Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

މަންޝާ (އޮނަތިރީސްވަނަ ބައި)

Shax Lyn
July 13, 2016
9 Mins Read
82 Views
49 Comments

ޒޭބާގެ މޫނުމަތީގެ ކުލަވަރު ފެނިފައި ކަންތައް އެހާ ރަނގަޅު ނޫންކަން ޒުހާއަށް ނަގައިގަނެވުނެވެ. އެއީ އަޒީމް ގެންގުޅޭ ކުއްޖާއަށް ވެއްޖެއްޔާ އެހާ ރުޅިއައިސް ހިތްހަމަނުޖެހިގެން ހުރެ އެ އަންހެން ކުއްޖާ ދާން ޖެހޭނީ ކޮންމެވެސް ސަބަބެއް އޮވެގެންނެވެ. މަންޝާ ބަނޑުބޮޑު ވާހަކަ ބުނީހެން ޒުހާއަށް ހީވިއެވެ. އަޒީމް އެކަހަލަ ކުއްޖަކާ ހެދި އުޅޭތީ ހިތާހިތުން ޒުހާ މަލާމާތްކޮށްލިއެވެ. މީހަކު ފެނުމުން ހިނިތުންވެލަންވެސް ނޭނގޭ ކުއްޖެކެވެ. ކިތަންމެ ދޮންވެފަ ރީއްޗަކަސް އެ ކުއްޖާގެ ކިބައިގައި އަޚްލާގީ ރަނގަޅު ސިފަތައް ނެތްކަން ކަށަވަރުވެއްޖެއެވެ.

ޒޭބާ ހުއްޓުވަން އަޒީމް ކޮޓަރިން ނުކުތީ ޒޭބާގެ ނަމުން ގޮވަމުންނެވެ. ނަމަވެސް ސިޓިންގްރޫމްގައި ހުރި ނަވާފާ ޒުހާ ފެނުމުން އަޒީމްގެ ފިޔަވަޅު މަޑުކޮށްލިއެވެ. އެއްޗެކޭ ބުނަން ނަވާފް އަނގަ ހުޅުވާލީ ބޮލުގައި އަތް ހާކާލަމުންނެވެ. ބަހެއް ނުބުނެވެނީސް ކަނޑާލި ރުކެއްހެން ޚަބަރު ހުސްވެގެން އަޒީމް ޓައިލްސް މައްޗަށް ވެއްޓި ޖެހުނެވެ.

*** *** *** *** *** ***

ކޮޓަރިތެރޭ ހުންނަން ޖެހުމުން ފޫހިކަމެއް އިހްސާސްވިއެވެ. މަންމަމެންނާ އެކީ ބޮޑުމަސް ދުއްވާތަން ބަލަން ދެވުނު ނަމައޭ މަންޝާގެ ހިތަށް އެރިއެވެ. ފޯނު އަތަށް ލައިގެން އައިސް ކޮޓަރީގައި ހުރި ކުޑަދޮރު ހުޅުވާލިއެވެ. ގޭގެ ބިށްދޮށުގައި މަދީހާ ހައްދާފަ ހުރި ގަސްތައް ފެންނަން ހުރުމުން މަންޝާއަށް ހިތްހަމަޖެހުމެއް ލިބުނެވެ. ރޭގަނޑުގެ ވަގުތެއް ކަމުގައި ވިޔަސް ހަނދުވަރުގެ އަލިން އެ ސަރަހައްދަށް އަލިވެފައި ވެއެވެ. ޖެހެމުންދިޔަ މަޑު ވައިރޯޅިން އެ ގަސްތައް ނަށަމުން ދިޔައެވެ. އެހެން ހުއްޓާ މަންޝާގެ ކަންފަތުގައި ޖެހުނީ އަފްނާނުގެ ތުއި ހިނިގަނޑުގެ އަޑެވެ. މަންޝާ ކޮޓަރިން ނުކުންނަން ދިޔައީ އަފްނާނު ގޭގައި އުޅޭތީއެވެ. މަންޝާ ކުރިން ހީކުރީ އަފްނާނުވެސް މިރޭ ކުޅިވަރު ބަލަން ދާނެ ކަމަށެވެ.

ކޮޓަރިން ނުކުމެ މަންޝާ ވިސްނާލީ އެ އަޑު އަންނަ ދިމާލެއް ބަލާށެވެ. އެ އަޑު އަންނަނީ ފެންޑާ ތެރެއަކުން ނޫނެވެ. ސީދާ އަފްނާނުގެ ކޮޓަރިންނެވެ. މަންޝާ އެ ކޮޓަރީގެ  ދޮރާ ގާތްވެލިއެވެ. ދޮރުގައި ޓަކި ޖަހާލަން އުޅުނު ނަމަވެސް ދޮރާ ހަމައަށް ނެގި އަތް މަޑުޖެހުނީ އަފްނާން ދައްކަމުން ދިޔަ ވާހަކަ މަންޝާއަށް އަޑު އިވުމުންނެވެ.

“ކީއްވެތަ އެހެން ހަދަނީ؟… އިނގެއެއްނު އަފޫ ރުޅިއަންނަ ކަން… އަފޫ އެއްވެސް ކަމެއް ނުކޮށްދެނީތަ… ވަރަށް ފޫހިވޭ….”

އަފްނާނުގެ ވާހަކަ މެދުކެނޑުމާއި އެކީ ދެން އިވުނީ ފިރިހެނެއްގެ އަޑެވެ. އެއީ މަންޝާ ދަންނަ އަޑެކެވެ. ނަމަވެސް އެއީ ކާކުކަން ދެނެގަންނާކަށް ނޭނގުނެވެ. އެހެންކަމުން މަންޝާ ބޭނުންވީ އެއީ ކާކުތޯ ޔަގީން ކުރާށެވެ. އަފްނާނުގެ ބިޓަކީ މާލޭގައި އުޅޭ ކުއްޖެއް ކަން އަފްނާނު ބުނެފައި ވީއިރު ކޮޓަރިތެރޭ އެ އުޅެނީ ދެން ކާކު ހެއްޔެވެ.

ދޮރުގައި ޓަކި ޖަހާލަމުން ދޮރުގެ ތަޅުގައި މަންޝާ ހިފާލިއެވެ. އެދޮރު ހުރީ އެތެރެއިން ތަޅުލާފައެވެ. ޓަކިޖެހި ހިސާބުން ކޮޓަރިތެރެއިން އިވުނު ވާހަކަ ދައްކާ އަޑު މުޅިންހެން ކެނޑި ހަމަހިމޭންވެއްޖެއެވެ. ދޮރު ނުހުޅުވާ ލަސްވުމުން އަނެއްކާވެސް މަންޝާ ޓަކި ޖަހާލިއެވެ. މަންޝާގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައީ ނޭނގޭ ބިރުވެރިކަމަކާ އެކީގައެވެ. އަފްނާނަށް ދެރަ ގޮތެއްވާން މަންޝާއެއް ނޭދެއެވެ.

އެތެރެއިން ތަޅު އަނބުރާލުމުން ކެތްމަދުވެފައި ހުރެ މަންޝާ ބަލާލިއެވެ. ދޮރުން ތަންކޮޅެއް ހުޅުވައިގެން އެ ދޭތެރެއިން އަފްނާނު ބަލަން ހުރިގޮތް ފެނުމުން މަންޝާގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަން ބޮޑުވިއެވެ. ކޮޓަރިތެރޭގައި ހުރި މީހަކު އޮޅުން ފިލުވަން ބޭނުންވެފައި މިންވަރު އިތުރުވިއެވެ. ދޮރުފަތުގައި މަންޝާ އަތް ޖައްސާލަމުން އަފްނާނު ދޮރުކައިރިން ދުރަށް ޖެހިލިއެވެ. ދޮރު އެއްކޮށް މަންޝާ ހުޅުވާލީ ހިތުގައި އުފެދެމުން ދިޔަ ސުވާލުތަކަށް ޖަވާބެއް ހޯދާށެވެ.

ކޮޓަރިތެރެއަށް މަންޝާ ވަނުމުން އަފްނާން ވާހަކަ ދެއްކީ އޭނާ ލައިގެން ހުރި ގަމީހުގެ މޭމަތީގެ ގޮށް އަޅުވަމުންނެވެ. “ކިހިނެއްވީ ދޮނާ؟… އެއްޗެއް ބޭނުންވީތަ؟…”

އަފްނާން ކުރި ސުވާލަށް ޖަވާބުދިނުމަށް މަންޝާ ދެއަތަށް ބޯ ހޫރާލިއެވެ. އަނގައިން ބަހެއް ނުބުނެ މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. މަންޝާއަށް ހީވި ހީވުމަކީ ކުށް ހީއެއްބާއެވެ. މަންޝާއަށް އެ ކޮޓަރީގައި އެހެން ދެވަނަ މީހަކު އުޅުނުހެން ހީކުރެވުނެވެ. ފާޚާނާ ދޮރުފަތް މަންޝާ ހުޅުވާލީ ހިތް ބުނަމުން އެދަނީ ތެދެއްނޫނޭ ބުނަމުންނެވެ. އެތަނުގައިވެސް މީހަކު ފެންނާކަށް ނެތެވެ. މަންޝާގެ ހިތަށް ކުޑަ ނަމެވެސް ހިތްހަމަޖެހުމެއް ލިބުނެވެ. ނަމަވެސް ފާޚާނާއިން ބޭރަށް އެނބުރިލީ ވަގުތު މަންޝާގެ ލޮލުގައި އަޅައިގަތީ އެކޮޓަރީގެ ހުޅުވިފައިވާ ކުޑަދޮރެވެ. ކުޑަދޮރު ކައިރިއަށްގޮސް މަންޝާ ބޭރު ބަލާލިއެވެ. އެއީ ޖެހިގެން ހުރި ގެއާ މަންޝާމެންގެއާ ދެމެދުގައިވާ ހިމަ ގޯޅިގަނޑެވެ. ކުޑަދޮރުން ބޭރުގައި އެއްވެސް މީހަކު ފެންނަން ނެތުމުން ހަމަޖެހުމުގެ ނޭވާއެއް މަންޝާ ދޫކޮށްލި އިރު ހިތާ ހިތުން މި ކުރެވުނު ކަންތަކަށް މަލާމާތް ކުރެވުނެވެ.

މަންޝާގެ ހަރަކާތްތަކަށް ބަލަން އަފްނާނު ހުރީ އަތުގައި ވާ ތުވާލިން އިސްތަށިގަނޑުގައި ހާކާލަ ހާކާލައެވެ. އޭނާގެ މޫނުމަތިން ނުތަވަސްކަމުގެ ކުލަވަރު ފާޅުވަމުން ދިޔައެވެ. ކުޑަދޮރުން ބޭރު މަންޝާ ބަލާލި ވަގުތު އަފްނާން ހުރީ އޭނާގެ ނޭވާ ހިފަހައްޓައިގެންނެވެ. މަންޝާ އައިސް އަފްނާން ކައިރިއަށް ހުއްޓެމުން ވާހަކަ ދެއްކިއެވެ. “ދޮނާއަށް މިތާ މީހަކު އުޅުނުހެން ހީވި… ކާކު މިތާ އުޅުނީ؟…”

ދެބުމަ ގޮށް ޖަހައިގެން އަފްނާނާ ދިމާއަށް މަންޝާ ބަލަންހުރީ މަންޝާ އިވުނު އަޑަކީ ވަހުމެއް ނޫންކަން ކަށަވަރުވާތީއެވެ. ކުއްލިއަކަށް އަފްނާން ހޭން ފެށިއެވެ. އޭނާގެ މޫނުމަތީގައިވާ ހުރިހާ ހާސްކަމެއް ފޮރުވަމުން ހެމުންދިޔައީ މަންޝާއަށް ހީވި ހީވުން ބަދަލުކޮށްލުމުގެވެސް ނިޔަތުގައެވެ. “ސާބަސް ދޮނާ… އަހަރެން ފޯނުން ވާހަކަ ދައްކަން ހުރީ… ފެންވަރައިގެން ނުކުމެ ހެދުންލާ ރީތިވާން ހުރީމަ ފޯނު ސްޕީކަރަށް ލައިގެންނޭ ހުރީ… ހެހެހެ…”

އަފްނާން އަނެއްކާވެސް ހޭންފެށިއެވެ. މިފަހަރު މަންޝާއަށްވެސް ހެވުނެވެ. އެންމެ ރަނގަޅުކަމަށް ބުނެ މަންޝާ ބޭރަށް ނުކުންނަމުން އަހާލިއެވެ. “އަފޫ.. މިރޭ އޮތް ކުޅިވަރުތައް ބަލާކަށް ނުދަންތަ؟…” އެކޮޓަރިން މަންޝާ ނުކުތުމުން ފޫހިތަނެއްކަމަށް އަފްނާނު ބުނުމަށްފަހު ދޮރު ލައްޕާލީ ތުންފަތް އޫކޮށްލަމުންނެވެ.

ދޮރު ތަޅުލުމަށްފަހު އަތުގައި އޮތް ތުވާލި އެނދު މައްޗަށް ހޫރާލިއެވެ. ދުވެފައި ގޮސް ކުޑަދޮރުން ބޭރު އަފްނާނު ބަލާލިއެވެ. އެ ކޮޓަރިން ނުކުތް މީހާ ފެންނާކަށް ނެތެވެ. އަފްނާނު ކުޑަދޮރާ ދިމާލުން ތިރީ ފަސްގަނޑަށް ބަލާލިއެވެ. އެތަނަށް އޭނާ ފުންމާލި ދިމާލުގެ ވެލިގަނޑުގައި ހަތަރެސްފައި ޖެހިފައިހުރި ނިޝާންތައް މަންޝާގެ ލޮލުގައި އަޅައިނުގަތްކަން އެއީ އަފްނާނުގެ ނަސީބޭ ހިތަށް އެރިއެވެ. ކޮޓަރި ތެރޭ ހުރި ފިހިގަނޑު ނެގުމަށްފަހު ކުޑަދޮރުން ބޭރު ފަސްގަނޑު އެއްވަރުކޮށްލީ އެ ގޯޅިގަނޑުގެ ދެފަރާތަށް ބަލާލަމުންނެވެ.

ތެޅެމުން ފޮޅެމުން ގޭތެރެއަށް ވަދެގެން އައި މީހަކު ފެނުމުން މަންޝާ ބަލާލީ އެއީ ކާކުތޯ ޔަގީން ކުރާށެވެ. ފެންޑާތެރެއަށް ނުކުމެ ބަލާލިއިރު ގޯތިތެރެއިން ބާރު ހިނގުމެއްގައި މަޖުދީ އަންނަ ތަން ފެނުނެވެ. މަންޝާ ފެނުމާއެކީ މަޖުދީގެ ފިޔަވަޅު މަޑުޖެހުނެވެ. މަންޝާއަށް ހައިރާންކަމެއް ލިބުނީ މަޖުދީ މިވަގުތު އެގެއަށް އައުމުންނެވެ. މިރޭ އޮންނަ ކުޅިވަރުގައި މަޖުދީ ބައިވެރިވާކަން އެނގިފައިވާތީ އޭނާ މިވަގުތު މިގޭގައި ކީއްކުރަނީތޯ ބަލަން މަންޝާ ސުވާލުކޮށްލިއެވެ.

“މިއައީ.. މަންޝާ ބަލާ… ހިނގާ ކުޅިވަރު ބަލަންދާން…” ބޯ ކަހާލަމުން މަޖުދީ ވާހަކަ ދެއްކިއެވެ. މަޖުދީގެ ކަކުލާއި އުޅަނބޮށީގައި ހުރި ވެލިތައް ފެނުމުން އޭނާ ވެލިތައް ފޮޅާލިއެވެ. އަދި ޖަވާބަކަށް އެދި އިސްއުފުލާލާ މަންޝާއާ ހަތަރު ކަޅި ހަމަކުރިއެވެ.

“އަހަރެން ބޮލުގަ ރިއްސާތީ މި އުޅެނީ… ބަލިވެ އުޅޭތީ ތިތަނަށް ނުކުންނަ ހިތެއް ނެތް…” މަންޝާ އެހެން ބުނަމުން ކޮޓަރިއަށް ވަންނަން ދާން ހިނގައިގަތެވެ. ބޮލުގެ އިސްތަށިގަނޑުގައި ފިރުމަމުން މަޖުދީ އެގެއިން ނުކުމެގެން ދިޔައީ ކަރު އެލުވާލައިގެން ހުރެއެވެ.

*** *** *** *** *** ***

ހޮސްޕިޓަލަށް އަޒީމް ގެންގޮސް އެޑްމިޓް ކުރުމުން ނަވާފް އެތާ މަޑުކުރީ އަޒީމްގެ އިތުރު އެހީތެރިއަކު ނެތުމުންނެވެ. ޒުހާވެސް އިރުކޮޅަކު މަޑުކުރުމަށްފަހު ގެއަށް ދާން ޓެކްސީއަކަށް ގުޅަން ނިންމީ ނަވާފަށް އޭނާ ގެއަށް ލާން ނުދެވޭނެތީއެވެ.

“ޒުހާ… މަން ކައިރީ މިއިން އެއްވެސް ވާހަކައެއް ދައްކާނެކަމެއް ނެތް.. ހައްތަހާ ޓެންޝަން ބޮޑުވާނީ…” ނަވާފް އެދުނުގޮތް ޒުހާ ގަބޫލުކުރިއެވެ.

މިފަދަ ވަގުތެއްގައި މަންޝާއަށް ބޭނުންވާނީ ލޯތްބާ އޯގާތެރިކަމެވެ. އެހެންކަމުން އަޒީމްގެ ކަންތައް ސިއްރުކުރަން ޒުހާ އެއްބަސްވެ ބޯޖަހާލިއެވެ. “އާން.. އަހަރެން ދަނީ އިނގޭ.. މިހާރު މަންމަވެސް އިންނާނީ ލަސްވެފަ…” ޒުހާ މިހެން ބުނެ އަވަސްފަރުވާދޭ ކޮޓަރިން ނުކުމެގެން ދިޔައެވެ.

ޑޮކްޓަރގެ އެދުމަށް ނަވާފް ބޭރަށް ނުކުތީ މެމޯއެއް ހެއްދުމަށާ ބޭސްތަކެއް ނަގާށެވެ. ބޭސް ނަގަން ކައުންޓަރު ދޮށުގައި ހުއްޓާ ނަވާފްގެ ލޮލުގައި ރިޔާޒް އަޅައިގަތެވެ. ބޭސް ނަގައިގެން ރިޔާޒް ގާތުގައި ގޮނޑިގައި ނަވާފް މަޑުކޮށްލީ ކުޑަ ވާހަކައެއް ދައްކާލާށެވެ. “ރިޔާޒް.. އަހަރެން ވަރަށް ބޮޑު ކަމަކު ބުންނަ މި އުޅެނީ…”

“މަޑު ކުރޭ… މި ނަންބަރ އެ ޖެހުނީ އެބަ އަންނަން…” ރިޔާޒްވެސް އައިސް ހުރީ ބޭސްތަކެއް ނަގާށެވެ. އެހެންކަމުން އޭނާ އަވަސްވެގަތީ ކައުންޓަރާ ދިމާއަށެވެ.

ނަވާފް ބޭރުގައި މަޑުކޮށްގެން ހުރީ ރިޔާޒް އަންނަން ދެނެވެ. “ކޮބާ ކީކޭ؟… ކީއްކުރަނީ މިތާ؟.. އަހަރެން މިއައީ މަންމަގެ ބޭސްތަކެއް ނަގަން… މިއަދު މަންމަ ދޫކޮށްލާތީ މިއުޅެނީ…” ނަވާފްގެ ކޮނޑަށް އަތް ވައްޓާލަމުން ރިޔާޒް ވާހަކަ ދެއްކީ ވަރަށް އުފަލުން ހުރެއެވެ.

“އެހެންތަ.. އަހަރެން މިއުޅެނީ އަޒީމް ބާއްވައިގެން.. މަންޝާވީ ރަށުގަ.. އެކަމު މަންޝާ ކައިރީ މިވާހަކަ ނުބުނައްޗޭ… އޭނަ ބަނޑުބޮޑު…” ނަވާފް ވާހަކަ ކިޔައިދޭން ފެށީވެސް މަންޝާއަށް މިކަންތައް ސިއްރުކޮށްދިނުމަށް އެދެމުންނެވެ.

“އަޒީމް އުޅެނީ ކޮންމެސް އަންހެން ކުއްޖަކާ ހެދި… ފަހަކަށް އައިސް އޭނާގެ ފަރާތުން ވަރަށް އާދަޔާ ޚިލާފް ކަންކަން އެބަފެނޭ.. އަހަންނަށް ހީވަނީ މީ ފަންޑިތައިގެ ކަމެއްހެން… ރިޔާޒްގެ ކޮއްކޮގެ ކަންތަކުގަ ފަންޑިތަ ހަދާ މީހަކު ގެނެސްގެން އުޅުނީމެއްނު ދޯ!!.. އޭނާ ކައިރީ ބުނެގެން މިކަން ބަލާލަން ހިނގާބަލަ… މަންޝާއަށް ވެސް އެ އަންހެން ކުއްޖާ ފަންޑިތައެއް ހަދާފާނެ… ނޫންތަ… މިހާރު އެ އަންހެން ކުއްޖާ ގެއަށްވެސް ވައްދައިފި… އަޒީމް އޮތް ހާލު ބަލާލީމަ ރިޔާޒަށް މަމިބުނަން އުޅޭ އެއްޗެއް ވިސްނޭނެ…” ނަވާފްގެ ވާހަކަ މެދުކަނޑާލީ އެމީހުންނަށް އަވަސްފަރުވާދޭ ކޮޓަރި ކައިރިއަށް އާދެވުމުންނެވެ.

އަވަސް ފަރުވާދޭ ކޮޓަރިއަށް ދެމީހުން އެކީގައި ވަނެވެ. އޭރު ޑޮކްޓަރުންނާ ނަރުސް ކުދިންތަކެއް އުޅުނީ އަޒީމް ނުހިފޭއްޓިގެންނެވެ. މުޅި މީހާގެ ގަޔަށް ބާރުތަކެއް އަރަމުން ދިޔައިރު އޭނާގެ އަނގައިގެ އެއް މިޔަކަނުން ފޮނުތަކެއް ފައިބަނީއެވެ. ނަވާފްމެން ގާތްވުމުން ދުރުގައި މަޑުކޮށްލުމަށް ޑޮކްޓަރުން އެދެމުން އެނދުވަށާ ފޮތިގަނޑެއް ދަމާލިއެވެ.

“ތިކަމުގައި އެހީއެއް ވެވޭތޯ ބަލާނަން.. އަހަރެމެންނަށް ކަންތައް ކޮށްދިން އަލިބެވީ ރަށަކަށް ގޮސް… އޭނަ އައިމަ ތިކަމާ އުޅެވޭނީ… އަހަރެން ބައްޕަ ގާތު އަދި ވާހަކަ ދައްކާނަން… ބައްޕައަށްވެސް މިކަމުގެ ވަރަށް ގިނަ ކަންތައް މިހާރު އެނގޭނެ…” ރިޔާޒް ވާހަކަ ދެއްކީ ނަވާފްގެ ކޮނޑުގައި ހިފާލަމުންނެވެ.

އެނދުގެ ފަރުދާ ކަހާލުމަށްފަހު ޑޮކްޓަރު ބޭރަށް ނުކުތެވެ. ނަވާފާ ގާތްވަމުން އަޒީމަށް ވީގޮތް ޑޮކްޓަރ ކިޔައިދިނީ އަތުގައި އޮތް ފައިލަށް ބަލަމުންނެވެ. “މާބޮޑަށް ހުން ގަދަވުމުން ފިޓް ޖެހޭގޮތް މެދުވެރި މިވީ… އަޅުގަނޑަށް ފެންނަނީ ޑެންގޫއަށް ޓެސްޓް ހަދަން… ގައިގަ ފޮޅުތަކެއް ވެސް ފެންނަން އެބަހުރި… ދެންމެ ހޮޑުލެވުނު.. އޭގައިވެސް ހުރީ ހުސް ލޭ… ފެންނަންހުރި އަލާމާތްތަކުން މީ ޑެންގޫކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭ… އަދި ލޭގެ ރިޕޯޓްތަކަށް ފަހު މީނާއަށް ލޭދޭނެ މީހަކުވެސް ހޯދަން ތައްޔާރަށް ތިބެންވާނީ…. ”

*** *** *** *** *** ***

އެނބުރި މަންޝާ ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ދޮރު ތަޅުލުމަށްފަހު މަންޝާ އެނދުގައި އިށީނީ ބެރެބެދި މަލެއް ނަގައިގެންނެވެ. ފަހުން ލިބުނު މާތައް މި ލިބުނީ ކިހިނެއް ކަމާމެދު ހިތުގައި ސުވާލު އުފެދުނެވެ. ޒިބާން އެމާތައް ހިފައިގެން ކޮޓަރިއަށް ވަންނާނީ ކިހިނެއް ހެއްޔެވެ. އެހެން ނޫނަސް ޒިބާނަކަށް މި ކޮޓަރިއެއް އަދި ކިއެއްތަ މި ގެއެއްވެސް ނޭނގޭނެއެވެ.

މަލަށް ބަލަން އިސްއޮބާލައިގެން އިން މަންޝާގެ ކަޅި އަމާޒުވީ އޭނާގެ ބަނޑަށެވެ. އެހިސާބުން އަޒީމާ ދޭތެރޭ މަންޝާ ވިސްނާލިއެވެ. ބަނޑުބޮޑު ވާހަކަ ބުނުމުން އަޒީމްގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުނަސް އަޒީމް ދެރަގޮތެއް ނުހަދާނެކަމަށް މަންޝާ ގަބޫލުކުރެއެވެ. އެކި ހިޔާލުތައް މަންޝާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. އެ ހުރިހާ ކަމަކުން ދުރަށްދެވުނީ ފުރާޅު މައްޗަށް ވާރޭކަނި ޖަހަން ފެށިއަޑަށެވެ.

މަންޝާގެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ. މަންޝާގެ ހިތަށް ހަމަޖެހުމެއް ލިބުނު ކަހަލައެވެ. އެނދުމަތިން ތެދުވެ ކުޑަދޮރު ކައިރިއަށް ދިއުމަށް އަވަސްވެގަތެވެ. ފަހަރަކަށްވުރެ ފަހަރެއް ވާރޭ ބޯކުރަމުން ދިޔައެވެ. ކުޑަދޮރުގައި ދެއަތް އަޅުވައިގެން ބޭރުބަލަން ހުރީ މަންޝާގެ ހިތަށް ތަސައްލީއެއް ލިބޭތޯއެވެ. ވެހެމުން ދިޔަ ވާރޭގެ ކަނިތައް މަންޝާގެ މޫނުގައި ބީހެމުން ދިޔައެވެ. މަންޝާ ލައިގެންހުރި ހުދު ކުލައިގެ ގަމީސްވެސް ތެމެމުން ދިޔައެވެ. ދެލޯ މަރައިގެން މަންޝާ ހުރީ ވެހެމުން ދިޔަ ވާރެން ލިބޭ ފިނިކަމާއި އެއްވަރަށް ދުވަމުން ދިޔަ މީރު ވަހުންނެވެ. ހިތްފުރޭވަރަށް ފުން ނޭވާއެއް ދަމާލުމަށްފަހު މަންޝާ ދެލޯ ހުޅުވާލިއެވެ.

އެވަގުތު މަންޝާ މޫނާ ދިމާއަށް ފެންނަން ހުރި ބެރެބެދި މާ ބޮނޑިއަށް މަންޝާ ބަލާލީ ހައިރާންކަމާ އެކުގައެވެ. އެ މާބޮނޑި ހިފައިގެން ޒިބާން ހުރީ ވާރެއާ ތެމިގެންނެވެ. މަންޝާ އެދުނީ ޒިބާން ގާތު އަވަހަށް ނުތެމި އެތެރެއަށް ވަންނާށެވެ. ކުޑަދޮރުން އެތެރެއަށް ޒިބާން ދެމިގަތެވެ. މަންޝާގެ ތުވާލި ނަގާ ޒިބާނަށް ދިއްކޮށްލަމުން އޭނާގެ އަތުގައިއޮތް މާ ބޮނޑީގައި މަންޝާ ހިފާލިއެވެ.

“ޒިބާން… ތެންކިއު އަސްލު މަންޝާ ވަރަށް ބޭނުން މިމާ އަޅާ ގަސް ބަލާލަން ދާން… މާދަމާ އެތަނަށް ގެންދާނަންތަ؟…” މާބޮނޑިއަށް ބަލަންހުރެ މަންޝާ ވާހަކަ ދެއްކިއެވެ. ތުވާލި އެނދުކޮޅުގައި ބާއްވަމުން ޒިބާން އައިސް މަންޝާގެ ފަހަތުން ބައްދާލިއެވެ. ޒިބާންގެ އަތް ވަށާލީ މަންޝާގެ ބަޑުމަތިންނެވެ. އެކަމުން މަންޝާއަށް ހިތްހަމަޖެހުން ލިބުނެވެ. ޒިބާންގެ ފަރާތުން ލިބެމުން ދިޔަ އޯގާތެރި ބީހުންތަކަށް ފުރަގަސްދީ ދުރަށް ދާން މަންޝާގެ ހިތެއް ނޭދެއެވެ.

“ބޭބީއަށް ކިޔާނީ ކޮން ނަމެއް؟… އަންހެން ކުއްޖެއްމީ… ޒޯއީ ކިޔަމާ…” ޒިބާންދެއްކި ވާހަކައިން މަންޝާއަށް ތެޅިގަނެވުނެވެ. މަންޝާގެ ބަނޑުމަތީގައި އޮތް ޒިބާންގެ ދެއަތް ފޮޅާލާ ދުރަށް ޖައްސާލިއެވެ. ޒިބާނާ ކުރިމަތިލަމުން ދެބުމަ ގޮށްޖަހައިގެން ހުރެ މަންޝާ ބަލާލީ އެތައް ސުވާލުތަކެއްގެ ޖަވާބު ބޭނުންވެފައިވާ ފަދައަކުންނެވެ.

“ކީކޭ؟… ޒިބާން… ކިހިނެއް އިނގުނީ؟…” މަންޝާއަށް ރަނގަޅަށް ވާހަކަ ދައްކަންވެސް ނޭނގުނެވެ. އޭރު ވާރޭ ވެހޭލެއް ބޯކަމުން އެމީހުންނަށް އެ ދެމީހުން ދައްކާ ވާހަކަ ކިރިޔަކިރިޔާ އަޑު އިވޭކަމެވެ.

ޒިބާން ކުރިއަށް ޖެހިލަމުން މަންޝާގެ އަތުގައި ހިފިއެވެ. “މަން… މި ދައްކާ ވާހަކަ ކަނުލާ އަޑުއަހާ… އަހަރެންމީ މަންޝާ ތިހީކުރާ ކަހަލަ މީހެއް ނޫން… އަހަރެން މިވާހަކަ ބުނަން ބޭނުން… އެކަމަކު ނުބުނެވުނީ އަހަރެންގެ ފިނޑިކަމުން…”

އެނދުގައި މަންޝާ އީށިނެވެ. ޒިބާންވެސް މަންޝާގެ މަގަތުގައި އިށީނެވެ. އެވަގުތު މަންޝާގެ އަތުގައި އޮތް މާބޮނޑި އަތުން ދޫވެ ތަޅުންމައްޗަށް ވެއްޓުނެވެ. ޒިބާން އެ މާތަކަށް ބަލާލިއެވެ. މާތަކުގެ ފިޔަތައް މަލުން ވަކިވެ ވަކިންވަކިން އެ ކޮންމެ ފިޔައެއް ބިމުން މައްޗަށް އަރަން ފެށީ އެއްވެސް އެއްޗެއްގެ އެހީއަކާ ނުލައެވެ. އެފިޔަތައް ދެމީހުން ވަށާ މަޑުމަޑުން އެނބުރެން ފެށިއެވެ. މަންޝާއަށް ލިބުނު ހައިރާންކަމުން އެ މަންޒަރަށް ބަލަން ހުރެ އަނގަތަންމިނަށް ހުޅުވާލިއެވެ. “ވާއު.. ޒިބާން މެޖިކް ހަދަނީތަ؟… ވާވު އިޓްސް ސޯ ބިއުޓިފުލް….”

އެ މަލުގެ ރަތްކަން ގަދަ ފިޔަތަކުގައި އާދަޔާ ޚިލާފް ރީތި ވިދުމެއް އެކުލެވިފައި ހުރުމުން އެ މަންޒަރު ވަރަށްވެސް ފުރިހަމައެވެ. އަތް ދިއްކޮށްލަމުން އެތަނުން ފިޔައެއްގައި މަންޝާގެ އަތް ޖައްސާލީ ހިނިތުންވަމުންނެވެ. މަންޒަރު ރީތިކޮށް ބަލަން ބޭނުންވާތީ އެނދުގައި މަންޝާ އޮށޯތެވެ. ޒިބާންގެ އަތުގައި ހިފާ ކައިރީގައި އޮށޯންނަން މަންޝާ އެދުނެވެ. އެމީހުންގެ ބޯމަތީގައި ނަށަމުން ދިޔަ ފިޔަތައް މަޑުމަޑުން ތިރިއަށް ފޭބީ އެއް ރޮނގަކަށެވެ. ހިނިއައިސްފައި މަންޝާ ބަލަން އޮތީ ކުޑަކުއްޖަކު ފަދައިންނެވެ. ފިޔަތައް ތިރިވީ މަންޝާގެ ބަނޑު މައްޗަށެވެ. “ޒޯއީ ދޯ މި ބޭބީއަށް ކިޔާނީ…. މަންޝާއަށް އެނަން ރީތިތަ؟…” ޒިބާން ވާހަކަ ދެއްކީ ލޯބިން ފުރިގެންވާ ގޮތަކަށެވެ.

“ޒިބާން… އެކަމަކު މީ އަޒީމްގެ ދަރިއެއް… ޒިބާން އަހަރެމެންގެ މިގުޅުން މިހެން ބޭއްވޭކަށް ނެތް… ..” ކުއްލިއަކަށް ކަމެއް ހަނދާންވެގެން ތެދުވަމުން މަންޝާ ވާހަކަ ދެއްކިއެވެ.

“ނޫން.. މަން.. ތިހެން ނުބުނޭ.. ތީ އަހަރެމެންގެ ލޯބީގެ ނިޝާން… އަހަރެންނަށް އިނގޭ ތީ އަހަރެންގެ ދަރިއެއްކަން…” ޒިބާން ހުރީ ދެރަވެފައެވެ. މަންޝާ ވަކިވާން ބޭނުންވާ ވާހަކަ ދެއްކުމުން ޒިބާންގެ ހިތް ކުދިކުދި ވިއެވެ.

“ކިހިނެއް ޒިބާނަށް އެނގެނީ… އެކަމުގެ ހަގީގަތް ބަލަންވެސް ޖާދޫ ހެދީތަ… ޒިބާން… އަހަރެންނަށް ޒިބާން ކިތަންމެ ކަމުދިޔަޔަސް މިކަން މިހެންވާކަށް ނެތް… އެންމެ ރަނގަޅުވާނީ އަހަރެން ދޫކޮށްލިއްޔާ…” މަންޝާގެ ފަހުގެ ނިންމުން ހާމަކުރިއެވެ.

“މަން.. ތިހެން ނުބުނޭ އަހަރެން ބޭނުންވީ މަންޝާ އަހަރެންނާއެކީ ވާން… މި ދުނިޔޭގަވިޔަސް އަހަރެންގެ މައްސަލައެއް ނެތް… އަހަރެންގެ ދުނިޔެއަށް މަންޝާ ގަދަކަމުން ގެންދާކަށް ނެތިން… އަހަރެންމީ .. އަހަރެންމީ އިންސާނެއް ނޫން…” މަންޝާއަށް ފުރަގަސްދެމުން ޒިބާން ވާހަކަ ދެއްކިއެވެ.

މަންޝާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. “ދެން މޮޔަވާހަކަ ނުދައްކާ.. ޒިބާން….”

ޒިބާން އަތުގައި ހިފާ މަންޝާއާ ދިމާއަށް ޒިބާން އަނބުރާލިއެވެ. އޭރު ޒިބާންގެ ދެލޮލުގެ ކުލަވަނީ ބަދަލުވެފައެވެ. މަންޝާއަށް ލިބުނު ސިހުމާއި އެކީ ފަހަތަށް ޖެހެވުނީ ބޭއިޚްތިޔާރުގައެވެ. މިހާރު ޒިބާން ހުރި ސިފަ ފެނުމުން މަންޝާއަށް ކުރިން ފެނުނު ހުވަފެން ސިފަވިއެވެ. މަންޝާމެންގޭ ބެލްކަނީގައި ދެމީހުން ތިބި ވަގުތެވެ. ޒިބާން ބެލްކަންޏަށް އަރާ ބަލާލި ބާލާލުމެވެ. އެ ރަތް ދެލޮލެވެ. އަދި އެއަށްފަހު ބެލްކަނިން ބޭރަށް ފުންމާލި ގޮތެވެ.

“ނޫން… ތިހެން ނުވާނެ… ޒިބާން… މިދެން ކީއްކުރަން ކުރިކަމެއް…” ދެއަތަށް ބޯހޫރަމުން ފަހަތަށް ޖެހެމުން ގޮސް ފާރުގައި ލަށްވިއިރު މަންޝާއަށް ހަމަރަނގަޅަށްވެސް ރޮވިއްޖެއެވެ.

“މަން… އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ… މީ އަސްލު ޒިބާންގެ ސިފައެއް ނޫން… މަންއަށް އެދުވަހު ފިހާރައަކުން ފެނުނު މީހަކީ މިސިފައިގެ އަސްލު ވެރިފަރާތް… އަހަރެމެން ސިފަ ބަދަލުވުމުގެ ބާރު ލިބިފައިވިޔަސް ދުނިޔޭގައި ދިރިހުރި އިންސާނެއްގެ ސިފައިގައި ހުރެވޭނީ… އަސްލު އަހަރެން އައި ބޭނުމަކީ ތަފާތު ބޭނުމެއް ނަމަވެސް މަންއާ ގާތްވަމުން ދިޔަ ވަރަކަށް އަހަރެންގެ ހިތުން މަންއަށް ހާއްސަކަމެއް ދެވިއްޖެ… އަހަރެންނަށް މަންދެކެ ލޯބި ވެވިއްޖެ… މަން…” މިހާރު ޒިބާންގެ ލޮލުގެ ރަތްކަން ކެނޑިއްޖެއެވެ. ޒިބާންގެ ލޮލުން ކަރުނައިގެ ވިދުން ފާޅުވަމުން ދިޔައެވެ. ކުރިއަށް ޖެހި މަންޝާގެ އަތުގައި ޒިބާން ހިފާލިއެވެ.

“ނޫން ޒިބާން މިތަނުންދޭ… ޒިބާން އަހަރެންނަށް އޮޅުވާލީ… މަކަރު ހެދީ… އަހަރެން… އަހަރެންދެން އުޅޭނީ ކިހިނެއް… ނޫން ނޫން.. މިކުއްޖާ އަހަރެން ބޭނުމެއް ނޫން…” ޒިބާންގެ ދެއަތް ފޮޅާލަމުން މަންޝާ ވާހަކަ ދެއްކި އިރު އޭނާއަށް ގިސްލެވެނީއެވެ. މުށްކަވައިގެން ހުރި އަތުން މަންޝާގެ ބަނޑުގައި ތަޅަން ފެށިއެވެ. ފާރުގައި ލަށްވެގެންހުރެ މަޑުމަޑުން ތަޅުން މައްޗަށް ތިރިވިއެވެ.

މަންޝާގެ އަތުގައި ޒީބާން ހިފެހެއްޓީ އޭނާގެ ދަރިފުޅަށް އަނިޔާއެއް ވެދާނެތީއެވެ. “ތިހެން ނުހަދާ މަން.. އަހަރެން މަންއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން… މަން އަހަރެންނަށް އިތުބާރު ކުރޭ… އަހަރެން ބޭނުންނަމަ މިއިން އެއްވެސް ވާހަކައެއް ނުދައްކާ ހުރެވުނީސް… އެކަމަކު އޮޅުވާނުލަން މިހިސާބުން މިވާހަކަ މި ހާމަކުރީ… މި ދުވަސްވަރު މަންޝާއަށް އެކިކަހަލަ އުނދަގޫތައްވާނެ… އަހަރެންނަށް އެހީތެރިވެވޭނީ… މަންއާ އެކީ އުމުރު ދުވަހު އެހީވާން ހުންނަން އަހަރެން މިހުރީ ތައްޔާރަށް… މަން ޕްލީސް ތިހެން ނުހަދާ…” އެތައް ގޮތަކަށް މަންޝާއަށް ވިސްނައިދޭން ޒިބާން މަސައްކަތް ކުރިއެވެ. ނަމަވެސް މަންޝާގެ ދުލުން އެންމެ ބަހެއްވެސް ބޭރެއް ނުކުރެއެވެ. ޒިބާން ތެދުވެ ކުޑަދޮރު ކައިރިއަށް ގޮސް ބޭރަށް ފޭބީ މަންޝާގެ ފަރާތުން ޖަވާބެއް ނުލިބުމުންނެވެ.

އިސްޖަހައިގެން މަންޝާ އިނީ ދައްކާނެ އިތުރު ވާހަކައެއް އޭނާއަށް ނުވިސްނޭތީއެވެ. ޒިބާން ކުޑަދޮރުން އެތެރެއަށް ބަލާލިއެވެ. އެވަގުތު ޒިބާނާ ދިމާއަށް މަންޝާވެސް ބަލާލިއެވެ. “އަހަރެން މަންޝާއަށް ދެރައެއް ނުދޭނަން… އަދި މަންޝާއަށް ވިސްނޭނެ…” ވިދާލި ވިދުވަރާއި އެކީ މަންޝާގެ ލޯމަތިން ޒިބާން ގެއްލުނެވެ. އޭރުވެސް ހުއްޓުމެއް ނެތި ބޯކޮށް ވާރޭވެހެމުން ދިޔައެވެ.

ކޮޓަރީގައި މީހަކު ޓަކި ޖަހާލި އަޑަށް މަންޝާ ދިޔައީ ސިއްސައިގެންނެވެ. ދެލޯ ފުހެލުމަށްފަހު މަންޝާ ދޮރު ހުޅުވާލިއެވެ. ނުބައި ޒާތަކަށް ހެވިފައި ދޮރުމަތީ ހުރީ ހަސަނެވެ. ހަސަނު ފެނުމާއި އެކީ މަންޝާ ބިރުގަތެވެ. ދޮރު ލައްޕާލަން މަސައްކަތް ކުރި ނަމަވެސް ހަސަނު އެއަށްވުރެ ހުށިޔާރެވެ. އަތުން ޖަހާ ދޮރު ހުޅުވާލަމުން ހަސަނު އެތެރެއަށް ވަނީ ނުލާފާ ޒާތަކަށް ހިނިއައިސް ހުރެއެވެ.

މަންޝާ ފަހަތަށް ޖެހެމުން ދިޔައެވެ. ދޮރުގެ ތަޅު އަނބުރާލުމަށްފަހު ދޮރު ފައިންޖަހާ ހަސަނު ލައްޕާލިއެވެ. ވާރެއާ ތެމިފޯވެގެން ހަސަނު ހުރުމުން އޭނާގެ ގައިން ފައިބަމުން ދިޔަ ފެންތަކުން ތަރުފާލުގަނޑު ތެންމަަމުން ދިޔައެވެ. ކުރިއަށް ހަސަނު ޖެހުނީ ދަހިވެތި ނަޒަރަކުން މަންޝާގެ ހަށިގަނޑަށް ބަލަމުންނެވެ. ކޮންމެވެސް ވަރަކަށް މަންޝާ ލައިގެން ހުރި ގަމީސް ތެމިފައި ވުމުން ހެދުންވަނީ ގައިގާ ތަތްލާފައެވެ. ފަހަތަށް ޖެހެމުން ދިޔަ މަންޝާގެ ފައި އެނދުގައި ޖެހި އެނދުމައްޗަށް މަންޝާ ވެއްޓުނެވެ. މަންޝާއަށް އިތުރު ހަރަކާތެއް ނުގެނެވެނީސް ހަސަނުއައިސް މަންޝާގެ ގަމީހުގައި ހިފާ ދަމައިގަތެވެ. ހުރިހާ ގޮށްތައް ނެއްޓި މަންޝާގެ ގަމީސް ހާސާ ވެއްޖެއެވެ. ދެއަތުން މޭމަތި ނިވާކުރަމުން މަންޝާ ރޮއިގަތީ ޒިބާނަށް ގޮވަމުންނެވެ.

ހެމުންހެމުން ދިޔަ ހަސަނުގެ އަޑު ކުއްލިއަކަށް ކެނޑުމުން މެރިފައިވާ މަންޝާގެ ލޯ ހުޅުވާލަމުން ބަލާލީ ބިރުން ހުރެއެވެ.

(ނުނިމޭ)

25
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Shax Lyn

Other Articles

Previous

އަސަރު 25

Next

އަހަރެންގެ ވާހަކަ (ތިރީސްވަނަ ބައި)

Next
July 14, 2016

އަހަރެންގެ ވާހަކަ (ތިރީސްވަނަ ބައި)

Previews
July 13, 2016

އަސަރު 25

49 Comments

  1. Shax Lyn says:
    July 13, 2016 at 9:13 pm

    Assalaam alaikum…? hurihaa kiyunthereinge haalu kihineh?…
    mibai kamudhaane kamah ummeedh kuran ☔☔??

  2. Zaa says:
    July 13, 2016 at 9:33 pm

    Varah reethi mi bai ves… waiting for the Next part.. ???

  3. vaaanuvaaa says:
    July 13, 2016 at 9:40 pm

    haveysssssssss thanks

  4. vaaanuvaaa says:
    July 13, 2016 at 9:41 pm

    habeyssssssss thanks

  5. xiban says:
    July 13, 2016 at 9:44 pm

    Yes xibaan n mann????

  6. NAAZ says:
    July 13, 2016 at 9:52 pm

    vvvvvv reethi……..alhey mansaage hux vx ulheny jnni akaatha

  7. thoo says:
    July 13, 2016 at 9:52 pm

    Wow.. Varah interesting..

  8. bad boy ? says:
    July 13, 2016 at 9:56 pm

    hahaha mi zeyba akee insaaneh dhw… shes making black magic… so black magic hadhan genesgen ulhey dhe jinni eh e ulheneee… hahahaha… yageen ei kan vaa gothakee… mithaa emmen mi thibenee zeyba akee jinnieh kamah heekohggen lol…. ???

    1. Bad girl says:
      July 13, 2016 at 10:05 pm

      Nooney bad boy..zeybaa akii zibaan ge kokko ehh bala..whatever..varahh reethi stwry

    2. Zibaan says:
      July 13, 2016 at 10:07 pm

      Hahahah thedhekey thi bunii mi bad boy mee kaku tha??

    3. Lol says:
      July 13, 2016 at 10:09 pm

      Hmm mii dhw mi vaa gothaky..bad boy e bunii mulhinn rangalhakahh noon

    4. Balaaaeh says:
      July 13, 2016 at 10:11 pm

      Hahahaha

    5. bad boy ? says:
      July 13, 2016 at 10:36 pm

      hahahaha… ZEYBA AKEE INSAANEkey. ????

  9. bad boy ? says:
    July 13, 2016 at 10:26 pm

    ziban ei zeyba fonuvaa furathama jinni.. eyna yah mikanthah nukurevuneema zeyba dhevana jinni fonuvaigen e ulhenee… balan hurey… mi buni hen vaaneee… zeyba moonuge effalhi andhaafa hurumaa familyaa dhurun ulhumaa its related to all this… badhaleh hifan eyna black magic hadhanee…. hahaha

    1. riffu says:
      July 16, 2016 at 2:38 pm

      Exactly ?

    2. Bad girl says:
      July 16, 2016 at 9:55 pm

      Haha aharenn buni goyy vaanii balann hunnaathi

    3. Bad girl says:
      July 16, 2016 at 9:57 pm

      Mi stwry ge last part ga aharenn comment kuraanan bad boyy??

    4. Bad girl says:
      July 16, 2016 at 9:57 pm

      Mi stwry ge last part ga aharenn comment kuraanan bad boyy??

  10. Xibaa says:
    July 13, 2016 at 10:28 pm

    Varah reethi

  11. ken? says:
    July 13, 2016 at 10:31 pm

    alllhhheeyyyy……shax haadha rangalhey….hehhehe….vaahaka hama obiness ☺ mifaharu heevey hasanah rangalhu filaavalhei libeynehen…dn hasanu kihineibbaa kahgandah dhamaafa faivalhu kahaanee….lol?

  12. Same says:
    July 13, 2016 at 10:55 pm

    v v v reethi. waiting for nct part.

  13. Sama says:
    July 13, 2016 at 11:06 pm

    Mi kudhn haadha inteligent a de

  14. Abhy says:
    July 13, 2016 at 11:18 pm

    Haalu rangalhu. Mi baives varah reethi.

  15. Youme says:
    July 13, 2016 at 11:48 pm

    Niceeeee

  16. ninni says:
    July 14, 2016 at 12:09 am

    Ohmygod vvvvvvvv reethi.. Please next episode thankolheh avahah up koddhyba please..???

  17. Aleena says:
    July 14, 2016 at 1:01 am

    Haha so many suspense.. mi vaahakaiga vaane goi visnaalan neygigen miulheni shax lyn.. abadh waiting ga mi hunnanee up veythoa bala balaa

  18. Aiza says:
    July 14, 2016 at 3:21 am

    Wow vvvvvv reethi.next eps kon irakun.pls up kodheebaa thankolhe avaha?

  19. Hassanbe says:
    July 14, 2016 at 3:56 am

    Aharenge bai thankolheh dhigu koh genes dheefaanan tha?

  20. fff says:
    July 14, 2016 at 5:55 am

    hassanbey thiyahen ulhenyaa zibaan hey aruvai lhaifaane.zibaan a dhera gothe nuhadhahchey shaz

  21. ChuiTix says:
    July 14, 2016 at 6:39 am

    Wow vrh reethi…waitin for next part

  22. Siha says:
    July 14, 2016 at 11:00 am

    Mi episode v salhi.. dhn vaane gothakaamedhu visnenee.. emmefahun mansha ah ves mi engunee dhw ziban akee jinni ehkan.

  23. shiff❤ says:
    July 14, 2016 at 12:23 pm

    hassanbe kantha haadha bodey dho.. zibaan nikan hassanbe ge zib aa dhimaalun nuhiruvaavaru kohlabala… mann ziban kihaa loabitha… ma ves beynun ekahala loabi meehe.. wen is next episod.. cant wait to read ❤

  24. Kooo says:
    July 14, 2016 at 1:24 pm

    Ziban ah gotheh wekjeiyaa mi story ahnnaeh nukiyaansn…man n zibaan plx ??

  25. xprincess says:
    July 14, 2016 at 6:29 pm

    Can someone plxx tell me why hassanbe abadhu kah gandah dhamanyyy???

    1. MADDY says:
      July 14, 2016 at 6:51 pm

      hahaaa !aslu vex varah molhu question eh.

    2. yprince says:
      July 14, 2016 at 7:01 pm

      xprincess bodu vandhen thikahala suvaalu nukoh madun hurebala.

    3. xprincess says:
      July 14, 2016 at 7:04 pm

      Ekam ves keevve tha hassanbe kah gandah dhamaafa faivalhu kahany?? Faivalhaa mi kamakaa eh ves guLhumeh nei

    4. ishu says:
      July 14, 2016 at 9:21 pm

      nuney maddy e question hama varah galhi adhi meena ah rangalhakah meehaku ehchekey bunas haadha vareh veyey dhw i

    5. MADDY says:
      July 14, 2016 at 9:25 pm

      saabahey… kahgandakah dhemumakaigen thihaavarunuve bala pls
      xpriencess hasanbe is very kehtrrikankuda to do it soo he is just comforting himself maybe in my veiw???

    6. xprincess ge Amaa says:
      July 17, 2016 at 3:17 pm

      Dharifulhaa .. dharifulha hama neigeneeta kahgadah dhemumaky kobaikan.. hassanbe ah control nukureveny ey..hisaabah vure hasaan be kaafary..????

    7. to xprincess says:
      July 18, 2016 at 3:39 pm

      lol.. i thought this story was for 18+ . and an 18 year old should know it. if u want to know it so desperately just ask ur mum and dad. they’ll give a perfect ans! OR R U JUST ACTING LIKE U U DONT KNOW?

  26. MADDY says:
    July 14, 2016 at 9:27 pm

    dhaanvee xibaan ge real hoadhan male magu mathi aifunalhan heheee i love yu xibuu

  27. eejam says:
    July 15, 2016 at 1:16 am

    Keep it up v nice part

  28. mishk says:
    July 15, 2016 at 12:53 pm

    laaneiy kudhin kolhehthaa dhw mee…
    btw..stry hama habbu…

  29. ssww says:
    July 15, 2016 at 7:01 pm

    hassan be mansaa fenuneema vaa gothe e ee ???

  30. Milly says:
    July 15, 2016 at 11:50 pm

    Mansha and Xibaan
    Cute Couple 🙂

  31. xeyy says:
    July 17, 2016 at 3:23 am

    shaz thi hasanu gandah gotheh hadhaabala nikan bodu udhagulakah vejje ehnun mansha ah..mansha ahves aslu nukereny nikan bondi eh alhaabala eyna gaiga hehe..btw vvvvv reeethi mi vaahaka abadhu inthizaaruga mi story ah…??????❤️

  32. kokaa says:
    July 17, 2016 at 3:28 am

    I think zeyba is a jinni.. ?
    Zeyba face ga fihifa ei kurin maruwi kujjaa ah fanditha hedhi iru v kameh hen kokaa ah hywany .. ??
    edhuhu e jinni ah hospitalunnu mansha fenuny.. ???
    hahah btw story hama vvv rythi.. keep up the good work shaz ???

  33. Neyngey meehaa says:
    July 17, 2016 at 4:48 pm

    Knme gotheh viyas varihama hama habeys

Comments are closed.

All Right Reserved!