އެހެނަސް އޭރު ލައިސްމަން ވަނީ އޮފްސައިޑް ދިދަ ނަގާފައެވެ.

މެޗުގެ އަށްޑިހަ ވަނަ މިނެޓު ތެރޭ ޕެނަލްޓީ އޭރިއާއަށް ވުރެ ތަންކޮޅެއް ބޭރުން ހިލޭ ޖެހުމެއް ލިބުނެވެ. ހިލޭ ޖެހުން ފޮނުވާލުމަށްޓަކައި އާރާޝްގެ އިތުރުން މާއިޒް އަދި ނަވީން ބޯޅަ ކައިރީ މަޑުކޮށްލައިގެން ތިއްބެވެ. ރެފްރީ ކަށިގަނޑު ފުމުމާއެކު އާރާޝް ބޯޅަ ޖަހަން ދުއްވައިގަތެވެ. އެހެނަސް ބޯޅައިގައި އިނގިލި ކުރިވެސް ޖައްސާނުލާ އަނެއް ފަޅިއަށް އާރާޝް ދިޔައެވެ. އެއާއެކު ފައިގަައި ހުރި ބާރެއް ލައިފައި ނަވީން ގޯލާއި ދިމާއަށް ބޯޅަ ފޮނުވާލިއެވެ. ކީޕަރު ހުރީ ހުށިޔާރުވެގެން ކަމުން އަރުން ޖަހާ ކުޅުމުގެ ތެރެއަށް ބޯޅަ ފޮނުވާލިއެވެ. އެބޯޅަ ލިބުނީ އިރާންގެ ޑިފެންޑަރަކަށެވެ. ބަަލައި ނުލާ އޭނަ ކުރިއަށް ފޮނުވާލި ބޯޅަ ލިބުނީ އޭރިއާ ބޭރުގައިި ހުރި އަހުސަމަށެވެ. ބަލާކަށް ނުހުރެ ވައަތު ފައިން އަހުސަމް ގޯލާއި ދިމާއަަށް ފޮނުވާލިއެވެ.

ކީޕަރު ހުއްޓިގެން ހުއްޓައި އައިނައިތަނެއް ނޭންގި ބޯޅަ ގޯލުގެ މަތީ ކަނަށް ވަނެވެ. އެއާއެކީ ސަޕޯޓަރުންގެ އަޑު އިހުނަށްވުރެ ގަދަވިއެވެ. ހީވީ ދަނޑުވެސް އެއްލާލަފާނެހެންނެވެ.

ބޯޅަ ގޯލުތެރެއަށް ވަން ކަން އަހުސަމަށް އެނގުނީ ހުރިހާ ކުޅިންތެރިން އައިސް އޭނާގައި އޮޅުލައިގަތުމުންނެވެ. އެންމެން އަރައިގަތް ބޮނޑީ އެނެމްން އެއްކޮށް ބިންމައްޗަށް ވެއްޓުނެވެ. އަހުސަމް އޮތީ އެންމެންގެ ގައި ދަށުގައެވެ. އަހުސަމް ތެދުވެގެން ޑެބެއް ޖެއްސުމަށްފަހު ޑެލޭ ސެލެބްރޭޝަން ހެދިއެވެ. އާރާޝާއި މާާއިޒްގެ އިތުރުން އަކްމަލްވެސް އޭނާއާއި އެކު ޑެލޭ ސެލެބްރޭޝަން ހެދިއެވެ.

އިރާން ކުޅުންތެރިން ކުޅުން ފެށި ގޮތަށް ހަމަލާއެއް އުފެއްދިއެވެ. އެހެނަސް ހުށިޔާރު ކަމާއެކު އަކްމަލް އެހަމަލާ ދިފާއު ކުރިއެވެ. ވަގުތު ދުއްވުމުގެ ގޮތުން ބޯޅައާއި އެކީ އަކްމަލް ދަނޑުމައްޗަށް ވެއްޓިގަތެވެ. މިނެޓެއް ހާއިރު ދަނޑުމަތީ އޮވެފައި ލަސްލަހުން ތެދުވިއެވެ. އެއަށްފަހު ގައިގައި ހުރި ބާރެއް ލާފައި ބޯޅައިގައި ޖެހިއެވެ. އަކްމަލް އެ ގޮތަށް ކަންތައް ކުރީ ބޯޅަ ބޭރަށް ފޮނުވާލުމުގެ ނިޔަތުގައެވެ. އެހެނަސް އިރާން ގޯލް ކީޕަރުގެ ބޯމަތިން ގޮސް ބޯޅަ ވެއްޓުނީ ގޯލުގެ ތެރެއަށެވެ.

އަކްމަލް ހުރީ އުފާފާޅު ކުރަންވެސް ހަނދާންނެތިފައެވެ. ކީޕަރުން ލަނޑު ޖަހާތަން އޭނާއަށް ވަނީ ފެނިފައެވެ. އެހެނަސް އޭނާއަށް ލަނޑެއް ޖެހިދާނެ ކަމަށް ދުވަހަކުވެސް އަމިއްލައަަށް ގަބޫލެއް ނުކުރެއެވެ.

ސަޕޯޓަރުންވެސް ތިބީ ޝޮކެއްގައެވެ. އެ ބޯޅަ ގޯލުތެރެއަށް ވަދެދާނެކަމަށް އެ މީހުންވެސް ހިޔެއްނުކުރެއެވެ.

މާނީއަށް އަނގަ ލައްޕަން ހަނދާންވީ އޭނާގެ އަނގަޔަށް އެއްޗެއް ވަންހެން ހީވެގެންނެވެ. ކުރީ ފަހަރު އަހުސަމް ލަނޑު ޖެހުމުން އަޑުގެ ނެތްތަނަށް ހަޅޭއްލެވި ކުއްޖާގެ އަޑު ވީ ކޮންތާކު ކަމެއްވެސް ނޭންގެއެވެ.މާނީގެ ސިކުނޑި މަސައްކަތް ކުރަން ފެށީ އިރުކޮޅެއް ފަހުންނެވެ. ކުއްލިއަކަށް ހަޅޭއްލަވައިގަތެވެ. މާނީ ހަޅޭއްލަވައިގަތްލެއް ބާރުކަމުން ސިއްސައިގެން ގޮސް އިސްރާއަށްވެސް ހަޅޭއްލަވައިގަނެވުނެވެ. އެއާއެކު ހާޅެކުގެ އަޑުން މުޅި ދަނޑު ގުގުމާގެން ދިޔައެވެ.

މެޗު ނިމެން ތިން މިނެޓަށް ވެފައި ހުއްޓާ ރާއްޖެއިން ދެވަނަ ލަނޑެއް ޖެހުމުން އިރާން ކުޅުންތެރިން މާޔޫސްވިއެވެ. ރާއްޖެކަހަލަ ގައުމަކުން އެ މީހުންކޮޅަށް ދެލަނޑު ޖެހުމުން އެ މީހުންނަށް ގަބޫލު ކުރަން ދަތިވިއެވެ. އެކަމުގެ ސަބަބުން އެ މީހުންގެ ކުޅުމަށް އޭގެ އަސަރު ކުރިއެވެ. އެކަމުގެ ފައިދާ ދިވެހި ޓީމުން ވަރަށް ރަނގަޅަށްވެސް ނެގިއެވެ. އާރާޝް އެކަނިމާ އެކަނި ފަހަތުން ބޯޅަ ހޯދައިގެން ގޮސް ހުރިހާ ޑިފެންޑަރުން ކައިރިން ވަރަށް ރީތިކޮށް ނައްޓާލުމަށްފަހު ގޯލްކީޕަރުވެސް ކަޓުވާލުމަށްފަހު ރާއްޖޭގެ ތިންވަނަ ލަނޑު ކާމިޔާބު ކުރިއެވެ. އެ ލަނޑުން އާރާޝްގެ ހުނަރު ވަރަށް ރަނގަޅަށްވެސް ފެނިގެން ދިޔައެވެ. އިރާން ކޯޗަށްވެސް އާރާޝަށް ތައުރީފް ނުކޮށެއް ނީންދެވުނެވެ. “ހީއިޒް ޑިފަރެންޓް” ގޯލް ކީޕަރަށް ބުނެވުނީ އެހެންނެވެ. އިރާންގެ އެހެން ކުޅުންތެރިންވެސް ވާއު އޭ ކިޔާ އާރާޝްގެ ލަނޑަށް ތަރުހީބު ދިނެވެ.

ލަނޑު ޖެހުމަށްފަހު އާރާޝް ކޯނަރު ދަނޑި ކައިރީގައި މާނީ މެންނާ ކުރިމަތިވާ ގޮތަށް ހުއްޓުނެވެ. އެއަށްފަހު އަހުސަމާއި މާއިޒްގެ އިތުރުން އަކްމަލަށް އަތުން އޭނާ ގާތަށް އައުމަށް އިޝާރަތް ކުރިއެވެ. ދުވެފައި ގޮސް އެ ތިން ޒުވާނުން އާރާޝް ގާުތު މަޑުކޮށްލިއެވެ. އެއަށްފަހު ހަތަރު ޒުވާނުން އެކީ ރީތި ނެށުމެއް ނަށާލިއެވެ. އަންހެންކުދިންގެ ހަޅޭކުގެ އަޑު ގަދަވިއެވެ.

އާރާޝްމެންގެ ނެށުން ފެނިފައި މާނީ އަށް ނުހީ ނީންދެވުނެވެ. އެ މީހުންނަށް އެ ގޮތަށް ނަށަން ކެރިދާނެކަމަކަށް މާނީ ހިއެއް ނުކުރެއެވެ. ނަވްޔާމެންގެ ހާލަކީވެސް އެއީއެވެ.

ރެފްރީ އެންމެ ފަހު ކަށިގަނޑު ފުމެލުމާއެކު އިރާން ކުޅުންތެރިން ދަނޑުމަތީގައި އޮށޯތެވެ. އެއްބައި ކުޅުންތެރިންގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. ދިނިޔޭގެ ގަދަބާރު ޕޯޗުގަލް ހިފެހެއްޓުނުއިރު ކުޑަކުޑަަ ރާއްޖެ ހުއްޓުވުމުގައި އެ މީހުން ނުކުޅެދުނެވެ. ރާއްޖެ ކޮޅަށް އިރާނުން ސަތާރަ ލަނޑުޖެހި ފުވަސް މާޒީއާއިއެކު ވެގެން ގޮސް ނިމިއްޖެއެވެ. ދެން ދައްކާނީ އޭޝިއާގެ ގަދަ ބާރެއް ކަމަށްވާ އިރާން ތިން ލަނޑު ސުން ލަނޑުން ދިވެހިން އަތުން ބަލިވި ވާހަކައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ސޫރަ ތިއޭ

Next

ސޫރަ ތިއޭ-2

Next
September 10, 2018

ސޫރަ ތިއޭ-2

Previews
September 9, 2018

ސޫރަ ތިއޭ

21 Comments!

  1. Rishy says:
    September 9, 2018 at 3:30 pm

    Yayyyyy… me first dhw…????

  2. Akuusher says:
    September 9, 2018 at 3:33 pm

    OMG ?? Wrh rythi mi prt vx! Its awesome ❤️❤️ nd btw.. Aam ge goal haadha salhi eyyy dhww ?? OMG OMG ??

  3. Lotus says:
    September 9, 2018 at 3:41 pm

    Maldives molhuvaane kamaka hiye nukuran adhi evx 3-0 in.. nooneyvaa kulhadhaana kudhin kolhe mee..
    Waiting for the for the next part

  4. Reader says:
    September 9, 2018 at 3:48 pm

    This isn’t gonna happen…. Not possible even after a million years… Look at Bangladesh, Nepal, Srilanka and ofc India… How much they’ve improved… Raajjeyga players select kuraa iru political reasons aa kulhunthereiyaage aanmu fenvaru (misaalu faisaa huri varu, baaru verikan) mifadha kan kamah belumaky hithaama huri kameh….THE BITTER TRUTH.. I huss had 5o point this out..
    And story hama obiness to the max :))

    1. Reader says:
      September 9, 2018 at 6:26 pm

      I just had to*

  5. Foohi says:
    September 9, 2018 at 4:50 pm

    Mi heevany dhen football commenter eh liyefa huri ehchei hen

    1. Anonymous says:
      September 9, 2018 at 6:58 pm

      Football haters ah Kanu nugosfaane.. ☺️ Ekam mi vaahaka Vrh reethi.. Maa sha Allah.. Heevany Hama e stadium thereyga indhevey hen.. Hurihaa scene eh kahala gothakah Hama loa mahchah sifa vey.. Mi vaahaka kiyamun dhaairu heevaany hama vaahakaige thereyga ulheveyhen.. Good job writer and keep up the good work.. ???

    2. Anonymous says:
      September 9, 2018 at 6:58 pm

      Kamu*

  6. Ana says:
    September 9, 2018 at 5:46 pm

    miadhu match ga molhu vaane kamuge hope bodu vehjje story kiyaafa

    1. Akuusher says:
      September 9, 2018 at 8:48 pm

      hehe..dhww ?

  7. Unknown girlll.. says:
    September 9, 2018 at 5:47 pm

    Hi ,again after a break meeting u… mi part ves awsummm…???when nxt , keep up the good work??? luvya ❤❤❤ keep smiling???

  8. Reader says:
    September 9, 2018 at 7:26 pm

    I can agree with you… It’s kinda useless to incl every aspect of the game… But it’s writers choice. Since I’m a football fan, i love this… But just think about ppl who do not like football? Do not take this negative kooh ingey :))

    1. maya says:
      September 9, 2018 at 9:31 pm

      yes reader u r right..

  9. Nunnu says:
    September 9, 2018 at 7:47 pm

    Mi story mihenn liyanya hunganeh nethi dhathurukuraa dhonyeh henn dhaanee…. Heevanee foot ball commentry eh henn.. haadhisa genesdhinumuge badhaluga football game meega genes dhenee..
    Khiyalakee thafathu ehcheh.. ahannakah kamaku nudheyy story gendha gotheh…
    Liyuntheriya molhu genesdhey goii… sifskurun vess nice…

  10. Hudher says:
    September 9, 2018 at 7:52 pm

    Wooow dear…. mi part vx v v v rythi….maasha allah??

  11. maya says:
    September 9, 2018 at 9:32 pm

    waaaau varahvvvvvv reethi,,hahha enme last thankolhu vv maja ..masha allah ..u r so gud

  12. Varah fooohi says:
    September 10, 2018 at 1:07 am

    Mi part ga neii ehvx kameh..hus football ge vaahaka meega miothy ..heevany foot ball report eh hn …

  13. Mal says:
    September 10, 2018 at 1:01 pm

    V salhi ekam next part ga ehaa football nuhimanaa maany and aaraash ge parts thah himanahchey….❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  14. Hardy says:
    September 11, 2018 at 10:48 am

    can’t wait for the next part? vvvvvvvv reethi mi part vess…?

    1. Akuusher says:
      September 11, 2018 at 3:20 pm

      dhww ??

  15. Kiyaa ge fans❤ says:
    September 11, 2018 at 7:23 pm

    Kiyaaaaaaa❤❤❤…….kobaa next part ….y r u taking so long time??…..n this part is awwwwwssmmmmmmm???…luv ya?

Comments are closed.

Next Episodeރާސްތާ 35←


All Right Reserved!