Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރި

އިރު އޮއްސުމުން..

princess lily Level 110 Stories
January 6, 2016 3 Mins Read
37 Comments

މިވާހަކައަކީ އަޅުގަނޑު ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. އެހެންނަމަވެސް އެހެންވާހަކައަކާ އެއްގޮތް ކަމެއް ހުރުމާއި މިއީ އަޅުގަނޑު ލިޔުނު ފުރަތަމަވާހަކައައްވީތީ ކުށް ބަސްހުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ތިޔަ ކިޔުންތެރިންގެފަރާތުން ލިބޭ ފާޑުކިޔުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއްކަމައްދެކެމެވެ.

ރަމްޝާ އިނީ އަތިރިމަތީގައި ބިޔަކޮން ހެދިފައިހުރި ގަހެއްގެދޮށުގާ އިށީނދެލައިގެންނެވެ. އެއީ އިރު އޮއްސެމުންދިޔަ ވަގުތު ކަމުން މުޅިތަނަށް ވަނީ އަނދިރިކަމާ ހަމަހިމޭންކަން ވެރިވާން ފަށާފައެވެ. އަނދިރި ވުމުގެ ކުރިން މަންޒިލައް ވާސިލް ވުމައްޓަކާ ކޮޅުކޮޅުމައްޗައް އުދުހެމުން ދިޔަ ކާޅާ ކޮވެލީގެ އަޑު ނޫން އިތުރު އެއްވެސް އެއްޗެއްގެ އަޑެއް ނީވެއެވެ. އުޑުމަތިވަނީ ރަތްވިލާތަކުން ބައްދާލާފައެވެ. އެމަންޒަރު ސިފަވަމުން ދިޔައީ މޮޅު ކުރެހުންތެރިޔަކު ކުރަހާލާފައިވާ ރީތި މަންޒަރެއްގެ ގޮތުގައެވެ.
އެއްވެސް ފޫހި ކަމެއްނެތި އެމަންޒަރައް ބަލަހައްޓައިގެން އިން ރަމްޝާ އައް ސިހުން ލިބުނީ އުދަރެސް ކައިރިން ކަނޑުގެ ލޮނުގަނޑަށް އެއްޗެއް ވެއްޓުނުހެން ހީވެގެންނެވެ. އޭރު މުޅި ތަނައް ވަނީ ފުން އަނދިރިކަން ވެރިވެފައެވެ. އެ އަނދިރި ކަމުގެ ތެރޭން އެއީ ކޮން އެއްޗެއްކަން ވަކިކުރާކައް ރަމްޝާ އަކައް ނޭންގުނެވެ.
ރަމްޝާ ގަޑި ބަލާލުމައްފަހު ގެއައް ދާން ހިނގައިގަތެވެ. ކުއްލިއަަކައް މޫސުމް ބަދަލުވެއްޖެއެވެ. ޖެހެމުން ދިޔަ މަޑުމަޑު ވައިރޯޅިތައް ބާރުވެއްޖެ އެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިން އުޑު މަތީގައި ފެތުރިފައޮތް ރަތް ވިލާތައް ކެހިގެންގޮސް ކަޅުފުސް ވިލާ ތަކުން ބައްދާލައިފިއެވެ. ހީވަނީ ހަމަ ދެންމެދެންމެ ވިއްސާރަ ވެހިގައިން ފާނެހެންނެވެ.

ރަމްޝާގެ ހިނގުން ކުރިއައްވުރެން ބާރުކޮއްލިއެވެ. ވިއްސާރަ ވެހުމުގެ ކުރިން ގެއައް ދެވޭތޯއެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް ރަމްޝާ ގެއައް ވައިން އިރު ރަމްޝާގެ މަންމަ ނަޝީދާ ރަމްޝާގެ އިންތިޒާރުގަ އިނެވެ.
“މަންމަ ބުނަމެއްނު ތަންކޮޅެއް އަވަހައް ގެއައް އަންނާށޭ… ކޮންމެ ދުވަހަކު އެއްގަޑި އަކައް އަތިރި މައްޗައް ނުދަށޭ..!” ނަޝީދާ ރަމްޝާ އައް ވިސްނާދޭފަދަ ރާގެއްގަ ބުނެލިއެވެ
“މަންމާ…! މަންމަ ތިހީކުރާ ކަހަލަ ކަމެއް އިރާދަކުރެއް ވިއްޔާ ނުވާނޭ…” ރަމްޝާ ނަޝީދާ ކައިރީ ސޯފާގައި އިށީންނަމުން ބުނެލިއެވެ.
“ކަމެއްވާނީ ބުނެފައެއް ނޫން.. އަދި ތިދަނީވެސް އިރު އޮއްސޭ ވަގުތު.. އަންހެން ކުދިން އުޅެން ޖެހޭނީ ވަރައް ވިސްނައިގެންނޭ ދަރިފުޅާ.. ދަރިފުޅައް ވިސްނޭނީީ ކޮންއިރަކުންބާއޭ މަންމަ ހިތައް އަރާ…!” ކޮންމެ ދުވަހަކުވެސް ނަޝީދާ މިގޮތައް ރަމްޝާ އައް ވިސްނާދެއެވެ.
“ދެން މަންމާ.. އަނެއްކަ މިރޭވެސް ތިވާހަކަ ނުދައްކަބަލަ.. ދެން ނުދާނަމޭ.. އޯކޭ.. ކޮބާތަ ދޮންބެ..؟” ރަމްޝާ އެއްބަސްވަމުން ދޮންބެ ކޮބާތޯ ސުވާލުކުރިއެވެ.
“އަދިނާދޭ ގެއަކައް.. ރަމްޝާ ދޭ ފެންވަރައިގެން ނަމާދު ކޮއްގެން އަންނަން. މަންމަ މިދަނީ ބަދިގެއައް..”
ރަމްޝާ ކޮޓަރިއާ ދިމާލައް ހިނގައި ގަތެވެ. ކޮޓަރީ ދޮރު ހުޅުވުމާއެކު ޖެހިލި ފިނިފިނި ވައިރޯޅިއެއްގެ ސަބަބުން ރަމްޝާގެ މުޅި ގައިން ހީބިހި ނަގައިގެންދިޔައެވެ. މުޅިމީހާ ތުރުތުރު އަޅައިގެން ދިޔައެވެ. ކޮޓަރީ ދޮރު ލައްޕާލުމައްފަހު ކުޑަދޮރާ ދިމާލައް ރަމްޝާ ހިނގައިގަތެވެ. ކުޑަދޮރުން ބޭރު ބަލާލުމާއެކު ފެނުނު މަންޒަރުން ރަމްޝާ ހައިރާވިއެވެ. މިހާރު އުޑު މަތީގައި އެންމެ ވިލާ ކޮޅެއްވެސް ނެތެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިން މޫސުމް ގޯސްވިކަމުގެ އެއްެވެސް ނިޝާނެއް މިހާރު ފެންނާކައް ނެތެވެ. އުޑު މަތި ސާފު ހަނދުވަރުދޭ ރެއެކެވެ.
ފެންވަރާ ނަމާދު ކޮއްލައިގެން ރަމްޝާ ބަދިގެއައް ދިޔައިރު ނަޝީދާ އުޅެނީ ކާން ހަދާށެވެ.
“ރަމްޝާ.. މި ބަތް ކަހަނބު މޭޒުމައްޗައް ލައިބަލަ..”‘ ރަމްޝާ ފެނުމުން ނަޝީދާ ބުނެލިއެވެ. އެވަގުތު ޒާހިދު އާ ރިޔާން އައިސް ވަނެވެ.
“ގަޑިއައް ދޯ މި އާދެވުނީ..!” ރިޔާން ހީލަމުން ބުނެލިއެވެ.
“އާދޭ އަވަހައް ކާން.. މިއަދު އެންމެން އެއްކޮންނެއްނު ކާނީ…” ނަޝީދާ ކާމޭޒު ދޮށުގައި އިށީންނަމުން ބުނެލިއެވެ. ކޮންމެ ހަފްތާއެއްގެ ހުކުރުވިލޭ ރެއަކީ މުޅި އާއިލާ އެކުގާ ރޭގަނޑުގެ ކެއުމައް އިންސާފު ކުރާރެއެކެވެ. މުޅި ހަފްތާ ޒާހިދުއާ ރިޔާން ހޭދަކުރަނީ ވިޔަފާރީގެ އެކި އެކި މަސައްކަތުގައެވެ.
ޒާހިދު ނަޝީދާ އާ ކައިވެނި ކުރި އިރު ދެމީހުންނަކީވެސް މެދުފަންތީގެ އާއިލާއެއްގެ ބައެކެވެ. ކައިވެންޏައް ފަހު ކުރަމުން ދިޔަ ބުރަ މަސައްކަތުން މިއަދު މިވަނީ ފެންވަރު ރަނގަޅު ވިޔަފާރިއެއް ފެށިފައެވެ. މިއަދު ޒާހިދުގެ އާއިލާ އަކީ ރަށުގެ ގަދަރުވެރި އާއިލާ އެކެވެ. މިހާރު ރަށުގެ މަތީ ފަންތީގެ އާއިލާތައް ގުނާލާ ނަމަ ޒާހިދުގެ އާއިލާގެ ނަން ކިޔާނީ ލިސްޓުގެ އެންމެ ކުރީގައެވެ. ޒާހިދު އެންމެ އުފާވަނީ ރިޔާން އާއި ރަމްޝާ އަކީ އުންމީދު ކުރިފަދަ އަހުލާގު ރަނގަޅު ކިޔަމަންތެރި ދެކުދިންނައް ވީތީއެވެ.
“ދޮންބެ ތީނީ ކަމެއްގެ މަތިން ހަނދާން ނެތިފަ..” ރަމްޝާ ހިންހަމަ ނުޖެހިފަ ހުރެ ބުނެލިއެވެ.
ހޫމް…! ހަނދާން އެބަހުރި.. މަންމާ….! މިއަދު މީ ރަމްކޮގެ އުފަން ދުވަސް..!” ރިޔާން ވިސްނާލުމައްފަހު ބުނެލިއެވެ.
“ބައްޕަ ހަނދާން ނެތުނީ… ދަރިފުޅު ކޮންއެއްޗެއް ބޭނުމީ..!” ޒާހިދު ހީލަމުން ރަމްޝާ އަށް ބަލާލިއެވެ.
“ކޮންމެ ފަހަރަކުވެސް ހަނދާން ނެތޭނެ.. މަންމަ އެކަނި ހަނދާން ހުރީ. މަންމަ ދިނީ ވަރައް ރީތި ހެދުމެއް.. ދެން ބައްޕަ ބޭނުން އެއްޗެއްދީ…!” ރަމްޝާ ޖަވާބު ދިނެވެ.
“ދޮންބެ ހަނދާނެއް ނުނެތޭ.. އޮންނާނެ ހަދިޔާއެއް ގަނެފަ. ކައި ނިމިގެން ގޮސް ދޭނަން..” މިފަހަރު ނޫނީ ކޮންމެ ފަހަރަކުވެސް ރަމްޝާ އައް އެންމެ ފުރަތަމަ ވިޝް ކުރަނީ ރިޔާން އެވެ.
ކައި ނިމިގެން ނަޝީދާ އާއެކު ތަށިތައް ނަގާލުމައް ފަހު ރަމްޝާ ދިޔައީ ރިޔާންގެ ކޮޓަަރިއައް ށެވެ.
“ކޮބާ ހަދިޔާ.. ބަލާ މިއައީ…!” ރަމްޝާ ކޮޓަރިއައް ވައިން އިރު ރިޔާން އޮތީ ފޯނާ ކުޅޭށެވެ.
“މިއޮތީ…” ރިޔާން ރަން ކުލައިގެ ކަރުދާހުން ޕާރުސަލް ކޮއްފައިވާ ފޮއްޓެއް ދިއްކޮއްލިއެވެ. ރަމްޝާ އަވަސް އަވަހައް ޕާރުސަލް ކަނޑަން ފެށިއެވެ.
“އަޅެ ދޮންބެ ހާދަ ރަނގަޅޭ.. މި ފޯނު ވަރައް ރީތި.. ތެންކިޔޫ..” ރަމްޝާ އައް ރިޔާންގެ ހަދިޔާ ވަރައް ކަމުދިޔައެވެ.
ގަޑިން 11 ގަޑި 55 ވެއްޖެއެވެ. ރަމްޝާ އައް ސިހިފާ ހޭލެވުނީ ފޯނު ރިންގުވާ އަޑަށްށެވެ. “ހަލޯ…!” ރަމްޝާ ފޯނު ބަލާނުލާ ކަންފަތުގާ ޖައްސާލިއެވެ. އޭރުވެސް ރަމްޝާ އޮތީ ލޯ ނުހުޅުވައެވެ.
ހެޕީ ބާރތްޑޭ….!”
“ތެންކިޔޫ.. ތީ ކާކު؟” ރަމްޝާ ހައިރާން ކަމާއެކު އަހާލިއެެވެ.
”ކާއިން…!”    ނުނިމޭ

Share Article

Follow Me Written By

princess lily

Level 110 Stories

Other Articles

Previous

ހާދަ ލޯބިންނޭ………

Next

ލޯބިވާ މަންމާ މަގޭ.. 8

Next
January 6, 2016

ލޯބިވާ މަންމާ މަގޭ.. 8

Previews
January 6, 2016

ހާދަ ލޯބިންނޭ………

37 Comments!

  1. Kia says:
    January 6, 2016 at 6:22 pm

    Vrh rythi…waiting 4 the nxt prt!! Btw me frst dhw!! 🙂 story is vry nyc!!

  2. Luyoona says:
    January 6, 2016 at 6:27 pm

    wow

  3. princess lily says:
    January 6, 2016 at 6:34 pm

    thanx… thanx Luyoona n Kia

  4. Sunshine says:
    January 6, 2016 at 6:37 pm

    Maa kuru .. Dhen fahara kun dhigu kollAATHI INGEY

  5. princess lily says:
    January 6, 2016 at 6:41 pm

    ya… miah vuren dhigukollaanan ingey..

  6. bubble says:
    January 6, 2016 at 6:45 pm

    v nice…
    heevanee v romantic vaanehn.
    hehe I luv romantic strys.

  7. naax says:
    January 6, 2016 at 6:59 pm

    V reethi feshun masha allah.. thankolheh kury ekm.. v kiyaahithun indha mi part nimuny.. whn iz nxt prt..

  8. Eyesh says:
    January 6, 2016 at 7:05 pm

    V reethi mi part.. so eagerly waiting for the next part. Furatahama vahaka yas haadha reehchey. I luv horror stories ? best of luck princess lilly ?

  9. shai says:
    January 6, 2016 at 7:08 pm

    Basbeynunkurumuga v gina kuh thah eba huri shaviyani sukun kuranjehey gina thanthanuga othee alifu sukun . Liyefa kuhthah rangalhukohlaafa shaaiu kohlanikoh rangalhuvaane . .

    1. Natsu says:
      January 10, 2016 at 7:19 pm

      You lies.kusheh hama nei

  10. Pandit says:
    January 6, 2016 at 7:16 pm

    ކުށް ބަސް ވަރަށް މަދު. ތަހުނިޔާ އާއި މުބާރިކު ބަދީ. “ދިމާލަށް” އެއީ ކުށް ބަހެއް. ހެޔޮ ގތަކީ ދިމާއަށް. އިމްލާކުށް ވަރަށް ގިނަ.ސއިޓަށް ވާހަކަލުމުގެ ކުރިން ދިވެހި ލިޔެ ކިޔާން ރަނގަޅަށް ދަންނަ ރަހުމަތްތެރިއަކަށް ނުވަތަ އެދުރަކަށް ދައްކާލުމުން ކުށްފިލުވުމުގައި އެހީތެރިވެދޭނެ. ލިލީއަށް ވާހަކަ ލިޔުންތެރިކަމުގެ ރޮނގުން ކުރިއެރުމާއި ކާމިޔާބު އެދެން.

    1. geogorusyes says:
      January 9, 2016 at 12:08 am

      just ****** to u ok 🙂 🙂 🙂

  11. afakko says:
    January 6, 2016 at 7:20 pm

    V nice feshun bt thankolheh kuru… waiting 4 the nxt prt…

  12. Ahmed Ammu says:
    January 6, 2016 at 7:44 pm

    V habeys mi part. Waiting for the next part

  13. aathi says:
    January 6, 2016 at 7:56 pm

    Alif sukun beynun kohfa hury shaviyani beynun kuran v bas bahuga.. over all furathama stoey aa balaafa vrh reethi..waiting for nxt part 😉

  14. aathi says:
    January 6, 2016 at 7:56 pm

    Story*

  15. Amin says:
    January 6, 2016 at 9:52 pm

    Shaviyani sukun beynun kurevey hamathah kiyaalaa . Eirun rangalhuvaane

  16. Faxoo says:
    January 6, 2016 at 11:11 pm

    varah reethi 🙂

  17. misty says:
    January 6, 2016 at 11:22 pm

    Shavuiyani sukun beynun kuranjehee Gina thanthaa huree alif sukun beynun kohfa… And vaarey veheynee visaara hadhaany… Visaara eh nu veheyne…

  18. alhugandu says:
    January 7, 2016 at 12:30 am

    ލިޔުމުގަ ކޮންމެވެސް ވަރަކައް ކުއްބަސް އެބަހުރިއެބަހުރި
    ފާހަގަކޮއްލެވޭ ކުއްބަސްތައް ބުނެލާނަން ވާހަކައިގެ ފުރަތަމަ ޕެރެގުރާފުގަ
    ރަމްޝާއިނީ އަތިރިމަތީގައި ބިޔަކޮއްހެދިފަައިހުރި ގަހެއްގެދޮށުގާ އިށިންދެލައި ގެންނެވެ. (ގަހެއްގެ ދޮށެއްނޫން -ގަހެއްްދަށުގައި )ހހ
    ހީވަނީދެންމެ ދެންމެ ވިއްސާރަ ވެހިގައިންފާނެހެނެ (ވިއްސާރަ ނުވެހޭނެ ވިއްސާރަހަދާ ވިއްސާރަ ކުރާނީ ވާރޭވެހޭނީ)

    1. RAHDHU says:
      January 9, 2016 at 12:06 am

      kaley vaahakaeh lieba vaaehcheh balan 🙂 oohhkaaayyy

  19. Anonymous says:
    January 7, 2016 at 12:41 am

    Gahege dhosu rangalhu gothakee(gaheh dhashu ge ineema maana badhalu vaahen heevanee/ vihsaara eii veheyne ehcheh noon vaarey veheynee,; vihsaara hadhaa vihsaara kuraanee.

  20. maaishahil says:
    January 7, 2016 at 3:36 am

    Aslu v reethi. Kudakon kuh bas huttas fahun rangalhu vaane. Dhen faharakun thankolheh vaahaka dhigu kollahchey. V kiyaahithun huttaa nimuny. Keep it up

  21. shine says:
    January 7, 2016 at 6:30 am

    V v rythi.. nd i luv horror stories… thankyou Princess lily,,, horror storyeh genesdhn feshyma… all the best 4 ur hard work:)..

  22. princess lily says:
    January 7, 2016 at 9:39 am

    thanx…. faahaga kuri kanthahthah rangalhu kureveytho varah balaanan ingey. sory ingey hurihaa kiyuntherinnahves shaviyani n alif sukunuge mahsala n baeh kuh bas hurymaves…

  23. Maree says:
    January 7, 2016 at 4:38 pm

    Nice 🙂

  24. lovely says:
    January 9, 2016 at 7:02 pm

    vvv reethi vaahaka..

    1. Natsu says:
      January 9, 2016 at 8:03 pm

      Thedheh thibuny

  25. Natsu says:
    January 9, 2016 at 8:01 pm

    Varareethi.vaagotheh ha ma neenge ba eh faharu.consuntrate nukureveny

  26. lucy says:
    January 11, 2016 at 12:10 pm

    i love it

  27. messi says:
    January 14, 2016 at 1:31 pm

    varareethi

  28. shary says:
    January 18, 2016 at 12:46 pm

    molhu ekam ehaa avahah nimey

  29. naax says:
    January 19, 2016 at 11:35 am

    Feshun v reethi adhi fahun ragalhu vaane

  30. Hama rythyy says:
    January 30, 2016 at 3:48 pm

    Aslu V v v v Rythi.. but baeh than thaa imlaa kuh eba huri

  31. Aikko says:
    February 12, 2016 at 10:18 am

    Keep it up…v reethi ??

  32. Anoo says:
    March 10, 2016 at 4:43 am

    Vvvvvv salhi

  33. Mashu says:
    April 2, 2016 at 5:43 pm

    furathama vaahaka aa balaafa v reethi.. waiting for the next part..
    good luck..

Comments are closed.


All Right Reserved!