Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ދަރިފުޅު (7)

Maree Level 110 Stories
January 3, 2016 9 Mins Read
25 Comments

ހަތްވަނަ ބައި

މަޢްރިބު ނަމާދުގެ ވަގުތު ފާއިތުވެ އިޝާވަގުތު ޖެހި ރަށު މިސްކިތުން ބަންގި ގޮވަމުންދެއެވެ. ރޭގަނޑުގެ އަނދިރިކަން މުޅިރަށަށްވެރިވެގެން ދިޔައިރު ރަށުގެ މަގުތަކުން މީހުން މަދުވެ ގެތަކުގެ ތެރެއިން އަޅުކަމައިގެން މީހުން އުޅެގަތެވެ. އެއްބަޔަކު ޤުރުއާން ކިޔަވަމުން ދިޔައިރު އަނެއްބަޔަކު ނަމާދު ކުރަމުންދެއެވެ. މިސްކިތުން ނަމާދުކުރާއަޑުވެސް ރަށުގެ ބޮޑު ހިސާބަކަށް އިވެމުން ދިޔައެވެ.

ގަބުވެފައި އިން އައިހަމަށް ކާންދީ އަވަދިވުމަށްފަހު ނަމާދުކުރުމަށް ކޮޓަރިތެރެއަށް އައިޝާ ވަނީ ލީނާއާއި މަންމައާއިއެކު ގޯތި ތެރެ ހަމައަކަށް އަޅުވާލާފައި އައިހަމް ފެންވަރުވާ ރީތިކުރުމަށްފަހު ސިޓިނގްރޫމުގައި ޓީވީ ބަލަން އޭނާ ބައިންދާފައެވެ. ގައިން ތާހިރުވެގެން ނަމާދުކޮށްގެން އައިޝާ ކޮޓަރިން ނިކުތްއިރު ރިޒާން މިސްކިތުން އައިސް އައިހަމް ގާތު ސޯފާގައި ޓީވީ ބަލަން އިނެވެ. ބަދިގޭގައި ކާންތައްޔާރުކޮށްފައި ހުރުމުން އައިޝާ އެމީހުންގާތަށް އައިސް ބަދިގެފަރާތަށް ކާންދާން ހިނގާށޭ ރިޒާން ގާތު ބުންޏެވެ. އިންތަނުން ތެދުވުމަށްފަހު ގާތުގައި އިން އައިހަމް ގާތު ބައްޕައާއި އެއްކޮށްދާނަންހޭ ރިޒާން އަހައިލިއެވެ. ޖެހިބުދެއްހެން އިން އައިހަމް އިންގޮތަށް އިނދެފައި ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރުވާލިއެވެ. އަދި ނިދިއަންނަނީއޭ ބުނެ އިންތަނުން ތެދުވެ އޭނާގެ މަންމަމެން ކޮޓަރިއާއިޖެހިގެން ހުންނަ ކުޑަކޮޓަރިތެރެއަށްވަނެވެ. އެކޮޓަރިއަށް އައިޝާ އައިހަމް ނިދަން ފޮނުވަނީ ރިޒާން އޮފަށް ގެއަށް އަންނަ ދުވަސް ދުވަހުއެވެ. އައިހަމް ކޮޓަރިއަށްވަނުމުން ރިޒާނާއި އައިޝާ ބަދިގެފަރާތަށް ގޮސް ކާމޭޒު ކައިރީގައި ހުރި ގޮނޑިތަކުގައި އިށީނެވެ. އެއިރު ލީނާއާއި އަޝްރަފްވެސް މޭޒުދޮށުގައި ކާން ތިއްބެވެ. އިރުކޮޅަކުން މަންމަ އައިސާމަނިކާއި ބައްޕަ ގާހިރުވެސް އައިސް ބަދިގެއަށް ވަނެވެ. އެހެންކަމުން އެންމެން އެއްކޮށް ކެއުމާއިގެން އުޅެގަތެވެ. ކާންމޭޒުދޮށުގައި އެންމެން ތިބި އިރު އެންމެން އެންމެނަށް މިއަދު ކަންތައް ވީ ގޮތުގެ ވާހަކަދައްކަމުން ދިޔައެވެ. އައިހަމަށް ބަދަލެއް އައިސްފައިވާ ވާހަކައާއި އޭނާ މިހާރު އައިޝާއާ ދުރު ދުރުން އުޅޭވާހަކައެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ވިސްނޭ އެންމެ ރަނގަޅު ގޮތް ކިޔައިދެމުން އައިޝާއަށް ނަސޭހަތްތެރިވަމުން ދިޔައީ މިއަދު އައިހަމާއި ދޭތެރޭ މާބޮޑަށް އައިޝާ ހަރުކަށިވުމުންނެވެ. އައިޝާވެސް އެންމެން ދެއްކި ވާހަކަ ގަބޫލުކޮށް ދެން އެހެންނުހަދާން އެއްބަސްވިއެވެ. ބަދިގޭގައި އެންމެން ތިބި އިރު އަނދިރިކޮށްފައި ހުރި ކުޑަ ކޮޓަރީގައި  ކާރެއްގެ ބައްޓަމަށް ފަރުމާކޮށްފައިވާ އެނދުމަތީ ދެފައި ވައްކޮއްގެން ހިމޭންވެފައި އައިހަމް އިނީ ހުޅުވާފައި ހުރި ދޮރާދިމާލަށް ބަލާށެވެ. ދޮރާ ކުރިމަތިލައިގެން އިން އައިހަމަށް ދޮރުމަތިން ފެންނަމުން އެދަނީ މިއަދު އޭނާގެ މަގަތުގައި އިން އަންހެންމީހާއެވެ. އަތުން އުއްބައްތިއެއް ހިފައިގެން ހުދުހެދުމެއްލައިގެންހުރި މިއަންހެން މީހާގެ ދިގު އިސްތަށިގަނޑު ވައިގެ ތެރޭ ބޯމަތިން ވިހުރެމުން ދިޔައިރު އޭނާގެ ފުޅާ ފަސްބައިވެސް ވައިގެ ތެރޭ ވިހުރެމުންދެއެވެ. ދެއަތުން ހިފަހަށްޓައިގެން ހުރި އުއްބައްތީގެ އަލިކަމުން ކޮޓަރި އަލިވަމުން ދިޔައީ އޭނާ އައިހަމް ގާތަށް ދިޔުމަށް ކުރިޔަށް ހިނގަންފެށުމުންނެވެ. އުއްބައްތީގެ ފަނޑުއަލިން މި އަންްހެންމީހާގެ މޫނު ސިފަވަމުން ދިޔައިރު ބުދެއްހެން އިން އައިހަމް ގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފަައިބަމުންދިޔައެވެ. އެހެނަސް އޭނާގެ ހަށިގަނޑުން އެއްވެސް ހަރަކާތެއް ނުކުރެވެއެވެ. ހީވަނީ އައިހަމަށް ނޭނގޭފަދަ ބާރަކުން އޭނާ އިންތަނުގައި ހަރުކުރެވިފައި އިންހެނެވެ. ލޮލުގައި ކަޅިއެއްނުވާ މިއަންހެން މީހާ ކޮޓަރިތެރެއަށް ވަދެ އައިހަމް އިން އެނދާ ހިސާބަށް އާދެވުމާއިއެކު ކޮޓަރީގެ ދޮރުލެއްޕުނެވެ. އަދި ބުދެއްހެން އިންއައިހަމާ ދިމާލަށް އެއް އަތުން އޭނާ އިޝާރާތެއް ކޮށްލީ އަނެއް އަތުން އުއްބައްތި ހިފައިގެން ހުރެއެވެެ. އެ އިޝާރާތަށް އެނދުގައި އިން އައިހަމް އެނދުގައި ހަމަޖެހިލައިގެން އޮށޯތެވެ. އަދި އެއަށްފަހު މަޑުމަޑުން އެ ތުއްތު ހަށިގަނޑު އެނދުމަތިން މައްޗަށް ހިއްލެމުން ދިޔައެވެ. ދެއަތް ދެފަރާތައް ވެޓި ދެފައިން ވަރުދޫވެ ބޮލުން ވަރުދޫވެ އެނދާ ފޫޓެއްހާ މަތީގައި އައިހަމް އޮތީ ފެންމަތީގައި މީހަކު އޮންނަ މިސާލުން ވަރުގަދަ އާދަޔާ ޚިލާފް ބާރެއްގެ އެހީގައެވެ. ހަމަހޭ ނެތްއައިހަމްގެ ހަށިގަނޑު އެހެން ވައިގެތެރޭގައި އޮތް މަންޒަރު ބަލަން ހިނިތުންވެފައި ހުރި މި އަންހެންމީހާއަށް ހިތްހަމަޖެހުމެއްލިބެމުންދާކަހަލައެވެ. އޭނާގެ ބާރުން ވައިގެތެރޭގައި އޮތް އައިހަމްގެ ދެއަތާއި ދެ ފައި ބަންނަން ފެށިއެވެ. ފުރަގަހުން ދެއަތާ ދެފައި ކައިރި ކޮށް ބޯވެސް ފުރަގަހަށް ލެނބެމުން ގޮސް މުޅި ހަށިގަނޑު އިދިފުށަށް ލެނބި ގުޅަވަމުން ދިޔައެވެ. އައިހަމަށް ކެތްނުވާވަރަށް އޭނާގެ މަޑުކަށިތައް ލަންބަމުން ދިޔައިރު ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ރޮއި އާދޭސް ކުރަންވެސް އޭނާއަށް އެއްެވެސް އަޑެއް ނުލެއްވެއެވެ. އަނގަމަތި ބަންދުވެފައި އޮތް އައިހަމަށް ވާނުވާވެސް ނޭނގެއެވެ. ފުރާނައެއްނެތް މަސްގަނޑެއް ފަދައިން އޮތް އައިހަމަށް ކުރަމުން ދިޔަ އަނިޔާތައް ބަލަން ހުރި އަންހެން މީހާ ހީވަނީ ހަސަދައެއްފިލުވާނުލެވިގެން އުޅޭހެނެވެ. އޭނާ އައިހަމަށް އަނިޔާ ކުރަމުން ދިޔައިރު މުޅި ކޮޓަރިތެރޭގައި ވައިގަދަވެ ކޮޓަރިތެެރޭގައި ތިބި ސާމާނުތައް ކޮޅުކޮޅަށް އެނބުރެމުން ދިޔައެވެ. އެ އަންހެން މީހާގެ އަތުގައިވާ ބައްތީގެ ހުޅު ވަޔާ ތެޅެމުން ދިޔައިރު ކޮޓަރީގައި ހުރި އެއްޗެތީގެ ހިޔަނިތައް އެނބުރޭ އިރު އެމަންޒަރު ވަރަށްވެސް ބިރުވެރިއެވެ. ރުޅިވެރިކަމާއި ނަފްރަތުން ފުރިގެންވާ މިއަންހެން މީހާގެ މަޤްސަދަކީ އައިހަމް ނައްތާލުމެވެ. އޭނާއަށް ލިބިފައިހުރި ހިތާމާއިގެ ބަދަލު ހިފެންއޮތީ އައިހަމް ނައްތާލުމުންނެވެ. ހިނދުކޮޅެއްގެ ތެރޭ ވައިގެތެރޭ އޮތްއައިހަމް ހޭނެތިގެން މީހަކު ވެއްޓޭހެން އެނދުމައްޗަށް ވެއްޓި ގުޅަވަރަކަށް ޖެހުނީ ބަންބަންލާފައި ކޮޓަރީގެ ދޮރުގައި މީހަކު ތަޅަންފެށުމާއިއެކުއެވެ. ހަމައެއާއިއެކު ކޮޓަރީގެ ނިދާބޮކި ދިއްލި ކޮޓަރީގެ ދޮރުހުޅުވުނެވެ. ދޮރުން އެތެރެއަށް ވަދެގެން އައީ އައިޝާއެވެ. އައިހަމް އޮތްގޮތް ފެނި އައިޝާ ކަންބޮޑުވިއެވެ. ނިދީގައި އައިހަމަށް އޮވެވުނު ގޮތޭ އެއީ ހިތަށްއަރުވަމުން  ދުވެފައިގޮސް އައިހަމްގެ އަތާއި ފާއި ރީތިކޮށްލަމުން އެނދުގައި އުއްޑުން ބޭއްވުމަށްފަހު އައިހަމް ގެ ގައިގައި ފިރުމަންފެށީ ހަމަޖެހިލައިގެން އައިހަމް ގާތު އިށީނުމަށްފަހުއެވެ. އޭރު އައިހަމަށް އޮތީ ދެލޯމެރި ނިދިފައެވެ. ކޮޓަރިތެރެ މާ ބޮޑަށް ފިނިވާހެން ހީވެގެން އައިހަމްގެ އެނދު ކައިރީގައި ހުރި ކުޑަދޮރާއި ދިމާލަށް އައިޝާ އަށް ބަލާލެވުނެވެ. އެއިރު ގޯތިތެރެފެންނަ ގޮތަށް ހުރި އެ ކޮޓަރީގެ ކުޑަ ދޮރު ހުރީ ތައްމިނަށް ހުޅުވިފައެވެ. އެ ކުޑަދޮރުގައި  ހަރުކޮށްފައިހުރި ދޮރުފޮތިތައް ވަޔާއި އެކު ވިހުރެމުންދެއެވެ. އެދޮރު ހުޅުވާނީ ވަކި ކާކުބާއޭ އައިޝާގެ ހިތަށް އެރިއެވެ. އިންތަނުން ތެދުވެ އެ ދޮރު ކައިރިއަށް ލެފުނީ ދޮރު ލެއްޕުމުގެ ނިޔަތުގައެވެ. އެހިނދު ކުޑަދޮރު ކައިރިން ނުބައިވަސްގަނޑެއް އަރައިގެންފައި ހުދުކުލައިގެ އެއްޗެއް ހުރަސް ކުރިތަން އައިޝާއަށް ފެނުނެވެ. މިފެނުނު މަންޒަރުން އައިޝާ ދިޔައީ ސިއްސައިގެންނެވެ. ކޮންއެއްޗެއްކަމެއް ޔަގީންނުވާހާލު އަވަހަށް ދޮރުލައްޕާލިއެވެ. އެއަށްފަހު އަނެއްކާވެސް އައިހަމް ގާތަށް ގޮސް އައިހަމްގެ އެނދުގެ ބޯލާކޮޅަށް ލެނގިލައިގެން އިށީނެވެ. ދެންމެ ފެނުނީ ބުޅަލެކޭ ހިތަށްއަރުވާފައި ހަމަޖެހިލަމުން ކަނައަތުގެ މުލަށްދަނޑީގައި އައްސާފައިވާ ލީނާ ދިން ތަވީދުގައި މަޑުމަޑުން އަނެއް އަތްކާއްތާލިއެވެ.

……………………………………………………………………………………………..

ހަމައެއްވަގުތެކެވެ. ފާތުންމެންގޭގެ އެންމެން ނާމާދުކޮށް އަވަދިވެގެން ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށް ބަދިގެފަރާތަށް ދިއައެވެ. ކާ މޭޒު ދޮށުގައި އެންމެން ކާންތިބީ ތުއްތު އާލިޔާވެސް ގޮވައިގެނެވެ. އޭނާއަށް ހާއްސަކޮށްފައި ހުރި  ޕްލާސްޓިކް އުސް ގޮނޑީގައި އާލިޔާ އިށީނދެގެން އިން އިރު ފާތުން ދިޔައީ އޭނާއަށް ކާންދެމުންނެވެ. ގޮނޑީގައި އިން އިރު އާލިޔާ ހީވަނީ އަމިއްލަ ދުނިއެއެއްގައި އުޅޭހެނެވެ. އެއްފަރާތަށް އެނބުރިގެން އެއްދިމާލަކަށް އާލިޔާ ބަލަމުން ދާތީ ބައްޕަ ޒުހޭރާއި ހަސަން އަދި ކިނާންމެން ދައްކަމުން ދިޔަ ވާހަކައަށް ސަމާލުކަންދީގެން އިން ފާތުން އިރު އިރުކޮޅާ އޭނާގެ މޫނުގައި ހިފާ އަނބުރަމުން ދިޔައީ ކާންދޭން އުނދަގޫ ވާވަރުންނެވެ. އާލިޔާ މާވަރަކުން މިބަލަނީ ކޮން އެއްޗެއްތޯ ބަލާކަށް ފާތުންނަކަށް އެވަގުތު ސަމާލުކަމެއްނުދެވުނެވެ. ފާތުން އަޑުއަހަން އިން ވާހަކަ އެއަށްވުރެ މުހިންމުވުމުންނެވެ. އަދި އާލިޔާއަށް އަވަހަށް ކާންދީ ނިންމަންވެސް ބޭނުންވެފައި އިނުމުންނެވެ. އެންމެންވެސް ކައިއަވަދިވެގެން ގޭތެރެއަށްވަދެ އެބައެއްގެ  ކޮޓަރިއަށް ވަނެވެ. ފެންވަރުވާ ރީތި ކުރުމަށްފަހު ފާތުން ކުޑައެނދުގައި އާލިޔާ ބޭއްވީ އޭނާ ނިދި ތާއްޔާޖެހޭތީއެވެ. އެއިރު ކުޑައެނދުގެ މެދަށްވާގޮތަށް އަޅުވާފައި ހުރި އަޑުގޮވާ އެތި ޖައްސާފައި ހުރުމުން، އޭގެން ‘ޓްވިންކަލް ޓްވިންކަލް’ ގެ ރާގު ޖެހެމުންދެއެވެ. އަދި އެ އަޑުގޮވާ ކުޅޭއެތީގައި އެލުވާފައި ހުރި ތަރިތައް އެނބުރެމުން ދާ މަންޒަރު ތުއްތު އާލިޔާއަށް ފެންނަމުންދެއެވެ. ޕްލާސްޓިކް ވިދާ ތަރިތަކަށް ނަޒަރު ހުއްޓިފައި އާލިޔާ އޮތީ ވަރަށް ނިދިއައިސްފައެވެ.  އެނބުރެމުން ދިޔަ އަޑުގޮވާ ކުޅޭއެތީގެ މަތިން ސީލިންގްއާއި ދިމާލުން އެއްޗެއްފެންނަހެން ހީވެގެން އެދިމާލަށް އޭނާއަށް ކުއްލިއަކަށް ބަލާލެވުނެއެވެ.  އެނދާ ދިމާލުން މަތިން ވައިގެތެރެއިން ފެންނަމުން އެދަނީ މިއަދު އޭނާއަށް ފެނުނު ރީތި ދައްތައެވެ. ބަދިގޭގައި އިން އިރުވެސް އެނާގެގާތުގައި ހުރި ދައްތައެވެ. ހުދުހެދުމެއްލައިގެން ބޮލުގެ އިސްތަށިގަނޑު ވައިގެތެރޭ ވިހުރުވަމުން މަޑުމަޑުން އޭނާގެ އެނދާ ދިމާލަށް ތިރިވަމުން ދިޔައިރު މި ދައްތަގެ ސިފަ އޭނާއަށް ވަރަށް ސާފުކޮށް ފެންނަމުންދެެއެވެ. އާލިޔާ އާއި ދިމާލަށް ތިރިވަމުން އޭނާގެ މޫނުގެ ސިފަބަދަލުކުރަމުން މި ބިރުވެރި އެތި ދިޔައީ އާލިޔާ ރޮއްވުމުގެ މަގްސަދުގައެވެ. އެއިރު ބޭބީ މޮނީޓަރު ހިފައިގެން ފާތުންނާއި ހަސަން ވީ ބޭރުފެންޑާގައި ހުރި އުނދޯލީގައެވެ. މުނާއާއި ކިނާންވީ ބައްޕަގެ ސައިކަލުގައި  ބުރެއްޖަހާލަން ބޭރަށް ގޮސްފައެވެ.  އެމީހުން އަންނަން ދެން ހޭލައި ތިބުމަށް އެދިފައި ދިއުމުން ފާތުންމެން އެތިބީ އެމީހުންގެ އިންތިޒާރުގައެވެ. ކޮންމެވެސް ކުޅިވަރެއް ކުޅޭވާހަކަ ދައްކާފައި އޮތުމުންނެވެ. އެއިރު ކުޑައެނދުގައި އޮތް އާލިޔާގެ ގާތަށް މި ބިރުވެރި އެތި އައިސް އޭނާގެ އަސްލު ސިފައަށް ބަދަލުވުމަށްފަހު ތުއްތު އާލިޔާ އުރާލިއެވެ. އަދި ފުންނަޒަރަކުން އާލިޔާގެ ލޮލަށް ބަލައިލިއެވެ. އެހިނދު ކޮޓަރީގެ ތަޅު އަމިއްލަޔަށް ލެވި މުޅި ކޮޓަރިތެރެ އަނދިރިވެގެން ދިޔައެވެ. ތުއްތު އާލިޔާ ދެއަތުން އުރާލައިގެން މައްޗަށް އުފުލައިގެން ހުރެ އާލިޔާގެ މޫނާ މޫނު ކައިރިކޮށްލިއެވެ. އަދި އަނގުރު އަލިފާނުން ދެލޯ ދިއްލާލުމަށްފަހު ތުއްތު އާލިޔާ ވައިގެ ތެރެއަށް ދޫކޮށްލިއެވެ. ބިރުން ތުރުތުރުއަޅާ ހާލު އަޑުގެނެތްތަނަށް އާލިޔާ ހަޅޭއްލަވަައިގަތެވެ. އެހެނަސް އޭނާގެ އަޑެއް އެކޮޓަރިން ބޭރަކަަށް ނުދެއެވެ. ހީވަނީ މި އެއްޗެއްގެ ބާރުން އާލިޔާގެ އަޑު އެ ކޮޓަރި ތެރޭގައި ބަންދުކޮށްފައި ހުރިހެނެވެ. ހަމްދަރުދީގެ ކަންފުޅެއްވެސް ނެތް މި ބިރުވެރި އެތީގެ ލޮލުގައި ވަނީ ބަދަލުހިފުމުގެ ރޫހެވެ. އޭނާބޭނުންވަނީ އައިހަމާއިއެކު ތުއްތު އާލިޔާވެސް ނައްތާލާށެވެ. ހިނދުކޮޅަކަށް ފަހު  ވައިގެ ތެރޭގައި އެނބުރެމުން ދިޔަ އާލިޔާ ރޮމުން ރޮމުންގޮސް ހޭނެއްތިޖެއެވެ. އެ ތުއްތު ކުއްޖާގެ ހަށިގަނޑު ތެޅި ތެޅިފައި މައިތިރިވީ ހިނދު އެ ހަށިގަނޑުގައި ފުރާނަ ނެތް ފަދައެވެ. އެހިނދު އާލިޔާ ބަންލާފައި ކުޑައެނދުގެ ތެރެއަށްވެއްޓުނެވެ. އަދި ބަލަންނުހުރެ އެކުއްޖާގެ ކަރާއިދިމާލަށް ބިރުވެރި ސިފައިގައި ހުރި އަންހެން އެތީގެ ދެއަތްތިލަ ގެންދިޔައީ އާލިޔާ މަރާލުމުގެ ނިޔަތުގައެވެ. އެ ވަގުތު ކުއްލިއަކަށް ކޮޓަރީގެ ތަޅުގައި މީހަކު ހިފިއަޑުއިވިގެންދިޔައެވެ.

***  ***   **** ***    ****     ****    ****

އުނދޯލީގައި ހީ ސަކަރާތްޖަހަން އިން ފާތުންނަށް އެއްލިކަޅިން ބޭބީ މޮނީޓަރަށް ބަލާލެވުނެވެ. އޭރު އާލިޔާ އެނދުގައި އޮތްގޮތް ފެނި ފާތުން ތެޅިގަތެވެ. އަވަހަށްގޮސް ކޮޓަރީގެ ދޮރުހުޅުވަން ބެލިއިރު ތަޅުލެވިފައި ހުރުމުން ދޮރުމަތީގައި އަބަދުވެސް އަޅުވާފައި އޮންނަ ތަޅުދަނޑިން ކޮޓަރި ތަޅުހުޅުވާލުމަށްފަހު އެތެރެއަށްވަދެ ދުވެގޮސް ބަންޑުން ބާލީހުގައި މޫނުއަޅައިގެން އޮތް އާލިޔާ ނަގާ ރީތިކޮށްބާއްވާލިއެވެ. ފާތުންގެ ފަހަތުން އައި ހަސަން ކޮޓަރީ ތަޅުލެވިފައި ހުރުމުން ކަންބޮޑުވިއެވެ.

“ކޮޓަރި ތަޅުލީ ކާކު؟” ހަށިފުރާ ނޭވާއެއް އެތެރެއަށްލުމަށްފަހު ހަސަން ފާތުންނާ ސުވާލުކުރީ ވަރަށް ހާސްވެގެންނެވެ.

“ނޭނގެ.!! ފާތުންނެއް ނޫން.. ހަސަން.!! ތިވާނީ އެތެރެއިން ތަޅުލެވިފަ ހުއްޓާ ދޮރު ލެއްޕިފަ ހުރީކަމަށް!” ފާތުން އޭނާއަށް ހީވި އެއްޗެއް ހަސަނަށް ކިޔައިދނެވެ.

ތަޅުލެވިފައި ހުރި ދޮރު ގެ ވާހަކަ ދައްކާނުނިމެނީސް އެއްލި ކަޅިން ފާހާނާއާއި ދިމާލަށް ފާތުންނަށް ބަލާލެވުނީ އޭނާ ލައްޕާފައި ހުރި ފާހާނާގެ ދޮރު އެއްކޮށް ހުޅުވިފައި ހުރުމުންނެވެ.

“ދެން ފާހާނާގެ ދޮރު ހުޅުވީ ކާކު؟ ހަސަން!!! ހަމަ ކޮންމެ ފަހަރަކު ފާތުން ޖެހޭނީ ދޮރު ލައްޕަން!” ފާހާނާގެ ދޮރުމައްޗަށް އަރަމުން  ހަސަނާ ފާތުން ސުވާލުކުރިއެވެ. “އަޅޭ… އެހެރީ ލައްޕާފަހުރި ފެންލައިޓްވެސް ހުޅުވާ އަޅާފަ! ހަސަން އެ ފެންލައިޓް ލައްޕާ! ޔަގީނޭ މީ  ހަސަން ކުރި ކަމެއްކަން! އެލައްޕާފަ ހުންނަނީ މަދިރިވަންނާތީއޭ!” ފާތުންނަށް ފާހާނާ ތެރޭގައި ހުޅުވާފައި ހުރި ފެންލައިޓް ފެނުމުން އެލެއްޕުމަށް ހަސަނަށް އަމުރު ކުރިއެވެ.

ހައިރާންވެފައި ހުރި ހަސަން ތިމަންނަ ކުރިކަމެއްނޫނޭ ކިޔަމުން ގޮސް ފެންލައިޓްލައްޕާލައި ފާހާނާއިން ނިކުމެ ދޮރުލައްޕާލިއެވެ. ހަސަންގެ ވާހަކަތަކަށް ފާތުން ބީރުކަންފަތެއްދެމުން ޓީވީ ބަހަށްޓާފައިހުރި ރެކާ ކައިރިވިއެވެ. އަދި އެއަށްފަހު އޭގައި ހުރި ލަވަޖަހާސެޓުން ޤުރުއާން ޖަހާލިއެވެ.

…………………………………………………………………………………………………..

 

ކައިއަވަދިވެގެން ކޮޓަރިތެރެއަށް މަންމައަށްވުރެ ކުރިން ވަނީ ޒާކެވެ. އައިޝާމެންގެއިންއައީއްސުރެ ޒާކްގެ އުޅުމަށް ބަދަލެއްއައިސްފައިހުރިކަން ރިޝޫއަށް ފާހަގަވިއެވެ. ޒާކް އެންމެ ވަގުތަކުވެސް ޝަޔާންގެ އަތުން ދޫނުކޮށް އެރޭއެއްކޮށް އެހެން އެއުޅެނީ އޭނާއަށް މިރޭ އައިޝާމެންގެ ކޮޓަރިތެރެއިން ފެނުނު މަންޒަރަކުންނެވެ. ކާން ބަދިގެ ފަރާތުގައި އިންއިރުވެސް ހީވަނީ ޒާކްގާތު އެއްޗެއްހުރެގެން ބިރުން އުޅޭހެނެވެ. އޭނާ އެވަރަށް ބިރުގަނެގެން އުޅެންޖެހޭނެ ސަބަބެއް އޮންނަންޖެހޭނެޔޭ ރިޝޫގެ ހިތަށްއަރަންފަށައިފިއެވެ. މިރޭ ނިދަން ކޮޓަރިއަށް ގެންދިޔުމުން ޒާކް އެކަނި އޭނާގެ ކޮޓަރީގައި އޮންނާކަށް ބޭނުމެއްނުވިއެވެ. އެކަނި ކޮޓަރީގައި މިހުރިހާ ދުވަހު ނިދަމުންއައި ޒާކް މިރޭ ބިރުން އެއުޅެނީ ކީއްވެގެންކަމެއް ޝަޔާނަކަށްވެސް އަދި ރިޝޫއަކަށްވެސް ނުވިސްނުނެވެ. އެހެންކަމުން ޒާކަށް ނިދެންދެން ރިޝޫ ޒާކްގާތުގައި އޮންނާނަމޭބުނެ އޭނާގެ މަގަތުގައި އޮށޯތެވެ. އަދި އިރުކޮޅަކުން ޒާކަށް ނިދުމުން މަޑުމަޑުން އެނދުން ފައިބައި ކޮޓަރީގައި ދިއްލާފައި ހުރި ހޮޅިބުރި ނިއްވާލައި ނިދާބޮކި ޖައްސާލުމަށްފަހު ރިޝޫ ކޮޓަރިންނިކުތީ ކޮޓަރީގެ ދޮރު ކޮންމެވެސް ވަރަކަށް ހުޅުވާފައެވެ. ރިޝޫ ގޮސް އޭނާ ގެ ކޮޓަރިއަށްވަތްއިރު ޝަޔާން އޮތީ ރިޝޫ ކޮޓަރިއަށް ނައިސްގެން ލަސްވެފައެވެ.

ރިޝޫގެ ކޮޓަރިއާއި ޖެހިގެން ހުރި ކުޑަ ކޮޓަރީގައި ނިދިފައި އޮތް ޒާކަށް ހޭވެރިވީ ކޮޓަރީގެ ހުޅުވިފައި ހުރި ދޮރުގައި މީހަކު ޓަކިދިންއަޑަށެވެ. ސިއްސައިގެން ގޮސް ބެޑްޝީޓް ގައިމަތީ އަޅައިގެން އޮތް ޒާކް ބޯހިއްލާ އެދިމާލަށް ބަލާލެވުނީ ދޮރުމަތީގައި މީހަކު ހުރިހެން ހީވެގެނެވެ. އެހިނދު އޮތްތަނުން ތެދުވެ ގައިމަތީގައި އޮތް ރަޖާގަނޑު އެއްއަތުން ނަގާލުމަށްފަހު އެނދުން ބޭރަށް ދެފައިބޭލިއެވެ. އަދި ދޮރާ ކުރިމަތިލައިގެން އެނދުގައި އިށީނދެގެން އިނދެ މަޑުމަޑުން ކާކު ހޭ އަހައިލިއެވެ. ކޮޓަރީގައި އެކަނި ވެރިކަން އިހުސާސްވުމުން ޒާކް ބިރުގަންނަންފެށިއެވެ. އިރުކޮޅަކުން ޒާކް ގެ ފުރަގަހުން މީހަކު އޭނާގެ ނަމުން ގޮވާލިހެން ހީވިއެވެ. އަނެއްކާވެސް ސިއްސައިގެން ގޮސްފައި ޒާކަށް ފަސްއެނބުރި ބަލާލެވުނީ އޭނާގެ ފުރަގަހުގައި މީހަކު ހުރިހެން ހީވެގެންނެވެ. ނަމަވެސް ކޮޓަރިއަކު މީހެއްފެންނާކަށް ނެތެވެ. ހުޅުވިފައި ހުރި ދޮރާ ދިމާލަށް އެވަގުތު ދުއްވައިގަންނާނަމޭ ހިތަށް އަރަމުން ދިޔަ ޒާކަށް އިންތަނުން ގުޑާލަންވެސް ނުކެރުނެވެ. ކޮޓަރިން ކިތަންމެ ނިކުންނަން ބޭނުންވެފައި އިން ނަމަވެސް ޒާކަށް އިންތަނުން ތެދެއްނުވެވުނެވެ. ކުއްލިއަކަށް ބިންމަތީގައި ފައިތިލަ ޖައްސައިގެންއިން ޒާކްގެ ފައިތިލާގައި އެއްޗެއް ހިފިހެން ހީވެގެން އޭނާގެ ފަޔާދިމާލަށް ބަލަން ބޯ ތިރިކޮށްލިއެވެ. އެހިނދު ޒާކްގެ ފުރަގަހުން އިންސާނެއްގެ ސިފައިގައި ހުރި އަންހެންމީހަކު އެތަނަށް ވެރިވެގަތެވެ. ދެލޮލުގެ ކަޅި ގެއްލިފައި ހުރި ހުދު އަންހެން މީހާގެ އިސްތަށިގަނޑު އޭނާގެ ބޯމަތިން ވިހުރެމުން ދިޔައިރު އަނގަ ތައްމިނަށް ހުޅުވިފައިވެއެވެ. ޒާކްގެ ފުރަގަހުގައި ދެކަކުލުގެ މައްޗަށް ކޮޅަށް ހުރި މި އަންހެން މީހާގެ ދެއަތްތިލަވަނީ ޒާކްގެ ކަނދުރާއާއި ދިމާލަށް ދިއްކޮށްފައެވެ. އޭނާގެ ހަރަކާތްތަކުން ހީވަނީ ޒާކަށް ވަރުގަދަ އަނިޔާއެއް ދިނުމުގެ ނިޔަތެއްގައި އުޅޭހެނެވެ. ބޯއަރިކޮށްގެން ހުރި މި ބިރުވެރި އަންހެން މީހާގެ ސޫރަ ނުފެންނަ މައުސޫމް ޒާކް އޭނާގެ ފައިތިލަ ބަލާލުމަށްފަހު ދެފައި މައްޗަށް އަރުވާ ކުރުގަޅުވާލިއެވެ. ދެލޯމަރައިލާ ޒާކް އައޫޒުކިޔަން ފެށީ ވަރަށް ހިތްވަރުކޮށްފައެވެ. އައޫޒަށްފަހު އަހަދް، ފަލަޤް، ނާސް، ތިން ސޫރަތް ކިޔައި ކުރުސިވެސް ކިޔަންފެށިއެވެ. އެހިނދު ޖެހުނު ވަރުގަދަ ވައިރޯޅިއަކާއިއެކު ޒާކްގެ ކޮޓަރީގައި ހުރި ކުޑަދޮރު ބަންލާފައި ހުޅުވުނެވެ. އަދި ވައިގެ ގަދަ ހަމަލާތަކުން ހަތަރެސްކަން ދޮރުގައި ހަރުކޮށްފައި ހުރި ދެ ދޮރުފަތް ބަން ބަން ލާފައި ތެޅެމުންދިޔައެވެ. އެ އަޑަށް ސިހިގެން ދިޔަ ޒާކް އިންތަނުން ތެދުވެ ހަޅޭއްލަވަމުން  ދުއްވައިގަތީ އޭނާގެ މަންމަގެ ކޮޓަރިއާއިދިމާލަށެވެ. ބިރުން ވިރި ވިރި ހުރި ޒާކް ގެ ހަޅޭކަށް އޭނާގެ މަންމައާއި ބައްޕަ އަވަހަށް ކޮޓަރީގެ ދޮރުހުޅުވާލިއެވެ. އެހިނދު ޒާކް ދުވެ އައިސް އޭނާގެ މަންމަގެ ގައިގައި ބައްދައި އޮޅުލައިގަތެވެ. ރޮމުން ތިމަންނާ ނިދާނީ މަންމަ ގާތުއޭ ބުނެ ޒާކް ހަޅޭއްލަވަމުން ދިޔައެވެ. އޭނާއަށް ދެންމެ ކޮޓަރިތެރެއިން އިހުސާސްވި ހުރިހާ ކަމެއް ރިޝޫއަށާއި ޝަޔާނަށް ކިޔައިދިނުމުން ޒާކް ހަމައަކަށް އެޅުވޭތޯ ޝަޔާން މަސައްކަތްފެށިއެވެ. ގަޔާލައި ގާތް ކުރުމަށްފަހު ހުއްޓާލާށޭ ކިޔަމުން ދިޔައެވެ. އަދި އޭނާ އެރޭ ނިދާނީ މަންމަ އާއި ބައްޕަ ގާތުއޭ ބުނެ ރިޝޫވެސް ހިތްވަރުދިނުމަށްފަހު އޭނާ ރިޝޫގެ ގާތު އެނދުގައި ބޭއްވިއެވެ. ޝަޔާން ޒާކްގާތު އެނދުގައި އިރުކޮޅަކަށް އިނުމަށްފަހު ކޮޓަރިން ނިކުމެ ޒާކްގެ ކޮޓަރިއަށްވަނީ ހަޤީޤަތުގައިވެސް އެ ކޮޓަރީގެ ކުޑަދޮރު ހުޅުވިފައި ހުރިތޯ ބަލާށެވެ. ނަމަވެސް އެކޮޓަރީގައި ވާ ކުޑަ ދޮރު ލައްޕާފައިވާ ތަން ފެނުމުން ޒާކް ގެ ކޮޓަރީގެ ދޮރުމަތީ  ޝަޔާން ހުރީ ހައިރާންވެފައެވެ. އެހެނަސް ކޮޓަރިއަށް މީހަކު ވަންނަން އުޅުނީކަމަށޭވާނީ ހިތަށް އަރުވަމުން ޝަޔާންވެސް ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ރިޝޫއާއި ޒާކް ގާތު އޮށޯތެވެ. އެއަށްފަހު ފޯނުން ‘ރުގިޔާ’ ޖެހުމަށްފަހު ޝަޔާންގެ ފޯނު އެނދުގެ ހެޑްބޯޑުމަތީބޭއްވިއެވެ.

 

………………………………………………………………………………………………

ހަމައެއްވަގުތެކެވެ. އައިންތު އިނީ މާއިނާއި އޭނާގެ މައިންބަފައިންނާއިއެކު އެއްމޭޒެއްގައި ބަދިގޭގައި ކާށެވެ. ކައިއަވަދިވެގެން ގެއާއި 10 ވަރަކަށް ފޫޓު ދުރުމިނުގައި ހުންނަ ގޯތިތެރޭގައި ވާ ބަދިގެއިން ނިކުމެ 6 އަހަރުގެ މާއިން ގޮވައިގެން  ގޭތެރެއަށް ވަންނަން އައިންތު ހިނގައިގަތީ އޭނާގެ މަންމަ ސަކީނާ ގާތު ގޭތެރެއަށްދާވާހަކަ ބުނުމަށްފަހުއެވެ. ބަދިގެއިން ނުކުމެ ފައިވާނަށް އެރުމަށްފަހު ގޯތިތެރޭ އަޅާފައި ހުރި އަކިރިތައްމަތީ ތިންފިޔަވަޅު ނޭޅެނީސް  ބަދިގެ ފަރާތުގައި ހުންނަ ގަސްތަކުގެ ތެރެއިން މާއިނަށް މީހަކު ގޮވާލިހެން ހީވެގެން މާއިން އެދިމާލަށް ބަލައިލިއެވެ. އޭނާއަށް އެތަނުން އެއްޗެއް ފެންނަން ނެތުމުން އެއީ ހީވި ހީވުމެކޭ ހިތަށް އަރުވަމުން މަންމަގެ ފަހަތުން ގޮސް ގެއަށްވަނެވެ. އެއިރު އައިންތުގެ ބޭބެ ޝާން ސިޓިންރޫމުގައި ޓީވީބަލަން އިނެވެ. މާއިނަށް ޝާން ގޮވާލާފައި ނިދަންދަނީހޭ އެހުމުން އާއެކޭ ބުނެފައި މަންމަގެ ފަހަތުން މާއިން ހިނގަމުން ދިޔައީ އޭނާގެ ކޮޓަރިއާއި ދިމާލަށެވެ. ސިޓިންގްރޫމު ފަހަނައަޅާ ދިއުމަށްފަހު އެންމެ ފުރަތަމަ ޖެހޭ ކޮޓަރިތެރެއަށް އައިންތުމެންގޮސް ވަނެވެ. މަންމަ އާއި ބައްޕަ އޭނާ ވަރަށް ތުއްތުއިރު ވަކިވެފައި ވުމުގެ ސަބަބުން މާއިން އަބަދުވެސް އޭނާގެ މަންމަގާތު އުޅެއެވެ. މަންމަ ދެރަވާތަން ބަލަން ބޭނުންނުވާ މި ވިސްނުންތޫނު ކުއްޖާ އޭނާގެ މަންމައާއިއެކު ކޮޓަރިއަށްވަނުމަށްފަހު އެނދުގެ އެއްފަރާތުގައި އޮށޯވެ ގައިމަތީ ރަޖާގަނޑު އަޅާލިއެވެ. އޭނާގެ މަންމަ އައިމިނަތުވެސް ހަމަޖެހިލައިގެން އެނދުގެ އަނެއްފަޅީގައި އޮށޯތީ ލޯބިން މާއިންގެ މޫނުގައި ފިރުމާލަމުންނެވެ. އައިންތަށް ނިދުނު އިރު މާއިން އޮތީ ހޭލައެވެ. ތާއްޔާއިޖެހެމުން ދިޔަ މާއިން ކުއްލިއަކަށް ސިހިފައި ކޮޓަރީގެ ދޮރާ ދިމާލަށް ބަލާލެވުނީ ކޮޓަރީގެ ލައްޕާފައިހުރި ދޮރުގައި މީހަކު ޓަކި ޖަހާއަޑަށެވެ. އޮތްތަނުން ތެދުވެ މާއިން އަވަހަށްގޮސް ދޮރުހުޅުވާލިއެވެ. ދޮރުމަތީ މީހަކު ފެންނަން ނެތުމުން މާއިން ކޮޓަރިން ބޭރަށްނުކުމެ ދެ ފަރާތަށް ބޯ އަނބުރައި ބަލާލިއެވެ. އަދި ގޭތެރެއިން މީހެއްގެ ހިލަމެއްނުވުމުން ސިޓިންގްރޫމާދިމާލަށް ހިނގައިގަތީ ޓީވީ ބަލަން އިން  ޝާން ބޭބެ ދޮރަށް ޓަކިދިންތޯ  ސުވާލު ކުރުމުގެ ނިޔަތުގައެވެ. މާއިނަށް ސިޓިންގްރޫމާއި ހަމައަށް ނުދެވެނީސް އޭނާގެ ކަންފަތް ކައިރިން މީހަކު އޭނާގެ ނަމުން ގޮވާލިއަޑުއިވުނެވެ. ސިހިފައި މާއިން ކޮޅު ކޮޅަށް ބޯ އަނބުރަންފެށީ އޭނާގެ ގާތު މީހަކު ހުރިހެން ހީވެގެންނެވެ. ސިޓިންގްރޫމަކު އެއްވެސް މީހަކުނެތެވެ. ގޭ މައިދޮރު ހުރީ ތަންމިނަށް ހުޅުވާފައެވެ. ގޯތި ތެރޭގައި ހުރި ބަދިގެ ދިއްލާފައި ހުރުމުން މާއިން އެދިމާލަށް ހިނގައިގަތީ މީހަކު ބަދިގޭގައި  އުޅެނީކަމަށް ހީކޮށެވެ. ޖެހެމުން ދިޔަ ފިނިރޯޅިން މާއިން ގެ ގައިން ހީބިހި ނަގަމުން ދިޔައެވެ. ގެއިން ބޭރަށް ފިޔަވަޅު އެޅުމަށްފަހު މަޑުމަޑުން ހިނގަންފެށީ ބަދިގެއާއި ދިމާލަށެވެ. ހަނދުވަރުގެ އަލިކަމުން މުޅި ހިސާބުގަނޑު ދިއްލާފައިވާއިރު ވައިގެ ވަރުގަދަ ހަމާލަތަކުން ގޯތިތެރޭގައި ހުރި ގަސްތައް ކޮޅު ކޮޅަށް ވިހުރެމުންދެއެވެ. އެހިނދު ހިނގަމުން ދިޔަ މާއިންގެ ކަންފަތްކައިރިން ހޫނު ކަމެއް އިހުސާސްވެގެންދިޔައެވެ. ސިހިފައި މުޅި ހިސާބުގަނޑަށް ކަޅިހިންގާ ބަލާލީ ކައިރީގައި މީހަކު އުޅޭހެން ހީވެގެންނެވެ. ހިނގުން އަވަސްކޮށް ހަލުވި ހިނގުމަކުން ހިނގަން ފެށީ ކޮންމެވެސް ވަރަކަށް މާއިން ބިރުގަންނަންފެށުމުންނެވެ. ހިނދުކޮޅެއްގެތެރޭ ބަދިގެދޮރާހަމަ އަށް އަރައި ހުޅުވާފައި ހުރި ދޮރުން އެތެރެއަށް ބޯ ދިއްކޮށްލާ ބަލާލިއެވެ.

” މާމާ!؟ ދޮންބޭ؟ ” މާއިން އެގޭ މީހުންނަށް ގޮވަމުން ދިޔައީ ބަދިގޭގައި މީހުން އުޅެނީކަމަށް ހީކޮށެވެ. ދޮރުމަތީހުރެ މާއިނަށް ބަދިގޭތެރެއަކުން މީހެއްނުފެނުނެވެ. އެހެންކަމުން އެތެރެއަށްވަދެ  ކާމޭޒު ހުރިހިސާބަށްދިޔައީ އެތާގައި ހަމަ ޔަގީނުންވެސް މީހަކު އިންކަން އެނގިގެނެވެ. އޭނާއަށް ފުރަގަސްދީގެން މޭޒުކައިރީ ހުރި ގޮނޑިއެއްގައި އިން  މީހާ ވަކިކުރަން ނޭނގުމުން މާއިން އެމީހަކާ ދިމާލަށް ހިނގަންފެށީ ކާކު ހޭ އަހަމުންނެވެ. މާއިން މޭޒާ ކާއިރިވަމުން ދިޔަ ވަރަކަށް ފުރަގަހުން އެމީހަކު ހުރި ގޮތް ސިފަވަމުންދިޔައެވެ. ހުދުހެދުމެއްލައިގެން ގޮނޑިއެއްގައި އިން މީހާގެ ދިގު ފަން އިސްތަށުގަނޑުން އޭނާގެ މުޅި ފުރަގަސް ވަނީ ނިވާވެފައެވެ. އިށީނދެގެން އިން މި މީހާ އިންތަނުން ތެދުވެ މޭޒުން ދުރުވިއެވެ. އަދި މާއިނަށް ފުރަގަސްދެމުން މޭޒުވަށައިލައި ބަދިގެއިން ނިކުތުމަށް ހިނގައިގަތެވެ. އެހިނދު ނޭނގޭ ބާރަކުން  އެމީހެއްގެ ފަހަތުން މާއިނަށް ހިނގައިގަނެވުނެވެ. މާއިން ގެ ހިތުގައިވަނީ އެއީ ކާކުތޯޯ ބެލުމެވެ. ކާކު ހޭ އަހަމުން ބަދިގެއިން ނިކުތް މީހާގެ ފަހަތުން މާއިންވެސް ހިނގަމުން ގޮސް ގޯތިތެރެއަށް ނިކުތެވެ. ބަދިގެއާއި ގުޅިގެން ގޭ ބިއްދޮށަށް ވާގޮތަށް އޮތް ޖަންގައްޔެއްހެން ހުރި ގަސްތަކުގެ  ތެރެއަށް ދިޔަ މި މީހާގެ ފަހަތުން މާއިން ހިނގަމުން ދިޔައިރު އޭނާގެ ހިތަށް ބިރުވެރިކަން ވަންނަމުންދިޔައެވެ. ހިނދުކޮޅަކުން އަނދިރިކަންބޮޑު ގަސްތަކުގެތެރެއަށް މާއިން ހުއްޓުނީ އެ ދިގު އިސްތަށިގަނޑުގެ ވެރިމީހާގެ ފިޔަވަޅު ހުއްޓުމުންނެވެ. ހުއްޓުމާއިއެކު މާއިނަށް ހޭވެރިކަންވިކަހަލައެވެ. އޭނާއަށް މިހުރެވުނީ ކޮންތާކުތޯ އަމިއްލައަށް ސުވާލުކުރެވެންފެށިއެވެ. ވަށައިގެން ހުރިތަންހޯދާލެވުނެވެ. މާއިންގެ ކުރިމަތީއޭނާއަށް ފުރަގަސްދީގެން ހުރި މިމީހާގެ ބޯ އަރިކޮށް ފަހަތްބަލާލިއެވެ. އެއަށްފަހު އެއްކޮށް އެނބުރި މާއިނާ ކުރިމަތިލުމަށްފަހު މާއިންއާ ދިމާލަށް ދެބުމަ ގޮށްޖަހައިގެން ބަލާލިއެވެ. އަންހެނެއްގެ ސިފައިގައި ހުރި މި މީހާގެ ހުދު ކުލައިގެ ބޮޑު ދެލޮލުގައި ކަޅު ކަޅިއެއްނެތެވެ. އެ އަންހެންމީހާ އަނގަ ފުޅާ ކުރަމުން ދިޔަ އިރު އެވަރުގެ ބޮޑު އަނގައެއް އަދި މާއިން ދުވަހަކުވެސް ނުދެކެއެވެ. އެބިރުވެރި ސޫރަ އަނދިރީގެ ތެރެއިން ފެނުމުން  ބިރުންހުރި މާއިން އަޑުގެނެތްތަނަށް ހަޅޭއްލަވައިގެންފައި ގެއާއިދިމާލަށް ދިޔުމަށް ދުއްވައިގަތެވެ. އެހެނަސް އެ ހުރިތަނުން ގެއަށް ދާކަށް އޭނާއަކަށް ނޭނގުނެވެ. ދުވަމުން ދުވަމުންގޮސް ވަރުބަލިވީއިރުވެސް އޭނާއަށް ގެއެއް ނުފެނުނެވެ. މަގު އޮޅި އެއް ސަރަހައްދެއްގައި މާއިންނަށް ވަށާ ދުވެމުން ދެވުނުކަން މާއިނަކަށް ނޭނގުނެވެ. ހިނދުކޮޅަކުން ލޯމައްޗަށް އަނދިރިވެ މާއިން ބިންމައްޗަށް ވެއްޓިއްޖެއެވެ. އެވަގުތު އޭނާގެ ފައިތިލައިގައި މީހަކު ހިފިހެންވެސް ހީވެއެވެ. މުޅި ތަން އަނދިރިވެ މާއިންގެ ދެލޯމެރުނީ ހެޔަށް ގޮތްވާން ފެށުމުންނެވެ.

(ނުނިމޭ)

Share Article

Follow Me Written By

Maree

Level 110 Stories

Not a professional writer by any mean! Just a learner! Trying to express the thoughts that comes to my mind.

Other Articles

Previous

Haasa engun

Next

އަނިޔާ.. 25 ވަނަ ބައި

Next
January 3, 2016

އަނިޔާ.. 25 ވަނަ ބައި

Previews
January 2, 2016

Haasa engun

25 Comments!

  1. Maree says:
    January 3, 2016 at 8:49 am

    I’m really sorry for the delay. i had problems in my laptop. hope you’ll like this part too 🙂
    kandufen story liyuntheriya Shazlyn ah varah bodu THANKYOU eh for the support and help. thanks darling ;P

    1. raiya says:
      January 3, 2016 at 9:52 am

      V rythi maree

    2. Shax Lyn says:
      January 3, 2016 at 2:18 pm

      Awwwn…. ur welcome dear… anything for u…. happy to c so much support… from readers…..good luck… girl u have talent…. keep writing…. 🙂 <3

  2. Shim says:
    January 3, 2016 at 9:20 am

    V reethi mi bai ves ekam next part avahah up kohdhehche

  3. Mar Sha Marsha says:
    January 3, 2016 at 10:02 am

    Very nice… alhe kyhvetha e biruveri anhen myha e kudhinkolhaa jassaalaigen e ulheny?? E kudhinge parents ge faraathyn eyyhyge dharifulhah kameh vy dho… ekkala boli!!! Oh my god!!! Alhe kiyaa hit vany bodukoh… waiting for part 8…

    1. Maree says:
      January 3, 2016 at 10:07 am

      Thanks Marsha !! You’ll know the reason in the last episode 🙂

  4. Zubey says:
    January 3, 2016 at 12:55 pm

    Kobaa dhen annaanee last episode tha ??? Aslu for me 2 year old Ayham ah Aisha v alhaa nulaa gothalah meethi express koh dheefa inee… 2 year old kujje ekani nuvaa varu kanthah and ekani dhookoh nulaane dhoa kotariah gossa nindhan… I know this cos I have a two year old !!! Faathun ves Rishu ves dhari nindhan baavaafa abadhu eheh thanthaaga !!!! Ebai kudakoh hama nujeheyy!!! My point of view 🙂

    1. Maree says:
      January 3, 2016 at 1:18 pm

      Dhari nidhan baavvaafa ehen than thaaga ey?? Two year old can’t take a shell ? And don’t two year olds throw tantrums ? If kids are given training what can not be done ? Rishus zaak is 5year old so she could sleep alone. And thats the only time I mentioned here sleeping … But anyway.. Thank you for your point of view 🙂

    2. Maree says:
      January 3, 2016 at 1:20 pm

      And no! Last episode is way far !

    3. shahy says:
      January 4, 2016 at 11:55 pm

      Start kuree varah kiyaa hithun bt this episode hama varah kada…hus ehvaahaka mulhi story ga..meethi kada… kuda koh visnaalaafa hama jehey gothakah liyan feney…

  5. Aiham says:
    January 3, 2016 at 1:15 pm

    Nice

  6. Aimsithu says:
    January 3, 2016 at 6:25 pm

    Varah reethi vaahaka eh.. vaahakaige sifa kurun varah molhah genes dhyfa ebahuri …

  7. Aleena says:
    January 3, 2016 at 7:10 pm

    Aslu kiyaani ‘rugiya’ eh noon. Its ‘ruqya’. Arabi lafuzeh aee. Keep writing. Ekam haadha hithuga jeheyey babies thaka vaa gothun. Mum men gabool kuran vaane dhw e kudhin bunaa vahaka. Ehrn nooni nxt tym they willnt say. Liyun v furihama.

    1. Maree says:
      January 3, 2016 at 8:51 pm

      Aww thank you dear. Will correct the mistake 🙂

  8. saadhna says:
    January 3, 2016 at 9:06 pm

    Bahuge hamathakah samaalukan dhinun rangalhu. Adhi society ge aadhakaadhayaa maahaulah dhirasa kurun v muhinmu. Ehen nuvaathee hageegatheh kamuge ihsaas nukurevey. Ekam jumulakoh rangalhukan faahaga kuran.

    1. Maree says:
      January 5, 2016 at 7:03 am

      Saadu appreciate it. Thanks 🙂

  9. meenaa says:
    January 4, 2016 at 10:30 am

    Too much “haasaru” mulhin abadhu abadhu vaanuvaa neyngey meehun. Need to improve

    1. Shareef says:
      January 4, 2016 at 10:18 pm

      I totally agree with this !!! Maa gina meehun and vaanuvaa neyge annehkka kuda kudhinaaa alhaanulaa parents thakeh varah !!!

  10. Nathu says:
    January 4, 2016 at 12:27 pm

    Good job maree. Really liked the story . Waiting for the next part buddy

  11. mary says:
    January 4, 2016 at 5:01 pm

    Hehehe… mee bodu joke eh…. rah rashuga ulhey meehunnakee kudhin vakin kotariyah laigen ulhey bayeh noon… rahfushuge gothahvureh faranjee goiy gandu fennaneee…. this story varah hadi….. aslu dhen komme bayehgga dhen hama ehvvagitheke…. heheee ei haafha fakkaa jinni ekey ehvvaguthehgga ethah geyakah gos hurihaa kudhinnaa eggothakah dhimaa kuraneee…. n aisha boli fundaaleeema keeve rishoomenge dharinah varu baalanvee… aishage dhariyah dho hama ekani badi bahattanveee…. varah hama nujehey…… fake fake fake

  12. zul says:
    January 4, 2016 at 11:32 pm

    Mivaahaka fetti iru varah shauguveri but kada kada… thi concept kada.

    1. shahy says:
      January 4, 2016 at 11:51 pm

      Mi vaahakaiga varah hama nujehey bai Gina now… Cox I dnt blv ehaa kuda kudhin ekani ehen ulhen parents dhookuraane hen.. can blv if it’s a 7 or 8 year old

  13. Maree says:
    January 5, 2016 at 7:01 am

    Wow! Some comments! Some are commenting twice even! Well, thank you for reading those who like it and THOSE who don’t like it, all I can say is, all this is happening because of a reason. If you don’t like it, I Appreciate not to comment INFACT not to read this story. Very simple. Coming here and commenting twice being negative is not a very nice way of expressing your thoughts. A story line sometimes can be mysterious. Expressing your thoughts is good. But not like being so negative. I’m not forcing anyone to like this at all.

    1. Aisha says:
      March 9, 2016 at 4:52 pm

      Nice story maree

  14. siya says:
    January 8, 2016 at 11:51 pm

    Bootiful….. Nice ingey MAREE….. 🙂 So proud of yuh <3 :* <3

Comments are closed.


All Right Reserved!