ހަސަންބެ ބަލަންނުހުރެ، ކިޔެވެލި ކިޔަވަމުން އައިހަމާއި ދިމާލަށްއެނބުރުނީ ޒާކްގެ ވާހަކަދެއްކުންހުއްޓި ހަށިފުރާ ނޭވާއެއް ލި އަޑު އިވި އެކުއްޖާ ބިންމައްޗަށް ދެމުމުންނެވެ. އަދި ކިޔެވެލި ކިޔަވަމުން ދިޔަހިނދު، ރިޝްފާމެންނަށްބަލާލައި، އިޝާރާތުން ކުދިންތައް ބިންމަތިން ނެގުމަށް އަންގާލިއެވެ. އެހެންކަމުން ބަލަންތިބި އެންމެންއައިސް އަވަސް އަވަހަށް ކުދިންތައް ނަގައި ގޭތެރޭގެ ކޮޓަރިއަކަށްވަނެވެ. އެއިރު އައިޝާއާއި އޭނާގެ ފިރިމީހާ ރިޒާންހުރީ އެމީހުންގެ ދަރިފުޅުގެ ސަލާމަތްކަމަށް އެދިއެދިއެވެ. ހަސަންބެ އައޫޒާއި ބިސްމިކިޔަންފެށީ ސޯފާމަތީ ދެލޯ ބޮޑުކޮށްގެން ރުޅިގަދަވެފައި އިން އައިހަމްގެ ބޮލުގައި އެއްއަތުން […]
“ކޮބާ؟ ކިހިނެއްވާންވީ؟ މިއޮތީ ޒާކް. އޭނަ އޮތީ ހޭނެތިފަ.” އައިޝާމެންގެ ބޮޑު ފެންޑާއިން އެތެރަށް ވަންނަމުން، ރިޝޫ ސުވާލުކުރީ ބިންމަތީގައި އިށީނދެގެން އައިހަމް ގާތު އިން ހަސަންބެއާއެވެ. ރިޝޫގެ ކުރީގައިހުރެގެން ޒާކް އަތްދަނޑިމައްޗަށްލަައިގެން ޝަޔާން އެއިރު އެގޭތެރެއަށްވަންނަނީއެވެ. ހުރި ހަމައެކަނި ދަރިފުޅަށް މީގެ އިރުކޮޅެއްކުރިން ވެގެންއުޅުން ގޮތް ހިތަށްއަރާވަރުން އެކަމާ ދެރަވެ ރިޝްފާއަށް ރޮވެމުންދިޔައެވެ. އެ ތުއްތު ހަށިގަނޑަށް ވެފައިވާ އަނިޔާ ހިތަށްއަރާވަރުންނެވެ. …………………………………………… ފަތިހު ޒާކް ނިދިންހޭލައިގެން އޭނާގެ ހަށިގަނޑު އެނދުމަތީގައި އޮވެ ކޮޅުކޮޅަށް އެނބުރުނުތަން […]
“ހަސަން! އަވަސްކުރޭ! އައިންތުގެ ދަރިފުޅާ، ރިޝޫގެދަރިފުޅަށް ކަމެއްވިތޯބަލާބަލަ! ދޭބަލަ!” ފާތުންނަށްވެގެން އުޅޭގޮތެއް އެއްކޮށް ނޭނގުނަސް، އޭނާގެ ކޮއްކޮމެންގެ ދަރިންނާވެސް ދިމާވެގެން އުޅޭކަންތައްތަކަކީ އާލިޔާއާވެސް ދިމާވެގެން އުޅޭކަންތައްކަމަށް ގަބޫލުކުރަމުން ބޭނުންވީ އެ ދަރިންކޮޅު ސަލާމަތުން ތިބިތޯ ބަލާށެވެ. ހަސަން ބަލާކަށްނުހުރެ އަވަސްވެގަތީ ފާތުން އެބުނިހެން އެ ގެތަކަށް ދާށެވެ. ކާއިރީގައިހުރި ޝަޔާންގެ އެކުވެރިޔާ ޔޫޝައު ގާތު ހިނގާށޭ ބުނެ އަވަހަށް ދޮރާދިމާލަށް އެރިތަނާ ހަސަންބެ ހަސަން ހުއްޓުވިއެވެ. “މަޑުކުރޭ!، އަހަރެން ބުނާ ގޮތެއްހަދަންޏާ، ކަލޭގެ އަންހެނުންނާ ދަރި ގޮވައިގެން […]
އައިހަމް ކުރަހަމުން ދިޔައީ ކަޅުކުލައިގެ މޫނެކެވެ. ހުދު ކަޅިއެއްލާފައިހުރި ބިރުވެރި ސިފައެއްގެ މޫނެކެ. ހަމަ އެވަގުތު ބޭއިޙްތިޔާރުގައި އައިޝާއަށް އައިހަމްގެ މޫނަށް ބަލާލެވުނެވެ. އެހިންދު އައިހަމްގެ މޫނުގެ ކުލަވަރުފެނި އައިޝާ ސިހިގެންދިޔައެވެ. އައިހަމް އެއިނީ ކުރަހަންއިން މަންޒަރަށް ބަލާކަށްނޫނެވެ. އޭނާ އެއިނީ ކޮޓރީގެ ފާޙާނާގެ ދޮރާދިމާލަށް ކަޅިހުއްޓައިގެނެވެ. ކުރަހަން އިން މަންޒަރު ޗޯކުކުލައިން ކުލަ ޖައްސަމުން ދިޔައިރުވެސް އައިހަމް ގެ ކަޅިއަކަށް ބަދަލެއްނާދެއެވެ. އައިހަމްގެ ހަލުވިހަރަކާތުން ކުރެހުން ފުރިހަމަކުރަމުންދިޔައިރު އޭނާއަކަށްވެސް ކުރެހޭއެއްޗެއްނޭނގެއެވެ. އެކުއްޖާގެ ކަރުއެނބުރިފައި އިންއިރު ހީވަނީ […]
އަށްވަނަ ބައި އިރުގެ ރަން ދޯދިން މުޅި ރަށް އަލިކުރަމުން އައި ވަގުތެވެ. އެކި ހިސާބު ހިސާބުން ހާލާ ކޮވެލީގެ އަޑުން މުޅި ރަށް ގުގުމަމުން ދެއެވެ. ފަތިހުގެ ފިނިކަން އިހުސާސް ކުރަމުން ރަށުގެ އެކި ހިސާބުގަނޑުން އަންހެންވެރިން މަގުމަތި ކުނި ކެހުމުގައި މަޝްއޫލުވެގެން އުޅޭ މަންޒަރުން އެރަށުގެ އަންހެނުންގެ ހީވާގިކަމާއި މުރާލިކަން ފެންނަމުންދެއެވެ. ގަޑިން 6ޖަހާ ބޮޑު ވެއްޖެއެވެ. ކޮޓަރީގައި ނިދިފައި އޮތް އައިންތަށް ހޭވެރިކަން ވީ އޭނާގެ ކޮޓަރީގެ ދޮރުގައި ބަންބަން ލާފައި މީހަކު […]
ހަތްވަނަ ބައި މަޢްރިބު ނަމާދުގެ ވަގުތު ފާއިތުވެ އިޝާވަގުތު ޖެހި ރަށު މިސްކިތުން ބަންގި ގޮވަމުންދެއެވެ. ރޭގަނޑުގެ އަނދިރިކަން މުޅިރަށަށްވެރިވެގެން ދިޔައިރު ރަށުގެ މަގުތަކުން މީހުން މަދުވެ ގެތަކުގެ ތެރެއިން އަޅުކަމައިގެން މީހުން އުޅެގަތެވެ. އެއްބަޔަކު ޤުރުއާން ކިޔަވަމުން ދިޔައިރު އަނެއްބަޔަކު ނަމާދު ކުރަމުންދެއެވެ. މިސްކިތުން ނަމާދުކުރާއަޑުވެސް ރަށުގެ ބޮޑު ހިސާބަކަށް އިވެމުން ދިޔައެވެ. ގަބުވެފައި އިން އައިހަމަށް ކާންދީ އަވަދިވުމަށްފަހު ނަމާދުކުރުމަށް ކޮޓަރިތެރެއަށް އައިޝާ ވަނީ ލީނާއާއި މަންމައާއިއެކު ގޯތި ތެރެ ހަމައަކަށް އަޅުވާލާފައި އައިހަމް […]
ހަވަނަ ބައި ފިހުނު ކުކުޅުފަޔާއި ސޮސެޖްގެ އިތުރުން ރޮއްޓާ ޕާނުން ގޯތިތެރޭގައި ހުރި މޭޒުމަތި ފުރަމުން އެއްބަޔަކު ދިޔައިރު އަނެއްބަޔަކު ދިޔައީ އެ ބާވަތްތަކުން ތަށިތައް ފުރުވަމުންނެވެ. އެކަކުއަނެކަކަށް މަޖާ ނަގަމުން ހީ ސަމާސާ ކުރަމުންދިޔައިރު ވަގުތު ހިނގަމުން ދާ ގޮތެއް އެކަކަށްވެސް ނޭނގެއެވެ. މި އުފަލުގައި ފާތުންނަށް ބައިވެރިނުވެވުނީތީ އެންމެންވެސް ތިބީ އެކަމާ ދެރަވެފައެވެ. އެއިރު ކޮޓަރީގައި ފާތުންގާތު މީގެ އިރުކޮޅެއްކުރިން ހުރި އައިސާމަނިކާއި އައިމިނާމަނިކެވެސް ބޭރަށްނުކުމެ އެންމެނާއިއެކު ކެއުމުގައި ބައިވެރިވެގެން އުޅެއެވެ. އެނދުމަތީގައި ނިދާފައި […]
ފަސްވަނަ ބައި އައިހަމާ އާލިޔާއަށް މުޅިތަން ވަށާ ހޯދާލެވުނީ އެމީހުންނަށް ފެނުނު ނިވި ދިއްލެމުން ދިޔަ ބޯޅަ ގެއްލުމުންނެވެ. އަޅިތަކުގެ ތެރޭގައި ހުރެވުނުކަން އިހުސާސްވުމުން ތުއްތު އައިހަމް އާލިޔާގެ އަތުގައި ހިފައިގެން އެތަނުން ނުކުމެ ވެލިގަނޑަށް އެރިއެވެ. އެއަށްފަހު އެތަނުން މިއަދު އޭނާ ގެންގުޅުނު ބޮލި ފެނުމުން ހިނިތުންވެހުރެ އެ ނެގުމަށް ތިރިވިއެވެ. އެއިރު ވާނުވާ ނޭނގިފައި ހުރި އާލިޔާ އެތަނުގައި މީހެއްގެ ހިލަމެއް ނުވާތީ ކޮންމެވެސް ވަރަކަށް ކަންބޮޑުވާން ފަށައިފިއެވެ. އައިހަމްގެ އަތަށް ދަމަމުން މަންމައަށް […]
ހަތަރުވަނަ ބައި އައިޝާއި ލީނާ ތެޅިގެންފައި ނިދީގައި ހަޅޭއްލަވަމުން ދިޔަ އައިހަމަށް ގޮވަންފެށިއެވެ. އެސޮރަށް ލޯހުޅުވުނުއިރު އޮތީ ދާހިއްލާފޯވެފައެވެ. ބިރުގެންފައި އޮތް އައިހަމަށް ހޭވެރިކަންވުމާއިއެކު މަންމަގެ ގައިގައި ހިފާބައްދައިގަތެވެ. އަދި ރޮމުން މަންމާ، މަންމާއޭ ކިޔަންފެށިއެވެ. ލީނާއި އައިޝާ، އައިހަމް ހަމައަކަށް އަޅުވަމުން އޭނާއާއި ސުވާލުކުރަންފެށިއެވެ. “ދޮނޫ !ކިހިނެއްވީތަ… އެއްޗެއް ފެނުނީތަ؟” އައިޝާ އައިހަމްގެ ބުރަކަށީގައި ފިރުމަމުން ސުވާލުކުރިއެވެ. “ބައު ތޫތުއެއް ފެނުނީތަ ކޮއްކޯ؟” ލީނާވެސް އައިހަމްގެ ބޮލުގައި ފިރުމަމުން އަހާލިއެވެ. “އާ، ބޮޑު ބައު ތޫތުއެއް! […]