Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކުއްޅަވަށްފާ(9)

leem
July 21, 2016
5 Mins Read
45 Views
19 Comments

“ނާދް ކިހިނެއްތަ؟” އަހަރެންނަކަށްވެސް އިތުރަކަށް ކެތެއްނުވިއެވެ. “ރަނގަޅު.. ރަޝާމެން މިތަނަށް އައިސްގެން ތިއުޅެނީ ކޮންކަމަކު؟މިހާރު އެއޮއް ހައެއް ޖަހަނީ.މިހާރު ނައްޓާލިޔަސް އަނދިރި ނުވަނީހެއް ނުދެވޭނެ..” ނާދް ވަރަށް ގާތް ގޮތަކަށް ވާހަކަ ދެއްކިއެވެ. “ނާދް! ނާދް ގެއްލިގެން ޝަހުދް ޕޮލިހުންނަށްވެސް ރިޕޯޓް ކުރި.އަސްލު ކޮންތާކު އުޅެފައި ތިއައީ?” އަހަރެން ބޭނުންވީ ސީދާ ޕޮއިންޓަށް ދާށެވެ. “އަހަރެން ބުނިން ޝަހުދުއަށް ގުޅާފަ ގާފަރުގައޭ މިހުރީ.ދެން އެރަށަށް ގުޅިއަކަސް އެރަށު އެންމެނަކަށް ނޭންގޭނެދޯ އަހަރެންނެއް. އެހެންނޫނަސް އެކަކުވެސް ބުނިތަ އަހަރެން ނެތޭ އެރަށުގަ؟ ނޫންދޯ؟ ނޭންގެޔޭ އުޅޭކަމެއް އެހެންދޯ ބުނީ.ސޯ ތީހަމަ މޮޔަތަކެއް.” ނާދް އަހަރެންނާއި ދިމާއަށް ލާނެއްފާޑަކަށް ބަލަންހުރެ ބުންޏެވެ. “ދެން ނާދްގެ ބޭބެއަށްވެސް ފިލައިގެންތަ އެރަށަށް ދިޔައީ”؟ އަހަރެން ބުނީމެވެ. “އަހަރެންދާ ކޮންމެތަނެއް ބުނަންޖެހޭތަ އަޅެ.މީ ކުޑަކުއްޖެއް ނޫން އިނގޭ. ” ނާދް އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ.ނާދްގެ ރީތިކަން އެވަގުތުވެސް ހިތަށް އުނދަގޫ ކޮށްލިއެވެ. “ދެން ހާދީބެ އެބުނީ ގައިމު ނާދްވީ ޖިންނިންތަކެއް ހައްޔަރުކޮއްގެން ގެންގޮސްފަޔޯ؟” އަހަރެން އެހެންބުނުމާއިއެކު ނާދް ފާޑަކަށް އަހަރެންނާއި ދިމާއަށް ބަލާލިއެވެ. “ހާދީބެ ދޯ؟ ހެހެ.އެއީ އެއްވެސް އެއްޗެއް އެނގޭ މީހެއްނޫން.އޭނަދެން މޮޅުވާހަކަ ދައްކަނީ.ތިމާވަރެއް ނެތިގެން.” ނާދް އެހެން ބުނުމުން އަހަރެންގެ ހައިރާންކަން އިތުރުވެގެންދިޔައެވެ.ހާދީބެގެ މޮޅުވާހަކަދައްކާ އެންމެގަދައަށް ތައުރީފު ކުރިމީހަކީ ނާދްއެވެ.ހާދީބެގެ ނަމްބަރުވެސް ހޯދައިދިނީ ހަމަ ނާދްއެވެ.އެކަމަކު މިއަދު އެދައްކަނީ ކޮންކަހަލަ ވާހަކައެއްހެއްޔެވެ؟ އަނެއްކާ ނާދްގެ ސިކުނޑިއަށް މައްސަލައެއް ދިމާވީ ކަންނޭންގެއެވެ. “އެކަމް ނާދް ބުނީމެއްނު ހާދީބެ ވަރަށް މޮޅުވާނެޔޭ.” އަހަރެން ހައިރާން ކަމާއިއެކު ބުނީމެވެ. “އަހަރެން ބުނިންތަ އޭނަ މޮޅީ ވަކިކަމަކަށޭ؟ ހެހެ.އެނގޭތަ މިހިރަ މޮޔަކުއްޖާއަށް އޭނާ މޮޅީ ކޮންކަމަކަށްކަން؟ މަ ބުނަންތަ؟ މަކަރުހަދަން. މީހުންގެ ދިރިއުޅުން ހަލާކު ކުރަން.”ނާދް އަހަރެންނާއި މޫނު ގާތްކޮށްލަމުން ބުންޏެވެ.. ނާދް ހާދަ ބަދަލުވެއްޖެއެވެ.ނޫނެކެވެ.އެއީ ހަމަ ނާދްގެ މިޒާޖަށްވެސް ވެދާނެއެވެ.އޭނާގެ ގޮތް އަހަރެންނަށް އެނގޭނީވެސް ފަހެ ކިހިނެއްހެއްޔެވެ؟ އެންމެ ދުވަހަކު ވާހަކަ ދެކެވުނު މީހެއްވިއްޔާއެވެ. “ރަޝާ! ދެން ހިނގާބަލަ ގެއަށްދާން.މިހާރު އެއޮށް އިރުއޮއްސެނީ.”. އިޝާ އަހަރެން އަތުގައި ހިފާ ދަމައިގަންނަމުން ބުންޏެވެ. އާއެކެވެ.އިރުއޮއްސެން ދެންހުރީ ކުޑަވަގުތު ކޮޅެކެވެ. މިހާރު ނައްޓާލިޔަސް އަނދިރިނުވަނީސް އަވަށަކަށް ނުދެވޭނެއެވެ. ހިނގަމުން ހިނގަމުން އައިސް އަހަރުމެނަށް މިތިބެވުނީ ވަރަށް ދުރަށް އާދެވިފައެވެ. “ނާދް.ދެން އަހަރުމެން ދަނީ.މާދަމާ އަންނާތި އެއްކަލަ ރުއްގުޅިތައް ކައިރިއަށް.”އަހަރެން ނާދް އާއި މުހާތަބުކޮށް ބުނީމެވެ. “ހޫމް..އެކަމަކު އެއްވެސް މީހަކުގާތު ނުބުނާތި އަހަރެންނާއި ދިމާވި ވާހަކަ.ސަބަބު ނާހާތި..”ނާދް ބުންޏެވެ.އަހަރެންގެ ހިތުގައި ސުވާލުތައް ފުނިޖެހެމުންދިޔައެވެ.ނަމަވެސް ވަގުތުގެ ގޮތުން އެސުވާލުތައް ފަހަށް ޖައްސާލީމެވެ.އިޝާ އާއި އެކު ބާރު ހިނގުމެއްގައި އެއްގަމާއި ދިމާއަށް ގޮސްގޮސް ހުއްޓައި ކުއްލިއަކަށް ހިތަށްއިެރި އެއްޗަކުން ހުއްޓެވިއްޖެއެވެ. ނާދް މިގަޑީގަވެސް ގެއަށް ނުގޮސް މިތަނުގައި މަޑުކުރަނީބާއެވެ؟އެ އާއިއެކު ފަހަތަށް އެނބުރި ބަލާލީމެވެ.ނާދް ފެންނާކަށް ނެތެވެ. އެހިސާބުގައި މީހަކު ފިލާ ހުރެވޭނެކަހަލަ އެއްވެސްތަނެއް ނެތެވެ. އަހަރެން ހުއްޓިގެން ހުރުމުން އިޝާވެސް ހުއްޓި ކިހިނެއްވީހޭ އަހަމުން އަހަރެންނާއި ދިމާއަށް ބަލާލިއެވެ. “ނާދް ކޮބާ؟” އަހަރެން ހައިރާންވެފައި ސުވާލު ކޮށްލީމެވެ.. އިޝާވެސް ހައިރާންވެފައި އެއްފަހަރު އަހަރެންގެ މޫނަށް އަނެއްފަހަރު ނާދް ދިޔަދިމާއަށް ބަލާލިއެވެ.އަދި ނޭންގެއޭ ބުނާފަދައިން ބޯހަލުވާލިއެވެ. އަހަރެން ބިރުގަންނަން ފެށިއެވެ. މިއަދު ނާދްގެ ކިބައިން ފެނުނު އާދަޔާއި ހިލާފް ކަންތައްތަކުގެ ސަބަބުންނެވެ.އެއީ ހަމަ ނާދްބާއެވެ؟ ނޫނެކެވެ.އެއީ ނާދްއެއް ނޫނެވެ.ނާދް ހާދީބެގެ ގޯސްވާހަކައެއް ނުދައްކާނެއެވެ.އެހެންނޫނަސް ނާދްވީ ޖިންނިތަކުގެ އަތްދަށުވެ ހައްޔަރުވެފައެވެ. އަނެއްކާވެސް އެނބުރި ނާދް ދިޔަދިމާއަށް ބަލާލެވުނެވެ. ދެން ފެނުނު މަންޒަރުން ތުރުތުރު އަޅައިގެންދިޔައެވެ. އެތަނުގައި ފުރިހަމަ ހިނިތުންވުމަކާއިއެކު އެހުރީ ނާދްއެވެ.ލާނެއްފާޑަކަށް ބަލަންހުރިއިރު މަޑުމަޑުން މައްޗަށް އަރަމުންދިޔައެވެ. “އަހަރެން ތިހޯދަނީ ކިހިނެއްވީ؟” ނާދްގެ ޖުމްލަ ހީވީ އަހަރެންގެ ކަންފަތްދަށުގައި ބުނެލިހެންނެވެ.އަޑު އައީ އެހާވެސް ކައިރިންނެވެ.އިޝާ ހުރިގޮތުން އޭނާއަށް ނާދް ނުފެންނަކަން އަހަރެންނަށް ޔަގީންވިއެވެ.އަދި ނާދްގެ އެބަސްތައްވެސް އަޑުނީވޭކަން އެނގުނެވެ.ގަތްބިރުން ތަނެއްދޮރެއް ބަލާނުލާ އިޝާ އަތުގައި ހިފައިގެން އަހަރެން ދުއްވައިގަތީމެވެ. “ކިހިނެއްވީތަ ރަޝާ؟” އިޝާ ދުވަމުން އަހާލިއެވެ.”އެއީ ނާދްއެއް.. ނާދްއެއް ނު..ނޫން.” އަހަރެން ދުވަމުން ޖަވާބު ދިނީމެވެ.އެހެންބުނުމުން އިޝާ ބިރުން މޭގައި އަތްއަޅާލިއެވެ.ދެމީހުނަށްވެސް ދުވެވުނު އެންމެ ބާރަކަށް ދުވަމުންގޮސް އެއްގަމަށް އަރާ ގަސްތަކުގެ މެދުންހަދާފައިވާ ހަނިމަގުތަކުން ކުރިއަށް ދިޔައީމެވެ.ތުރުތުރު އަޅާހާލު ދުވަމުން ފަހަތް ބަލާލީމެވެ.އެއްވެސް އެއްޗެއް ފެންނާކަށްނެތެވެ.ވަށައިގެންވަނީ އަނދިރިކަމެވެ.ތަނެއްދޮރެއް ވަކިވާވަރެއްވެސް ނޫނެވެ.ކުއްލިއަކަށް އެއްޗެއްގައި އަޅައިގެންފައި އިޝާ ބިންމައްޗަށް ވެއްޓުނެވެ.އަވަހަށް އިޝާ އަތުގައި ހިފާ ކޮޅަށްނަގަމުން ދުއްވައިގަތީމެވެ.ނަމަވެސް އަނެއްފަހަރުވެސް އިޝާ ވެއްޓުނީއެވެ. “ރަޝާ.އަހަރެންގެ ފަޔަށް ވަރަށް ތަދުވޭއެބަ.އާހް.މަންމާ”. އިޝާ ރޯންފެށިއެވެ.އަހަރެން އަވަހަށްގޮސް އިޝާގެ ފައި ބަލާލީމެވެ.ކަމަކުދާކަށް ނެތެވެ.އިޝާގެ ކަނާތު ފައިގެ ބޮޑުވައި އިނގިލި އިނީ ވަރަށްބޮޑަށް ހަލާކުވެފައެވެ. ނިޔަފަތިގަނޑުވެސް ވަކިނުވެއިނީ ކިރިޔާއެވެ. އިޝާ ރޮމުންދިޔައެވެ.އަހަރެން ހަދާނެގޮތް ހުސްވިކަހަލައެވެ.ވަށައިގެން ހޯދާލެވުނެވެ. އަނދިރިކަމާއި ނާމާންކަން ނޫނީ ނުފެނުނެވެ.ދެންމެދެންމެ އެއްޗެއްއައިސް ގައިގައި ހިފައާިގެންފާނެހެންވެސް ހީވެއެވެ. އަދިވެސް އަހަރެމެނަށް މިތިބެވުނީ އަވަށާއި ވަރަށް ދުރުގައެވެ.އެހީއަކަށް އެދެވޭނެ ގޮތެއްވެސް ނެތެވެ.އިޝާ ބައިންދާފައި އެކަނި ދާކަށް ހަމަހިލާ އަހަރެންނަކަށް ނުކެރޭނެއެވެ. ކުއްލިއަކަށް ފޯނުމަތިން ހަނދާންވިއެވެ.ޖީބުން ފޯނުނަގާ މަންމައަށް ގުޅާލީމެވެ.އެއްފަހަރު ރިންގު ވުމާއިއެކު ކޯލް ކެނޑިއްޖެއެވެ. ދެން ގުޅަންއުޅެއުޅެ ނުގުޅުނެވެ.ފޯނުގެ ރޭންޖް ކެނޑުނީ އަހަރެން ބަލަން ހުއްޓައެވެ.ހިތުގެ ހިނގުންވެސް ހުއްޓެން އުޅުނުހެން ހީވިއެވެ. ވަރަށްބޮޑު ނުބައެއް އުޅޭކަމުގައި ހިތްބުނަމުން ދިޔައެވެ.”އިޝާ.ނުރޮއެބަލަދެން. މަޑުމަޑުން ހިނގާލާފައި ގެއަށް ދެވޭތޯ ބަލަމާ ހިނގާ.ހިތްވަރު ކުރަންވާނެ”. އަހަރެންގެ ހިތްވަރު އެލިފައިވީނަމަވެސް އިޝާއަށް ހިތްވަރުދީ އޭނާގެ ކުރިމަތީގައި ހިތްވަރުގަދަކަންދެއްކޭތޯ އަހަރެން ބެލީމެވެ. އަދި ފޯނުގެ ލައިޓް ޖައްސާލުމަށްފަހު އިޝާއަތަށްދިނީމެވެ.އެއަށްފަހު އަހަރެންގެ ހެދުމުގެ ފަސްބައި އިރާލާ އިޝާގެ ފައިގެ ޒަހަމްވެފައި އިން އިނގިލީގައި ބާރުކޮށް އައްސާލީމެވެ.އެއަށްފަހު އިޝާގެ އަތުގައިހިފާ ކޮޅަށް ނެގުމަށްފަހު އަހަރެންގެ ކޮނޑުމައްޗަށް އިޝާގެ އެއްއަތް އަރުވާ އޭނާގެ އުނަގަނޑުގައި ހިފާ މަޑުމަޑުން ހިނގައިގަތީމެވެ.އަދި އިޝާގެ ފޯނުނަގާ އެއިގެ ލައިޓްވެސް ޖައްސާ އިތުރަށް އަލިކުރަމުން ކުރިއަށް ދިޔައީމެވެ.އެއީ އަލިގަދަ ތަންތަނަށް އެ ޖިންނި ކައިރިނުވާނެކަން އަހަރެންނަށް އެނގޭތީއެވެ.ގާތްގަނޑަކަށް ބައިގަޑިއިރު ހިނގުނުއިރުވެސް ހިނގަމުންދިޔަ މަގު ބަދަލެއްނުވިއެވެ.މިއީ ހައްތަހާވެސް އެނުބައި ޖިންނީގެ ކަންތައްކަން އަހަރެންނަށް އެނގެއެވެ.ނާދްގެ ސިފައިގައި އައިސް އަހަރެންނާއި ވާހަކަދައްކާ ހާދީބެގެ ވާހަކަތައްވެސް އެދެއްކީ ހަމަ އެ ޖިންނިއެވެ..ހެޔޮއެއްޗެއް ކިޔަންވެސް ހަނދާންވީ އެވަގުތުއެވެ.ހާދީބެ ކިޔަންބުނެފައިވާ އާޔަތްތައް އަވަހަށް ކިޔާލާ އަމަލުކުރަން ބުނެފައިވާ ގޮތަށް އަމަލު ކުރީމެވެ.އިރުކޮޅަކުން ކަންފަތުގައި ޖެހުނީ އިޝާނަމާދަށް ބަންގި ގޮވާއަޑެވެ.އެއާއި އެކު ކުރިމަތިން ފެންނަންއޮތީ ރަށުގައި މީހުން ދިރިއުޅޭ ސަރަހައްދެވެ.އަވަސް އަވަހަށް އަހަރެންމެން އެދިމާއަށް ހިނގައިގަތީމެވެ. އަވަށްތެރެއަށް އަރާ އެންމެފުރަތަމަ ޖެހުނުގެއަށް އިޝާގޮވައިގެން އަހަރެންވަނީމެވެ. ގިނައަދަދަކަށް ހަށިގަނޑުން ލޭއޮހޮރުމުގެ ސަބަބުން އޭރު އިޝާގަެ ހާލުވަނީ ވަރަށް ދައްވެފައެވެ. އެގެއަށް ވަނުމުން އެގޭ މީހުން އެކި ސުވާލުތައް ކުރަންފެށިއެވެ.ތުނޑިއަށް ގޮސްފައި އަންނަނިކޮށް ގާގަނޑެއްގައި ޖެހި ފައި ހަލާކުވީކަމާއި އެހެންކަމުން އަވަށަށް އާދެވުން ލަސްވީކަމަށްބުނެ އަހަރެން ވާހަކަ ކުރުކޮށްލީމެވެ.އަދި އަވަހަށް އެންބިއުލޭންސަށް ގުޅައިގެން ގެނެސް އިޝާ ހޮސްޕިޓަލަށް ގެންދިޔައީމެވެ. ޑޮކްޓަރުގެ ކޮޓަރިއަށް އިޝާ ވެއްދުމުން އަހަރެން ބޭރު ގޮނޑިބަރީގައި އިށީންދެލީމެވެ.އެވަގުތު ފޯނު ރިންގުވާންފެށުމުން ބަލައިލީއިރު މަންމަ ގުޅަނީއެވެ.އަހަރެން އަވަހަށް ފޯނު ނެގީމެވެ. “ދަރިފުޅާ ކޮންތާކު؟މަންމަ ހާދަގުޅައިފީމޭ ދަރިފުޅު ފޯނަށް”. މަންމަގެ އަޑުންވެސް މަންމަ ހާސްވެފައިހުރި މިންވަރު ހާމަވެއެވެ. “މަންމާ..މިއިނީ ހޮސްޕިޓަލުގައި. އިޝާގޮވައިގެން އައިސް.ވީގޮތް ކިޔައިދޭނަން ފަހުން.”އަހަރެން އެއްފައްޗަކަށް އަމުނާލީމެވެ. “ކީކޭ ހޮސްޕިޓަލުގައޭ؟އިޝާ މަންމަމެނަށް އަންގައިފިންތަ މިހާރު؟” މަންމަ ބުންޏެވެ. “ނޫން.މިހާރު މިއުޅެނީ ގުޅަން އެގޭމީހުނަށް. ދެން އިހަށް މިބާއްވަނީ އިނގޭ.ދާނަށް އިޝާ ދޫކޮށްލީމަ.” ފޯނު ކަނޑާލުމަށްފަހު ފުންނޭވާއެއް ދޫކޮށްލެވުނެވެ. މިރޭ މިދިމާވީ ހާދަހާ ބިރުވެރިކަމަކާއެވެ.ހާދީބެ ބުނިހެން މީސްމީހުންގެ ސިފައިގައިވެސް މިހާރު އެ ޖިންނި ފެންނަން ފެށީއެވެ.ހާދީބެއަށް ގުޅާ މިވާހަކަތަށް ކޮންމެހެންވެސް ކިޔައިދޭން އެބަޖެހެއެވެ.އެހެންނަމަވެސް އެކަން ފަހަތަށް ޖައްސާލުމަށްފަހު އިޝާގެ މަންމައަށް ގުޅާ އިޝާ ހޮސްޕިޓަލުގައި އޮތް ހަބަރު ދިނީމެވެ.

“މަރްޔަމް އިޝާ. އިޝާގެ ބެލެނިވެރިޔަކު އިެބަހުރިތޯ؟ އިޝާ ވެއްދި ކޮޓަރީގެ ދޮރު ހުޅުވާލަމުން ނަރުސް ކުއްޖަކު ގޮވާލިއެވެ. “އާދެ! ކިހިނެއްތޯވީ؟” އަހަރެން އަވަސްއަވަހަށް އެހެންބުނަމުން ގޮނޑިން ތެދުވެގެން އެދިމާއަށް ދިޔައީމެވެ”. އިޝާގެ ހާލު ތަންކޮޅެއް ދައްވީމަ އިެޑްމިޓް ކުރަންޖެހެނީ.އަދި އޯ ނެގެޓިވް ލޭ ވެސް ބޭނުންވޭ. އެހެންވީމަ ޑޯނަރ އަކުވެސް ހޯދަވާ.ދެން އައިޑީ ކާރޑުވެސް ބޭނުންވާނެ އިނގޭތޯ.???” އެހެންބުނުމަށްފަހު ނަރުސްކަުއްޖާ އެތެރެއަށްވަނެވެ.އެއީ އިޝާ މަންމައާއި އާއިލާގެ މީހުންވެސް އެތަނަށް އައިސް ހުމްޓުނުވަގުތެވެ.އަހަރެން ކަންތައްވީގޮތް ކިޔައިދިނީމެވެ.އެކަމަކު ދޮގުހަދައިގެންނެވެ. އެނޫން އެހެން ގޮތެއްވެސް މިވަގުތަށް ނެތީއެވެ.ލޭ ދިނުމުގެ ކަންތައްތައް ހަމަޖެއްސުމުގައި އިޝާގެ އާއިލާގެ މީހުން އުޅެންފެށިއެވެ.”ރަޝާ.ދެން އެކޮއެ ދޭ ގެއަށް.އެހެރަ ނުވައެއްޖަހަން އުޅެނީ މިހާރު”. އިޝާގެ މަންމަ އަހަރެންނަށް މުހާތަބުކޮށް ބުނެލިއެވެ. ހަގީގަތުގައި އަހަރެން މިވަގުތު މިތަނުން ދާކަށް ބޭނުމެއްނޫނެވެ.އެހެނަސް ހަށިގަނޑަށް ލިބިފައިވާ ލޮޑުކަމަކުން ޖައްސާލަންވެސް ހިތްއެދެމުން ދިޔައެވެ. ޅަދުވަހުގެ އެކުވެރިޔާއަށް މިއަދު އަހަރެންގެ ސަބަބުން އެޖެހުނީ ކޮންފަދަ ހާލެއްހެއްޔެވެ؟ އަހަރެން ވިސްނައިގެން އުޅުނުނަމަ މިހެން ނުވީހެވެ. ކުރާނެކަމެއްނެތެވެ.ވީކަމެއްވެ ނިމުނީއެވެ. ދެންއޮތީ ކުރިއަށް ވިސްނައިގެން އުޅުމެވެ. ލޮލުން ހިލުނު ކަރުނަތައް ފޮހެލުމުން ގޮނޑިން ތެދުވެގެން ގެއަށް ދާން ހިނގައިގަތީމެވެ.

މަގުމަތިން ފެންނަނީ ފަޅުކަމެވެ. ކުޑަކޮށް ވާރޭކަނި ޖަހަމުން ދާތީ ކަމަށްވެސް ވެދާނެއެވެ.އެއްވެސް މީހަކު ފެނުްނާކަށްނެތެވެ. މަގުގެ ދެފަރާތުގައި ޖަހާފައިވާ ލައިޓްތަކުންވެސް މާބޮޑު އަލިކަމެއް ނުވެއެވެ. އަވަސް ފިޔަވަޅުތަކެއްގައި ހިނގަމުންދަނިކޮށް ސިހިފައި ހުއްޓެވުނީ ކުރިމަތިން ހުރަސްކޮށްލި ހިޔަނި ފެނިފައެވެ.މޭގައި އަތްއަޅަމުން ދެފަރާތް ހޯދާލެވުނެވެ.އަދި ފަރާތްފަރާތް ހޯދަމުން ބިރުންހުރެ ހިނގައިގަތީމެވެ.އެކަނި އާދެވުނު މޮޔަވެސް ހިތަށްއެރިއެވެ.ތަންކޮޅަކަށް ދެވުނުތަނާ ކައިރީގައިހުރި ފަޅު ގޯތިތެރެއިން އަހަރެންނަށް ގާވާއަޑު އިވެންފެށިއެވެ. އެއީ ހަމަ ނާދްގެ އެ ޖާދްވީ އަޑެވެ.އެއަޑުގެ ޖާދޫގައި އަހަރެން ގައިދުކުރަން މި ޖިންނި ފޯރިއެއް އެބަހުއްޓެވެ. “ރަޝާ. ރަޝާ.. އާދެބަލަ.”. ބިރުންހުރިނަމަވެސް ހުއްޓި އެ ގޯތިތެރެއަށް ބަލައިލީމެވެ.އޭރު އެގޯތި ތެރޭގައި ވަރަށް ހިނިއައިސްފައި ނާދް ހުއްޓެވެ. އަހަރެންގެ ބިރު ފިލައިގެން ދިޔަކަހަލައެވެ.ބިރުގެ މައްޗަށް ހިތާމައާއި ރުޅި އިސްވެގެން ދިޔައެވެ. “ކަލޭ ކޯއްޗެއް ބޭނުންވެގެންތަ މަގޭ ފަހަތުން ތިއުޅެނީ؟އަދި އެވެސް ނާދްގެ ސިފައިގަ.އަހަރެން ކަލެއަކަށް ގޯނާއެއް ނުކުރަން. މާ ޖެއްސުން ބޮޑުނުކޮށް ހުރޭ އިނގޭ”. އަހަރެން ރުޅިއައިސް ފަޅައިގެން ދާންއުޅޭހެން ހީވިއެވެ.މީހާ އެކީ ތުރުތުރު ލާންފެށިއެވެ.އޭރު ނާދްގެ ސިފައިގައި ހުރި ޖިންނި ރުޅިއަންނަމުން ދިޔައެވެ. އަހަރެންބުނި ދެތިން ޖުމްލަވެސް އެޖިންނިއަށް ހަޖަމްނުވީއެވެ.”އަހަރެން ކަލޭ ދުލެއް ނުކުރާނަން.ކަލޭ ތިޔަ ހާދީބެއެއް ނުގެނައިނަމަ މީހަާރު ކަލޭ އޮންނާނީ ކަށްވަޅުގަ.އަހަރެން ކަލެއާއި ކަލޭގެ އާއިލާގެ ދުވަސް ދުއްވާލާނަން.” މިހާރު އޭތީގެ އަޑުވެސް އަންނަނީ އަންހެނެއްގެ އަޑުން ހެންނެވެ. އޭތީއޭރު އޭތީގެ ސިފަ ބަދަލުވަމުން ދިޔައެވެ.އެއީ މާމަގެ ކޮޓަރި ކުޑަދޮރުކައިރިން ފެނުނު ސޫރައެވެ.އޭތީގެ ދެލޯ ފެހިކުލައިން ދިއްިލިއްޖެއެވެ.އަނގަތަންމިނަށް ހުޅުވާލިއެވެ.އޭތީގެ އިސްތަށިގަނޑު ވަޔާއި ވިހުރެމުންދިޔައެވެ.ބިރުން ފަހަތަށް ޖެހިލެވުނެވެ.މުޅީން ހީބިހި ނަގައިގަތެވެ.ވީ އެންމެ ބާރަކަށް ދުއްވައިގަށީމެވެެ.ފަހަތަށް ބަލައިވެސް ނުލަމެވެ.

ދުވެފައިގޮސަް ގެއަށް ވަދެވުނުކަން އެނގެއެވެ.ދެންވީގޮތެއް ނޭންގުެއެވެ.ހޭވެރިކަމެއްވީއިރު ކައިރީގައި މަންމައިނެވެ.މާމަވެސް އެނދުކައިރީ އިނެވެ.އަހަރެން އެނދުން ތެދުވެލީމެވެ. އެވަގުތު ކޮޓަރިއަށް ވަދެގެންއައި މުދިންބެފެނުނެވެ. “ކޮއެފުޅާ.ކިހިނެއްމިހާރު؟ ހުންގަނޑު މަޑުވަމުންދާނެދެން”. މުދިންބެ މިހެންބުނެ ނިކުމެގެން ހިނގައްޖެއެވެ. އަހަރެންނަކަށް ވާނުވާއެއް ނޭންގަެއެވެ. “މަންމާ!މިއީ ކޮންކަންތަށް ގަނޑެއްތަ؟މުދިންބެ ގެނައީ ކިހިނެއްވީ” އަހަރެން ހިތްހަމަނުޖެހޭ ރާގަކަށްބުނީމެވެ. އެއީ މިދިމާވެގެންއުޅޭ ކަންތައް އެހެންމީހަކަށް” އެނގޭކަށް އަހަރެން ބޭނުންނުވާތީއެވެ. “އެއީ ދަރިފުޅު ގެއަށްވަތްގޮތަށް ހަބަރުހުސްވެ ދަތްޕިލާޖެހުނީމަ އެންމެފަހުން މުދިންބެ ގެނައީ.ހުންވެސް ވަރަށް ގަދައަށްހުރި.” މަންމަ ވާހަކަދެއްކިއެވެ. ފުންނޭވާއެއްލަމުން ރެސްޓުކޮށްލަން ބޭނުމޭ ބުނުމުނެް މަންމައާއި މާމަވެސް ކޮޓަރިން ނިކުމެގެންދިޔައީ އަހަރެންގެ ބޮލުގައި ފިރުމާލާފައެވެ.ވިެސްނާ ފިކުރުކޮށްގެން މިކަން ހައްލުނުވާނެކަން އަހަރެންނަށް އެނގެއެވެ.މިކަމުގައި އަހަރެން ވާންޖެހޭނީ ވަރަށް ކެރޭ ހިތްވަރުގަދަ މީހަކަށެވެ. ވިސްނުމާއި ބުއްދީގެ ބޭނުންހިފައިގެން ނޫނީ މިކަމެއް ނުނިންމޭނެއެވެ. އެހެންނަމަވެސް ހާދީބެގެ އެހީވެސް ބޭނުންވާނެއެވެ.ފޯނުނަގާ ހާދީބެގެ ނަމްބަރަށް ގުޅާލީމެވެ.އިވުނު އަޑަކުން އާޝޯހުވެގެން ދިޔައެވެ.

ނުނިމޭ

5
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

leem

Other Articles

Previous

އެންމެ ފަހު ނޭވާ ލަމުންވެސް… 2 ވަނަ ބައި

Next

އެންމެ ފަހު ނޭވާ ލަމުންވެސް… 3 ވަނަ ބައި

Next
July 21, 2016

އެންމެ ފަހު ނޭވާ ލަމުންވެސް… 3 ވަނަ ބައި

Previews
July 19, 2016

އެންމެ ފަހު ނޭވާ ލަމުންވެސް… 2 ވަނަ ބައި

19 Comments

  1. alishiya says:
    July 21, 2016 at 4:41 am

    relly intresting …waiting for the next part….<3

    1. leem says:
      July 21, 2016 at 9:37 am

      Thanks alishiya.. keep reading.. <3<3

  2. leem says:
    July 21, 2016 at 9:32 am

    Mivaahaka up nukohgen comment kuri hurihaa kudhinnahves v bodah thanks..leem dhekeny e ee vaahaka ah oi tharuheebu kamuga. Vaahaka lasveethy v v bodah sorry. Still im nt in my island.. bt try kuraanan up kuran.. love u all readers.. <3

  3. Same says:
    July 21, 2016 at 10:35 am

    v salhi. but avahah up kurachchey

    1. leem says:
      July 21, 2016 at 11:11 am

      Thanks same.. i will try.. ?

  4. yanaa says:
    July 21, 2016 at 11:40 am

    V nice

    1. leem says:
      July 21, 2016 at 6:03 pm

      Thanx yanaa

  5. Mexxo says:
    July 21, 2016 at 12:58 pm

    v v v reethi…………….
    keep it up……………. next part koiraku kiyutherinaa hamaya ahnaany

    1. leem says:
      July 21, 2016 at 6:05 pm

      V awas gothakah next partves up kureveythw balaanan. Thanks mexxo

  6. Man says:
    July 21, 2016 at 3:07 pm

    Koyaa islandga noonas ehenthaaku huttas vaahaka liyevi up kureveyne dhw.bimu adeega eh noon viyya thiulheny. Makaru bodu kamun meehun hahdhaane kameh nei igey

    1. leem says:
      July 21, 2016 at 6:15 pm

      Leemge baby uraane meehun nuthibeynennu rashuga noon veema.abadhu leem ekani miulheny baby govaigen.ehenve time nuvany. Reyganduves v dhanvaafahun baby nidhaany.egadyga vaahaka liyefa up kurevenyvesmi. Vaahaka kiaa kudhinnah faahaga vaane kannenge leem vaahaka up kurany abadhuhenves dhanvaru.so man hihbaru nukurey ingey..

  7. nasru says:
    July 21, 2016 at 5:40 pm

    varah habeyxx leem
    aneh part avas kohladhehcheyyyy

    1. leem says:
      July 21, 2016 at 6:17 pm

      Thanks nasru..

  8. Kooo says:
    July 21, 2016 at 8:03 pm

    Sorry leem..kooo ah neyge ne ehnun keewegen kan leem laswany up kuran..mi part warah reethi..uo kohdhehchey awahah

  9. leem says:
    July 21, 2016 at 10:18 pm

    ތޭންކްސް ކޫ.ލީމް ޓްރައި ކުރާނަން އަވަހަށް އަޕްކުރަން.

  10. zu says:
    July 25, 2016 at 12:05 pm

    nice

  11. zu says:
    July 25, 2016 at 7:37 pm

    10 up kohhfa kihineh thihedhee

  12. Aish says:
    July 27, 2016 at 12:05 pm

    where is the story Leem. m waiting. can understand but vrrhaka rrethi kamun nuhurevign ahrrlevuny.. thi vrh hihvaru gadha kuhjje.. waiting for your story ingey…

  13. reborn D virushaan says:
    August 4, 2016 at 8:02 am

    WOW VERY NICE STORIES

Comments are closed.

All Right Reserved!