Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ދުޢާ 35

hygge Level 510 Stories100 Comments100 Login500 Comments
November 17, 2018 12 Mins Read
32 Comments

ދާނިޔަލްގެ ނުތަނަވަސްކަން އިތުރުވީ އޭނާއަށް ނަމާދުވެސް ކުރެވޭނެ ގޮތެއް ނެތުމުންނެވެ. އޭނާގެ ހިތަށް ބިރުވެރިކަން ވަތް އިރު ދެލޮލުން ކަރުނަތަށް އޮހޮރިގަތީ ހިތަށް ކުރި އަސަރަކުންނެވެ. އަވަހަށް އޭނާ އެތަނުން ސަލާމަތް ކޮށްދެއްވުން އެދި ދާނިޔަލް ﷲގެ ޙަޟްރަތުގައި ދުޢާ ކުރަމުން ދިޔައެވެ.

އިސްދަށަށް ޖަހާލައިގެން އިން ދާނިޔަލްއަށް ސިހުން ގެނުވީ ބައެއްގެ ފިޔަވަޅުތަކުގެ އަޑު އިވުމުންނެވެ. އޭނާގެ އިސް އުފުލާލި ހިނދު ދާނިޔަލްގެ މޫނަށް ހައިރާންކަން ވެރިވުމާއި އެކީ ދެބުމަވެސް ގާތްވެގެން ދިޔައެވެ.

“ކާފަ؟ މޭ.. މަންމަ؟” ހައިރާން ކަމާއެކު ދާނިޔަލް ބަލައިލީ ކުރިމަތީގައި ނުލަފާ ފާޑަކަށް ހެވިފައި ތިބި މަނިކާއި ޝަޒިއްޔާއާއި ދިމާލަށެވެ. އޭނާގެ ދެލޮލުގައިވަނީ ހައިރާންކަމާއި އެއްވަރަށް ޝަކުވާއެވެ. މަނިކު އޭނާދެކެ ނުހަނު ރުޅި އަންނަކަން އޭނާއަށް އިނގެއެވެ. ނަމަވެސް އަމިއްލަ ކާފައަށްވެހުރެ އޭނާއަށް މިހެން ހަދައިފާނެކަމަކަށް ދުވަހަކުވެސް ދާނިޔަލް އުންމީދެއް ނުކުރެއެވެ. މިއީ އޭނާ ހުވެފެނުންވެސް ދެކެފައި ނުވާ ދުވަހެކެވެ.

“އާނ.. އަހަރެން..” ދެޖީބަށް އަތް ޖަހާލުމަށްފަހު ވިހަ ހިނިތުންވުމަކާއެކު މަނިކު ބުނެލިއެވެ. “އެކަމަކު ކީއްވެ؟” ޝަކުވާގެ ރާގަކަށް ދާނިޔަލް ސުވާލު ކޮށްލިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ޝަޒިއްޔާވެސް މިކަމުގައި ބައިވެރިވެގެން އޭނާ ބަންދުކޮށްފައި އެ ބަހައްޓަނީ އެއީ އޭނާގެ ދަރިފުޅުގެ ފިރިމީހާކަންވެސް އެނގި ހުރެ ނޫންހެއްޔެވެ؟ ދާނިޔަލް އޭނާގެ ދަރިފުޅުގާތުގައި ނެތިއްޔާ އޭނާގެ ދަރިފުޅު ބަލާނެ މީހަކު އެވަގުތު ނުހުންނާނެކަންވެސް އޭނާ ދަންނަންވާނެ ނޫންހެއްޔެވެ؟ “ތި ސުވާލު ތި ކުރަނީ ހަމަ ޖަވާބު ނޭނގޭތީތަ؟” މިފަހަރު ވާހަކަ ދެއްކީ ޝަޒިއްޔާއެވެ. އޭނާ ދަތްކުނޑިވިކާލައިފައި ބުނެލި ގޮތުން އެހުރީ ވަރަށް ރުޅިއައިސްފައިކަން ހާމަވެއެވެ. “ހަމަޖެހިބަލަ ޝަޒިއްޔާ.. ނޭނގޭތީނު ސުވާލު ކުރާނީ.. އަހަރެން ކިޔައިދީފާނަމޭ.. ދަރިފުޅާ.. ކާފަޔާއި ޝަޒިއްޔާވެގެން ދަރިފުޅު މި ބަންދުކުރީ ދަރިފުޅު އެހެން އުޅޭތަން ދެކެން ބޭނުން ނުވާތީ.. އިނގިއްޖެތަ؟” ދަތްކުނޑި ވިކާލަމުން ދާނިޔަލްއާއި ދިމާލަށް ގުދުވެލައިފައި މަނިކު ބުނެލިއެވެ.

“ކާފާ.. ހެޔޮނުވާނެ އަޅުގަނޑު ދޫކޮށްދެއްވާ.. އަޅިގަނޑު ބަލަންވެފަ ހުރި އަންހެން ކުއްޖެއް އެބަހުއްޓޭ.. މަންމާ.. އާލާއަށް ކޮންމެފަދަ ގޮތެއްވެސް ވެދާނެ.. އަޅުގަނޑު ދޫކޮށްލާ.. އާލާއަށް ކަމެއް ވެއްޖިއްޔާ އެކަމުގެ ޒިންމާ ނަގާނީ ކާކު؟ ބައްޕަ އާލާ އަޅުގަނޑާއި ހަވާލު ކުރީ ކަރުނަ އޮހޮރަމުން ނަމަވެސް ވަރަށް އުންމީދާއެކު.. އެ ހުރިހާ ކަމެއްގައި އެންމެ ސިކުންތެއްގެ ތެރޭ ކިހިނެއް ކޮޅުފައިން ޖަހާނީ؟” ދާނިޔަލްގެ ލޮލުން ކަރުނަ ތިއްކެއް އޮހޮރިގެން އައެވެ. އޭނާއަށް ކޮންމެ ގޮތެއް ވިޔަސް އޭނާގެ އަންހެނުންނަށް ކަމެއް ވާކަށް ދާނިޔަލް ނޭދެއެވެ.

“ހުއްޓާލާ.. ކަލެއަށް ހީވަނީތަ ކަލޭ އެކަނިހެން މިދުނިޔެ މަތީ އުޅެނީ.. އަދި މާ އާލާ މަތިން ވިސްނާ މީހަކަށް ވެގެން އެބައުޅެޔެއްނު.. ކަލޭ ނޫނަސް އަހަރެމެންވެސް އެބަ ތިބީމޭ އާލާ ބަލަން.. އޭނައަށް ކަމެއް ވިޔަ ނުދީ ސަލާމަތް ކުރަން އަހަރެމެން ތިބޭނަމޭ.. ކަލެއާ ކޮން ބެހޭކަމެއްތަ؟ އަނގަ މަޑުން ލައިގެން އިނދޭ.. އަދި މާ ވިސްނޭ ހަރުދަނާ މީހަަކށް ވެގެން އެބައުޅެއެއްނު..” ދާނިޔަލް ގާތަށް އައިސް އޭނާގެ މޫނުމައްޗަށް އަތުގެ ހޫނު ހަމަލާއެއް ވީއްލާލަމުން ޝަޒިއްޔާ ބުނެލިއެވެ. ދާނިޔަލްގެ ކޯތާފަތަށް ކިތަންމެ ތަދުވި ނަމަވެސް ދެލޯ މަރާލައިގެން އިނީ ކެތްތެރިވަމުންނެވެ. އެ ތަދަށްވުރެ އެ ހިތުގައި އަޅަމުންދިޔަ ވޭންވެސް މާ ބޮޑެވެ. އޭނާއަށް ދުވަހަކު ކާފަގެ ލޯބި ލިބުން ނެތީ ހެއްޔެވެ؟

“އަނހާ.. ކިހިނެއް ތި ހެދީ؟ ދާނިޔަލްއަށް އަނިޔާ ނުކޮށްބަލަ.. އެއީ އަހަރެންގެ ފުރަތަމަ ކާފަ ދަރިފުޅޭ.. ދޯ ދަރިފުޅާ.. އަހަރެންގެ ދޮށީ ދަރިފުޅު އަހަންނާއި ވަކިވާން މެދުވެރިވީ ސަބަބުވެސް މެ..” މަނިކު ދާނިޔަލްގެ ދެކޮލުގައި އަތު ހުރި ބާރެއް ލައިފައި ހިފަމުން ބުނެލި އިރު އެ ހިތުގައި ކުލުނެއް ހަމްދަރުދީއެއްވެސް ނުވަނީ ބާވައެވެ؟ ހިތް ފުރޭވަރު ވުމުން ދާނިޔަލް އެތަށް އާދޭހެއް ކުރި ނަމަވެސް ދެމީހުން އެ ކޮޓަރިގަނޑުން ނިކުމެގެން ދިޔައީ އޭނާގެ އަޑަށް ބީރު ކަންފަތެއް ދީފައެވެ. “އާހް..” ދާނިޔަލް އަޑުގެ ކޮޅަށް ހަޅޭތް ލަވައިގަތް އިރު އެ ދެލޮލުން ހުއްޓުމެއް ނެތި ކަރުނަ އޮހޮރެމުން ދިޔައެވެ. އެ ދޮން ކޯތާފަތް މަނިކު ހިފިލެއް ބާރުކަމުން ރަތްވެފައި ވެއެވެ.

ދެމީހުން އެކޮޓަރިން ނިކުމެ ބޭރުގައި މަޑުކޮށްލިއެވެ. އެ ކޮޓަރިއަކީ ހަނި ގޯޅިގަނޑެއް ތެރޭގައި ވަކިން ހަދާފައިވާ ކޮޓަރިއެއް ކަމުން އެ ސަރަހައްދުން މީހުނެއް ނުފެނެއެވެ. މުޅި ތަނަށް އަނދިރިކަން ވެރިވެފައި ވާއިރު ސޫތްޕެއް ގޮވާލާ އަޑު ނޫނީ ނީވެއެވެ. ދޭތެރެއަކުން ދެބުޅާ ކޯޅިގަންނަ އަޑު އިވިދާނެއެވެ. މުޅި ސަރަޙައްދުން އިޙުސާސް ކުރެވެމުން ދިޔައީ ބިރުވެރިކަމެވެ. “އަހަރެންގެ އެބައޮތް އައިޑިއާއެއް.. މި ކުޅިގަނޑު އިތުރަށް ބޮޑުކޮށްލަން.. މަ ބޭނުމެއް ނޫން އޭނާ އެގޮތަށް ދޫކޮށްލާކަށް.. އެ ދާނިޔަލް އަހަރެންގެ ޙަޔާތަށް އައި ފަހުން އަހަރެންގެ މުޅި ޙަޔާތް ބަރުބާދުކޮށްފި.. އަހަރެން ބޭނުން އޭނާގެ ޙަޔާތްވެސް ބަރުބާދު ކޮށްލަން.. އޭނާ އެންމެން ކުރިމަތީ ބޭޒާރުކޮށްފަ އަހަރެން އޭނާ ދޫކުރާނީ..” ދެއަތް މުއްކަވާލައިފައި ޝަޒިއްޔާ ބުނެލި އިރު އެ ދެލޮލުން ނުރުހުމުގެ ކުލަވަރު ނޫނީ ނުފެނެއެވެ. އޭނާގެ ދެލޮލުން އަލިފާންކަނި ބުރަމުންދާފަދައެވެ.

“ހަމަޖެހޭ ޝަޒިއްޔާ.. އެއް ފަހަރުން ހުރިހާ ކަމެއް ނުވާނެއްނު.. ފަހަރަކު ފިޔަވަޅެއް ނަގާނީ.. އަނެއްކާ މިކަމުގަ އަހަރެމެން ދެމީހުންނަށް ޝައްކު ކޮށްފިއްޔާވެސް ކަމަކު ނުދާނެއްނު.. ނޭނގެ މިހާރު އެމީހުންނަށް ދާނިޔަލް ގެއްލިގެން އުޅޭކަން ނޭނގޭ ކަމެއްވެސް.. އެހެން ވެއްޖެނަމަ އެމީހުންނަށް ޝައްކު ނުވާނޭހެން އަހަރެމެން އުލެން ވާނީ.. ކުޑަވެސް ޝައްކެއް ވެއްޖެނަމަ ކަމަކު ނުދާނެ..” މަނިކު ޝަޒިއްޔާއަށް ވިސްނައިދޭ ފަދައަކުން ބުނެލިއެވެ.

އެރޭ ދެމީހުން އެތަނުން ވަކިވީ ދެން ކަންތައް ކުރާނެ ގޮތަކާއި އެކު ޝަޒިއްޔާގެ ޕްލޭން ވެސް އަޑު އެހުމަށްފަހުއެވެ. އެ ދެމީހުން ވެގެން ކުށެއް ނެތް އިންސާނަކަށް އެތަކެއް އަނިޔާއެއް ދެމުން ދާއިރު އެ ހުރިހާ ޢަމަލެއް ބައްލަވާ ވޮޑުގެންވާ ފަރާތެއް ވާކަން ދެމީހުންގެ ހިތުންވެސް ކައްސާލައިފައި ވެއެވެ.

***

އިރު އޭގެ ވާޖިބު އަދާކުރުމަށްޓަކައި ދުނިޔެ މައްޗަށް ވެރިވެގަތެވެ. ނަމަވެސް އާ ދުވަހަކަށް އިރު އެރި އިރުވެސް އެއް ބަޔެއްގެ ހިތުގައިވަނީ މޮޅިވެރިކަމާއި ހާސްކަމެވެ.

ފުން ނިންޖަކަށް ގެނބިފައި އިން އާލާއަށް ހޭވެރިކަން ވީ ލޮލަށް އަވި އެޅުމުންނެވެ. އާ ފުރިލުމަށްފަހު އިން ތަނުން ތެދުވި އިރު އޭނާގެ ދެލޮލުގައި ރިހުމެއް އުފެދިފައި ވެއެވެ. ރޭގައި އެވަރަށް ރުއިމުގެ ސަބަބުން ދެލޯ ކުޑަކޮށް ދުޅަވެސް ވެފައި ހުރި އިރު ބޮލުގައި ކޮންމެވެސް ވަރެއްގެ ރިހުމެއްވެސް އުފެދިފައި ވެއެވެ. އޭނާއަށް ހަމަހޭވެރިކަން ވެރިވުމާއެކު ހުރިހާކަމެއް ހަނދާނަށް އައެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނާގެ ލޮލުން އޮހޮރާލި ކަރުނަ ތިކި އެ ދޮން ކޯތާފަތުގައި ބީހިލައިފައި ތިރިއަށް ފައިބައި ގަތެވެ.

“ދާނިޔަލް.. ޕްލީޒް އާދެބަލަ.. އައި މިސް ޔޫ.. އަހަރެން ޤަބޫލު ކުރަމޭ އަހަރެން ކަންތައް ކުރީ ރަނގަޅަށް ނޫންކަން.. ޕްލީޒް ކަމް ބެކް..” އާލާއަށް ހީވީ ދާނިޔަލް އޭނާދެކެ ރުޅި އައިސްގެން ގެއިން ނިކުމެގެން ދިޔައީ ކަމަށެވެ. އޭނާއަށް ނޭނގުނު ކަމަކީ އެއް އިރެއްގައިވެސް ދާނިޔަލް އޭނާދެކެ އެ ވާ ލޯތްބަށް އުނިކަމެއް އައިސްފައި ނުވާ ކަމެވެ.

އާލާ އަވަހަށް ހޮސްޕިޓަލަށް ދާން ތައްޔާރުވާން ފެށީ ދާނިޔަލް އެތަނުން ފެންނާނެ ކަމުގެ އުންމީދާއި އެކުއެވެ. އޭނާދެކެ ރުޅި އައި ނަމަވެސް ހޮސްޕިޓަލަށް ނުގޮސް ހުންނާނެ ހެނެއް ހިއެއް ނުވެއެވެ.

އަމިއްލައަށް ކާރު ދުއްވާފައި އާލާ ގޮސް ހޮސްޕިޓަލަށް ވަނެވެ. އަވަސް އަވަހަށް ކާރު ޕާކު ކޮށްލުމަށްފަހު ދުވެފައި ކަހަލަ ގޮތަލަށް އޭނާ އެތެރެއަށް ވަދެގެން ދިޔައެވެ. އެއަށްފަހު އެމީހުން މަސައްކަތް ކުރާ ފްލޯ އަށް އަރާ އެ ފްލޯގެ ރިސެޕްޝަން ޑެސްކް ކައިރިއަށް ދިޔައީވެސް ދުވެފައެވެ. އޭނާގެ ހިތް ވަނީ އިންތިހާއަށް އަވަސް ވެފައެވެ. އުންމީދުގެ ހުޅުކޮޅު ހިތުގައި އަނދަ އަނދާ ހުއްޓެވެ. “ޑރ. ދާނިޔަލް؟” ރިސެޕްޝަންގައި އިން ކުއްޖާ އޭނާއަށް ބަލައިލުމާއެކު އާލާ އަވަސް އަވަހަށް ދާނިޔަލްގެ ނަން ބުނެލުމަށްފަހު އެކުއްޖާއަށް ބަލައިލީ އޭނާ އައިހޭ އަހާލާ ފަދަ ގޮތަކަށެވެ. ނަމަވެސް އެކުއްޖާގެ ޖަވާބުން އާލާގެ ހިތް މާޔޫސް ވިއެވެ. ދާނިޔަލް އޭނާގެ މޫނުވެސް ދެކެން ބޭނުން ނުވަނީ ހެއްޔެވެ؟ މިއިން ދުވަހަކު ދާނިޔަލް ކުރި ކަމަކުން އާލާ މިހާ ދެރައެއް ނުވެއެވެ. ލޮލުން ފާއްދާލި ކަރުނަ އަވަސް އަވަހަށް އަތުގެ ނުފުށުން ފުހެލުމަށްފަހު އޭނާގެ ކެބިން އާއި ދިމާލަށް އާލާ ހިނގައިގަތެވެ.

އާދައިގެ މަތިން ޕޭޝަންޓުން ބަލަމުން ދިޔަ އާލާ މަޑުޖެހިލީ އޭނާއަށް ބްރޭކް ވުމުންނެވެ. ނަމަވެސް ކެންޓީނަށް ދާ ޚިޔާލެއް އޭނާ ނުކުރީ ދާނިޔަލްގެ ހަނދާން މާބޮޑަށް އާވާތީއެވެ. ދެލޯ މަރާލައިގެން މޭޒުގައި ބޯ އަޅައިގެން އޮތް އާލާ ސިހިގެން ދިޔައީ ފޯނަށް ކޮންމެވެސް މީހަކު ގުޅަމުން ދިޔުމުންނެވެ. ފޯނު ނަގާހިތް ނުވުމުން ބަލައިވެސް ނުލައި އޭނާ ކަނޑާލީއެވެ. ނަމަވެސް ދެވަނަ ފަހަރުވެސް ގުޅަން ފެށުމުން ދެބުމަ ގާތްކޮށްލުމަށްފަހު އޭނާ ފޯނަށް ބަލައިލިއެވެ. އެހިނދު އޭނާ ހައިރާންވެގެން ދިޔައީ އާދިން ގުޅަން ފެށުމުންނެވެ. ހާސްކަން ފިލުވާލަމުން ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.

“ހެ.. ހެލޯ..” މީގެ ކުރިން އާދިން އާއި ފޯނުން ވާހަކަ ދައްކައިފައި ނުވުމުން އާލާގެ އަޑުގައި މަޑު ތުރުތުރުލުމެއްވެސް ވިއެވެ. “އާލާ.. ދާނިޔަލް މިއަދު ނާދެޔެއްނު އޮފީހަކަށް؟ ކިހިނެތް ވީ އަނެއްކާ؟” އާދިން ހުރެފައި ބުނެލި ވާހަކައިން އާލާ ދިޔައީ ދެލޯ ބޮޑުވެގެންނެވެ. އޭނާ ބުނާނީވެސް ވަކި ކީކޭހެއްޔެވެ؟ އޭނާއާއި ދާނިޔަލްގެ ދެމެދުގައި މައްސަލަ ޖެހިގެން އުޅޭކަން އާއިލާ މީހަކަށް އެނގިގެން ނުވާނެއެވެ. ޚުދު ދާނިޔަލްވެސް އެގޮތެއް ބޭނުމެއް ނުވާނެއެވެ. ވީއިރު އޭނަ ބުނާނީ ކީކޭ ހެއްޔެވެ؟ “ދަ.. ދާނިޔަލް ވީ ކޮންމެވެސް ކޮންފަރެންސް އެއް ބާއްވާތީ ހަފްތާއަކަށް ބެންގްކޮކަށް ގޮސް..” އެވަގުތު އެންމެ ފަސޭހައިން ހިތަށް އައި އެތި އާލާ ބުނެލިއެވެ.

“ކޮންފަރެންސެކޭ؟ އެކަމަކު ހޮސްޕިޓަލްގެ ފަރާތުން ބައިވެރި ވަންޏާ އިނގޭނެ.. އެއްވެސް ޑޮކިއުމެންޓެއްވެސް ނެތް ތިކަން އެނގެން އޮތް.. ކޮން ކޮންފަރެންސެއް ތީ؟” އާލާ ދެލޯ މަރާ ތަގުޅި ކޮށްލުމަށްފަހު ނިތްމަތީގައި ޖަހާލިއެވެ. އޭނާވެސް މޮޔަކަމެވެ. އެނޫން އެއްޗެއް ބުނަން އޭނާއަށް ހަމަ ނޭނގުނީ ހެއްޔެވެ؟ އަމިއްލަ މީހާގެ މޮޔަކަމާމެދު އާލާ ހިތާހިތުން ކުދި ކިޔާލިއެވެ. “އަމް.. ހޮސްޕިޓަލްގެ ފަރާތަކުން ނޫން އެއީކީ.. އެއީ ދާނިޔަލް އަމިއްލައަށް ބައިވެރިވި އެއްޗެއް.. އެއީ ސައިކޮލޮޖިކަލް.. ކޮ.. ކޮންމެސް އެއްޗެއް.. އަޅުގަނޑުވެސް ހަނދާނެއް ނެތް.. ދާނިޔަލް.. އެކަހަލަ އެއްޗެކޭ ކީ.. ވަރަށް ކުއްލި ގޮ.. ތަކަށް ދިޔައީ ވެސް..” ބޮޑު މީހެއް ގާތު ދޮގު ހަދަން ޖެހުމުން އާލާއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ. އޭނާ ކޮންމެ ގޮތަކަށް އުޅުނަސް ދޮގު ހެދުމަކީ އާނމުކޮށް ކޮށް އުޅޭ ކަމެއް ނޫނެވެ. ވަކިން ޚާއްސަކޮށް އޭނާ އިޙްތިރާމް ކުރާ ފަރާތްތަކުގެ ކުރިމަތީގައެވެ.

“ހަމަ ތެދެއްތަ؟” ޤަބޫލު ނުކުރެވިފައިވާ ފަދައަކުން އާދިން އަނެއްކާވެސް ސުވާލު ކުރިއެވެ. މިފަހަރުވެސް އާލާ ކަންތައް ވީ އެހެން ކަމަށް ބުނެލިއެވެ. އެހެން ކަމުން އިތުރު ސުވާލުތަކެއް ކުރިމަތި ނުކޮށް އާދިންވެސް ފޯނު ކަނޑާލިއެވެ.

އާލާއާއި ވާހަކަ ދެއްކުމަށްފަހު ފޯނު ކަނޑާލި އާދިން ހުރީ ޝައްކެއް މަތީގައެވެ. އާލާ އެ ދެއްކީ މުޅިއަކުން ތެދު ވާހަކައެކޭ އޭނާގެ ހިތެއް ނުބުނެއެވެ. ނަމަވެސް ކީއްވެ ހެއްޔެވެ؟

***

ގެއަށް އައިސް ވަތް ގޮތަށް އާލާ ގޭގެ އެކި ތަންތަން ބަލާ ފާސްކުރަމުން ދިޔައީ ދާނިޔަލްގެ ހިލަމެއް ވޭތޯއެވެ. ނަމަވެސް ކުރިއެރުމެއް ނުލިބުމުން އޭނާ މާޔޫސްވާ ގޮތް ވިއެވެ. ސޯފާގައި އިށީނދެލުމަށްފަހު ދެއަތުން މޫނު ފޮރުވާލި ގޮތަށް އާލާ އިނީއެވެ. ހިތަށް އެރި އެއްޗަކުން އަވަސް އަވަހަށް ފޯނު ނަގައި އޭނާ އަޒާންއަށް ގުޅާލިއެވެ. “ހަލޯ އަޒާން؟ ދާނިޔަލް.. ދާނިޔަލްގެ ޚަބަރެއް ވެއްޖެތަ؟ އޭނަ ހަމަ ނުގުޅާތަ؟” އާލާ އަޒާންއަށް ވެސް އަނގައިން ބުނާނެ ފުރުސަތެއް ނުދީ އެއްފައްޗަކަށް އަމުނާލިއެވެ. އަޒާން ދޫކޮށްލި ފުން ނޭވާގެ އަޑުގެ އިތުރުން އިތުރު އެހެން އަޑެއް ނީވުނެވެ. އާލާއަށް މާނަ ނަގައިގަނެވުނު ފަދައެވެ. އޭނާގެ އަރު ބެދުމުގެ ސަބަބުން އެއްޗެއް ބުނާނެ ހިތްވަރެއް ނުލެވުނެވެ.

“އިން ޝާ ﷲ އަދި ކުޑޭ ފެންނާނެ..” އަޒާން ބުނެލީ އެވަރަށެވެ. އޭނާއަށްވެސް ކުރެވެނީ އުންމީދެވެ. ކުރިއެރުމެއް އަދިވެސް ނުފެނެއެވެ. ކޮންމް ގޮތެއް ވިޔަސް ދާނިޔަލް އަމިއްލައަށް ފިލައިގެން ނުދާނެޔޭ އެތަށް ހާސް ފަހަރެއް މަތިން އޭނާގެ ހިތް ބުނެފިއެވެ. “އަޒާން.. ޕްލީޒް ތިއްތިބޭ ގާތު ނުބުނައްޗޭ މި ވާހަކަ..” ނެތް ހިތްވަރު ލަމުން އާލާ ވާހަކަ ދައްކަން ފެށިއެވެ. އަދި އެއްވެސް މީހެއްގާތު ކަންތައް ވީގޮތް ބުނަން ބޭނުން ނުވާ ކަމުގައި އާލާ ބުނެލިއެވެ. އަޒާންވެސް އެކަމާއި އެއްބަސްވެލީ އެންމެ ރަނގަޅުގޮތް ކަމުގައި އޭނާއަށް ފެނުނީތީއވެ. “އެކަމަކު އަހަރެން މި ކޭސް ޕޮލިހަށް ހުށަހަޅާނަން.. ކުޑޭއަށް އެއްވެސް ގޮތެއް ވާކަށް އަހަންނެއް ނޭދެން..” އަޒާން އެހެން ބުނެލުމުން އާލާ އެކަމާއި އެއްބަސް ވުން ފިޔަވާ އިތުރު އެއްޗެކޭ ނުބުނެއެވެ. އެޔަށްފަހު ފޯނު ކަނޑާލީއެވެ.

***

“މަންމާ.. މަންމަ ބުނީމެއްނު ކާފަ ދާނިޔަލް ދެކެ ރުޅި އާދެޔޭ.. އެ ކީއްވެތަ؟” ޓީވީ ބަލަން އިނދެފައި ކުއްލިޔަކަށް ހަނދާންވީ ފަދައަކުން ރުކާ ވިޝާމާ އާއި ސުވާލު ކޮށްލިއެވެ. އެހިނދު ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ވިޝާމާ ރުކާއާއި ވީ ފަރާތަށް އެނބުރިލިއެވެ.

“އެއީ މީގެ ހަތާވީސް އަހަރު ކުރި..”

****

މަނިކު ސިތީނގް ރޫމުގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރީ އަދީލް ގެއަށް ނައިސްގެންނެވެ. މިއަދު މެހެމާނުން ތަކެއް ގެއަށް އަންނާނެ ވާހަކަ އެހާ ކުރިން ބުނެފަ ވީ އިރުވެސް އަދީލްއަށް ގަޑިއަށް އަންނަން ނޭނގުނީ ހެއްޔެވެ؟ އޭނާގެ މޫނުމަތިން ކަންބޮޑުވުން ފާޅުވޭވޭ ހުއްޓެވެ.

“ބައްޕާ.. ކިހިނެތް ވީތަ؟” އެވަގުތު ސިޓިންގް ރޫމަށް އައިސް ހުއްޓުނު އާދިން އަށާއި ވިޝާމާއަށް މަނިކު ފެނުމުން ދެމީހުންވެސް ތިބީ ވީގޮތް އޮޅުން ފިލުވަން ބޭނުންވެފައެވެ. އެހެން ކަމުން އާދިން އިސްވެ މަނިކު ގާތަށް ގޮސް ސުވާލު ކޮށްލިއެވެ. “މިއަދު އެއްކަލަ ސައްތާރުބޭމެން އަންނާނެ މިގެއަށް.. އެގޭ ހަގު މަންޖެ ގޮވައިގެން އަދީލްއާއި އޭނާގެ ކައިވެނީގެ ކަންތައް ހަމަޖައްސަން.. އަދީލް ގާތު އެތަށް ފަހަރެއް މަތިން ބުނެފިން މިހާރު ކައިވެންޏެއް ކުރަން.. އެންމެފަހުން އާދިންއަށް އެކަން ކުރެވުނު އިރުވެސް އޭނާ އެހުރީ ހުރިގޮތަށް.. ދެން ޖެހޭނީ ބައްޕައަށް މިކަން ކުރަން.. އެހެން ނޫނަސް އަދީލް ކުޑައިރުއްސުރެ އަހަރެންވެސް އަދީލްގެ މަންމަވެސް އަދި ސައްތާރުމެންވެސް ދެކެމުން އައި ހުވަފެނެއް މިއީ އަދީލްއާއި އެ މަންޖެގެ ކައިވެނިކުރެވިގެން ދިޔުން.. ދެން އޭނާއަށް ޖެހޭނީ މި ކައިވެނި ކުރަން.. އަބަދު އެހެން ހުރުމަކީ ބައްޕަ އެދޭ ގޮތެއް ނޫން.. އަދީލްއާއި ވެސް އިންނާނެ ކުދިން ވާނެ..” މަނިކު އޭނާ އެދޭ ގޮތް އާދިންގެ ކުރިމަތީގައި ހާމަކޮށްލިއެވެ.

އަދީލްއާއި އާލިމާގެ ގުޅުން ހަމައެކަނި އިނގޭ ބަޔަކީ އާދިންއާއި ވިޝާމާއަށް ވުމުން އާދިން އެއްގޮތަކަށްވެސް ބައްޕަގެ އެ ނިންމުމާމެދު ހިތް ހަމައެއް ނުޖެހުނެވެ. އޭނާއަށް އޭނާ ބޭނުންވި އަންހެން ކުއްޖާ ލިބުނު އިރު އަދީލްއަށްވެސް އޭނާ ބޭނުންވި ކުއްޖާ ލިބެން ވާނެއެވެ. “ބަ..” އާދިން ވާހަކަ ދައްކަން އުޅެފައި މަޑުޖެހެން މަޖުބޫރުވީ އެތެރެއަށް ވަދެގެން އައި އަދީލްގެ ސަބަބުންނެވެ. “އަދީލް ހާދަ ލަހަކުން ތި އައީ.. ބައްޕަ ބުނީމެއްނު އަވަހަށް އަންނާށޭ މިއަދު.. ސައްތާރުބޭމެން އަންނާނޭ..” މަނިކު އަވަސް އަވަހަށް އަދީލް ގާތަށް ގޮސް ކަންބޮޑުވެފައި ބުނެލިއެވެ. އާދިން ހުރީ އަދީލްގެ މޫނުމަތިން ދޭހަވަނީ ކީކޭކަން ނަގައިގަންނަން ނޭނގިފައެވެ.

“ބައްޕާ.. އަޅުގަނޑު ބޭނުމެއް ނޫން މި ކައިވެނި ކުރާކަށް.. އަޅުގަނޑު ކައިވެނި ކުރާނެ ކުއްޖަކު އަޅުގަނޑު ކަނޑަ އަލައިފިން..” ވަރަށް ހިތްވަރު ކޮށްލުމަށްފަހު އަދީލް ބުނެލިއެވެ. އާދިން ހިނިތުންވެލީ ބޭބެގެ ހިތްވަރު ފެނިފައެވެ. އަތުން ބޮނޑުވައި އިނގިލި ދައްކާލީ އަދީލްއާއި އެކު އޭނާވެސް ހުރިކަން އަނގާލުމަށެވެ. އަދި އޭނާއަށް ހިތްވަރު ލައިދިނުމަށެވެ.

“ކީކޭ؟ ބައްޕަ ދައްކާ ކުއްޖަކަށްވުރެ ރަނގަޅު ކުއްޖެއް ވަކި އަދީލްއަކަށް ނުލިބޭނެ..” އަދީލްގެ އެ ކެރުމުގެ ސަބަބުން މަނިކު ގާތަށް ރުޅި އަންނަ ގޮތް ވިއެވެ. “ބައްޕާ.. ފުރަތަމަ ފަހަރަށް އަޅުގަނޑު އަމިއްލައަށް ކަމެއް ކުރުމުގެ ފުރުސަތު ދީ.. އެހެން ނޫނަސް މިއީ އަޅުގަނޑުގެ މުޅި ޙަޔާތް ބަދަލުކޮށްލާނެ ޑިސިޝަނެއް.. މިކަން ކުރުމުގެ ފުރުސަތު އަޅުގަނޑަށް ދީ.. މިއަދާ ޖެހެންދެންވެސް އަޅުގަނޑު މިއައީ ބައްޕަ ބުނިހާ ގޮތަކަށް ކަން ކުރަމުން.. މައްސަލައެއް ނެތް.. ބައްޕަގެ ދަރިއަކަށްވެ ހުރެ ބައްޕަ ބުނާ ކަންކަން އަޅުގަނޑު ކޮށްދޭން ޖެހޭނެ.. އެކަމަކު އޭގެ މާނައެއް ނޫނެއްނު އެއީ އަޅުގަނޑުގެ ހުރިހާކަމެއް ބައްޕަ ގަދަބާރުން ކުރަންޖެހޭނެއެކޭ..” އަދީލް ފުރަތަމަ ފަހަރަށް އޭނާގެ ބައްޕައާއި މެދު ޝަކުވާ ކޮށްލިއެވެ.

ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އެއްވެސް ކަމެއްގައި އަދީލްގެ އަމިއްލަ އިޚްތިޔާރެއް ނުއޮންނަ ފަދައެވެ. ޚުދު އަދީލްގެ ހުރިހާ ކަމެއް ކުރުމުގެ ބާރުވެސް އޮންނަނީ އޭނާގެ ބައްޕައަށެވެ. ބައްޕަ ދެކެ ވާ ލޯތްބެއްގެ ސަބަބުން އޭނާއަށް ބައްޕައަށް ނޫނެކޭ ބުނަން ވެސް ނުކެރެނީއެވެ. ނަމަވެސް ކައިވެންޏާއި ގުޅޭގޮތުން ބައްޕަ އަމިއްލައަށް ފިޔަވަޅު ނަގަން އުޅުމުން އޭނާއަށްވެސް ކެތް ނުވީއެވެ.

“އާލިމާ..” އަދީލް ފަހަތަށް އެނބުރި ލުމަށްފަހު އާލިމާއަށް ގޮވާލިއެވެ. އެހިނދު އިސްދަށަށް ޖަހާލައިގެން ހުރެ ދެއަތް ދެއަތާއި މޮޑެމުން އެތެރެއަށް ވަތް އަންހެން ކުއްޖާއަށް މަނިކު ބަލައިލިއެވެ. ކަޅުކުލައިގެ ދޫދޫކޮށް ހުރި ތަނބިކައްޓާއި ހަމައަށް އަރާ ހެދުމާއި އެކު ކަޅުކުލައިގެ ކަން ބުރުގަލެއް އަލައިގެން ހުރި އިރު އޭނާ ވަރަށްވެސް ސާދާއެވެ. ނަމަވެސް އެ ކަޅު ބުރުގަލުގެ ތެރެއިން ފެންނަމުން ދިޔަ ހަނދެއްފަދަ ދޮން މޫނުންވެސް އޭނާގެ ރީތިކަން ފާޅުވޭވޭ ހުއްޓެވެ. އާދިން އާއި ވިޝާމާގެ ތުންފަތަށް އުފާވެރި ހިނިތުންވުމެއް ވެރިވެގެން ދިޔަ އިރު މަނިކުގެ މޫނު ދިޔައީ ބަނަވެގެންނެވެ. އަދީލް އިންނަން ޖެހޭނީ ހަމަ އޭނާ ބުނާ ކުއްޖަކާއެވެ. އަނެއް ކޮޅުން މި އަންހެން ކުއްޖާއަކީ ކިހާ ފެންވަރެއްގެ މީހެއްކަން ބަލައިލައިފަވެސް އެނގިއްޖެއެވެ.

“ނުވާނެ މިކަމެއް..” އާލިމާ އައިސް އަދީލް ގާތު ހުއްޓުމުން އަދީލް މަނިކުއަށް ބަލައިލި ތަނާ ނުރުހިފައި މަނިކު ބުނެލިއެވެ. “އަދީލް ޖެހޭނީ ބައްޕަ ދައްކާ ކުއްޖަކާ ހަމަ ކައިވެނި ކުރަން.. ބަލަ އެ އަނޫޝާއަކީ ތުއްތުއިރުއްސުރެ މުއްސަނދި ދިރިއުޅުމެއް އުޅެމުން އަންނަ ކުއްޖެއް.. އަދީލްގެ ފެންވަރާއި އޭނާގެ ފެންވަރު ގުޅޭ.. އެއް ފެންވަރެއްގެ މީހުން ކައިވެނި ކުރެވެން ވާނީ.. އަދީލްގެ ތި ނިންމުން ބައްޕައަކަށް ކަމަކު ނުދޭ.. ތި ވިސްނުން ދޫކޮށްލާ..” މަނިކުގެ އަޑު މުޅި ގޭ ތެރެގައި ގުގުމައިގެން ދިޔަ އިރު އާލިމާގެ މޫނުމަތިން ފާޅުވަމުން ދިޔައީ ބިރުވެރިކަމެވެ.

“ބައްޕާ.. ލޯތްބަކީ ފައިސާއަށް ގަނެވޭނެ އެއްޗެއް ނޫން.. ފައިސާއަކީވެސް ތެދުވެރި ލޯތްބަށްވުރެ މުހިއްމު އެއްޗެއް ނޫން.. އަޅުގަނޑަށް އެ ލޯބި ލިބިފަ އޮށްވާ ބައްޕަ ތިއުޅެނީ މި ދަރިފުޅުގެ މުސްތަޤުބަލާމެދު ނުވިސްނާ ފައިސާއަށްޓަކާ އެ މުސްތަޤްބަލް ހަލާކުކޮށްލަންތަ؟ އަޅުގަނޑު އާލިމާ އާއި ވީހާވެސް އަވަހަކަށް ކައިވެނި ކުރަން ބޭނުންވީ.. އާލިމާއަކީ އަޚްލާޤް ރަނގަޅު ދީންވެރި ޒުވާނެއް.. ޤަބޫލުކުރަން މާ ގިނަ ދުވަހު އަޅުގަނޑުމެންނަށް ދަސްވެފަ ނުވާކަން.. އެކަމަކު ރައްޓެހިވެ އުޅުމެއް ނޫނެއްނު މުހިއްމީ.. ކައިވެނި މުހިއްމީ.. މާތް ﷲ އަޅުގަނޑުމެން ދެމީހުން ގުޅެން މެދުވެރި ކުރައްވާފައިވާތީ ކަންނޭނގެ ދެމީހުން ދިމާ ވީވެސް.. ބައްޕާ.. އަޅުގަނޑުގެ އުފަލަށްވުރެ ބައްޕައަށް އަދިވެސް މުހިއްމީ ސައްތާރުބޭގެ މުއްސަނދިކަމުގެ އެހީގައި ފިޔަފާރި ކުރި އެރުވުންތަ؟” އަދީލް މަނިކު ގާތު އަނެއްކާވެސް ޝަކުވާ ކޮށްލިއެވެ. މިފަހަރު އޭނާގެ މޫނުމައްޗަށް އެރީ މަނިކުގެ އަތުގެ ހޫނު ޙަމަލާއެކެވެ.

އެވަގުތު އާލިމާގެ ލޮލުން ކަރުނަ ހިލިގެން ދިޔައިރު އާދިން އާއި ވިޝާމާއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. އާދިންގެ ދެއަތް ވަނީ މުއްކެވިފައެވެ. ނަމަވެސް އޭނާ އެ ކެތްކުރަނީ އެއީ ބައްޕައަށް ވުމުންނެވެ. “ޚަބަރުދާރު.. އަދީލްއަށްވެސް މުހިއްމުވެގެން ތި އުޅެނީ ބައްޕައަށްވުރެ މިހިރަ ފެންނަ ސުންޕާ އަންހެނާތަ؟ އަދީލްއަކަށް ނޭނގޭނެ އަހަރެމެންގެ ވިޔަފާރި މިދުވަސްކޮޅު ގޮސް އެޔޮތީ ކިހާވަރެއްގެ ޙާލަތަކަށް ކަމެއް.. އެ އަޑިގަނޑުން އަރައިގަނެވޭނެ މަގު ފަހިވެފައި އޮށްވާ އަދީލް ތި ބޭނުންވީ އެ އޮތް ގޮތަށް ބާއްވާފަ މީނައާއި އެއްކޮށް ދާންތަ؟ ނުވާނޭ މިކަމެއް.. އަދީލް ޖެހޭނީ ހަމަ ހަނދާން ނައްތާލަން..” މަނިކު ހީވަނީ ރުޅިއައިސްގެން ގޮސް ފަޅައިގެން ހިނގައިދާނެހެންނެވެ.

“ވަރަށް ބޮޑަށް މަޢާފަށް އެދެން ބައްޕަގެ ކިބައިން.. އެކަމަކު މިފަހަރު އަޅުގަނޑަކަށް ނެތް ބައްޕަގެ ތި އެދުން ފުރިހަމަ ކޮށްދެވޭކަށް.. އުންމީދު ކުރަން ބައްޕަ އަޅުގަނޑަށް މަޢާފު ކޮށްދެއްވާނެކަމަށް.. އަޅުގަނޑަށް މިގެއިން ޖާގައެއް ނެތް ނަމަ އަޅުގަނޑު މިގެ ދޫކޮށްފައިވެސް ހިނގައިދާނަން.. އެކަމަކު އަޅުގަނޑަށް މަޢާފު ކޮށްދީ.. ބައްޕަ އަޅުގަނޑުގެ މި ނިންމުން ޤަބޫލު ކުރޭ.. މިއީ އަޅުގަނޑުގެ ހަޔާތުގެ އެންމެ މުހިއްމު ފިޔަވަޅަށް ވީތީ އަޅުގަނޑު އަމިއްލައަށް މި ފިޔަވަޅު މި ނެގީ.. އަޅުގަނޑަށް މަޢާފް ކޮށްދެއްވާ..” އަދީލް އޭނާގެ ކޮޓާރިއާއި ދިމާލަށް ހިނގައިގަތީ ބައްޕައަށް ވިސްނޭތޯ ހިތާހިތުން ދުޢާ ކުރަމުންނެވެ.

އޭނާ އެނބުރި އައީ ފޮށްޓަކަށް އެއްޗެހި އަޅައިގެންނެވެ. “ބައްޕާ.. އަޅުގަނޑު މި ދަނީ.. އިން ޝާ ﷲ، ބައްޕަ ދެރަވާ ފަދަ އެއްވެސް ކަމެއް ނުކުރާނަން.. ނަމަވެސް އަޅުގަނޑު މި ދަނީ އާލިމާ އާއި ކައިވެނި ކުރަން.. އުންމީދު ކުރަން ބައްޕަގެ ހެޔޮ ދުޢާ ލިބޭނެ ކަމަށް.. ބައްޕަ މަތިން ވަރަށް ހަނދާންވާނެ..” އަދީލް އައިސް މަނިކު ގައިގައި ބައްދާލި އިރިވެސް މަނިކު އެހުރި ގޮތަށް ހުރީއެވެ. އޭނާގެ ހަރު ހިތް ބަދަލު ވާނެހެނެއް ހިއެއް ނުވެއެވެ.

އެންމެން ސިހިގެން ދިޔައީ މީހެއްގެ އަތްތިލަ ބަޑީގެ އަޑަށެވެ. “މަނިކު އަމިއްލަ ދަރިފުޅުގެ އުފާ ޤުރުބާން ކޮށްލަން ތި އުޅުނީ ވިޔަފާރިއަށްޓަކައިތަ؟ ދަރިފުޅަށްވުރެ މަނިކަށް މުހިއްމީ އެ ތަ؟ އަހަރެން ހިއެއް ނުކުރަން މަނިކު ތީ ތިކަހަލަ މީހެއް ކަމަކަށް.. ފައިސާއަށްވުރެ އަހަރެމެންގެ ދަރިން އަހަރެމެންނަށް މުހިއްމުވާން ޖެހޭނީ.. މި ދުނިޔޭގެ އުފާ އިސްކުރުމެއް ނޫނޭ މުހިއްމީ..” ގޭތެރެއަށް ވަދެގެން އައި ސައްތާރާއި އޭނާގެ އަންހެނުންގެ އިތުރުން ދަރިފުޅުވެސް ތިބީ މަނިކު ދެއްކި ވާހަކައިން ހިތްހަމަ ނުޖެހިފައެވެ.

“އަހަރެން ބޭނުމެއް ނޫން އަދީލް ވަކި އެހެން ކުއްޖަކާއި އެކީ އުޅެން ބޭނުން ވާއިރު ގަދަކަމުން އަނޫޝާއާއި ކައިވެނި ކުރުވާކަށް.. އެއިރަށް އެ ދެކުދިންގެ އެކަންޏެއް ނޫން، ތިން ކުދިންގެ ދިރިއުޅުންވެސް ވާނީ ހަމަ ހަލާކު.. އަނޫޝާވެސް ބޭނުމެއް ނުވާނެ މިހެން ވާކަށް.. ދޯ ދަރިފުޅާ؟” ސައްތާރު އަނޫޝާއަށް ބަލައިލިއެވެ. “ލައްބަ.. އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް އަދީލް މި ކައިވެންޏާއި ޤަބޫލު ނޫނަސް… އަދީލް އަޅުގަނޑާއި އެކީ އުޅެން ބޭނުން ނުވާކަމުގައިވަނީނަމަ އުފާވެރި ދިރިއުޅުމެއް ނޫޅެވޭނެ.. އެހެން ވީމަ އަޅުގަނޑުވެސް ބޭނުމެއް ނޫން މި ކައިވެނި ކުރާކަށް..” އަނޫޝާ ބުނެލިއެވެ. އޭނާގެ ހިތުގައި އެއްވެސް ރުޅިވެރިކަމެއް ނުވެއެވެ. އޭނާ ޤަބޫލު ކުރި ގޮތުގައި މިކަން ކުރިން އެނގުން ވެގެން ދިޔައީ އޭނާގެ ނަސީބެވެ.

“އަހަރެން ހިއެއް ނުކުރަން މަނިކު ތިހާ ދަށު ދަރަޖައަކަށް ވެއްޓިދާނެކަމަކަށް.. އަހަރެމެންގެ ދުވަސްވީ އެކުވެރިކަންވެސް މިހާ ހިސާބުން މި ނިމުނީ ކަމަށް ބަލަމާ.. ހިނގާ ދާން..” ސައްތާރު ނުރުހިފައި ހުރެ މަނިކަށް ބަލައިލަމުން އެގެއިން ނިކުންނަން ދިޔައެވެ. މަނިކު އެއްވެސް އެއްޗެކޭ ނުބުނީ އެކައްޗެކޭ ބުނެގެންވެސް ދެން ވާނެ ފައިދާއެއް ނެތުމުންނެވެ.

“ނުކުމޭ މިގެއިން.. މަގޭ ލޯ މަތިން ދުރައްދޭ.. އެންމެފަހުން މަގޭ އެކުވެރިން ކައިރީވެސް މަގޭ ބޭޒާރުކޮށްލީ ތީ.. އަހަރެން އުންމީދު ކުރިކަހަލަ ދަރިއަކަށް އަދީލް ނުވި..” މަނިކު ރުޅިއައިސްގެން ހަޅޭތް ލަވައިގަތެވެ. ބަސް އަހާ ކުޑަ ކުއްޖެއްފަދައިން އަދީލް އެގެއިން ނިކުމެގެން ދިޔަ އިރު އާލިމާ އޭނާގެ ފަހަތުން ދިޔައެވެ. އާދިންއާއި ވިޝާމާގެ ލޮލުގައި ކަރުނައިގެ ފަށަލައެއް ވިއެވެ. އޭނާގެ ދޮންބެއަށް އެކަހަލަ ޙާލަތެއް މެދުވެރިވެދާނެ ކަމަކަށް އާދިން ދުވަހަކުވެސް އުންމީދެއް ނުކުރެއެވެ. ތުއްތުއިރުއްސުރެ އެކުގައި އުޅެ ބޮޑުވެފައި ވުމުން އެ ދެމެދުގައި އޮންނަ ގުޅުން ވަރަށްވެސް ވަރުގަދައެވެ.

އާދިން އޭނާގެ ބައްޕައަށް ކަރުނަވީ ދެލޮލުން ބަލައިލުމަށްފަހު ހިތްހަމަނުޖެހިފައި ހުރެ ކޮޓަރިއަށް ވަންނަން ސިޑިބަރިއާއި ދިމާލަށް ދިޔައެވެ. ވިޝާމާވެސް މާޔޫސްކަމާއިއެކު އާދިން ދިޔަ ދިމާލަށް ދިޔައީއެވެ.

****

“އެހެންވެގެން ކާފަ ދޮންބެއާއި އާލިމައްތަ ދެކެ ރުޅި އަންނަ އިރު ބޭނުމެއް ނުވާނެއްނު ދާނިޔަލް ޤަބޫލު ކުރާކަށް.. ކާފަގެ ނުރުހުމުގަ ކުރި ކައިވެންޏަކުން ލިބުނު ދަރިއެއް ވީމަ ކާފަ ދާނިޔަލް ދެކެ ރުޅި އަންނަނީ..” ވިޝާމާ ފުން ނޭވާއެއް ދޫކޮށްލި އިރު ރުކާ އިނީ ހައިރާންވެ އަންތަރީސްވެފައެވެ. އޭނާގެ ހިތަށްވެސް އަސަރު ކޮށްފައިވާކަން ދޭހަވަނީ ފެންކަޅިވެފައިވީ ދެލޮލުންނެވެ. “ކާފަ އަމިއްލަ އެދުންތަ އިސްކުރަނީ އަބަދުވެސް؟” ރުކާ ވިޝާމާ އާއި ދިމާލަށް ބަލައިލަމުން ސުވާލު ކޮށްލިއެވެ. އެހިނދު ވިޝާމާ ފުން ނޭވާއެއް ދޫކޮށްލަމުން މަޑުމަޑުން ބޯ ޖަހާލީ ހިތާމައާއި އެކުއެވެ. “ކާފަ އެދުވަހު ގައިމު ގޮތް ދޫކުރި ނަމަ މިއަދު މިގޭގައެއްނު އެންމެން އުޅުނީހީ.. ކިހާ އުފާވެރި ވާނެ..” ހިތާމަވެރި ހިނިތުންވުމަކާއެކު ރުކާ ބުނެލިއެވެ. ވިޝާމާވެސް އެކަމާއި އެއްބަސްވެލުން ފިޔަވައި އިތުރު އެއްޗެއް ނުބުނެއެވެ.

“މަންމާ ވަރަށް ބޮޑަށް ޝުކުރިއްޔާ އެ ވާހަކަ ކިޔައިދިނީތީ.. އަޅުގަނޑު އާލާ ކައިރިއަށް ގޮސްލަން މި ދަނީ..” ރުކާ އެހެން ބުނެ އެދެމީހުން ތިބި ސޯފާއިން ތެދުވެގެން ސިޑިއާއި ދިމާލަށް މިސްރާބު ޖެހިއެވެ.

***

އަރީފްގެ އިތުރުން ޝަޒިއްޔާ ތިބީ ސިޓިންގް ރޫމުގައި ހުރި ސޯފާތަކުގައި ބޮޑު ވާހަކައެއްގައެވެ. ބަލާބެލުމަށް ހީވަނީ ދެމީހުން ކޮންމެވެސް ކަމެއްގައި މަޝްވަރާ ކުރަނީހެންނެވެ. “ޝަޒިއްޔާ.. ދުވަސްކޮޅެއް ވެއްޖެއެއްނު އާލާމެން މިގެއަށް ނާންނަތާ.. ގުޅާލަންވީނު މިއަދު އަންނާށޭ ކިޔައިފަ..” ހަމަޖެހިލައިފައި އިނދެ އަރީފް ޚިޔާލެއް ދިނެވެ. ނަމަވެސް ޝަޒިއްޔާ ފާޅުގައި އެކަމަށް އިންކާރު ކުރިއެވެ. “މި.. މިއަދަކު ނޫނެއްނު.. މަ ކުރީދުވަހު ގުޅާލީމޭ އާލްއަށް.. ބުނި މިހަފްތާ ހޮސްޕިޓަލުގައި ވަރަށް ބިޒީކޮށޭ މި އުޅެނީ..” ޝަޒިއްޔާ ވާހަކައެއް ހަދާލަމުން ބުނެލީ އަރީފް ފާޑަކަށް އޭނާއަށް ބަލަހައްޓައިގެން އިނުމުންނެވެ.

އަރީފް ޝަޒިއްޔާ ބުނި ވާހަކަ ނުހަނު ފަސޭހައިން ޤަބޫލު ކުރީ އޭނާގެ އަންހެނުންގެ އަސްލު ސޫރަ ނުފެންނަ ޙާލުގައެވެ.

***

ރުކާ އާލާމެން އުޅޭ އެޕާޓްމެންޓެގެ ދޮރު ކުރިމަތީގައި ހުރެފައި ޓަކި ޖަހާލިއެވެ. ދެތިން ފަހަރަކު ޓަކި ޖަހާލުމުން ދޮރު ހުޅުވާލީ އާލާއެވެ. އޭނާގެ ދެލޮލުން ހިތާމައިގެ އަސަރު ހާމާއަށް ފެންނަން ހުއްޓެވެ. ނަމަވެސް އާލާ ހިނިތުން ވެލަމުން ރުކާ ވަންނަން ތަން ދެއްކިއެވެ. “އާލް ކިހިނެތްތަ މިއަދު؟” ސޯފާގައި އާލާ ކުރިމަތީގައި އިށީންނަމުން ރުކާ އަހާލިއެވެ. ޖަވާބު އިނގި ހުރެވެސް އޭނާ ބޭނުންވީ އާލާގެ ދުލުން ބުނާ އަޑު އަހާށެވެ.

“ދާނިޔަލް އަހަރެން ދެކެ ރުޅި އައިސް ހުންނަންޏާ އަހަރެން ވަކި ރަނގަޅެއް ނުވާނެއްނު..” ދެއަތުން މޫނު ފޮރުވާލަމުން އާލާ ބުނެލި ވާހަކައިން ރުކާގެ ދެބުމަ ގާތްވެގެން ދިޔައެވެ. “ދާނިޔަލް ރުޅިއައިސްގެންތަ ގެއިން ނިކުމެގެން ދިޔައީ؟” ރުކާ އަނެއްކާވެސް ޔަގީން ކުރުމުގެ ގޮތުން ސުވާލެއް ކޮށްލިއެވެ. “ހީވަނީ އެހެން..” ކަރުނަވީ ދެލޮލުން ރުކާއަށް ބަލައިލަމުން އާލާ ބުނެލިއެވެ. ނަމަވެސް ރުކާގެ ހިތެއް އެ ވާހަކަ ޤަބޫލެއް ނުކުރިއެވެ. ދާނިޔަލް އެހެން ހަދައިފާނެކަމަށް އޭނައަށް ހަމަ ޤަބޫލު ނުކުރެވެނީއެވެ. “އާލްއަށް ހީވޭތަ ރުޅި އަޔަސްވެސް ދާނިޔަލް އެގޮތަށް ކަންތައް ކޮށްފާނެހެން؟ އޭނާއަކީ އެޔަށްވުރެ ވިސްނޭ ހަރުދަނާ ޒުވާނެއް.. އަހަންނަކަށް ހިއެއް ނުވޭ ދާނިޔަލް އެގޮތަށް ގޮސްދާނެ ހެނެއް.. މަޑުކޮށްލައްޗޭ…” ރުކާ އަލާގާތު އެހެން ބުނެލުމަށްފަހު އިންތަނުން ތެދުވެގެން ގޮސް ބެލްކަންޏަށް ނިކުތީ އަޒާންގެ ކޯލެއް އައުމުންނެވެ. މިކަން އޮޅުން ފިލުވަން ހިތުގައި އަޅައިގެން ހުރެ ރުކާ ގޮސް ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.

“އަހަރެން ބުނީމެއްނު ދާނިޔަލް އެހެން ނިކުމެގެން ނުދާނޭ.. އަޒާންވެސް ބުނީ ކުޑޭ ނުހަދާނެޔޯ އެހެންނެއް.. އާލްވެސް ހީކޮށްލާ ދެން އެހެން ކަމަށް..” ރުކާ އާލާއަށް ވިސްނައިދޭ ފަދައަކުން ބުނެލިއެވެ. “ދެން ތިބުނީ ދާން ކިޑްނެޕް ކުރީއޭތަ؟” ހާސްވެފައި ހުރެ އާލާ ރުކާއަށް ބަލައިލިއެވެ. ދާނިޔަލްއަށް ކުޑަވެސް އަނިޔާއެއް ލިބޭކަށް އޭނާ ނޭދެއެވެ. “ނޯ ނޯ ނޯ.. އެހެނެއް ނުބުނަމެއްނު.. ދާން އަދި ފެންނާނޭ، އިން ޝާ ﷲ.. ޕޮޒިޓިވް ކޮށް ވިސްނާ..” ރުކާ އާލާގެ ފިނިވެފައި އޮތް އަތްތިލައިގައި ހިފަމުން ބުނެލިއެވެ.

“އާލް.. އަހަރެން ދޭން އޮތީ އެންމެ ނަސޭހަތެއް.. ނަމާދުކޮށްފަ ކޮންމެ ނަމާދެއް ފަހުގަ ދާނިޔަލްއަށްޓަކައި ދުޢާ ކުރޭ.. މުއުމިނެއްގެ ހަތިޔާރަކީ ދުޢާ އޭ ބުނެޔެއްނު.. ދުޢާ އަކީ ވަރަށް ބާރުގަދަ އެއްޗެއް.. ދުޢާ ކުރުމުން ނެގަޓިވް ފީލިންގްސް ތަކުން ދުރުވެ ރުޅިއާއި ހާސްކަމުން ދުރުވާނެ.. ﷲ ސުބްޙާނަހޫ ވަތަޢާލާގެ މަގަށް ރުޖޫޢަ ވުމުން މި ކަންކަމުން ދުރުވާނެ، އިން ޝާ ﷲ.. ﷲއަށްޓަކައި އެންމެ ނަމާދެއްވެސް ކޮށްލަބަލަ.. އެ ނަމާދަށްފަހު އާލް ހަމަ ކުރާނެ ވަރަކަށް ދުޢާ ކުރަންވީ.. އެކަލާނގެ އާލްގެ އަޑު އައްސަވާނެ.. އެކަލާނގެއީ މޮޅަށް އައްސަވާ ވޮޑިގެންވާ އަދި މޮޅަށް ބައްލަވާ ވޮޑިގެންވާ ރަސްކަލާނގެ.. ތި ދެލޮލުން ކަރުނަ އަޔަސްވެސް އެއީ އެއްވެސް މައްސަލައެއް ނޫން.. އާލްއަށް ވިސްނިއްޖެއްކަން ދޯ އެ ކަރުނަތައް އެ ކިޔައިދެނީ؟ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މަގަށް ރުޖޫޢަ ވުމަށްވުރެ ވަކި ކޮންކަމެއް އުފާވެރިކަން ބޮޑީ؟ މިއީ އާލާގެ އެންމެ ގާތް އެކުވެރިޔާގެ ހައިސިއްޔަތުން އަހަރެން އާލްއަށް ދޭނެ ނަސޭޙަތަކީ..” ހިނިތުންވެލަމުން ރުކާ އާލާ ގާތު ބުނެލިއެވެ.

“ހުމްމް.. ދެން ހިނގާބަލަ ކޮންމެސް އެއްޗެއް ކާލަން.. ދެމީހުން ވެގެން އެއްޗެއް ކެއްކޭތޯ އުޅެބަލަ.. އިނގިދާނެތާ ކާކުކަން ކައްކަން މޮޅީ..” ތަނަށް ވެރިވެފައިވީ ހަމަހިމޭންކަން ކަނޑުވާލަމުން ރުކާ ހިނިތުންވެލައިފައި ބުނެލިއެވެ. އެޔަށްފަހު އާލާގެ އަތަށް ދަމަމުން އެތަނުން ގެންދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

އަހަރެން

Next

ހޯދޭތޯ މަންޒިލެއް… 19

Next
November 17, 2018

ހޯދޭތޯ މަންޒިލެއް… 19

Previews
November 17, 2018

އަހަރެން

32 Comments!

  1. Kwyn says:
    November 17, 2018 at 12:12 pm

    Yaay! Me first.mi part vx varah varah reethi? adhi ehaame furihama next part vx varah avaha up koh dechey?

  2. Twinkle? says:
    November 17, 2018 at 12:13 pm

    Yay me first

  3. aish noor says:
    November 17, 2018 at 12:14 pm

    assalaamu a’laikum my dear readers.. 🙂 miothee vaahakaige 35 vana bai.. las v kamahtakaa vrh bodah ma’aafah edhen.. adhi comment thakah reply nukurevunythyves vrh bodah ma’aafah edhen.. 🙁 noor ah reply nukurevunu namaves kiyaalin hurihaa comment eh ves.. konme comment akah reply nukurevunu namaves noor hama hithuge adin thikudhinnah abadhuves shukuru adhaakuran.. 🙂 jazakumullah khairan everyone.. ummeedhu kuran mi part ves thikudhinnah kamudhaane kamah.. 🙂 jazakumullah khairan and LY all.. 🙂 <3<3<3

    1. Pink says:
      November 18, 2018 at 6:07 pm

      Vahaka up kuraane dhuvas thah bunedheefa baindhafaanatha aish noor

  4. Twinkle? says:
    November 17, 2018 at 12:16 pm

    Alhey… scnd dhww… it’s ok… dhn faharakun 1st hwdhaanan insha allah… hehe

  5. Twinkle? says:
    November 17, 2018 at 12:50 pm

    Alhey wow… vvvvv rythi mi part vs masha allah… whn nxt part??? Really curious… alhe kaafa ah ve hure manik ge hithah hama kudakh vs asareh nukurey dhw… plz plz nxt part avahah up khdhehche nge noor dear… u r the best writer masha allah… n dear ge mi stry aky twinkle ah vvvv gina ibraihthah haasil vi stry eh… n it chnged my life… thnq very much…

  6. Aalaa says:
    November 17, 2018 at 1:04 pm

    Pls dhaniyal hoadhaa dheebala… ?

  7. Kokee says:
    November 17, 2018 at 1:43 pm

    maasha allah..mi part hama habeys..alhey.. dhaan hoadhadhy ba dhen aal ah..all fakeeru eoh gen halaaku vanee..

  8. Blue? says:
    November 17, 2018 at 2:35 pm

    Dhen hageegai ingen vejje! ??Aslu maa dhigu vanee thi than kolhu vx! ??Maa dhigu kurangna varah foohi…..!! ??Dhen oi part rangalhu vaane kamah unmeedhu kuran… ??
    = جزاكم الله خىرن= ?? LY noor sis ??<3<3<3??❤❤❤?????????????????????????????????????????????????????????………….☺☺☺

  9. Sulu says:
    November 17, 2018 at 2:36 pm

    Aaalaa ah vxx mihaar vixnunii dhww eh.. dhn kaafa nd aalaa mamma ge hageegai falha aruwaalaafa avahah dhaan samaamaii kuran ulheh.. eyrun vrh salhii vaaane dhww.. nd one thing mii storyy dhuwahak vxx nunimahche ingeyy???

  10. Roo says:
    November 17, 2018 at 2:38 pm

    ?????⏳⌛⏰♈♉♊♋♌♍⛎♓♒???♑?♐?♏?♎?????????➿???????⚠???⛔????????????®?㊙??????✴❎?ℹ✔❎?✳✖➕?✳???⬇⬆⬇➡?????????↗??⬜⁉♥?????‼❗

    1. hahaha says:
      November 17, 2018 at 3:30 pm

      hehe…Roo
      mi koacheh???

  11. Beryl Stone says:
    November 17, 2018 at 3:41 pm

    Sorry ingey kury prt ah comment nukurevunyma??..dear haalu kihineh tha??…masha allah ???vrh vrh rythi mi prt vx??..whn nxt❔..past ge bai mi prt ga himanaalyma vrh vrh bodakah ufaa vejje?❤????Jazakumullah khairan and LY you??

  12. Reet says:
    November 17, 2018 at 4:48 pm

    Falha aruvaala bala please v reethi

  13. Nunnu says:
    November 17, 2018 at 5:54 pm

    Maa ginadhuvahu dhaniyal hayyarukoffa othyma ehaa reecheh nuvaane noor..
    Konme akas emeehun dheraeh dheyn kurikamakun dhaniyal ah ragalheh v dho. Alaa gaimu loabivaakan gaboolu koffitha. Ekam aal ge gotheh neygeyne. Dhaan aima bunefaaane loabi nuvamey vess

  14. Ashwa says:
    November 17, 2018 at 5:56 pm

    saziyya aai manik ge reyvun gandu falhaa aruvaalaafa dhaan salaamaiy kohbala noor plz plz dhaan ge kaafa haadha goahey. kn irakun next part avahah up kohdhechey

  15. shaha says:
    November 17, 2018 at 6:16 pm

    ????????Wow???????????

  16. Some one says:
    November 17, 2018 at 6:23 pm

    Maashaa allah ?story hama v v v reethi????

  17. Some one says:
    November 17, 2018 at 6:26 pm

    Curiously Waiting 4 the next part??

  18. Minnu says:
    November 17, 2018 at 6:34 pm

    Noor ge vaahaka thakah comment nukuriyas noorge hurihaa vaahakaeh minnu kiyan.????❤? noor ge vaahaka thah v reethi maashaa allah you r the best writer i ever saw ???

  19. Ary says:
    November 17, 2018 at 6:41 pm

    Noor sis next part kon irakun

  20. Ibsha says:
    November 17, 2018 at 8:38 pm

    Varah reethi. Varah hiy hama jehey mi vaahaka❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  21. Sham says:
    November 17, 2018 at 8:48 pm

    Vrh loabi mi part vs Masha allah… Next part up vany kon irakun???

  22. Mai shar says:
    November 17, 2018 at 11:07 pm

    Aachaa salhi plx next part

  23. Someone? says:
    November 18, 2018 at 12:32 am

    I knewww itttt. Maniku aa shaziyyaa aa. Dhen egothah hadhan heyo nuwaane ehnu. Kithanme rulhi ayas bodu varu ehnu eii. Dhaan save kohdheeeba pleaasee?
    Oohhh kiriyaa mi engunee aslu vee goiyy maniku rulhi annan. Asluvess money is not everything ey. Baeh meehunnah understand nuwaa kameh eii?
    Anyywayssss. This part is, as usual, amazzingggg. Ma sha allahh. Update as soon as possible.?
    You are the best noor sis. Ly?☺

  24. seym says:
    November 18, 2018 at 4:12 am

    Masha Allah. ?♥️
    Love the story. Waiting eagerly for the next part. ?

  25. Aala says:
    November 18, 2018 at 3:34 pm

    Kn irakn next part up vany, Masha Allah v reethi mi vaahaka:-D?????

  26. Nia says:
    November 18, 2018 at 4:54 pm

    Wow??mulhiaku kithah part inna ne tha??

  27. Pink says:
    November 18, 2018 at 6:06 pm

    Alhe thi myhun vahaka liyaa iru keeve tha gavaadhun update nukurevenii
    Mihaar heevanii readers in thalhuvan ulhey hen
    Update vaa dhuvaheh angenii eh nooney aish noor
    Buxii as huneveyne dhww weeksly kithah part kan up vaanee
    I support uhhh varah bwdah ekm mihen vanyaa aslu v baigannna undhagoovaane
    Weekly oenme part eh ilup vaa vahaka bunefa onnaanyaa ves abadhu nujeheynehnu balaakah up kohfithw eh
    Up kuraane dhuvaheh buneladhefa baindhabala heyo nuvaane

  28. Pis pis says:
    November 18, 2018 at 6:17 pm

    Eyy “pink” bunan tha vaahaka gavaidhun vaahaka eyh up koh shey nudheveyne noor sis vx busy vaane eyh nun? noor sis akah vx neyngeyne kada alhigen meendhi dhuvahaku up vaane eyh bunaakah “pink” ah dhen getu vebala?

    1. Pink says:
      November 19, 2018 at 12:05 am

      Vaki dhuvaheh neygenyaa dhen bunanveenukonme mahaku ehbayey genesdheveynee
      Ehn noonas lafaa kohlaafa nageyne bunan
      Ehen writers in ves hama buxii ves vaaane ekm emyhun ves bunefa hure lafaa kihlaafa

  29. Athoof says:
    November 18, 2018 at 6:30 pm

    Dhen dhaananl salaamaiy kobbala, Masha Allah ? v reethi mibaives

Comments are closed.

Next Episodeދުޢާ 36←


All Right Reserved!