ހިތް އެދުނަސް… (6)
“ކަމެތް ނުވޭ…ދެން އީން އިންލެތް ލޯބި ކަމުން މި ލޯ ދުރަށް ނުލެވުނީ ތި ދިމާލުން” މިކްޔަން ސަމާސާ ގޮތަކަށް އެއްލޯ މަރާލަމުން ބުނެލިއެވެ. އީނާލް ދެފަރާތަށް ބޯ ހޫރާލަމުން އަނެއްކާވެސް ކުޑަ ދޮރުން ބޭރަށް ނަޒަރު ހުއްޓައިލިއެވެ.
މިކްޔަން ގެ ވާހަކައަށް އޭނާ މާ ބޮޑު ސަމާލް ކަމެއް ނުދިނެވެ.
ޑިއުޓީ ނިންމާލާފައި އިނާލް ދިޔައިރު ނާޖިދު އާއި ސާމިރާ އާއި ދެމީހުން ސޯފާގައި ތިއްބެވެ. އޭރު ރޭގަނޑު އަށެއް ޖަހާ ބޮޑު ވެއްޖެއެވެ.
“އީނާލް ދަރިފުޅާ އާދެބަލަ މިތަނުގައި އީށީންނަން” ނާޖިދު ބުނެލިއެވެ. އެއާއެކު އީނާލް ގޮސް އެއްފަރާތުގައި ހުރި ސޯފާގައި އިށީނެވެ. އަދި އަތުގައި އިތް ދަބަސް އެއްފަރާތުން ސޯފާ މަތީގައި ބާއްވާލުމަށްފަހު ސޯފާގައި ހަމަޖެހިލީ ބައްޕަ ދައްކަން އުޅޭ ވާހަކަ އަށް ސަމާލް ކަން ދިނުމުގެ ގޮތުންނެވެ.
“ކޮބާ ދަރިފުޅާ ވަޒީފާ ކަންތައް ތައް ރަނގަޅުތަ؟” ނާޖިދު އަހާލިއެވެ. އެއާއެކު ސާމިރާގެ ސަމާލް ކަން ވެސް އީނާލް ދޭން އުޅޭ ޖަވާބު އަޑު އެހުމަށް އަނބުރާލިއެވެ.
“އަދި އިރާދަ ކުރެއްވިއްޔާ ވަރަށް ރަނގަޅު… ވޯކް ކޮއްލަން ވަރަށް ފަސޭހަ. ހުރިހާ އެންމެން ވެސް ވަރަށް ރަނގަޅު.” އީނާލް ޖަވާބު ދިން އިރު ހިނިތުންވުމެއް އެ ތުންފަތުގައި ވިއެވެ.
“އެހެންތަ؟ ވަރަށް އުފާވެއްޖެ” ނާޖިދު ބުނެލިއެވެ. އެވަގުތަކީ އަޔާން ވެސް ބޭރުން އައިސް ގެއަށް ވަތް ވަގުތެވެ. އޭނާ ހުރީ ތެމިފައި ކަމުން އެ އައީ މޫދަށް ގޮސްފައި ކަން ދެނެގަންނާކަށް އުނދަގުލެއް ނުވެއެވެ. “މޫދަށް ދިޔައީތަ މިރޭވެސް” ނާޖިދު ގެ އަޑުގައި ހިންހަމަ ނުޖެހުމެއް ވިއެވެ. “ތެދެއް ދަރިފުޅާ… ކޮންމެ ރެއަކު ކޮންމެ ދުވަހަކު ތި ގޮތަށް މޫދަށް ދިޔުން އެހާ ރަނގަޅެއް ނޫން ހެން މަންމަ އަށް ވެސް ހީވަނީ” ސާމިރާވެސް ނާޖިދު ބުނި ބަހަށް ތާއީދު ކުރިއެވެ.
“އަޅުގަނޑު… ”
“ދެން ދޭ ދަރިފުޅާ… ފެންވަރައިގެން ރޭގަނޑު ކާން އަންނަން ދޭ… ދޮންބެ އާއި ދޮންބެ ދައްތަ ވެސް އަންނާނެ ކަންނޭގެ މިހާރު” އަޔާން ގެ ވާހަކަ ހުއްޓުވަމުން ސާމިރާ ބުނެލިއެވެ. އެއާއެކު އަޔާން އަވަސް އަވަހަށް ހިނގައިގަތެވެ.
އެވަގުތަކީ އައިމަން އާއި އަންހެނުން ނާއިލާ ވެސް އައިސް ގެއަތް ވަތް ވަގުތެވެ. “ކޮބާ މިހާރު ކިހިނެތްތަ؟” ނާޖިދު ނާއިލާ އަށް ބަލާލާ ހިނިތުންވެލަމުން އަހާލިއެވެ. “ހަމަ ވަރަށް ރަނގަޅު. އަލްޙަމްދުލި ﷲ” ނާއިލާ ޖަވާބު ދިނެވެ. ހަތް މަހުގެ ބޮޑު ބަނޑާއެކު އޭނާ އަށް މިހާރު އިށީނދެ ތެދުވެ ހަދަން ފުދޭވަރަކަށް އުނދަގުލެވެ. އެހެންކަމުން އައިމަން ގެ އެހީތެރިކަމާއެކު އޭނާ ސޯފާގައި އިށީނެވެ. އަދި އެއަށް ފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. ހީވާގޮތުން ވަރުބަލިވުމުން ނޭވާ އަށް އުނދަގޫ ވަނީއެވެ.
“ދަރިފުޅާ… ނޭވާ އަށް އަނެއްކާ މިރޭވެސް އުނަގޫވަނީތަ؟” ސާމިރާ އަހާލިއެވެ. އަދި ތެދުވިއެވެ. “ނޫން މަންމާ އެއީ ހިނގީމަ ވީ ގޮތް ކަންނޭގެ. އިރު ކޮޅަކުން ހީވޭ ރަނގަޅު ވާނެހެން” ނާއިލާ ބުނެލިއެވެ. “އެހެން ވިޔަސް އަންނާނަން ފެންތައްޓެއް ހިފައިގެން” އެހެން ކިޔާ ސާމިރާ ބަދިގެއާ ވީ ފަރާތަށް ހިނގައިގަތެވެ.
ނާއިލާ ގާތު އައިމަން ވެސް އިށީނެވެ. އަދި ޓީވީއަށް ނަޒަރު ހުއްޓާލީ ހަބަރު އަންނަމުން ދިޔައީތީއެވެ.
ސާމިރާވެސް އައިސް ނާއިލާ އަތަށް ފެންތަށި ދިއްކޮއްލިއެވެ. އަދި އެއަށްފަހު އޭނާ އައިސް ނާޖިދު ގާތުގައި އިށީނެވެ.
އެންމެން ތިއްބައި އަޔާން ވެސް އައިސް ސޯފާގައި ޖައްސާލިއެވެ. އޭނާ ފައި ސޯފާގެ ކުރި މައްޗަށް ވާގޮތަށް ބަހައްޓާފައިވާ ބިއްލޫރި ކުޑަ މޭޒަށް އަރުވާލިއެވެ. އަދި އެއަށްފަހު ޖީބުން ޗުއިންގަމެއް ނަގާ އަނގަޔަށް ލިޔެވެ. “މިގަޑީގަތަ ޗުއިންގަމް ކަނީ… މިހާރު ރޭގަނޑު ކާން ދާން ވިއްޔޭ” ސާމިރާ ބުނެލިއެވެ. އަދި އެއަށްފަހު އޭނާ ހުރިހާ އެންމެންނަށް ކާން އައުމަށް ގޮވާލިއެވެ. އެއާއެކު ހުރިހާ އެންމެން ވެސް ސާމިރާ ފަހަތުން ކާ ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ.
ކެއުމުގެ ވަގުތުގައި މާ ބޮޑު ވާހަކަ އެއް ނުދެކެވެއެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭން ކަން ފޫ ދުއްވާލީ ނާޖިދު ގެ އަޑުންނެވެ. “ކޮބާ އަޔާން… މިހާރު ދަރިފުޅުވެސް ތި ހުރީ ބޮޑުވެ އަމިއްލަ އަށް ޒިންމާ ނަގަން ޖެހޭ ވަރު ވެފަ… ބައްޕަ ބޭނުންވޭ ދަރިފުޅު ވެސް މީހަކާ އިނދެ ދިރިއުޅުމެއް އުޅޭތަން ދެކެން” ސާމިރާ އާއި އިހަކަށް ދުވަހު ހިއްސާ ކުރި ވާހަކަ ނާޖިދު ބުނެލިއެވެ. އެއާއެކު ސާމިރާވެސް އެކަމާ އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލިއެވެ. “އެކަމަކު ޑޭޑް… އަދި އަޅުގަނޑު އެއްވެސް… މީހަކާ އިންނާކަށް ބޭނުމެއް ނޫން” ނާޖިދު ބުނި ވާހަކައިން ސިހިފައި އިން އަޔާން ހުއްޓެމުން ހުއްޓެމުން ބުނެލީ އިސްޖަހާލަމުންނެވެ. އެ އަޑުގައި ވަނީ މަޑު މޮޅި ކަމެވެ. ކުއްލިއަކަށް އޭނާގެ ތަބީއަތަށް ބޮޑު ބަދަލެއް އަތުވެއްޖެއެވެ. މީހާގެ ނަފްސު ގެ ހަމަޖެހުން ގެއްލުވައި ލައިފިއެވެ. “ކިހިނެތްވީ އަނެއްކާ؟ ކަމުދާ ކުއްޖަކު ހުރީތަ؟ ހުރި ނަމަ ބައްޕަ މެން ގާތު ބުނީމަ ދޯ އިނގޭނީ” ނާޖިދު ބުނެލިއެވެ. އޭނާ ވަށްކަޅިން ސާމިރާ އަށް ބަލާލިއެވެ. ސާމިރާގެ ނަޒަރު އައިމަން އަށް ވެސް ދަތުރު ކޮށްލިއެވެ.
“ބައްޕާ… އަޅުގަނޑު ކައިވެންޏެއް ކުރާކަށް ބޭނުމެއް ނޫން” އަޔާން ދެންވެސް ބުނެލިއެވެ.
“އަޔާން ތީ ކުޑަ ކުއްޖެއް ނޫނޭ… މިހާރު މީހަކާ އިންނަވަރުވެސް ވެއްޖެ… ކާކު އަޔާން އަށް ލިބޭނެ ކަމަށްތަ މުޅި އުމުރު ތި ހުސްކޮށްލަނީ” އައިމަން ގެ އަޑުގައި ވަނީ ހިންހަމަ ނުޖެހުމެވެ. އޭނާ އަޔާން އަށް ބަލަން އިނީ އަޔާން ގެ ޖަވާބަކަށް އިންތިޒާރު ކުރާ ހާލުގައެވެ. “ދޮންބޭ… މީހަކު އަންނާނެ ކަމަކަށް ނޫނޭ… އެކަމަކު އަޅުގަނޑަށް ވެސް ކަމުދާ މީހަކު ލިބުނީމަ ދޯ އިނދެވޭނީވެސް” އަޔާން ވެސް ގޮތް ދޫ ކުރާކަށް ބޭނުމެއް ނޫނެވެ. އޭނާ ވެސް އައިމަން އަށް ވަރުގަދަ ރައްދެއް ދިނެވެ.
“ތި ހިތުގަ އޮތް ކުއްޖާ އަންނާނެ އާ… އަޔާން ގާތަށް” އައިމަން ގާތަށް ހަމަ ރަނގަޅަށް ވެސް ރުޅި އަތުވެއްޖެއެވެ. “އައިމަން…” އައިމަން ގެ އަޑު ގަދަ ވުމާއެކު ނާޖިދު ގޮވާލިއެވެ. އެއާއެކު ނާޖިދު އަށް ބަލާލާ އައިމަން ވެސް ފުންނޭވާއެއް ދޫކޮށްލިއެވެ.
“ދަނީ” ރުޅިއައިސްފައި ހުރެ ތަށިތައް ދުރަށް ޖައްސާލުމަށްފަހު އަޔާން ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ. ދެއްކި ވާހަކައެއްގެ ސަބަބުން އޭނާގެ މޫޑު އެއްކޮށް ހަރާބުވީއެވެ.
ކޮޓަރިއަށް ގޮސް އެނދުމައްޗަށް ވެއްޓި ގަނެ އަޔާން ލޯ މަރާލިއެވެ. ހަމަ ހަގީގަތުގައިވެސް އޭނާ ލޯބިވާ ކުއްޖާ އޭނާ އަށް ލިބެން ނެތީ ހެއްޔެވެ؟ ނޫނެކެވެ. އޭނާ އެ ލޯއްބަކަށް ފެން ބޮވައިގަނެފައިވާ ލޯބި ހޯދުމަށް ވާންޖެހޭ ކޮންމެ ގުރުބާނީއެއް އޭނާ ވާނެއެވެ.
އަޔާން ގެ ވިސްނުން މަލަކް އަށް ދަތުރު ކުރަން ފެށުމާއެކު އޭނާ ބޭނުންވީ މި ވަގުތު އެ ހިޔާލް ތަކުންވެސް ދުރުވާށެވެ. އެކަމާ ވިސްނައިގެން ބޯ ގޮއްވާނެހާ ހިތްވަރެއް އޭނާގެ ނެތެވެ. އެހެންކަމުން ލައިގެން އޮތް ޓީޝާޓް ބާލަމުން ހެދުން އަޅުވާ އެތީގައި އަޅުވާލާފައި އަޔާން ނިންމީ ނިދާށެވެ. މޫދަށް ގޮސް އައިސް އެއްވެސް އެއްޗެއް ނުކައި ހުރުމުން ބަނޑު ހައި ހޫނުކަން އިހްސާސް ވި ނަމަވެސް މި ވަގުތު ގޮސް އެއްޗެއް ކާކަށް އޭނާ ބޭނުމެއް ނުވިއެވެ.
އީނާލް ވެސް ކައިގެން ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލީ ނިދާލުމަށެވެ. މިއަދަކީ ބިޒީ ދުވަހަކަށް ވުމާއެކު އޭނާ ވެސް ހުރީ ފުދޭވަރަކަށް ވަރުބަލިވެފައެވެ. އެކަމަކު ނިދުމުގެ ކުރިން އޭނާ ޒައިން އަށް މެސެޖެއް ކޮށްލިއެވެ. މިއަދު އަދި އޭނާ އަށް ހެނދުނުގެ ފަހުން ޒައިން ގެ މެސެޖެއް ނުލިބެއެވެ. މެސެޖް ކުރިތާ މާ ގިނަ އިރެތް ނުވެ ޒައިން ގެ ޖަވާބު ވެސް އައެވެ.
“ހޭ ލަވް… ވަރަށް ބިޒީ ކޮށް މިއުޅެނީ އިނގޭ… މިރޭ ހިޔެއް ނުވޭ ވަގުތު ވާނެހެނެތް… ގުޑް ނައިޓް… މަޗް ލަވްސް” ކުރު މެސެޖެއް ނަމަވެސް މެސެޖް އައި ގޮތުން ވެސް އީނާލް އަށް ޒައިން އަށް މި ގަޑީގައި ވާހަކަ ދެއްކެން ނެތީކަން އެނގުނެވެ. އެހެންވެ އޭނާވެސް ވާހަކަ ދިގު ކުރަން ނަހަދާ އެ މެސެޖަށް ރިޕްލައި ކޮށްލުމަށްފަހު ފޯން ސައިޑް ކަބަޑް މަތީ ބާއްވާލުމަށް ފަހު ނިދަން އަވަސް ވެގަތެވެ.
ރޭގަނޑު ގެ އަނދިރި ކަމުގެ މައްޗަށް އިރުގެ އަލި އަތް ގަދަކުރަމުން ދިޔަ ވަގުތަކީ ނުހަނު ހިތްގައިމު ވަގުތެކެވެ. ރަށުގެ ގޮނޑުދޮށުގައި އިށިންދެލައިގެން ތިބި ޒުވާން ދެ ކުދިންގެ މޫނުމަތިން ހިތްހަމަޖެހުން ފާޅުވަމުން ދިޔައެވެ. އިރު އަރައިގެން އައި އިރު މޫދުގެ ލޮނުގަނޑަށް އެޅުފައިވާ ކުލަތަކުން މޫދުގެ ފެންގަނޑު އިތުރަށް ޖަރީވެފައި ވާއިރު އެއީ ބަލާލަން ފޫހިވާނޭ މަންޒަރެއްނޫނެވެ. ތަފާތު އެކި ދޫނިތައް މަތިން އުދުހިފައި އުޅޭއިރު ހީވަނީ މޮޅު ކުރެހުންތެރިއެއްގެ ފިހިން ކުރަހާފައިވާ މޮޅު ތަސްވީރެއް ހެންނެވެ. ޖެހިލާ މަޑު ވައިރޯޅިން ހަށިގަނޑުގައިވާ އުދާސް ތައް ފިލާނެކަން ގައިމަވެ. ވައި ރޯޅި ތަކުގެ އެހީގައި މީހާގެ ސިކުނޑިއާއި ނަފްސު ތާޒާ ވެގެން ދާނެކަން ޔަގީނެވެ. ހިތްތަކަށް ފިނިކަން ގެގެސް ދީ ހިތަށް ހަމަޖެހުން ގެނުވާނެކަމީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫނެވެ.
ހޭޅިފަށުގައި ހެދިފައިވާ މަގޫ ގަސްތަކާ އެހެނިހެން ގަސްތަކުގެ ސަބަބުން ރަށުގެ މަލަމަތި ފެންނާނީ ނުހަނު ހިތް ގައުމުކޮށްކަން ކަށަވަރެވެ. ރާޅު ބީއްސަމުން ދާ ހުދު ވެލިގަނޑަކީ ދިވެހިންގެ ފަހުރެއްކަން ޔަގީނެވެ. ދިވެހި ރާއްޖެއަކީ އަބަދުވެސް އެތަނުގެ ގޮނޑު ދޮށްތަކަށް މަޝްހޫރު ތަނަކަށް ވާއިރު މި ފަދަ ތަނެއްގައި ހަމަޖެހިގެން ތިބެ އިރު އަރާ މަންޒަރު ބަލާލަން ތިބެވޭނީ ނަސީބުވެރިންތަކަކަށް ކަންޔަގީނެވެ.
“ކިހާ ރީތި މަންޒަރެއް ދޯ؟” އީނާލް ކައިރީ ގައި އިން ޒައިން އަށް ބަލާލާ ހިނިތުންވެކަމުން އަހާލިއެވެ.
“ހޫމް” ޒައިން ހޫމް އެއް ލައްވާލިއެވެ.
“ޒައިން… ކިހިނެތްވީ ހާދަ ބޮޑު ވިސްނުމެއްގަ؟” އީނާލް ޒައިން އާއި ސުވާލު ކޮށްލިއެވެ. އޭނާ އާށް ޒައިން ގެ ފަރާތުން ނުތަނަވަސްކަމެއް ފާހަގަވިއެވެ. “ކަމެއްނުވޭ ނާލް… އަހަރެން މި ވިސްނަނީ އަހަރެމެން ދެމީހުންނާ މެދު… އަހަރެމެން ދެމީހުންގެ ދެމެދު މި އޮއް ގުޅުމަކީ ކޮން ކަހަލަ ގުޅުމެއްކަން އީނާލް އަށް ވެސް އެނގޭނެ… އަހަރެން ބޭނުމެއް ނުވޭ ގިނަ ދުވަހު މިހެން އުޅޭކަށް… ރަށު ތެރޭގައި ފާޑު ފާޑުގެ ވާހަކަ އަހަރެންނޭ އަދި އީނާލް އޭ ކިޔައިގެން ދައްކާކަށް ވެސް ބޭނުމެއް ނުވޭ… އެ ގޮތަށް އަޑެއް އަރައިފިނަމަ އަހަރެންގެ ނަމެކޭ އެއްވަރަށް އީނާލްގެ ނަން ވެސް ހަޑި ވާނެ… އެކަމަކު މި ގުޅުމުގެ ވާހަކަ އެންމެ ކުރިން އެނގެން ޖެހޭ ބަޔަކީ އަހަރެމެން ގެ މައިން ބަފައިން… ނޫންތަ؟” ޒައިން ވާހަކަ މެދު ކަނޑާލިއެވެ. އަދި އީނާލް ގެ ލޮލާ ނަޒަރު ސީދާ ކޮށްލީ އީނާލް އަށް އަންނަ އަސަރުތަށް ދެނެގަތުމުގެ ބޭނުމުގައެވެ.
“އީނާލް… އަހަރެމެންގެ މި ގުޅުމާ އާއިލާ ގަބޫލު ތޯ ބަލަން ޖެހޭނެ… މާ ލަސްކޮށްގެން ކަމަކު ނުދާނެ…” ޒައިން ބުނެލިއެވެ.
“ޒައިން… ތި ކަމާ ނުވިސްނާ… އަހަރެންނަށް އެނގޭ ޒައިން ބުނަން ތިއުޅެނީ ކީކޭކަން… މަންމަ މެން ގަބޫލް ނުވެދާނެތީ ޒައިން ބިރު ގަންނަނީނު… އަހަރެންނަށް އިތުބާރުކުރޭ… ބައްޕަ މެން އަހަރެން ހިތް ނޭދޭ މީހަކާ ކައިވެންޏެއް ނުކުރުވާނެ… އަހަރެންގެ ހަޔާތުގެ ބައިވެރިއަކު ހޯދުމުގެ ފުރިހަމަ އިޚްތިޔާރު އަހަރެންނަށް ލިބިގެންވޭ” އީނާލް ޒައިން ގެ އަތުގައި ހިފާލާ އެ އަތަށް ބާރު ކޮށްލަމުން ވާހަކަ ދެއްކިއެވެ.
ޒައިން އީނާލް އަށް ބަލާލާ ހިނިތުންވެލިއެވެ. އަދި އޭނާ އީނާލް އަށް ފުރިހަމަ އަށް އިތުބާރު ކުރާކަމަށް ބުނެލިއެވެ.
ނާޖިދު ހެނދުނު އިންޖީނު ގެއަށް ދާން ވެގެން ނުކުތް އިރު އީނާލް އައިސް ގެއަށް ވަންނަނީއެވެ. “އީނާލް… ކޮންތާކުން ތިއައީ” ނާޖިދު އީނާލް އަށް ގޮވާލާ އަހާލިއެވެ. “އަޅުގަނޑު ދިޔައީ އިރު އަރާ މަންޒަރު ބަލާލަން…ބައްޕާ… އެއީ ވަރަށް ރީތި މަންޒަރެއް… ވަރަށް ޒަމާން ފަހުން އެ ގޮތަށް މި ފެނުނީ” އީނާލް ހިނިތުންވެލައިގެން ހުރެ ޖަވާބު ދިނެވެ.
“އެހެންތަ؟ މަންމަ ގާތު ބުނެފަތަ ދިޔައީ” ނާޖިދު އަހާލިއެވެ. އީނާލް ބޯ ޖަހާލުމަށްފަހު ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ގޭގެ ދޮރޯށި ހުޅޫވާލާފައި އެތެރޭގައި ބަހައްޓާފައި ހުރި ސައިކަލު ނެރެގެން ނާޖިދު ސައިކަލު މައްޗަށް އެރީ ސައިކަލު ދުއްވާލުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް ނަސީބު ދެރަކަމުން ސައިކަލުގައި ޕެޓްރޯލެއްނެތެވެ. އިއްޔެ ހަނދާން ނެތިގެން ޕްޓްރޯލް ނޭޅުމުން ލަނޑު ލިބުނީއެވެ.
އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ.
“އޭތް ކޮބާ ނާޖިދު… ކިހިނެތް ހަދައިގެން ތިއުޅެނީ… ސައިކަލު ހަލާކުވީތަ؟” ނާޖިދު ކައިރިއަށް ސައިކަލެއްގައި އައިސް މަޑު ކޮށްލި އަނީސް ބުނެލިއެވެ. އޭނާގެ ސައިކަލު ފަހަތުގައި އެހެން މީހަކުވެސް އިނެވެ. ނާޖިދު ގެ ނަޒަރު ދެން ހުއްޓުނީ އާނިސް އާއި އެކީގައި އެހެން ސައިކަލެއްގައި އައިސް މަޑު ކޮށްލި ޒުވާނާ އަށެވެ. އަނީސް އަކީ ނާޖިދު ގެ ވެސް އެކުވެރިއެކެވެ. އޭނާ ހިނިތުންވެލިއެވެ.
“އަހަރެންގެ ދަރި މިކްޔަން މީ… އިނގޭ ދޯ” އަނީސް ބުނެލިއެވެ.
“އާނ… ނެތޭ ވާހަކަ ދައްކަން ހުރެވޭކަށް ވެސް… މިއަދު އައިމަން ވެސް އޭނާގެ ސައިކަލުގައި އަވަހަށް ގޮސްފި ސްކޫލަށް… ދެން ހިނގާފަތާ ދާން މިޖެހުނީ އެހެން ގަޑިއަކުން ކޮޕީ އަކުން ދިމާ ކޮށްލާނީ ދޯ؟” ނާޖިދު ބުނެލިއެވެ.
“ދަރިފުޅާ… ބައްޕަގެ ވޮލެޓް ބައިންދާފަ ކަންނޭގެ އެ ދެވުނީ… އަވަހަށް ބަލާލަބަލަ ދޮރު މަތީ ހުރިތޯ؟” ސާމިރާ އީނާލް އަށް ގޮވާލަމުން ވާހަކަ ދެއްކިއެވެ. އަދި އޭނާ އީނާލް އަތަށް ވޮލެޓް ދިނެވެ.
އީނާލް ދޮރޯށި ހުޅުވާލިއެވެ. އެވަގުތު އެތަނުގައި ތިބި އެންމެންގެ ސަމާލް ކަން ކުއްލިއަކަށް ހުޅުވިގެން ދިޔަ ދޮރޯއްޓަށް ހުއްޓުނެވެ. “މީ ބައްޕަގެ ވޮލެޓް” އެންމެން ބަލަން ފެށުމުން ރަކިވީ ވަރުން އީނާލް އަށް ބުނެވުނެވެ. ނާޖިދު ވޮލެޓް އީނާލް އަތުން އަތުލުމަށްފަހު އަނީސް މެންނަން ބަލާލިއެވެ.
މިކްޔަން ގެ ނަޒަރު އީނާލް އަށް ހުއްޓުނު ގޮތަށް އެހެން ދިމާލަކަށް އަނބުރާލާކަށް ނޭނގުނެވެ. އީނާލް އަށް ވީ ގޮތުން ލާނެތް ހިނިތުންވުމެއް އޭނާގެ ތުންފަތް މައްޗަށް ވެރިވެފައި ވެއެވެ. އީނާލް އަށް ވެސް މިކްޔަން ފެނުމާއެކު ދެލޯ ބޮޑު ކޮށްލެވުނެވެ. އަދި ނިކަން އަވަހަށް ދޮރޯށިން އެތެރެއަށް ދެމިގަތުމަށްފަހު ދޮރު ލައްޕާލިއެވެ. މިކްޔަން ގެ ނަޒަރު ހުރި ގޮތް އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ނާޖިދު އަށެވެ. އޭނާ ވެސް ހިނިތުންވެލިއެވެ.
“ހާސްވާނެކަމެތް ނެތް… މިކްޔަން ގެންގޮސްދީފާނެ ދޯ” އަނީސް މިކްޔަން އާ ސުވާލުކޮށްލިއެވެ. “ދަރިފުޅާ” މިކަންޔަން ގެ ސަމާލް ކަން އޭނާ ބުނި ބަހަށް ނުލިބުމާއެކު އަނީސް ދެވަނަ ފަހަރަށް ގޮވާލިއެވެ. “ލައްބަ ބައްޕާ ކީކޭ” މިކްޔަން އަހާލިއެވެ. “ބައްޕަ ބުނީ ނާޖިދު ބެ ގެންގޮސް ދޭންވީނޫންހޭ އިންޖީނުގެއާ ހިސާބަށް” އަނީސް ބުނި ވާހަކަ އަށް މިކްޔަން ބޯ ޖަހާލިއެވެ.
ނާޖިދު ސައިކަލު ގޭތެރެއަށް ވެއްދުމަށްފަހު އިންޖީނުގެއާ ދިމާލަށް މިސްރާބުޖެހީ ސައިލަލު ފަހަތުގައި މިކަންޔަން އާއި އެކު ސައިކަލުގައެވެ. އެމީހުން ދިޔަކަން ޔަގީން ވުމާއެކު އީނާލް ދޮރުމައްޗަށް ނުކުތެވެ. އަދި އަތުން ބޮލުގައި ޖަހާލިއެވެ. ހިނިތުންވެ ހުރެ އެނބުރި ގޭތެރެއަށް އިނާލް ވަނެވެ.
ކައްކާ ބަޔަށްގޮސް އިނާލް ދެން އަވަސް ވެގަތީ މަންމަ އަށް އެހީތެރިވުމަށެވެ. އީނާލް އަކީ ގެވެހި ކުއްޖެއްވެސް މެއެވެ. ވީ ވަރަކުން އަބަދުވެސް މަންމަ އަށް އެހީތެރި ވުމަކީ އޭނާ އަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. “ހާދަ ގެވެހި އޭ ދޯ… މަންމަ އާއި ވަކިން ދުރުގައި އުޅުނީމަ ތަ؟” ސާމިރާ އަހާލިއެވެ. އެ އަޑުގައި ވަނީ ސަމާސާ ގޮތެވެ.
“ހެހެ… ނޫނޭ” އީނާލް ޖަވާބު ދިނެވެ. އޭނާ ޒިންކް ކައިރިއަށް ޖެހިލާފައި ތަށިތައް ދޮވެދިނުމަށް އަވަސްވެގަތެވެ.
“މަންމަ އަށް ހީވަނީ ދުވަސް ކޮޅަކުން ދަރިފުޅުވެސް މީހަކާ އިނދެގެން ދާނީހެން… ހެހެ. ކުޑަބެ އެހެން ހުއްޓާ… އެކަހަލަ ހިޔާލެއް ވެސް އޭނާގެ ނެތީ ވިއްޔަ ކީކުރާނީ؟” ސާމިރާ ގެ އަޑުގައި ވި އަސަރުތައް ދެނެގަންނަން އީނާލް އަކަށް ނޭނގުނެވެ.
“އެ އަދި ވާނީ ކުޑަބެ އަށް ކަމުދާ ކުއްޖަކު ނުފެންނަނީ ކަމަށް….” އީނާލް ވެސް ހީ ގަންނަމުން ބުނެލިއެވެ. “އެކަމަކު މަންމަ އަށް ހީވަނީ އެކަހަލަ ކުއްޖަކު ފެނިގެން އުޅޭހެން” ސާމިރާ ބުނެލިއެވެ. “އެއީ… ގައިމު ހިޔެއް ނުވޭ އެއްވެސް ތަފާތެއް ފެންނަ ހެނެތް… އެހެން ވިއްޔާ ތި މޫދަށް ދާ ތުނޑިއާ ދިމާކުން ޖިންނިއެއް އަވަލީ ކަންނޭގެ” އީނާލް އަނެއްކާވެސް ހީގަތެވެ.
“ހެހެ. މަންމަ އަށް ހީވަނީ އެ އަވަލައިގެން އުޅޭ ޖިންނި އަދިވެސް އަޔާން ދޫ ނުކޮށްލަނީހެން…” ސާމިރާ ބުނެލިއެވެ. ސާމރާ ބުނި އެއްޗެއްގެ މާނަ ދެނެގަންނަން އީނާލް ނުކުޅެދުނެވެ.
“މަންމަ ކޯންޗެއް މިއަދު ހަދަނީ” މައުޟޫ ބަދަލު ކޮށްލަމުން އީނާލް އަހާލިއެވެ. ސާމިރާގެ ޖަބާވު އިވިގެން އީނާލް އެއްޗެހި ކޮށައި ދިނުމަށް އަވސް ވެގަތެވެ.
“އަނހާ ނާއި…” ސާމިރާ އެދިމާލަށް އައި ނާއިލާ އަށް ގޮވާލިއެވެ. “އީނާލް ދަރިފުޅާ ދޮންބެ ދައްތަ އަށް ޖުސްތައްޓަކާ އެއްޗެހި ގިރާދީބަލަ… ފްރިޖް ތެރެއިން ނަގާ އާފަލަކާ އެއްޗެހި ނަގާފަ ކޮށާދީފަ ދެއްޗޭ” ސާމިރާ ރޮށިފހެން އެއްޗެހި ރެޑީކުރަމުން ބުނެލިއެވެ. އީނާލް އަވަސްވެގަތީ ނާއިލާ އަށް އެއްޗެހި ރެޑީ ކޮށްލަދޭށެވެ.
ނާއިލާގެ މޫނުމަތިން ވަރުބަލިކަން ފާޅުވަމުން ދިޔައެވެ. “ދޮންބެ ދައްތާ އުނދަގުލެތް ވަނީތަ؟” އީނާލް އެއްޗެހި ބަހައްޓަމުން އަހާލިއެވެ. “އާނ… ހެނދުނު ހޭލައި އިރު ވަރަށް އުނދަގޫ ވެފަ ހުރޭ މިހާރު” ނާއިލާ ބުނެލިއެވެ. އޭނާ ޖޫސް ތަށިން އެތި ފޮދެއް ދަމާލިއެވެ. އަދި އީނާލް އާއި ދިމާލަށް ބަލާލާފައި ހިނިތުންވެލިއެވެ.
އީނާލް ވެސް އޭނާގެ ފޯން ރިންގް ވާން ފެށުމާއެކު ކައްކާ ބައިން ނުކުމެ ސިޓިން ރޫމަށް ޖެހިލިއެވެ. ގުޅަނީ ޒައިން އެވެ. އެހެންކަމުން އޭނާ ފޯން ހިފައިގެން އަނބުރާ އައިސް ކޮޓަރިއަށް ވަނެވެ.
“ހޭ ގުޑް މޯރނިންގް ނާލް” ޒައިން ގެ އަޑުގައިވަނީ ނިދި ބަރުކަމެވެ. “އަދިވެސް ނުހޭލަނީތަ؟” އީނާލް އަހާލިއެވެ. “ހޫމް… މިއަދު ނެތޭ އެއްވެސް ސައިޓަކަށް ދާކަށް” ޒައިން ބުނެލިއެވެ. “އެކަމަކުވެސް ތެދުވޭ ދެން… ހެހެ. އޯކޭ ނިދާލިޔަސް ކުޑަ ކޮށް ބިޒީ ކޮށް މިއުޅެނީ އިނގޭ” އީނާލް ވާހަކަ ދެއްކިއެވެ. “އެހެންތަ ޓޭކް ކެއާރ އިނގޭ… ފްރީ ވެފަ ގުޅެއްޗޭ… މިސް ޔޫ” ޒައިން ބުނެލިއެވެ. “އޯކޭ… ސޭމް އިނގޭ… ބާއި” އީނާލް ބުނެލިއެވެ. އަދި އޭނާ ފޯން ބޭއްވިއެވެ. ފޯން މޭގައި ޖައްސާލައިގެން ހުރި އިރު ވެސް އެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ.
“އީނާލް” ސާމިރާގެ އަޑަށް ހުވަފެނީ ދުނިޔެއަކަށް ގެއްލިފައި ހުރި އީނާލް އަށް ސިހުން ލިބުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
31 Comments!
Comments are closed.








Me first dhw. .. Masha allah mih part vax varah reethi.. Haadha kuhreyy. Whn nxt..????
Thanks dear. V ufaavey thidhey support ah.
Himi theeh laam atoll kuhjjeii thah.
Nun dear. Himi mi laam atoll kujjeh nun.
waaaaaaaau vv reethi as usual..nxt part kyan vv curious..masha allah..luv u himi dhooni..btw himi dhooni age kihaavareh thr..???if u dnt mind ingey??
and me 3rd dhw
Hehe. Yh 3rd. Age public ga haama kuraakah beynumeh nun dear. Himi ge mail eh i naane. B ifaavey thidhey support ah.
Malak ge bai koba??
But varah furihama mi bae ves??
Waiting for the next part…
In Sha Allah. Ebai ves genes dheynan. Thanks dear. V ufaavey thidhey support ah.
Masha Allah ???? Himi vvvvvvvvv rythi mi partvx ???????????… I love it ????????????… When is next dear ?????????????…
In Sha Allah. Next part maadhamaa rein feshigen up kuramun gendhaanan. Kei theri kamaa eku inthixaar kureethy shukuriyya.
ᗯOᗯ ??? ᕼIᗰI ᗰI ᑭᗩᖇTᐯ᙭ ᐯᐯᐯᐯᐯᐯᐯᐯᐯ ᖇYTᕼI IᑎGEY ?????????????????… I ᒪOᐯE IT ??????????… ᗯᕼEᑎ Iᔕ ᑎE᙭T ᗪEᗩᖇ?? ??????
Thanks dear. Maadhamaarey. V ufaavehjje kei therikamaaeku inthixaar kureethy.
Wow ???… Mi part vx v v reethi ❤️❤️❤️???… Pinky ah heevany eenaal ge dad n mikyan ge dad beynun vaany eenaal n mikyan ge kaiveni kuruvanhenn… I don’t think eenaal ge dad eenaal zain aa marry kuran gaboolu vaane heneh… Ayaan dhw… Ayaan n malak aa dhemedhu problem akee kobaa baa… Pinky ah heevey eba Ayaan ge mom Ayaan n malak ge relation aa medhu hih hama nujehey henn… I think she don’t want Ayaan n malak to become lovers… Kihineh baa vaanee dhen??? Curiously waiting for the next part ???… Keep up the good work Hi Mi ❤️❤️❤️?????????.. Lots of love from me Hi Mi ❤️❤️❤️???????????????…
Thanks dear. Maadhamaarey vaahaka up vamun dhaane. In Sha Allah. V ufaavehjje kei therikamaaeku inthixaar kureethy. And pinky thi buni gothah vun ves nuvun ves ekasheegen vey. Lets see.
Masha Allah vvvvvvvvv nice ingey mi part Himi dear ??????? … I love it ????????… Waiting for the next..
Thanks. Dear. V ufaavehjje.
ᗯOᗯ ???????
Thanks naju.
Mi vahak genesdhey dhuavas thah buneba
Dhe hafthaa in dhe hafthaa inn enme part eh viyya gennanii
Dhen kiuntheringe trust gelleyne thigothhahkanyhah kuraa nama ?
Himi buxii viyas bunelaa nama cmmnt kohlaafa?
Sorry dear.himi balive ulhuni.a nubunevuni. Adhives rangalheh nuvey. But better. In Sha Allah. Maadhan rey vaahaka up vamun dhaane. In Sha Allah.
Salaam. Story up kurumah himi gasthu kuran eba konme dhuvahakuves. Ehenve days thah nubune hurevuni. Ekam mihaar kanthah dhaa gothun 3 days ah hadhaalan eba jehey.sun tues day and thursday. Ah. Ekamaku himi balive ulheythy vaahaka kuda dhuvas kolhakah medhu kandaalan eba jehey. In Sha Allah. Rangalhu v haa avahah fashaanan. Next week ga fesheythoa try kuraanan. V bodah maafah edhen mihen dhimaa v ma. Sun and monday ga ves himi hopsital ga beyvi ma edhuvahuves balive ulhunimq habareh nuvevuni. Yesterday ves v balive ulhuni. V bodah maafah edhen. Dhimaavi enmehaa dhathi thakah. Adhi vaahaka las vamun dhaathy. Ekamaku mi dhuvaskolhu vaahakaigen kuri ah dheven nei kan v hitjaama aaeku dhannavan. Vaahaka mi gothah medhu kandaalan jeheythy maafah eshwn adhives ehfaharu. Himi ah thi dhevva ehbaarulumaa support ah nihaayathah shukuru verivan. In Sha Allah.hope to see yuh soon.
Much loves.
Jazakallah.
IT’ᔕ OK ᗪEᗩᖇ ᑎ Gᗯᔕ ᗪEᗩᖇ ??????
Thanks dear. For understanding…
HIMI,
take your time and get well soon. hope varah avahah vaahaka kiyan libynekamah.
Thanks dear. For understanding…v ufaavey tjidhey support ah. Ingey.
V salaam get well soon adives ragalhu nuveytho ?inthizaaruga mithibenee
Thanks dear. For understanding…v ufaavey tjidhey support ah. Ingey. In Sha Allah. Maadhan rey inthixaarah nimumeh annaane.
Mi vaaha huttaaly thr mi dhn mi hisaabuh …
Nuney dear. Maadhamaa rein feshigen up vamun dhaane. In Sha Allah.
Assalaam alaikum. Kei therikamaa eku inthixaar kureethy v bodah shukuriyya. In Sha Allah. Vaahaka maadhamaa rein feshigen up kuramun gendhaanan. Alhandhulillah. Mihaar vvv bodah rangalhu vehjje compared to before.