ކައިލަން ހުރީ ލޯ ކުރިމަތިން ފެންނަމުން އެދާ މަންޒަރު ގަބޫލުކުރަން ދަތިވެފައެވެ. އޭނަގެ ލީން އަކީ ކޮބައިކަން ފާހަގައެއް ނުކުރެވެނެވެ. ބިންމަތީ ލެއިން ތަތްތެޅިފައި އެއޮތީ ވެސް ލީން އެވެ. ވޭނީ ގޮތަކައް އެއޮތްގެން ތެޅި ފޮޅެނީއެވެ. އެތާ ކައިރީ ގައިގައި ލޭ އުނގުޅިފައި ރުޅިއަރައި ރަތް ވެފައިވެސް އެހެރީ ލީން އެކެވެ. އޭނަގެ ލީން ކޮބާހެއްޔެވެ!އެހެން ނޫނީ އިތުރަށް ލީންގެ ސިފައިގައި އެހެރީ ކާކު ހެއްޔެވެ! އިންތިޒާރު ކޮށްލައްވާ!!!!!!!!! ވާހަކަ އެއްކޮށް ލިޔެނިމުނު […]
ޝެރިންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަން ފެށި އެވެ. އެއާއިއެކު އޭނާ ސިއްސައިގެން ދިޔައީ ޖޭޑްގެ އަތުތެރޭ އޮތް އޭނާގެ އަތަށް ކުޑަކޮށް ބާރުކޮށްލިހެން ހީވުމުންނެވެ… ނޫނެކެވެ! އެއީ ހީވި ހީވުމެއް ނޫނެވެ! ހަމަ ހަޤީޤަތުގައިވެސް ޖޭޑް އޭނާގެ އަތަށް ބާރުކޮށްލައިފި އެވެ. ޝެރިންގެ ހިތް ބާރުބާރަށް ތެޅެން ފެށި އެވެ. “ޔާލް ބޭބޭ!!!” ހިތް ތެޅިތެޅި އޮތް ޙާލު ޝެރިން އަޑުގެ ނެތްތަނަށް ގޮވާލި އަޑަށް މިކްޔާލާއި އެހެން އެންމެން އެތަނަށް ޖަމާވެއްޖެ އެވެ. […]
އިރު އޭގަ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރުމަށް ފަހު އޮއްސިގެން ދަނީއެވެ. ޖެހޭ މަޑު މަޑު ރޯޅިން ހިތަށް އަރާމުގެނުވައެވެ. އޮއްސޭ އިރުގެ އަލިން މުޅި ޖައްވު ވަނީ އޮރެންޖް ކުލައަކަށް ގޮށްސައެވެ. އުޑުމަތީގައި ވަނީ ކުދި ކުދި ރަތް ވިލާކޯކޮޅެވެ. ކަނޑުގައި ހީވަނީ ތަރަފާލެއް އަޅާފާއި އޮތްހެންނެވެ. އެހާވެސް މަޑެވެ. އެ ގުދުރަތީ ރީތި ކަމަށް ބަލަން ގަހެއްގެ ބުޑުގައި އާނާ އިށީނދެ އިނީ ހައިރާންވެފައެވެ. އެހާވެސް ރީއްޗެވެ. ދުނިޔެމައްޗަށް އަނދިރިކަން ވެރިވެގަތް […]
” ނޫން ނޫން.. މަންމާ ބައްޕާ.. އަހަރެން ސަލާމަތް ކޮށްދީ.. އަހަންނަށް ތަދުވޭ.. މަންމާ.. އެއްވެސް ކަމެއް އަހަރެން ނުކުރަން.. އެއީ އަހަރެން ގަސްތުގަ ކުރިކަމެއް ނޫން.. މާފްކުރޭ.. އަހަންނަށް މާފްކުރޭ.. މަންމާ……… ” އިންތިޒާރު ކޮއްލައްވާ…
ޖިންނި ޝައިތޯނުންނަކީ އެހެން މަޚުލޫގުންހެން ދުނިޔެމައްޗަށް ﷲ ސުބުހާނަހޫ ވަތައާލާ ފޮނުއްވާފައިވާ މަޚުލޫގުންނެވެ. އެ އެއްޗެހިންގެ ފަރާތުން އަހަރެމެންނަށްވާ އުނދަގޫ ތަކާއި އަހަރެމެން އިންސާނުންގެ ފަރާތުން އޭތިންނަށް ވާ އުނދަގޫ ތަކަކީވެސް އަހަރެމެން ޤަބޫލު ކުރަންޖެހޭ ހަޤީޤަތެކެވެ. އަދި އަހަރެމެންނަށް އުޅެވޭ ގޮތަކުން އޭތިންނަށް އަހަރެމެންގެ އުޅުން ކަމުދާ ފަހަރުވެސް ފަހަރުވެސް މަދެއްނޫނެވެ. ************************** އޭރު އަހަރެންގެ އުމުރަކީ 20 އަހަރެވެ. ސްކޫލް ނިމުމަށްފަހު މަންމަ އާދޭސް ކުރުމުންވެސް އަހަރެން ވަޒީފާ އަކަށް ދާން ބޭނުންނުވީ އަދި […]
ހިކެމުން ދިޔަ ލޮނުގަނޑުގެ ދުރުދުރުން އުފެދެމުން އައި ބިޔަ ރާޅު ފެނުމުން ސީމާއަށް އިނދެވުނީ ގުޑާލަންވެސް ނޭނގިފައެވެ. އެ ރާޅުގަނޑު އުސްވަމުން އުސްވަމުން ދިހަވަރަކަށް ފޫޓަށް އުފުލުމުން ސީމާއަށް ދެންވާނެ ގޮތް ހިތަށް ނަގައި ގަނެވުނެވެ. ފަޔަށް ލެވުނުހާ ބާރެއްލާ އެއްގަމަށް ދިޔުމަށް ދުއްވައިގަތީއެވެ. “ކޮއްކޮމެންނޭ…. އާދޭ އެއްގަމަށް ބޮޑުރާޅެކޭ….” އެ ބިޔަ ރާޅު ނެގި މަންޒަރު ބަލަން އެއްގަމުގައި ހުރި ހަރު އުމުރުގެ ފިރިހެނަކު މޫދުގައި ކުޅެން ތިބި ކުދިންތަކަށް ގޮވާލިއެވެ. ސީމާގެ އަތުން އޭނާގެ […]
އޭރު ޖޭޑް ބިންމަތީ އޮވެ ތެޅި ފޮޅެމުންދިޔަ އެވެ. މިކްޔާލް އައިސް ޝެރިން ގައިގައި އޮޅުލައިގަތެވެ. ނަމަވެސް ޝެރިން ކުއްލިއަކަށް މިކްޔާލްގެ އަތްދަށުން ދެމިގަތެވެ. އެވަގުތު މިކްޔާލަށާއި، ޔައިނާއި ދެން ތިބި މީހުންނަށްވެސް ލިބުނީ ކުއްލި ޝޮކެކެވެ. “ކޮއްކޯ…؟؟” މިކްޔާލަށް ބުނެވުނެވެ. އޭރު ޝެރިން ކަޅިޖަހާވެސް ނުލާ ޖޭޑާއި ދިމާއަށް ބަލަން ހުއްޓެވެ. “ޖާވިން…” ޝެރިންގެ އަނގައިން ނުކުތް ލަފްޒު މިކްޔާލްގެ ކަންފަތާ ހަމައަށް ފޯރުމާއިއެކު މިކްޔާލްގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލަ އެވެ. “ޖާވިން…؟؟” މިކްޔާލަށްވެސް […]
ޝެރިންގެ މޭ ހީވަނީ ހަމަ ދެންމެ ދެންމެ ފަޅައިގެން ގޮސްފާނެ ހެންނެވެ. ހިފަހައްޓާފައި ވުމުން ދުއްވައި ނުގަނެވުނު ތާންގައި، ފަރާތަކަށް ހިރިވެސް ނުލެވުނެވެ. ފިސްތޯލަ ހިފައިގެން ހުރި މީހާ އޭނާގެ ޝަހާދަތް އިނގިލި ފިސްތޯލައިގެ ޓްރިގަރ އާއި ދިމާއަށް ގެންދަން ފެށުމުން ޝެރިނަށް ދެލޯ މަރާ ތަގުޅި ކޮށްލެވުނެވެ. އެވަގުތު ކުއްލިއަކަށް އިވުނީ ފިސްތޯލައިގެ ވަޒަން ފޮނުވާލި އަޑެވެ. ވޭނީ ހަޅޭކަކާއިއެކު ލޭތައް މުޅިތަނަށް ބުރައިގެން ދިޔަ އެވެ. އެއާއިއެކު އިރުގަނޑަކަށް އެހެން ހުރުމަށްފަހު ދެމީހުންވެސް ހުރިތަނަށް […]
“ހައިރާންވެފައި ދޯ ތި ހުރީ…. ރަނާ ގެއްލުނީ 2004 ވަނަ އަހަރުއެރި ސުނާމީގަ…. އެއަށްފަހުން އޭނާ ނުފެނުނު…. އޭރު އަހަރެން އަލީނާއަށް ބަނޑު ބޮޑު…. ރަނާއާއި އަހަރެންނާ ވަރަށް ގާތްވާނެ…. އެއީ ވަރަށް ބަސްއަހާ ކުއްޖެއް…. އަހަރެމެން ދެމީހުންނަކީ ބެސްޓު ފްރެންޑުންނޭވެސް ބުނެވިދާނެ…. އަލީނާ ފެނުނީމަ އަހަރެން އަބަދުވެސް ރަނާ މަތިން ހަނދާންވޭ….” މަޑުމަޑުން ފޮޓޯތަކުގައި ފިރުމަމުން ސިޑިން މައްޗަށް އެރުމާއި އެކު ސިމާ އޭނާގެ ކޮޓަރިއަށް ވަނުމަށް ހިނގައިގަތެވެ. މާޒީގެ ހިތި ހަނދާންތަކެއް އާވުމުން ސީމާ […]