Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

Faathii Level 410 Stories100 Comments100 Login
November 17, 2018 6 Mins Read
10 Comments

އަދި ކިހިނެއްވީހޭ އަހާލިއެވެ. ހުމާ މަޑުމަޑުން ތެދުވެ ސޯފާގައި އިށީނދެލިއެވެ. އަދި މައްޗައް ދިއުމަށް އިޝާރާތް ކޮށްލީ އެ ދެމީހުން ވާހަކަ ދައްކާ އަޑަށް މަންމަމެން ހޭލާފާނެތީއެވެ. ހިބާ އާއެކޭ ބުނެ ވަނީ ބަދިގެ އަށެވެ. ދެތަށީ ކޮފީ ގިރައިގެން މައްޗައް އެރިއިރު ހުމާ އިނީ އެނދުމަތީގައި އިށީނދެގެން އަތުން ކުޑަކޮށް ފައިގެ ކުޑަވާއިނގިލީގައި ފިރުމާލަ ފިރުމާލައެވެ.

ހިބާ އައިސް ދެ ކޮފީތަށި ކައިރީގައިހުރި ކުޑަ މޭޒްމަތީ ބަހައްޓާފައި އެނދުގެ އެއްފަރާތުގައި ހިބާކައިރީ އިށީނދެލިއެވެ. “މިހާ ދަންވީ އިރުވެސް ނުނިދާ ކީއްތަ ތިކުރަނީ؟ ” ހުމާ އަށް ބަލާލަމުން އެހެން ބުނި ހިބާގެ ލޮލުގައި އަޅައިގަތީ ހުމާގެ ހަލާކުވެފައިވާ ކުޑަވާއިނގިއްޔެވެ؟ އެ އިނގިލީގެ ކައިރި ކޮންމެވެސް ވަރަކަށް މަށައިގެން ގޮސް ހުއްޓުވެ. ހުމާގެ ފައިކައިރީ ހުރި ހައި ހީލްސް ފެނުމުން އެއީ އެއަށް އަރައިގެން އުޅުމުން ވީ ގޮތެއްކަން ހިބާއަށް ނަގައިގަނެވުނެވެ.

“ހީލްއަށް އަރައިގެން ކޮންތާކަށްގޮސް ތި އައީ؟” ހިބާ ސުވާލުން ފުރިފައިވި ނަޒަރަކުން އަހާލިއެވެ. “މިއައީ ފްރެންޑެއްގެ ބާތްޑޭ ޕާޓީއަކަށް ގޮސް. އިރުކޮޅެއް ވެއްޖެ އައިތާ..” ހުމާ އޭނާގެ ފަޔައް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. “ދެން އެހެންވީއިރު ތި ރޮނީ ކީއްވެތަ؟ ޕާޓީގަ ކަމެއް ވީތަ؟” ހިބާ އަނެއްކާވެސް އަހާލިއެވެ. “ދޮންތަ ނުނިދާ ކީއްތަ ތިކުރަނީ މިގަޑީގަ؟” ހުމާ ބޭނުންވީ ކޮންމެވެސް ގޮތަކުން މައުޟޫ ބަދަލުކޮށްލާށެވެ. “ދޮންތަ ނިދާފަ މިހޭލީ.. ބަނޑުހައިވެގެން ބަދިގެއަށް މިދިޔައީ.. ދެން ދޮންތަގެ ވާހަކަ ބާއްވާފަ ބުނެބަލަ ކިހިނެއްވީތަ؟ ދޮންތަ ބުނީމެއްނު ހުމާ ބޭނުންކޮންމެ ވާހަކައެއްވެސް ދޮންތައާއި ޝެއާ ކުރެވޭނޭ.. ސޯ ޕްލީޒް ޓެލް މީ..” ހިބާ މޭޒްމަތިން ކޮފީތަށި ނަގަމުން ބުނެލިއެވެ.

“މާބޮޑު ކަމެއް ނުވޭ.. ޕާޓީގަ ފްރެންޑަކާއި ދެބަސްވާން ޖެހުނީ.. އެއީ ވަރަށް ކްލޯސް ފްރެންޑެއް. މާ ބޮޑުކަމަކާއިނުލާ ރުޅި އައިސްގެން ހުމާއާއި ދިމާލަށް އެންމެން ކުރިމަތީ އެއްޗެހި ކިއީ.. އެހެންވެ ދެރަވީ..” ހުމާ އިސް ޖަހައިލައިގެން އިނދެ ބުނެދިނެވެ. “އެހެންތަ.. އެކަމާއި ދެން މާ ބޮޑައް ނުވިސްނާ.. އެކަހަލަ ކަންކަން ވާނެ ތިހެން އުޅޭއިރު. ދެން ޗޭންޖު ކޮށްގެން ނިދާލާ.. މަންމަ އަށް އެނގޭތަ ހުމާ ޕާޓީން އައިކަން.” ހުމާގެ ހިތުގައި ރިއްސާލީ އޭނާގެ ކޮއްކޮ އެހާ ދަންވަންދެން ގޭ މީހަކާއިނުލާ ބޭރުގައި އުޅެފައި އައުމުންނެވެ. އަދި ލައިގެންވެސް ހުރީ އެހާ ކުރު އެއްޗެކެވެ. “ޔައް. މަންމަ ވެސް އައީ 12:30 ވަނިކޮށް. ހުމާ 12:00 ވީއިރު އައިސްފިން. އައިސް ސޯފާގަ ޓީވީ ބަލަން އިންދާ މަންމަ އައީ.. ބުނީ ޝޮޕިން ނިންމާފަ ތަނަކަށް ކާންވަނީމަ ލަސްވިއްޔޯ..” ހުމާ އޮޅުންފިލުވާދިނެވެ.

“އެކަމަކު ހަމަ އެހާ ލަހުންތަ ޕާޓީ ނިމުނީ؟؟ އަންހެން ކުދިން އެކަނި އެހާ ލަސްވަންދެން ބޭރުގައި އުޅޭކަށް ނުވާނެއްނު. ދޮންތަ ކައިރީ ބުނެލިނަމަ ބަލައި ދިޔައީސް ވިއްޔަ.” ހިބާ ކުރި ސުވާލައް ހުމާ ޖަވާބު ދޭކަށް ނޫޅުނެވެ. ހިބާގެ އެ ޝަކުވާއިން ހިތްހަމަ ނުޖެހިފައިވާ ގޮތަކަށް ހުމާ އިސްޖަހައިލައިގެން އިނެވެ. “މިހިރީ ކޮފީ ތަށި. މި ބޯލައްޗޭ.. ދޮންތަ މިދިޔައީ ނިދަން.” ހިބާ އޭނަގެ ކޮފީ ތަށި ހިފައިގެން ކޮޓަރިން ނުކުންނަމުން ހުމާގެ ކޮފީ ތައްޓައް އިޝާރާތް ކޮށްލާފަ ބުންޏެވެ. އެވަގުތު ހުމާގެ ކަމަކާ ޝަކުވާކުރުން ރަނގަޅު ނޫންހެން ހިބާއަށް ހީވީ ހުމާ ހިނގައިދިޔަކަންތަކާއި ވަރަށް ދެރަވެފައި އިންހެން ހީވާތީއެވެ.

ނަމަވެސް ހަމަ އެ ވަގުތު އަނެއްކާވެސް ހުމާގެ އިނގިލި ފެނުމުން ކޮފީ ތަށި ބަހައްޓާފައި ފަސްޓު އެއިޑް ބޮކްސް ހިފައިގެން އައިސް އެ އިނގިލީގައި ބޭސް ހާކަދޭން ފެށިއެވެ. “އަޅެ ކީއްކުރަންތަ މިހާ އުސް ފައިވާނަށް އަރަނީ.. އަރައިގެން އުޅެންވެސް އެހާ އުނދަގޫވިއްޔަ. ފެޝަނަކަށް ވެފައި ފައިވާން ކިތަމެ ރީއްޗަސް ތިމާއަށް އޭގައިން އެއްވެސް ހިތްހަމަ ޖެހުމެއް ނުލިބޭއިރު ބޭނުންކުރުމުގެ ބޭނުމެއް ނެތެއްނު. ތިމާވެސް މީ އެ ފެޝަނެއް ބޭނުންކުރުމުގެ ފެންވަރު ހުރި މީހެއްކަން މީހުންނަށް ދެއްކުމުން ލިބޭ ހިތްހަމަ ޖެހުމެއް ނޫނީ އެހެން ހިތްހަމަ ލިބޭތަ މިކަހަލަ އެއްޗެހިން؟ ހިބާ ހިތުގައި އުފެދެމުންދިޔަ ޝަކުވާތައް ބޭރުކޮށްލަމުން ހުމާޔަށް ބަލައިލީ ހުމާގެ ޖަވާބެއް ލިބޭނެ ކަމަށެވެ. ނަމަވެސް ހުމާ އިނީ ވިސްނުމަށްގޮސް ގެއްލިފައެވެ. އެހެންކަމުން  ހިބާ އިތުރު އެއްޗެއް ނުބުނެ ދެން ދަނީ ކަމަށްބުނެ ނިދާލުމަށް ނަސޭހަތް ދެމުން އެނބުރި އޭނާގެ ކޮޓަރިއަށް ދިޔައެވެ.

ހުމާއަށް ވިސްނެމުން ދިޔައީ މިރޭ ވެގެންދިޔަ ކަންތައްތަކާއެވެ. ޒާރާގެ ޕާޓީއަށް ހުމާ ދިޔައީ އެތަނުން ރަޒާންއާއި ދިމާވާނެކަން އެނގޭތީއެވެ. ހުމާއަށް އޮޅުވާލައިގެން ހުމާއާއި ރައްޓެހިވެގެން އުޅެމުން ރަޒާން ޒާރާއާއި ރައްޓެހިވިކަން ހުމާޔައް އެނގުނީ ޒާރާގެ އަދި ހުމާގެވެސް ރައްޓެއްސެއްކަމަށްވާ ނުހާ ބުނީމައެވެ. ފުރަތަމަ ހިބާއަށް ޤަބޫލު ނުކުރެވުނު ނަމަވެސް ޒާރާޔާއެކު ރަޒާން ނަގާފައިވާ ފޮޓޯތަކެއް ޒާރާގެ އިންސްޓާގްރާމުން ނުހާ ދެއްކިއެވެ. އެ ފޮޓޯތަކުން އެ ދެމީހުންގެ ގާތްކަން ފެންނައިރު ކެޕްޝަންގައި ލިޔެފައިވާ ލޯބީގެ ބަސްތަކުންވެސް އެކަން ޤަބޫލުކުރަން ހުމާއަށް މަޖުބޫރުވިއެވެ. އެކަމާއި ބެހޭގޮތުން ރަޒާން އާއި ސުވާލު ކުރުމުން އެކަމަށް އިންކާރުކޮށް ދޮގު ހެދި ނަމަވެސް އެ ފޮޓޯތައް ދެއްކުމުން ރަޒާން އަށް އިތުރު ބަހަނާއެއް ނުދެއްކުނެވެ.

ޒާރާ އަކީ ހުމާގެ އެހާ ގާތް ރައްޓެއްސެއް ނޫނެއްކަމަކު އެއް ސްކޫލެއްގައި އަދި އެއް ގްރޭޑެއްގައި އުޅޭތީ އަބަދުވެސް ސްކޫލްތެރެއިން އެކަކު އަނެކަކަށް ފެނި ދިމާވެ އުޅެއެވެ. ޒާރާ ނުހާ ލައްވާ ހުމާއަށް އޭނާގެ ޕާޓީއަށް ދައުވަތު ދިނީވެސް ގަސްތުގައި ހުމާއަށް ރަޒާން އޭނާޔާއި އެކު ވާތަން ދެއްކުމަށްކަން ހުމާއަށް އެނގެއެވެ. ނަމަވެސް ހުމާ އެ ޕާޓީއަށް ދިޔައީ އެގޮތް ހުމާއަށް އޯކޭ ކަމަށް ދައްކާށެވެ. އަދި ރަޒާން ހުމާ ދޫކޮށްލުމުން ދެރަވާން ޖެހޭނީ ރަޒާންކަން އޭނާއަށް އަންގާށެވެ.

ނަމަވެސް ޕާޓީ އަށް ގޮސް ރަޒާން ފެނުމުން އޭނާއަށް އޭނާގެ އިހްސާސްތައް ކޮންޓްރޯލްކުރަން އުނދަގޫވީއެވެ. ރަޒާން އާއި ޒާރާ އެކީ ފެނުމުން އޭނާގެ ހިތައް ތަދުވަނީއެވެ. އޭނާގެ މިލްކެއް އެހެން މީހަކުބ ފޭރިގަނެފައިވާކަހަލަ އިހްސާސެއް ކުރެވުނީއެވެ. އެ މަންޒަރު ބަލަން ފަސޭހަކަމަކަށް ނުވިއެވެ. އެހެން ކަމުން އޭނާބެލީ ގޮތްގޮތައް ތުއިވެ ރަޒާންއަށް އޭނާގެ ރީތިކަން ދެއްކޭތޯއެވެ. ގަދަޔަށް ލަވަޖަހާފައިވާ އެ ޕާޓީގައި ނަށަމުން ދިޔަ ކުދިން ތެރެއަށްވަދެ އޭނާ ގޮތްގޮތައް ނަށާ ހެދީ އޭނާގެ ހިތުގައި އަނދަމުންދިޔަ ނަފްރަތު ފޮރުވަމުންނެވެ. އޭނާ ބޭނުންވީ ރަޒާންގެ އެޓެންޝަން ހޯދާށެވެ. އަދި ޒާރާއަށްވުރެ އޭނާ ރީތިވެފައި ރަޒާންގެ ލޯބިކުރަން މާ ސަޅިކަން ބުނެދޭށެވެ.

ހުމާ އުންމީދު ކުރި ފަދައިން ރަޒާން އޭނާގެ ތުއިދެއްކުން ދަކުން އޭނާއަށް ދަހިވެތި ވިއެވެ. އަދި ޒާރާ ކައިރީގައި ހުރި ނަމަވެސް ރަޒާންގެ ސަމާލްކަން މުޅިންވެސް ވީ ހުމާ އަށެވެ. އަދި އެންމެ ފަހުން ޕާޓީން ގެއަށް އައުމަށް ހުމާ ނިކުތް ވަގުތު ރަޒާން އައިސް މަގުމަތިން އޭނާ ހިފެ ހެއްޓިއެވެ. އަދި ރަޒާން އަދިވެސް ލޯބިވަނީ ހުމާދެކެ ކަމަށް ބުނެ ހުމާއަށް ތަޢުރީފް ކުރަން ފެށިއެވެ. އޭނާއަށް ޒާރާ ކައިރިއަށް ދެވުނީ ހުމާ އޭނާއަށް ޓައިމް ނުދޭތީ ކަމަށްބުނެ ޝަކުވާ ކުރިއެވެ. ނަމަވެސް މިހާރު އޭނާއަށް އޭނާގެ ކުއް ޤަބޫލު ކުރެވޭ ކަމަށްބުނެ އެކަމަށް މާފައް އެދުނެވެ.

ހުމާއަށް ހީވީ އޭނާއަށް ވަރަށް ބޮޑު މިޝަންއެއް ކާމިޔާބު ކުރެވުނު ހެންނެވެ. އޭނާ ބޭނުންވި ކަންތައް ވީ ވިއްޔާއެވެ. އޭނާ ހިތުން އޭނާއަށް ކާމިޔާބު ވީއެވެ. އެވަގުތު އެ މަންޒަރު ބަލަން އަޑުއިވޭ ހިސާބުގައި ހުރި ޒާރާ އައިސް އެ ދެމީހުންގެ ކައިރީ ހުއްޓެލިއެވެ. އެ ދެލޮލުގައިވަނީ ކަރުނައެވެ. އަދި އޭނާ ރުޅިއައިސްގެން ރަޒާންގެ މޭގައި އަޅުވާ ކޮށްޕާލިއެވެ. “އެ ދުވަހު އަހަންނަށްވެސް ކަލޭ އުޅެނީ ހުމާޔާ ރައްޓެހި ވެގެންކަން އެނގުމުން ކަލޭޔާ ދުރުވުމުން ހަމަ ބުނީ ތިހެން. ހަމަ މާފައް އެދުނީ ތިހެން. އަހަރެން ކަލޭގެ ބަސް ޤަބޫލުކުރީ ކަލޭހަދަނީ ތެދެއްކަމަށް ހީކޮށް. އެކަމު ކަލޭތީ ބޮޑު މަކަރުވެރިޔެއް. އައި ހޭޓް ޔޫ….” ޒާރާ ރޮމުންރޮމުން ރަޒާން އާއި ދިމާލައް އިނގިލި ދިއްކޮށްފައި ބުންޏެވެ.

އަދި އެއަށްފަހު ހުމާއާއި ކައިރިއަށް ޖެހިފައި ބުނެލިއެވެ. “ރަޒާން އިޒް އޯލް ޔުއާސް. އައި ޑޯންޓް ވޯންޓް އަ ބާސްޓާޑް ލައިކް ހިމް. ތޭންކިޔޫ ފޯ ގިވިން މީ އަ ގިފްޓް ލައިކް ދިސް. ލޫސިން އަ ބާސްޓާޑް ފުރޮމް މައި ލައިފް އިޒް ރިއަލީ އަ ގިފްޓް” އެހެން ބުނެ ޒާރާ ދެލޯ ފޮހެމުން ގޮސް ޕާޓީގެ މާހައުލައް ވަދެއްޖެއެވެ. ހުމާ އަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެވަގުތު ރަޒާން ހުމާގެ އަތުގައި ހިފާލީ ޒާރާގެ އަޑު ނޭހުމަށް އެދެމުންނެވެ. ނަމަވެސް އޭނާގެ ހިތް އޭނާއާއި ސުވާލު ކޮށްލިއެވެ. “ހަޤީޤަތުގައިވެސް މިއީ ލިބުނު ކާމިޔާބި އެއް ހެއްޔެވެ؟ ކާމިޔާބު ލިބުނީ އޭނާއަށް ހެއްޔެވެ؟” އެ ސުވާލައް އޭނާގެ އަމިއްލަ ނަފްސު ޖަވާބުދިނެވެ. “ނޫނެކެވެ. އަހަރެންވެސް އެކަހަލަ ބޭވަފާތެރިއެއް ބޭނުމެއް ނޫނެވެ. ޒާރާ ބުނީ ހަމަތެދެކެވެ. އެކަހަލަ ނުލަފާ ފިރިހެނަކު އޭނާއަށް ގެއްލުނިއްޔާވެސް މާ ރަނގަޅެވެ. އެކަން ވިސްނުމުން ހުމާވެސް ރަޒާންގެ އަތް ފޮޅުވާލާފައި އެނބުރި ގޮސް ކާރަށް އަރައިގެން ގެއަށް އައީއެވެ.

އޭނާއަށް ރޮވުނީ އެކަމާއެވެ. އޭނާ އެހާ ދުވަހު ރަޒާން އާއި އެކީ އުޅެފައިވި ފޮނި ހަނދާންތައް އާވަމުން ދާ ކޮންމެ ފަހަރަކު އޭނާގެ ބޭވަފާތެރިކަމާއި، އޭނާ ކުރި އިތުބާރުގައި ކޮޅުފައިން ޖެހި ޖެހި ހަނދާން ވުމުން ރޮވެނީއެވެ. އަމިއްލަ ނަފްސު ކުއްވެރި ކުރެވެނީ އެފަދަ މީހަކަށް އެހާ އިތުބާރު ކުރެވުނީތީއެވެ. ޕާޓީ ތެރޭގައި ރަޒާން އަށް ދެއްކެން އޭނާއަށް އުޅެވުނު ގޮތް މަތީން ހަނދާންވެ އެކަމާއިވެސް ދެރަވެ ލަދު ގަންނަނީއެވެ.

އޭނާގެ ދޮންތަ ކައިރީ އެވާހަކަތައް ދައްކަން ނުކެރުނީ ދޮންތަގެ ޚިޔާލު ހުންނާނެ ގޮތް އެނގޭތީއެވެ. އެއިން އެއްވެސް ކަމަކީ ދޮންތަ ލައިކްވާނެ ކަންކަމެއް ނޫން ވިއްޔާއެވެ. އަދި ކިޔައިދީފި ނަމަ ލެކްޗަރ ދޭން ފަށާނެވެ. އެކަހަލަ ވަގުތެއްގައު ދޮންތަގެ ލެކްޗަރ އަޑުއަހާކަށް ބޭނުމެއް ނޫން ވިއްޔާއެވެ.”

……………

ލީޝާގެ އެހީޔާއެކު ހިބާ ދަރުމަވެރިންގެ ޖަމާޢަތަކާއި ބައްދަލުކޮށް އޭނާގެ ޚިޔާލުތައް ހުށައެޅިއެވެ. އެ ޖަމާޢަތަކީ މުޅިންވެސް އަންހެން ކަނބަލުން މަސައްކަތްކުރި ޖަމާޢަތެކެވެ. ވަގުތީގޮތުން އެއްވެސް ހަރަކާތެއްނެތި ހުއްޓިފައި އޮންނަތާ ދެތިން އަހަރުވަނީ ވަނީއެވެ. އަންހެންކަނބަލުންގެ ބިޒީ ޝެޑިޔުލްއާއި ހެދި ޖަމްޢިއްޔާގެ ކަންކަމަށް ވަގުތު ނުދެވޭގޮތްވިއްޔެވެ. އެމީހުން ބޭނުންވަނީ ހިބާމެން ކަހަލަ ޒުވާން ކުދިން އެކަހަލަ ކަންކަމުގައި އިސްވެ ރައްޔިތުންނަށް ޙިދުމަތްކުރާށެވެ. އެމީހުންނަށް ހިބާގެ ޚިޔާލުތައް ވަރަށް ކަމުދިޔައެވެ. އަދި އެ ޖަމްޢިއްޔާގެ އިތުރު މެމްބަރުންނާއި ވާހަކަ ދައްކައިގެން އެކަންކަމަށް ވަގުތު ދެވޭނެ މެމްބަރުން ހޯދިއެވެ. އަދި އެތައް ބައްދަލުވުމަކަށްފަހު ކުރިއަށްގެންދަން ކަނޑައެޅި އިވެންޓްތައް ހިންގާނެ ގޮތްތަކާއި ދުވަސްތައް ކަނޑައަޅާ އެކި މީހުންނަށް އެކި ކަންކަން ހަވާލު ކުރިއެވެ. އަދި ވަގުތީ ގޮތުން އެ އިވެންޓްތަކުގެ މެނޭޖަރުކަން ހިބާ އާއި ހަވާލުކުރީ ހިބާގެ އުފެއްދުންތެރި ޚިޔާލުތަކުންނާއި، ކެރޭ ކަމުންނާއި، ކަންކަމުގައި އިސްނަގައި މިވީ ކުޑަދުވަސްކޮޅުގައި އިތުބާރު ހިފޭ ފަދަ ބައިވެރިއެއްކަން ސާބިތުކޮށްދީފާ ވާތީއެވެ. އަދި ހުރިހާ މެމްބަރުންވެސް ތިބީ އެތައް ދުވަހަކަށްފަހު ޝަޢުޤުވެރިވާފަދަ ހަރަކާތްތަކެއް ގެންދެވެން އުޅޭތީ އުފަލުން ފޮޅިފައެވެ.

ހިބާވެސް އޭނާ ނުލާހިކު ބޭނުންވެފައިވާ ކަމެއް ކުރެވެން އުޅޭތީ ހުރީ ވަރަށް އުފަލުންނެވެ. އޭނާ އެން.ޖީ.އޯ އެއްގައި ބައިވެރިވެ ޗެރިޓީ އިވެންޓްތަކެއް ކުރިއަށްގެންދާ ވާހަކަ ނާސިރާއި ރަހްމާ ކައިރީވެސް ބުނެލިއެވެ. އެދެމީހުންވެސް އެކަމާއި އުފާވީ ނަމަވެސް އެ އުފާވެރިކަން މޫނު މަތިން ފާޅެއް ނުކުރިއެވެ. އެދެ މީހުންވެސް ބޭނުންވަނީ، އަދިވެސް އެދެމީހުން ތިބީ ހިބާއާއިމެދު ހިތްހަމަ ނުޖެހިފައިކަން ހާމަކުރާށެވެ. އެމީހުންގެ ގޮތުގައި ތިބެން އެމީހުން ގަސްތުކުރީ ގޮތްދޫކުރަން ހަމަ ބޭނުން ނުވާތީއެވެ. އެހެން ނަމަވެސް މިހާރު އެމީހުންގެ ހިތުގައި އެންމެ ފުރަތަމަ އުފެދުން ވަރަކަށް ނަފްރަތެއް ނެތެވެ. އަބަދު ހިބާ އޭނާގެ އެ ގޮތުގައި ފެނިފެނި އެކަމަށް އާދަ ވަނީ ކަންނޭނގެއެވެ.

………………

ލީޝާ އޭނާގެ ޗުއްޓީ ހަމަވެ އެނބުރި އޮސްޓްރޭލިއާ އަށް ދިޔައީ އަނެއްކާވެސް އިތުރަށް ކިޔެވުމަށް ގަސްތުކޮށެވެ. އޭނާ ކިޔަވަމުންދަނީ ޓޫރިޒަމް ދާއިރާގެ ޕީ.އެޗް.ޑީ ކޯހެކެވެ. ލީޝާ ހަނދާންވަމުން ދިޔައީ ސްކޫލް ނިންމުމަށްފަހު ހިބާއާއި އޭނާއާއި ދެމީހުން ދެކުނު ހުވަފެންތަކުގެ މަތިންނެވެ. ދެމީހުން ސްކޫލް ދައުރުގައި  ހޯދި ކާމިޔާބީތަކަށްފަހު އިތުރަށް ކިޔަވަން ނިންމިއިރު ހިބާ އަބަދުވެސް ބޭނުންވީ އޭނާގެ ބައްޕަގެ ވިޔަފާރީގައި އެހީވެވޭނެ ފަދަ ދާއިރާއެކެވެ. ބައެއް ފަހަރު ހިބާގެ ވާހަކަތަކުން ހިބާ ބޮޑައް ލޯބިވަނީ އޭނާގެ ބައްޕަދެކެޔޭވެސް ހީވެއެވެ. އަދި ނާސިރުވެސް އަބަދުވެސް ހުމާއަށްވުރެ ބޮޑައް ހިބާއަށް ވަރު ހުރެއެވެ. އެކަމަކު މިއަދު އެމީހުންގެ ހާލަތު ބަދަލު ވެފައިވާވަރު ދެކޭށެވެ. ހިބާ އޭނާގެ ސްޓައިލައް ގެނައި ބަދަލަކުން އެމީހުން އެހާވަރަށް ހިތްހަމަ ނުޖެހެން ވޭ ހެއްޔެވެ؟ ހިބާ ނަމާދުކޮށް ދީނީ އެހެން ކަންކަމުގައި ޝާމިލްވެ އުޅެގެން އެ މީހުންނަކަށް މައްސަލައަކަށް ވާތަނެއް ނުފެނެއެވެ. ނަމަވެސް އެމީހުންގެ ހިތުގައި ނަފްރަތު ވަނީ އެލާ ދޫހެދުމާއި، އޭނާގެ މޫނުފޮތިކޮޅަށެވެ.

“ކީއްވެގެން ބާވައެވެ! އަހަރެންވެސް އެގޮތައް ހެދުން އެޅުމުން އަހަރެންގެ މަންމަމެންވެސް އަހަރެންދެކެ އެހާ ފޫހިވާނެ ބާއެވެ. އާނއެކެވެ. މަންމަވެސް ހިބާ ދެކެ މިހާރު ވަރަށް ފޫހިވާކަން އެނގެއެވެ. މޫނުބުރުގާ އަޅަން ހިތައް ނޭރިޔަސް ބުރުގާ އަޅަން ވަރަށް ބޭނުމެވެ. އެކަމަކު ޖެހިލުންވަނީއެވެ. އެހާވަރަށް އަޅުކަންކަމަށް ސަމާލުކަން ނުދެވޭއިރު ބުރުގާ އެޅުން ރަނގަޅެއް ނުވާނެ ނޫން ހެއްޔެވެ؟ އޭރަށް މީހުންބުނާނީ ފެޝަނަކަށް އަޅާ ބުރުގާއެއް ކަމަށެވެ. ބުރުގާ އަޅާނީ ރަނގަޅައް ނަމާދު ކުރެވެން ފެށީމައެވެ.” ހިބާޔާއިއެކު ނަމާދު ކުރިފަހުން އޭނާ މަޑުމަޑުން ނަމާދު ކުރެވޭތޯ ބަލައެވެ. ނަމަވެސް އަދިވެސް ފަސް ވަގުތު ފުރިހަމަޔަކަށް ނުކުރެވެއެވެ. އަދި ކުރިންވެސް ބުރުގާ އަޅާ ހިތްވެފައި ހުއްޓާ އެދުވަހު ބުރުގާ އެޅުމުން އިތުރަށް އަޅާ ހިތްވާތީ އެކަމާއިމެދު ވިސްނެނީއެވެ. ނަމަވެސް ލީޝާ އަށް ނުވިސްނޭ ކަމަކީ ރަނގަޅަށް ފުރިހަމައަށް ނަމާދުކޮށް އަޅުކަންތައްތަކައް ސަމާލުކަން ދެވޭ ދުވަހެއް އަންނާނީ އެކަމަށް ހިތްވަރާއިއެކީ މަސައްކަތް ކުރުމުންކަމެވެ. އެކަންކަން ރަނގަޅުކުރަން ނޫޅޭ ހިނދު ރަނގަޅު ނުކުރެވޭނެ ކަމެވެ. ބައެއް ފަހަރު ބުރުގާއެޅުން ކަހަލަ ކަމަކުން ފެށުމުންވެސް އިތުރަށް ދީނީ ވާޖިބުތައް އަދާކުރަން ހިތްވަރަކަށްވާ ފަހަރު އާދެއެވެ. ނަމަވެސް ކޮންމެ ކަމެއްގައިވެސް ހެޔޮ ނިޔަތެއް ބޭނުންވާނެއެވެ.

**ނުނިމޭ**

Share Article

Follow Me Written By

Faathii

Level 410 Stories100 Comments100 Login

I write with a purpose to deliver a message and remind others about the real life of this world and hearafter.

Other Articles

Previous

ހުވަފެނީ ލޯބި 1 ވަނަ ބައި

Next

އަހަރެން

Next
November 17, 2018

އަހަރެން

Previews
November 17, 2018

ހުވަފެނީ ލޯބި 1 ވަނަ ބައި

10 Comments!

  1. Faathii says:
    November 17, 2018 at 6:21 am

    Salaam everyone. Here is the 10th part. Have a goo day..

  2. Gud❤ says:
    November 17, 2018 at 8:09 am

    Vrh nice….. waiting for the next part

    1. Faathii says:
      November 17, 2018 at 9:55 am

      Jazaakillah
      ?

  3. Ranko says:
    November 17, 2018 at 8:44 am

    Mashallah v v reethi. When next part?

    1. Faathii says:
      November 17, 2018 at 9:59 am

      Jazaakillah. Sunday. In Shah Allah.
      ?

    2. Faathii says:
      November 17, 2018 at 10:42 pm

      Sorry. Aslu olhigen Sunday ey bunevifa einy.. Mondayga next part genesdheynan. In Shah Allah.

  4. Mary says:
    November 17, 2018 at 1:39 pm

    Mi vahaka vvvv reethi ??❤❤

    1. Faathii says:
      November 17, 2018 at 6:51 pm

      Jakillah
      ☺

  5. Anonymous says:
    November 17, 2018 at 1:42 pm

    varah reethi mi part ves
    waiting for the next part

    1. Faathii says:
      November 17, 2018 at 6:53 pm

      Jazaakillah
      ?

Comments are closed.



All Right Reserved!