Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާ ލޯބި އިނގޭ ނަމަ 8

Aami Level 210 Stories100 Comments
November 8, 2018 6 Mins Read
10 Comments

“ބައްޕަމެން ވަރަށް އުފާވެއްޖެ ތި ދެކުދިން ބައްޕަމެންގެ އެދުމާއި އެއްގޮތަށް ކަންތައް ކުރަން އެއްބަސްވީމަ.” މިރުހާން ވެސް ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.

“އެހެންވީމަ ކައިވެނީ ކަންތައް ކުރިއަށް ގެންދާން ވީ އެއްނު. މާ ލަސްކުރަން ހަދާނެ ކަމެއް ނެތެއްނު.” ޔާސިރާ ބޭނުންވީ ވީހާވެސް އަވަހަށް މި ކައިވެނި ކުރުވާށެވެ.

“އަންނަ މަހު 25 ކިހިނެއް ވާނީ؟ ފުދޭ ވަރަކަށް ދުވަސް ވެސް އެބަ އޮތެއްނު އަދި.”  ރިޔާދު އޭނާއަށް ފެންނަގޮތް ހާމަކޮށްލިއެވެ.

“ހަމަ ބަރާބަރުވާނެ.” މިރުހާންއަށް ވެސް ރިޔާދުގެ ހިޔާލުކަމުދިޔައެވެ.    

އެންމެންވެސް ރިޔާދުގެ ބަހަށް ތާއީދުކުރިއެވެ. އެރޭގެ އެ ބައްދަލުވުން ނިމިގެން ދިޔައީ އަންނަ މަހު އަވްލީން އާއި ރާދިންގެ ކައިވެނި ކުރަން ނިންމާފައެވެ. ރިޔާދުއަށް އަވްލީންވެސް މަސައްކަތް ކުރަނީ ރިޔާދު މެންގެ ހޮސްޕިޓަލުގައި ކަން އެނގުމުން ވަރަށް ހިތްހަމަޖެހުނެވެ. ދެކުދިންނަށް މާކުރިންވެސް އެކަކު އަނެކަކު އެނގި ދަސްވާނެކަމަށް ރިޔާދު ހީކުރިއެވެ.

“ދަރިފުޅު ބަނީމެއްނު ދަރިފުޅު ލޯބިވާ ކުއްޖެއް ހުރެޔޭ. ދެން އެހާ ފަސޭހައިން އަވްލީން އާއި އިންނަން އެބަސް ތިވީ އަނެއްކާ ބައްޕަ ބުނީމަ ތަ؟ ނޫނީ ދަރިފުޅު ލޯބިވާ ކުއްޖަކީ އަވްލީން ތަ އަނެއްކާ؟” ކާރުގައި ގެއަށް ދިޔަ ރިޔާދު އޭނާގެ ދަރިފުޅާއި ސުވާލުކޮށްލީ އެހާ ފަސޭހައިން އަވްލީން އާއި އިންނަން އެއްބަސް ވުމުންނެވެ.

“މަންމަ އަށް ވެސް ބޮޑަށް ހީވަނީ ދަރިފުޅު ލޯބިވާ ކުއްޖަކީ އަވްލީން ހެން.” ރާދިންގެ މޫނު މަތީގައި ވީ ހިނިތުންވުން ފެނުމުން ރައުދާ ބުނެލިއެވެ.

“ލައްބަ ބައްޕާ. އަޅުގަނޑު ލޯބިވާ ކުއްޖަކީ އަވްލީން. އެކަމް އަވްލީން އަކަށްވެސް އެކަމެއް ނޭނގޭނެ ކުރިންނެއް. މިރޭގަ އަވްލީންއަށްވެސް އިނގުނީ.” ރާދިން ޖަވާބުދިންއިރު އޭނާ އުފާވެފައިހުރިވަރު އެޑުވެސް އެނގެއެވެ.

“އެހެންވިއްޔާ މާ ރަނގަޅަކަށް ނު މިދިމާވީ. ދަރިފުޅު ލޯބިވާ ކުއްޖާއެއްނު ބައްޕަމެންނަށް މި ހޯދައިދެވުނީ ދަރިފުޅަށް.” އަވްލީން އަކީ ރާދިންގެ ހިތުގެވެރިޔާކަން އެނގުމުން ރިޔާދު އާއި ރައުދާ ތިބީ ވަަރަށް ހިތްހަމަޖެހުނެވެ.

“ލައްބަ ބައްޕާ. އެކަމް ބައްޕަ ކިހިނެއްތޯ އަވްލީންގެ ބައްޕައާއި ރަހުމަތްތެރިވީ؟ ކުރިން ބައްޕަ މިރުހާން އަންކަލްގެ ވާހަކައެއް ނުބުނަމެންނު.” ރާދިން އޭނާގެ ހިތުގައި އޮތް އެންމެ ބޮޑުއެއް ސުވާލުކޮށްލިއެވެ.

“އަސްލު ބައްޕަމެން ދަރިފުޅު ކުޑައިރު ރާއްޖޭން ބޭރަށް ގޮސްއުޅެނިކޮށް އަވްލީންގެ ބައްޕަ އާއި ދިމާވީ. ދެން އޭރު އެހެން އެކީ އުޅެވި ރަހުމަތްތެރިވީ. އެކަމް ރާއްޖެ އައި ފަހުން ދިމާނެވެ އުޅެފަ ބައްޕަ ވަރަށް ފަހުން އިންޑިއަށް ދިޔައީމެއްނު ދޯ. އެފަހަރު އަނެއްކާ ދިމާވެ ވާހަކަދެކެވުނީ.” ރިޔާދު އޭނާ އާއި މިރުހާން ރަހުމަތްތެރިވި ގޮތް ރާދިންއަށް ކިޔާދިނެވެ.

ގެއަށް ދިޔަގޮތަށް ގޮސް ކޮޓަރިއަށް ވަން ރާދިން ހުރީ ވަރަށް އުފާވެފައެވެ. މިއީ އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރިއެއް ދުވަސްކަން ޔަގީނެވެ. ރާދިން އޭނާގެ ފޯނު ނެގީ މާހިލް އާއި ރާހިލް އަށް އެ ޚަބަރެދޭށެވެ.

“އޭ ބުރޯސް ދެމީހުން އައިސްދީބަލަ އިކައް މިގެއަށް. ވަރަށް މުހިންމު ވާހަކައެއް ދައްކަންވެގެން.” ރާދިން ހުރީ މާހިލް މެންނާއި އެ ވާހަކަ ހިއްސާކޮށްލާ ހިތުން ކެއްމަދުވެފައެވެ.

“އޯކޭ އޯކޭ. އެބަދަން އަހަރެމެން.” މާހިލް ޖަވާބުދެމުން ފޯނު ބާއްވާފައި ދިޔައީ ރާހިލް ގޮވާގެން ރާދިން ކައިރިއަށް ދިއުމަށެވެ. ފަނަރަވަރަކަށް މިނެޓް ތެރޭގައި ރާހިލް އާއި މާހިލް ތިބީ ރާދިން މެން ގޭގައެވެ.

“އޭ ބުރަދަރ އަނެއްކާ ކިހިނެއްވީތަ؟ މަ ހީކުރީ ތަނެއް ރޮއިވީކަމަށް.” ކޮޓަރިއަށް ވަދެގެން އައި ރާހިލް ރާދިން އާއި ދިމާކޮށްލަމުން ބުނެލިއެވެ.

“އޭ އަސްލުވެސް ވަރަށް މުހިންމު ވާހަކައެއް ބުނަން ވެގެންނޭ މި ގެނައީ ދެމީހުން.” ރާހިލްއަށް ޖަވާބުދެމުން ރާދިން ހަމަޖެހިލީ ދައްކަން އުޅޭ ވާހަކައަށް ތައްޔާރުވުމުގެ ގޮތުންނެވެ.

“އަވަހަށް ބުނޭ ތި ދައްކަން އުޅޭ ވާހަކައެއް ވީ އަރ ލިސަނިންގް ޓު ޔޫ.” މާހިލް އޭނާގެ ސަމާލުކަން ރާދިން އަށް ހުއްޓާލިއެވެ. ރާހިލް ވެސް ސަމާސާ މޫޑް އެއް ފަރާތްކޮށްލުމަށް ފަހު ރާދިން ބުނަން އުޅޭ ވާހަކައަށް ސަމާލުކަން ދިނެވެ.

“ގައިސް އައި އޭމް ގޮއިންޓު ގެޓް މެރީޑް ސޫން.” ރާދިން ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީލަމުން ބުނެލިއެވެ.

ރާހިލް އާއި މާހިލް ތިބީ ބުނާނެ އެއްޗެއް ނޭނގި އަނގަހުޅުވިފައެވެ. ދެމީހުންނަށް ވެސް ލިބުނީ ޝޮކެކެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އިއްޔައާއި ޖެހެންދެން އަވްލީންގެ ލޯބީގައި ދީވާނާވެފައިވާ މީހާ ކުއްލިއަކަށް މީހަކާއި އިންނަ ވާހަަކަ ބުނުމުން ހައިރާންވާނެއެއްނޫން ހެއްޔެވެ.

“އޭ ދެމީހުން ފާޑަކަށް އަނގަ ހުޅުވާގެން ތި ތިބެނީ ކިހިނެއް ވެގެން. ތި އަނގަ ލައްޕާބަލަ މެއްސެއް އަނގައަށް ވަދެދާނެ.” ރާދިންއަށް އެ ދެމީހުން ތިބި ގޮތް ފެނުމުން ހިނިއައެވެ.

“އެކަމް ކާކާ އިންނަން ތަ؟ ބުނެވެސް ނުލާ. އަވްލީން ދެކެ ލޯބިވެގެން އުޅިފަ ކުއްލިއަކަށް ކިނިހެއްތި ހެދީ؟” މާހިލް އަދިވެސް އިނީ ޝޮކެއްގައެވެ.

“އަސްލު ވީގޮތަކީ މަ ބުނީމެއްނު ބައްޕަ ބުނުއްވިއޭ ބައްޕަގެ ރައްޓައްސެއްގެ ޑޯޓަރއާއި މީޓުކުރަން ދާން މިރޭގަ. ދެން ބައްޕަ ބުނީމަ ނޫނެކޭ ބުނަން ނުކެރިގެން ދިޔައީ.” ރާދިން މާހިލް މެންނަށް ކަންތައް ހިނގާދިޔަގޮތް ކިޔާދިނެވެ. ނަމަވެސް އަދިވެސް އެ ކުއްޖަކީ އަވްލީން ކަން ނުބުނީ ދެމީހުން އިތުރަށް ތަޅުވާލުމަށެވެ.

“ދެން ބައްޕަމެން ބުނީއޭ ކިޔާފަ ހަމަ އެހެން ދައްކާ މީހަކާ އިންނަން އެއްބަސްވީތަ؟” މާހިލް ކުޑަކޮށް ހިތްހަމަނުޖެހޭ ގޮތްވިއެވެ. މާހިލް ދެކޭ ގޮތުގައި ހަޔާތުގެ ބައިވެރިއަކަށް ހަދާ ކުއްޖާއަކީ ތިމާ ބޭނުން ކުއްޖަކަށް ވާން ޖެހޭނެކަމަށެވެ. މައިންބަފައިންގެ އެދުމުގެ މަތިން ކުރާ މަދު ކައިވެންޏެއް ނޫނީ ދެމިގެން ނުދެއެވެ. ގިނަ ފަހަރު އޮންނަނީ ދެމީހުން މެދުގައި މައްސަލަތައްޖެހި ވަރިއާއި ހިސާބަށް ގޮސްފައެވެ.

“އެއީ ތެދެއް ރާދް. ލޯބިނުވާ މީހަކާ އިނދެގެން އުޅިގެން ލިބޭނެ އެއްވެސް ހިތްހަމަޖެހުމެއް ނޯންނާނެ. އަނެއްކާ ރާދް އަވްލީން ދެކެ ލޯބިވާއިރު އެހެން މީހަކާއި އިނދެގެން އުފަލުގަ އުޅެވޭނެތަ؟ ޖަސްޓް ތިންކް އެބައުޓް އިޓް. ރާދް އަށް ބުނަން ނުކެރެންޏާ އަހަރެމެން ރިޔާދުބެ ގާތު ބުނެދާނަން ރާދް ލޯބިވާ ކުއްޖެއް ހުރެޔޭ.” ރާހިލްވެސް މާހިލްގެ ބަހަށް ތާއީދުކުރަމުން ބުނެލިއެވެ.

“ބަލަ ކާކުތަ ބުނީ ލޯބިނުވާ މީހަކާ އޭ އިންނަން މި އުޅެނީ؟” ރާދިން ހީލަމުން ޖަވާބުދިނެވެ.

“ދެން ތިބުނީ ހަމަ އެންމެ ފަހަރަކު އެ ކުއްޖާ ފެނުނީމަ އަވްލީން މަތިންވެސް ހަނދާންނެތުނީއޭތަ؟ އަވްލީން ދެކެވީ ކަނު ލޯބިތަ؟” މާހިލް ފާޑަކަށް އަހައިލިއެވެ.

“ކޮން އެކުއްޖާ އެކުއްޖާ އެއްތަ ތި ކިޔަނީ. ނަމެއް އޮވެޔޭ އޭނަގެ.” ރާދިން އަދިވެސް ދެމީހުންނާއި ސަމާސާކުރަމުން ދިޔައެވެ.

“ހޫން… ދެެން ބުނެބަލަ ތި ކުއްޖެއްގެ ނަން.” ޗޮކެއްކަނޑައިލަމުން ރާހިލް އަހައިލިއެވެ.

“އިޓް ވޯޒް އަވްލީން އޭ.” ރާދިން ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީލަމުން ބުނެލިއެވެ.

“ވަޓް އެކަމް ކިހިނެއް؟” ރާހިލް އާއި މާހިލް ތިބީ ހައިރާންވެފައެވެ. އެކުއްޖަކީ އަވްލީންއަށް ވެދާނެ ކަމަށް އެދެމީހުން ހިޔެއްވެސްނުކުރެއެވެ. ރާދިން ކުރުކޮށް ކަންތައް ހިނގާދިޔަ ގޮތް ދެމީހުންނަށް ކިޔާދިނެވެ.

“ޔޫ އާ ސޯ ލަކީ ބްރޯ.” ރާހިލް އާއި މާހިލް ހުރީ ރާދިން އަށް ޓަކައި އުފަލުންނެވެ.

ކޮޓަރިއަށް ވަން އަވްލީން ހުރީ ނުތަނަވަސް ވެފައެވެ. ކިތައްމެ ދެކޮޅު ހަަދަން ބޭނުންވިޔަސް ދެކޮޅުހެދޭކަށްވެސް ދެނެއްނެތެވެ. އަވްލީން ބޭނުންވީ މައިރާއަށް ގުޅައިގެން ހުރިހާ ކަމެއް މައިރާއަށް ކިޔާދިނުމަށެވެ. އޭރުންވެސް އެހިތަށް ހަމަޖެހުމެއް ލިބިދާނެއެވެ.

މައިރާއަށް ގުޅަން ވެގެން ފޯނުނެގި އަވްލީންގެ ފޯނުގެ ސްކްރީންއަށް އަރައިފައިވާ މައިރާގެ ނަން ފެނި އެ މޫނު މައްޗަށް ހިނިތުންވުމެއްވެރިވެގެން ދިޔައެވެ.

“ހޭއި މައި. ގުޅަން ވެގެން އުޅެނިކޮށް ފޯން ނެގި ތަނުން ތި ގުޅީ ހަމަ.”

“ތިޔެއް ނޫނޭ. ވަޓް ހެޕަންޑް ފަހުން މިރޭގަ؟ އެމީހުން އައިތަ ލީން އާއި މީޓް ކުރަން އެންޑް ކޮން ބަޔެއްތަ އެއީ؟” މައިރާ އެއްފައްޗަކަށް ސުވާލުތަށް އަމުނާލިއެވެ. އަވްލީން މާކުރިން މައިރާ ގާތު މިރޭ ބަޔަކު އޭނާ އާއި ބައްދަލުކުރަން އަންނަ ވާހަކަ ބުންޏެވެ.

“ތި ވާހަކަ ދައްކަން ވެގެންނޭ ގުޅަން އުުޅުނީވެސްމި. ޔެސް ދޭ ކޭމް. އެންޑް މައި އަށް އިނގޭތަ އެ ފިރިހެން ކުއްޖަކީ ކާކު ކަން؟ ހީ ވޯސް ރާދިން. ބައްޕަ އާއި ރާދިންގެ ބައްޕަ އަކީ ފްރެންޑްސް އޯ. އެކަމް އައި ޑޯންޓް ނޯ އެހާ މުއްސަނދި މީހަކާ ބައްޕަ އާއި ރަހުމަތްތެރި ކަމެއް. އައި މީން ހީ ނެވާ ސެއިޑް އެނީތިންގް ލައިކް ދެޓް. އެންޑް އެ ރާދިން ވެސް ބޭނުން މި ކައިވެނި ކުރަން ސޯ ކައިވެނި ނެކްސްޓް މަންތްގަ ކުރާ ގޮތަށް ނިންމާފަ އެމީހުން ދިޔައީވެސް.” އަވްލީން އޭނާގެ ހިތުގައިި ވި އެއްޗެއް މައިރާ އާއި ހިއްސާކުރަމުން ދިޔައެވެ.

“ކޮން މުއްސަނޖެއް ފަގީރެކޭތަ ތި ކިޔަނީ ލީން. ފަސްޓް އޮފް އޯލް މުއްސަނދިން ވެސް އުޅޭނެ ފަގީރުން ވެސް އުޅޭނެ ބަޓް އިޓް ސިމްޕްލީ ޑަޒްނޮޓް މީން ދެޓް ފަގީރުން މުއްސަނދިންނާއި އެކަށީގެން ނުވަނީ އޭ. އެއީ ބަޔެއް މީހުންގެ ވިސްނުން ހުންނަ ގޮތް. އެންޑް ދެން ކޮން ރާދިން އެއްތަ؟ މަށަކަށް ނޭނގުނު.” މައިރާ އަވްލީން އަށް ވިސްނާދެމުން ރާދިން އެއީ ކާކު ތޯ އެހީ އަވްލީން ކުރިން ރާދިންގެ ވާހަކަ އޭނާ އާއި ހިއްސާކޮށްފައިނުވާތީއެވެ.

“މައި ގާތު ނުބުނެވޭ ދޯ އަދި. އެއްކަލަ ދުވަހި މައި ލެފިތަނަށް އަންނަން ލިފްޓެއްދިނެއްނު ކުއްޖެއް. ބުނީމެއްނު އެއީ އަހަރެންގެ ބޮސް އޭ.” އަވްލީން މައިރާއަށް ކުރީގެ ހަނދާނެއް އީކޮށްދެމުން ރާދިން އަކީ ކާކު ކަން ބުނެދިނެވެ.

“ވާއު ލީން ޔޫ އާ ސޯ ލަކީއެއްނު.”

“ކޮން ކަމަކާތަ ލަކީ ވާންވީ. އައި ޑޮންޓް ލަވް ހިމް އޭ މައި.” އަވްލީން ކުޑަކޮށް ހިތްހަމަނުޖެހުނެވެ.

“އޯކޭ ޔޫ ޑޯންޓް ލަވް ހިމް ނައު. އެހެން ކުއްޖެއް ދެކެ ލޯބިވޭތަ ދެން؟” މައިރާ ވިސްނާލުމަށް ފަހު އަހައިލިއެވެ.

“ނޫން އެހެން މީހެއް ދެކެވެސް ނުވޭ.” އަވްލީންގެ ޖަވާބުކުރެވެ.

“ސޯ ޖަސްޓް ގިވް ހިމް އަ ޗާންސް ލީން. މޭބީ ހީ ލަވްސް ޔޫ. އެއްކަލަ ދުވަހުވެސް މައި ބުނީމެއްނު އެހެން. ދެން ލީން އަށް ވެސް ހަމަ އޭނަ ދެކެ ލޯބި ވެވިދާނެއެއްނު. އެކީގަ އުޅުނީމަ ލޯބިވެސް ވެވޭނެއޭ.” މައިރާ އަވްލީންއަށް ވިސްނާ ދެވޭތޯ މަސައްކަތްކުރިއެވެ.

“އެކަމް..”

“ކޮން އެކަމް މިކަމް އެއް ޖަސްޓް ގިވް އިޓް އަ ޗާންސް.” އަވްލީން ބުނަން އުޅުނު ޖުމްލަ ފުރިހަމަކުރުމުގެ ކުރިން މައިރާ ބުނެލިއެވެ.

އެތައް އިރެއް ވަންދެން ދެ އެކުވެރިން ވާހަކަދައްކަން ތިބުމަށް ފަހު ފޯނު ބޭއްވިއިރު އަވްލީން ވެސް ހުރީ ކޮންމެސް ވަރަކަށް ހިތްހަމަޖެހިފައެވެ. ރާދިން އާއި ދޭތެރޭ ދެކެމުން އަައި ގޮތް ބަދަލުކުރަން އަވްލީން ނިންމިއެވެ.

އަވްލީން މައިރާ އާއި ވާހަކަދެއްކުމަށް ފަހު ފޯނު ބޭއްވިތަނުން ނުދަން ނަންބަރަކުން އޭނާގެ ފޯނަށް ގުޅިއެވެ. ނަގަން ނުނަގަން ހުރެފައިސް އަވަލީން ފޯނުނެގީ އެއީ ރާދިންއަށް ވެސް ވެދާނެކަމަށް ހީކޮށްފައެވެ.

“ތިކުރަން އުޅޭ ކަންތައް މިހާރުން މިހާރަށް ހުއްޓާލާ އެހެން ނޫނީ ފަހުން ވާގޮތް މާ ރަނގަޅެއް ނުވާނެ. ރާދިން އާއި ވައިއެޅޭ ހިސާބަށް އަންނަން ވެސް ހިތުނުލާތި. އެހެން ނޫނީ އަހަރެންގެ ހުރި ނުބައިކަން ދައްކާލާނަން.” ވަރުގަދަ އިންޒާރެއް ދިނުމަށް ފަހު އެ މީހަކު ފޯނު ކަނޑައިލީ އަވްލީންއަށް ބަހެއް ބުނާނެ ފުރސަތެއްވެސް ނުދީއެވެ.

އެއީ އަނެއްކާ ކާކު ބާއެވެ. އެފަދަ އިންޒާރެއް ދިނުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ. އަވްލީން ފަހުން އެ ނަންބަރަށް ގުޅި އިރު ފޯނު އޮތީ ނިވާލާފައެވެ. އެހެންކަމުން އަވްލީން މާޔޫސްވާގޮތްވިއެވެ. އަވްލީންގެ ފޯނަށް ދެވަނަ ކޯލެއް އައީ އޭނާ އެހެން ވިސްނަން އިންދާއެވެ. މިފަހަރުވެސް ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. އަވްލީން އަވަހަށް އެ ފޯނުނ ނެގީއެއީ އެމީހާކަމަށް ހީކޮށެވެ.

“ކާކު ތީ؟ ކީއްވެ އެހެން ބުނީ؟ އެންޑް ވަޓް ޑޫ ޔޫ މީން ބައި ރަނގަޅެއް ނުވާނެއޭ ފަހުން ވާ ގޮތެއް؟” އަވްލީން ފޯނު ކަންފަތާއި ކައިރިކޮށްލަމުން ހުރިހާ ސުވާލުތަކެއް އެއްފައްޗަކަށް އަމުނައިލީ މިފަހަރުވެސް އެމީހަކު ކަޔަން ބޭނުން އެއްޗެއް ކިޔުމަށް ފަހު ފޯނުކަނޑައިލާފާނެކަމަށް ހީކޮށްފައެވެ.

“ކީކޭ ލީން ތި ކަޔަނީ؟ މީހަކު އުނދަގޫ ކުރަނީތަ؟ ޓެލް މީ ލީން” އަވްލީންގެ ވާހަކަތައް އަޑުއަހައިފައި ރާދިން ކުޑަކޮށް ހާސްވާގޮތްވިއެވެ.

“މީ އަނެއް ކަމެއް ނުވޭ. ނޭނގޭ ނަންބަރަކުން ގުޅީމަ އެހެން….” އަވްލީން ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކުރެވުނީ ރާދިން އޭނާ ހުއްޓުވުމުންނެވެ.

“އައި ނޯ ޔޫ އާ ލައިން ކަން. ޖަސްޓް ޓެލް މީ ދި ޓްރޫތް ލީން. މީހަކު ލީން އާއި ދިމާލަށް އެއްޗެކޭކީތަ؟” ރާދިންއަށް އަވްލީން އެ ހަދަނީ ދޮގެއްކަން އަވްލީންގެ ތުރުތުރުލަމުން ދިޔަ އަޑުން ފާހަގަކުރެވުނެވެ. އަވްލީން އެއްޗެއް ނުބުނެ އިންނަން ފެށުމުން ރާދިން އިތުރަށް ކަންބޮޑުވުން ނޫން ކަމެއް ނުވިއެވެ.

“ކަމޯން ދެން ބުނެބަލަ އަވްލީން. އައި އޭމް ގެޓިން ވޮރީޑް ނައު.” ރާދިންގެ އަޑުގައި މިފަހަރު ކުޑަ ހިތްހަމަނުޖެހުމެއް އެކުލެވިފައިވިއެވެ.

ކުޑައިރުކޮޅަކު ވިސްނާލަން ހުރެފައި އަވްލީން ނިންމީ ރާދިންެއަށް ހުރިހާ ކަމެއް ކިޔާދިނުމަށެވެ.

“ދެންމެ ނުދަންނަ ނަންބަރަކުން ގުޅީ. ރާދިން ސަރ އަށް ވެދާނެ ކަމަށް ހީކޮށް އަޅުގަނޑު ފޯނުނެގީ. ދެން އެކޮޅުން ވާހަކަދެއްކި މީހާ ބުނީ ތި ކުރަން އުޅޭކަމެއް ހުއްޓާލާށޭ އެހެން ނޫނީ މާ ރަނގަޅެއް ނުވާނެއޭ ވާނެ ގޮތެެއް. ރާދިން ސަރ އާއި ދުރުގައި ހުންނާށޯ.” އަވްލީން އެމީހާ ދެއްކި ހުރިހާ ވާހަކައެއް ރާދިންއަށް ކިޔާދިނީ އެެއީ އެންމެ ރަނގަޅު ގޮތްކަމަށް ބަލާފައެވެ.

“ކާކު ކަން އިނގޭތަ އެއީ މިބުނީ އަޑުން އެނގުނުތަ ވަކި މީހެއްކަން؟” ރާދިން ހާސްވި ނަމަވެސް ހަމަޖެހިލަމުން ވާހަކަދެއްކިއެވެ.

“ނޫން ނޭނގޭ ކާކު ކަމެއް.” އަވްލީން އަށް އެމީހެއްގެ އަޑު ވަކުކުރަން ނޭނގުމުން ބުނެލިއެވެ.

“އެހެންތަ؟ އެވެދާނެ މީހެއް ސަމާސައަކަށް ކުރިކަމެއް ކަމަށްވެސް. އެހެން މީހެއް ބުނާ އެއްޗަކަށް އެވަރަށް ވިސްނާނެކަމެއް ނެތް. އެންޑް އަހަރެން ހުރިހާ ހިނދަކު ލީން އަށް އެއްވެސް ކަމެއް ވިޔަކަ ނުދޭނަން އިންޝާﷲ. ޓްރަސްޓް މީ ބޭބީ. އެންޑް ކުރިން ވެސް ބުނީމެއްނު ސަރ ނުކިޔާށޭ. އެޓްލީސްޓް ނައު ޔޫ ޝުލްޑް ސްޓޮޕް ކޯލްގް މީ ސަރ އާފްޓަރއޯލް އައި އޭމް ޔުއަ ޓުބީ ހަޒްބެންޑް އެއްނު.” ރާދިން ފުރަތަމަ ބުނެލި ވާހަކަ ބުނެލީ ކަންބޮޑުވުން އެކުލެވިގެންވީ އަޑަކުން ނަމަވެސް ފަހުން ބުނެލި ޖުމްލަ ބުނެލީ އަޑަށް ލާނެއްކަން ވެރިކުރުވަމުންނެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aami

Level 210 Stories100 Comments

Other Articles

Previous

ޒާރާ ސީޒަން 2 (3)

Next

ވާނަން އެކީ 9

Next
November 8, 2018

ވާނަން އެކީ 9

Previews
November 8, 2018

ޒާރާ ސީޒަން 2 (3)

10 Comments!

  1. Gud❤ says:
    November 9, 2018 at 7:53 am

    Vrh reethi. …

    1. Aami says:
      November 9, 2018 at 11:26 am

      ?? Thanks dear vrh ufaa vejje story kamudhiyaama ❤️?

  2. Thu says:
    November 9, 2018 at 10:49 am

    Addhey!! fahu thankolhun hee hee halaaku vejje… Waiting for the next part.. I love this story!! ?

    1. Aami says:
      November 9, 2018 at 11:27 am

      Keep waiting Thu dear ??
      Will upload next part tomorrow if i get some free time ?❤️?

  3. Mal says:
    November 9, 2018 at 11:39 am

    Vrh reethi story ????when next part?

    1. Aami says:
      November 9, 2018 at 12:06 pm

      Will upload tomorrow if im free ??

  4. Sajy says:
    November 10, 2018 at 1:16 pm

    Varah reethi mi story❤❤❤
    I love it❤❤
    Waiting for next part….

    1. Aami says:
      November 14, 2018 at 7:39 pm

      Thanks sajy dear ❤️❤️

  5. Aisha says:
    November 10, 2018 at 3:50 pm

    Desperately waiting

    1. Aami says:
      November 14, 2018 at 7:39 pm

      ❤️❤️??

Comments are closed.

Next Episodeވާ ލޯބި އިނގޭ ނަމަ 9←


All Right Reserved!