Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ދަރިފުޅު (6)

Maree
December 27, 2015
8 Mins Read
33 Views
34 Comments

ހަވަނަ ބައި

ފިހުނު ކުކުޅުފަޔާއި ސޮސެޖްގެ އިތުރުން ރޮއްޓާ ޕާނުން ގޯތިތެރޭގައި ހުރި މޭޒުމަތި ފުރަމުން އެއްބަޔަކު ދިޔައިރު އަނެއްބަޔަކު ދިޔައީ އެ ބާވަތްތަކުން  ތަށިތައް ފުރުވަމުންނެވެ. އެކަކުއަނެކަކަށް މަޖާ ނަގަމުން ހީ ސަމާސާ ކުރަމުންދިޔައިރު ވަގުތު ހިނގަމުން ދާ ގޮތެއް އެކަކަށްވެސް ނޭނގެއެވެ. މި އުފަލުގައި ފާތުންނަށް ބައިވެރިނުވެވުނީތީ އެންމެންވެސް ތިބީ އެކަމާ ދެރަވެފައެވެ. އެއިރު ކޮޓަރީގައި ފާތުންގާތު މީގެ އިރުކޮޅެއްކުރިން ހުރި އައިސާމަނިކާއި އައިމިނާމަނިކެވެސް ބޭރަށްނުކުމެ އެންމެނާއިއެކު ކެއުމުގައި ބައިވެރިވެގެން އުޅެއެވެ.

އެނދުމަތީގައި ނިދާފައި އޮތް އާލިޔާގެ ގާތުގައި އޮށޯވެގެން ފޯނުނަގައިގެން އޮތް ފާތުން ވިސްނަމުން އެދަނީ އާލިޔާ އެވަރަށް ރުއިކަމަކާއިމެދެވެ. ދެފައިދަމާލައިގެން އުއްޑުން އޮތް ފާތުން އޮތްތަނުން ތެދުވީ ކުއްލިއަކަށް ފޯނުންފެންނަން ހުރި ގަޑި ލޮލުގައި އަޅައިގަތުމުންނެވެ. އެއިރު ގަޑިން5:40  ވަނީއެވެ. ފާތުންނަށް ރޭ ހަސަން ތަވީދު އަޅުވަމުން ދެއްކިވާހަކަ ހަނދާންވުމުން އަވަހަށް ތެދުވެ ގެނައިދަބަހުން އާލިޔާގެ ހެދުމެއްނަގައި ނިދާފައި އޮތް އާލިޔާ ތެދުކޮށް ތައްޔާރުކޮށްލީ ގެއަށް ދިޔުމަށެވެ. އެއިރު ނިދިން ހޭލެއްވުމުން އާލިޔާ ކުޑަކޮށް ކުކުރަމުންދެއެވެ. ފާތުން ގެއަށްދިއުމަށް ތައްޔާރުވަމުންދަނިކޮށް ކޮޓަރީގެ ދޮރުހުޅުވާލާފައި އެތެރެއަށް ވަނީ ހަސަނެވެ. އޭނާވެސް އެއައީ ފާތުން ގާތު ލަސްނުވަނީސް ގެއަށް ދާން ހަނދާންކޮށްދޭށެވެ.

” ތި ރެޑީވަނީ ގެއަށް ދާން ދޯ؟ ހަސަން ހީކުރީ ފާތުން ހަނދާނެއް ނުހުންނާނެ ކަމަށް.” ފާތުން އާލިޔާ ތައްޔާރުކޮށް ނިމުމުން ހަސަން އާލިޔާ އުރާލިއެވެ.

“ދެންމެ ހަނދާންވީ. ކިހިނެއް ހަދަންވީ؟ ހަސަން މަޑުކުރަން ބޭނުމިއްޔާ އޯކޭ މަޑު ކުރިއަސް. ފާތުން ދަންތަ މަންމައާއެކީ.؟” މި އާއިލީ އެއްވުން ރޭވުމުގައި އެންމެ ބޮޑަށް ހަސަންގެ އެއްބާރުލުން ލިބިފައި އޮތުމުން އޭނާ އެތަނުން ގެންދާކަށް ފާތުން ބޭނުމެއްނުވިއެވެ. އެއީ ހަސަންވެސް ބޭނުންވާނެ ގޮތަކަށް ނުވާނެކަން އެނގޭތީއެވެ.

“އޯކޭ ހަސަނަށް…! ގެއަށް ދާއިރު ހަސަން ދާނަން މިކޮޅުން ސާމާނު ހިފައިގެން. ޑޯންޓް ވޮރީ…. އެންޑް ތޭންކްސް ލޯބީ” އެންމެން ގާތު މަޑުކުރަން ފުރުސަތު ދިނުމުން ހަސަން އެކަމާ އުފާވިއެވެ. އޭނާގެ އަންހެނުންގެ ހެޔޮވިސްނޭ ކަމަކީ އަބަދުވެސް އޭނާ ހެޔޮހިތުން ބަލައިގަންނަ ކަމެކެވެ.

އާލިޔާގެ ސާމާނުތައް ދަބަހަށް އަޅައި ތައްޔާރުކޮށްފައި ހަސަނާއި ފާތުން ކޮޓަރިން ނިކުތީ ހެމުން ވާހަކަ ދައްކަމުންނެވެ. އޭރު އާލިޔާވެސް ހަމަޖެހިލައި މޫނުމަތިން ހިތްހަމަޖެހުމުގެ އަސަރު ދައްކަމުންދެއެވެ. މަންމަ އައިމިނާމަނިކެވެސް އިންތަނުން ތެދުވެ އަތް ދޮވެލައިގެން ފާތުން ގާތަށް އައެވެ. އެހިނދު ހުރިހާ އަންހެންވެރިން ވެސް ފާތުން ދާން އުޅޭތީ ކަންބޮޑުކަން ދައްކަން ފެށިއެވެ.

” ދަނީތަ؟ ހާދަ އަވަހަކަށް!” އެއްރާގަކަށް އެއްއަޑަކުން އެއްފަހަރާ އައިންތާ ރިޝޫއަށް މިހެން ބުނެވުނީ އެއްލިކަޅިން ދަބަސް އަޅުވައިގެން ގެއަށް ދާން ތައްޔާރުވެގެން ހުރި ފާތުން ފެނުމުންނެވެ. ފާތުން މާވަރަކުން ގެއަށް ދާން އުޅޭ ސަބަބު އަދި ރިޝޫއަށާއި އައިންތަށް ނޭގޭތީއެވެ.

“އުނހު އޭނާ ފޮނުވާލާ، މާ ލަސްވަންދެން ބޭބީއެއް ގޮވައިގެން ބޭރުގަނުވާނެ އުޅޭކަށް!”  ފާތުން ގެއަށް ފޮނުވަން މުނާ އެއުޅެނީ ފާތުންނާ މަންމަމެން  އޭނާއަށް ކިޔައިދީފައި އޮތް ވާހަކައެއްގެ ސަބަބުންނެވެ.

“ތެދެއް! ރަތްވިލާ މަތީ ކުޑަކުދިން ގޮވައިގެން އުޅޭކަށް ނުވާނެ. ފާތުން އަވަހަށް ދޭ ގެއަށް. ތިދާމަގުމަތީ ކުރުސި ކިޔަމުންދާތި. އޭރުވެސް އާލިޔާ ރޮއެ ރޮއެ ހަލާކު ނުވީ ކިރިޔާ.” ލީނާ ވެސް މުނާގެ ވާހަކައިގައި ހިފަމުން ފާތުންނަށް ހިތްވަރުދެމުން ނަސޭހަތްތެރިވިއެވެ.

އެންމެން އެންމެނަށް ފާތުން ގާތަށްއައިސް ވާހަކަދައްކަމުންދިޔައެވެ. އެކަކުވެސް އޭނާ ފޮނުވާލަން ބޭނުމެއްނުވެއެވެ. އަދި ފޮޓޯއެއްވެސް ނުނެގެއެއްނޫންހޭ ކިޔަމުން އައިފޯނު ނަގައި އެންމެން އެއްތަން ކޮށްލައި ސެލްފީ އެއް ނަގާފައޭ ގެއަށް ދާންވާނި ބުނެ  އެންމެން ފޮޓޯއަށް އަރުވަމުން ރިޝޫ ސެލްފީއެއްނެގީ ދަތްޕިލަ ފޯނުގެ ކެމެރާއަށް ދެމުންނެވެ. ރިޝްފާ އަކީ މިޒާޖުގެ ގޮތުން އެންމެންވެސް ގަޔާވާ ގޮތްގަނޑެއްހުންނަ ސަކަ މިޒާޖެއްގެ މީހެއްކަމުން އޭނާ އެ ސެލްފީނަގައިނިމުމުން އެއްރާގަކަށް އެންމެން ހިނިގަނޑެއްޖަހާލިއެވެ. އެއަށްފަހު އެއްބަނޑު ކޮއްކޮމެން ގާތު ޖޯލީގައި އިން އައިމިނާމަނިކެވެސް އެންމެންގާތު ދަނީއެބުނެ ފާތުންނާއިއެކު ގެއަށްދާން ހިނގައިގަތެވެ. ފާތުންނާ ދިމާލަށް ބަލަހައްޓައިގެން ހުރި ހަސަން ލޮލުގެ އިޝާރާތަކުން ހުރިހާ ކަމެއް ރަނގަޅުހޭ އަހާލުމުން ފާތުންވެސް އާއެކޭ ބުނެ ބޯ ޖަހާލާފައި ގޭޓުހުޅުވާލަމުން ހިނގައިގަތެވެ.

ފާތުން ދިއުމާއިއެކު އެބަޔަކު އިށީނދެގެން ތިބި ތަނެއްގައި ގޮސް އެންމެން އިށީނެވެ. އެއިރުވެސް އައިޝާގެ އައިހަމެއް ގޯތިތެރެއަށް ނުކުންނާކަށް ހިތަށްވެސް ނާރާއެވެ. އެހެންކަމުން އޭނާ އަށް ވީނުވީއެއްބަލަން އައިޝާ ހިނގައިގަތީ ގޭތެރެއަށް ވަންނާށެވެ. ހުޅުވާފާއިހުރި ގޭ މައިދޮރުމަތީ ހުއްޓި ހުރެ ސިޓިންރޫމުގައި ހުރި ސޯފާއަށް ނަޒަރު ހިންގާލީ އައިހަމް އަދިވެސް އިށީނދެގެން އިންތަނުގައި އިންތޯ ބަލާށެވެ. އައިޝާ އެހުރިތަނުން އަރިއަކުން ފެންނަމުންދިޔަ ސޯފާގައި އައިހަމް އިންނަމަ ފުރަގަހުން އައިހަމްގެ ބޯ ފެނުނީހެވެ. އެހެނަސް މީގެ އިރުކޮޅެއްކުރިން ސޯފާގައި ޖެހިބުދެއްހެން އިން އައިހަމް އެތާކުން އައިޝާއަށް ފެންނާކަށްނެތެވެ. އައިހަމް ދިޔައީ ކޮންތާކަށްތޯ ބެލުމަށް އައިޝާ އަވަހަށް ތެޅިގަތެވެ. ފައިވާން ބާލައި ސިޓިންގްރޫމަށް ވަދެ އަވަހަށް ގޮސް ސޯފާ ރަނގަޅަށް ބަލާލިއިރު އައިހަމް އޮތީ ސޯފާގައި ނިދާ މަރުވެފައެވެ. ނިދާފައި އޮތް އިރު އޭނާގެ ދުޅަވެފައިވާ މޫނުމަތިން ހިތާމަވެރިކަމުގެ އަސަރެއް/ފެންނަމުންދެއެވެ.  ހީވަނީ ނިދިފައި އޮތަސް އޭނާއަށް ނިދިނުލިބޭ ހެނެވެ. ދެފައި މައްޗަށް އަރުވާ ދަމާލައިގެން އޮތްއިރު އައިހަމް ހީވަނީ ބަނދެފައި އެތާ ބާއްވާފައި އޮތް ކުއްޖެއް ހެނެވެ. މައުސޫމު ދެލޮލުގެ ދިގު އެސްފިޔަތަކަށް ބަލާލުމަށްފަހު އައިޝާ ލޯބިން އައިހަމް ގެ މޫނުގައި އަތްލީ ފިރުމާލުމަށެވެ. ހަމައަތްލުމާއިއެކު އައިހަމްގެ މެރިފައިވާ ލޯ ތަންމިނަށް ހުޅުވުނެވެ. އަދި އަވަހަށް ތެޅިގެންފައި އޮތްތަނުން ތެދުވެ ދުއްވައިގަތީ ގޯތިތެރެއަށެވެ. އޭނާގެ ބައްޕަ ރިޒާންގެ ގާތަށެވެ.

އައިހަމް އެއުޅޭ ގޮތުން އައިޝާއަށް މިހާރު އުނދަގޫވެ ދެރަވާންފަށައިފިއެވެ.  އޭނާ ޖެހޭ ކޮންމެ ފަހަރަކު އައިހަމް ދުރަށްދާންވީ ސަބަބު ނުވިސްނޭ ހާލުގައި އައިހަމްގެ ފަހަތުން އައިޝާ ގެއިން ނުކުތީ އައިހަމް ދިޔަތަނެއް ބަލާށެވެ. އެއިރު ގްރިލް ކައިރީގައި ހުރި ރިޒާން އައިހަމް އުރާލައި އޭނާއާ ވާހަކަދައްކާ މަންޒަރުފެނުމުން އައިޝާގެ ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބުނެވެ. އައިންތާ ރިޝޫމެން މޭޒުކައިރީ މާއިނާއި ޒާކަށް ކާންދެމުން ދިޔައިރު މުނާއާއި ކިނާން ފޯނުން އަތްދޫނުކޮށް ފޯނަށް ގެއްލިފައި ތިއްބެވެ. ލީނާއާއި އަޝްރަފް އަވަދިނެތި އެއުޅެނީ އަނބުގަހާއި ގޭ ވަންނަން އޮތްތަނައި ދެމެދުގައި ހުރި ގްރިލްއާ ދިމާލަށް އަލިކުރާނެ ބޮއްކެއް ހަރުނުކުރެވިގެނެވެ. އިރު އޮއްސި އަނދިރި ވަމުންދާތީއެވެ. އަދިވެސް ފިހަން ބޭނުންވާ ވަރަށް ބައެއް ސޮސެޖާ ކުކުޅުފައިތައް ނުފިހެވި ތިބީމައެވެ. ކާން އިން ތަށި ދޫކޮށް ތެދުވެގެން ގޮސް އެންމެންނާ ދުރުގައި ފާތުން ގެއަށްދެވޭހާ އިރު ކޮށްފައި  އޭނާއަށް ގުޅައިގެން ހަސަންވެސް  ގޭޓު ފާރުބުޑުގައި މަޑުކޮށްލައިގެން ހުރެ ފޯނުން ވާހަކަ ދައްކަމުން ދިޔައެވެ. އެއިރު މިވެރިންގެ މަންމަމެން ގޭތެރެއަށްވަދެ ސިޓިންގްރޫމުގައި ޓީވީ ހުޅުވައިގެން އެކި ވާހަކަ ދައްކަމުންދެއެވެ.

ކުއްލިއަކަށް ގެއަށް ވަންނަ ގޭޓު ހުރިހިސާބުން ގަހެއް ކަނޑައިލާ ބިންމައްޗަށް ވެއްޓިޖެހުނު ފަދަ އަޑެއް އިވިގެންދިޔައެވެ. އެންމެން ހުރިތަނަށް ގަނޑުވެ އެދިމާލަށް އެއްފަހަރާ ބަލާލެވުނެވެ. ފޯނުގައި އިން މުނާއަށްވެސް ހަޅޭއްލަވައިގެންފައި އިންތަނުން ތެދުވެ އަޑުއައި ދިމާލަށް ބަލާލިއެވެ. އެއިރު ފާރުބުޑުގައި ކޮޅަށް ހުރި ހަސަން އޮތީ ބިންމަތީގައެވެ. ހައިރާންވެފައިތިބި އެންމެން ޕަކަ ޕަކަ އަޅާފައި ހޭންފެށީ ހަސަން ވެއްޓިފައި އޮތްގޮތް ފެނުމުނުންނެވެ. އޭނާ ފާރުބުޑުކައިރީ ކޮޅަށްހުއްޓާ ބޭރުން އޭނާގެ ބުރަކަށީގައި އަޅާ ގޯތިތެރެއަށް ވައްޓާލީ ރިޝޫގެ ފިރިމީހާ ޝަޔާނެވެ.

“ކޮން ސަކަރާތެއްތަ ދެން ޝަޔާނު! ތަދުވެއްޖެޔޭ!” އޮތްތަނުން ތެދުވެ ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހި ހުރެ ހަސަން ޝަޔާނަށް ބަލައިލިއެވެ. ޝަޔާނަކީ އެންމެ ފުރަތަމަވެސް ފާތުންގެ އާއިލާތެރެއިން ހަސަން އެކުވެރިވި މީހާ ކަމުން އެދެމީހުންގެ ރައްޓެހިކަންބޮޑުވެ މިހާރު އެކަކު އަނެކަކަށް ޖެއްސުން ކުރާކަށް ޖެހިލުމެއްނުވެއެވެ.

“ދެން އަޅޭ! އޭނަޔަށް ތަދުވާނެ ޝަޔާން!” ހިނިގަނޑެއްޖަހަމުން ހަސަނަށް ހަމްދަރުދީ ވަމުން ޝަޔާނާ ދިމާލަށް ލޯބޮޑުކުރަމުން މުނާ ބުންޏެވެ. އެއިރު ޝަޔާން ހުއްޓާނުލާ ބާރު ބާރަށް ހެނީއެވެ.

“އާދެވިއްޖެ ދޯ ! ޝަޔާން ދެން އަހަރުންނާ ހާދަދުރުންނޭ ތިއުޅެނީ ؟” ގްރިލްކައިރީގައި ރިޒާންގާތު ހުރިއައިޝާ ޝަކުވާކުރީ އެންމެންގެ މި އެއްވުމުގައި ޝަޔާން ބައިވެރިވާންނައުމުންނެވެ.

” ތިވާހަކަ ނުދައްކާ! އޭނާކައިރީ އަހާބަލަ އަންބަކާ ދަރިއަކާ ހުރޭހޭ.؟ ” ޒާކަށް ފެންތައްޓެއް ބޯންދެމުން އައިޝާއަށް ބަލަމުން ޝަޔާނާ ދިމާކުރީ ކޮންމެވެސް ވަރަކަށް ޝަޔާންދެކެ ރިޝޫ ހިތްހަމަނުޖެހިފައިހުރިކަން އަންގަމުންނެވެ. ފެންތަށިބޮއެގެން ބައްޕާއޭ ކިޔަމުން ޝަޔާންގެ ގާތަށް ޒާކް ދުއްވައިގަތީ އުފަލުން ފޮޅެމުންނެވެ. ޝަޔާންވެސް ޒާކްއުރާލާފައި އޭނާ ބިމަށް ތިރިކޮށްލާފައި އައިސް އެންމެން ކާންތިބި މޭޒުކައިރީ އިށީނީ ރިޝޫއާ ދިމާލަށް ފުންނަޒަރަކުން ބަލަމުންނެވެ.

” އަނބި ދަރިންމަތިން ހަނދާންވެގެން ކެތްނުވާ ވަރުން މިއައީ. މަ ކިހާރަނގަޅުތަ!” ޖެއްސުމުގެ ރާގަކަށް ޝަޔާން މިހެން ބުނީ ރިޝޫގެ މޫނުމައްޗަށް ނަޒަރު ހުސްކޮށްގެން ހުރެއެވެ. އެއިރު އޮތްތަނުންތެދުވެ މޭޒުކައިރިއަށް އައިސް ގޮނޑިއެއްގައި ހަސަން  އިށީނީ ޝަޔާނާއި ދިމާލަށް ފާޑަކަށްބަލަމުނެނެވެ.

” ހަސަން ސޮރީ ބްރޯ.! އެ މަޖާ!” ހަސަން މޭޒުކައިރިއަށް އައިކަން އެނގުމުން އޭނާއާއި ދިމާލަށްބަލާލާފައި  އެއްލޯ މަރާލަމުން ޝަޔާން ބުންޏެވެ.

” އޭނަ މަރާލާފަވެސް ސޮރީ އޭ ބުނާތި! ހމމމ ކީއްކުރާށޯ މިތަނަށް ތިއައީ. ރަށުތެރޭގެ ހާލަތު އޮޅުންފިލުވާ ނިމުނީތަ؟”  ތުންފަތް އަނބުރަމުން ލޯމަތިން ރުޅިވެރިކަން ދައްކަމުން ރިޝޫ ޝަޔާނަށް ވައްބަހުން ޖަހަމުން ދިޔައީ ޝަޔާން ދެރަކުރުމުގެ ނިޔަތުގައެވެ.

“އަށްދޭ! މިއަދު ވަރަށް ފައްކާ! ރަށުގެ ހާލަތު އޮޅުންފިލުވީކީ އެކަންޏެއްނޫނޭ! ރަށުގެ ހިއްކި ހިސާބުގަ ފްލެޓު އަޅަން ސޮއެ ކޮށްފަ މަމިއައީ. ނަރުދަމާވެސް އަޅައިދީފަ މިއައީ. އެވަރުން ނުފުދިގެން ހިސާބުގަނޑު މީހުންނަށް ރަން ބަހާފަ މިއައީ. ދެން ކުރާނެ ކަންތައް ހުސްވީމަ މިއައީ މިތަނަށް ކާއެތިކޮޅެއްލިބޭތޯ.  ޖަވާބުލިބިއްޖެ؟ ހެޕީ؟” މޫނަށް ވައްތަރެއްޖައްސަމުން އިސްދަށަށް ޖަހައިގެން އިން އޭނާގެ އަންހެނުންނާ ދިމާލަށް ބަލަމުން އޭނާ ކުރި ސުވާލަށް ޝަޔާން ފުރިހަމަ ޖަވާބެއްދިނެވެ. ޝަޔާން މިހެން ބުނެ ނުނިމެނީސް އެންމެން އެއްފަހަރާ ހިނިގަނޑު ފަޅަ ފަޅައިގެން ދިޔައެވެ. ނުހޭން އިން އޭނާގެ އަންހެނުންވެސް ހެވުނެވެ. މިއަދު އެންމެންގެ މަޖަލުގައި ބައިވެރިވާން ހަވީރުކޮޅު ނާދެވުނެއްކަމަކު ޝަޔާނަކީ އެހެންޏާ ކޮންމެ ކަމެއް ރޭވިޔަސް  އާންމުކޮށް އެންމެނަށްވުރެކުރިން އިސްނަގައިގެން ކަން ކަން ކުރަން ވިއްދާފައިހުންނަމީހެކެވެ. އޭނާ ކޮންމެހެން މުހިއްމުވެގެން ނޫނީ ރިޝޫގެ އާއިލާގެ ކަމެއްދޫކޮށް ނުދާނެއެވެ. ސަކަ މިޒާޖެއް ހުންނަ ޝަޔާންގެ މޮޅު ވާހަކަތައްއަޑުއަހަން  މޭޒުގައި ތިބި އެންމެން އެހެންތިއްބައި މަސައްކަތުން އަތްދޮވެލައިގެން އެންމެންގެ ގާތަށް މޭޒުކައިރިއަށް އަޝްރަފް އައީ ބޮޑުވާހަކައަކައިގެނެވެ.

” އޯކޭ. މިއަދުގެ ބާބަކިއު ނިމުނީއެއްނު މީ ދޯ! ހިނގާ އަދި އެއްފަހަރު މިކަހަލަ ކަމެއް ރާވަން. އެންމެންވެސް އެބަތިއްބެއްނު.” ޗުއްޓީއަށް ރަށަށް އައިސް ތިބި  ކޮއްކޮމެންނަށް އުފާވެރި ދުވަސްކޮޅެއްހޯދައދިނުމުގެ ނިޔަތުގައި އަޝްރަފް ބޭނުންވީ އަދިވެސް އެއްފަހަރު އެންމެންބައިވެރި ކުރެވޭނެ ފަދަ ކަމެއްކުރާށެވެ.

“ތީ ރަނގަޅު ޙިޔާލެއް ! މި ދުވަސްކޮޅު ކުރެވުނު ކަމެއް ކުރެވޭނީ! ސްކޫލު ހުޅުވުނީމަ ދެން ތިބޭނީ އެކަކުއަނެކަކާ ދިމާ ނުވެފަ.” އައިޝާ އާއި ރިޒާން ވެސް އައިހަމް ގޮވައިގެން މޭޒުކައިރިއަށް އައިސް އިށީންނަމުން އައިހަމް އުރައިގެން ހުރި ރިޒާން ބުންޏެވެ.

” ހިނގާ ދަތުރެއްދާން! މަ  އަޑުއެހިން މިރަށްކައިރީ އޮވެޔޯ ދަތުރުދާން ހާއްސަކޮށްފަ އޮންނަ ރަށެއް. ހިނގާބާ އެރަށަށް ދާން.” އަޝްރަފް ކަމެއް ރާވާ ވާހަކަ ބުނުމުން މުނާގެ ހިތުގައި ފުރަތަމަވެސް އުފެދުނީ ދަތުރުދިއުމުގެ ރޫހެވެ.

” ޔެސް! ލެޓްސް ގޯ އޮން އަ ޓްރިޕް! ހަނދާންވޭތަ އަހަރުމެން ސުކޫލުގަ އުޅެނިކޮށް ތުއްތުބޭމެން އެކަހަލަ ދަތުރެއް ރާވައިގެން ބަނޑޮހަށް ދިޔަ ހަނދާން؟ އޭގެ ފަހުން ދަތުރެއްދާން ހިތަށްވެސް ނާރުވާ ހުއްޓަ އެންމެން ވަކިވެގަތީ ދޯ!” ކައި އަވަދިވެގެން ފޯނާ ކުޅެން އިން މާއިންގެ ތުންފޮހެދެމުން އައިންތު ވެސް ވާހަކައިގައި ބައިވެރިވިއެވެ.

” ތި ސަޅި ކަމެއް! އަހަންނާ ރިޝޫއާ ދަތުރުގޮއްސަ ބިރުވެރި ފިލްމު ކުޅޭނީ ދޯ! ” ހިނިގަނޑެއް ޖަހަމުން ޝަޔާން އަދިވެސް މަސައްކަތްކުރަމުން އެދަނީ ރުޅިއައިސްފައި އިން އޭނާގެ އަންހެނުން ހެއްވުމަށެވެ.

” ހޫމްމްމްމް މަމިއުޅެނީ ކުރާނެ ކަމެއް ނޭގިގެން ވިއްޔަ! އެތަން މިހާރު އޮންނަނީ ހިއްކާފަ ޔޯ. މިރަށުން އެރަށަށް ހިނގާލާފަ ވެސް ދެވޭ ދޯ؟  ތުނޑި ކައިރިން ބުރުހެއްހެން ފެންނަން އޮންނަ ރަށްދޯއެއީ؟ ރޮދޮވައްރެހާޔޯ ކިޔަނީ ދޯ؟ ” ޝަޔާން އަށް ތުންއަނބުރަމުން މުނާދައްކަމުން ދިޔަ ވާހަކައަށް އިތުރުކުރަމުން ރިޝޫ ދޯދެމުންދިޔައީ އައިޝާއަށެވެ.

ކޮންމެއަކަސް މިވެރިން ދަތުރު ދިއުމުގެ ވާހަކަ ފަށައި މަޝްވަރާކުރުމަށްފަހު ނިންމުމަކަށް އައެވެ. އެންމެންވެސް ދަތުރުދާން އެއްބަސްވެއްޖެއެވެ. ދާނެ ދުވަހެއް ކަނޑައަޅައި ދަތުރު ދިއުމަށް ކުރަން ވީ ކަންތަކާއި ހޯދަންޖެހޭ ސާމާނުގެ ލިސްޓެއް ތައްޔާރުކުރުމަށް  ހަސަނާ ޝަޔާން އުޅެގަތެވެ.

އެހެންކަމުން ގޭތެރެއިން ގަލަމަކާ ފޮތެއް ހިފައިގެން އައިސް އެ އެއްޗިހި އައިޝާ ޝަޔާނާއި ހަވާލު ނުކުރެވެނީސް މަޤްރިބް ނަމާދަށް ބަންގި ގޮވާއަޑު އިވެންފެށިއެވެ. ހަމައެއާއިކު ރިޒާން ގާތު އިން އައިހަމް އިންތަނުން ތެދުވެ ކަންފަތް މަތީ އަތްއަޅަމުން ބާރަކަށް ދުވެގޮސް ގޭތެރެއަށްވަނެވެ. އައިހަމް ދުއްވައިގަތްތަން ބަލަންހުރެފައި އައިޝާ އައިހަމްގެ ފަހަތުން ދާންހިނގައިގަތުމުން ރިޒާން އަނެއްކައިވެސް ލޮލުގެ އިޝާރާތަކުން  އައިޝާ ގާތު ނުދާންބުންޏެވެ. އައިހަމް އަދިވެސް ރަނގަޅެއް ނޫނޭ ހިތާ ހިތުން އައިޝާއަށް ބުނެވުނެވެ. އެހެނަސް މާވަރުން އުޅުމަކީވެސް ރަނގަޅުކަމެއްނޫންކަމުން ރިޒާން ދެއްކިވާހަކަ އަޑުއަހައި އައިހަމާއި ދޭތެރޭ ނުވިސްނާ އައިޝާގޮސް ގޮނޑީގައި އިށީނެވެ. އިރުކޮޅަކަށް އެންމެން އެންމެނަށް ވާހަކަ ދައްކަން ތިބެފައި ރިޝުއާއި އައިންތުވެސް ގެއަށް ދާން ލަސްވެއްޖެޔޭ ހިތާ އިންތަނުންތެދުވިއެވެ.

” އޭ ލަސްވޭ އެބަ! ޝަޔާން ނަމާދުވަގުތު ގޮސްދާނެ ހިނގާ ދާން! ދެން ފަހުންދޯ ތިކަމާ ވާހަކަ ދައްކާނީ. ދެން ދުވަސް ވެސް އެބަ އޮތެއްނު. ރިޒާނަށް އާދެވެނީ ނެކްސްޓް ވީކް ޓުޑޭ ދޯ. އެދުވަހަށް ދެން ރެޑީވާނަން އިނގޭ އައިޝާ!”  މޯޅިއަކަށް ދެމިލާފައި ޝަޔާންގެ އަތުގައި ހިފަމުން ރިޝޫ ވާހަކަދެއްކީ އައިޝާއާއެވެ. ރިޒާނަށް އާދެވޭ ދުވަހަކު ދަތުރުދާން އެންމެން ވެސް ނިންމީ ބޯ ގިނަކުރުމުން ދަތުރުގެ މަޖާ ބޮޑުވާނެ ކަމުގެ އުއްމީދުގައެވެ. ގެއިންބޭރަށް ދާން ހިނގައި ނުގަނެވެނީސް ރިޝޫގެ ދަރިފުޅު ޒާކް ފާޙާނައާށް ހީސްލާން ދާން ބޭނުންވާ ވާހަކަ ބުންޏެވެ #. އެއިރު މާއިން ގޮވައިގެން ގެއަށް ދާން އައިންތުވެސް އިންތަނުންތެދުވަނީއެވެ.

“ދޭ ޓޮއިލެޓަށް ދޫނި. މަންމިމެން ވެއިޓްކުރާނަން މިތާ.” ޒާކް ގޭތެރެއަށް ފޮނުވަމުން ރިޝޫއާއި އައިންތު އަނެއްކާވެސް އިންތަނުގައި އިށީނެވެ. މުނާ މާވަރަކުން ފޯނާ ކުޅެން އިންނާތީ ޝަޔާން އެކަމާވެސް ބެހެމުންދިޔައެވެ. މުނާގެ ފިރިމީހާ އަނގައިން ނުބުނެ މަޑުއިންނާތީ ކިނާނާވެސް ދިމާކުރަމުން ދިޔައެވެ. ޝަޔާން ދައްކަމުން ދިޔަ ކޮންމެ ވާހަކައަކަށް އެންމެން ހިނިގަނޑު ޖަހަމުންދިޔައިރު ހީވަނީ ޖޯކަރެއް އެމީހުންގެ މެދުގައި އިންހެނެވެ.

ގޭތެރެއަށް ވަތް ޒާކް ދިޔަގޮތަށް ގޮސް އައިޝާގެ ކޮޓަރިހުޅުވައިލާ ދުވަމުން ގޮސް ފާޙާނައަށްވަނީ ހީސްލަވައިގެންފައި ހުރިލެއް ބޮޑުކަމުންނެވެ. ކޮޓަރިތެރެއަށް ބަލާލުމެއްނެތި ތެޅެމުން ފޮޅެމުން ގޮސް ފާޙާނައަށް ވަތް ޒާކް ފާޙާނާއިން އަވަދިވެގެން ނުކުމެ ދޮރުމަތީގައި އޮތް ފައިފުހި މައްޗަށް އަރައި ދެފައި ރަނގަޅަށް ކާއްތާލުމަށްފަހު  ކުރިމަތީގައި ހުރި އެނދާ ދިމާލަށް ނަޒަރު ހިންގާލިއެވެ. އެނދުމަތިން ޒާކަށް ފެންނަމުން އެދަނީ އޭނާގެ ހަޔާތުގައި ދުވަހަކުވެސް ފެނުނުފަދަ މަންޒަރެއްނޫނެވެ. ދެލޯބޮޑުވެ ހުރިތަނަށް ޒާކް ގަނޑުވެއްޖެއެވެ. އެނދުމަތީގައި އައިހަމް އޮތްގޮތް ފެނި ޒާކް މުޅިން ސަކަރާތްވެއްޖެއެވެ. އައިހަމް އެއޮތީ އިންސާނަކަސް އޮވެވޭނެ ފަދަ ގޮތަކަށް ނޫނެވެ. އައިހަމްގެ ދެއަތް ކޮނޑުހުޅުން ފުރަގަހަށް ލެނބި،  ދެ ފައި ފުރަގަހުން ލެނބިފައި އޮތްއިރު ބޯ އޮތީ ހަމަ އެފަދައިން ފުރަގަހަށް ލެނބި ފައިތިލަތަކުގެ ދޭތެރޭގައެވެ. އޭނާގެ ކަޅިވަނީ ގެއްލި އަނގަވަނީ ތަންމިނަށް ހުޅުވިފައެވެ. ހީވަނީ އައިހަމަށް މީހަކު  އަދަބެއްދީފައި އޮތްހެނެވެ. ބަލަން ނުހުރެ ގަތް ބިރުން ބާރަށް ހަޅޭއްލަވަމުން ކޮޓަރިން ބޭރަށް ނުކުމެ ޒާކް ދުވެ ގޮސް އޭނާގެ މަންމަ ގާތު ފެނުނު އެއްޗެއް ކިޔައިދިނެވެ. އެއިރު ޒާކް ހުރީ ބިރުން މޭގަނޑު އަތަށްލައިގެނެވެ.  އެހިނދު ސިޓިންގްރޫމު ތެރޭގައި ހުރި އައިސާމަނިކެވެސް ޒާކް އެކިޔަމުން ދިޔަ އެއްޗެއްގެ އަޑުއަހާފައި ދުވެ ގޮސް ކޮޓަރިތެރެއަށްވަނީ އައިހަމް އޮތްގޮތެއް ބަލާށެވެ. ހަމަދަނޑިވަޅަށް ދުވެފައި އައިސް އައިޝާވެސް ކޮޓަރިއަށްވަނީ ޒާކްގެ ވާހަކައިގައި ހަޤީޤަތެއްވޭތޯ ބަލާށެވެ. ނަމަވެސް ހަމަ ޖެހިލައިގެން  ޓެބްލެޓެއް ނަގައިގެން އެނދުގައި ރީތިކޮށް އިން އައިހަމް ފެނުމުން އައިޝާއާއި އައިސާމަނިކެ ކޮޓަރިންނުކުތެވެ. އަދި ގެއިން ނުކުމެ ގޯތިތެރޭގައި ތިބި އެންމެންގާތަށް އައިސް ޒާކް އެކިޔަމުން ދިޔައީކީ އަދި މާ ރަނގަޅުވާހަކައެއް ނޫނޭ ބުނެ އެންމެންގާތު އައިހަމް އޭނާއަށް ފެނުނުއިރު އިންގޮތުގެ ވާހަކަ ބުންޏެވެ. އެހެނަސް  ނޫނެކޭ، ތިމަންނައަށް އައިހަމް ފެނުނުއިރުއިނީ އެހެންނޭ މިހެންނޭ ކިޔައި ތިމަންނަ މި ދައްކާ ވާހަކައަކީ ދޮގެއް ނޫނޭޭ ޒާކް މަންމަ ގާތު ބުނަމުންދިޔައެވެ. އެއިރު ބިރުގެންފައި ހުރި ޒާކްގެ ވާހަކަތައް އަޑުއަހަމުން ދިޔަ އައިޝާ ގެ ސިކުނޑީގައި އެނބުރެމުންދިޔައީ އޭނާއާއި ރޭ ދިމާވި ހާދިސާއެވެ. 

“ހުއްޓާލާ! މަންމި އަށް ހީވަނީ ދަރިފުޅު އެކަނި ކޮޓަރިއަށް ބިރުންހުރެ ދިޔައިމަ އައިހަމް އެހެން އޮއްވާ ފެނުނުހެން ހީވެގެންހެން ތިއުޅެނީ. ” ރިޝޫ ވެސް ޒާކް ދައްކަމުން ދިޔަ ވާހަކަ އަޑުއަހަން ބޭނުން ނުވީ އައިޝާއަށް އައިހަމް ފެނުނުއިރު އިންގޮތް ތަފާތުވެފައި ޒާކަށް އައިހަމް ފެނުނުއިރު އިންގޮތް ތަފާތުވުމުންނެވެ.

ބިރުންހުރި ޒާކަށް ރޮވޭގޮތްވީ އޭނަ ދެއްކިވާހަކަ އެކަކުވެސް ޤަބޫލުނުކުރުމުންނެވެ. ޒާކް ހިތްހަމަނުޖެހި ހުރެ އޭނާ ދައްކަމުންދިޔަ ވާހަކަ ހުއްޓައިލިއެވެ. އެއަށްފަހު ގެއަށް ދާންބޭނުންވެ ހުރެ އަވަހަށް ބައްޕަގާތުބުނެގެން ގޭޓާދިމާލަށް މިސްރާބުޖެހީ ޝަޔާންގެ އަތުގައި ހިފަމުންނެވެ. ދަރިފުޅާއިއެކު ގޭޓުން  ދޮރުހުޅުވައިލާ އަދިފަހުން އަންނާނަމޭ އައިޝާގާތު ބުނުމަށްފަހު  އައިންތުވެސް ގެއަށް ދާން ހިނގައިގަތީ އެމީހުންނާއިއެކުއެވެ. މުނާއާއި ކިނާންވެސް ދަނީއޭ ބުނެ ގެއަށްދާން ހިނގައިގަތެވެ. އައިޝާގެ ގޭތެރެ  ކުއްލިއަކަށް އަމާންވިކަހަލައެވެ. އެންމެން އެބައެއްގެ ގެއަކަށް ދާން ނިކުތްއިރު ގަޑިން 7 ޖަހަނީއެވެ. އެއްޗިހިތައް ހުރިތާކު ބަހައްޓާފައި އައިޝާމެންވެސް އަވަސްވެގަތީ  ވަގުތު ފާއިތުނުވަނީސް ނަމާދު ކުރަން ދިއުމަށެވެ.

ރިޒާން ކޮޓަރިއަށްވަދެ އަވަސްވެގަތީ ފެންވަރަން ފާޙާނައަށް ވަންނާށެވެ. އެހެންކަމުން ލައިގެންހުރި ޓީ ޝާޓު ބާލާފައި އެނދުގައި ހެވިފައިއިން އައިހަމްގެ ގާތަށް އައިސް އޭނާގެ ކޮލަށް ދޮނެއް ދިނުމަށްފަހު ފާޙާނާ ތެރެއަށްވަނެވެ. ފާޙާނާގެ ދޮރު ލެއްޕުމާއެކު ގޭމު ކުޅެން އިން އައިހަމް ފާހާނާއަށް ފުންނަޒަރަކުން ބަލާލީ މޫނުމައްޗަށް ނުލަފާ ކުލަވަރެއް އަރުވަމުންނެވެ. އެއިރު އައިޝާ ވީ އައިހަމަށް ކިރުތައްޓެއް ހެދުމަށް ބަދިގެއަށް ގޮސްފައެވެ. ތުވާއްޔެއް އޮޅާލައިގެން ފާޙާނައަށްވަތް ރިޒާން ތުވާލި ގައިންވަކިކޮށް ފާޙާނާގެ ދޮރުގައި ހުރި ބުޅިގަނޑަކު އަޅުވައިލިއެވެ. އެއަށްފަހު މޫނުދޮންނަ ލޯގަނޑު ކުރިމައްޗަށް އަރައި ދަތްދޮޅިވަށައިގެން އަތް ކާއްތާލީ ލޯގަނޑުން އަމިއްލަ ސޫރަބަލަމުންނެވެ. ބުރުހުގައި ބޭސްޖަހައި ދަތްޕިލަ އުނގުޅައި ނިންމާލުމަށްފަހު އަނގަދޮވެލިއެވެ. ތިންފިޔަވަޅު އަޅާލުމަށްފަހު ފެންވަރާ މާގަނޑުދަށަށް ރިޒާން ހުއްޓިފައި ފެންދޫކޮށްލިއެވެ. އަދި ވާރޭވެހޭހެން ފައިބަމުން ދިޔަ ފެންތަކުގެ ތެރޭގައި ހަމަޖެހިލައިގެން ފެންވަރަން ފެށީ ކައިރީގައި ހުރި ފާޙާނާތަށީގެ ފެން ޓޭންކުމަތީގައި ބަހައްޓާފައި ހުރި ސައިބޯނިފުޅިން ސައިބޯނިކޮޅެއް އަތަށްނަގަމުންނެވެ. ބިޔަ ވަރުގަދަ ހަށިގަނޑު ތެތްމާލުމަށްފަހު ރިޒާން ފެންމާގަނޑުން ފެން ބަންދުކޮށްލިއެވެ. އަދި އިސްތަށި ގިނަ މުޅި ހަށިގަނޑުގައި ސައިބޯނި ލައި އަވަދިވިއެވެ. އެއަށްފަހު ޝޭންޕޫފުޅިން ޝޭންޕޫފޮދެއް އަތަށް އަޅައި ބޮލުގައި ލާންފެށިއެވެ. އަތުގެ އިނގިލިތަކުން  ބޮލުގެ އިސްތަށިގަނޑު ކާއްތަމުން ދިޔައިރު މޫނުގައި ސައިބޯނިހުރުމުން ރިޒާންގެ ލޯވަނީ ލައްޕާ ތަގުޅިކޮށްފައެވެ. ކުއްލިއަކަށް ބޮލުގައި އަތްކާއްތަމުން ދަނިކޮށް ސިއްސައިގެން ގޮސް ސައިބޯންޏާއެކު ދެލޯ ހުޅުވުނީ އޭނާގެ އިނގިލިތަކުގެ އިތުރުން އެހެން މީހެއްގެ އިނގިލިތަކެއް ބޮލުގައި އުޅޭހެން ހީވެގެންނެވެ. އަވަހަށް މޫނުގައި ހުރި ސައިބޯނިތައް ފޮހެލާފައި ރިޒާން ފަހަތަށް އެނބުރުނެވެ. ކުރިމަތީގައި ޓައިލްސް ޖަހާފައިހުރި ފާރަށް ލެނގިލައިގެން ހުސްގަޔާ ހެވިފައި  ހުރި އައިޝާފެނުމުން ރިޒާން ސިއްސައިގެންދިޔައެވެ. އެހެނަސް އައިޝާގެ ހިނިތުންވެފައިވާ މޫނުފެނުމުން ރިޒާންވެސް ހިނިތުންވެލިއެވެ. އެއަށްފަހު އަނެއްކާވެސް ހުރިކޮޅަށް އެނބުރުނީ އޭނާއާއި އެކު ފެންވަރަން އައިޝާ އައީކަމަށް ހީކޮށެވެ. ފެންވަރާ މާގަނޑުން ފެންދޫކޮށްލީ އަވަހަށް ގައިގައި ހުރި ސައިބޯންޏާ ޝޭންޕޫއިން ތާހިރުވެގަންނާށެވެ. އޭރު ފުރަގަހުން ރިޒާންގެ ބުރަކަށީގައި އައިޝާ މަޑުމަޑުން އަތްކާއްތަމުންދެއެވެ. މާގަނޑުން އޮހެމުންދިޔަ ފެންތަކުތެރޭގައި ރިޒާން ވާހަކަދައްކަމުން ދިޔައިރު އައިޝާ ހުރީ އަނގައިންވެސް ނުބުނެއެވެ. އިރުކޮޅަކުން  ރިޒާންގެ ބުރަކަށީގައި އައިޝާގެ އަތްކޭއްތުން ހުއްޓާލުމުން ފެންވަރަން ހުރި ރިޒާން ފެންވަރާ މާގަނޑު ބަންދުކޮށްލައި ފަހަތްއެނބުރި ބަލާލިއެވެ. މީގެ ސިކުންތެއްކުރިން ރިޒާންގެ ގާތުގައި ހުރި އައިޝާ އެތާ ނެތުމުން ރިޒާން  ކޮންމެވެސް ވަރަކަށް ހާސްވިއެވެ. އެހެންނަމަވެސް އޭނާ ފެންވަރަން ފުރުސަތުދީފައި އައިޝާ އަވަހަށް ނުކުތީކަމަށް ހީކޮށް ރިޒާންވެސް އަވަހަށް ގައިދޮވެލައި ތާހިރުވެގެން ވުލޫކޮށްގެން ތުވާލިއޮޅައިގެން  ފާޙާނައިން ނުކުތެވެ.  ރިޒާން މުޅިކޮޓަރިތެރެއަށް ނަޒަރުހިންގާލައި ހޯދާލީ އޭނާއާއިއެކު ފެންވަރަން ހުރި އައިޝާއަށް ވީނުވީއެއްނޭނގުމުންނެވެ. އެއިރު ކޮޓަރިތެރޭގައި ހުރި ގޯތި ބިއްދޮށް ފެންނަ ކުޑަދޮރު ހުރީ ހުޅުވާ އަޅާފައެވެ. އޭގައި ހަރުކޮށްފައި ހުރި ދޮރުފޮތިތައް ވަޔާ ވިހުރެމުންދެއެވެ. ދަރިފުޅު އައިހަމްވެސް ކޮޓަރިއަކު ނެތެވެ. ކޮންމެއަކަސް ކުޑަދޮރުލައްޕާލާފައި ދޮރުފޮތިތައް ކަހާލާފައި ރިޒާން އަވަހަށް ހެދުންލައި ތައްޔާރުވެގެން މިސްކިތަށްދާން ކޮޓަރިންނިކުތީ އައިހަމް ގޮވައިގެން އައިޝާ ބަދިގެއަށް ދިޔައީ ކަމަށް ހީކޮށްގެން ހުރެއެވެ.

(ނުނިމޭ)

7
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Maree

Not a professional writer by any mean! Just a learner! Trying to express the thoughts that comes to my mind.

Other Articles

Previous

ކުށްވެރިޔަކީ… (5)

Next

އަނިޔާ.. 19 ވަނަ ބައި

Next
December 27, 2015

އަނިޔާ.. 19 ވަނަ ބައި

Previews
December 26, 2015

ކުށްވެރިޔަކީ… (5)

34 Comments

  1. shazlyn says:
    December 27, 2015 at 12:56 am

    Wow… i like that scene under the shower…. mirey nukerunu fenvaran dhaakah… maadhama fenvaraany….. ooohhh its realy creepy

    1. Maree says:
      December 27, 2015 at 1:47 am

      Hehe aslutha ?? Thanks

  2. MarSha says:
    December 27, 2015 at 1:26 am

    Oh my!!!! Faahana ah dhen laahikeh noon mirey vannaakah… birun halaaku vaane… vaahaka liyunu iru maree bireh nuganeytha alhe? Yagyn marsha akah nukereyne mikahala biruveri vaahaka eh liyaakah… aawwwwsommmm story… like this lots n lots.. waiting for prt 7..

    1. Maree says:
      December 27, 2015 at 1:48 am

      Hehe dhuvaalu liyunee.. Hehe thanks

  3. Lana says:
    December 27, 2015 at 2:17 am

    vaahaka kiyan fashaafa medhu therein baqara surah jahaigen miothy mihaaru ??? v v biruveri.. i like this story.. dhen nukereyne mirey blanket dhashun nikunnan ves.. ekam baeh faharu eba heevey fai kairi ehcheh oiy hen ves eeeks!!!

    1. Maree says:
      December 27, 2015 at 8:14 am

      U made me laugh! Hahah Asluves tha hama . I thought this part isn’t that scary hehe

  4. ***** says:
    December 27, 2015 at 9:14 am

    kn irakun part 7 naraany avas kohba plssssssssss

  5. afy says:
    December 27, 2015 at 9:30 am

    Aslu ehaa scary eh noon dhw….masha allah v v reethi mibai ves. Nxt part avahah up koh dhehchey maree.nxt prt miah vureh scary kohlahchey.

  6. maahish? says:
    December 27, 2015 at 10:47 am

    Salhi egey..waiting next part ah

  7. unn says:
    December 27, 2015 at 11:49 am

    amayyai… ulhey gotheh… dhn ehaa ehaa biruveri eh noon… mee hama aadhaige story eh hama… biruveri vahaka eh v ma dhn biruverivaanethaa dhw… ekamaku myhaku birun fiykandaigen dhaa varu nuvey mi vahaka kiyaafa… vahaka varah reethi

    1. Maree says:
      December 27, 2015 at 12:01 pm

      Hehehe nice comment!

  8. mice says:
    December 27, 2015 at 11:57 am

    varah reethi mibai vex…..

  9. Example says:
    December 27, 2015 at 12:28 pm

    Huh…… Ehves biruveri eh noon…. Foohi miah vure reethi ehcheh liyeveythw balaa

    1. Maree says:
      December 27, 2015 at 12:31 pm

      Biruveri vaahakaiga vaan jehenee hus biruveri kanthah ekani tha ? Fruitful comment eh kolli nama ennu. Example example eh dhin nama Ennu dhen. Reethi nuvaa hen heevanyya nukiya dear! Anyway foohivegen ves kiyaaleema thank you ;p

  10. Eeamy says:
    December 27, 2015 at 12:43 pm

    Alhe maree vvvvvvvvvvvv reethi mi vaahaka…….. Thanks mihaa reethi vaahaka eh liyaashey….. Hama story perfect ingey…. Ehen meehun kiyaa ehchehsa alhaa nulaa thi gothuga hiyvaraaeku kuri ah dhey… Lov u maree….

    1. Maree says:
      December 27, 2015 at 12:52 pm

      Thanks 🙂

  11. Eeamy says:
    December 27, 2015 at 12:45 pm

    Liyaathee*

  12. Ahlaam says:
    December 27, 2015 at 12:50 pm

    Nice story…though meehunge names gina veema confusevey kudakoh..mi story kiyaafa dhen fenvaran toilet ah vannan ves nukereyne..anyways keep it up.

    1. Maree says:
      December 27, 2015 at 12:56 pm

      Ma meehun ginaee dho .. Hehe thank you

  13. Example says:
    December 27, 2015 at 1:50 pm

    Mashah hama reethee mi site ga liyaa vaahaka thakuge thereyn fohe veynebaa ekani………

    1. Lol says:
      December 28, 2015 at 5:50 am

      Dhen keekkuran ehen vaahaka kiyanee? Nukiyaabala. Comment ves nukohbala. Kaakutha buny mivaahaka kiyaashey ???

  14. Mee says:
    December 27, 2015 at 8:51 pm

    Yah!!! Maree Aslu dhaa biruveri eh noon next part miah vure biruveri koh genesdhehchey .. ? anyways vaahaka Hama v obi ???? keep up the good work drling..??

  15. Mee says:
    December 27, 2015 at 8:52 pm

    Ehaa***

  16. farey says:
    December 27, 2015 at 11:07 pm

    Vvv salhi

  17. Maree says:
    December 28, 2015 at 12:16 pm

    Majaa comments this time !! Thanks for the support though 🙂 in Sha allah next part coming very soon

  18. %%% says:
    December 29, 2015 at 8:07 am

    avas plsssss

  19. hafu☺ says:
    December 29, 2015 at 11:30 am

    Vvv reethi

  20. Maree says:
    December 30, 2015 at 8:50 am

    Sorry for the delay.. I’m having some problems in my laptop. But hopefully will upload ASAP 🙁

  21. Shim says:
    January 1, 2016 at 5:56 pm

    Avahah up kohdybala………………

  22. Lana says:
    January 1, 2016 at 7:24 pm

    Oh no laptop halaaku v tha? dhemme mi fenuny comment.. avaha up koh dheeeee plzzzz

  23. Ladhu says:
    January 1, 2016 at 11:32 pm

    Mi story ge anehba wen annanii

  24. Shareef says:
    January 2, 2016 at 2:34 pm

    Vaahaka varah reethi…. Maa bodah biruveri kuraa ne kaneh nei , eyrun fake vaane 🙂 part 7 dhen kon irakun??? Maa dhigu nukoh ninnmaslachcheyyy ✌?

  25. Babyluv says:
    January 2, 2016 at 10:24 pm

    Ey Mareeeeeeeeeee …. Haadha lahey… Avas kohbala… Vaahaka nuneri maaa gina dhuvas vanee 😉 manjeyyyy avas kureyyyy

  26. Ream says:
    January 28, 2016 at 2:47 pm

    Not tha much scary.. Bt yes its really interesting. ????????

Comments are closed.

All Right Reserved!