“ނާދް ކިހިނެއްތަ؟” އަހަރެންނަކަށްވެސް އިތުރަކަށް ކެތެއްނުވިއެވެ. “ރަނގަޅު.. ރަޝާމެން މިތަނަށް އައިސްގެން ތިއުޅެނީ ކޮންކަމަކު؟މިހާރު އެއޮއް ހައެއް ޖަހަނީ.މިހާރު ނައްޓާލިޔަސް އަނދިރި ނުވަނީހެއް ނުދެވޭނެ..” ނާދް ވަރަށް ގާތް ގޮތަކަށް ވާހަކަ ދެއްކިއެވެ. “ނާދް! ނާދް ގެއްލިގެން ޝަހުދް ޕޮލިހުންނަށްވެސް ރިޕޯޓް ކުރި.އަސްލު ކޮންތާކު އުޅެފައި ތިއައީ?” އަހަރެން ބޭނުންވީ ސީދާ ޕޮއިންޓަށް ދާށެވެ. “އަހަރެން ބުނިން ޝަހުދުއަށް ގުޅާފަ ގާފަރުގައޭ މިހުރީ.ދެން އެރަށަށް ގުޅިއަކަސް އެރަށު އެންމެނަކަށް ނޭންގޭނެދޯ އަހަރެންނެއް. އެހެންނޫނަސް އެކަކުވެސް ބުނިތަ އަހަރެން […]
އަހަރެންނަށް ފެނުނީ ކަޅު ބުޅަލެކެވެ. އެ ބުޅާ އާދައިގެ އެހެން ބުޅާތަކާއި ތަފާތުހެން ހީވެއެވެ. އޭގެ ކެހެރިގަނޑު ބޮލެވެ. ކަޅުކަން ގަދައެވެ. ބޮޑުވެސް ބޮޑެވެ. “ކިހިނެތްވީ؟ ސަމާ! ވަގަކު ވަނީތަ؟” ހަފިއްތަ ދުވަމުން ތެޅެމުން ފޮޅެމުން އައިސް ފާހަނާ ދޮރުގައި ތަޅާގަތެވެ. އަހަރެން ހުރީ އެވަގުތު ހެދުން ނުބާލާކަމަށްވާތީ ފާހަނާ ދޮރު ހުޅުވާފައި ނިކުމެ ފަހަރި ގައިގައި ބައްދާގަތީމެވެ. އަދި އެއަށްފަހު ވައްކަޅިން ފާހަނާއާއި ދިމާއަށް ބަލާލީމެވެ. “ކިހިނެތްތަވީ؟” ހަފިއްތަ ނުތަނަވަސްކަމާއެކު އަހާލިއެވެ. “ކަމެއްނުވޭ!” އަހަރެން ޙަޤީޤަތް […]
ހިތްތަކަށް ބިރުވެރިކަން ވައްދައިދޭފަދަ ތަފާތު އެތައް ހާދިސާ ތަކަކާއެކު….! ލޮލުން ކަރުނަ ހިލުވާލާފަދަ ފުން އަސަރު ތަކަކާއެކު…..! މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަޤިޤީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް!….. “ހިމާޔަތް” އަންނަނީ!…. އިންތިޒާރުކޮށްލައްވާ!!
މަންޝާ ފަހަތަށް ޖެހެމުން ދިޔައެވެ. ދޮރުގެ ތަޅު އަނބުރާލުމަށްފަހު ދޮރުގައި ފައިންޖަހާ ހަސަނު ލައްޕާލިއެވެ. ވާރެއާ ތެމިފޯވެގެން ހަސަނު ހުރުމުން އޭނާގެ ގައިން ފައިބަމުން ދިޔަ ފެންތަކުން ތަރުފާލުގަނޑު ތެންމަމުން ދިޔައެވެ. ހަސަނު ކުރިއަށް ޖެހުނީ ދަހިވެތި ނަޒަރަކުން މަންޝާގެ ހަށިގަނޑަށް ބަލަމުންނެވެ. ކޮންމެވެސް ވަރަކަށް މަންޝާ ލައިގެން ހުރި ގަމީސް ތެމިފައި ވުމުން ހެދުންވަނީ ގައިގާ ތަތްލާފައެވެ. ފަހަތަށް ޖެހެމުން ދިޔަ މަންޝާގެ ފައި އެނދުގައި ޖެހި އެނދުމައްޗަށް މަންޝާ ވެއްޓުނެވެ. މަންޝާއަށް އިތުރު ހަރަކާތެއް […]
ޒޭބާގެ މޫނުމަތީގެ ކުލަވަރު ފެނިފައި ކަންތައް އެހާ ރަނގަޅު ނޫންކަން ޒުހާއަށް ނަގައިގަނެވުނެވެ. އެއީ އަޒީމް ގެންގުޅޭ ކުއްޖާއަށް ވެއްޖެއްޔާ އެހާ ރުޅިއައިސް ހިތްހަމަނުޖެހިގެން ހުރެ އެ އަންހެން ކުއްޖާ ދާން ޖެހޭނީ ކޮންމެވެސް ސަބަބެއް އޮވެގެންނެވެ. މަންޝާ ބަނޑުބޮޑު ވާހަކަ ބުނީހެން ޒުހާއަށް ހީވިއެވެ. އަޒީމް އެކަހަލަ ކުއްޖަކާ ހެދި އުޅޭތީ ހިތާހިތުން ޒުހާ މަލާމާތްކޮށްލިއެވެ. މީހަކު ފެނުމުން ހިނިތުންވެލަންވެސް ނޭނގޭ ކުއްޖެކެވެ. ކިތަންމެ ދޮންވެފަ ރީއްޗަކަސް އެ ކުއްޖާގެ ކިބައިގައި އަޚްލާގީ ރަނގަޅު ސިފަތައް […]
މާގިނަ އިރެއްނުވެ ކެފޭ ކައިރީ ތިބި މީހުންތައް ވެސް އެތަނުން ހިނގައްޖެއެވެ. މުޅިމަގު ހަމަހިމޭންވެއްޖެއެވެ. މޫދާ ކައިރި ހިސާބެއް ކަމުން އެހިސާބަށް އިވެމުން ދިޔައީ ތޮށިގަނޑު ކައިރިއަށް ޖަހާ ރާޅުގެ އަޑެވެ. ޖެހެމުންދިޔަ ވައި ރޯޅިއާ އެކީ މަންޝާގެ އިސްތަށިގަނޑު ނަށަމުން ދިޔައެވެ. މަގުގެ ދެފަރާތަށް ބަލާލުމަށްފަހު މަންޝާ ގެއަށް ދާންވެސް ހިތަށް އެރިއެވެ. ނަމަވެސް އަދި ކުޑަ އިރުކޮޅަކު މަޑުކޮށްލަން ހިތަށް އެރީ އެ ގުދުރަތީ މާހައުލުން މަންޝާގެ ހިތަށް ހިތްހަމަޖެހުމެއް ލިބެމުންދާތީއެވެ. މަންޝާގެ ފުރަގަހުން […]
އަހަރެން ސިއްސައިގެން ދިޔައީ ގަޔަށް ކުއްލިއަކަށް ހޫނުގަނޑެއް އެރުމުންނެވެ. ވާގިދޫވާހެން ހީވިއެވެ. ބޮލަށް ބަރުވާން ފަށައިފިއެވެ. އަނދިރި ވާން ފަށައިފިއެވެ. ތަޅުންގަނޑުމައްޗަށް އަހަރެން ވެއްޓި ވަރަށް ބާރަށް ޖެހުނެވެ. ދެންވީ ނުވީއެއް ނޭނގުނެވެ. ދެލޯ ހުޅުވިއްޖެއެވެ. ވަށައިގެންވާ މާހައުލު އަހަރެންނަށް ފެންނަނީ ވަރަށް ފުސްކޮށެވެ. ކަޅުކޮށެވެ. އަހަރެންގެ އަތް، އަހަރެން އޮށޯވެގެން އޮތްތާ މަޑުމަޑުން އުގުޅާ ލީމެވެ. ވަރަށް މަޑު ހިތްފަސޭހަ ފޮތިގަނޑެއްކަން އެނގުނެވެ. އަހަރެން އޮށޯވެގެން އޮތީ އުސް ތަނެއްގައި ކަމަށް ވާތީވެ އެއީ އެނދެއް […]
ރަޖާގަނޑު ދަށުން މަންޝާގެ އަތުގައި ހަސަނު ހިފާލިއެވެ. މަންޝާގެ އަތްތިލަހުރީ ދާހިއްލާ ފިނި ވެފައެވެ. ހަސަނުގެ ފަޓުލޫނު ޒިބުމަތީ މަންޝާގެ އަތްބާއްވަމުން އޭނާ ހަމަޖެހިލީ މަންޝާއަށް ކަމެއް ހަވާލުކޮށްފައެވެ. ހަސަންބެ އެބުނަނީ ކީއްކުރަންކަން މަންޝާއަށް އެނގުނެވެ. އިތުރަށް އެންމެ ހިނދުކޮޅަކުވެސް ހިމޭނުން އޮންނާކަށް މަންޝާ ބޭނުމެއް ނުވިއެވެ. ކުއްލިއަކަށް މަންޝާ ތެދުވީ އަނގަމަތީގައި އަތް އަޅަމުންނެވެ. ހަސަނު ހައިރާންކަމާއި އެކު ކިހިނެއްތޯ ވީ ސުވާލު ކޮށްލީ ތެދުވެ އިށީންނަމުންނެވެ. އެއްޗެކޭ ބުނަން އަނގަހުޅުވަމުން އިސްއުފުލާލި ވަގުތު މަންޝާގެ […]
އަހަރެންގެ ކެތްތެރިކަން ކޮޅުން ލިއެވެ. އެންމެ ފަހުން އަހަރެންގެ އަތުގައި އޮތް ދަނޑިބުރިން ފުންމާގެން ގޮސް ރިފްއަތުގެ ބޮލުގައި ޖެހީމެވެ. އެއާއެކު ބާރު ހަޅޭކަކާއެކު އޭނާ ބިންމައްޗަށް ތިރި ވިއެވެ. އަހަރެންގެ އަތުގައި އޮތް ދަނޑިބުރި ބިންދާގެން ދިޔައެވެ. އަހަރެން ބަލައިލީ ރިފްއަތު އާއި ދިމާއަށެވެ. އޭރު އޭނަގެ ބޮލުން ރޮނގަކަށް ލޭގެ ތިކިތަށް ފައިބައެވެ. އަހަރެންގެ ތުންފަތަށް ވެރިވީ ކާމިޔާބުގެ ހިނިތުންވުމެކެވެ. ނަމަވެސް، އެހިނިތުންވުން ފިލައިގެން ދިޔައީ ވަރަށް ގާތުން ބަރު އަޑަކުން މީހަކު ހޭންފެށުމުންނެވެ. […]