Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހިތް އެދުނަސް… (20)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
November 16, 2018 8 Mins Read
5 Comments

ގޭގެ ދޮރު ހުޅުވާލާފައި ނުކުތް ނާޖިދު ދޮރޯށިން ވަތް ޒަފާ ގެ ލޮލުގައި އަޅައިގަތުމާއެކު ފިޔަވަޅުތައް ހުއްޓުނެވެ. ނާޖިދު ވެސް އެ ދިމާލަށް ބަލާލި އިރު ދެ މީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ.

އެއާއެކު ޒަފާ އަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އޭނާ އަށް އެތެރެއަށް ވަތް އީނާލް އަށް ބަލާލެވުނެވެ. “ޑޭޑް ދިސް އިޒް ޒަފާ” އީނާލް ނާޖިދު އަށް ބަލާލަމުން ބުނެލިއެވެ.

“އެހެންތަ؟ ތީ ދޯ އީން ގެ ފްރެންޑް ކުއްޖަކީ… ވަރަށް އުފާވެއްޖެ ބައްދަލުވީމަ…” ނާޖިދު ވާހަކަ ދެއްކީ ހީލަމުންނެވެ. އެހެންނަމަވެސް އެއްފަހަރުވެސް އޭނާ އީނާލް އާ ދިމާލަކަށް ބަލައެއް ނުލިއެވެ. އެއީ ކީއްވެކަން އެނގުނުނަމަވެސް، ދެރަވި ނަމަވެސް އީނާލް އެ ކަން މޫނުމަތިން ނުދައްކާ ވޭތޯ މަސައްކަތް ކުރިއެވެ.

ނާޖިދު ހީލާފައި ދޮރޯށިން ނުކުމެގެން ދިޔުމުން ވެސް ޒަފާ އަށް ފަހަތަށް އެނބުރިވުނެވެ. އޭނާ ސިހުނީ އީނާލް އެ އަތުގައި ހިފާ ބާރު ކޮށްލުމުންނެވެ. ޒަފާ ކަރުނަވީ ދެލޮލުން އީނާލް އަށް ބަލާލުމާއެކު އީނާލް ބޯ ޖަހާލީ ހުރިހާ ކަމެއްވެސް ރަނގަޅު ވާނޭ ބުނަމުންނެވެ.

ޒަފާވެސްބޯ ޖަހާލާފައި އީނާލް އާއެކު ގޭތެރެއަށްވަނެވެ. އެވަގުތު ސިޓިން ރޫމްގައި އިން ސާމިރާގެ ލޮލުގައި ދެމީހުން އަޅައިގަތެވެ. އޭނާ އަވަސް އަވަހަށް ތެދުވެމުން ޒަފާ އާ ދިމާލަށް ގޮސް ދަބަސް އަތުލިއެވެ. އެއަށްފަހު އޭނާ ދަބަސް ހިފައިގެން ހިގައިގަތީ ސައިވެސް ތައްރާކުކޮށްފައި ހުންނާނޭ ވާހަކަ ބުނަމުންނެވެ. އީނާލް ގެ ކޮޓަރިއަށް ވަދެ ދަބަސް ބަހައްޓާލަމުން ސާމިރާ އޭނާގެ ފަހަތުގައި ތިބި އީނާލް އަށާއި ޒަފާ އަށް ބަލާލިއެވެ. އެއަށްފަހު ފެންވަރާނީ ކައިގެން ކަމަށް ބުނެ ސައި ބުއިމަށްޓަކާ ދެމީހުން ގޮވައިގެން ކާބަޔަށް ގޮސް ވަނެވެ.

މިކްޔަން ގެ ބައްޕަ އަނީސް އާއި ވާހަކަ ދައްކަމުން ދިޔަ ނާޖިދު ގެ ވިސްނުން ހުރި ކޮންމެގޮތެއް ހަދާފައިވެސް ވީހާވެސް އަވަހަކށް އީނާލް އާއި މިކްޔަން ގެ ކައިވެނި ކުރުވުމަށެވެ. ނާޖިދު ގެ ވާހަކަ ހުރި ގޮތުން އަނީސް އަށް ކޮންމެވެސް ނުބަ އެއް އުޅޭކަމަށް ޝައްކުކުރެވުނެވެ.

“ހީވަނީ ކޮންމެވެސް ކަމެއް ވެގެން އުޅޭހެން… އަހަރެންނަށް ފެންނަނީ ދެ ކުދިންނަށް ވެސް ވަގުތު ދީގެން މި ކަން ކުރިއަށް ގެންދަން… ޒުވާން ކުދިން ވީމަ އަހެރެމެންނާ އެކުދިންގެ ވިސްނުންވެސް ތަފާތު ވާނެއެއްނު… ނާޖިދު ވިސްނަން އިނދެފައި ވާހަކަ ދެއްކިއެވެ.

“ނޫނޭ ކަމެއް ގޯސް ވެގެން އުޅެނީ އެއްނޫން… އެކަމަކު ބޮދެތި ވެފަ ތިއްބަސް ގޯހެއް ހެދިދާނެތީ ކަންބޮޑުވަނީ” ނާޖިދު އޭނާގެ މޫނުމަތީގައި ވި ނުތަނަވަސްކަން ފޮރުވަމުން ވާހަކަ ދެއްކިއެވެ.

ދެމީހުން އެތައް އިރަކު ވާހަކައިގައި ތިއްބެވެ.

ކޮފީއިން ނިންމާފައި ގެއާ ދިމާލަށް ސައިކަލުގައި ދިޔަ ނާޖިދު ގެ ލޮލުގައި އަޔާން މަލަކް މެން ގެއަށް ވަތް ތަން އަޅައިގަތެވެ. އަޔާން ދެކެ ރުޅިއައިސް މީހާ ރަތްވެގެން ދިޔައެވެ. އީނާލް ގެ ކަންތައް ވަކި ގޮތަކަށް ނުނިމި އޮއްވާ އަނެއްކާ އަނެއް ކަންތައް ލައިގަތީއެވެ. އަޔާން އަދިވެސް އެ މަލަކް ފަހަތުން ދުވަނީ ކީއްވެހެއްޔޭ އޭނާގެ ހިތަށް އެރިއެވެ. އަޔާން އާއި އެކަށީގެންނުވާ ނިކަމެތި ކުއްޖެއް އަޔާން ފަހަތުން ދުވުމަކީ އޭނާ އަށް ވެސް ލިބޭނޭ ހުތުރު ނަމެކޭ އޭނާގެ ގެ ހިތަށް އަރައެވެ. އަނެއްކޮޅުން އީނާލް އެވެ. ޒައިން އާއި އީނާލް ގެ ކަންތައް ތައް ވެސް އެނގުމުން އެތައް ބަޔެއްގެ ފަރާތުން އޭނާ އަށް ބަދު ބަސްތައް އަމާޒު ކުރާނެއެވެ. ވިސްނަމުން ދިޔަ ވަރަކަށް ސިކުނޑި ހާސްވަމުން ދިޔައެވެ. ވީ އެންމެ އަވަހަކަށް އީނާލް އާއި ޒައިން އާއި ދުރުކުރުވުމަށް އޭނާ ބޭނުންވެއެވެ.

ޒައިން އަށް ހޭލެވުނީ ފަސްގަޑި ބައި ވަނިކޮށެވެ. ނަމާދު ކޮށްލައިގެން ޖައްސާލިތަނާ އޭނާ އަށް ނިދުނީއެވެ. ވެފައި ހުރި ވަރުބައްޔާ ކަންނެތް ކަމާހެދ ތެދުވާ ހިޔާލެއް ޒައިން ނުކުރިއެވެ. ބާލީހުގައި އޮށޯވެލަމުން މީހާ ހަމަޖެހިލިއެވެ.

ޒައިން ގެ މަންމަ ރާނިޔާ ޒައިން އަށް ގޮވީވެސް ޒައިން އެހެން އޮއްވައެވެ. އޭނާ އެނދުން ތެދުވަމުން ގޮސް ދޮރު ހުޅުވާލިއެވެ. “ޒައިން… ނިދަނީތަ؟” ރާނިއާ އަށް ޒައިން ގެ ނިދި މޮޅިވެފައިވާ މޫނު ފެނުމައެކު އަހާލެވުނެވެ. “ނޫނޭ މަންމާ ހޭލައިފިން” ޒައިން ވާހަކަ ދެއްކިއިރު ނިދި އަޑުހުރުމުން އެ އަޑު އިހުނަށްވުރެ ބަރުހެން ހީވިއެވެ. އެއާއެކު ރާނިޔާ އެދުނީ ޒައިން ގާތު ފިހާރެއަކަށް ދިޔުމަށެވެ. ޒައިން ފެންވަރާލައިގެން ދާނަމޭ ބުނުމުން ރާނިޔާ ވެސް އިތުރަށް އެއް ޗެއް ނުބުންޏެވެ.

ރޭގަނޑު ގެ ވަގުތެވެ. މަލަކް އާއެކު ތުނޑީގައި ވަގުތު ތައް ގުނަމުން ދިޔަ އަޔާން މަލަކް އަށް ފުން ކޮށް ބަލާލިއެވެ. “މަލަކް އަހަރެން ބޭނުން މަލަކް އާއި ކައިވެނިކުރަން… ވީހާވެސް އަވަހަކަށް” އަޔާން އަށް ބަލަން އިން މަލަކް އަށް ކީކޭ ހޭ އަހާލެވުނެވެ. “އާނ… މަލަކް އަހަރެން ބޭނުން ވީހާވެސް އަވަހަށް އިންނަން… ” އަޔާން މަލަކް އަށް ޔަގީން ކަން ދިނެވެ. “އެކަމަކު އަޔާން ގެ ފެމެލީ ނުގަބޫލުގައި ކިހިނެއް މިކަން ކުރާނީ” މަލަކް ގެ އަޑުގައިވަނީ މާޔޫސްކަމެވެ.

“އެމީހުން ގަބޫލު ނޫނަސް” އަޔާން ފަރުވާ ކުޑަ ގޮތަކަށް ބުނެލައިފިއެވެ. “އެކަމަކު އަޔާން” މަލަކް އަށް ބުނެވުނީ އެވަރަށެވެ. އަޔާން މަލަކް ގެ އަނގަމަތީ އަތް އަޅާލަމުން ދެ ފަރާތަށް ބޯ ހޫރާލަމުން މަލަކް ގެ ވާހަކަ ހުއްޓުވިއެވެ.

“އެ މީހުންނަށް އެއް އިރެއްގައިވެސް އަހަރެންގެ އުފާތައް މުހިންމު ވިތަ؟ ނޫނެއްނު… އެމީހުންގެ ފަރާތުން އަހަރެން ނަށް ވެސް ލިބުނީ ހިތާމަ… މަލަކް އަށް ލިބުނީ އަނިޔާ… މަލަކް ގެ ހިތަށް ލިބުނީ އަނިޔާ… އެމީހުންނާ ދެކޮޅަށް އަހަރެން މި ކައިވެނި ކުރަން މި ނިންމީ ވަރަށް ވިސްނާފަ… މަލަކް އަށް ކެއާރ ކުރެވޭނީ އަހަރެން މަލަކް ގާތު ހުރެގެން…. އަހަރެންނަށް ވެސް ނަގަން ފަސޭހަ ޑިޒިޝަން އެއް ނޫން މީ… އެކަމަކު… އިތުރަށް މަޑު ކުރާކަށް ވެސް ބޭނުމެއް ނޫން… އެކަކަށް ވެސް ނޭނގޭނެ އަހަރެން އުޅުނު ހާލު… ކޮންމެ ދުވަހަކު ހީގަނެގެން ހުއްޓަސް މަޖާވެފައި ސަކަރާތް ޖެހިޔަސް އަހަރެން ގެވެސް ހިތަށް ތަދުވަމުން ދިޔަ… މަލަކް އެހެން ފިރިހެނަކާއެކު ފެނުނު ދުވަހާއި މަލަކް އާއި އެ މީހާ އާ ދެމެދު ވި ގާތް ކަން ފެނި އަހަރެންނަށް އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދެވުނު. އޭރު ނޭނގެ މަލަކް އެ ގޮތަށް ކަންތައް ކުރީ މަޖުބޫރުވެގެން ކަމެއް” އަޔާން ފުންނޭވާއެއް ލަމުން ވާހަކަ މެދު ކަނޑާލިއެވެ.

މަލަކް އަޔާން ގެ އަތުގައި ހިފާލާ އެ އަތަށް ބާރު ކޮށްލީ ހުރިހާ ކަމެއް ވެސް ރަނގަޅުވާނޭ ބުނާފަދައަކުންނެވެ. އަޔާން ދެކެ ވާ ލޯބީގެ ހައްގުގައި އޭނާ އަޔާން ބުނާ ކޮންމެ ކަމެއް ވެސް ކުރަން ތައްޔާރަށް ހުރިކަމަށް ބުނާ ފަދައިންނެވެ.

ޖެހިގެން އައި ދުވަހަކީ އީނާލް ގެ އޮފް ދުވަހަކަސް ވުމާއެކު އިނާލް ނިންމީ ޒަފާ އަށް ރަށުތެރެ ދައްކާލަން ނުކުތުމަށެވެ. އެހެންނަމަވެސް ނާޖިދު މިއަދު ބޭރަށް ނުދިޔުމަށް ބުނުމުން އީނާލް އަށް ދާކަށް ނުކެރުނެވެ. އެތައް ދުވަހަކަށް ފަހު ބައްޕަ ރީއްޗަށް ވާހަކަ ދެއްކުމުން އޭނާ ދެކޮޅު ހަދަން ވެސް ބޭނުން ނުވީއެވެ. “މި ހުރި ކުޑަ ދޮރުތައް ބަދަލް ކުރަން މިއަދު މީހަކު އަންނާނެ” ނާޖިދު ކުޑަ ދޮރުތަކާ ދިމާ ބަލާލާ ސާމިރާ އަށް ބުނެލިއެވެ. ހަލާކުވެފައިވާ ކުޑަ ދޮރުތައް ރަނގަޅުކުރަން މީހަކު އަންނާނެ ވާހަކަ ބުނުމުން ސާމިރާ ހިންހަމަ ޖެހުނެވެ. އެވާހަކަވެސް ނާޖިދު ގާތު ކިޔާތާ މަހެއް ވީއެވެ.


މެންދުރެއް ހާއިރު ވެގެން އައި އިރު އިރުގެ އަލިން ދުނިޔެ މަތި ދޮން ކޮށްލާފައި ވެއެވެ. ސިޓިން ރޫމްގައި ނާޖިދު ގެ އިތުރުން ސާމިރާއާއި އައިމަން އާއި އަޔާން ވެސް ތިއްބެވެ. އީނާލް އާއި ޒަފާ ވެސް ތިއްބެވެ. މިއަދުގެ މި ވަގުތު މުޅި އާއިލާ އެއްކުރީ ކޮން ވާހަކަ އެއް ދައްކަން ނޭނގޭ ހާލު އިނާލް ގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. ދައްކަން ތައްޔާރުވަމުން ދަނީ އޭނާ އާއި ގުޅޭ ވާހަކައެކޭ ހީވަނީއެވެ. އެހެންކަމުން ނުތަނަވަސް ކަމާއެކު އޭނާ ވަގުތު ތައް ގުނަމުން ދިޔައެވެ. އެންމެން ވެސް ކޮންމެވެސް ވާހަކަ އެއް ދައްކަމުން ދިޔަ ނަމަވެސް ގިނަފަހަރު އީނާލް އަށް އިނދެވެނީ ފުން ވިސްނުމަލަށް ގެއްލިފައެވެ. އޭނާ އަށް ގޮވާލާ ވާހަކަ އެއް އަހާލާ ނަމަ އާނ ހޫމް އަކުން ނިންމާލަނީއެވެ. ދައްކަމުން ދިޔަ އެއްވެސް ވާހަކައަކަށް އެއްވެސް ޝައުގުވެރިކަމެއް އޭނާގެ ނެތެވެ.

“އަނހާ މިކްޔަން…  އަނީސް… އަވަހަށް އާދޭ” އީނާލް އަށް ސިހިފައި އިސް އުފުލާލާ އަތުގައި އޮތް ފޯނުން ނަޒަރު ވަކި ކޮށްލެވުނީ ނާޖިދު ގެ އަޑު އިވުމުންނެވެ. އޭނާ އަށް ދޮރާ ދިމާލަށް ބަލާލިއެވެ. އެއާއެކު ނާޖިދު މެން އެންމެން ތެދުވިތަން ފެނިފައި އޭނާ ވެސް ތެދުވިއެވެ. އޭރު އެ ހިތުގައި ރުޅވެރިކަމުގެ ރާޅުބާއްޏެއް ދަތުރު ކޮށްލިއެވެ. މީހާގެ ނަފްސު ހަރުކަށިވެގެން ދިޔައެވެ. އެނާ ތަނަކަށް ދިޔަ ނުދީ ގޭގައި ހިފެއްޓި އަސްލު ސަބަބު އިނގުމާއެކު އީނާލް އަށް ފޫ ހިކަން ވެރިވެގެން ދިޔައެވެ.

އޭނާ މިކްޔަން އަށްބަލާލިއެވެ. އޭރު މިކްޔަން ހުރީ ލުއި ހިނިތުންވުމަކާއެކު އީނާލް އަށް ނަޒަރު ހުއްޓާލައިގެންނެވެ. ވި ފޫހިން އިނާލް އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.

އެންމެން އިށީނދެ ހަމަޖެހުނެވެ. “މިއަދު މި އަސްލު ކައިވެނީގެ ވާހަކަ ދައްކާ ތާރީހެއް ކަނޑައަޅަން އުޅޭ ދުވަސް… އެހެންނު އަނީސް” އަނީސް އަށް ދޯ ދެމުން ނާޖިދު ވާހަކަ ދެއްކީ އީނާލް އާ މިކްޔަން ކުރެ ދެމީހުންގެ މޫނަށް ވެސް ބަލާލުމުންނެވެ. އޭނާ އަށް މިކްޔަން ގެ މޫނުމަތިނ ފެންނަމުން ދިޔަ އުފާވެރިކަމުގެ ހިނިތުންވުމުގެ ސަބަބުން ހިންހަމަ ޖެހުމެއް ލިބުނެވެ.

އެންމެން އިށީނދެ ހަމަޖެހިލިތަނާ ކުޑަ ދޮރުތަކެއް ހިފައިގެން ޒައިން އާއި އެހެން ކުއްޖަކު އައިސް ވަނެވެ. އެތަން ފެނި ނާޖިދު ގެ ތުންފަތް މައްޗަށް ވިހަ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

“އެ އޮއް އައީނު ދޮރު ހަދަން” ނާޖިދު ބުނެލަމުން ބޭރަށް އިޝާރާތް ކޮށްލިއެވެ. އެއާއެކު އެންމެންގެ ނަޒަރު އެ ދިމާލަށް ހުއްޓުނެވެ. އީނާލް އަށް ޒައިން ފެނުމާއެކު ކޮޅަށް ތެދުވެވުނެވެ. “ދަރިފުޅާ…ކިހިނެތް ވީ އީށީނދޭ” އީނާލް އާ ދިމާލަށް ބަލާލަމުން ނާޖިދު ބުނެލިއެވެ. އީނާލް މަޑު މަޑުން އިށީން އިރު ޒައިން ގެ ނަޒަރު ހުރީ އޭނަ އަށް ހުއްޓިފައިކަން އީނާލް އަށް އެނގުނެވެ. ދެން ނާޖިދު އަށް ނަޒަރު ހުއްޓާލިއިރު އެ މޫނުމަތީގައިވި ވިހަ ގަދަ ހިނިތުންވުން ފެނި އީނާލް އަށް ހިންދިރުވާލެވުނީ އެކަމުގެ ފަހަތުގައި ވަނީ އޭނާގެ ބައްޕަ ގެ އަތް ކަން ޔަގީން ކުރެވުމުންނެވެ. އަޔާން ގެ ރުޅިގަނޑުވެސް ހީވަނީ ފަޅައިގެން ގޮސްފާނެހެންނެވެ. ބައްޕަ ގެ ރޭވުމުގެ ނުބައިކަން ހިތަށް އެރުމާއެކު އެ ތަނުގައި ބައްޕަ ފަޟީހަތް ކޮށްލަން ހިތަށް އެރި ނަމަވެސް އެކަން އެ ގޮތަށް ކޮށް ބައްޕަގެ އަޑު ވައްޓާލަން އަމިއްލަ ޒަމީރު އެއްބަހެއް ނުވިއެވެ.

އޭނާ ކެތް ކުރެވޭނޭ އެންމެ މައްޗަކަށް ކެތް ކުރިއެވެ. އެއްޗެއް ނުބުނިވޭތޯ ދެއަތް މުށްކަވާލީ ރުޅި ކޮންޓްރޯލް ކުރުމަށެވެ.

މިކްޔަން އަށް ޒައިން ފެނިގެން އޭނާ އަތުން ހަނާ އަޅާލިއެވެ. “ދެ ކުދިން އިނގޭތަ؟” ނާޖިދު ސުވާލުކޮށްލިއެވެ. “ނޫނޭ ކުޑަ އެކްސިޑެންޓެއް ވީ…” މިކްޔަން ބުނެލިއެވެ. އެއާއެކު ނާޖިދު ދެންވެސް ވާހަކަ ދައްކަން ފެށިއެވެ.

“އެހެން ވިއްޔާ ވާނެއެއްނު އީނާލް އާއި ދެކުދިންގެ ކައިވެންޏަށް ދައުވަތު ދޭން”ނާޖިދު ބުނެލިއެވެ. އެއާއެކު މިކްޔަން ބޯޖަހާލިއެވެ.

އަންނާނަން އިނގޭ އޭނާ އަށް ކުރަން ވީ ކަންތައްތައް ކިޔައިދީފަ” ނާޖިދު ތެދުވެގެން ޒައިން އާ ދިމާލަށް ހިނގައިގަތެވެ. އަދި ގާތަށް ހުއްޓުމަށްފަހު އޭނާ މައްސައްކަތް ކުރަން ވީ ގޮތް ޒައިން އަށް ކިޔައިދިނެވެ.

“އަންނާނަން އިނގޭ ޒައިން ބޮސް ގާތަށް ޖައްސާލާފަ… މި އަންނަނީ މަޑު ކުރައްޗޭ… ބޮސް އެބަ ގުޅާ…” ޒައިން ގާތު ހުރި ފިރިހެން ކުއްޖާ ފޯނަށް ބަލަމުން ބުނެލިއެވެ. އެ ކުއްޖާ ނުކުތް ތަން ބަލަން ހުރި ނާޖިދު ގެ ތުންފަތް މަތީގައި ސިއްރުވެރި ހިނިތުންވުމެއް ދުވެލިއެވެ.

ޒައިން އަށް އޮޅުން ފިލުމުން އޭނާ އެތެރެއަށް ވަދެ ސޯފާގައި އިށީނދެ ހަމަޖެހިލިއެވެ. މައްޝަވަރާތައް ފެށުނީ ދެނެވެ. ބަރާބަރު އެއްމަސް ފަހުން ކައިވެނިކުރަން ތާރީޚް ކަނޑަ އެޅީއިރު އެވަރުވެސް ނާޖިދު އަށް ހުރީ ލަސްވެފައެވެ. އޭނާ ކެތް ކުރީ އެ ތާރީހަށް ކައިވެނި ކުރަން އަނީސް ވެސް އެއްބަސް ވުމުންނެވެ.

އީނާލް ގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރިތަކުން ކޮންމެވެސް ގޯހެއް އުޅޭކަން ޒަފާ އަށް ދެނެގަނެވުނެވެ.

މަޝްވަރާތައް އަޑު އިވެމުން ދިޔަ ޒައިން ގެ ހިތް ދިޔައީ ކުދި ކުދި ވަމުންނެވެ. އެހިތަށް ތަފާތު އެއްޗެހި އަރާ ފައިބަމުން ދިޔައެވެ. އިނާލް އަނެއްކާ މިކްޔަން އާއި ކައިވެނިކުރަން ނިންމީ ހެއްޔެވެ؟ މަޖުބޫރީއާ ދެކޮޅަށް އެއްވެސް އެއްޗެއް އީނާލް ނުބުނާނީ ހެއްޔެވެ؟ އޭރުން އެ ހިތަށް ވާނީ ކިހިނެއް ހެއްޔެވެ؟.

މިކްޔަން މެން ދިޔައީ މެން ދުރު ބަތް ވެސް ކައިގެންނެވެ.

“ނުކިޔަވާ މިހުންނަށް ތި ކަހަލަ މަސައްކަތް ކުރަން އެނގޭ ކަމީވެސް ނަސީބު އެހެން ނޫން ނަމަ ނޭނގެ ދޯ އުޅޭނެ ހާލެއް” އައިމަން ޒައިން އާ ކައިރިއަށް ޖެހިލާ ބުނެލިއެވެ.

‘ހޭ ބްރޯ… އެމީހުން ތިބޭތީއޭ އަހަރެމެން ނަށް މިކަހަލަ ރީތި ގެތައް އަޅައިގެން ދިރި މިއުޅެވެނީ” ކުއްލިއަކަށް އައި ނައި ތަނެއް ނޭނގި އަޔާން އައިސް އައިމަން ގެ ކޮނޑަށް އަތް ވައްޓާލަމުން ބުނެލިއެވެ. އަދި މަލާމާތުގެ ހިނިތުންވުމެއް އައިމަން އަށް ހަދިޔާ ކޮށްލިއެވެ. އަޔާން ގެ އެ އަމަލާ ބަހުން އައިމަން ރުޅި ގަދަވާގޮތް ވިއެވެ. އެހެންނަމަވެސް އޭނާ އިތުރަށް އެއްޗެއް ބުނުމެއްނެތި އެތަނާ ދުރަށް ހިނގައިގަތީއެވެ.

“ތޭންކްސް” އައިމަން ދިޔުމާއެކު ޒައިން އަޔާން އަށް ޝުކުރު އަދާކުރިއެވެ. “އިޓްސް އޯކޭ… ޑޯންޓް މިސްއަންޑަސްޓޭންޑް އިނގޭ އީން އާ ދޭތެރޭ… އަސްލު ބައްޕަ އީން އަށް ނޭނގި ކުރިކަމެއް މީ… ނޭނގެ ޒައިން މިއަދު މިވަގުތު މިގެއަށް ގެންނަން ނިންމީ ކިހިނެތް ކަމެއް… އެކަމަކު ބައްޕަގެ ތުންފަތް މަތީގައިވި ވިހަ ހިނިތުންވުމުން އަހަރެންނަށް ޔަގީން ކުރެވުނު އެ އަމަލަކީ ބައްޕަގެ އަމަލެއް ކަން” އަޔާން ވާހަކަ ދައްކަމުން ދިޔައެވެ.

އަޔާން ގެ ވާހަކަތަކުން ޒައިން އަށް ހިޔާލެއް އައެވެ. މިއަދު ހެނދުނު އޭނާގެ ބޮސް އޭނާ އަށް ގުޅާފައި ދެއްކި ވާހަކަތައް ކަންފަތުގައި ގުގުމަންފެށިއެވެ.

“އަހަރެން ބޭނުންވަނީ ޒައިން ނާޖިދު މެން ގެއަށް ދާން… އިތުރު ކުއްޖަކު ގޮވައިގެން ވިޔަސް ޒައިން ދާން ވާނެ… ޒައިން ހާ ފަރުވާތެރިކޮށް މިކަން ކުރަން އެނގޭ އެހެން މީހަކު ނުހުންނާނެހެން އަހަރެންނަށް ހީވާތީ” އޭނާ މަސައްކަތް ކުރާ ގްރޫޕް ގެ ބޮޑުމީހާ ބުނެލިއެވެ.

“އެކަމަކު މިއަދު ބިޒީ ވާނެކަންނޭގެ” ޒައިން ނާޖިދު މެން ގެއަށް ދާން ބޭނުންނުވީއެވެ. އޭނާ ބުނުމާއެކު ސައީދު ރުޅިގަދަވިއެވެ.

“މި ބުނީނު ޒައިން ދާން ޖެހޭނޭ… އެހެން ނޫނީ ގްރޫޕުން ކަނޑާ ލާނީ” ސައީދު ހަރިކަށި ވެލުމާއެކު ޒައިން އެއްބަސް ވީ އޭނާ ވަޒީފާއިން ވަކިކޮށްފާނެތީއެވެ.

ޒައިން އަޔާން ގާތު މައްސަލައެއްނޫނޭ ބުނަމުން ހިނިތުންވެލިއެވެ. އެވަގުތު އެތަނަށް އޭނާ އާއެކު އައި ކުއްޖާ އައުމާއެކު ޒައިން އެ ކުއްޖާ ގާތު ކުރަން ވީ މަސައްކަތް ބުނެލިއެވެ. ދެމީހުން ބައިވެރި ވެގެން މަސައްކަތް ނިންމާލެވުނު އިރު އަސުރަށް ގޮވައިފިއެވެ. ދެން ޒައިން އަވަސްވެގަތީ ފެންވަރައިލަން ގެއަށް ދިޔުމަށެވެ.

ޒައިން އެއްޗެހިތައް ނަފާ ޕެކް ކުރަންފެށިތަނާ އެ ދިމާލަށް އީނާލް އައެވެ. އޭރު އަނެއްކުއްޖާ ބޭރަށް ނުކުމެއްޖެއެވެ. “ސޮރީ” އީނާލް ގެ މަޑު އަޑު އޭނާގެ ކަންފަތުގައި ޖެހުމާއެކު އީނާލް ދެރަވެފައި ހުރި ވަރު ޒައިން އަށް އަންދާޒާ ކޮށްލެވުނެވެ. އޭނާ އީނާލް އަށް ބަލާލާ ހިނިތުންވެލަމުން ކަންބޮޑުނުވުމަށް ބުންޏެވެ.

“އަހަރެންގެ ހިތުގައި އީން އާ ދޭތެރޭ އެއްވެސް ޝަކުވާއެއް ނެތް” ޒައިން ބުނެލިއެވެ. އީނާލް ހިނިތުންވެލިއެވެ. ޒައިން ބަލަން ފެށުމުން އީނާލް އަށް ލަދުން އިސްޖަހާލެވުނެވެ. އެ ދެމީހުންނަށް ބަލަން ތަންކޮޅެއް ދުރުގައި ނާޖިދު ހުރި ކަމެއް އެކަކަށް ވެސް ނޭނގެއެވެ. އެ ހިތުގައި އުތުރި އަރަމުން ދިޔަ ނަފްރަތުގެ ދިލަ ހޫނުން ޒައިން ފިއްސާލަން ބޭނުންވެފައި ވާ ވަރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައެވެ.

ޒައިން ދަނީކަމުގައި ބުނެ ހިނގައިގަތުމުން އީނާލް ވެސް ކޮޓަރިއާ ދިމާލަށް ދިޔައީ ޒަފާ ކޮޓަރީގައި ވުމުންނެވެ. ޒައިން އެ ގެއިން ނުކުމެ ގެއާ ދިމާލަށް މިސްރާބުޖެހިއިރު ތަފާތު އެއްޗެހި އޭނާގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ. އޭނާ އީނާލް އާއި ދުރުވާން ވީ ހެއްޔެވެ؟ ހަމަ ގައިމުވެސް މިކްޔަން އީނާލް ގެންގުޅޭހާ އަރާމުގައި އޭނާ އަކަށް އީނާލް އެއް ނުގެންގުޅެވޭނެއެވެ. އެ ހިތް އެކަމަށް ކިތަންމެ ވަރަކަށް އެދުނަސް އެ ފަދަ ނަސީބެއް އަދި އޭނާގެ ތަގުދީރުގައި ލިޔެވިފައެއް ނެތެވެ.

އޭނާ އަށް ވެގެން ވާނަމަ އީނާލް ގެންގުޅޭނޭ މިކްޔަން އަށް ވުރެވެސް އުފަލާ އަރާމުގައެވެ. އެއަށް ވުރެ ބޮޑަށް ލޯތްބާއި އޯގާތެރިކަމާއި އެހީތެރިކަން ދީގެންނެވެ. ދުވަހަކު އީނާލް ގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނަ އޭނާ ނުދޭނަމެވެ. އަބަދު އެ ތުންފަތުގައި ހިނިތުންވުމެއް ވުމަކީ ޒައިން ގެ އެންމެ ބޮޑު އެދުމެވެ. އެނާގެ ސަބަބުން އަނެއްކާ އީނާލް ގެ ނަމާ އަބުރާ އިއްޒަތައް ގެއްލުމެއް ވެދޭނެހެއްޔެވެ؟. އެހެން ވެއްޖެނަމަ އޭނާ ހިތާ ދެކޮޅަށް ވެސް އީނާލް އާ ދުރުވާނެއެވެ.

އެނާ އާއެކު ވުމަކީ އީނާލް އަށް އެތަކެއް ތަކުލީފެއް ލިބޭނޭ ކަމަކަށް ވާނަމަ އޭނާ އީނާލް ދޫކޮށްލާނީއެވެ. އެހިތަށް ކިތަންމެ އަނިޔާ އެއް ދީގެން ވިޔަސް ވަރިހަމައެވެ. ވިސްނަމުން ދިޔަ ޒައިން އުޑުމައްޗަށް ބަލާލިއެވެ. ކަޅު ވިލާތަކުން އުޑުމަތި ބަނަ ކުރަމުން ދިޔައީ ވަރުގަދަ ތޫފާނެއް އަންނަން އުޅޭކަމުގެ އިންޒާރު ދޭ ފަދައިންނެވެ. ހުދު އޭނާގެ ހަޔާތަށް ވެސް މި ވަނީ ތޫފާނެއް އަންނަން ކައިރިވެފައެވެ.

އީނާލް އޭނާއާއި އިންނަ ކަމުގައި ވަނީނަމަ އީނާލް އެކަން ކުރަން ޖެހޭނީ މައިން ބަފައިންގެ ނުގަބޫލުގައެވެ. އޭރުން އީނާލް އާއި އޭނާގެ މައިންބަފައިންނާ ދެމެދު ވަރުގަދަ ނަފްރަތުގެ ފާރެއް ރޭނިގެން ދާނެއެވެ. އީނާލް އާއި އޭނާގެ މައިންބަފައިން ނާ ދެމެދު އުފެދޭ ނުތަނަވަސްތަކުގެ ސަބަބަކަށް އޭނަ ވާކަށް ޒައިން ނޭދެއެވެ.

ކޮންމެ ގޮތެއްވިޔަސް މިހުރިހާ ދުވަހު އީނާލް ބަލާ ބޮޑު ކުރީ އެ މައިން ބަފައިންނެވެ. އޭނާ އަކީ އަދި އިހަކަށް ދުވަހު އީނާލް އަށް ފެނުނު މީހެކެވެ.

އީނާލް އަށް އޭނާގެ މައިންބަފައިން ވެސް މުހިންމު ވާނެއެވެ. އެހެން ވެއްޖެނަމަ އޭނާ ހަދާނީ ކިހިނެތް ހެއްޔެވެ؟ އީނާލް އަށް އޭނާގެ މައިން ބައިން ބޭނުންވާފަދަ އަރާމް ދިރިއުޅުމެއް ހޯދައި ދިނުމަށް އޭނާގެ އަތުން އީނާލް ގެ ހިތް ކުދި ކުދޮ ކޮށްލަން ވީ ހެއްޔެވެ؟ ކުރިއަށް ވާން ހުރި އެއްވެސް ކަމެއް ނޭނގޭ ހާލު ޒައިން ގެ ސިކުނޑީގައި ތަފާތު އެއްޗެހި ދައުރުވަމުން ދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ދެނަބީބޭކަލުންގެ އަނބިކަނބަލުންވެސް ދާންޖެހުނީ ނަރަކައަށެވެ.

Next

ހޯދޭތޯ މަންޒިލެއް… 18

Next
November 16, 2018

ހޯދޭތޯ މަންޒިލެއް… 18

Previews
November 16, 2018

ދެނަބީބޭކަލުންގެ އަނބިކަނބަލުންވެސް ދާންޖެހުނީ ނަރަކައަށެވެ.

5 Comments!

  1. Sis says:
    November 16, 2018 at 10:41 pm

    Yaayyyy me first dhw ?? story hama habeys ingey… ⚡❤️ when next part?

  2. unique says:
    November 16, 2018 at 11:47 pm

    yey afterall

  3. Pinky shifoo says:
    November 17, 2018 at 11:21 am

    Alhey noon zain ???… Een aa dhurunuvahchey zain ???… Dhn vaanee kihineh baa??? ???… Zafaa ah een ge dad fenunyma keehve baa ehen e vee??? ???… Mi part vx v v reethi ???❤️❤️❤️?????????… Keep working hard ???… Curiously waiting for the next part ???… Lots of love Hi Mi ❤️❤️❤️????????????…

  4. unique says:
    November 17, 2018 at 2:25 pm

    varah sad mikoh storyga vany but its ok
    everything will be fine
    n thanks hi mi for this lovely story
    ly n miss u loads

  5. Naju says:
    November 18, 2018 at 1:51 pm

    Masha Allah v v v rythi mi partvx ????????

Comments are closed.

Next Episodeހިތް އެދުނަސް… (21)←


All Right Reserved!