ޝައުނާ ބުނި ޖުމްލަ ނުނިމެނިސް އަވަސް އަވަހަށް ފޯނު ދަބަހަށް ލާ ޒަޔާލްގެ އަތުގައި ހިފަން އަތް ދިއްކޮށްލިއެވެ. މޫނަށް ފޫހި ގޮތެއް ވެރިކުރަމުންނެވެ. އާނާ ގޮސް ޝައުނާގެ ކައިރީ އިށީނދެލިއެވެ. ޒަޔާލް އައިސް ޖައްސާލީ އާނާގެ ކުރިމަތީގަައެވެ. އާނާއަކީ ދަތުރު ކުރުމަށް ފަރިތަ ކުއްޖެއް ނޫންކަމުން އޭނާ އިނީ އެނބުރުން އަރާފައެވެ. ދާން ވީ ރަށަށް ދެވެނީވެސް 30 މިނެޓުން ކަމުން އާނާގެ މޫޑު ގޯސްވިއެވެ. “ޕިސް.. ދަތުރޭ ކިޔާފަ އެންމެހާ ދުރުގަ އޮތް ރަށަށް […]
އެއީހީވިގޮތެއް ކަމުގައި ނިންމުމަށްފަހު ހަނާ ފެންވަރަންފެށިއެވެ. ބޮލަށްއަޅާލި ފުރަތަމަ ފެންދާނިން ހަށިގަނޑަށްލިބިގެންދިޔަ ފިނިކަމުން ހަނާއަށް ދެލޯމަރާ ލެވުނެވެ. އެވަގުތު ހަނާގެ ކަނދުރާއަށް ހޫނުނޭވާއެއް އެޅުނުހެންހީވެގެން ވަށައިގެން ހޯދާލުމަށްފަހު އަވަސް އަވަހަށްފެންވަރާނިންމާލީ ބިރުންހުރެއެވެ. ހަނާ ރީތިވެގެން ނިކުތްއިރު އާބިދާ އާއި އޭނާގެ ރައްޓެހި ރަހީމާ އިނީ ގޯތިތެރޭގައި ހުރި ޖޯލިފަތީގައި ދުންގަނޑެއް ބޯށެވެ. ރަހީމާގެ ގެހުންނަނީ މާދުރުނޫން ހިސާބެއްގައިކަމުން އޭނާ ކޮށްމެރެއަކު އާބިދާއާއި އެކު ދުންގަނޑުބޯންއާދެއެވެ. “ހަނާ! މިއަދު ރީމާ ގުޅި. ހަނާއަށް ވަރަށް ސަލާމްބުނި. މިއަންނަމަހު ކޯސްނިމޭތީ […]
“ހަނާ”… ހަނާ އަަށް ހޭލެވުނީ އޭނާގެ ކަންފަތް ކަައިރީގައި މީހަކު މަޑުމަޑުން އޭނާގެ ނަމުން ގޮވާލުމުންނެވެ. މަޑުމަޑުން ދެލޯ ހުޅުވާ ލުމަށްފަހު ވަށައިގެން ހޯދާލިއިރު އަނދިރީގެ ތެރެެއިން އެއްވެސް މީހަކު ފެެއްނާކަށްނެތެވެ. ހަނާ މަޑުމަޑުންގޮސް ބޮކިދިއްލާލައި މުޅިކޮޓަރިތެރެއަށް ރަނގަޅަށް ނަޒަރުހިންގާލިއެވެ. ފާޚާނާއަށް ވަދެލުމަށްފަހު އައިސް ބޮކިނިއްވާލައި އަނެއްކާވެސް އެނދުގައި އޮށޯތީ ނިދޭތޯއެވެ. އޭރު ގަޑިންދަންވަރު ދެގަޑިބައިވެ ބޮޑު ވެއްޖެއެވެ. “ހަނާ”… ދެލޯ މެރެމުން ދަނިކޮށް އަނެެެެއްކާވެސް އެއަޑު ހަނާގެ ކަންފަތުގައި ޖެހުނެވެ. މިފަހަރު މީހެއްގެ ނޭވާގެއަޑުވެސް އިވުނުހެން […]
” ހެޕީ ނިއު އިޔާ.. ޗިއާރްސް.. ” ޔަނާގެ ތަށީގައި ޖަހާލަމުން ނީލް ބުނެލިއެވެ. ޔަނާ ބަލަންހުރީ ދުރުން ފެންނަ ސިމަކް ރާގާ އެއްވަރަށް ސަރާ ގައިގައި ހޭކޭ މަންޒަރެވެ. އެންމެ ކުޑައިރުން ސުރެ ލޯބިވާ ސިމަކްއެވެ. ” ހެހެ.. ސިމަކް އުޅޭ ގޮތެއް.. ޔަނާއަށް ވަރަށް ވަރުވޭ ދޯ..؟ ” ނީލް ބުނެލީ ގަސްތުގައި ޔަނާ ދެރަކޮށްލާށެވެ. ދެބުމަ ގޮއްޖަހައިފައި އަތުގައި ހުރި ބާރަކާއިއެކު ބޯން އިން ކޯކް ތަށި އެއްލާލީ ގަސްތަކު ތެރެއަށެވެ. […]
“ސާދަ ވިލޭރޭ ހަނދުފަދަ ޗާލު ރީތި މޫނުމިރޭ ފެނިލުމުން ވޯ..” މާޒިންގެ ހިތްގައިމު އަޑުން ލަވަކިޔަމުން ދިޔައިރު އޭނާ ކުޅެމުން ދިޔަ ގިޓާގެ ހިތްގައިމު އަޑު މުޅިފަޒާގައި ހިފާލާފައިވެއެވެ. އަލަތު އަނބިމީހާއަށް މި ހިތްގައިމު ލަވަކިޔާދެމުން ދިޔައިރު ޔާނާ ހުރީ ކަޅިޖަހާލަން ނޭނގި މާޒިންއަށް ބަލަހައްޓައިގެންނެވެ. މިރޭގެ ކައިވެނި ޕާޓީގައި މާޒިން ލަވަކިޔަން ފެށުމުން ޔާނާ ހުރީ އާޝޯހު ވެފައެވެ. ރައްޓެހިވެގެން ދެއަހަރު ދުވަސް ވީއިރު ވެސް މާޒިންއަށް މިހާ ރިތިކޮން ލަވަކިޔަން އިނގޭކަމެއް އޭނާ ނުދެނެހުއްޓެވެ. […]
ފަހަތުން މަޑުމަޑު އަތެއް ކައިލްގެ ކޮނޑުގައި ޖައްސާލިހެން ހީވެގެން އޭނާ މަޑުމަޑުން ފަހަތަށް އެނބުރިލި އެވެ. އަދި އޭނާ ގާތު ދާނިޔާ ހުރިތަން ފެނިފައި އިސްޖަހާލީ އޭނާގެ މޫނުމަތީގެ އަސަރުތައް ނުދައްކަން ވެގެނެވެ. “ދޮންބެ މިތާ ކީއްކުރަނީ؟” ދާނިޔާ އެހި އެވެ. އޭނާއަށް ކައިލްގެ މޫނުމަތީގައިވި ހިތާމައިގެ ސާލު ވަރަށް ރީއްޗަށް ފެނުނެވެ. ރޭގަނޑު ކުއްލިއަކަށް ހޭލައިގެން ހޮސްޕިޓަލުތެރޭ ފަތިސް ފަންދެން ހުރުމުގެ ސަބަބުން އެދެލޯ ދަނީ ނިންޖަށް ގޮވަމުންނެވެ. “ކަމެއް ނުކުރަން… ފިނިކޮށްލަން ބޭރަށް ނިކުމެލީ… […]
ވަށައިގެންވަނީ ހަމަހިމޭން ކަމެވެ. ހަނދުގެ އަލި ގަސްތަކުގެ ތެރެއިން ފުރޭނިގެންއައިސްް ހިތްގައިމު ކޮކާހަނދުވަރެއް ފެތުރިފައިވެއެވެ. ހަނާގެ މިސްރާބު ހުރީ ރަށުގެ ދޮންވެލިތުނޑިއާއި ދިމާލަށެވެ. ޖެހެމުންދިޔަ މަޑުމަޑު ރޯޅިތައް އައިސް ގައިގައި ބީހިލާ ކޮއްމެފަހަރަކު ހިތަށް ލިބިގެން ދަނީ އާދަޔާހިލާފު ހިތްހަމަ ޖެހުމެކެވެ. މަަޑުފިޔަވަޅުތަކެއްގައި ހިނގާފައި ގޮސް ތުނޑިމަތީގައި ހަނާ އިށީނެވެ. މޫދުން އައްނަ ކުދިކުދި ރާޅުތައް ވެލިގަނޑަށް ބީއްސާލާ ކޮންްމެ ފަހަރަކު އިވިގެންދަނީ ރީތި މިޔުޒިކީއަޑެކެވެ. “ހަނާ”…. އިންތިޒާރުކޮށްލައްވާ!
ސީމާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެމުން ދިޔައިރު މިޝްކާ ހުރީ ސީމާއަށް ފުރަގަސްދީގެން ކުޑަދޮރުން ބޭރުބަލާށެވެ. ސީމާގެ ވާހަކަތަކުން މިޝްކާއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ސީމާއަށް ފުރަގަސްދީގެން މިޝްކާ ހުރީ ރޯށެވެ. މީހުން ސުނާމީގެ ވާހަކަ ދައްކާތީ އަޑުއެހިއެވެ. ނަމަވެސް މިހާ އަސަރެއް އަދި ދުވަހަކުވެސް ނުކުރެއެވެ. މިޝްކާގެ ހިތަށް އަރަމުން ދިޔައެވެ. ރަނާއަށް ވީގޮތަކީ އެއީހެއްޔެވެ. ސީމާގެ ދިރިއުޅުން ޣަރަގުވެގެން ދިޔައީ ސުނާމީގައެވެ. އަދިވެސް ވަކި ނުވެވިގެން މި އުޅެނީ އެ ޒަމާންވީ […]
“ލުޔޫން. ދެން އާދެބަލަ..” ރާޅު ޖަހާ ހިސާބުގައި ހުއްޓިލައިގެން ހުރި އަންހެން ކުއްޖަކު އިވުނުއަޑަށް ފަސްއެނބުރި ބަލާލިއެވެ. މިލަހަނދުވަރުގެ އަލިން ހުދު ދޮންވެލިގަނޑު ދަޅައަޅަމުން ދިޔައިރު ހާމައަށް ދޫކޮށްލާފައި އޮތް އެ އަންހެން ކުއްޖާގެ ކަޅު އިސްތަށިގަނޑު ވިހުރެމުން ދިޔައެވެ. ހަނދުވަރުގެ އަލިން އެ ދޮން މޫނު އުޖާލާވެފައި ވާއިރު ކަޅިރަވައިގައި އަޅާފައިވައި އަނދުނުން އެ ރީތިކަން ފުރި ހަމަ ކޮށްދެއެވެ. މަޑު ހިނގުމެއްގައި ލައިގެން ހުރި ހުދު ކުލައިގެ ދިގު ހެދުމުގައި އެއްއަތުން ހިފައްޓާލައިގެން ހުރެ […]