އެރޭ އެއްގަޑި ބައިހާއިރު ޔޫކޯ އާއި މިޒޫކީ ކޯރިޑޯއަށް ނިކުތެވެ. އެކުދިންނަށް ކާމިޔާބު ދެއްވާތޯ ޝެރިން ހިތާހިތުން ދުޢާކުރަމުންދިޔަ އެވެ. ނޭނގޭ ސަބަބަކާހުރެ ޝެރިންގެ ލޮލަކަށް އެއްގޮތަކަށްވެސް ނިންޖެއް ނައެވެ. މިޒޫކީ އާއި ޔޫކޯއަށް ވާނޭ ގޮތަކާމެދު ފިކުރު ކުރެވެނީ އެވެ. ބަރާބަރު ދެގަޑިއިރު އެހެން ގޮދަޑީގައި ފުރޮޅިލަ ފުރޮޅިލަ އޮތުމަށްފަހު ޝެރިން ތެދުވެއްޖެ އެވެ. ޔޫކޯމެންގެ ޚަބަރެއް ނުވި އެވެ. ހާސްވެ ކަންބޮޑުވެފައި ޝެރިނަށް ކޯރިޑޯއަށް ނިކުމެވުނީ އިޚްތިޔާރަކާނުލަ އެވެ. އެއަނދިރި ކޯރިޑޯގެ ތެރެއިންލާފައި ޝެރިން […]
ޝެރިން ފެނުމާއެކުހެން ޖޭޑާއިއެކު އައިސް ހުންނަ ‘ނުރައްކާ’ މީހާ ހީވީ އަނދައިގަތް ހެންނެވެ. ޝެރިނަށް ގޮވާ ގާތަށް ގެނެސް އެއްކަލަ ހޮޅިގަނޑު ނެގިތަނުން، ޝެރިން ދެލޯމަރާލީ ލިބޭނޭ ވޭން މާކުރިން އިޙުޞާޞްވާހެން ހީވީމަ އެވެ. ފުރަތަމަ ޖެހި ޖެހުމުންވެސް ހީވީ ޝެރިންގެ ގައިގައިވި ހުރިހާ ކަށްޓެއް ބިންދައިގެންދިޔަ ހެންނެވެ. ތަދުވެގެންގޮސް ހަޅޭއްލަވާގަނެވުން މެއެވެ. މޫނުމައްޗަށް އަނދިރިވެ، ހުރިތަނަށް ތިރިވެވުނެވެ. ނަމަވެސް ދެވަނަ ފަހަރަށް ޝެރިންގެ ގައިގައި ނުޖަހާ ގިނައިރު ވާން ފެށުމުން އިސްނަގާ ބަލާލި އިރު ފެނުނު […]
ދާނިޔާ އިރުއިރުކޮޅަކާ ނީމްމެންގެ ފޮޓޯ ނަގަމުން ގެންދެ އެވެ. މިކައިވެނި ކުރެވުނީ ދިނާޔާގެ ހިތްހަމަ ޖައްސައިދެވޭތޯ އެވެ. ޝެރިން ގެއްލުމުގެ ހިތާމަ ލުއި ކޮށްދެވޭތޯ އެވެ. މިކަން ކޮންމެވެސް ވަރަކަށް ކާމިޔާބުވެސް ވެއްޖެ އެވެ. ދިނާޔާގެ މޫނުމަތި މިއަދު އުޖާލާވެ އަލިވެފައި ވަނީ އޭނާއަށް ޅީދަރިއެއް ލިބުމުންނެވެ. ދިނާޔާ ގާތު ސަޢުދިއްޔާ އާއި، އެހެން ވަރަށް ގިނަ އަންހެނުން ތިއްބެވެ. ހުރިހާ އެންމެންވެސް ހީކޮށްގެން ތިބީ ދެން ދިނާޔާއަށް އުފާވެރިކަމެއް ލިބޭނެ ކަމަށެވެ. ނަމަވެސް ތަގުދީރު މިކަމަށް […]
މިޝްކާ އެ ބޭސްގުޅަ ކެއުމުން އަލީނާ ވެސް އެއިން ގުޅައެއް ދީބަލާށޭ ބުނެލިއެވެ. މިޝްކާގެ ޕްލޭން ކާމިޔާބު ވުމުން ވަރަށް އުފާވިއެވެ. އަލީނާއަށް ބޭސްގުޅަ ދިނުމަށްފަހު ރިޒާއަށް މެސެޖަކުން ބޭސް ދިން ވާހަކަ ބުނެލިއެވެ. އަލީނާއާއި ވާހަކަ ދައްކަމުން އެނދުގެ މަގަތުގައި މިޝްކާވެސް ހަމަޖެހިލައި އޮށޯވެލިއެވެ. މިހެން ދެމީހުން ވާހަކަ ދައްކަން ތިބެވުނީ ކިހާ އިރެއް ވަންދެން ކަން އެކަކަށްވެސް ނޭނގުނެވެ. ފުން ނިންޖަކުން ނިދާފައިވާ މިޝްކާއަށް ލޯހުޅުވާލެވުނީ މީހަކު އޭނާގެ ނަމުން ގޮވާތީއެވެ. މޯޅިއަކަށް ދެމެމުން […]
ެ. އެކުދިން ހުރިހާ ކަމެއް ކުރަނީވެސް އެކޮޓަރީގަ އެވެ. އެއީ ވަރަށް ބޮޑު ކޮޓަރިއެއް ނަމަވެސް ވިއްސަކަށް ކުދިން ތިބެންޏާ އެއީ ކުޑަ ޖިފުޓިގަނޑެކޭ ވެސް ބުނެވިދާނެ އެވެ. ނިދާ އެނދެއް ނުހުރެ އެވެ. ގާތްގަނޑަކަށް އަށެއްކަ ގޮދަޑި އެހުރިހާކުދިން ހިއްސާކުރެ އެވެ. ކަނީވެސް ފެންވަރު ދެރަ ކާނާ އެވެ. ބިސްކޯދާއި ޕާނާއި، ކިރު ފަދަ ބާވަތްތަކެވެ. ޝެރިންގެ ލޮލުން ކަރުނަ ހިލުނެވެ. އޭނާ މަންމަމެން ގާތު ހުރިއިރު ކަނީ ވީހާވެސް މީރު އެއްޗެހިންނެވެ. އަގުބޮޑު ކާތަކެއްޗެވެ. […]
“ބިރުނުގަނޭ… އަހަރެމެންނަކީވެސް ޝެރިން ކަހަލަ ހާލުގަ ޖެހިފައިވާ ކުދިން. މިތާމީހުން ކިތަންމެ ރަނގަޅަސް، މަސައްކަތް ނުކުރަންޏާ އެދުވަސް ދިޔައީ… އަހަރެމެންގެ ޢާއިލާތަކާއި ވަކިކޮށްފަ އެމީހުން އަހަރެމެން މިތަނަށް ގެންނަނީ މަސައްކަތް ކުރުވަން ވެގެން. މިއީ ފަރުނީޗަރު އުފައްދާ ތަނެއް. އެކިކަހަލަ ފަރުނީޗަރު އުފައްދާނެ. މުށި ކެފުމާ، ލަކުޑި އޮމާން ކުރުމާ، އެނދުގަ އަޅާ ރަޖާ ފެހުމާ، ފޮތި ކެނޑުން މިއީ ހުސް އަހަރެމެން އެންމެން ކުރަންޖެހޭ މަސައްކަތް… މަސައްކަތް ނުކޮށްފިނަމަ މިމީހުން ވަރަށް އަނިޔާ ކުރާނެ. މިއީ […]
މިޝްކާ ސަމާސާ ކުރުމުން ކަޔާން ވެސް އެކަމުގައި ބައިވެރި ވެލިއެވެ. “ޔާ… ހަމަ ތެދެއް ތިބުނީ… އިރު އެރީވެސް މިތާ ހުއްޓާ…” ކަޔާންގެ އެ ޖުމްލައަށްފަހު އެ ދެމެދުގައި ވާހަކައެއް ނުދެކެވި ހަމަހިމޭން ކަމުގެ ވަގުތުކޮޅެއް ދިޔައެވެ. އެންމެފަހުން ކަޔާން އޭނާ އޮޅުން ފިލުވަން ބޭނުންވާ ވާހަކަ އަހާލިއެވެ. “އޯކޭ ނައު ޓެލްމީ…. އަސްލު ކީއްވެ އަލީނާ އަހަރެންނާ ދުރަށް ދިޔައީ؟… ޑިޑް ޝީ މެޓް ސަމްވަން؟…” މިޝްކާ ނޫނެކޭ ބުނާ ފަދައަކުން ދެއަތަށް ބޯ ހޫރާލަމުން […]
ދިރި ދުނިޔޭގައި އެބަ ހުރިކަމެއް، ނޫނީ ނުބައި މީހުންތަކެއްގެ ޝިކާރައަކަށް ވީކަމެއް އެއްވެސް ގޮތަކަށް ނޭނގެ އެވެ. ނަމަވެސް ދެންމެ އެފެނުނު ހުވަފެނަކީ ހަމަގައިމުވެސް ކޮންމެވެސް ނުބައެއް އުޅޭ ކަމުގެ ސިގްނަލެއްކަން ދާނިޔާއަށް ވިސްނެން ފެށީ ކީއްވެކަމެއް ޚުދު އޭނާއަކަށްވެސް ނޭނގުނެވެ. ………………………………………… އެޕާޓްމަންޓް ތެރެއަށް މިކްޔާލްގެ ފޮށިތައް ލުމުގެ މަސައްކަތުގައި ސުޖާޢު، މިކްޔާލާއެކު ފޮނުވި ދެތިން މީހުން އުޅެ އެވެ. އޭރު މިކްޔާލް އޭނާގެ ކޮޓަރީ ބެލްކަނީގެ ރެއިލިންގައި ހިފަހައްޓައިގެން ހުއްޓެވެ. ދުރުދުރުން ފެންނަ […]
“ކޮން ކަމަކާ ތި ހާސްވަނީ ހިނގާ ނިދަންދާން…. އޭނަ އެބައޮތް ނިދާފަ… ރާއިފްމެން ކޮންމެ ކަހަލަ ވާހަކައެއްވެސް ދައްކަފާނެ….” މަޒީންގެ ކޮނޑަށް އަތް ވައްޓާލައިގެން ދެމީހުން އެކީގައި ޓެންޓުތަކާއި ދިމާލަށް މިސްރާބު ޖެހިއެވެ. މަޒީނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ވިޝާލް ގުޑްނައިޓް ކިޔާ ފޯނުބޭއްވުމުން ތޫބާގެ ފޯނުގެ ޑިސްޕްލޭ ޒީކް ނިއްވާލިއެވެ. ގަދަޔަށް ނިދާފައިވާ ތޫބާއާ ދިމާލަށް ޒީކް އެނބުރިލީ ނުލަފާ ހިނިތުން ވުމަކާއި އެކީގައެވެ. އޭރު ތޫބާ އޮތީ ގަދަޔަށް ނިދާފައެވެ. ތޫބާގެ އަޑުން ވިޝާލްގެ […]