“އަ… އަހަރެން….. ޒިލާލް އަހަންނަށްފެނުނީ ހުވަފެނުގައި…..” ހަނާ ވާހަކަދެއްކީ އާގަންނަމުންނެވެ. އިރުޝާދު ހަނާއާއި އާބިދާއަށް ކިޔެވެލި ކިޔެވިވަގުތުގައި ވީހުރިހާކަމެއް ކިޔާދިނެވެ. ބިރުންގޮސް އާބިދާގެދެފައި ތުރުތުރު އަޅައިގަނެގެންދިޔައެވެ. “މާތްކަލާކޯ… ހަނާދެކެ… ލޯބިވާ ޖިންނިއެކޭ؟” އާބިދާގެއަޑު ކިރިޔާނިކުންނަ ކަމެވެ. “ހަނާ ކިޔައިދީބަލަ.. ހުވަފެނުގައި ޒިލާލް ކީތްތަކުރީ؟. ” އިރުޝާދު އިތުރަށް އެނގެން ބޭނުންވިޔެވެ. ހަނާ ކަމެއްސިއްރުކުރާކަން އިރުޝާދުއަށް އެނގުނެވެ. “އަހަރެން ހަނދާނެއް ނެތް ހުވަފެނުގައި ވީގޮތެއް.” ހަނާ އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނުވިއެވެ. ހަނާއެކަނި ބާއްވަން ބޭނުންނުވާތީ އާބިދާވެސް […]
“ފެނޭތަ ކުދިކުދި ރަތް އަލިތަކެއް؟ ކޮންމެ އަލިކޮޅެއް ވީ ދިމާގައި ހުންނާނީ ނުފެންނަ ގޮތަށް ހަރުކުރެވިފައިވާ ކެމެރާއެއް…” ޖޭޑް ޖަވާބު ދިނެވެ. “ދެން ކިހިނެތް އަހަރެމެން އެއަށް ނާރާނޭ ގޮތަށް އުޅޭނީ؟ މުޅި މިތަނުގަ އެބަހުރި ކެމެރާ ހަރުކޮށްފަ… އެއިން އެއްޗަކަށް ނާރާ މިތަނުން ނިކުންނަން އުޅުމަކީ މުސްތަޙީލު ކަމެއް…” ޝެރިން ބުންޏެވެ. އެއާއިއެކު ރާނީ އޭނާގެ ދަބަހުން އަލި ކުރާފަދަ ޓޯޗު ތަކެއް ނެގި އެވެ. “ތީ ކޮންއެއްޗެއް؟” ޔައިން އެހި އެވެ. “މިއީ އިންފްރާރެޑް […]
ހަށިގަނޑުގެތެރެއަށް ފާޑެއްގެ ދިލަހޫނެއް ވާންފެށިހެން ހީވެގެން ހަނާތެދުވެ ހިނގައިގަންނަށް މަސައްކަތް ކުރިވަގުތު ބޮލަށް އަރައިގެންދިޔަ ކުއްލިތަދަކާއިއެކު ހަނާ ވެއްޓެންދިޔައެވެ. އިރުޝާދު އެއްލިއަތުން ހަނާގެގައިގައި ބާރަށްހިފެހެއްޓިއެވެ. ގަޔަށް އަރައިގަނެގެންދިޔަ ކުއްލިބާރަކާއިއެކު ހަނާތެޅިފޮޅިގަތެވެ. އިރުޝާދުގެއަތުން ހަނާދޫވެ ބިންމައްޗަށް ވެއްޓުނެވެ. ރޯމަހެއް އެއްގަމަށް އެއްލުމުން ތެޅޭފަދައިން ހަނާބިންމަތީގައިއޮވެ ތެޅެމުންދިޔައެވެ. އިރުޝާދުއާއި ހަސަނަށް ހަނާ މައިތިރި ނުވުމުން ހެކިވެރިންގެގޮތުގައި ގެނައި ބަކުރާއި ރަހުމާނުވެސް އެމީހުންނާ ބައިވެރިވެ ހަނާހިފެހެއްޓޭތޯ މަސައްކަތް ކުރަންފެށިއެވެ. ވަރުގަދައަޑެއް ކަރުތެރެއިންނެރެ ހަޅޭއްލަވަމުންދަނިކޮށް ހަނާގެއަނގައިން ހުދުފޮނުތަކެއް ފައިބަގެތެވެ. އާބިދާއަށް މިވަނީކީއްކަން ނޭނގިފައި […]
“ހީވަނީ މިއީ އެލާޖިކެއްހެން.. އެތަން ކެހުނީމަ މިހިރީ ސަކަރާތްވެފައި..” ލުޔޫންގެ ކަނދުރާ ބަލައިލަމުން ޑޮކްޓަރ ބުނެލިއެވެ. “ވަރަށް ހިރުވައި.. އެހެންވެ ކެހެނީ..” ލުޔޫން އޭނާގެ ސްކާފުން އެތަން ފޮރުވާލަމުން ބުނެލިއެވެ. “ހިރުވިއަސް އެހާ ބޮޑަށް ނުކެހޭތޯ ބަލައި.. ދެން ތިތަން އެހައި ބޮޑަށް ކަވާ ނުކުރޭ..” ޑޮކްޓަރ ބޭސް ސިޓީ ލީވާންއާއި ހަވާލުކުރަމުން ބުނެލިއެވެ. ގެއަށް އައިސް ވައިން ލުޔޫންގެ ފަހަތުންއައި ލީވާން ފެނި ނާޒިމާ ސޯފާއިން ތެދުވިއެވެ. “ދަރިފުޅާ.. ކިހިނެތްވީ؟” ލުޔޫން ހުރިގޮތުން ކަމެއް ގޯސްކަން […]
ފާޚާނާއިން ނިކުތްގޮތަށް ހަނާއަށް އެނދުމައްޗަށް ވެއްޓިގަނެވުނެ. ވެފައިވާވަރުބައްޔާ، އަޅަމުންދާވޭނަށް ކެތްނުވެގެން ދެލޯމަރާލެވުނެވެ. ރަނގަޅަށް ނުނިދެނީސް ހަނާގެ ފޭރާމެއްނެތް ރީތިހަށިގަނޑުގައި ޒިލާލްގެ މަޑުއަތްތިލައިގެ ބީހުމުގެ އިހުސާސް ވާންފެށިއެވެ. ބަނޑާއި މުޅިގައިގައި ފިރުމަންފެށުމުން އަޅަމުންދާ ވޭނަށް ލުއިކަން ލިބެންފެށިއެވެ. އެހެންއޮއްވާހަނާއަށް ނިދުނީ ހުރިހާތަދެއް ފިލައިގެން ދިއުމުންނެވެ. ހަނާއޮތީ ޒިލާލްގެ މޭގައި ބޯއަޅާލައިގެން ޒިލާލްގެ ބޮލުގެ އިސްތަށިގަނޑާ ކުޅޭށެވެ. “ވަރަށް ތަދުވޭދޯ؟. ހަނާ ހާދަ ހިތްވަރުގަދައޭ.” ޒިލާލްމަޑުމަޑުން ހަނާގެ ބަނޑުގައި ފިރުމާލިއެވެ. “ބަލާބަލަ މިއޮށްކުޑަކުޑަ ފުއްކޮޅު ނިދާލާފައި އޮތްލެއް ލޯބިކަން. މިދަރިފުޅަށް […]
ހަނާއަށްލިބުނު ހައިރާންކަމާއެކު އާބިދާގެ ކޮނޑުގައި ހިފައިދުރުކޮށްލެވުނެވެ. “އިރުޝާދުއަށް ކިހިނެއްވީ؟… ” ހަނާއަށް ބާރަށް ރޮއިގަނެވުނެވެ. “މަންމާ.. އިރުޝާދުއަށް ކިހިނެއްވީތަ؟…” އާބިދާގެ ކޮނޑުގައި ހިފާތަޅުވައިގަންނަމުން ހަނާ ސުވާލު ތަކުރާރުކުރިއެވެ. “ދަރިފުޅާ.. އިރުޝާދު އުޅުނީ އެގޭދޯނި ތެރޭގައި މަސައްކަތްކުރަން…. އުޅެނިކޮށް… އޭނާވަތުތެރެއަށް ވެއްޓި ބޯޖެހުނީ ވަތުތެރޭގައިއޮތް ފުރޯގެމިޔައިގަ…. ބޮލުގެ ފުށްކިބައިން ފުންކޮށް ފަޅައިގެންގޮސްފައިހުރި ތަނުން ހޯސްލާފައި ލޭއަންނީ…. ހެލްތު ސެންޓަރަށް ގެންދިޔައިރު އެފަކީރުގެ ހެޔެއްވެސްނެތް…. ” އާބިދާ ރޮމުން ވީގޮތްކިޔާދިނެވެ. ހަނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނައޮހެމުން ދިޔައެވެ. އޭނާ މިއަދު […]
ދެވަނަ ބުރިން ފެންނަމުން ދިޔައީ ކޮޓަރިތަކެކެވެ. ތިންވަނަ ބުރިން ފެންނަމުން ދިޔައީ ކުޅިވަރު ކުޅުމަށް ހާއްސަކޮށް ހަދާފައިވާ ތަނެއް ގޮތަށެވެ. ދިމަ ދިމާލުގައި މޭޒު ޖާހާފައިވާއިރު އެކި މޭޒުތަކުގައި އެކި ކަހަލަ ކުޅިވަރުތައް ކުޅެވެން ހުއްޓެވެ. އޮށްވަޅު ގޮނޑިއާއި، ކެރަމްއާއި، ތާސްބަޔާއި، ރާޒުވާއާއި، ސްކްރޭބަލްއާއި، މޮނޮޕޮލީއެވެ. އޭރުވެސް ބައެއް ބަލިމީހުން ކުޅެން ތިބިތަން ފެނުނެވެ. ހަތަރުވަނަ ބުރިއަށް ލިފްޓް އައިސް ހުޅުވުމުން މިޝްކާމެން އަވަހަށް ލިފްޓުން ފޭބިއެވެ. އެބައިގައި ފެންނަންހުރި ކުޑަ ކައުންޓަރ ކައިރިއަށް ތިންމީހުން ދިޔައީ […]
“ޝެރިން… ތޭންކްސް…!” ޖޭޑް ވާހަކަ ދެއްކީ ޝެރިނާއެވެ. “ކޮންކަމަކާ…؟” ޝެރިން މަޑުމަޑުން އަހާލި އެވެ. “އަހަރެން ކޯމާގަ އޮތްއިރު ޝެރިން ދެއްކި ހުރިހާ ވާހަކައެއް އަޑު އިވުނު… އެވަގުތު އަހަންނަށް ބުނެދޭން ނޭނގޭ ހިތްހަމަ ޖެހުމެއް ލިބިގެން ދިޔަ… ކޮންމެ ދުވަހަކުވެސް އަހަރެންގެ ފޫހިފިލައިގެން ދަނީ ޝެރިންގެ އޯގާތެރި ބަސްތަކުން. އެބަސްތައްވީ އަހަރެންގެ ޒަޚަމްތަކަށް ލެއްވި ޝިފާއެއް ކަމުގަ… އަހަރެން ބޭނުންވީ ކޯމާގަ ދުވަހަކުވެސް ނުހޭލާ އޮންނަން… އޭރުން ކޮންމެ ދުވަހަކުވެސް ޝެރިން އަހަރެން ގާތުގައި ހުންނާނެތީ… […]
ރޭގަނޑުގެ ކެއުމަށް އެންމެން އިންސާފުކުރަމުން ދިޔައިރު ލުޔޫން ބަތްތަށި ހާވާލަ ހާވާލަ އިނެވެ. “ދަރިފުޅާ ދެން ތިހެން ނީނދެ ތަންކޮޅެއް އަވަހަށް ކައިބަލަ.” ނާޒިމާ ކައިނިމިގެން ތެދުވަމުން ބުނެލިއެވެ. ލުޔޫން ހޫމް އަޅުވާލުމަށްފަހު ވެސް ހަމައެގޮތަށް ނެގި މަޑުވެފައި އިނެވެ. މިރޭ އޭނާ އެއްގޮތަކަށް ވެސް ކާހިތެއްނެތެވެ. ލީވާންއަށް ގުޅިއިރު އޭނާ ނިދިފައި އޮތުމުން އުނދަގޫ ނުކުރާން އަޅާނުލީއެވެ. އެވަރަށް ދަތުރު ކުރީމައި ހުންނަނީ ވެސް ވަރުބަލި ވެފަތާއެވެ. ކައިނިމިގެން ފެންބޯންހުރި ހައިމް ތަށި މޭޒުމަތީގައި ނުބެހެއްޓި […]