ބުނާށެ ލޯބި ނުވަނީހޭ 07
” ވަޓް ދަ ހެލް.. މީ ކާކު ފޮނުވި އެއްޗެއް.. ޔަގީން އަހަންނާއި ރާދްއާއި ޖައްސަން އުޅޭ މީހެއްކަން.. ރާދް އަހަރެން ދެކެ ލޯބިވާވަރު އަހަންނަށް އިނގޭ.. ދެމަފިރިން ދޭތެރަށް ވަންނަން އުޅުނަސް މީދެން ބޮޑުވަރު..” ޔާނާ އަމިއްލަ މީހާއާއި ވާހަކަ ދެއްކިއެވެ. ނަމަވެސް އޭރުވެސް އޭނައަށް ބެލެނީ އަތުގައި އޮތް ޕެން ޑުރައިވްއަށެވެ. އޭގައި ވާއެއްޗެއް ބަލަން ބޭނުންވާ ކަހަލައެވެ. އިރުކޮޅަކު ވިސްނަން ހުރެފައި ދުވެފައިގޮސް ސިޑިން އަރައި އޭނާގެ ކޮޓަރިއަށް ވަނެވެ. ލެޕްޓޮޕް ނަގައި ހުޅުވާލުމައްފަހު އެޕެން ޑުރައިވް ޖެހިއެވެ. ” މީގަ އެކަހަލަ އެކައްޗެއްވެސް ނީންނާނެކަން އަހަންނަށް ޔަގީން.. އެމީހަކު އެއުޅެނީ އަހަރުމެންގެ ދިރިއުޅުން ހަލާކު ކުރަންވެގެން..” ފުން ނޭވާއެއް ލަމުން ޔާނާ ބުނެލިއެވެ.
ޕެން ޑުރައިވް ހުޅުވައިލިއިރު އޭގައި އޯޑިއޯއެއް އިނެވެ. އިތުރު އެއްވެސް އެއްޗެއް އެޕެން ޑުރައިވްގައެއް ނެތެވެ. ދެހިޔާލެއްގައި އިނދެ ޔާނާ އެއޯޑިއޯކޮޅު އަޅުވައިލިއެވެ.
” ހާދަ ފޫހިވާ އަންހެނެކޭ އެއީ.. ލަންޑަނުގައި އުޅެ ބޮޑުވީމަ މީހާއަށް މީހާ ފެނިފަ ހުންނަނީ.. ބޮޑާވިޔަސް އެބޮޑުވަރު.. ކުރިން ދުވަހު މަންމަ ރާއްޖެތެރޭ ރަށަކަށް ދާން ބުނީމަވެސް ބުނަނީ ތިމަންނައަށް މިމާލޭގައިވެސް މިއުޅެނީ ހަމަ ނޭވާ ނުލެވިގެންނޭ.. މެޑަމްއަށް ނުވޭ ރާއްޖޭ މީހަކާއި އަނގައިން ބުނެވޭ ކަމަށްވެސް.. ހިތަށްއަރާ ގޮސް ހަމަ ބިމަށް ތިރިކޮއްލައިފާނަމޭ.. ތިމަންނަ ރާއްޖެ މީހަކާއި ވާހަކަވެސް ނުދައްކާނަމޭ.. މުޅިންވެސް އިންނާނީ ފޯނުން ކޮންމެސް ފަރަންޖީއަކާއި ވާހަކަ ދައްކަން.. ހުވާ މިބުނީ އެވަރު އަންހެނެއް އަހަންނެއް ނުދެކެން.. މާރީތިވީމަ ފޮނި ބޮޑުވަނީ ތޯއްޗެއް.. ދީބަލަ ނިކަން އަހަންނަށް އައިޑިއާއެއް.. އެއަންހެނާއަށް ހިތުން ނުފިލާ ކަހަލަ ލަނޑެއް ދޭން އަހަރެން ބޭނުން..” އެއީ އޭނާގެ ލޯބިވާ ފިރިމީހާގެ އަޑެވެ.
” ހޫމް ލޯބިވާކަމަށް ބުނެ އެކްޓް ޖައްސަންވީނު.. އެކަހަލަ ކިބުރުވެރި އަންހެނުން އަސްލު މާއަވަހަށް ފޯލްވާނެ.. ޓުރައި ކޮއްލަބާ އަޅެ..” ދެން އިވިގެން ދިޔައީ ރާދިންގެ އެންމެ ގާތް އެކުވެރިޔާ ޝަމީލްގެ އަޑެވެ.
” ވާވް ސަޅި އައިޑިއާއެއް މޭން.. ހުރެބަލަ ނިކަން އަހަރެންގެ އެކްޓް ބަލަން.. ހަފްތާއެއްގެ ތެރޭ އެއަންހެނާ އަހަރެންގެ ލޯބީގައި ދިވާނާ ނުވެއްޖެނަމަ އަހަރެންގެ ނަަން ބަދަލުކުރާނަން..”
” އޭ ޒާން ކައެ އަނގައިން ނުބުނެ އިނދެ މާ ވަރަކަށް ތިހެނީޔޯ.. ޔަގީނޭ ކޮންމެސް ނުލަފާ ކަމެއްކުރަނީކަން.. ދައްކަބަލަ މަށަށް ތި ފޯނު..” ޝަމީލް ބުނެލިއެވެ. ” މީނަ އަހަރުމެން ދައްކާ ވާހަކަ ރިކޯޑް ކުރަނީ އޭ..”
” ރަގަނޅެއްނު ރިކޯޑަށް ލެވުނުކަން.. އެންމެ ފަހުން ރާދްކަން ނޭންގެ އެހަންޑިގެ ލޯބީގައި ޖެހޭނީ.. ޖެހުނު ދުވަހަކުން ދިމާކުރަން މި ޖެހޭނެއެއްނު ދޯ. ހަ ހަަ..” ޒާން ބުނެލިއެވެ.
” އައްޗީ މަ އެއަންހެނާ ދެކެ ލޯބިވެވޭނެ އެއްގޮތެއްވެސް ނޯންނާނެ..” ރާދިން އެހެން ބުނުމުން ޝަމީލް ޒާން ގާތުގައި އެއޯޑިއޯ އޭނާއަށް ފޮނުވުމަށް ބުންޏެވެ.
އޯޑިއޯކޮޅު ނިމުނުއިރު ޔާނާއަށް ހުރީ ހަމަ ރަގަނޅަށްވެސް ރޮވިފައެވެ. ކޮން ކަހަލަ ބޮޑު އޮޅުވާލުމެއް ހެއްޔެވެ. ރާދިން އެކުޅުނީ ހަމައެކަނި އޭނާގެ ހިތަކާއި ނޫނެވެ. އޭނާގެ މުޅި ދިރިއުޅުމާއިއެވެ. އިންތިހާއަށް ދެރަވެ ހަމައެހާމެ ރުޅިވެސް އައިސްފިއެވެ. އިތުރަށް އެންމެ ހިނދުކޮޅަކުވެސް އެތާގައި މަޑުކުރާކަށް ޔާނާ ބޭނުމެއްނުވިއެވެ. އައިރާމެން އައުމުގެ ކުރިން ފޮއްޓަކަށް އެއްޗެހި އަޅައި ގެއިން ނިކުތެވެ. ކުލީ ކޮޓަރިއެއް ހިފައި އެތަނުގައި ފޮށި ބައިންދައިފައި ހަމަ އެވަގުތު ވަރިވާން ފޯމު ނަގަން ދިޔައެވެ.
މިހާރު
ޔާނާ އެވާހަކަ ކިޔައިދީނިމުނުއިރު އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައިރު ކައިރީގައި އިން އައިރާއަށްވެސް އިނީ ރޮވިފައެވެ.
” އިރާ ބުނެބަލަ.. ރާދިން އަހަރެންދެކެ ހަގީގީ ލޯބިވީނަމަ އަހަރެން ވަރިވަން ފޯމްލީމަ އެހާ ފަސޭހައިން އަހަރެން ވަރިކުރިސްތަ.. އެންމެ ފަހަރަކު ފޯމުލާއިރަށް ވަރިކޮއްލީ.. އެހެން މީހަކުނަމަ ސަބަބު ހޯދަންވެސް އުޅުނިސް ދޯ.. އެހާ ފަސޭހައިން ވަރިކުރާނީ ލޯބި ނުވާތީ..”
” ކީއްވެ ޔަންނު ކުރިން އަހަންނަށް ތިވާހަކަ ކިޔާނުދިނީ.. އަހަރެން ހީޔެއް ނުކުރަން ރާދިން އެހާ ނުބައި ވެދާނެ ކަމަކަށް.. ދެން އަހަރެން ޔަންނު ގާތު ރާދިންގެ ވާހަކައެއް ނުދައްކާނަން.. އޯކޭއެއްނު.. ” ޔާނާ ގައިގައި ބައްދާލަމުން އައިރާ ބުނެލިއެވެ. ” އެކަމް މަންމަ ކައިރިއަށް ދާންވާނެ އިނގޭ..” ޔާނާ އާއެކޭ ބުނެލިއެވެ.
************************
އޮފީހުގައި އިން ރާދިން ވިސްނަމުން ދިޔައީ މަލްކާ ދެއްކި ވާހަކައާއި މެދުގައެވެ. އެތައް އިރަކު ވިސްނަން ހުރުމައްފަހު އޭނާގެ ފޯނުނަގައި މަލްކާގެ ނަމްބަރަށް ގުޅައިލިއެވެ. ފުރަތަމަ ރިންގާއިއެކު އެކޮޅުން ފޯނުނަގައި ހަލޯއޭ ބުނެލިއެވެ.
“ކީއްކުރަނީ.. ” ދައްކާނެ ވާހަކައެއް ނޭންގޭތީ ރާދިން އަހައިލިއެވެ.
” އިންތިޒާރު ކުރަނީ މި.. ” މަލްކާ ޖަވާބު ދިނެވެ.
” ހޫނ.. އަހަންނަށްވެސް އިނގެޔޭ ޝަރްވާންއަށް އިންތިޒާރު ކުރަނީކަން.. އެނޫން ކަމެއްގެ ވާހަކަ ބުނެބަލަ..”
” ހަ ހަ.. ތެދަށް ބުނަންޏާ ރެއިން ފެށިގެން އިންތިޒާރު މިކުރެވެނީ ރާދިންގެ ކޯލްއަކަށް.. މިވިސްނަނީ ޝަރްވާން ކުރިމައްޗަށް އަރާނެ ގޮތަކާއި ދޭތެރޭ.. އެވެސް ޔާނާއާއި ދެމީހުން އެއްކޮއް ތިއްބައި.. އެމީހުންގެ އެކްސްއިން އެއްކޮއް ލޯބިވެރިންގެ ގޮތުގައި ފެނުނީމައި މޫނުމައްޗައް އަރާނެ ކުލަވަރު އަޅެ ރާދިން ބަލާ ހިތެއްނުވޭތަ.. ” މަލްކާ އެހެން ބުނުމުން ރާދިން ހިނިގަނޑެއް ޖަހައިލިއެވެ.
” މަލްކާ އެދެމީހުން އެއްކޮށް އުޅެން ދޫކޮއްލަންވީނު.. އެއީ ދެ ބޭވަފަތެރިން.. ބުނެއެއެެްނު ލަނޑަޔާއި ވަނީ ލަނޑަޔާ އޭ.. އޭގެ މިސާލެއް އެއީ.. މަލްކާވެސް ތީ އަހަންނެކޭ އެއްގޮތައް ލޯބީގައި ވޭން ލިބިފައިވާ މީހެއް.. މަލްކާއަށްވުރެ ރަގަނޅަށް އަހަރެންގެ އިހްސާސްތައް ދަންނަ ދެވަނަ މީހަކު ހުންނާނެހެންނެއް އަހަންނަކަށް ހިޔެއްނުވޭ.. އަހަރެން ހުރީ އިތުރު ކައިވެންޏެއް ނުކުރަން ކަމަށް.. އެކަމް މަލްކާ ރުހި ގަބޫލިއްޔާ އަހަރެން ބޭނުން މަލްކާއާއި ކައިވެނިކުރަން.. ވިސްނާލައިފައި އަހަންނަށް ޖަވާބެއް ދީ..” ރާދިން އޭނާ ބުނަން ބޭނުންވާ ވާހަކަ ބުނުމައްފަހު ފޯނު ބޭއްވިއެވެ.
” ޔެސް ޔެސް ޔެސް.. ވާން ނުލިބުނަސް ދެން ހެޔޮ.. އެހެންނޫނަސް އޭނަގެ މިހާރު ކުއްޖަކުވެސް ހުރޭ.. މަ ނޫޅެން ދޮންމަންމައަކަށްވާ ހިތުންނެއް.. ހީކުރި ވަރަށްވުރެ ފަސޭހަކޮށް ރާދިންގެ ބޮލަށް ވަދެވިއްޖެ.. މަލްކާ ޔޫ އަރ ގުރޭޓް..” ރާދިން ފޯނު ބޭއްވުމުން މަލްކާ އެނދުން ތެދުވެ ކޮޓަރިތެރޭ އެނބުރެން ފެށީ އުފަލުންނެވެ. ރާދިން އޭނާގެ މަޅީގައި ޖެހުނީތީއެވެ.
***************************
ޔާނާ އައިރާއާއިއެކު ޔަސީރާމެން ގެޔަށް ދިޔައީ ޓެކްސީއެއްގައެވެ. އެގޭ ކައިރިއަށް ޓެކްސީ މަޑުކޮއްލުމާއިއެކު އެންމެ ފުރަތަމަ އެމީހުން އެގެޔަށް އައި ދުވަސްމަތިން ހަނދާންވިއެވެ. ރާދިން ބުނި ފަދައިން ޔާނާއަކީ ކުރީގައި ވަރަށް ބޮޑާގޮތްގަނޑެއް ހުންނަ މީހެއްކަން ހުދު ޔާނާއަށްވެސް ގަބޫލުކުރެވުނެވެ.
މާޒީ
ޓެކްސީއިން ފައިބައިފައި ޔާނާ ކުރިމަތީގައި އިން ގެޔަށް ބަލައިލިއެވެ. ފޫހިގޮތަކަށެވެ. އެއީ ޔާނާ ރާއްޖެއައި ފުރަތަމަ ފަހަރެވެ. ރާއްޖެއަކީ ޔާނާއަށް ކަމުދާ ތަނެއްނޫނެވެ. މާ ކުޑައީއެވެ.
” މަންމާ އަދިވެސް ޓައިމް އެބެއް.. ވީ ކޭން ސްޓިލް ގޯ ބެކް ޓު ލަންޑަށް އެންޑް ލިވް ހެޕިލީ.. މިކުޑަކުޑަ ރަށުގައި އަހަރެން ކިހިނެއް މުޅި އުމުރަށް ދިރިއުޅޭނީ.. މަންމަ ނުދަންނާ އެޓްލީސްޓް އަހަރެން ފޮނުވަބަލަ ޕްލީޒް..” ގެޔަށް ވަންނަން ދިޔަ ޔަސީރާގެ އަތުގައި ހިފައި ހުއްޓުވައިފައި ޔާނާ ވާހަކަ ދެއްކިއެވެ.
” ޔާނާއަށް މަންމައާއި ނުލާ އެކަނި އުޅެވޭނެތަ.. ” ޔަސީރާ އަހައިލިއެވެ. ޖަވާބުގައި ޔާނާ ބުނެލީ ނޫޅެވޭނެ ކަމަށެވެ. ޔަސީރާގެ ފަހަތުން އައިރާއާއި އެކު ޔާނާވެސް އެގެޔަށް ވަނެވެ.
” ޔަސީރާ.. އަހަރެން އެވަރަށް ބުނީމަވެސް އެއްބަސް ނުވިއޭ ބަލައި އަންނަން..” ދޮރުންވަދެގެން އައި ޔަސީރާ ފެނުމުން ރައިހާން ބުނެލިއެވެ. ޔަސީރާ މީދެން އެވަރު ކަމެއް ނޫނޭ ބުނެލިއެވެ.
” ރައިހާން މީ އަހަރެންގެ ދެދަރިން.. ޔާނާ އަދި އައިރާ..” ޔަސީރާ ބުނެލިއެވެ.
” މީ އަހަރެންގެ ދަރިފުޅު..” ރައިހާން އެހެން ބުނުމުން ރާދިން ޔަސީރާއާއި ސަލާމްކޮއްލިއެވެ. އެއައްފަހު އައިރާއާއި ސަލާމްކޮއްފައި ޔާނާއާއި ދިމާއައް އަތް ދިއްކޮއްލިއެވެ. ޔާނާ ތުން އަނބުރާލައިފައި އެކި ދިމާބަލަން ފެށުމުން އައިރާ އޭނާގެ އަތުގައި ވިކައިލައިފައި ސަލާމްކުރުމައް ބުންޏެވެ. ޔާނާ ރާދިންގެ އަތުގައި ހިފައިލުމުން ރާދިން އޭނާގެ ނަން ބުނެލިއެވެ.
” އެލާދީން..” ޔާނާ ބުނެލިއެވެ.
” އިޓްސް ރާދިން..” ޔާނާއާއި ދިމާއަށް ލޯއަޅައިލަމުން ރާދިން ބުނެލިއެވެ. ” އެކައްޗެކޭއެއްނު މިކިޔަނީ.. އެލާދީން..” ޔާނާ މަލާތްމާތުގެ ރާގަކަށް ބުނެލިއެވެ.
” ތީ ރީތި ސޫރައެއްގައި ހުރި ހަންޑިއެއް.. ” ޔާނާގެ ކަންފަތް ދޮށުގައި ރާދިން ބުނެލިއެވެ. ޔާނާ ވަޓްއޭ ބުނުމުން ހިނގަނޑެއް ޖަހާލައިފައި ބޭރަށް ދިޔައީއެވެ.
މިހާރު
” ޔަންނު ކޮން ހިޔާލަކަށް ގެއްލިފައި ތިއިންނަނީ.. ކިތައް ފަހަރު އަހަރެން މިހާރު މިބުނަނީ ތިކޮޅުން ދޮރުހުޅުވާފައި ފައިބާށޭ.. ” މާޒީގެ ހަނދާންތަކަށް ގެއްލިފައި އިން ޔާނާ އެހިޔާލުން ބޭރުކޮއްލީ އައިރާއެވެ.
ގަޑިއެއްހާއިރު ޔަސީރާ ކައިރީ މަޑުކޮއްލައިގެން އިނދެފައި ޔާނާމެން ގެޔައް ދިޔައީ ރާޔާ ސުކޫލްއިން ނެރެންޖެހޭ ގަޑި ކައިރިވަމުން ދާތީއެވެ. ރާޔާ ނުލައި އައުމުން ޔަސީރާ ޝަކުވާކުރިއެވެ. އަދި ރާޔާގެ ބައްޕަ ކޮބާހޭވެސް އެހިއެވެ. އުމުރަށްވުރެ ހަށިގަނޑުން ރާޔާ ކުޑަވީމައި ޔަސީރާއަކަށް އެއީ ރާދިންގެ ކުއްޖެއްކަމާއިމެދު އެއްވެސް ވަރަކަށް ޝައްކެއްނުވިއެވެ. އެކަމައި ޔާނާ އުފާކުރިއެވެ. ޔަސީރާ ގާތު ރާޔާގެ ބައްޕައާއި ވަރިވެއްޖައީމޭ ބުނުމުންވެސް ހީކުރީ އިތުރު ކައިވެންޏެއް ކޮއްފައި ވަރިވީކަމަށެވެ. އެހެން ހީކޮއްގެން ޔާނާއަށް ވަރަށް ނަސޭހަތްވެސް ލައިދިނެވެ. ކައިވެންޏަކީ ކުޅޭ ކުޅިވަރަކަށް ނެހެދުމައް ބުނަމުންނެވެ.
****************************
ހަވީރުގެ ވަގުތެވެ. އާދައިގެ މަތިން މިއަދުވެސް ރާޔާ އިންތިޒާރު ކުރަމުން އެދަނީ ޝަރްވާން އަންނާނެ އިރަކަށެވެ. ދޮރުހުޅުވާފައި ވަތް ޝަރްވާން ފެންނައިރަށް ރާޔާ ދުވެފައިގޮސް ޝަރުވާން ގައިގައި ބައްދައިލިއެވެ.
” ރާއްކޮ ވަރަށް ހެޕީވެއްޖެ ވާން އަންކަލް ރާއްކޮގެ ބައްޕިއަށް ވީމަ.. ރާއްކޮ ބޭނުންވަނީވެސް ތިކަހަލަ ތިއްތި ބައްޕިއެއް.. ” ” ޝަރަވާން ރާޔާ އުރައިލުމުން ރާޔާ ބުނެލިއެވެ. ރާޔާ އެހެން ބުނި އަޑު ޔާނާމެންނަށްވެސް އިވުނެވެ.
” ރާއްކޯ ކާކު ބުނީ ވާން އަންކަލް އެއީ ރާއްކޮ ބައްޕިއޭ.. އެއީ ރާއްކޮ ބައްޕިއެއް ނޫނޭ.. ބައްޕި ނުކިޔާނެ އިނގޭ..” ޔާނާ ބުނެލިއެވެ.
” ނޫން ބައްޕި ކުރިން ދުވަހު ބޭބެއެއް ކައިރީގައި ބުނި ރާއްކޮ މީ ބައްޕިގެ ކުއްޖެކޭ.. ދޯ ބައްޕީ.. ” ކުޑަ ކުޑަ ރާޔާ ބުނެލިއެވެ. ޝަރްވާނަށް ރާޔާ އެބުނީ ކޮން ދުވަހެއްގެ ވާހަކަކަން އެނގުނެވެ.
” ޔާނާ ކޭން އައި ޓޯކް ޓު ޔޫ ޕްލީޒް..” ރާޔާ ތިރީގައި ބައިންދައިލަމުން ޝަރްވާން ބުނެލިއެވެ. ޔާނާ އާއެކޭ ބުނުމުން އައިރާ އެދެމީހުންނަށް ތަން ދެމުން އައިރާ ރާޔާ ގޮވައިގެން ނިކުތީ ގެއިން ބޭރަށެވެ. ޕާކްއަށް ދަނީއޭ ބުނެފައެވެ.
” ވާން ރާއްކޮ އެދައްކަނީ ކޮން ވާހަކައެއް..” ޔާނާ އަހައިލިއެވެ.
” އެންމެ ފަހުން ރަސްފަންނަށް ދިޔަ ދުވަހު ރާއްކޮ ކުޅެން ބަހައްޓައިގައި އަހަރެން ދިޔައީ އައިސްކުރީމް ގަންނަން..އެނބުރި އައިއިރު ރާއްކޮ ހުރީ ކޮންމެސް މީހަކާއި ވާހަކަ ދައްކަން.. ކައިރިއަށް ގޮސް ބަލައިލިއިރު ހުރީ ރާދިން.. ރާދިން އަހަރެންގެ ކުއްޖެއްހޭ އެހުމުން އަހަންނަށް ނޭންގުނު ބުނާނެ އެއްޗެއް.. ޔާނާގެ ކުއްޖެކޭ ބުނާކަށް ބޭނުމެއްނުވި.. އެހެންވެ އަހަރެން ބުނީ އަހަރެންގެ ކުއްޖެކޭ..” ޝަރްވާން ކިޔައިދިނެވެ.
” އޯ ތެންކިޔު ސޯ މަޗް ވާން.. އަސްލުވެސް އަހަރެން ބޭނުމެއްނޫން ރާއްކޮއަކީ އޭނަގެ ކުއްޖެއްކަން އަންގާކަށް.. އަހަރެން ރާއްކޮއަށް ވިސްނަދޭނަން އިނގޭ..” ޔާނާ ބުނިލިއެވެ. ޝަރްވާން އިތުރު އެއްޗެކޭ ނުބުނެ އޭނާގެ ކޮޓަރިއަށް ވަނެވެ.
ޝައުުން ގެޔަށް އައިއިރު ގޭގައި އައިރާ ނެތުމުން ސުވާލުކުރިއެވެ. ޔާނާއާއި ވާހަކަ ދައްކަން ސިޓިންރޫމްގައި އޭނާ މަޑުކޮއްލީ ޔާނާ ފޫހިވެފައި އިނުމުންނެވެ. ޔާނާ ރާއްކޮ ޝަރުވާންއަށް ބައްޕަ ކިއީ ވާހަކަަ ކިޔައިދިނުމުން ޝައުން ފެށީ ހޭށެވެ. ޝައުންއަކީ ޔާނާއާއި އައިރާގެ ކުޑައިރުގެ ރައްޓެއްސެކެވެ. ޝައުން ރާއްޖެ ބަދަލުވީ އޭނާގެ އުމުރުން 17 އަހަރުގައެވެ. އޭގެ ފަހުން ތިން މީހުން ދިމާވީ ޔާނާމެން ރާއްޖެ ބަދަލުވުމުންނެވެ.
” ޔަންނު އިތުރު ކައިވެންޏެއް ކުރާކަށް ހިޔާލެއްނުކުރަންތަ.. ރާއްކޮއަށް ބައްޕައެއްގެ ލޯބި ބޭނުންވާނެ.. އިރާ ބުނި ކުރިން ދުވަހަކުވެސް ރާއްކޮ ވަރަށް ޝަކުވާކުރިޔޭ އެކަމާ..” ޝައުން ބުނެލިއެވެ.
” އިތުރު ކައިވެންޏެއް ނުކުރާކަށް ނޫން.. ހިތައްއަރަނީ ރާއްކޮއީ އަމިއްލަ ދަރިއެއް ކަމަށް ދެކިގެން ބައްޕައެއްގެ ލޯބިދޭނެ މީހަކާއި ދިމާވާނެ ބާއޭ..” ޔާނާ ބުނެލިއެވެ.
” ވާން ކިހިނެއް.. ވާން އުޅޭ ގޮތުން އަހަންނަށް ހީވޭ އޭނާ ޔަންނު ދެކެ ލޯބިވާހެން.. ރާއްކޮއަށް ކިހާ ރަގަނޅު އޭނަ..”
” ހަ ހަ.. ވާން އަހަރެންދެކެ ލޯބިވާނެ ތަ.. އަހަރެންމީ މީހަކާއި އިނދެ ދަރިއެއްވެސް ހުރި މީހެއް.. ވާން އަދި އެއީ މީހަކާއިވެސް ނީންދެ އިން މީހެއް..ޝައުން ދައްކާ މޮޔަ ވާހަކަ..” ޔާނާ ބުނެލިއެވެ.
ކޮޓަރީގެ ދޮރުމަތީގައި އިން ޝަރްވާނަށް އެދެމީހުން ދެއްކި ވާހަކަ ރީތިކޮއް އަޑުއިވުނެވެ. ” އައި ލަވް ޔޫ ޔާނާ.. އައި ރިއަލީ ޑު.. އިރާދަކުރެއްވިއްޔާ ޔާނާ ތީ އަހަރެންގެ މީހަކަށް ހަދާނަން.. ” ޝަރްވާންގެ ހިތުގައި ވިއެވެ.
****************************
ދުވަސްތައް ފާއިތުވަމުންދެއެވެ. ޔަސީރާ އަދިވެސް މުޅިން ރަގަނޅު ނުވާތީ ޔާނާ އަދިވެސް އެގެޔަށް ހަދައެވެ. ހަވީރު ގަޑީގައި ރާޔާ ގޮވައިގެން ގޮސް އުޅޭއިރު އޭނާއަށް ރާދިން ފެނެއެވެ. ރާޔާ ރާދިންއަށް ނުފެންނަ ހިސާބުގައި ގެންގުޅެވޭތޯ ޔާނާ އަބަދުވެސް ބަލައެވެ.
މިއަދުވެސް ޔާނާއާއި އައިރާ ރާޔާ ގޮވައިގެން ގޮސް އެހުރީ ޔަސީރާމެން ގޭގައެވެ. ޔަސީރާގެ ކޮޓަރީގައި އެމީހުން ތިއްބައި ރާދިން އެތަނަށް އައެވެ. އޭނާގެ ފަހަތުން އަންހެން ކުއްޖަކުވެސް ވަނެވެ. ރާދިންއާއި އެކު އަންހެން ކުއްޖަކު ފެނުމުން ޔާނާގެ ހިތުގައި ޖެހުނެއްކަމަކު އޭނާ މޫނުމަތިން ރާދިންއަށް ދެއްކީ ރުޅިވެރިކަމެވެ.
” ރާދް މިއީ ކޮން ކުއްޖެއްތަ..” ޔަސީރާ އަހައިލިއެވެ.
” މަންމާ މިއީ މަލްކާ.. އަހަރުމެން މިއުޅެނީ ވަރަށް އަވަހަށް އިންނަން ވެގެން.. މަލްކާ މިއީ އަހަރެންގެ މަންމަ އިނގޭ.. ” ރާދިން އެދެމީހުން ތައާރަފުކޮއްދިނެވެ. ޔަސީރައަށް ބަލައިލެވުނީ އޭނާ ގާތުގައި އިން ޔާނާއަށެވެ. އޭނާ ހީކުރީ އެހަބަރު އަޑުއިވުމުން ޔާނާ ކޮންމެވެސް ވަރަކަށް ދެރަވާނެ ކަމަށެވެ. ނަމަވެސް ޔާނާގެ މޫނުމަތިން އެކަހަލަ އެއްވެސް އަސަރެއް ޔަސީރާއަކަށް ނުފެނުނެވެ.
މޫނުމަތިން ފާޅުނުކުރި ކަމުގައި ވިޔަސް ޔާނާގެ ހިތްދަނީ ރޮމުންނެވެ. ގަބޫލުކުރަން ބޭނުންނުވިޔަސް ޔާނާ އަދިވެސް ރާދިންދެކެ އިންތިހާއަށް ލޯބިވެއެވެ. ވީމާ ރާދިން އެހެން މީހަކާއި އިންނަން އުޅޭކަން އެނގުމުން ޔާނާއަށް އަސަރުނުކުރާނެ ހެއްޔެވެ.
” މަންމި ރާއްކޮއަށް އިނގޭ އެބޭބެ.. ރާއްކޮގެ ފުރެންޑެއް އެއީ ދޯ ބޭބޭ..” ޔާނާގެ އުނގުން ފައިބަމުން ރާޔާ ބުނެލިއެވެ. ރާޔާގޮސް މަޑުކޮއްލީ ރާދިންގެ ކައިރީގައެވެ. ރާޔާގެ ކޮލުގައި ހިފައިލަމުން ރާދިން އާއެކޭ ބުނެލިއެވެ. ޔާނާ އަވަހަށް ރާޔާ ގޮވައިގެން އެތަނުން ނިކުތެވެ. ފަހަތުން އައިރާވެސް ދިޔައެވެ.
” ރާދްއަށް އެނގޭތަ އެއީ ޔާނާގެ ކުއްޖެއްކަން..” ޔާނާމެން ދިޔުމުން ޔަސީރާ އަހައިލިއެވެ.
” ޔާ އަހަންނަށް އެނގޭ އެއީ ޔާނާގެ ކުއްޖެއްކަން.. ފުރަތަމަ ދިމާވި އިރަކު އެކަމް ނޭންގޭ.. ޔާނާއާއި ވައްތަރުކަން އެކަނި.. ޔާނާގެ އެއްވެސް ސިފައެއް ރާއްކޮގެ ނުހުރޭ.. ” ރާދިން ދެން ކިޔައިދިނީ ރާޔާއާއި ދިމާވިގޮތެވެ. ޔަސީރާ މަލްކާއާއި ވަރަށް ވާހަކަ ދެއްކިއެވެ. ރާދިންގެ ހިޔާލު ބަދަލުކުރީ ކިހިނެއް ހެއްޔޭވެސް އެހިއެވެ.
ބަރާބަރު 8 ޖެހިއިރު ޔާނާ ހުރީ ތައްޔާރުވެގެން ގޭގެ ދޮރުމަތީގައިއެވެ. ޝަރްވާންގެ އިންތިޒާރުގައިއެވެ. ޝަރްވާން އޭނާގާތު ވާހަކައެއް ބުނަން ބޭނުންވާ ކަމަށް ބުނެ މެސެޖްކުރީ 7 ޖެހިފަހުންނެވެ. އަދި އޭނާއާއި އެކީ ތަނަކަށް ދާން 8 ޖަހާއިރަށް ރެޑީވާށޭވެސް އެމެސެޖްގައި ބުނެފައި އޮތެވެ. ނުދާން ހުރެފައި ޔާނާ ރެޑީވީ ޝައުންއާއި އައިރާ ކިޔާވަރުންނެވެ. ޝަރްވާން ބުނަން ބޭނުންވާ ވާހަކައެއް ގޭގައި ހުއްޓަސް ބުނެވޭނޭ ކިޔައި ޔާނާ ވަރަށް ދެކޮޅުހެދިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.




Salaam everyone
Here is the 7th part of the story..
Mi part v kuruvaane..sorry for that.. aslu maadhan up kuran vegen hury..
I hope yuh all will this part too
Mistakes vx huredhaane checkvx kohnulaa upkohly mi..mistakes vx bunedhehchey ingey ??
Me first dhw
Yeah yuh first Livee ?
Varah reethi hurihaa parteh ves hama regularly kiyan but busy kamun comment nukureveny sorry
And I love tour talent its awesome masha allah
U doing great
Thank you so much Livee
So glad to know that yuh like the story ??
Me second dhw vvvv nyc when next part
Yes yuh second dear
Next partvx varah avahah up kureveythw balaanan ?
Dear mi partvx vvvvv reethi..waiting for next part
Thank yuh so much Ana ?
Ey Varah salhi ey♥️ So proud of you. Can’t wait to know what happens next. Seems really interesting.
Darling so glad to see your comment..
Thank yuh so much ?❤❤❤
Wow mi partvx hama habeys..varah heevey Sharwaange kameh hen.. when next part dear
Thank yuh so much Ninni ?
Vedhaane hama thihen kamahvx..lets see dhw
wown vv reethi mi part ves,,,hama mind blowing anehkaa vaan e ulheni yaanaa ah propose kuran thr?????????nxy part avas kohdhehchey..much love
Thank yuh maya dear
Vedhaan hama ehn kamahvx.. lets see dhw
Mi partvx hama habeys..
Reem ahvx heevany Sharwaan propose kuran hen eulheny..
Waiting for next part
Thank yuh Reem
Vedhaane ehn kamahves..lets see dhw
Keep waiting
awwlhey thank you so much black pearl :*
Waiting for next part ^_^
Welcome dear ?
Next part when? Regular koh comment nukuriyas regular kon kiyan. Story hama varah vess furihama. But mistakes ebahuri. So l hope you will make it right.
Thank yuh Hafeez
Mistakes thah bunedhybaa eyrunnehnu rangalhu kohlan ingeyny ?