Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 18

almaa2004 Level 210 Stories100 Login
September 21, 2018 5 Mins Read
12 Comments

ގަބުވެފައި އާލާއަށް ހުރެވުނީ ރޯން ކީއްކުރަން ގުޑިލަންވެސް ނޭނގިފައެވެ. ސަމީރާ އެ ގޮތަށް އެ ކަންތައް ކުރަނީ އޭނަގެ ކޮންކުށެއް އޮވެގެންބާއޭ އާލާގެ ހިތައް އަރަމުންދިޔައެވެ. ވިޝާލް ނޫން އިތުރު މީހަކާއިއެކު އުޅެން އޭނައަށް ކެތްވާނެ ހެއްޔެވެ؟ ލޯ ފޮހެލަމުން އާލާ ކޮޓަރިން ނިކުންނަން ހިނގައިގަތީ ބަނޑުހައިވެފައި ހުރިވަރުން ފެންފޮދެއް ނަމަވެސް ބޯލެވޭތޯއެވެ. އާލާއަށް ރަނގަޅަށް ނުނިކުމެވެނީސް ސަމީރާގެ ޒީލަގަދަ އަޑުއިވުނެވެ. “އާހިލްއަށް ކިހިނެތް ވެގެންތަ ތި އުޅެނީ….؟ މިއަކީ ކަލެއަކާ ބެހޭ ކަމެއް ނޫނޭ….. މަށަށް އިނގޭހާވެސް އެއްޗަކީ މިރޭ ނަސީރުއާ އާލާގެ ކައިވެނި ކުރެވޭނެކަން….. މިރޭ ފަތިހު ފުރާ ލޯނޗުން އެމީހުން މާލެ ކޮޅަށް ދާނެ…. އޮޅިގެންވެސް ކަމެއް ކޮށްފިއްޔާ މަށަކީ ނުލަފާ މީހެއްކަން ދައްކާލާނަން…. އަޑުއިވިއްޖެ..؟” ކޮޓަރި ދޮޮރުކައިރި ހުރި އާލާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެެވެ. އޭނާގެ ދިރިއުޅުން ހަލާކުކޮށްލުމަށްފަހު އެވަރުން ނުފުދިގެން އޭނަ ދުރަށް ފޮނުވާލަން ސަމީރާ ބޭނުންވެފައިވާ މިންވަރު ފެނުމުން އާލާގެ ހިތައް ތަދުވިއެވެ. ނަމަވެސް އެނޫން ގޮތެއް އޭނައަށް އޮތީއެއް ނޫން ވިއްޔާއެވެ. “މަންމާ……. މަންމަގެ ހިތުގައި އިންސާނިއްޔަތު ކަމެއްވެސް ނެތީތަ..؟ އާލާވެސް ބޭނުންވާނެ ދޯ އޭނަ ލޯބިވާ މީހަކާއެކީ ދިރިއުޅުމެއް ފަށަން…. އަމިއްލަ މައިމީހާ ތިހެން ހެދީމަ ހަޑި ދޯ….. އަމިއްލަ ދަރިޔަށް މީހަކު އެހެން ހަދާނީ ހާދަ ރަހުމެއް ނެތީމައޭ….” އާހިލްވެސް ހިތްހަމަ ނުޖެހިފައި ބުންޏެވެ. “ބަލަ އާލާއަކީ މަގޭ ދަރިޔެއް ނޫނޭ…… މަށަކީ އޭނަ މަންމައެއް ނޫނޭ…. މިހެން ބުނޭތޯތަ ތި އުޅެނީ…..” ސަމީރާގެ އަނގައިން ބޭރުވި ލަފްޒުތަކުން އާލާގެ މެޔަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސައިލިހެންނެވެ. އަނގަމަތީގައި އަތް އެޅުމަށްފަހު އާލާ އަވަސް އަވަހަށް ކޮޓަރި ތެރެއަށް ދެމިގަތީ އޭނަގެ އަމިއްލަ ނަފްސް ކޮންޓްރޯލުން ނައްޓަން އުޅޭހެން ހީވުމުންނެވެ. ކޮޓަރިތެރެއަށް ވަދެވުމާއިއެކު އަޑުން އަޑުނަގައި އޭނާއަށް ރޮއެ ގަނެވުނީ ހިތައް ކުރުވި ހިތާމަވެރި އަސަރެއްގެ ސަބަބުންނެވެ. “ކޯއްޗެކޭ….؟” އަނގަ ހުޅުވި ގޮތައް ލައްޕަން ނޭނގިފައި އާހިލް ހުއްޓެވެ. އެއީ އޭނައަށް ހީވި ހީވުމަކަށް ވާނަމަ ކިހައި ހެޔޮ ހެއްޔެވެ؟ “އާން އާލާއަކީ މަގޭ ދަރިޔެއް ނޫން…. އާހިލްއަށް 5 އަހަރުވީއިރަށް އާހިލްގެ ބައްޕަ އަހަރެން ދޫކޮށްލާފައި ދިޔައީ…. އޭގެ ފަހުން އޭނަ ކުޑަމިނުން އާހިލް ހުރީ ކައިގެންތޯވެސް ބަލައިނުލާ…. ދެން އަހަރެން ކައިވެނިކުނީ އަހުމަދުއާ….. އޭރު އޭނަ ކުރިން ކުރި ކައިވެންޏަކަށްވަނީ ކުއްޖެއް ލިބިފަ… އެއަކީ އާލާ…. އޭރު އޭނަ ވަރަށް ކުޑަ ވާނެ…. އަހުމަދުވެސް އަހަރެންގެ އަތުން ބީވެގެން ދިޔައީ…. ހަމަ އެ ސުންޕާ އާލާގެ ސަބަބުން…. އަހުމަދުއާ އިނދެގެން އަހަރެމެން އެންމެން އުޅުނީ ވަރަށް އުފަލުގަ….. އެ އުފާތައް އަހަރެންގެ އަތުން ބީވެގެން ދިޔައީ ހަމަ އާލާ ކުރި ކުޑަކުޑަ ކަމެއްގެ ސަބަބުން…. އޭނަ ފޮނިވާންވެގެން އެކަނި މަގުމައްޗަށް ނިކުތީ ލޮރީއެއް އައިސް އައިސް ހުއްޓަ…. އެކަމުން އާލާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އަހަރެންގެ ފިރިމީހަ މި ދުނިޔެ ދޫކުރީ….. އަހަރެން އެ ކުށަކަށް ދުވަހަކުވެސް އާލާއަކަށް މާފެއް ނުކުރާނަން….. އަހަރެން މިހާރު އޭނަގެ ކިބައިން ބަދަލު މި ހިފަނީ…… ޖަވާބު ލިބިއްޖެތަ..؟” ސަމީރާގެ ވާހަކަތައް އިވުމުން އޭނާގެ ހިތުގެ ހިނގުން އިރުކޮޅަކަށް ނަމަވެސް ހުއްޓުންހެން އާލާއަށް ހީވިއެވެ. ބިންމަތީގައި އިށީންދެވުނީ ފައިން ވާގި ދޫވާހެން ހީވުމުންނެވެ. އާލާ މިއޮށް ހުރިހާ ދުވަހު އޭނާގެ މަންމަކަމަށް ދެކުނީ އޭނާގެ ދިރިއުޅުން ހަލާކު ކޮށްލުމަށް މާ ކުރިންވެސް ރާވާފައިވާ މީހެވެ. ކޮންފަދަ ބޮޑު އޮޅުވައިލުމެއް ހެއްޔެވެ؟ އާލާ އިނީ ދެން ކުރަންވީ ކީއްކަމެއް ނޭނގިފައެވެ. ނަމަވެސް މިރޭ އޭނަ އެ ނަސީރުއަކާ އިންނަން ޖެހޭނެކަން އާލާއަށް އިނގެއެވެ. އޭގެފަހުން އޭނާގެ ހަޔާތް ވޭތުވެގެންދާނީ ކިހިނެތްކަން ވިސްނާލަންވެސް ދައްޗެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއޭ ބުނާ ވާހަކައަކީ މިހާރު އާލާ އެއްގޮތަކަށްވެސް ގަބޫލުކުރާ ވާހަކައެއް ނޫނެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ.

އެނބުރެމުން ދިޔަ ފަންކާއަށް ބަލަހައްޓައިގެން އޮތް ވިޝާލްގެ ސިކުނޑީގައިވަނީ އެހެން ހިޔާލުތަކެވެ. ވަށައިގެންވާ މާހައުލުގައި ވާ އެއްވެސް ކަމެއް އޭނައަށް އިހުސާސްވެސް ނުވާފަދައެވެ. އެހެން ރޭތަކާއި ހިލާފަށް މިރޭ ވިޝާލްގެ ހިތައް ވަމުންދިޔައީ މުޅިންވެސް ތަފާތު ގޮތްތަކެކެެވެ. އާލާ އޭނައާއި ވަރަށް ދުރަށް ދާން އުޅޭކަމުގެ އިހުސާސް އޭނައަށް ކުރުވަމުން ދިޔައެވެ. އެއީ ކީއްވެ ބާއެވެ؟ އެކި ހިޔާލުތައް ވިޝާލްގެ ހިތް ބިރުގަންނަވަމުން ދިޔައީ ބުނެދޭންވެސް ނޭނގޭފަދަ ގޮތެކެވެ. އެހެން އޮއްވައި އިޝާ ނަމާދުގެ ބަންގީގެ އަޑު މުޅި ފަޒާގައި ގުގުމައިގެން ދިޔައެވެ. ވިޝާލް އަވަސް އަވަހަށް ތެދުވެގެން މިސްކިތާއި ދިމާއަށް މިސްރާބުޖެހީ އާލާއަށް ހެޔޮ ދުޢާ ކުރަމުންނެވެ.

ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަން ހުރި އާލާގެ މޫނުމަތީގައި އެއްވެސް އަސަރެއް ނެތެވެ. ބަލިކަށިކަމަށް ދައްކަމުން ދިޔަ އޭނާގެ ހަށިގަނޑުން ކެއުމަށް ފަރުވާކުޑަކުރެވިފައި ވާކަން އިނގެއެވެ. ވަޅުވަދެފައިވާ ދެލޮލާއި ހިކިފައިވާ އޭނާގެ ތުންފަތުން އާލާގެ ރީތި ސިފަ ފޮރުވިފައި ހުއްޓެވެ. ފުން ހިޔާލުތަކަކަށް ގެއްލިފައި ހުރި އާލާއަށް މީހަކު ކޮޓަރިއަށް ވަތް ކަމެއްވެސް ރޭކާނުލައެވެ. ހިޔާލީ ދުނިޔެއިން އޭނައަށް ނިކުމެވުނީ މީހަކު އައިސް އޭނާގެ ކޮނޑުގައި ހިފައި އެމީހަކާއި ދިމާއަށް އަނބުރައިލުމުންނެވެ. ކުރިމަތީގައި ހުރި ސަމީރާ ފެނި އާލާގެ މެޔަށް ފިނިވެގެން ދިޔައެވެ. “މި ކައިގެން ތައްޔާރުވާން ދޭ…. މިއަދު އެއްޗެއް ނުކައިވެސް ތި ހުންނަނީ މާ ބޯބޮޑު މީހަކަށް ވާން ދޯ….” ތަބަކަށް ލައިގެން އައި ބިސްގަނޑަކާއި ސައި ތަށި އާލާއަށް ދިއްކޮށްލަމުން ސަމީރާ ބުންޏެވެ. “ނުކައި ހުއްޓަސް ކޯޓަށް ދާނަމޭ….. އެހެންނޫނަސް އަހަރެން ބަނޑުހައެއްވެސް ނޫން…” އާލާ ބުނެލިއެވެ. “މަ ނާހަމެއްނު ބަނޑުހައިތޯއެއް…. މި ބުނީ މި ކާށޭ… އޭގެ މާނައަކީ ކާށޭ….. އަދި ބުނަން މި ކައިގެން ރީތި ވެގެން 15 މިނެޓް ތެރޭގަ ނިކުންނާތި….. ބަރާބަރު 15 މިނެޓް….” މޭޒުމަތީގައި އެ އެއްޗިހި ބެހެއްޓުމަށްފަހު އިންޒާރެއް ދޭ ފަދައިން އެހެން ބުނުމަށްފަހު ސަމީރާ އެތަނުން ދިޔައެވެ. އަޅަކު ސާހިބު މީހާއަށް ކިޔަމަންވާ ފަދައިން އެއްވެސް ދެކޮޅު ހެދުމެއްނެތި އާލާ އެ އެއްޗިހި ކައިގެން ފާހާނައަށްވަދެ ތާޒާވެލިއެވެ. ކަޅުކުލައިގެ ގަޔަށް ދޫ ހެދުމެއް ލުމަށްފަހު މުށިކުލައިގެ ޝޯލްއެއް ބޮލަށް އޮޅާލުމަށްފަހު އާލާ ކޮޓަރިން ނިކުތެވެ. އޭރު ސަމީރާގެ އިތުރުން ނަސީރުވެސް އެ ގޭގައި އިނެވެ. ނަސީރު ފެނުމާއިއެކު އާލާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އާލާ އޭނާގެ އަތްބަކަށް ވުމުން ދެން ހަދާނެގޮތް ވިސްނާލެވުމާއިއެކު ދެލޯމަރައި ތަގުޅިކޮށްލެވުނެވެ. “ކޮބާ ހިނގާ ދާން…. 8:30 ވަނީ އެއޮށް…” ސަމީރާ ހީވަނީ ކެތްތެރިކަން ކޮޅުންލައިގެން އުޅޭ މީހެއްހެންނެވެ. ގެއިން ނުކުތް އާލާ ހީވަނީ ފުރާނަނެތް މައްޔިތެއް ހެންނެވެ. ސީދާ ކުރިޔަށް ބަލައިގެން ސަމީރާއާއި އެއްވަރަށް ހިނގަމުން ދިޔައިރު އޭނާގެ ލޮލަށް ކަރުނަ ޖަމާވެފައި ހުއްޓެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމީހުނަށް ކޯޓާއި ހިސާބަށް އާދެވުނެވެ. ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލުމަށްފަހު އާލާ ކޯޓުގެ ތެރެއަށްވަނީ އެއީ ދެންް އޭނާ ހަމަޖެހިގެން ލާނެ އެންމެ ފަހު ނޭވާހެން ހީވުމުންނެވެ.

ދަބަހަށް އެއްޗިހި އަޅަން ހުރި ވިޝާލްގެ މޫނުމަތީގައިވަނީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ. އެހައި އަވަހަށް ދާން ޖެހުމުން ހަޤީޤަތުގައިވެސް އޭނާ ހުރީ ހިތްހަމަ ނުޖެހިފައެވެ. “ކައެމެން ހިޔެއް ނުވޭ ފުރަން ޖެހޭތީ ދެރަވެފަ ތިބިހެނެއްވެސް….. މަށަށް ހަމަ ރޮވޭ ވަރުވޭ އެބަ….” މާހިން ބުންޏެވެ. “އަޖައިބެއް…. ދެރަވާ ކަމަށްވާނީ މުޅި މި ރަށަށް އަޑުއިވޭ ވަރަށް ރުއިމަތަ… އަހަރުންވެސް ދެރަވެޔޭ ދާން ޖެހޭތީ…. ކައެ ތިހާ މި ރަށުގަ އުޅޭ ހިތްވަންޏާ މިރަށުން ކުއްޖަކު ސެޓުކޮށް ދީފާނަން… ދޯ ވިޝާލް.؟” ވިޝާލްއަށް ދޯ ދެމުން މަޖާވެލައިފައި ފަރުހާން ބުންޏެވެ. “ހެހެހެހެހެހެ…. އާން ދޯ….” ވިޝާލްގެ ޖަވާބު ވަރަށްވެސް ކުރެވެ. ދަބަހަށް އެއްޗިހި އަޅައި ނިމުމުން ވިޝާލްވެސް އެމީހުންނާއި ބައިވެރިވެލިއެވެ.

ގެއަށް ވަދެވުމާއިއެކު އާލާ ފުރަތަމަވެސް ދުއްވައިގަތީ އޭނާގެ ކޮޓަރިއާއި ދިމާއަށެވެ. ނަމަވެސް އޭނާގެ އަތުގައި ހިފައި ހުއްޓުވުމަށްފަހު ކުރިމައްޗަށް އެރީ ނަސީރެެވެ. އޭރު ސަމީރާ ގޭތެރެއިން ފެންނަން ނެތުމުން އާލާ ހާސްވާގޮތްވިއެވެ. “ކަނބުލޮ ކޮންކަމާކަތަ އަބަދު ހިތާމަ ކުރަނީ….. އަބަދުވެސް ފެންނަނީ ރޮވިހަ ހުންނަ ތަން…. މިހާ އުފާވެރި ރެއެއްގަ ތިހެން ރުއިމަ ސަކަރާތެއްނު…” ހެވިލައިފަ ނަސީރު އެހެން ބުނުމުން އާލާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. “ކަލޭ ހާދަ ލަދެއްނެތޭ ދޯ…. މަގޭ ދިރިއުޅުން ހަލާކު ކޮށްލާފައި އަދި އެބަ އަހައެއްނު ކޮންކަމާ ހޭ ހިތާމަ ކުރަނީ…. ކާކުތަ ބުނީ މަ ހުރީ ވަރަށް އުފަލުންނޭ ކަލެއާ އިނދެވުނީމަ..؟ އަމިއްލައަށް މަރުވެގެން ފާފަވެރި ނުވާނަމަ އަހަރެން މިހާރު ހުންނާނީ އެކަންވެސް ކޮށްފަ…. ބަލަ ﷲ ކަލޭމެންނަށް މުއްސަނދިކަން ދެއްވީ މީހުންގެ ދިރިއުޅުން ހަލާކު ކުރާކަށްނޫނޭ…. އޭގެން މީހުންނަށް އެހީވާން….” ނަސީރުގެ އަތް ފޮޅުވާލުމަށްފަހު ރުޅިވެރި އަޑަކުން އާލާ ވާހަކަ ދެއްކި ކަމުގައިވިޔަސް އެއަޑުގައި ހިތާމަ ސިއްރެއް ނުވިއެވެ. “ހަަހަހަހަ…. ނަސޭހަތެއްތަ ތި ދިނީ..؟ ދެން ދޭ ނިދަން….. 5:30 ގަ ފުރަން ޖެހޭ….. އެކޮޅަށް ގޮސް ތި ގޮތަށް ގަދަ ދެއްކޭތޯ ބަލަމާ ހިނގާ….” ވިހަ ހިނިތުން ވުމަކާއިއެެކު ނަސީރު އެހެންބުނެފައި އެގެއިން ނިކުތެވެ. ނަސީރު ދިއުމުން އާލާއަށް ހުރިތާ ހުރެވުނީއެވެ. ވިޝާލްގެ އެހީ އެންމެ ބޭނުންވި ވަގުތުގައި އޭނަ ކޮބައިހެއްޔެވެ؟ އާލާމަތިން އޭނަ ހަނދާންވެސް ނެތީހެއްޔެވެ؟ ލޯ ފޮހެމުން އާލާ އޭނާގެ ކޮޓަރިއަށްވަދެ އެއްޗިހި ބަދަލު ކޮށްގެން އޮށޯވެލީ ފަހު ފަހަރަށް ނަމަވެސް ނިދީގެ އަރާމުކަން ހޯދުމަށެވެ.

އައިފާ މިހާރު ބަލަމުން ދިޔައީ ޝާއިމްއާއި އެކުވެރިކަން ބަދަހި ކުރެވޭނެ ގޮތަކަށެވެ. ޝޯޝަލް މީޑިއާގެ ޒަރިއްޔާއިން ޝާއިމްއަށް ވާހަކަ ދެއްކުނު ދުވަސްވީ އައިފާގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޝާއިމް އެހާ ވަރަކުން އައިފާއާއި ވާހަކަ ދެއްކީވެސް އާރާގެ ރައްޓެއްސަކަށް ވީމައެވެ. އެހެންނޫންނަމަ އަންހެން ކުއްޖަކާއި ވައި އެޅޭކަށްވެސް ޝާއިމް ބޭނުމެއް ނުވެއެވެ. ކޮންމެއަކަސް ދުވަސްތައް އެގޮތުގައި ފާއިތުވަމުން ދެއެވެ. ޝާއިމްގެ ހިތް އަތުލުމަށްޓަކައި ކުރަން ހުރި ހުރިހާ ކަމެއް އައިފާއަށް ކުރެވިއްޖެއެވެ. ޝާއިމް އާރާދެކެ ލޯބިވާވަރު ފެނުމުން އައިފާގެ ހިތުގައި ހަސަދައިގެ އަލިފާން ރޯވަމުން ގޮސް ކެތްތެރިކަން ކޮޅުންލާ ހިސާބަށް ގޮއްސިއެވެ. އެ ގޮތުން އެއްރެއެވެ. ޝާއިމްއާއި އާރާގެ ކައިވެނީގެ ވާހަކަ އަޑުއިވުނީއްސުރެ އައިފާގެ ތަބީއަތު މުޅިންހެންވަނީ ގޯސްވެފައެވެ. ރުޅިއައިސްގެން ތުރުތުރު އަޅައިއަޅައި ހުރި އައިފާ ގެއަށް އައިސް ވަތްގޮތަށް ކޮޓަރިއަށްވަދެ ކަންފަތް ފަޅައިގެންދާހައި ބާރަށް ދޮރު ލެއްޕުމުން އައިހަމް ހުރީ ވާނުވާގައެވެ. ހަމަ އެ ސިކުންތުގައި ބިއްލޫރި އެއްޗެެއް ތަޅައިގެން ދިޔަ އަޑުއިވުމުން އައިހަމް ދުވެފައި އައިފާގެ ކޮޓަރިއަށް ދިޔައެވެ. ދޮރު ހުޅުވާލުމާއިއެކު ފެނުނު މަންޒަރު އައިހަމްގެ މޭގަނޑު އަތަށްނައީ ކިރިޔާއެވެ. ކަތުރަކުން އަތުގެ މުލައްދަނޑީގައި އަޅަން ތައްޔާރުވަމުން ދިޔަ އައިފާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ބަލާކަށްނުހުރެ އައިހަމް ގޮސް އައިފާ އަތުން އެ ކަތުރު އަތުލިއެވެ. “އައިފާ މޮޔަވީތަ…؟” ރުޅިއައިސް އައިހަމް ބުންޏެވެ. “އާން މަ މޮޔަވެފައޭ މި ހުރީ….. މަ ކަހަަލަ މޮޔައަކަށް ދޯ ލޯބި ނުލިބޭނީ….” އައިހަމްއަށް ވުރެ ބާރަށް އައިފާ ބުންޏެވެ. އިސްތަށިގަނޑު ހޭވިފައިވާއިރު ރުއިމުގެ ސަބަބުން އޭނާގެ ދެލޯ ވަނީ ރަތްވެފައެވެ. “ލުކް… ކާމް ޑައުން…. އެންޑް ޓެލްމީ ވަޓް ހެޕެންޑް…” މަޑުމައިތިރި ކަމާއިއެކު އައިހަމް އެހިއެވެ، “ކީއްނުވަނީ….. އެ އާރާ އެ އުޅެނީ ޝާއިމްއާ އިންނަންށޭ….. ހައު ކޭން ޔޫ އެކްސްޕެކްޓް މީ ޓު ކާމް ޑައުން…. މަށަށް ވަރިހަމަ އާރާ މަރާލަން ޖެހުނަސް އެ ކައިވެނި ކުރެވުނަކަ ނުދޭނަން…” އެނދުމަތީ އިށީންނަމުން އައިފާ ބުންޏެވެ. “އޭތް ހަމަ ޖެހި…. އަދިި ތި ވަރު ވާކަށް ނުވޭނުން… ޝާއިމް ކައިރި ބުނަންވީނު….” އައިފާއަށް ވިސްނައިދޭ ފަދައަކުން އައިހަމް ބުންޏެވެ. “ޕިސް…. ޝާއިމް ކައިރިއަކު ނޫން ބުނާނީ… އެ އާރާއަށް ގޮތެއް ހަދަންވީ….. އައި ހޭވް އޮންލީ ވަން އޮޕްޝަން…” ވިސްނަމުން އައިފާ ބުންޏެވެ. “ކޮން ގޮތެއް؟…” އައިފާގެ ޖަވާބު އިވިފައި އައިހަމްގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

ފަތިސް ނަމާދު ކޮށްލައިގެން އާލާ އަވަސްވެގަތީ ފުރަންދާން ތައްޔާރުވުމަށެވެ. ސަމީރާ ބޭނުންވީ އާލާ ފުރަންދާ ގަޑީގައި މޫނުބުރުގާއެއް އެޅުމަށެވެ. ސަމީރާގެ ރޭވުންވެސް ވާ ފުރިހަމައޭ އާލާގެ ހިތައް އެރިއެވެ. އެހެންކަމުން މޫނު ބުރުގާ އެޅުމަށްފަހު ލޯ ގަނޑުން އޭނާގެ ސޫރައަށް ބަލައިލިއެވެ. އަދި އަވަސް އަވަހަށް ކޮޓަރިން ނިކުމެ ސަމީރާއާއިއެކު މިސްރާބުޖެހީ ބަނދަރަށް ދިޔުމަށެވެ. ފަހު ފަރަށް ގެއާއި ދިމާއަށް އާލާ ބަލައިލީ ދެން އެގެއަށް އާދެވޭނެކަމުގެ އެއްވެސް އުންމީދެއް ނެތީމައެވެ. އިރު ނާރާތީ މަގުމަތިން މީހެއްގެ ހިލަމެއްވެސް ނުވެއެވެ. މަގުމަތިން ހަރު ފުރައިގެ ދެތިން މީހަކު ފެނުން ނަމަވެސް އަދިވެސް ރަށް އެއްކޮށް ނިދާފައިވާ ކަހަލައެވެ. ބަނދަރުމަތީގައިވެސް އެއްވެސް މީހަކު ނެތެވެ. ނަސީރުގެ އިތުރުން ފުރަން އައިސް ތިބި ދެތިން މީހަކު ފިޔަވައެވެ. ލޯންޗަށް އެރުމަށްފަހު އާލާ ގޮސް އިށީނީ އެންމެ ފަހަތު ސީޓުގައެވެ. ނަސީރު ގޮސް އިށީނީ އާލާގެ ކުރިމަތީގައި އިން ސީޓުގައެވެ. އެވެސް ނަސީބެކޭ އާލާގެ ހިތައް އެރިއެވެ. އިސް އުފުލާލައި އާލާއަށް ބަލައިލެވުނީ ވިޝާލްގެ އަޑު އިވުނުހެން ހީވެގެންނެވެ. އެވަގުތު ލޯންޗަށްއެރި ވިޝާލްފެނި އާލާގެ ދެލޯ ބޮޑުވިއެވެ.

****ނުނިމޭ****

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

almaa2004

Level 210 Stories100 Login

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ 07

Next

ކުށަކާނުލައި- 17ވަނަބައި

Next
September 21, 2018

ކުށަކާނުލައި- 17ވަނަބައި

Previews
September 21, 2018

ބުނާށެ ލޯބި ނުވަނީހޭ 07

12 Comments!

  1. Livee says:
    September 21, 2018 at 6:49 pm

    Me first dhw

  2. Livee says:
    September 21, 2018 at 6:53 pm

    Vrh reethi maasha allah
    Aslu ingeytha mivaahaka feshunu kolhu livee varah foohi vey kiyan
    Its just like boring
    And now its one of the best
    Ehcheh heenukuraathi
    Hama almaa2004 ah improvement eh aikan mi bunela dhiny
    Keep it up dear

  3. almaa2004 says:
    September 21, 2018 at 7:06 pm

    Thankiu liveee…… ❤❤❤❤..
    And alhuganduge name kiyaairu 2004 nulai kiyun edhen….

    1. he hey says:
      September 21, 2018 at 7:35 pm

      hehehehe….e keeve 2004 nulaa kiyan v

  4. Huvey says:
    September 21, 2018 at 7:42 pm

    Vrh salhi. ?ly

    1. almaa2004 says:
      September 21, 2018 at 7:50 pm

      Thankiu huvey??

  5. almaa2004 says:
    September 21, 2018 at 7:49 pm

    Because mi site ga vaahaka liyan register koh dhiny alhuganduge frnd eh…. E kujjaa liyefa in ehcheh e ee…. and fahun neh eythi change kureveykah☺

  6. Hudher says:
    September 21, 2018 at 9:21 pm

    nyc part dear maasha allah….whn next

  7. almaa2004 says:
    September 21, 2018 at 9:25 pm

    Thankiu hudher❤❤… next part thankolheh las vedhaane… sorry for that

  8. maya says:
    September 21, 2018 at 9:36 pm

    yes yes, vishaal chipeh jahaafa aalaa salaamaih kurey, vvvvvvreethi masha allah….avahah nxt part up kohdhehchey..alhe aalaa ge life halaaku nukohlahchey,,,,,eyrun vvv hadi vaane…plyz vishaal aalaaa protect kurey

  9. almaa2004 says:
    September 21, 2018 at 9:45 pm

    Hehehehe…. thanks for the idea dear…. i have plans for aala…. keeep reading… luv yuh❤

  10. Ige Ehnnu ? says:
    September 24, 2018 at 2:39 pm

    5 years ga v kameh han’dhaan hunnaane kanneynge. Adhi amudhun bappa badhalu vun.Anyway nyc♥️?

Comments are closed.

Next Episodeއިންތިޒާރު 19←


All Right Reserved!