Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވާނަން އެކީ 9

Ayyrie Level 110 Stories
November 8, 2018 3 Mins Read
13 Comments

އަރޫނާގެ މެސެޖް ލިބުމާއެކު ޖީޒާންގެ ހިތް ފުރުނެވެ. އޭނާގެ ހުވަފެންތައް ކުލަވާން އުޅޭކަމުގެ ނިޝާންތައް ފެންނަންފެށީ އެވެ. އޭނާއަށް ނުވިސްނުނީ އަރޫނާގެ މަގްސަދެވެ. އަހަން ހިތަށް ނޭރީވެސް ޖީޒާންގެ ނުވިސްނޭކަމުންނެވެ. މިދަތުރު އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލާނެކަމުގެ އިހްސާސްތައް ޖީޒާންއަށް ކުރެވުނަސް އޭނާއަށް އުންމީދުކުރެވުނީ އޭނާ ބޭނުންވާގޮތަށް ކަންތައްތައް ވާނޭކަމަށެވެ.

ދަތުރުދާން ހަމަޖެެހިފައިވީ ހުކުރުދުވަހުގެ ހެނދުނު ހަޔެއް ޖަހާއިރަށެވެ. ދަތުރުދާން ފުދޭވަރަކަށް ކުދިން އައިސް ތިއްބެވެ. ޔަނާލްއާއި ކައިލް އަދި އަރޫނާ ތިބީ ޖީޒާންގެ އިންތިޒާރުގައެވެ. ޢަލްޔާވެސް ގޮވައިގެން ދާތީ އަރޫނާހުރީ ހިތްހަމަޖެހިފައެވެ. ތުންފިއްތާލައިގެން އިނީ ހިޒްޔާއެކަންޏެވެ. ނަމަވެސް އޭނާގެ މަގްސަދު ހަނދާންވުމުން ނުލަފާ ހިނިތުންވުމެއް މޫނުމައްޗަށް ވެރިކުރުވައިގެން ހުރީއެވެ. އެންމެން ހަމަވުމުން އެމީހުން އެރީ އެކްލާހުގެ ކުއްޖަކުގެ ބައްޕަ ދުއްވާ ދޯންޏަށެވެ.

ދަތުރުމަތީގައިވެސް އެމީހުން ވަރަކަށް މަޖާ ނެގިއެވެ. ލަވަބާޒީކުޅެ އެކަކު އަނެކަކާ ދިމާކޮށް އެތައް ސަކަރާތެއް ޖެހިއެވެ. ޔަނާލްއާއި އަލްޔާވެސް އެކަމުގައި ބައިވެރިވީއިރު އަރޫނާއިނީ ދުރުގައި އެމީހުންގެ ސަކަރާތް ބަލާށެވެ. ކައިލްއާއި ޖީޒާންވެސް އަރޫނާއާއި ކައިރިހިސާބެއްގައި ވާހަކަދައްކަން ތިއްބެވެ.

“ދޭބަަލަ އެމީހުން ގާތަށް.” ކައިލް އަރޫނާ ވަކިން ހުންނަންފެށުމުން އުނދަގޫވެގެން ބުނެލައިފިއެވެ.

“ނޯ. އަހަރެން ދާހިތެއް ނެތް. އިޓް އިޒް ބޯރިން.” އަރޫނާ މޫނުމައްޗަށް ވައްތަރެއް ޖައްސާލަމުން ބުނެލުމުން ކައިލްއާއި ޖީޒާންއަށްވެސް ހެވުނެވެ.

“އަހަރެން ބުނިއްޔާވެސް ނުދާނަން؟” ޖީޒާން ސުވާލުކޮށްލިއެވެ.

“ވަކި މީހަކު ބުނީމައެއް ނޫނޭ އަހަރެން ނުދާން މިއުޅެނީކީ. ހަމަ ދާހިތް ނެތީމަ.” އަރޫނާ ވިސްނުން ބަދަލުކުރާކަށް ނޫޅުނެވެ. އޭނާ މިދަތުރު މިއައީ ހިޒްޔާއަށް ދައްކާށެވެ. އެމީހުންނާއި ވަކިން ޖީޒާންމެން ކައިރީ އޭނާ ހުރީވެސް އެހެންވެގެންނެވެ.

ހިޒްޔާ ހުރީ އިރުއިރުކޮޅާ އަރޫނާމެން ތިބި ދިމާލަށް ބަލާލަ ބަލާލައެވެ. އަރޫނާގެ އެހެރަ ބަދަލުހިފާކަހަލަ ގޮތާއި ހިޒްޔާކުރިމަތީ ކެރޭކަން ދެއްކުމުގެ ގޮތްގަނޑުން އޭނާ ބިރުގަންނަގޮތް ވަނީއެވެ. އޭނާގެ ޕްލޭން ފްލޮޕްވެދާނެތީއެވެ. އަރޫނާ ކައިލްއާއި ޖީޒާންގެ ފަހަތުގައި ޖައްސާފައިހުރިގޮތުން އޭނާ އެކަނިވެލާނެވަގުތެއް ވާނެކަމެއްވެސް ނޭނގެއެވެ. ޔަނާލްއާއި އެބުނާ ޢަލްޔާއެއްވެސް އެބަހުއްޓެވެ. ނަމަވެސް ހިޒްޔާ ގޮތްދޫކުރާކަށް ހިތަށްވެސް ނާރުވައެވެ. އޭނާ އިންތިޒާރުކުރާނީ އަރޫނާ އެކަނިވެލާނެވަގުތަކަށެވެ.

ދަތުރު ދިޔައީ މާލެކައިރި ފަޅުރަށަކަށެވެ. ދިޔުމާއެކު އެކި ކުޅިވަރުތައް ފެށުނެވެ. އަރޫނާ ހުރީ ކުޅޭހިތް ނެތިފައިކަމުން ޢަލްޔާއާއި އޭނާތިބީ ވެލިގަނޑުމަތީ ކުޅިބަލާށެވެ.

“ނުވެސް ކުޅެނީތަ؟” ކައިލް ވޮލީކުޅެންއުޅެނިކޮށް ފަޔަށް ތަދެއްއެރުމުން އައިސް އަރޫނާމެންގާތު އިށީނެވެ. ރަތްކުލައިގެ ޓީޝާޓަކާއި ސޯޓެއްގައި ކައިލް ނުހަނު ފުރިހަމައެވެ. އަރޫނާއަށް އިރުކޮޅެއް ވާންދެން ބަލަހައްޓައިގެން ހުރެވުނެވެ. ނޭނގި ނަމަވެސް އެހިތް ކައިލްއަށް ލެނބެމުން ދިޔައެވެ.

“އަރޫ ނޭނގެ ބޮލަށް ކޯޗެއް ވަނދެފައި ކަމެއްވެސް. ބުނެބުނެ އެއްބަހެއްނުވި ކުޅޭކަށް.” ޢަލްޔާ ތުންދަމާލައިގެން އިނދެ ޝަކުވާކޮށްލިއެވެ.

“އަޅެ މި މީހުންނަށް ކިހިނެތް ވެފައިތަ؟ ޖީއަކަށް ދަތުރު ނުދެވުނު އަހަރެން ނުދާތީވެ. އަލްއަކަށް ކުޅެން ނުދެވުނު އަހަރެން ނުދާތީވެ.” އަރޫނާ ހަށަންބަނދެލަމުން ޢަލްޔާއަށް ބަލައިލީ ހިތްހަމަނުޖެހިފައިހުރެއެވެ.

“އަރޫ ހަމަ އެކަމާ ކުޑަކޮށްވެސް ނުވިސްނާނަންތަ؟ އެކަމުންވެސް ދޭހަވަނީ އަރޫ އެމީހުންނަށް މުހިންމުވަރޭ. ކީއްވެގެންތަ ތިހާ ބޯހަރުވެގެން ތިއުޅެނީ. ގައިމު އަރޫގެ ގޮތެއް ނޫން ތިއީކީ.” ކައިލް އަރޫނާއަށް ވިސްނައިދޭން މަސައްކަތްކުރަމުން އޭނާއަށް ފާހަނގަކުރެވުނު ކަންތައްތައް ހާމަކޮށްލިއެވެ.

“އަލް. ހަނދާންވޭތަ އަހަރެމެން ގްރޭޑް ޓެންގައި އުޅުނުއިރު ޕިކްނިކްދިޔަ ދުވަސްމަތިން. އެދުވަސް ހާދަ މަޖަލޭ. އައި ކާންޓް ފޮގެޓް އެދުވަހު ކައްކަން ގެންދަން ބުނި އެއްޗެހި ނުގެންދެވި އުޅެން ޖެހުނު ހާލު.” އަރޫނާ ގަސްދުގައި ވާހަކަ އޮޅުވާލަންވެގެން ފެށިއެވެ. ކައިލްގެ ހިތަށް އުނދަގޫވިއެވެ. އަރޫނާ ކަމަކާއި ހިތްހަމަ ނުޖެހިފައި ހުރިހެން ހީވެއެވެ. އެކަމެއް އޮޅުންފިލުވާ އެހީވެދޭން އޭނާ ބޭނުމެވެ.

ކައިލް ތެދުވެގެންގޮސް އެހެންމީހުނާ ދުރުހިސާބެއްގައި އިށީނެވެ. އެދެލޮލުގައިވީ ކަރުނައެވެ. ހިތުގައިވީ ޝަކުވާއެވެ. އަރޫނާ ލޯބިވަނީ ޖީޒާންދެކެ ކަން އެނގޭއިރުވެސް އެސޫރަ ހިތުން ނުފޮހެވޭތީ އެކަމުގެ ޝަކުވާވެސްމެއެވެ. ކައިލްގެ ހަނދާނަށް ވެރިވީ އޭނާއަށް އަރޫނާ ފުރަތަމަ ފެނުނު ދުވަހެވެ. އެހެންކުދިން އޭނާފަހަތުން ނުނެއްޓިގެން އުޅޭއިރުވެސް ގާތުގައި ހުންނަ އަންހެންކުއްޖާގެ ފަރާތުން އެކަހަލަ އެއްވެސް ކަމެއް ނުފެންނާތީ ހައިރާންވެފައި އޭނާއަށް ފުރަތަމަ އަރޫނާގެ މޫނަށް ބެލުނު ދުވަހެވެ. އެދުވަސްފަހުން ކައިލްގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. އަރޫނާ ބެލްކަނީއިން ފެނުނުރޭ އެހިތަކުން ފޮހެވިގެން ނުދާނެއެވެ. ރޮއެރޮއެ ހުރި މަންޒަރު ފެނުމުން އެހިތަށް ކުރިއަސަރުން އެދެލޯވެސް ފެންކަޅިވިއެވެ. އަރޫނާގާތަށް ގޮސް އެކަރުނަތައް ފޮހެލަދީ ހިތާމަތަކާ ދުރުކޮށްދޭން ކައިލް ބޭނުންވިއެވެ. އަރޫނާ އެނގެން ބޭނުންވިއެވެ. އަރޫނާއާއި އެންމެ ފުރަތަމަ ވާހަކަދައްކާލެވުނު ދުވަހުވެސް އެހިތަށް ނުހަނު ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. ނަމަވެސް މިއަދު އެކީގައި އުޅެވޭއިރުވެސް ކައިލްއަކަށް އަދިވެސް އަރޫނާ ދަހެއް ނުވެއެވެ. އޭނާ ހާދަ ބަދުނަސީބުވެރިއެވެ. އެދެލޮލުން އަނެއްކާވެސް ކަރުނަތައް އޮހިގަތެވެ.

“ކޮބާ ކައިލް؟ ސައިބޯން ހިނގާ އަވަހަށް.” ކުޅެނިންމާލާފައި އައި ޖީޒާންއާއި ޔަނާލް އަރޫނާމެންގާތުު އިށީނެވެ. އޭރު އެހެންކުދިބަޔަކު ގެނައި ހެދިކާތައް އަތުރަމުން ގެންދިޔައެވެ. އެކުދިންނާއިއެކު ދަތުރުއައި ޓީޗަރުންގެ ދެތިން މީހުންވެސް އެހީވަމުންދިޔައެވެ. އެމަންޒަރުދެކެން އަރޫނާމެން ތިބީ ކަންނެތްވެފައެވެ.

“ސައި ބޭނުމިއްޔާ އާދެބަލަ ތިހެން ނުތިބެ.” އެކުދިން ތިބިގޮތްފެނިފައި ހެވިފައި ކުއްޖަކު ގޮވާލިއެވެ. ޖީޒާން ތެދުވެފައި ހޯދާލީ ކައިލް ފެނޭތޯއެވެ. ދުރުހިސާބެއްގައި ދޮންވެލިގަނޑުމަތީ އިށީނދެލައިގެން ހުރި ކައިލްފެނުމުން ކޮންމެވެސް އެކަކު އޭނާއަށް ގޮވާށޭ ކިޔާފައި އޭނާ ދުއްވައިގަތީ ކާއެއްޗެހި ހުރިދިމާލަށެވެ. އެންމެންވެސް ބަނޑުހައިވެފައި ތިބުމުން އެންމެފަހުން ދާން އެއްބަސްވީ އަރޫނާއެވެ.

އަރޫނާ ކައިލްއާއި ގާތަށް ދެވުނުއިރުވެސް ކައިލްއަކަށް ރޭކާނުލައެވެ. ހުއްޓުންއަރާފައި ހުރިގޮތުން އަރޫނާއަށްވެސް މަޑުކޮށްލެވުނެވެ. ކައިލް ވެލިގަނޑުމަތީ އިށީނދެލައިގެން ކަނޑަށް ނަޒަރުހުއްޓާލައިގެން ހުރިއިރު އެމޫނުމަތީގައި ވަނީ މާޔޫސްކަމެވެ. އިރުއިރުކޮޅާ ދެލޯ ފުހެލާތީ ރޮނީކަން ހާމަވެއެވެ. އަރޫނާއަށް ހުރެވުނުގޮތަށް ކައިލްގެ ހަރަކާތްތަކަށް ބަލަން ހުރެވުނެވެ.

“އިޒް އެވްރީތިން އޯލްރައިޓް.؟” އަރޫނާގޮސް ކައިލްގާތު އިށީނދެއްޖެއެވެ. ކައިލް ސިހިފައި އަރޫނާއަށް ބަލައިލިއިރު އެ ދެލޮލުން އެތަކެއް ވާހަކައެއް ދައްކަމުންދިޔައެވެ. ނަމަވެސް އަރޫނާއަށް ރޭކާނުލާނެކަން ކައިލްއަށް އިނގެއެވެ. އޭނާ މަޑުމަޑުން ބޯހޫރުވާލިއެވެ.

“ކުއްޖަކުމަތިން މިސްވަނީ.” ކައިލް އިސްޖަހާލިއެވެ. އަރޫނާގެ ހިތް ތެޅިގަތްގޮތުން ޚުދު އޭނާވެސް ހައިރާންވިއެވެ.

“ކާކު އެއީ؟” ބުނެވުނުއެތި ވިސްނައިގަނެވުނީވެސް މާފަހުންނެވެ.

“އެހާވެސް އެނގެން ބޭނުންތަ؟” ކައިލް ހިތި ހިނިތުންވުމަކާއެކު އަހާލިއެވެ. އަރޫނާއަށް ޖަވާބުގައި ހިނިތުންވެލެވުނީއެވެ.

“އެއީ އަހަރެމެން ކްލާސް ކުއްޖެއް. އަހަރެންނަށް އެންމެ ފުރަތަމަވެސް އެކުއްޖާ ފެނުމުން ކަމުދިޔަ. ވެވުނީ ލޯބިކަން އެނގުނީ އަހަރެންނަށް އަންނަންފެށި ބަދަލުތަކުން. އެކަމަކު ސޭޑްލީ، އަހަރެން އެހާ ނަސީބުވެރިއެއް ނޫން. އޭނާ ލޯބިވަނީ އެހެން ކުއްޖަކުދެކެ. އޭނާ ހުރީ އެކުއްޖާއަށްޓަކައި ކޮންމެކަމެއްވެސް ކުރަން ތައްޔާރަށް. އަރޫ. އަޅެ ދުނިޔެއަކީ ހާދަ އިންސާފެއް ނެތް ތަނެކޭ.” ކައިލްގެ ލޮލުން ކަރުނަތައް އޮހިގަތުމުން އޭނާއަށް ވާހަކަދައްކަން އުނދަގޫވިއެވެ. އަރޫނާ ހުރީ ބުނާނެއެއްޗެއް ނޭނގިފައެވެ. އޭނާގެ ހިތަށް އައީ އެންމެ ނަމެކެވެ.

“ހިޒްޔާތަ؟” އޭނާއަށް އަހާލެވުނީ ޔަގީންކުރަންވެގެންނެވެ. ކައިލްގެ ހިމޭންކަން އަރޫނާނެގީ އާނއެކޭ ކަމަށެވެ.

“ކައިލް. އަހަރެންނަމަ އައިވިލް ނެވާރ އީވަން ތިންކް އެބައުޓް ހާރ. ޝީ އިޒް އަ ޓޯޓަލް ޖާރކް. އަހަރެންނަށް ވަރަކަށް އިންޒާރުދިން މިރަށަށް އައިއްޔާ ދިރިއުޅުން ބަދަލުވާވަރު ކޮށްލާނަމޭ ކިޔާފައި. އަހަރެން މިއައީވެސް ދައްކަން އޭނާއަށް. އަހަރެން ޖީދެކެ ލޯބިވިން. ބަޓް އައިމް މޫވިން އޮން އައި ގެސް. އެންޑް ހީ ވިލް ޓޫ. އެކަމަކު އަހަރެމެންގެ އެކުވެރިކަމަކަށް ބަދަލެއް ނާންނާނެ ﷲއިންޝާ .” އަރޫނާގެ ވާހަކައިން ކައިލް ހައިރާންވީނަމަވެސް ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ. އިރާދަކުރެއްވިއްޔާ އަރޫނާ އޭނާގެ ދިރިއުޅުމަށް އަންނާނެއެވެ. އޭނާ ކުޑަހިނިތުންވުމަކާއެކު އެއީ ހިޒްޔާއެއް ނޫނޭ އެހެންކުއްޖެކޭ ބުނެލިއެވެ. އަދި އެވާހަކަ ސިއްރުކޮށްދޭން އެދުނެވެ. އަރޫނާ އެއްބަސްވިއެވެ.

އެ ހުރިހާ މަންޒަރެއް ދެކެން ދުރުގައި ހިޒްޔާ ހުއްޓެވެ. ނުލަފާ ހިނިތުންވުމެއް މޫނުމަތީ ވިއެވެ.

“މާދަން ފެންނާނީ ކަލޭގެ ފުރާނައެއްނެތް މަސްގަނޑު.” އަރޫނާއާއި ދިމާލަށް ވައްތަރެއްޖައްސާލާފައި އޭނާ އެހެންކުދިންނާއި ބައިވެރިވީއިރު އޭނާގެ ވާހަކަ އެނގޭ އަދި އަރޫނާގެ ސަލާމަތާއިމެދު ވިސްނަމުންދިޔަ މީހަކު ހުރިކަމެއް އޭނާ ނުދަނެހުއްޓެވެ.

Share Article

Follow Me Written By

Ayyrie

Level 110 Stories

Other Articles

Previous

ވާ ލޯބި އިނގޭ ނަމަ 8

Next

ދޫކޮށްފައި ނުދޭ ލޯބިވާ.. ( 1 )

Next
November 8, 2018

ދޫކޮށްފައި ނުދޭ ލޯބިވާ.. ( 1 )

Previews
November 8, 2018

ވާ ލޯބި އިނގޭ ނަމަ 8

13 Comments!

  1. n@@zu says:
    November 8, 2018 at 9:20 pm

    nice mi part vx bt thankolheh avahah upkohla dheebaa dear…

    1. Aruu says:
      November 9, 2018 at 4:10 pm

      Thanks❤

  2. Amy says:
    November 9, 2018 at 6:23 pm

    Aruu! Mivaahaka maasha allah varah reethi so .☺this is my favourite story adhi mi site in kiyaali. Keep it up .inshallah varah rangalhuvaane❤❤

    1. Aruu says:
      November 10, 2018 at 6:08 pm

      Thanks Amy?❤

  3. Lover says:
    November 9, 2018 at 8:12 pm

    Aruu.. When next part? Also mi part ves vvvv nice. Hope u will upload as soon..

    1. Aruu says:
      November 10, 2018 at 6:09 pm

      Thanks?. Next dhn free v irakun up kohdheynan ❤

  4. Naju says:
    November 9, 2018 at 8:41 pm

    Nice

  5. Youre momma says:
    November 11, 2018 at 8:23 am

    Creepy ending?

    1. Ayyrie says:
      November 21, 2018 at 8:47 pm

      Creepy like you.? Anyway thanks?❤

  6. Man eh says:
    November 11, 2018 at 2:19 pm

    Khn irakun nxt part vrh nice mi part vx❤️Ekm nxt part dhigukolladheche nge… N avahah up khdhyy ba nxt part.

    1. Ayyrie says:
      November 21, 2018 at 8:49 pm

      Thanks Man Eh?. Next part dhw. Im trynna write tho huttaala thoughts ves eba huri?❤

  7. Anonymous says:
    November 12, 2018 at 7:51 pm

    Where is the next part???

  8. Ayyrie says:
    November 16, 2018 at 7:14 pm

    Dear readers, varah dhera vey cox I gotta say this. Ekam next part won’t be up until next year. Im stopping writing here for a whole due to some personal problems. A big sorry from me ingey. Will miss you all. Hope you all will understand. ❤

Comments are closed.


All Right Reserved!