އެތައް ފަހަރަކު ރިންގްވަމުން ދިޔަ ފޯނު ނެގި އަޑު އިވުމުން މާޔާ ބަލާލީ ޝައިނާ އާއި ދިމާއަށެވެ. ސްޕީކާ އޮން ކޮށްފައި ހުރުމުން އެކޮޅުން “ހެލޯ” ބުނި އަޑު ދެމީހުންނަށްވެސް އިވުނެވެ. މާޔާ އެފޯނު ޝައިނާއަތަށް ދެމުން އަތުން އިޝާރާތްކޮށްލީ ހުރިހާ ކަމެއް ރަނގަޅުވާނެއެވެ. ތުރުތުރު ލެވިފައިވާއަތަކުން ޝައިނާ ފޯނު ނަގާ ކަންފަތުގައި ޖައްސާލުމަށްފަހު “ހެލޯ”އޭ ބުނެލިއިރު އެހިތް އޮބިނޯންނަވަރަށް ތެޅެމުންދިޔައެވެ.
ޝައިނާގެ އަޑު ޖެހުމާއިއެކު އަދާން އިތުރަށް އެންމެ ބަހެއްވެސް ނުބުނެ ފޯނު ކަނޑާލިއެވެ. ފޯނާއި ދިމާއަށް ބަލަހައްޓައިގެން ހުރި އަދާން ހުރީ އަދިވެސް ޤަބޫލު ނުކުރެވިފައެވެ. އެއީ ހަމަ ޝައިގެ އަޑުބާއެވެ؟ އެހިތް އެތައްފަހަރަކު އެސުވާލު ތަކުރާރު ކުރަމުންދިޔައެވެ. އެތައް ދުވަހެއް ފަހުން ޝައިނާގެ އަޑު ޖެހުމުން އެހިތައް ބަޔާން ކުރަންދަތި އުފަލެއް ލިބުނަސް އޭނާ އަމިއްލަ ނަފުސު ކޮންޓްރޯލް ކުރާނެއެވެ. މާޒީގައި ހިނގައިދިޔަ ކަމެއް ތަކުރާރު ވާނެ ފަދަ އެއްވެސް ކަމަކަށް ފުރުސަތު ދޭން އަދާން ބޭނުމެއް ނޫނެވެ. އެކަމުން ޝައިނާއަށްވެސް އަދި އޭނަގެ ދިރިއުޅުމަށްވެސް އިތުރު ހުރަސްތަކެއް ނޫނީ ކުރިމަތި ނުވާނެއެވެ. “އައި އޭމް ސޮރީ ޝައި..ބަޓް އައި ކާންޓް..ވަރަށް ބޭނުން ވާހަކަ ދައްކަން..ވަރަށް ގިނަ ވާހަކަ ދައްކަން ބޭނުން..އެކަމަކުވެސް އަހަންނަށް މަޢާފް ކުރޭ..” އަދާންގެ ދެލޮލުން ފެންނަމުންދަނީ ހިތްދަތިކަމާއި މާޔޫސް ކަމެވެ. އަދާންގެ ލޮލުން ވެއްޓުނު ކަރުނަތިކި ބިންމައްޗަށް ހިނދިގެން ދިޔައެވެ. “މިހާ ދަންގަޑިއެއްގައި ބޭރުގައި ކީއްކުރަނީ؟ ” އަދާން ސިހިގެންދިޔައީ ދާދި ކައިރިން އިވުނު ވަފާގެ އަޑުންނެވެ. “މާޔާ ގުޅީމަ ދެންމެ މި ނިކުތީ..ވަފާއަށް އުނދަގުވެދާނެހެން ހީވާތީވެ ސޓިންރޫމަށް ނިކުމެލީ..” މޫނުގައި އަތް އުނގުޅާލަމުން އަދާން ބުނެލިއެވެ. ޝައިނާގެ ނަން ނުބުނީ ވަފާ ނުބައި ގޮތަކަށް ވިސްނަފާނެތީވެއެވެ. ވަފާއަށް އެއްވެސް ކަހަލަ ދެރައެއް ހިތާމައެއް ދޭކަށް އަދާންގެ ހިތް ނޭދެއެވެ. “ޝައިނާތަ ވާހަކަ ދެއްކީ؟” އެއްވެސް ޖެހިލުމެއް ނެތި ވަފާ ކޮށްލި ސުވާލުން އަދާންގެ މޫނަށް އެތައް ކުލައެއް އަރާފޭބިއެވެ. ވަފާއަށް އެހާ ތެދަށް ބުނަން އެނގުނީ ކިހިނެއް ހެެއްޔެވެ؟ އަނެއްކާ މާޔާގެ ފަރާތުން އެނގުނީ ހެއްޔެވެ؟ ” ހާދަ ވަރަކަށް ހާސްވީ..އަހަރެން އެހެން މިބުނީ އަދާންގެ ތި ދެލޮލުން ސާފުކޮށް އެބަ ފެނޭ ޝައިނާއަށްޓަކައި ވާ ލޯބި..އަހަރެންގެ އެއްވެސް ޝަކުވާއެއްނެތް..އެކަމަކުވެސް އަދާންއަށް އެނގެއެއްނު ޝައިނާއާއި އަދާންއަށް އެކުގައި އުޅެވެން ތަޤުދީރުގައި ނެތީމަކަން އެހެން ކަންތައް ދިމާވީ..އަދި މިހާރު އަހަރެން ބޭނުން އަދާންގެ ފަރާތުން ފުރިހަމަ ލޯތްބާއި އަޅާލުން..” ވާފާގެ ދެލޯ ފެންކަޅިވެގެންދިޔައެވެ. އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ. ” ނޫން ވަފާ ތިހެން ނުބުނޭ..މިއަދު އަހަރެންގެ ހުރިހާވެސް މީހަކީ ވަފާ..އަދި ތި ބަނޑުގައިވާ އަހަރެންގެ ދަރިފުޅު..ތި ދެމީހުންނާ ނުލާއަހަރެން ފުރިހަަމައެއް ނުވާނެ..މިދުނިޔެ އަހަރެން ބާކީކޮށްލިއިރުވެސް ވަފާގެ ފަރާތުން ލިބުނު ލޯތްބާއި އޯގާތެރިކަން އަހަރެން ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެ..އަހަރެން އަމިއްލަ ނަފުސު ކުށްވެރިކުރަން ވަފާ ކަހަލަ ރަނގަޅު އަންބަކު ހުރި އިރުވެސް އަހަރެންގެ އުޅުން އިސްލާހު ނުކުރެވުނީމަ..އެހެންވެދޯ އަހަންނަށް ޝައިނާއާއި އެކުވެސް….” ވަފާއަށް ފުރަގަސް ދެމުން އަނެއް ފަރާތަށް އަދާން އެނބުރިލީ ކުރެވުނު ކަންތަކުން އަދިވެސް އެހިތުގައިވާ ލަދުވެތި ކަމަކުންނެވެ. އިންތިހާއަށް ލޯބިވާ އަންބަކާ އޯގާތެރި އާއިލާއެއް ލިބިފައި ވިޔަސް އަދާންއަށް ޝުކުރުވެރި ނުވެވުނީމައެވެ. “އަހަރެން އަބަދުވެސް އަދާންކައިރީގައި ބުނަމެއްނު ވެދިޔަކަމެއް އެނިމުނީއޭ..އެކަމުގައި ޝައިނާ އަދި އަދާންގެވެސް ކުށް އެބަހުރި..އަހަރެން ވަކި މީހެއް ކުށްވެރި ނުކުރާނަން..އަދާން ވިސްނާލާ އެއީ ﷲ އަދާންއަށް ދަސްކޮށްދެއްވި ފިލާވަޅެކޭ..ވެދިޔަ އެއްވެސް ކަމެއް ބަދަލު ނުކުރެވުނަސް މުސްތަޤުބަލު އުޖާލާ ކުރެވޭނެ..އެކަމުގައި ބޭނުންވާނީ ހިތްވާރާއި ޢަޒުމު..ﷲ އިރާދަކުރެއްވިއްޔާ އަދާންގެ ދިރިއުޅުމަށް ފާޤަތި މުސްތަޤުބަލެއް ފެންނާނެ..އުންމީދު ކަނޑާނުލާ..ކޮންމެ އަޅަކަށްވެސް އެކަލާނގެ މިންވަރު ކުރެއްވި ގޮތެއް މެދުވެރި ކުރައްވާނެ..އަހަރެމެން ޖެހޭނެ ޝުކުރުވެރިވާން..އުނދގޫ ހާލަތެއް މެދުވެރި ވެއްޖެނަަމަ އެފަރާތަށް ދަންނަވާ..ޞާލިހު އަޅުންގެ ދުޢާ އިޖާބަ ކުރައްވާނެ..” ވަފާގެ ބަސްތަކުން އަދާންއަށް އަމިއްލަ ނަފުސު ކުށްވެރި ކުރުން ނޫން ކަމެއް ނުކުރެވުނެވެ. އެހެން ނަމަވެސް ވަފާގެ އެ އިބުރަތުން ފުރިގެންވާ ބަސްތައް އަދާން އަބަދުވެސް ހަނދާނުގައި ބަހައްޓާނެއެވެ. “ވަފާ އަހަންނަށް މަޢާފު ކުރުމަކީވެސް އަހަންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް..ދިރިއުޅުމުގައި ކުރިއަށް ދާނެ މަޤުސަދެއް ލިބިއްޖެ..ވަފާގެ ތި ހިތްހެޔޮކަން އަހަރެން އުމުރަށް ހަނދާން ކުރާނަން..ވަފާގެ މަގާމުގައި އެހެން މީހަކު ހުރި ނަމަ މިއަދު އަހަރެން މިހެން ކޮޅަކަށް ނުހުންނާނެ..ވަފާ އަހަންދިން ހިތްވަރާއި ވީ އޯގާތެރި ކަމުގެ ބަދަލުގައި އަހަރެން ވަފާއަށްޓަކައި ރަނގަޅު ފިރިއަކަށް ވާނަން..އަދި އިރާދަކުރެއްވިއްޔާ އަހަރެމެންގެ ދަރިފުޅަށް ނިމުމެއްނެތް ލޯބި ދޭނަން.” އުފުލިފައިވާ ވަފާގެ ކުޑަ ބަނޑުގައި އަތް ޖައްސާލަމުން އަދާން އެހެން ބުނެލީ ރިހުން އެކުލެވިގެންވާ އަޑަކުންނެވެ. ވަފާ ކަހަލަ ރަގަޅު އަންބެއް ދެއްވތީވެ އެކަލާނގެއަށް ހަމްދު ކޮށްލެވުނެވެ. “ދެން ދޭ އޮންނަން..އަހަރެން ދާނަން ކޮފީއެއް ބޯލައިގެން..އިނގެއެއްނު މިދުވަސްކޮޅު އޮފީހުގައި ވަރަށް ބުރަކަން ..މި މަސް ނިމުމުގެ ކުރިން ނިންމަންޖެހޭ އެތައް ކަމެއް އެބަހުރި..އަހަރެން ނިދާނީ ބައެއް ކަންތައް ނިންމާލާފައި..” އަދާން އެހެން ބުނުމާއި އެކު ވަފާ މަޑު ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.
” އަދާން! އަހަރެން އަދާން ދެކެ ވަރަށް ލޯބިވޭ..އަދާން ކުރި ކުށަށް މަޢާފު ދިނަސް ކުރިން އޮތް އިތުބާރެއް ނެތް..އެކަމަކުވެސް އަހަރެން އަދާންއަށް ފުރުސަތު މިދިނީ އެއިތުބާރު އަނބުރައި ހޯދާނެ ކަމުގެ އުންމީދުގައި..އަހަރެމެންގެ މިދަރިފުޅަށްޓަކައި ނަމަވެސް އަދާންގެ ފަރާތުން އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމުގައި އަހަރެން އުންމީދުކުރަން..” ދޮރުލައްޕާލުމަށްފަހު އެދޮރުގައި ލެނގިލަމުން ވަފާ ބުނެލިއެވެ. އަދާންއާއި ދިމާއަށް އެހެން ނުބުނީ މިވަގުތު މާޒީގެ ވާހަކަ ތަކުރާރު ކުރަން ބޭނުން ނުވީމައެވެ. ވަފާގެ ހިތުގައި އެއްވެސް މީހަކަށްޓަކައި ހިތްބުރަކަމެއްނެތެވެ. ނަަމަވެސް އެހިތުގައި ޝައިނާއަށް އެތައް ޝަކުވާތަކެއް ވެއެވެ. ކޮންމެވެސް ދުވަހަކުން ޝައިނާ އޭނައަށް އެފުރުސަތު ދޭނެ ކަމުގައި ވަފާގެ ހިތް ބުނެއެވެ. ޝައިނާއަށް އަދި ވަގުތު ބޭނުންވާނެކަންވެސް ވަފާއަށް އެނގެއެވެ.
**
އަދާންގެ އެފަރުވާކުޑަ އަމަލުން ޝައިނާގެ ހިތުގައި އެޅިފައިވާ ކޫރުންތައް އިތުރުވެގެން ދިޔައެވެ. އެއީ ހަމަ އަދާން ހެއްޔެވެ؟ އެއް ދުވަސްވަރެއްގައި އެއަޑު އަހާ ނުލާ ދުވަހެއް ވޭތު ނުކުރެވޭކަަމަށް ބުނާ އަދާން މިއަދު ޝައިނާއަށް ފުރަގަސް އެދިނީ އެހިތް ރޮއްވާފައިއެވެ. އެހިތުގައި ޝައިނާއަށްޓަކައި ކުޑަނަމަވެސް އިހުސާސެއް ނެތީ ހެއްޔެވެ؟ އޭނަ ދަންނަ އަދާންއަކީ ހިތްތިރި މީހެކެވެ. އަދާން އެހާ ހިތް ހަރުވީ ކޮންއިރަކުހެއްޔެވެ؟ ޝައިނާއަށް ޤަބޫލެއްވެސް ނުކުރެވުނެވެ. އަދާން އޭނަ އެހާ ދުރުކޮށްލާނޭ ޝައިނާގެ ހިތައްވެސް ނުގެނެވެއެވެ. އެހެން ނަމަވެސް އެހެން އެކަން ވެއްޖެއެވެ. ޝައިނާ ރޮއެގަންނަމުން މާޔާގެ ގައިގައި އޮޅުލައިގަތެވެ. “ހީ ޑަޒަންޓް ލަވް މީ އެނީ މޯ..އޯލް އިޓް ވޯޒް އަ ބިގް ފެޓް ލައި..މާޔާ އަދާން އަހަރެން ބާކީކޮށްލައިފި..”ޝައިނާއަށް ގިސްލެވޭވަރުން ރަނގަޅަށް ވާހަކައެއް ނުދެއްކެއެވެ. މިދުނިޔޭގައި އޭނައަށް އެއްވެސް އުފަލެއް ލިބެން ނެތީ ހެއްޔެވެ؟ ޝައިނާގެ ކުށަކީ ކޮބައި ހެއްޔެވެ؟ އަދާންދެކެ ސާފު ލޯތްބެއް ވެވުން ހެއްޔެވެ؟ އެއީ ކުށަކަށް ވާނަމަ އޭނައަށް އެކަން ކުރެވިއްޖެއެވެ. ކިތަންމެ ބޭނުންވިޔަސް އަދާންގެ ހަނދާންތައް ޝައިނާގެ ހިތުގައި ބިންވަޅުނެގިފައި އެވަނީ ދުވަހަކުވެސް ފޮހެވިގެން ނުދާނޭ ފަދައަކުންނެވެ. އަދާން ގަސްދުގައި ޝައިނާއަށް އަނިޔާދެނީ ކީއްވެ ހެއްޔެވެ؟ އެހުރިހާ ވާހަކަތަކެއް..އެހުރިހާ އިހުސާސް ތަކެއް ކުއްލިއަކަށް އަދާންގެ ހިތާއި ސިކުނޑިން ފޮހެލީ ހެއްޔެވެ؟ ޝައިނާގެ ހިތާއި ސިކުނޑި ހަނގުރާމައެއް ކުރަމުންދާ ކަހަލައެވެ. ސިކުނޑިން އެތައް އިންޒާރެއް ދެމުން ގެންދެއެވެ. ނަމަަވެސް ހިތް އެކަމާ ދެކޮޅު ހަދަނީ އެވެ. ޝައިނާއަށް ވިސްނަންވީ ކީކޭ ކަމެއް ނޭނގެއެވެ. ” ޝްޝްޝް! ޝައި ޕްލީޒް ތިވަރަށް ނުރޮއެބަ..އިނގޭނު ޝައި މާގިނައިން ތިހެން އުޅެންޏާ ވާނެ ގޮތް..ޝައިއަށް ކަމެއް ވިއްޔާ މަންމަ ކިހާ ދެރަވާނެ..އެއްފަހަރުވެސް އެމަންމަ އުފުލި ވޭނާއި ހިތާމަތަށް ހަނދާންކޮށްބަ..” މާޔާގެ ވާހަކަތައް އަދާންއާއި ދުރުކޮށްލީ ހަމަ ގަސްދުގައެވެ. ޝައިނާ އެގޮތަށް އަދާންގެ ހަނދާނުގައި ނިމިގެންދާތަން ދެކެން މާޔާއަށް ކެތް ނުވާނެއެވެ. މާޔާގެ ވާހަކަތަކަށް ހުއްޓުމެއް އައީ އޭނާގެ ގައިގައި އަޅުވާލެވިފައިވާ ޝާއިނާގެ އަތަށް ދޫކަމެއް އަންނަ ކަމުގެ އިހުސާސް ވުމާއެކުއެވެ. އެހެން ފަހަރު ތަކެކޭ އެތްގޮތަށް ޝައިނާއަށް މިރޭވެސް އެހެން އެވީއެވެ. މާޔާގެ ހިތުގައި އޮތް ބިރުވެރިކަން އަސްލަކަށްވީއެވެ. މާޔާ އެންމެ ކަންބޮޑުވީ ފަހީމާއަށް ހޭލެވިދާނެތީއެވެ. ފަހީމާ އެކޭ ޖާސޫސެކޭ އެތްގޮތްވާނެއެވެ. ގޭތެރޭގައި ހިންޏަކަށްވެސް ދުވެލެވޭނީ ފަހީމާއަށް އެނގިގެންނެވެ. އެހާވެސް އޭނަ ޚުށިޔާރުވާނެއެވެ. މިރެޭ ބޯކޮށް ވިއްސާރަވެހޭކަންވެސް އެއީ ހަމަ ނަސީބެކެވެ. އެހެން ނޫންނަމަ ޝައިނާގެ ރުއިމުގެ އަޑަށް ފަހީމާއަށް ހޭލެވޭނެވެ. މާޔާ ނުހަނު އުނދަގުލުން ޝައިނާ ނަގާ ސިޓިން ރޫމް ސޯފާގައި ބޭއްވި ވަގުތަކީ ގޭގެ ބޮޑު ދޮރު ހުޅުވާލި ވަގުތަށެވެ. މާޔާގެ ހިއްސުތައް ގަނޑުވިކަހަލަ އިހުސާސެއް ކުރެވުނެވެ. ގޭތެެރެއަށް ވަދެގެން އެއަންނަނީ ނާއިން ފިޔަވާ އިތުރު ދެވަނަ މީހެއް ނޫނެވެ. “ކިހިނެއްވީ؟ މާޔާ މިހާ ދަންގަޑިއެއްގައި ކޮޓަރިންބޭރު ދެމީހުން ކީއްކުރަނީ؟” ނާއިންގެ ބަރު އަޑުން މާޔާ ސިހިގެންދިޔައެވެ. ސޯފާގައި އޮތް ޝައިނާއަށް އަދިވެސް ގިސްލެވެމުން ދިޔައެވެ. ނަމަވެސް އޭނާގެ ވަށައިގެން ހިނގާ އެއްވެސް ކަމެއްގެ ހިލަަމެއް އޭނައަށް ނުވެއެވެ. ޝައިނާގެ ގިސްލުމުގެ އަޑުން ނާއިން އައިސްފައި ހުރި ރުޅި ފިލައިގެން ދިޔައެވެ. ހިނދުކޮޅެއްގެ ތެރޭގައި އެދެލޮލުން ކަރުނަ ވިދާލިތަން މާޔާއަށް ފެނުނެވެ. ” ސޮރީީ ޝައި..އަހަރެންނާހެދި ވެދިޔަ އެއްވެސް ކަމެއް ބަދަލެއް ނުވާނެ..އެހެން ނަމަވެސް ޝައި ޖެހޭނީ އަދާން މަތިން ހަނދާން ނައްތާލަން..އަހަރެންގެ ފުރާނަ ހުރި ހިނދަކު ތި ގުޅުން ކުރިއަށް ނުގެންދެވޭނެ..އަހަރެން ޝައި ދެކެ ވަރަށް ލޯބިވޭ..އިރާދަކުރެއްވިއްޔާ ހުރިހާކަމެއް އަދި ރަނގަޅުވާނެ..” ޝައިނާގެ ބޮލުގައި ފިރުމާލަމުން ނާއިން ބުނެލިއެވެ. އެވަގުތު އެލޮލުން ފޭބި ކަރުނަތިކި ފެނި މާޔާގެ ހިތުގެ ހިނގުންވެސް މަޑުޖެހިލިއެވެ. އެސްފިޔަވެސް ޖަހާލާން ނޭނގިފައި މާޔާއަށް އިނދެވުނީ ނާއިންގެ މޫނުން ނަޒަރު ވަކި ނުކުރެވިފައެވެ. މާޔާ އެއިންގޮތަށް ބަލަހައްޓައިގެން އިންދާ ނާއިންގެ އަތްދަނޑިމައްޗަށް ޝައިނާ އުފުއްލާލައިގެން ގޮސް ޝައިނާގެ ކޮޓަރިއަށް ވަނެވެ. ނާއިން ދިޔަ މަންޒަރު ބަލަހައްޓައިގެން އިން މާޔާގެ މޫނުމަތިން އެތައް ކުލަވަރެއް ދޭހަކޮށްދެއެވެ. އެހިތުގައިވާ އެއްޗެއް ކުރިން ނާއިން ކައިރީގައި ބުނެވުނުނަމައޭ މާޔާގެ ހިތައް އަރައެވެ. ނަމަވެސް މިއަދު ނާއިން އެވަނީ އޭނައާއި އެތައް ސަތޭކެ މޭލެއް ދުރުގައިއެވެ. މާޔާ އޭނާގެ އިހުސާސް ތައް ކަފުން ކުރިތާ އެތައް ދުވަހެއް ވެއްޖެއެވެ.
**
“މާޔާ!” ބަދިގޭގައި ކޮފީ ހަދަން ހުރި މާޔާ ސިހިގެން ދިޔައީ ނާއިން ގެ އަޑަށެވެ. އޭނާ ހީކުރީ ނާއިން ނިދަންވަނީ ކަމަށެވެ. އަހަންނަށްވެސް ކޮފީއެއް ހަދާދެވިދާނެތަ؟ މާޔާގެ ސްޕެޝިއަލް ކޮފީ…ހެހެހެ..” އެތައް ދުވަހެއް ފަހުން ނާއިންގެ އެގާތްކަން ފެނި މާޔާގެ ހިތައް ކުޑަނަމަވެސް ހަމަޖެހުމެއް ލިބިއްޖެއެވެ. މާޔާ ދެތަށި ކޮފީ ހެދުމަށްފަހު އެއްތަށި ނާއިންއަށް ދިއްކޮށްލިއެވެ. “ތޭންކްސް..މްމްްމްް..އައި މިސް ދިޒް..” ކޮފ ތަށިން ކޯވަރެއް ބޯލަމުން ނާއިން ފަނޑު ހިނިތުންވުމެއް ރައްދުކޮށްލިއެވެ. މާޔާވެސް ހީލަމުން ކޮފީކޯވަރެއް ބޯލިއެވެ. ދެމީހުންކުރެ އެކަކުވެސް ބަހެއް ނުކިޔާ ތިބެގެން ކޮފީ ބޮމުންގެންދިޔައިރު ދައްކަން ބޭނުންވާ އެތައް ވާހަކަތަކެއް ހުރި ކަމުގައި ވިޔަސް އެކަކުވެސް އިސްވެ އެއްވެސް ވާހަކެއް ދައްކާކަން ބޭނުމެއް ނުވިއެވެ. އެހެން ނޫންނަސް ދެއްކިޔަސް ވާނެ ފައިދާއެއް ނެތުމުން ހަމަހިމޭންކަން އިޚްތިޔާރުކުރީއެވެ. އެންމެ ރަނގަޅު ގޮތަކީވެސް އެއީކަމުގައި ވާތީއެވެ.
**
އާދުވަހަކަށް އިރުއަރައިގެންއައީ ދުނިޔެމައްޗަށް ތަފާތު ކުލަތައް ވެރިކުރުމަށްފަހުގައެވެ. އަދިއެހެންމެ އެތައް ބައެއްގެ ދިރިއުޅުމުގައިވެސް ތަފާތު އާ ސޮފްޙާތަކެއް ހުޅުވާލަމުންނެވެ. ޝައިނާ އޭނާގެ އެނދުގައި އޮތް އިރު ރޭގެ ހާދިސާ އާއި މެދު ވިސްނަމުން ގެންދިޔައެވެ. އަދާން އޭނަ އެހާ ދުރުކޮށްލީ ކީއްވެހެއްޔެވެ؟ އޭނަގެ އަޑުވެސް އަދާން އަޑުއަހާކަށް ބޭނުމެއް ނޫންކަން އަންގައިދީފިއެވެ. ވީއިރު ޝައިނާގެ ހިތުގައިވާ ސުވާލުތަކުގެ ބޮޅުފައްޗަށް އިތުރުވެގެން އެދިޔައީ އިތުރު ސުވާލެކެވެ. ޖަވާބު ލިބެން ބޭނުން އެތައް ސުވާލެއް އެހިތުގައި ވެއެވެ. އެހެން ނަމަވެސް އަދާންގެ ފަރާތުން އެދެއްކި ދުރުކަމަކުން ޝައިނާއަށް ދެވަނަފަހަރަށް އަދާންއަށް ގުޅާކަށް ނުކެރޭނެއެވެ. “އަދާން! އަހަރެންގެ ހިތުގައިވާ އެއްޗެއް އަދާންއަށް އެނގިއްޖެ ނަމަ އަހަންނަށް ޔަޤީން އަދާންއަށް އަހަރެން ތިހާ ދުރުކޮށްލައިގެން ނުުހުރެވޭނެކަން..އަދާން އަހަންރެންގެ މަތިން ކުޑަކޮށްވެސް ހަނދާނެއް ނުވޭތަ؟ ޔޫ އާރ އެކްޓިން ލައިކް އައި ޑޯންޓް އެގްޒިސްޓް..އަހަރެންގެ ހިތައް އަރާ އަދާން އަހަރެންދެކެ ކުޑަކޮށް ނަަވެސް ލޯބި ވިބާއޭ؟ އެހެން ނޫނީ އެއީ ހަމަ ދައްކާލި ދަޅައެއްބާއޭ؟ އެއީ ކޮންމެ ކަހަލަ އިހުސާސްތަކެއް ނަަމަވެސް އަހަރެންގެ ހިތުގައިވާ ލޯތްބަށް ކުޑަނަމަވެސް ބަދަލެއް ނާދޭ..އަދާންގެ ހަނދާންތައް އަހަރެންގެ ހިތް ރޮއްވަމުން ދަނީ..އެކަމަކު އަދާންގެ ހިތަށް ހަމަ އެކައްޗެއްވެސް ނާރާ.. ވަރަށް ހަމަ ޖެހިލާފަ އުޅެނީ..އަހަރެން ދައްކަން ބޭނުން ވަރަށް ގިނަ ވާހަކަތައް އެބަހުރި އަދާން ކީއްވެތަ އަހަންނަށް އެފުރުސަތު ނުދެނީ؟..އަދާންގެ ހިތުގައި އަހަންނަށްޓަކައިވި އިހުސާސްތައް ނެތީތަ؟ އެހާވެސް ފަސޭހައިން އަދާން އަހަރެންމަތިން ހަނދާން ނެތުނީތަ؟” ޝައިނާގެ ފޯނުން ފެންނަން ހުރި އަދާންގެ ފޮޓޯއަށް ބަލަމުން އެހިތުގައިވާ އުދާސްތައް ބޭރުކުރެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. އެކޮޓަރީގެ ދޮރު ހުޅުވާފައި ވަތް މާޔާއަށް ޝައިނާ އޮތްގޮތް ފެނި އިތުރު ތަފްސީލަކަށް ބޭނުމެއް ނުވިއެވެ. ޝައިނާގެ ފޯނު ސްކްރީންގައި އިންނާނީ އަދާންގެ ފޮޓޮއެއްކަން މާޔާއަށް ޔަގީނެވެ. އެހެންކަމުން މާޔާ ބޭނުންވީ ޝައިނާ އެޚިޔާލުތަކާއި ދުރުވާށެވެ.
“ސާބަސް އިނގޭ..ޝައި ތީ ބޭބީ އެކޭ އަހަރެން ބުނަނީ އެހެން ވީމައޭ..ބަލާބަ މިހާރުވެސް ނޭފަތްކޮޅު ރަތްކޮށްލައިގެން ތިއޮތީ..ރޭގައި މަފަކީރު ވަރުބަލިވެއްޖެ..”މާޔާ އުނަގަނޑުގައި އަތް ވިދެލަމުން އަކުރުތަކަށް ދަމާލަމުން ބުނެލިއެވެ. ޝައިނާ ކުއްލިއަކަށް ކަމެއް ހަނދާންވެގެން ކަހަލަ ގޮތަކަށް މާޔާކައިރީ ރޭގައި ފަހުން ވީގޮތް އޮޅުންފިލުވާލީ އޭނާގެ ހަނދާނުގައި އެއްވެސް ކަމެއް ނެތުމުންނެވެ.
“ކަމަނާ އަތްދަނޑި މައްޗަށްލައިގެން މިކޮޓަރިއަށް ވެއްދީ ނާއިން..އޭނަ އައިއިރުގައި ސޯފާގައި އޮތީމަ ވަރަށް ރުޅިއައިއްސަ ހުރީވެސް..މަވެސް ބިރުން އިނީ..”މާޔާގެ ބަސްތައް އަޑު އިވުމާއިއެކު ލިބުނު ހައިރާންކަމުން ޝައިނާގެ އަތުގައި އޮތް ފޯނުވެސް ދޫވެގެން ގޮދަޑި މައްޗަަށް ވެއްޓުނެވެ. ” ޑޯންޓް ބީ ސޯ ސަޕްރައިސްޑް..އައި ޓޯލްޑް ޔޫ ދެޓް ހީ ސްޓިލް ލަވްސް ޔޫ ހަމަ ކުރިއެކޭ އެއްގޮތަށް..އެކަމް ޝައި ދޯ ތިހުންނަނީ ބޮޑާހާކާފަ އޭނައާއި ވާހަކަނުދައްކަން ހުވާކޮށްގެން..” މާޔާ އެނދުގައި އިށީނދެލަމުން ބުނެލިއެވެ. “އެކަމް އަހަރެން ހީކުރީ..ދެން ނޭނގޭނެއްނު..ނުކެރުނީ ވާހަކަ ދައްކަން…ހީ ކުޑް އާސްކް މީ ބިފޯ ޓޭކިން އެނީ އެކްޝަން..އޭރުގަ ކަންތައް ވެގެން ދިޔައީ އަހަރެން އުއްމީދު ކުރިގޮތަކަށް ނޫން..ސޯ އައި ހޭވް މެނީ ތިންގްސް ޓް ސޭ..އެކަމް އައި ކާންޓް އާސްކް ހިމް އެނީތިން..އަހަރެންގެ ސަބަބުން ވަރަށް ހާޓް ވެފަކަން އެނގޭ..ދެން އަޅާ ނުލާ..ވަރަށް ބަނޑުހައި..ހިނގާބަލަ ސައިބޯން..ހާދަ ބަނޑުހައޭ..މިއަންނަނީ ދަތް އުނގުޅައިގެން ކުޑަކޮށް ފްރެޝް ވެލައިގެން..މާޔާ ނުދާތި..ވެއިޓް އިނގޭ..އައި ކާންޓް ފޭސް ހިމް އެލޯން ސޯ އައި ނީޑް ޔޫ..ހެހެހެ..” ޝައިނާ ދުވެލާފައިގޮސް ފާޚާނާއަށް ވަނެވެ. މާޔާއަށް އަދިވެސް ޝައިނާ ދަހެއް ނުވެއެވެ. ބައެއްފަހަރު ރޯވަރުން ހީވާނީ ހަމަ ކުޑަކުއްޖެއްހެންނެވެ. އެކަމަކު މިހާރު އެހުރީ ކުރީގެ ޝައިނާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދިރިއުޅުމުގައި ޝައިނާއަށް ކުރިމަތިވި ކަންތައްގަނޑުން ވަރަށް ބޮޑެތި ފިލާވަޅުތަކެއް ދަސްވެއްޖެ ކަމަށް މާޔާ ގަބޫލުކުރެއެވެ.
**
ހަފްތާއެއް ވޭތުވެގެން ދިޔައީ ހީވެސް ނުކުރާހާއަވަހަށެވެ. ޝައިނާއާއި މާޔާވެސް ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް މަސައްކަތް ކުރަމުންދިޔައެވެ. މާޔާގެ އެތައް ނަސޭހަތަކުން ޝައިނާގެ އުޅުމަށް ކުޑަނަަމަވެސް ބަދަލެއް އައިސްފިއެވެ. ކުރިން އަބަދު އެކަހެރިކޮށް އުޅޭ ޝައިނާ މިހާރު އަބަދުވެސް ފެންނަނީ ގޭތެރޭގައި ކޮންމެވެސް ކަމެއްގައި ބިޒީ ވެގެން އުޅޭ ތަނެވެ. ދޭތެރެއަކުން ފަހީމާއަށް ޖެެއްސުމެއް ކޮށްލަފާނެއެވެ. ޝައިނާގެ ބަދަލުވަފައިވާ މިޒާޖުން ފަހީމާގެ އިތުރުން ނާއިންވެސް ހުންނަނީ ނުހަނު އުފަލުންނެވެ. ޝައިނާއަށް ނޭނގުނު ކަމުގައި ވިޔަސް އޭނަގެ ކަންތައްތައް އެންމެ ގާތުން ބަލަމުންދާ އެކަކީ ނާއިންއެވެ. މާޔާއަށް އޭނާގެ އެންމެގާތް އެކުވެރިޔާ އަނބުރާ ލިބުނުކަހަލައެވެ.
ނަމަވެސް އެހުރިހާކަމެއް އެއީ ކުށްހީއެއްކަމެއް އެއިން އެކަކަށްވެސް ނޭނގެއެވެ. ޝައިނާ އެކަނިވާ ކޮންމެ ވަގުތަކު ރޮއެ ހިތާމަކުރާކަމެއް ނޭނގޭނެއެވެ. އެހާވެސް އޭނާ އެކްޓް ކުރަން މޮޅޭ ބުނެވިދާނެއެވެ. ހުރިހާ ހިތާމަތަކެއް އެއްފަރާތް ކޮށްލާފައި ޝައިނާ ހިނިތުން އެވަނީ ކިހާބޮޑު ތަކުލީފުތަކަކާއިއެކު ކަމެއް އެއްވެސް އިތުރުފަރާތަކަށް ނޭނގޭނެއެވެ. ނަމާދު ކޮށް ދުޢާކުރުމުގައ އެލިބޭ ހިތްހަމަޖެހުން ފިޔަވާ އޭނައަށް އިތުރު އުފަލެއް ނެތް ކަހަލައެވެ. ޝައިނާއަށް ވިސްނޭނެނަމައެވެ. ދުނިޔެމަތީގައި އިންސާނުންނަށް ތަފާތު އެކި ކަހަލަ އިމްތިޙާނުތަކާއި ކުރިމަތިލާން ޖެހޭނެކަމެވެ.ހަޤީގަތަކީ އަމިއްލަ ނަފުސަށް މަޢާފު ނުކުރާހިނދަކު ދިރިއުޅުމުގައި ކުރިއަށް ނުދެވޭނެކަމެވެ. އަދި މާޒީވެ ނިމިފަިވާ ކަންކަމުގައި ހިފަހައްޓައިގެން އުޅުމަކީ ދިރިއުޅުމުގައި ކުރިއަށް ދިއުމަށް އެޅޭނެ އެންމެ ބޮޑު އެއް ހުރަސްކަން ޝައިނާއަށް ވިސްނޭނަަމަ މިއަދު އެޚިޔާލުތަކާ މާޒީވެ ގޮސްފައިވާ ކަންތައްތައް ޝައިނާ ދޫކޮށްލާނެއެވެ. އެހުރިހާކަމެއް ވިސްނުނަސް އެހަޤީގަތް ބަލައިގަންނަން ޝައިނާ ބޭނުން ނުވަނީބާއެވެ؟
” މާޔާ އިޓްސް ބީން އަ ވީކް.އަހަންނަށް އަދާން ނުފެނި..އެން އައި ފީލް އިޓްސް ބީން އަ ޑެކޭޑް..އަހަރެންގެ ހިތައް ހަމަޖެހުމެއް ނުލިބިގެން މިއުޅެނީ އެހެންވެގެން..އަަހަރެން މާޔާ ކައިރީގައި ބުނަމެއްނު ވަރަށް އަންއީޒީ އެބަވެޔޭ..ދެން ނޭނގެ ބުނެދޭކަށް..އަހަރެން ވަރަށް ހިތްހަމަޖެހޭ އަދާންގެ ސޫރަ އެންމެ ފަަހަރަކު ނަމަވެސް ފެނުނީމަ..އެކަމް އޭނަ އަހަރެން ކުރިމަތިން އައިސްފިނަމަ އަހަންނަށް ނުކެރޭނެ އިސްއުފުލާ ބަލާލާކަށް..އައި ޑޯންޓް ނޯ ވައި..އެކަމް ވަރަށް އުފާވޭ އަދާން ކިތައްމެ ދުރުން ނަމަވެސް ފެނިލީމަ..އައި ނޯ ހީ ވިލް ނެވަ ފީލް ދަ ވޭ އައި ޑޫ..އެކަމްވެސް އޯކޭ ހަމަ..އެއްވެސް ޝަކުވާއެއްނެތް..އަދި ބަދަލުގައި އެއްވެސް ކަމެއް އަދާންގެ ފަރާތުން ބޭނުމެއްވެސް ނޫން..އެން ވަން މޯ ތިންގް..އަހަރެން ދެން ދުވަހަކުވެސް އަދާންގެ ލައިފްއަށް ނުދާނަން..އޭގެ މާނައެއް ނޫންއެއީ އަދާންއަށް އަހަރެންގެ ހިތުން ދެވިފައިވާ ޖާގައަށް ބަދަލެއް އައިއްސިއޭ..އެއްގޮތަކަށްވެސް އެހެންވެގެންނެއް ނޫން..އަހަރެން ބޭނުން ނުވަނީ ސެލްފިޝްވާން..އެން ބަައެއް ކަހަލަ ލަވް ސްޓޯރީ އަކީ ހެޕީ އެންޑިން ނުލިބޭނެ ކަހަލަ ލަވް ސްޓޯރީ..ބަޓް އައި ޑޯންޓް ފީލް އައި ލޮސްޓް އެނީތިން..އަސްލުވެސް އަހަރެން މިއަދު ވަރަށް އުފާވެއްޖެ..އަދި އަހަރެންގެ ވިސްނުންވެސް ބަދަލުވެއްޖެ..އިރާދަކުރެއްވިއްޔާ އަހަރެންގެ ފަރާތުން ދެން އެއްވެސް މީހަކަށް ދެރައެއް އަދި ހިތާމައެއްވެސް ނުލިބޭނެ..” ޝައިނާ މިހާ ސީރިއަސް ގޮތަކަށް ދިރިއުޅުމުގެ ވާހަކަތަކެއް ދެއްކި މީ ފުރަތަމަ ފަހަރު ކަމުން މާޔާއަށް ހުރެވުނީ ކިޔާނެ ބަހެއް ނޭނގިފައެވެ. “ތީ ހަމަ އަހަރެން ދަންނަ ޝައިތަ؟ ހާދަ ވިސްނޭހެން އެބަ ހީވެޔޭ..އަނެއްކާ މިއަދު ތިހުރީ މާވަރުގަދަ ހުމެއް ޖެހިފަތަ؟ ” މާޔާއަށް އަދިވެސް ޤަބޫލު ނުކުރެވެނީއެވެ. “ހަހަހަހަ..ވަރަށް މަޖާ..މާޔާ! ޤަބޫލު ނުކުރާނެ މިއަދު ވީކަމެއްގެ ވާހަކަ ބުނިއްޔާ..” ޝައިނާ ބުނެލިއެވެ. ” އަހަރެންނަށް މިއަދު އިވެނީ ހުސް އަންބިލީވެބަލް ވާހަކަތައް..ބުނެބަލަ..މިހުރީ އަޑު އަހަން..” މާޔާގެ އަޑުގައި ވަނީ ޝަޢުގުވެރިކަމެވެ.
“އަހަރެން މިއަދު ގޭކައިރީގައި ހުރި ފިހާރައަށް ވަތްތަނުން ވަފާއާ ދިމާވީ..އައި ކުޑްންޓް ލުކް އެޓް ހަރ..އައި މީން ނޮޓް ބިކޯޒް އޮފް އެންގަރ ބަޓް ބިކޯޒް އޮފް ދަ ގިލްޓް އައި ފީލް..ވަފާ ފެނުމުން އަބަދުވެސް އަހަންނަށް ވާވަރަކީ އެއީ..ބޭނުންވޭ މަޢާފަށް އެދެން..އެހެން ފެންނަ ކޮންމެ ފަހަރަކުވެސް ހިތައް އަރާ ވާހަކަދައްކާލަން..ވަފާގެ މަޢާފް ލިބުމަކީވެސް އަހަންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް..ދެން އެގަޑީގައި އަހަރެން ކޮންތާކަށް ވަދެެ ފިލާނީވެސް..ވަފާ އަހަރެން ކައިރިއަށްއައިސް އިސްވެ ވާހަކަ ދެއްކީވެސް..އައި ވޯޒް އިން އަ ޝޮކް..އަސްލުވެސް ހަމަ ޤަބޫލެއްވެސް ނުކުރެވުނު..ދެން ފިހާރައިން ނިކުތުމުން އަދި އަހަންނަށް ރިއަލައިޒްޑް ވީ ދެޓް ޝީ އިޒް ޕްރެގްނަންޓް..އޯހް މައި ގޯޑް..އައި ކުޑްންޓް ބިލީވް އިން މައި އައިސް..އެކަމް ދެން އަހާލީމަ ބުނީ 5 މަންތްސް ވަަނީއޭ..ވަރަށް އުފާވި އަސްލުވެސް ހަމަ..ޙަމްދު ކުރެވުނު އަދާންގެ ލައިފް ނޯމަލްކޮށްދާތީވެ..އެވަގުތު އަހަރެން އަމިއްލަ ނަފުސަށް ވަޢުދުވިން އަހަރެންގެ ފަރާތުން އަދާންއަށް އަދި ވަފާއަށްވެސް އިތުރު ތަކުލީފެއް ނުޖައްސާނެކަމަށް..އަހަރެން ވަފާ ކައިރީގައިވެސް މަޢާފަށް އެދުމަށްފަހު ބުނިން އެފަދަ ކަމެއް ދެން ތަކުރާރު ނުވާނެކަމަށް..ވީ ހެޑް އަ ލޯންގް ކޮންވަޒޭޝަން..ހުރިހާ ވާހަކެއް މިހާރު ކިޔައި ނުދެވޭނެ..މާޔާ އަށް އެނގޭތަ؟” ޝައިނާގެ ވާހަކަ ހުއްޓުމަކަށް އައީ ކުރިމަތިން ހިނގާފައި ދިޔަ އަދާން ފެނިފައެވެ. އަދާންއަށް ޝައިނާ ނުފެނުނީކަންނޭނގެއެވެ. ބަލާވެސް ނުލައެވެ. ކޮންމެގޮތެއްވިޔަސް ޝައިނާގެ ހިތަށް ތަދުވެއްޖެއެވެ. ދެރަނުވާކަަށް ހެދުނަސް އެހިތް ރޯލައިފިއެވެ. ޝައިނާގެ ސިކުނޑީގައި އެވަގުތު އެނބުރެމުން ދިޔައީ ކޯންޗެއް ކަމެއް ނޭނގެއެވެ. ކުއްލިއަކަށް މާޔާގެ ފޯނު ނަގާ އަވަސް ހަރަކާތަކާއެކު މެސެޖެއް ލިޔެލުމަށްފަހު ޝައިނާ ފޮނުވަންބޭނުންވި ފަރާތަށް އެމެސެޖް ފޮނުވާލައިފިއެވެ.
ފޯނަށް މެސެޖެއް އައި ކަމުގެ ސިގްނަލް ލިބުމާއިއެކު އަދާން އެމެސެޖް ހުޅުވާލިއެވެ. އިނގެރޭސި ބަހުން ލިޔެފައިވާ މެސެޖެކެވެ. މާޔާގެ ނަމްބަރުން ފޮނުވާފައިވުމުން އެއީ ޝައިނާ ކަމާމެދު އެއްވެސް ޝައްކެތްނެތެވެ. “ހައު ކޭން ޔޫ ވޯކް އަވޭ ބައި ލީވިން ސޯ މެނީ ތިންގްސް އަންސެއިޑް؟ ހައު ކޭން ޔޫ ފޮގެޓް މީ ސޯ އީޒިލީ އެންޑް ބިހޭވް އޭޒް އައި އޭމް ޑެޑް؟ ހައު ކޭން ޔޫ ކްލޯޒް ޔޯ އައިޒް ޓްވާޑްސް މީ އެންޑް ލުކް އަވޭ؟ ޑޯންޓް ޔޫ ރިއަލައިޒް ދެޓް އިޓް ބްރޫޓަލީ ހާޓްސް މީ، އީޗް ޓައިމް ޔޫ އެކްޓް ލައިކް ޔޫ ޑޯންޓް ކެއަރ؟” އަދާން އަށް އެމެސެޖް ދެތިން ފަހަރު ކިޔާލެވުނެވެ.
**
މާޔާ ފޯނު ބަލާލަމުން ޝާއިނާއާއި ދިމާއަށް ބަލާލިއެވެ. ޝައިނާ ބޮލުގައި އަތުން ހިފަހައްޓާލައިގެން ހުރެ ކޮންމެވެސް އެއްޗެހިތަކެއް ކިޔަމުންދިޔައެވެ. “އަޅޭ މާޔާ..ކީއްމިކުރެވުނީ؟ މެސެޖް ހިނގައްޖެތަ؟ ދެން ކިހިނެއް ހަދާނީ..މާޔާ ގުޅާބަލަ..ބުނޭ އެއީ މާޔާ އެހެން މީހަކަށް ފޮނުވަން އުޅެނިކޮށް އަދާންއަށް އޮޅިގެން ފޮނުވުނީއޭ..ޕްލީޒް މާޔާ ގުޅާފަ ބުނެބަ..” ޝައިނާ ހުރީ ހާސްކަމެއްގެ ތެރޭގައއެވެ. ވިސްނާނުލާ އޭނައަށް އެކުރެވުނީ ކީއްހެއްޔެވެ؟ ދެންމެ މާޔާގާތުގައި ދެއްކި ވާހަކަތައް ޝައިނާ ހަނދާން ނެތުނީ ހެއްޔެވެ؟ ޝައިނާގެ އެދުމުގެމަތިން މާޔާ އަދާންއަށް ގުޅިއެވެ. އެހެން ނަމަވެސް އަދާންެ ފޯނަށް ޖަވާބެއް ނުދެއެވެ. އެންމެ ފަހުން ޝައިނާ ބުނި ގޮތަށް މެސެޖް ކުރިއެވެ. އިރުކޮޅެއްގެ ތެރޭގައި މާޔާގެ ފޯނަށް އަދާން މެސެޖް ކުރިއެވެ. އެވަގުތު ޝައިނާ ހުރ މާޔާއަށް ވުރެ ތަންކޮޅެއް ކުރީގައިކަމުން މާޔާގެ ފޯނުގެ ސްކްރީން ޝައިނާއަށް ނުފެނެއެވެ. ނަމަވެސް މެސެޖެއް އައި ކަމުގެ އަޑުއިވުމާއިއެކު ޝައިނާ އެދުނީ އަދާންގެ މެސެޖެއްވިއްޔާ އޭނައަށް އަޑު އިވޭވަރަށް ކިޔުމަށެވެ. ފޯނުގެ ސްކްރީނުން ފެންނަން ހުރި މެސެޖް މާޔާ އުޅުނީ ޑިލީޓް ކޮށްލާށެވެ. ނަމަވެސް ކުއްލިއަކަށް ޝައިނާ ފޯނު އަތުލުމުން މާޔާ ކަންބޮޑުވިއެވެ. އެމެސެޖް ފެނިފައި ޝައިނާ ދެރަވާނެވަރު އެނގޭތީއެވެ.
\
“ޝައިނާ ކައރީގައި ބުނޭ އަހަރެން މިއުޅެނީ ވަރަށް އުފާވެރި ދިރިއުޅުމެކޭ..ޝައިނާގެ ފަރާތުން އެއްވެސް ކަހަލަ އުނދަގުލެއް ކުރިމަތި ނުވާނެ ކަމަށް އުއްމީދު ކުރަމޭ..އަދި މިއަދަށްފަހު އަހަރެންގެ ދިރިއުޅުމުން ޝައިނާގެ ނަން ފޮހެލައިފީމޭ..ޝައިނާ ކިޔާ ކުއްޖަކު މިއަދަށްފަހު އަހަރެން ނުދަންނަން.. އަހަރެންގެ ދިރިއުޅުމަށް އައި ޝައިނާގެ ހަނދާންތައް އަހަރެން ކަފުންކޮށްފިން..އެ ޝައިނާ އަހަންނަށްޓަކައި ވަނީ މަރުވެފައި..އިތުރަށް އަހަންނަށް އުނދަގޫ ނުކުރޭ” އަދާން ކޮށްފައިވާ މެސެޖް ޝައިނާއަށް ފެންނަމުންދިޔައީ ފުސްކޮށެވެ. އެދެލޯވަނީ ފެންކަޅިވެފައެވެ. މާޔާ އާއި ދެމީހުން ހިނގަމުން އައިސް ގޭކައިރީގައި މަޑުކޮށްލައިގެން ތިބިކަންއެއީ ނަސީބެކެވެ.
މާޔާ އަތަށް ފޯނު ދެމުން ޝައިނާ ދުވެފައި ގެއަށް ވަދެގެން ދިޔައެވެ. މާޔާގެ ހިތުގައި އަދާންގެ މައްޗަށް އެވަގުތު ރުޅިވެރިކަން ފެތުރިގެންދިޔައެވެ. އަދާންއެގޮތަށް ނުބުނި ކަމުގައިވިޔަސް ޝައިނާއަށް ވިސްނޭނެ ފަދަ ރީތި ގޮތަކަށް އެވާހަކަ ބުނެވިދާނެއެވެ. މާޔާ ފޯނުން އަދާންއަށް އެތަށް ފަހަރަކު ގުޅުމުންވެސް ފޯނަށް ޖަވާބެއް ނުދެއެވެ. އެންެމެފަހުން މާޔާވެސް ހަތިޔާރު ބެހެއްޓުމަށްފަހު ގެއަށްވަންނަން ހިނގައިގަތެވެ. ގޭޓް ހުޅުވާލަމުން ގާޖަހާފައިވާ އެކުޑަ ގޯޅިން މާޔާ ހިނގަމުން ދިޔައީ ފޯނަށް ބަލަހައްޓައިގެންނެވެ. ކުއްލިއަކަށް ފައިބުޑަށް އެއްޗެއްވެއްޓުމުން މާޔާ ފޯނުން ނަޒަރު ވަކިކޮށްލުމާއެކު ފެނުނު މަންޒަރުން ބާރަށް ހަޅޭލަވާގަނެވުނެވެ.
” ޝައިނާ!” މާޔާގެ އަޑު މުޅި އެހިސާބުގައި ގުގުމާލެވިފައިވާއިރު ސިޓންރޫމް ސޯފާގައި އެގަތު އިން ނާއިން ދުވެފައި ބޭރަށް ނިކުތެވެ. ފެނުނު މަންޒަރުން ނާއިންއަށް ހުރި ދިމާއަށް ތިރި ވެވުނީ ކަކުލުހުޅުން ވާގި ނެތިގެންނެވެ. ހަަމައެވަގުތު މާޔާގެ ފަހަތުން ހުރި ގޭޓް ދޮރުމަތީގައި ހުރި ރަސަލް ހުރީ ފެނުނުމަންޒަރު ޤަބޫލު ކުރަން ދަތިވެފައެވެ. ރަސަލް ކާރުން ފޭބި ވަގުތަކީ ޝައިނާ ޓެރަސްމަތިން ފުންމާލި ވަގުތަށެވެ. ރަސަލް ޝައިނާއަށް ގޮވާލާން އުޅުނެއްކަމަކު އަޑު ބޭރު ނުވިއެވެ. މާޔާ އާއި ނާއިން އަދި ރަސަލްއަށް ލިބުނު ޝޮކުން ހަރަކާތެއް ގެންނަން ނޭނގިފައި ހުއްޓާ ޝައިނާގެ އިނގިލިތަށް ހަރަކާތްކޮށްލި މަންޒަރު ފެނުމާއިއެކު ގަނޑުވެފައިވާ ޙިއްސުތައް މަސައްކަތް ކުރަންފެށިކަހަލައެވެ. 3 މީހުން އަވަސްވީ ޝައިނާ ހޮސްޕިޓަލަށް ގެންދިއުމަށެވެ. ރަސަލްގެ ހިތް އޮބި ނޯންނަވަރަށް ތެޅެމުން ދިޔައެވެ. މިވީ އޭނާ އެއްގޮތަކަށްވެސް އުއްމީދު ކޮށްގެން ހުރި ކަހަލަ ގޮތެއް ނޫނެވެ. ރަސަލްގެ ހިތުގައި އެނބުރެމުން ދިޔައީ އެންމެ ސުވާލެކެވެ. ޝައިނާ އެފަދަ ކަމެއް އެކުރީ ކީއްވެ ހެއްޔެވެ؟
5 Comments
Comments are closed.
Feel free to express ur views..hope u all will like this part too..
Enjoy?
I really don’t understand. Is love such a strong feeling. Amilla nafsa gellundhee amilla ah maruvumakee kada elhigen manaa kame kan egeyiruvx hama boda hurt vaa ira ekahala kantha kuranee keevvetha.. hurt viyas edhen bodu varu noontha.. it sounds silly to me.. dhen vedhaane dhw story eh kama v ma vx but I dnt like it wen things get toooo much like this.. sry if m being rude by saying this
Anyways keep up the good work. ???Wen is the nxt part
Yeah love is a strong feeling..? if u hanvnt experienced the way shaina did it, u may never knw..sometimes it makes us to take silly actions..I am not encouraging to take such actions but thrz is reason why shaina took de decision of hurting herself..will disclose the truth in de upcoming parts..keep reading to knw more..?
It’s been bxxy days for me so can’t tell exactly wen I can upload next part..but will try ASAP..
Thanks for de comment..?
Hithuga eemaan therikan nethyma ehen vany. Bune eh nu meehaku dheke lobiviyas vaan jeheynee emeehaku thima dhookohlaafa dhiyas emeehaka nula dhiri ulheveyne varashey.
Lwbi story eh…. Loved this…. Hope next part v reethivaane kama❤️❤️❤️