ހިވަފެނުގެ ރާނީ 10
ގޭތެރެއިން ދުވަމުން ނިކުމެގެން އައި ފިރިހެންމީހާ ދާތަން ފެނުމުން ނިޝާން ދުއްވައިގަތީ އެމީހާގެ ފަހަތުންނެވެ. އަމްރު ފޯނުގެ ލައިޓު ޖައްސައިގެން ނިކަތުގެ ކޮޓަރިއާއި ދިމާލަށް ދުއްވައި ގަނެއްޖެއެވެ. އަދިވެސް އެތަނުން ނިކަތުގެ ރުއިމުގެ އަޑު އިވެއެވެ. ފޯނުގެ ލައިޓު އަޅުވައިގެން ހުރި އަމްރު ނިކަތުއަށް ބަލާލިއެވެ. ނިކަތު އިނީ ބިންމަތީގައި ކަކޫ ޖަހައިގެން އަންގަމަތީގައި ދެއަތުން ހިފަހައްޓައިގެންނެވެ. ނަމަވެސް ރޮވެމުން ދިޔަ ނިކަތު މަޑުމަޑުން އެއްޗެކޭ ކިޔާކަން އަމްރުއަށް އިހްސާސްވިއެވެ.
“ނިކޫ… ނިކޫ..” އެއަޑު އިވުނު އަމްރު ތިރިވެފައި ނިކަތުގެ މޫނުގައި އަތް ޖައްސާލިއެެވެ. ނަމަވެސް ނިކަތު ނަޒަރު އޭނާގެ މޫނަށް ހުރިނަމަވެސް ނިކަތު ބަަލަމުން ދިޔައީ އެހެން ތަނަކަށެވެ. ބޮލުގެ އެއްފަރާތުން ފައިބަމުން ދިޔަ ލޭތަކުގައި އަތް އެޅުމުގެ ބަދަލުގައި ނިކަތު އަނގަމަތީގައި އަތް އަޅައިގެން އިނުމުން އަމްރު ހައިރާންވިއެވެ. މީ ކޮންކަހަލަ ކުއްޖެއް ބާވައެވެ. އޭނާ ދުވަަހަކުވެސް މިހައި ތަފާތު މިޒާޖެއްގެ ކުއްޖެއް ދެކެފައެއް ނުވެއެވެ.
22 ޑިސެމްބަރ 2002
ދޮރުމަތީގައި ކުޅެން ތިބި ރުކާޔަތާއި ނިކަތު އެތެރެއަށް ވަނީ މަންމަ ގޮވާއަޑަށެވެ. ރުކާޔަތު އެތެރެއަށްވަދެ މަޑުކުރީ ކޮޓަރީގައެެވެ. ނިކަތު ހުރީ އަދިވެސް ތަޝްކީލްގެ ފުރަގަހަށް ވަދެއެވެ. ރުކާޔަތު މަޑުކޮއްލައިގެން ހުރީ ހުޅުވިފައި ހުރި އަލަމާރި ކައިރީގައެވެ. ފާހާނައެއް ހަދަން ހަދާފައިވާ ކުޑަ ތަންކޮޅެއް އެތަނުގެ ފުރަގަހުގައި ހުއްޓެވެ. އެތަން ފޮރުވަން ތަޝްކީލް އިނީ އޭނާގެ ގެންގުޅޭ އެއްޗެހި ނާޅާހުރި އަލަމާރި އެތަނުގައި ބަހައްޓާފައެވެ. ރުކާޔަތަށް އެތަން ފެނުނީ އެއްދުވަހު ނިކަތުއަށް ފިލަން އުޅެން ހަދައިގެން އަލަމާރިއަށް ވަދެ ދޮރުފަތުގައި ޖެހުމުންނެވެ. އަލަމާރީގެ ބިއްދޮށުގައި ހުރި ލަކުޑިގަނޑު ނެއްޓިފައިގ ހުރުމުން އޭނާވަނީ އެތަންކޮޅަށެވެ. ނިކަތު އެދުވަހު އޭނާ ނުފެނިގެން ވަރަށް ރުޔެވެ. ނިކަތު ރޮމުން ބޭރަށް ދިއުމުން އެދުވަހު ރުކާޔަތު ނިކަތުއަށް ވަރަށް މަލާމަތްވެސް ކުރިއެވެ. ތަޝްކީލް އެކަމާއި އެއްޗެހި ކިއުމުން އޭގެ ފަހުން ރުކާޔަތް އެތަނަކަށް ވަދެއެއް ނުހަދައެވެ.
ބޭރުން ތަޝްކީލް ކޮންމެވެސް މީހަކުދެެ ރުޅިއައިސްގެން ވާހަކަ ދައްކާ އަޑު އިވުމުން ރުކާޔަތު ފިލާގަނޑު އެއްފަރާތް ކޮއްލާފައި އެތަންކޮޅަށް ވަދެއްޖެއެވެ. މިއަަދުވެސް ނިކަތުގެ ރޯނެއޭ ހިތަށް އަރާފައި ރުކާޔަތު އިނީ އަނގަމަތީގައި އަތް އަޅައިގެން ހޭންށެވެ. ރުކާޔަތަކީ އެއް އިރެއްގައިވެސް އަނދިރި ތަންތަނަށް ވަންނަން ބިރު ގަންނަ ކުއްޖެއް ނޫނެވެ. ނަމަވެސް ކުއްލިއަކަށް ބިރުވެރި ކަމެއް އޭނާގެ ހިތުގައި އުތުރި އަރައި ގަނެފިއެވެ. ތަޝްކީލްއާއި ނިކަތު މިހާރު ހަޅޭލަވަމުން އެދަނީ ބިރުންކަން ރުކާޔަތަށް ދެނެގަނެވުނެވެ. އަވަހަށް އައިސް ދާރަތަކުގައި ލޯ ޖަހަމުން ރުކާޔަތު ބޭރަށް ބަލާލިއެވެ. ތަޝްކީލް އުޅެނީ ކޮންމެވެސް މީހަކު ކޮަޓަރިއަށް ވަނަނުދީ ދޮރު ލެއްޕޭތޯއެވެ. ނަމަވެސް އެމީހާއަށްވުރެ ތަޝްކީލް ގަދައެއް ނުނެވުނެވެ. ކޮަޓަރިއަށް ވަން ފިރިހެންމީހާ ތަޝްކީލްގެ އަތުގައި ހިފައި ހޫރާލިތަން ފެނުމުން ރުކާޔަތު ބިރުން ޖެހެވުނީ ފަހަތަށެވެ. ނަމަވެސް އަނެއްކާ އޭނާ ދެވަނަ ފަހަރަށް އެތަނުގައި ލޯޖަހައި ބަލަން މަޖުބޫރު ކުރުވީ ނިކަތު ވޭނީ ރުއިމުގެ އަޑުންނެވެ.
ރުކާޔަތު ދުރުގައި ފިރިހެން މީހާއަށް ބަލާލިއެވެ. އެމީހާ އޭނާއާއި ދިމާލަށް އެނބުރޭތޯ މަޑު ކޮއްގެން ހުއްޓައި އަނެއްކާވެސް ތަޝްކީލް ތެދުވެގެން އައިސް ނިކަތުގައި ހިފައި ކޮއްޕާލަމުން ދުއްވައި ގަންނަން ބުނެލިއެވެ. އެމަންޒަރު ފެނުނު ރުކާޔަތު ނިކަތުއަށް ގޮވާލަން ބޭނުންވިއެވެ. އޭނާއާއިކު އެތަންކޮޅަށް ވަދެ ފިލަން އަންނާށޭ ބުނަން ބޭނުންވިއެވެ. ދެރައީ ރުކާޔަތަށް ގޮވާލަންވެސް ނުކެރުމުންނެވެ.
1 ޑިސެމްބަރ 2018
“ނިކޫ… ނިކޫ..” އެއަޑު އިވުނު އަމްރު ތިރިވެފައި ނިކަތުގެ މޫނުގައި އަތް ޖައްސާލިއެެވެ. ނަމަވެސް ނިކަތު ނަޒަރު އޭނާގެ މޫނަށް ހުރިނަމަވެސް ނިކަތު ބަަލަމުން ދިޔައީ އެހެން ތަނަކަށެވެ.
ފޯނުގެ ލައިޓް ނިއްވާލަމުން އަމްރު މަޑުމަޑުން ނިކަތު ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ. އަދި ލޭ އަންނަމުން ދިޔަ ތަނުގައި އަތް ޖައްސާލިއެވެ. މިވީ މަހެއްހާ ދުވަހު އޭނާ ރުޅިއައީ އަމިއްލަ ނަފްސުދެކެއެވެ. އެކަމުގެ ރުޅި ނިކަތުއަށްވެސް ބޭލުނެވެ. މިވަގުތު ނިކަތުއަށް މުހިންމީ މީހެއްގެ އަޅާލުންކަން އަމްރުއަށް އެނގެއެވެ. މަޑުމަޑުން އިށީނދެ އަމްރުގެ އަތު ތެރެއަށް ނިކަތު ލަމުން އޭނަގެ ބޮލުގައި އަމްރު ތުންފަތް ޖައްސާލިއެވެ. މަޑުމަޑުން ރުއިން ހުއްޓެމުން އައިސް ގައިން ވަރުދޫވި އިރުވެސް އަމްރު ހުރީ ކުރިންވެސް ހުރިގޮތަށެވެ. ގަޔަށް ގުޑުމެއްވެސް ނުގެނެއެވެ. އެއްކޮށްހެން ނިކަތު ހުއްޓާލުމުން އަމްރު މަޑުމަޑުން ތިރިއަށް ބަލާލިއެވެ. އަދި ނިކަތު އަތްމައްޗަށް ލައިގެން އަމްރު ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ. ނިޝާން ޑޮކްޓަރ ގެނައުމުން އަމްރުވެސް މަޑުކޮއްލައިގެން ހުރީއެވެ. އޭނާ އެތަނުން ދާކަށް ބޭނުމެއް ނުވިއެވެ.
ނިޝާން އަމްރު ކައިރީގައި އެއްވެސް ވާހަކައެއް ނާހައި މަޑުކޮއްލީ ނިކަތުއަށް އިތުބާރު ކުރާތީއެވެ. ނަމަވެސް ނިކަތު ރުއި އަޑު އިވުމުން ނިޝާން ހުރީ ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ. އެއްވެސް ބަފައެއް އެމީހެއް ދަރިއެއް ރޯއަޑު އަހާކަށް ބޭނުމެއް ނުވާނެއެވެ. ސާރާގެ ކޮޓަރީީގައި އޮތް ނިކަތު މިހާރު އޮތީ ނިދިފައެވެ. ގެއަށްވަން އަމްރު އެއްވެސް ވަރަކަށް މަޑެއް ނުކުރެއެވެ. ލައިގެން ހުރި އެއްޗެހި މެޝިނަށް ލުމަށްފަހު އޭނާ ވަނީ ފާހާނައަށެވެ. އެއްވެސް ވަރަކަށް އޭނާގެ ސިކުނޑިން ނިކަތު ނެރެވޭ ގޮތެއް ނުވިއެވެ. މާގަނޑުން ފެންތައް ބޮލަށް ފައިބައިމުން ދިޔައިރު އަމްރުހުރީ ލޯ މަރާލައިގެންނެވެ. އޭނާއަށް އެއީ ނިކަތުއެއް ނޫނޭ ހިތް ބުނަނީ ކީއްވެ ހެއްޔެވެ؟
ނިދާ ހޭލެވުނު އަމްރު ބަލާލީ ގަޑިއަށެވެ. އޮފީހުގައި ނިކަތު ހުންނާނެ ކަން އެނގުމުން އޭނާ ފެންވަރައިގެން ތައްޔާރު ވެލިއެވެ. އޮފީހަށް ވަން އަމްރު ވަގުވަގަށް ބަލާލީ ނިކަތު އިންތޯއެވެ. އިސްޖަހައިގެން އިން ނިކަތު އެއްފަހަރުވެސް އޭނާއާއި ދިމާލަށް ބަލައެއް ނުލައެވެ. ރޭގައި އެވަރު ބޮޑު ވާހަކައެއް ބުނެފައި އެހެން އަޅާ ނުލައި ހުރުމުން އަމްރު ކުޑަކޮށް ރުޅި އަންނަ ގޮތްވެސް ވިއެވެ. ގޮނޑިން ތެދުވެގެން ގޮސް ނިކަތުގެ ކެބިންއަށް އަމްރުވަނީ ނިކަތު އެއްވެސް ފަރުވާލެއް ނުދީ އިނުމުންނެވެ. ކުރިމަތީގައި ހުރި ގޮނޑީގައި އިށީން އަމްރު މޭޒުގައި ޓަކި ޖަހާލުމުން އެފެހި ލޮލުން ނިކަތު އަމްރުއަށް ބަލާލިއެވެ. ވަގުތުން އަމްރުގެ މެއަށް ފިނިވެގެން ދިޔައެވެ. އެތަނަށް އަހަންއައި ވާހަކަވެސް ހަނދާން ނެތުނު ކަހަލައެވެ.
“އަމްރު..” ދުރުން އިވިގެންދިޔަ އީމާނާގެ އަޑުން އަމްރުގެ ގޮނޑިން ތެދުވެލާފައި އަވަހާ ބަލާލިއެވެ. އޭރު އީމާނާގެ ފުރަގަހުން ހުއްޓިހުރި ފިރިހެންމީހާ ފެނުމުން އަމްރުގެ ލޭކެކި ގަތެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ބަލާލީ ތެދުވެގެން އައި ނިކަތުއަށެވެ.
“ތަޝްކީލް…” ޝައްމޫންއަށް ގޮނޑިން ތެދުވެގެން އައި ނިކަތު ފެނުމުން ފުރަތަމަވެސް ބުނެވުނީ އެހެންނެވެ. އޭނާ މިއަދު މިތަނަށް އައީ ކޮންމެހެން އަންނަން ބޭނުން ވެގެނެއް ނޫނެވެ. އެކަމު މިހާރު ދާހިތް ކެނޑިނއްޖެއެެވެ.
“ނިކަތު ނިޝާން…” ކޮންމެ މީހަކު އޭނާ ފެނުމުން ތަޝްކީލްއޭ ކިޔާތީ މިހާރު އޭނާ ރުޅި އާދެއެވެ. ނުވެސް ދަންނަ މީހަކުވެސް އެހެން ބުނެފާނެވެ. ނިކަތު ސަލާމަށް އަތް ދިއްކޮށް ލުމުން ޝައްމޫން ދަރިފުޅުގެ އަތުގައި ހިފާލީ ލޯބިންނެވެ. ނަމަވެސް އެކުއްޖާ ނިކަތު ނިޝާންއޭ ބުނުމުން ދެރަވިއެވެ.
“ނިކަތު… މީ ކާކު ކަން އެނގޭތަ؟..” އީމާނާ ބޭނުންވީ ނިކަތު އެއްވެސް އެއްޗެއް ހަނދާން ހުރިތޯ ބަލާށެވެ. ނިކަތު ޝައްމޫންގެ މޫނަށް ބަލާލަމުން ބޯއަރި ކޮއްލިއެވެ. އިރުކޮޅަކު އެހެން ހުރެފައި ބޯހޫރާލަމުން ނޫނެކޭ ބުނެފިއެވެ. އެމަންޒަރު ފެނުނު އީމާނާ ފުންނޭވާއެއް ދޫކޮއްލިއެެވެ.
“މީ ނިކޫގެ ބައްޕަ…”
“ބައްޕަގެ ރައްޓެއްސެއް…” ޝައްމޫން އެހެން ބުނުމުގެ ކުރިން އަމްރު އަވަހާއި ބުނެލައިފިއެވެ. އޭނާއަށް ރޭގައި ނިކަތުއަށް ވީގޮތް ފެނުނެވެ.
“މަންމާ.. ކީއްކުރަން މަންމަގެ ލޯބިވެރިޔާ ގޮވައިގެން ތިއައީ…” އަމްރު ބޯ ދެފަރާތަށް ގެނދަމުން އެހެން ބުނެލީ މަލާމާތުގެ ރާގަކަށެވެ. އީމާނާ ވަގުތުން ރުޅިއައެވެ.
“އަމްރުއަށް އިނގޭނެ ކީއްވެކަން…” އީމާނާވެސް ހަމަ އެރާގުގައި ބުނެލިއެވެ. ޝައްމޫން އަދިވެސް ކަޅި ޖަހާނުލައި ބަލަންހުރީ ނިކަތުގެ މޫނަށެވެ. އެއީ ނިކަތުއެއް ނޫނެވެ. ޝައްމޫނަށް ޔަޤީންވާހައި ވެއެވެ.
“އަހަންނާ ނިކަތުއާ ކުރިއަށް އޮތް ދިހަ ދުވަސް ތެރޭގައި އިންނަން މިއުޅެނީ..” ނިކަތުގެ އުނަގަނޑުގައި އަތް އަޅުވާލަމުން އޭނާގެ ކައިރިއަށް ގެންނަމުން އަމްރު ބުނެލިއެވެ. އީމާނާ މޫނު ވަގުތުން ބަނަވެގެން ދިޔަކަން އަމްރުއަށް ފާހަގަ ވިއެވެ.
“އަމްރު ކޮން ސަކަރާތެއްތީ؟…” މިހާރު އީމާނާ ހުރީ ވަަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އަމްރު ނިކަތު ގޮވައިގެން އެތަނުން ނިކުގެން އައިސް މަޑު ކޮއްލި ހަވަނަ ބުރީގައެވެ. އެތަނުގެ ސޯފާގައި އިށީންނަމުން ނިކަތު އަމްރުގެ އަތް ފޮޅުވާލިއެވެ.
“ކިހިނެއްވީ؟ އަހަރެން ހީކުރީ ނިކަތު އަހަންނާ އިންނަން ބޭނުންވާ ކަމަށް… އަސްލުވެސް ބަނޑުބޮޑުތަ؟..” އަމްރު ނިކަތުގެ މޫނު ކައިރިއަށް ގުދުވަމުން ބުނެލިއެވެ.
“އަހަރެން އަމިއްލައަށްވެސް މިބޭބީ ބެލިދާނެ.. އަމްރު ހާދަ ބިރެކޭ ތި ގަންނަނީ…” ނިކަތު މަލާމާތުގެ ރާގަކަށް ހީގަންނަމުން ބުނެލިއެެވެ.
“ޔެސް އައި ކޭންޓް އެފޯރޑް ޓު ލޫސް މައި ޖޮބް އެންޑް ކެރިއަރ… ނިކަތު ވިހެއީމަ ވަރިކުރާނަން…” އަމްރު އެހެން ބުނެލި ގޮތުން ހަޤީޤަތުގައިވެސް އަމްރު ހުރީ އިންނަ ގޮތަށްކަން ނިކަތުއަށް އެނގުނެވެ. ނަމަވެސް ބަނޑުބޮޑުވެ ހުރެ އިނުމަކީވެސް ގޯސްކަމެކެވެ. ނިކަތު ވިސްނަން އިނުމަށްފަހު އެންމެ ފަހުން ބޯ ޖަހާލިއެވެ. މިވަގުތަށް ކަންތައް ކުރަން އެންމެ ރަނގަޅު ގޮތަކީ އެއީ ކަމުގައި ނިކަތުވެސް ދެކުނެވެ. ދެމީހުންވެސް ވާހަކަ ދައްކަން މަޑުކޮއްލައިގެން ތިބީއެވެ. އަމްރު ބޭނުންވީ އެމީހުންގެއަށް ނިކަތު ބަދަލުވާށެވެ. އެއީ އޭނާގެ ބައްޕަ އެގޭގައި އެކަނި އުޅޭތީއެވެ. އެގޮތާއި ނިކަތު އެއްބަސްވެސް ވިއެވެ. ނަމަވެސް ނިކަތުގެ ހިތުގައި ޖެހުނީ އެންމެ ޖުމްލައެކެވެ.ނިޝާންއާއި ކައިވެނީގެ ވާހަކަ ދެއްކީ އަމްރުއަށް އިސްވެއެވެ. ނިޝާން ރުހި ޤަބޫލުވީ އަމްރުއަކީ ރަނގަޅު މީހަކަށް ވާތީއެވެ. އަމްރުއާއި ނިކަތުގެ އެދުމުގެ މަތިން ދެމީހުންގެ ކައިވެނި ކުރެވިގެން ދިޔައީ ނިކަތު މެންގޭގައެވެ. އީމާނާ ކިތަންމެ ރުޅިއައި ނަމަވެސް ދަރިފުޅުގެ ކައިވެނީގައި ބަރިވެރިވިއެވެ.
ނިކަތު އަމިއްލަ އެއްޗެހި ހިފައިގެން އަމްރުގެ އެޕާރޓްމަންޓަށް ވަދެ އެތެރެ ބަލާލިއެވެ. ކުރިން އައި ނަމަވެސް އެވަރަކަށް އެތަނަކަށް އޭނާ ނުބަލައެވެ. ދެކޮޓަރި ހުރެފައި އެތަނުގައި ބޮޑު ސިޓިންރޫމްއެއް ހުއްޓެވެ. ހުރިހައި ފަރުނީޗަރެއް ހުރީ ހުދުންނެވެ. ނިކަތުގެ ލޮލަށް އުނދަގޫވެސް ވިއެވެ. އަމްރުގެ ފަހަތުން މަޑުމަޑުން އައިސް އޭނާގެ ކޮޓަރިއަށް ވަންނަން އައިސްފައި މަޑު ޖެހުނީ އަމްރު މަނާކޮއްލުމުންނެވެ. އަތުގެ އިޝާރާތުން ޖެހިގެން ހުރި ކޮޓަރި ދައްކާލުމުން ނިކަތު ބޯއަރި ކޮއްލީ ވާނުވާއެއް ނޭނގޭ ކަހަލަގެ ގޮަތަކަށެވެ. މިވަނީ ކިހިނެއް ކަމެއް ނޭނގިހުރި ނިކަތު ފަހަތަށް ޖެހިލީ އަމްރުގެ ކޮޓަރީގެ އެތެރެއިން ލިވިއާ ނިކުތުމުންނެވެ. އަދި ހީގަނެފައި އަމްރުގެ ތުންފަތުގައި އޭނާގެ ތުންފަތް ޖައްސާލަމުން އަމްރު ކޮޓަރިއަށް ވައްދައި ދޮރު ލައްޕާލިއެވެ. ލޮލުގެ ކުރިމައްޗަށް ފެނުނު މަންޒަރު ޤަބޫލު ކުރަން ދަތިވި ނިކަތު ލޮލުން ވަގުތުން ދިލަ ނަގައި ގަތެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް އެއްވެސް ފައިބައި ގަތުމުން ނިކަތު އަތުގެ ނުފުށުން އެފުހެލަމުން ޖެހިގެން ހުރި ކޮޓިއަށް ވަނެވެ.
ހެނދު ހެނދުނާއި ހޭލައިގެން އަމްރު ނިކަތްއިރު ނިކަތު ފެންނާކަށް ނެތެވެ. ރޭގައި ފެނުނު ކަންތަކުން އަނެއްކާ ނިކަތު ރުޅިއައީ ބާވައެވެ. އަމްރު ނިކަތުގެ ކޮތަރީގެ ތަޅުގައި ހިފާލިއިރު ދޮރު ހުރީ ހުޅުވާފައެވެ. މަޑުމަޑުން އެތެރެއަށް ބޯދިއްކޮށްލިއިރު ފާހާނައައިން އަޑެއް އިވެއެވެ. އަވަސް ފިޔަވަޅުތަކެއް ނަގަމުން އައި އަމްެރު ފާހާނާގެ ދޮރު ކައިރީގައި މަޑުކޮއްލިއެވެ. ނިކަތު ގުދުވެގެން ހޮޑުލަން އޮތްތަން ފެނުމުން އަމްރުގެ މޫނަށް ވެރިވީ ފަނޑު ހިނިތުން ވުމެކެވެ. ކުޑަކޮށް ފަލަވެލާފައި ހުރި ނިކަތުގެ ބަނޑު މިހާރުވެސް ހުރީ ކުޑަކޮށް ފެންނާށެވެ. އުނަގަނޑުމަތިން ފުޅާވެފައި ހުރިއިރު، ގައިގެ ބައްޓަން ކުރިއަށްވުރެ ރީތި ވެއްޖެއެވެ. އަންހެނެއްގެ ރީތިކަން އެނގެނީ އޭނާ ބަނޑުބޮޑު ވުމުންނޭ ބުނާ ބުނުމަކީ މިއީ ބާވައެވެ.
“ވަޓް..” އަނގަމަތީގައި ތުވާލި ކޮޅެއް ޖައްސައިގެން ތެދުވި ނިކަތު ބުނެލިއެވެ. އަމްރު ބޮކްސާ އެކަނި ލައިގެންހުރި ތަން ފެނުމުން ނިކަތުގެ ހިތުގެ ވިންދު އަވަސްވިއެވެ. އަވަހާއި ތިރިއަށް ބަލާލަމުން އެތަނުން ނިކުމެއްޖެއެވެ. އެމަންޒަރު ފެނުނު އަމްރު މޫނަށް ވެރިވީ ނުބައި ހިނިތުން ވުމެކެވެ.
“ކަމެއް ނުވޭ..” އަމްރު އައިސް ނިކަތުގެ އަތުގައި ހިފާލަމުން އޭނާއާއި ވީ ފަރާތަށް އަނބުރާލިއެވެ. އަދި ނިކަތުގެ ތުންފަތުގައި އިނގިލި ޖައްސާލަން އުޅުނެވެ. ނަމަވެސް ފަހަތަށް ޖެހުނު ނިކަތު ބަލާލީ ދުރަށެވެ. ރޭގައި ހިނގައިދިޔަ ހާދިސާ އޭނާގެ ހިތުގައި ބިންވަޅު ނެގުނު ކަހަލައެވެ.
“ޑޯންޓް ޓަޗްމީ….” ދުރަށް ހިނގާފައި ދިޔަ ނިކަތުގެ ފަހަތުން އަމްރު ކޮޓަރިއަށް ނިކުމެ ސ÷ޯޓެއް ލައިގެން އައިސް ސޯފާގައި އިށީނެވެ. ދެމީހުންވެސް އެއްމަހުގެ ޗުއްޓީގައި ތިބުމުން ވަކި ކުރާކަށް ކަމެއް ނޯވެއެވެ. ނިކަތު ދޭތެރެއަކުން ހޮޑުލާތީ އަމްރު ކަންބޮޑުވެއެވެ. ނަމަވެސް އެކަމާއި އެއްޗެކޭ ނުބުނެއެވެ. ދުވަސް ހޭދަ ވަމުން ދިޔައީ ފޫހިކަން މަތީގައެވެ.
ނިދިފައި އޮތް ނިކަތުގައި ހޭލެވުނީ އޭނާގެ ފައިގައި މީހަކު އަތްލާތީއެވެ. ކުޑަކޮށް ލޯ ހުޅުވާލަމުން ނިކަތު ބަލާލިއެވެ. އަމްރުކަމަށް ހީކޮށް އަނެއްކާވެސް އަނެއް ފަރާތަށް އެނބުރި ނިކަތު ނިދީއެވެ. ރަޖާގަނޑު އެއްފަރާތަށް ކެހުނުހެން ހީވެގެން ނިކަތު ބަލާލިއެވެ. އަމްރު ނިކުމެގެން ދިޔަތަން ފެނުމުން ނިކަތު މަޑުމަޑުން އެދިމާލަށް ދިޔައެވެ. ކޮޓަރިން ނިކުތް ބަލާލީ ލެއްޕުނު އެޕާރޓްމަންޓް ދޮރާއި ދިމާލަށެވެ. މިވަގުތު އަމްރު ގެއިން އެދަނީ ކޮންތާކަށް ހެއްޔެވެ؟ ކުއްލިއަކަށް ޖެހިގެންހުރި ކިޓަރީގެ ދޮރު ހުޅުވާފައި އަމްރު ނިކުމެގެން އައިތަން ފެނުމުން ނިކަތު އިނީ ދެލޯ ބޮޑު ކޮއްލައިގެންނެވެ. އެއީ އަމްރު ނޫންކަން އޭނާއަސް ޔަޤީންވިއެވެ. ކޮޓަރީގެ ދޮރު މަތީގައި ހުދުވެފައި އިން ނިކަތު ފެނުމުން ފުރަތަމަ އަމްރު ބިރުގަތީއެވެ. އެއޮށް ދޮންމީހާ އިތުރަށް ދޮންހެން ހީވެއެވެ. ނިކަތުއަށް އިނީ ހިނގައި ގަންނަންވެސް ނޭނގިފައެވެ. ކައިރިއަށް އައިސް ހުއްޓުނު އަމްރު ނިކަތުގެ އަތުގައި ހިފާލަމުން ތަޅުވާލިއެވެ.
“އަމްރު…” ނިކަތު ތުރުތުރު ލަމުން ދިޔައަޑުން އެހެން ބުނެލިއެވެ.
“ޔެސް…” ފެންފުޅިން އަނގައަށް އަޅާލަމުން އަމްރު ބުނެލިއެވެ. ނިކަތުއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އަމްރުގެ އަތުގައި ހިފަމުން ނިކަތު އަމްރުއާއި ކައިރިވެލިއެވެ.
“މީހަކު ދެންމެ ކޮޓަރިއަށްވަން..” އަދިވެސް ނިކަތު ހުރީ ކުރިއެކޭ އެއްގޮތަށް ބިރުގަނެފައެވެ.
“ސީރިއަސްލީ… ނިކަތު މީހުން ވައްދާފަ ތޯ ތިހެން ތިކިޔަނީ..” އަމްރު ހިނިގަނޑެއް ޖަހާލަމުން އެހެން ބުނިއިރު އެއްފަހަރުވެސް ނިކަތުގެ މޫނަކަށް ބަލައެއް ނުލައެވެ. ލީމަރާލި ނިކަތު ހިނގައިގަތީ އަމްރުގެ ކޮޓަރިއާއި ދިމާލަށެވެ. އެކޮޓަރީގެ ދޮރު ހުޅުވާލަމުން އެތެރެއަށް ނިކަތުވަނީ އަނެއް ކޮޓަރީގައި އެކަނި އޮންނަން ނުކެރޭނެތީއެވެ. ނަމަވެސް ކުރު ސޯޓު ކޮޅުގައި އެ އެނދުގައި އޮތް ލިވިއާ ފެނުމުން ނިކަތު ޝަކުވާ ކުރާ ކަހަލަ ގޮތަކަށް ބަލާލިއެވެ.
“އަހަރެން ބުނިންދޯ. މިީ ކައިވެންޏަކަށް ނުކިޔާނޭ..” އަމްރު ބަލަބަލައި ހުއްޓައި ނިކަތުގެ ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ނިކަތު އިސްޖަހާލުމާއެކު އެއްވެސް ހިފެހެއްޓުމެއްނެތި އެކަރުނަތަށް ފައިބައިގަތެވެ. އަދި މަޑުމަޑުން ބަނޑާއި ދިމާލުން އަތް ހިންގާލިއެވެ. ނޭނގުމުގައި އެހެން ހަދާލެވުނު ނަމަވެސް އެކަން އަމްރުއަށް ވަރަށް ފާހަގަ ކުރެވުނެވެ.
ރުޅިއައި ނިކަތު ކުޑަ ދަބަހަކަށް އެއްޗެހި އަޅައިގެން ދިމާކުރީ އެތަނުން ނިކުންނާށެވެ. އުނަގަނޑުގައި އަތް ވިދެލި އަމްރު މައްޗަށް ބަލާލަމުން އެތަނުން ނިކުމެގެން ދިޔަ ނިކަތުގެ ފަހަތުން ނިކުމެއްޖެއެވެ. ނިކަތުގެ އަތުގައި އަދިވެސް ގޭގެ ތަޅުދަނޑި އޮތުމުން އޭނާ އެއްވެސް ކަމަކާއި ހާހެއް ނުވެއެވެ. މީހަކާއި އިނދެގެން ދެހަފްތާ ނުވަނީސް އަނެއްކާ އަމިއްލަ ގެއަށް އެނބުރި އަންނަން ޖެހުނީއެވެ. އަމްރު ފަހަތުުގައި ހުރިކަން އެނގޭއިރުވެސް ނިކަތު އަޅައެއް ނުލިއެވެ. އެދިޔަ ގޮތަށް ކޮޓަރިއަށްވަދެ ދޮރު ލައްޕައިފިއެވެ.
“ނިކޫ..” ދޮރުގައި ޖަހާލަމުން އަމްރު ގޮވާލިއެވެ. ނަމަވެސް ނިކަތު ހުރީ އެއަށްވުރެ ބޮޑަށް ރުޅިއައިސްފައެވެ.
“އޯޕެން ދަ ޑޯރ…” އަަމްރު މިފަހަރު ޖަހާލީ ތަންކޮޅެއް ބާރަށެވެ. ނިކަތު ކުޑަކޮށް ދޮރު ހުޅުވާލަމުން ބޯދިއްކޮށްލިއެވެ. އެމަންޒަރު ފެނުނު އަމްރު ހިނިއައި ނަމަވެސް ހުރީ އެތެރެއަށް ހިންދާލައިގެންނެވެ.
“އިޒް ދިޒް ޕްރެގްނެންސީ ތިން..” ނިކަތު އިތުރަށް ރުޅިއަންނަ ގޮތްވީ އަމްރު އެހެން ބުނީމައެވެ. އެހެނަސް މިފަހަރު ނިކަތު ދޮރު ޖެހުމުގެ ކުރިން އަމްރު ދޮރުގައި ހިފައި އެތެރެއަށް ވަދެއްޖެއެވެ.
“މީހަކު އުޅެއޭ ބުނީމަވެސް އަމްރު ޤަބޫލެއް ނުކުރޭ…” ނިކަތު ދައްކަމުން ދިޔަ ވާހަކަ ހުއްޓާލީ އަމްރުގެ ފޯނު ރިންގްވާން ފެށުމުންނެވެ. ފޯނުގެ ސްކިރީނަށް އަރާފައިވާ ލިވިއާގެ ނަން ފެނުމުން ނިކަތު އަމްރުގެ އަތުން ފޯނު ޖަހައި ގަނެއްޖެއެވެ. އަދި އެ ކަނޑާލަމުން ދެއަތް ފުރަގަހަށް ފޯނު ނުދޭށެވެ.
އެމަންޒަރު ފެނުނު އަމްރު ވަގުތުން ނިކަތުގެ އަތުން ފޯނު އަތުލަން ކައިރިވެލިއެވެ. އަތުގައި ހިފައި ގަޔާއި ކައިރިއަށް ދަމާލަމުން އަމްރު އެމޫނަށް ބަލާލިއެވެ. ފުރިހަމަ ކަމުގެ ލާމަސީލު ނަމޫނާއެކެވެ. ނިކަތުގެ ހޭވިފައި ހުރި އިސްތަށިގަނޑު ރީތި ކޮއްލަމުން އަމްރު ބުރަކަށިން ތިރިއަށް އޭނާގެ އަތް ހިންގާލިއެވެ. ލޯމަރާލި ނިކަތު ބޮޑަށް އަމްރުއާއި ކައިރި ވެވުނީއެވެ. އަތުން ދޫވެގެން ތިރިއަށް ވެއްޓުނު ފޯނަށް ދެމީހުންކުރެ އެކަކުގެވެސް ބަލައެއް ނުލައެވެ. އަނެއްކާވެސް ފޯނު ރިންގްވާން ފެށިއެވެ. މިފަހަރުވެސް ލިވިއާއެވެ.
“މީ އޮ ހަރ…” ނިކަތު އެހެން ބުނެލަމުން އަމްރުގެ މޭގައި އަތް ޖައްސާލިއެވެ. އަދި މަޑުމަޑުން ކޮރާލަމުން އަމްރުގެ ތުންފަތުގެ މީރުކަން ހޯދިއެވެ.
“އޮފްކޮޒް ޔޫ…” އަމްރު އެހެން ބުނަމުން ނިކަތުގެ ފައިފަލަމަސްގަނޑުގައި ހިފައި މައްޗަށް އުފުލާލިއެވެ. އެއާއެކު ނިކަތު ދެފައި ވަށާލީ އަމްރުގުގެ އުނަގަނޑުގައެވެ. އަމްރު މަޑުމަޑުން ހިނގައިގަތީ އެނދާއި ދިމާލަށެވެ. މަޑުމަޑުން ނިކަތު ލައިގެންހުރި ޓީޝާޓްގައި ހިފައި އެހަށިގަނޑުން ވަކިކޮއްލި އަމްރު ލޯމަރާލިއެވެ. ކުރިއަށްވުރެވެސް ނިކަތު ފުރިހަމަހެން އަމްރުއަށް ހީވެއެވެ. އުފުލިފައިވި ކުޑަކުޑަ ބަނޑަށް އަމްރު ބަލާލަމުން ބަނޑުގައި ތުންފަތް ޖައްސާލިއެވެ. އަދި އެހެން އޮވެ ނިކަތުއަށް ބަލާލީ މަސްތުން ފުރިގެންވި ބެލުމަކުންނެވެ. ނިކަތު މަޑުމަޑުން ތެދުވެ އިށީނދެލީ އަމްރުގެ އުނގުގައެވެ. ނިކަތު އަމްރުގެ ކަނދުރާގައި ތުންފަތް ޖައްސާލަމުން އެބުރަކަށީގައި އަތް ހިންގާލިއެވެ.
ލޯމަރާލަމުން ފަހަތަށް ދިޔަ އަމްރު ނިކަތުގެ އިސްތަށިގަނޑުގައި ހިފައި ދުރުކޮށްލަމުން އެތުންފަތުގައި އޭނާގެ ތުންފަތް ޖައްސާލިއެވެ. އަދި މަޑުމަޑުން ނިކަތުގެ ގައި އަތް ހިންގާލިއެވެ. އަމްރުގެ ކޮންމެ ގޯނާއަކަށް ނިކަތުއަށް ލިބުނީ ފޮނި އަރާމެކެވެ. އަމްރު ނިކަތުގެ ތިރީ ތުންފަތުގައި ދަތްއަޅާލަމުން ބޮޑަށް ނިކަތުއާއި ކައިރިވެލިއެވެ.
“ޔޫ މައި ވައިފް އަރ ދަ ޕްރިޓިއަސްޓް ތިން..” އެހެން ބުނި އަމްރު ނިކަތުގެ ލައިގެން އިން ހަރުވަޅު ދަމައި ގަންނަމުން ނިކަތުގެ ދެފައި އޭނާގެ ދެފަރާތަށް ލަމުން ގުދުވެލިއެވެ. ކައިރިއަށް ގުދުވެލި އަމްރި ނިކަތުގެ ނިކުގައި ތުންފަތް ޖައްސާލިއެވެ. އަދި ނޭފަތުގައިވެސް މެއެވެ. މަޑުމަޑުން ނިކަތުގެ ކަނޑުރާގައި ތުންފަތް ޖައްސާލަމުން އަމްރު ހިނިތުންވެލިއެވެ. އަމްރު ނިކަތުގެ ތުންފަތުގައި ދަތްއަޅާލަމުން މަޑުމަޑުން ކުރިއަށް ޖެހިލިއެވެ. ނިކަތު ބާލީހުގައި ދެފަރާތުން ހިފަހައްޓާލީ ނުބެދޭން ނޭނގޭ އަރާމެއް އެހަށިގަނޑުގައި ދައުރު ވުމުންނެވެ. ދެމީހުންގެ ހަރަކާތްތައްވެސް އަވަސްވަމުން ދިޔައެވެ. އަމްރު ނިކަތުގެ ކަނާތް ފަރާތުން ކޮނޑުމަތީގައި ބޯ އަޅާލަމުން ނިކަތުގެ ދެއަތުގައި ހިފަހައްޓާލިއެވެ.
ހެނދުނު ހޭލެވުނު އަމްރު މޯޅިއަކަށް ދެމިލަމުން ހީލިއެވެ. ކައިރީގައި ނިދާފައި އޮތް ނިކަތުއަށް ބަލާލަމުން އަމްރު އެނިތުގައި ބޮސްދިނެވެ. އަދި ނިކަތުއަށް ގޮވާލަން އުޅުނެވެ. ނަމަވެސް އަމްރުގެ ސަމާލުކަން އަތުލައިގަތީ ނިކަތުގެ ފައިކައިރީގައި ހުރި ރަތްކުލައެވެ. އަމްރު ކުއިލްޓް ނަގައި ދުރަށް އެއްލާލިއެވެ. ނޫނެކެވެ. ރަތް ކުލައެއް ނޫނެވެ. ލެއެވެ. އަމްރު އެތަނުގައި އަތް ޖައްސާލިއެވެ. އަދި އަތަށް ބަލާލީ ލޭއަތުގައި ހުރިތޯ ޔަޤީންކުރާށެވެ. ވަގުތުން އަމްރު ނިކަތުގައި ހިފައި ތަޅުވައި ގަންނަމުން ގޮވާލައިފިއެވެ.
ނުނިމޭ
7 Comments
Comments are closed.
What happened to her?? ???
OH GOD WHEN IS THE NEXT PART NINNU?
*WAITING CURIOUSLY*
PLEASE UPLOAD SOON
Vvvv obi..????????????????
Next part avas kolachaY…??????
vvvvvvvvvvvvvvv reethi mi papart vas…
suberb writer????????
Ninnu…….dhen cover pic change kohlan v eh nun .. couple GE pic akah…eyru v furihama vaane hen hyvany…..plxxxx..can u you change the pic……
Im 4th wow v reethi mivaahak i love it ???
Hi dear.ninnu haadha molhey vhk liyan.hyvany Hama vhk therey ga ulhevey hen.plx avahah upload koh dhybala.amru and ruku dhw??. aslu niku aky ruku nun .so amru+ruku=rukam