Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ކަޅި (ހަތަރުވަނަ ބައި)

Ummu
July 18, 2016
5 Mins Read
62 Views
8 Comments

އަހަރެންނަށް ފެނުނީ ކަޅު ބުޅަލެކެވެ. އެ ބުޅާ އާދައިގެ އެހެން ބުޅާތަކާއި ތަފާތުހެން ހީވެއެވެ. އޭގެ ކެހެރިގަނޑު ބޮލެވެ. ކަޅުކަން ގަދައެވެ. ބޮޑުވެސް ބޮޑެވެ. “ކިހިނެތްވީ؟ ސަމާ! ވަގަކު ވަނީތަ؟” ހަފިއްތަ ދުވަމުން ތެޅެމުން ފޮޅެމުން އައިސް ފާހަނާ ދޮރުގައި ތަޅާގަތެވެ. އަހަރެން ހުރީ އެވަގުތު ހެދުން ނުބާލާކަމަށްވާތީ ފާހަނާ ދޮރު ހުޅުވާފައި ނިކުމެ ފަހަރި ގައިގައި ބައްދާގަތީމެވެ. އަދި އެއަށްފަހު ވައްކަޅިން ފާހަނާއާއި ދިމާއަށް ބަލާލީމެވެ. “ކިހިނެތްތަވީ؟” ހަފިއްތަ ނުތަނަވަސްކަމާއެކު އަހާލިއެވެ. “ކަމެއްނުވޭ!” އަހަރެން ޙަޤީޤަތް އޮޅުވާލަމުން ބުނީމެވެ. “ދެން ކީއްވެ މާބާރަކަށް ތިހަޅޭއްލަވަނީ؟” ހަފިއްތަގެ މޫނުމަތީގައިވާ ޖަމައަވެފައިވާ ސުވާލުތައް ލިޔެވިފައިވާ ނެތަސް އަހަންނަށް އެކަން އެބަ ފާހަގަކުރެވެއެވެ. “އެއީ… ކުރަތްޕެއް ފެނިގެން!” އަހަރެން މަޑުމަޑުން ބުނެލީމެވެ.

ހަފިއްތ ަދިޔުމުން އަހަރެން ގައިން ތާހިރުވެލައިގެން ފާހަނައިން ނިކުތީމެވެ. އަދި އަވަސްއަވަހަށް އެނދުގައި އޮށޯވެލީމެވެ. އެކައްޗެއްވެސް ނުކައިއެވެ. އެހާގިނައިރެއް ނުވެ އަހަރެންނަށް ހުވަފެނީ އާލަމަކަށް ދަތުރުކުރީމެވެ.

އަހަންނަށް ހޭލެވުނީ މުޅި ގަޔަށް ހޫނުގަނޑެއް އެރުމުންނެވެ. ގަޔަށް ބަރުވިހެން ހީވެއެވެ. އަހަރެން އޮތީ އުއްޑުން އެއްފަރާތަކަށެވެ. ބޮކި ނިއްވާލައިފައި ހުރުމުން އެއްވެސް ކަހަލަ އަލިކަމެއް ނެތެވެ. މުޅި ކޮޓަރި ތެރޭގައި ރަސްކަން ކުރަމުން ދަނީ ކަޅު އަނދިރިއެވެ. އަހަރެން އަނެއް ފަރާތަށް އެނބުރެން އުޅުނީމެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. ވާގޮތް ރޭކާލީ ދެނެވެ. އަހަރެން ގެ ގައިމަތީ ބަންޑުން އޮތީ ބޮޑު ކަޅު އަނދިރިގަނޑެކެވެ. އަޑުގެ ކޮޅަށް ހަޅޭއްލަވަން އުޅުނީމެވެ. ނަމަވެސް އެއަށްވުރެ އެއެތި މާހުޝިޔާރެވެ. ވަގުތުން އަހަރެންގެ އަގަމަތީގައި އަތްއެޅިއެވެ. އަހަރެން ނޭފަތަށް އެއަތުން ދުވި ވަސް ފޯރިއެވެ. އެއީ ލޭގެ ވަހެވެ. އަހަރެންގެ ލޮލުން ނިދި ފިލިއެވެ. ބިރުގަނެ ދެލޯ ބޮޑުވިއެވެ. މީގެ ތިން އަހަރުކުރިން ވީކަންތައް ތަކުރާރު ވަނީބާވައެވެ؟ އަހަރެން ދެލޮލުން ކަރުނައިގެ ތިކިތައް ނީރާލިއެވެ. އެއްވެސް އުއްމީދެއް ނެތްގޮތަށް އަހަރެންގެ ދޮލޯ މަރާލީމެވެ. އަދި ހިތުން ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތާއި ކުރުސި، ފަލަޤި ނާސި އިޚްލާޞް، ތިން ސޫރަތް ކިޔަން ފެށީމެވެ. ސިކުއްތަކަށް ފަހު ސިކުންތެއް އަހަރެންގެ ގަޔަށް ފަސޭހަކަން އިތުރު ވަމުން ދިޔައެވެ. އެންމެ ފަހުން އަހަރެން ދެލޯ ހުޅުވާ ބަލައިލީމެވެ. އެއްވެސް އެއްޗެއްގެ ހިލަމެއްވެސް ނެތެވެ. އަހަރެންނަށް އުފަލުންގޮސް ހިނިތުންވުނެވެ.

ރޭގަނޑު ހަމަނިދި ނުލިބުމުން، އަހަރެން އޭގެ އަނެއް ދުވަހު ސުކޫލަށް ދިޔައީ ކަންނެތްވެފައިއެވެ. ބައިސްކަލު ދުއްވާފައި ދިޔައިރުވެސް ވެއްޓި ނުވެއްޓި ދެވުނީ ކިރިޔާއެވެ. އަހަރެން ސުކޫލަށް ގޮސް އެސެމްބްލީގެ ސަފުގައި މަޑުކޮށްލީމެވެ. ކީރިތި ޤުރުއާނުގެ ކީރިތި މޫރިތި ބަރަކާތްތެރި އާޔަތްތަކުން ދުވަހުގެ ކިޔެވުން ފަށައި އަދި މާނަކިޔާ ދިނީ އަހަރެންގެ އެންމެ ގާތް ދެއެކުވެރިންކަމުގައިވާ، ރަމްލާ އާއި ލުބުނާ އެވެ. ރަމްލާ އަކީ ހިމަތޮޅި، އިސްކޮޅުން ދިގު، ދޮން، ކަޅުގަދަ، ފަން އިސްތަށިގަނޑެއްގެ ވެރިއެކެވެ. ރަމްލާ އަކީ ދިގު ކުއްޖެއް ނަމަވެސް، ރަމްލާ ގެ ބޯ އަރަނީ އަހަރެންގެ ކަންފަތާއި ހިސާބަށެވެ. ރަމްލާ ގެ ނަލަކަމުން އެތަށް ފިރިހެންކުދިންގެ ހިތްވަނީ އަތުލާފައެވެ. އެތައް ކުއްޖަކު ރަމްލާގާތު ރައްޓެހިވާން އެދިފައި ވެއެވެ. ނަމަވެސް ރަމްލާ އޭގެން ކޮންމެ ކުއްޖަކަށްވެސް ދެނީ ބީރު ކަންފަތެކެވެ. ރަމްލާއަށް ލިބިފައިވާ އެންމެ ޚާއްސަ ސިފައަކީ މަޑު ނޫކުލައިގެ ކަޅިއެކެވެ. އެއްބަޔަކު އެއީ ރަމްލާ ލެންސުލައްވާފައި ކަމަށްވެސް ބުނެއެވެ. ނަމަވެސް ރަމްލާގެ މަންމައަކީ ރަޝިޔާ މީހަކަށް ވެފައި ރަމްލާ އަށް ރަމްލާގެ މަންމަގެ ސިފަތަށް ލިބިފައިވެއެވެ. ރަމްލާގެ ރީތިކަން ގުޅިލާމެހިފައިވަނީ އޭނަގެ މަންމަ އާއެވެ. އޭނަ މަންމަ ވަނީ މަރުވެފައެވެ. ރަމްލާ ބުންޏެވެ. “ބައްޕަ ބުނޭ، މަންމަ މަރުވިޔަސް އެހާ ދެރައެއް ނުވެޔޭ، އަހަރެން ފެނުނީމަ ހީވަނީ މަންމަ ފެންނަހެނޯ! އެހެންވެޔޯ އެހާ ދެރަ ނުވަނީ!”

އަހަރެން އެސެމްބްލީ ނިންމާފައި އަހަރެންގެ ކުލާސް ސަފުގައި ގޮސް ހުއްޓިލީ އަހަރެންގެ ކުލާސް ދޮރުމައްޗަށެވެ. އަދި އަހަރެން ކުލާހަށް ވަދެ އަހަރެން އިށީންނީ އަހަރެންނަށް ޚާއްސަ ކުރެވިފައިވާ މަޤާމުގައެވެ. އެއީ ކުލާހުގެ ވާތްފަރާތުގެ އެންމެ ކުރީ ސަފުގެ މެދު ގޮނޑީގައެވެ. އަހަރެން ކަނާތްފަރާތަށް އިންނަނީ ލުބުނާ އެވެ. އަދި އަހަރެންގެ ވާތްފަރާތުގައި އިންނަނީ ރަމްލާއެވެ. ލުބުނާ އަކީ މީހުން ލޮލުގައި އަޅާގަންނަވަރަށް އެހާ ރީތިކުއްޖެއް ނޫނެވެ. ލުބުނާއަކީ ކަޅު ހިކި، ކުރު އަދި ކަޅު ބުޅި އިސްތަށިގަނޑެއްގެ ވެރި ކުއްޖެކެވެ. ލުބުނާ އާއި އަހަރެންނާއި ދެމީހުން ހިނގައިފައި ދާނަމަ، ގިނަބަޔަކަށް ހީވެފައި އޮންނަނީ ލުބުނާއަކީ އަހަރެން ކޮއްކޮ ކަމަށެވެ. ލުބުނާ އަރަނީ އަހަރެންގެ އުޅަބޮށްޓާއި ކޮނޑާއި ދެމެދު ހިސާބަކަށެވެ. އަހަރެންގެ ކުލާހުން ބުރުގާ އަޅައިގެން އިންނަނީ އަހަރެން އެކަންޏެވެ. އަހަރެން ބުރުޤާ އެޅީ އުމުރުން ބާރަ އަހަރުގައި އެވެ. އެއީ އަހަރެން މަންމަ މަރުވިފަހުންނެވެ. ހަފިއްތަ ބުނެފައިވަނީ ބާރަ އަހަރުވީމަ އަހަރެން ބޮޑުވެއްޖެކަމަށެވެ. ސަބަބަކީ އެހިސާބުން ފަށައިގެން އަހަރެން އައުރަ އެހެން މީހުންގެ ލޮލުގައި އަޅާގަންނާނެތީއެވެ.

ހުރިހާ ކުދިން ކުލާހަށް ވަދެ ހަމަޖެހުމުން، ކުލާސް ޓީޗަރ ރިޒްނާ މިސް ކުލާހަށް ވަދެ މިސް އަށް ހާއްސަ ކުރެވިފައިވާ ޖާގައިގައި އިށީންދެލިއެވެ. އަދި މޭޒުގައި ވަރަށް ބާރަށް ދެފަހަރަކަށް ޖަހާލިއެވެ. އެއީ ކުދިންގެ ސަމާލުކަން ހޯދުމަށްޓަކައެވެ. ދެފަހަރަކަށް ކެއްސާލުމަށްފަހު މިސް ވާހަކަ ދައްކަން ފެއްޓިއެވެ. “މިސް މިދުވަސްކޮޅު މިއުޅެނީ ރޯގާ ޖެހިގެން، ކެއްސާ ހުންއައިސްގެން، އެކަހަލަ ހާލަތެއްގައި…. އެހެންވީމާ އެހާ ބާރަކަށް ވާހަކައެއް ނުދެއްކޭނެ، މިއަދު މިސް ބުނެލަން އޮތް ވާހަކަ އަކީ، މިތާ އިދާރާއިން މިސް އަށް އަންގައިފިޔޭ އެހެން ކުލާހެއްގެ، ކުލާސް ޓީޗަރ އަކަށް ބަދަލުވާން، އެހެންވީމާ ދެން އަންނާނީ އާ ޓީޗަރ އެއް، ބޭރު ޓީޗަރެއް، ނަމަކީ ސީޒަން…. އަދި އެބައޮތް އެއްވާހަކަ ބުނެލަން، މިއަދު މިކުލާހަށް އާ ކުއްޖަކު އަންނާނެ، އެކުއްޖާ އައީމަ އެހެރަ ބަރީގައި އިށީންނާށޭ ބުނޭ!” އަހަރެން އިން ބަރީގެ ފަހަތު ބަރީގައި އިން މެދު ގޮނޑިއާއި ދިމާއަށް އިޝާރާތް ކޮށްފައި ބުންޏެވެ. “ކާކުބާ؟” ރަމްލާ އަހަރެންގެ ކަންފަތް ދަށުގައި ބުނެލިއެވެ. “އެހެންވީމާ ހުރިހާ ކުދިންނަށް ވަރަށް ސަލާމް! ބަސްއަހައިގެން ކިޔަވާތި!” މިސް ނިކުމެގެން ދަމުން ބުންޏެވެ.

ފުރަތަމަ ގަޑި ފަށަން އަދި ފަނަރަ މިނެޓް އެބައޮތެވެ. “އޭއި، އެގޭތަ އިއްތަ އަހަރެންނަށް ވީގޮތެއް!…..” އަހަރެން ނަށް ވީކަންތަކާއި ފެނުނު އެއްޗެއްސާއި ކުރެވުނު އިހްސާސްތަށް ލުބުނާ އަށާއި ރަމްލާ އަށް ބަޔާން ކޮށްދިނީމެވެ. “ރޭގައި ފެނުނީ ފާހަނަ ތެރެއިން ބުޅަލެއް، އެކަމު ފަހުން އެއެއްޗެއް ނެތް! ނޭނގެ ކުއްލިއަކަށް މިވާން ފެށިގޮތެއް! އަހަރެންނަށް ކުރެވޭނެ ކަމެއް ނޫނީ ޚިޔާލެއް ދީބަ!” ދެއަތުން ބުރުގާގައި ހިފާލަމުން އަހަރެން ބުނީމެވެ. “ރޫސީ!” ތުއި ގޮތަކަށް މީހަކު ގޮވާލިއެވެ. އެއީ އަހަރެންގެ ކުލާސް ކުދިން ރަމްލާ އަށް ދީފައިވާ ‘ނިކް’ ނަމެވެ. ރަމްލާ ފަހަތަށް ބަލައިލިއެވެ. “އާދެބަލަ، ދެން އަހަރެން ގާތަށް، މިތާ އިށީންދެލާން!”. އެކުއްޖާގެ އުނގުގައި އަތްތަޅާލަމުން ބުންޏެވެ. އެއީ އަހަރެންގެ ކުލާހުން އެންމެ ފަހުން ރަމްލާ އަށް ލޯބި ހުށަހެޅި އެންމެ ލާނެތް ކުއްޖާކަމަށް ވާ ޖަރީރެވެ. ރަމްލާ އަޅާވެސް ނުލާ ކުރިއަށް ބަލައިލީ ހުރިހާ ފިރިހެން ކުދިންތައް ހޭންފެށުމުންނެވެ. އަހަރެން ރަމްލާގެ ބުރަކަށީގައި ފިރުމަާލީމެވެ. “އަޅާނުލާ! ކަޑަވެގެން ހުއްޓާލަފާނެ!”: ލުބުނާ އަހަރެން ނައި ދިމާއަށް ބަލައިލަމުން ބުނެލިއެވެ. “ހިނގާ ފަންޑިތަ ހަދަން!” “ނޫން! އެހެން މީހަކަށް މިކަން އަންގާކަށް ބޭނުމެއް ނޫން، ބެސްޓީ ތަކަށް މެނުވީ!” އަހަރެން ހީލަމުން ބުނެލިމެވެ. “ދެން ރޫސީ އާދެބަލަ އަހަރެން ގާތަށް، ކޮންމެ މީހަކު ބިޓެއް ގެންގުޅޭއިރު، ރޫސީ އެކަންޏޭ ބިޓެއް ނެތީ، އަހަރެން ބޭނުމޭ ރޫސީގެ ބިޓަށް ވާން!!!” އިހުނަށްވުރެ އަޑުގަދަ ކުރަމުން ޖަރީރު ލާނެތް ގޮތަކަށް ބުންޏެވެ. ރަމްލާ ވަނީ ރުޅިއައިސް ރަތްވެފައިއެވެ. “ބަލާބަލަ! މީނި ސިމީ އާއި ލުބޫ އާއި! އެދެމީހުންގެ އެބަތިބިތަ ބިޓުން؟” ރަމްލާ ރައްދުގައި ބުނި ޖުމްލައިގައި އަހަރެންގެ ނަން ހިމެނުމުން އަހަރެން ވަރަށް ލަދު ގަތެވެ. އަހަރެންގެ ރައްޓެހިން އަހަރެންނަށް ކިޔަނީ ‘ސިމީ’ އެވެ. “ސިމީގެ ބިޓަކަށް ވާހިތުން އެބައިނޭ މިތާ ރަނޑެއް، ބުނަން ނުކެރިފައި އިނީ!” ޖަރީރު ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. އަހަރެން ރަތްވަމުން ދިޔައެވެ. “އޭ، ކޮންމެސް މީހަކު ލުބޫގެ ބިޓަކަށް ވާން އެކްސެޕްޓު ކޮށްބަ، ނޫނީ މަށަކަށް ރޫސީ އެއް ނުލިބޭނެ!” މަލާމާތް ކުރާ ވައްތަރަކަށް ޖަރީރު ގޮވަމުން ދެއެވެ. “ސިމީ! ބަލާލަބަ މިކޮޅަށް!” ޖަރިރު ގޮވާ އަޑު އިވެއެވެ. “ސިމީ ސީރިއަސް ކޮށޭ! މިތާ މީންދަ ބުބުބޫބޫ…” އޭނައަށް އެމީހެއްގެ ނަން ބުނެވޭވަރެއް ނުވިއެވެ. “އަނގަމަތިން އަތް ނައްޓަބޭ!” ޖަރީރު ގޮވަމުން ދިޔައެވެ. އެސަކަރާތެއްގައި އުޅެނިކޮށް މެތަމެޓިކްސް ޓީޗަރ އައިސް ވަދެ މޭޒުގައި ދަގަނޑު ފަތިގަނޑަކުން ތަޅާގަތެވެ. “ޖައްރެ އަށް އޮންނާނީ މިހާރު ރަން ބިހެއް އެޅިފައި!” ލުބުނާ އަހަރެންގެ ކަންފަތް ދަށުގައި ބުންޏެވެ. އަހަރެން ހީލަމުން އެވާހަކަ ރަމްލާ ކަންފަތް ދަށުގައި ބުނީމެވެ. އާއްމުކޮށް ގިނަ މީހުންގެ ބެސްޓް ފޮރެންޑްގެ ގޮތުގައި ގެންގުޅެނީ އެކަކެވެ. ނަމަވެސް އަހަރެން ގެ ބެސްޓްފެރެންޑްސް ދޭކެވެ. “އެވެރީވަން ސިޓް، އެކްސެޕްޓް ޖަރީރް! ނޯ ވަން އިސް ގޮއިންގޮ ޓުމޭކް އަ ސައުންޑް!” ހިސާބު ކިޔަވާދޭ ޓީޗަރ ކަމުގައިވާ ޒަފަރު އެއީ ބޭރުމީހެއް ކަމުގައި ނުވިޔަސް ވާހަކަ ދައްކަނީ އިނގިރޭސި ބަހުންނެވެ. “ލެންޑް ޔޯރ ހޭންޑް އެންޑް ޑޯންޓް މޫވް!” ޒަފަރު ސަރ ޖަރީރު ކުރިމަތީ ހުއްޓެމުން ބުންޏެވެ. ޖަރީރު ވަރަށް ބިރުން ހުރެ އޭނަގެ އަތް ދައްކާލިއެވެ. ޒަފަރު ސަރ އޭނާ ގެންގުޅުނު ދަގަނޑު ފަތިގަނޑުން ފަސް ވަރަކަށް ބޮނޑި ޖަރީރު އަތުގައި ޖެހިއެވެ. އެންމެ ފަހު ބޮނޑިއާއެކީ ޖަރީރު ހަޅޭއްލަވައިގަތެވެ. “ޔައިކްސް! ޖަރީރު އެޅި ބިސް ތަޅައިގެން ހިނގައްޖެ!” ލުބުނާ އަހަރެން ނަށް ލުއި ހިނިތުންވުމެއް ހަދިޔާ ކުރަމުން ބުނެލިއެވެ.

“ސޯ، އާރ ޔޫ ގޮއިންގޮ ޓު ސޭއި ޑަމްބް ޖޯކްސް އެގެއިން؟” ޒަފަރު ސަރ ސުވާލުކުރިއެވެ. “ނޯ!!” ޖަރީރު ވަރަށް މަޑުމަޑުން އިށީންނަމުން ބުނެލިއެވެ. އަހަރެން ފަހަތަށް ބަލާލީމެވެ. ޖަރީރު ހިނިތުންވެލިއެވެ. އޭނައަކީ އެހާ ސިފަ ހުތުުރު ކުއްޖެއް ނޫނެވެ.

އެންމެންގެ ސަމާލުކަން ހުއްޓުނީ ކުލާސް ދޮރުކުރިމައްޗަށް ހުއްޓުނު ކުއްޖާއަށެވެ. ހުދު ޔުނިފޯރމް ގައި ހުރި ކުއްޖެކެވެ. އަޅުވައިފައި ވަނީ ރަތް ކުލައިގެ ތިކިތަކެއް ޖަހާފައި ހުރި ހުދުކުލައިގެ ދަބަހެކެވެ. އަތުގައި ދެތިން ފޮތެއް އޮތެވެ. އެއީ ކަޅުކުއްޖެކެވެ. ތުންފަތުަގައި ވަނީ ގުދުރަތީ ރަތް ކުލައެކެވެ. އިސްތަށިގަނޑު ވަނީ ދެފަރާތަށް އައްސާލުމަށްފަހު ގަތާލައިފައިއެވެ. ނަމަވެސް އެއީ ބުޅި އިސްތަށިގަނޑެއްކަން އެނގެއެވެ. “އައްސަލާމު އަލައިކުމް!” އެކުއްޖާ ގޮވާލިއެވެ. “ކަމް އިން!” ސަލާމުގެ ޖަވާބުވެސް ނުދީ ޒަފަރު ސަރ ބުނެލިއެވެ. އެކުއްޖާ ޒަފަރު ސަރ ގާތު ހުއްޓުނެވެ. “ސޯ، ޔޫ އާރދި ނިއު ސޮޓޫޑެންޓް، އިޓް އިސް ދި ފަސްޓް ޑޭ، ބަޓް ޔޫ އާރ ލޭޓް! ގިވް ޔޯރ ފްރެޑްސް އޭން އިންޓްރޮޑަކްޝަން!” ޒަފަރު ސަރ އަމުރުކުރިއެވެ. ” އަޅުގަނޑަކީ ޝަޒްލާ! 16 އަހަރު!” އެކުއްޖާ ބުނެލިއެވެ. އަދި އަހަރެންގެ ފަހަތުގައި އިން ހުސް މޭޒުގައި އިށީންނުމަށްޓަކައި ދިޔައެވެ. ޝަޒްލާ އަހަރެންނާއި ދިމާއަށް ފާޑަކަށް ބަލައިލިއެވެ. އަދި އެއްކަނުން ހީލިއެވެ.

ކޮންމެވެސް ތާކުން މިކުއްޖާ ދެކުނު ހަނދާންވެއެވެ. ނޫނެކެވެ! ނޫނެކެވެ! މިއީ އެކުއްޖާއަކަށް ނުވާނެއެވެ! “ނޫން، ނޫން!” އަހަރެންނަށް ބާރުބާރަށް ބުނެވުނެވެ. އަހަރެންނާއި ދިމާއަށް އެތަށް ލޯތަކެއް ބަލަމުން ގެންދާކަން ފާހަގަވީ ދެނެވެ…..

5
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ummu

Other Articles

Previous

ހިމާޔަތް

Next

އެންމެ ފަހު ނޭވާ ލަމުންވެސް… 2 ވަނަ ބައި

Next
July 19, 2016

އެންމެ ފަހު ނޭވާ ލަމުންވެސް… 2 ވަނަ ބައި

Previews
July 18, 2016

ހިމާޔަތް

8 Comments

  1. riffu says:
    July 19, 2016 at 12:06 am

    Faahana ah vanna iru dua keema ves ekahala kan kan veytha? ?

  2. ifaa says:
    July 19, 2016 at 2:46 pm

    wow vvv reethi dhen kn irakun nxt part up kuraanee.varah kiyaahiy vey mi stry..

  3. bul eDams says:
    July 19, 2016 at 5:54 pm

    v reethi..waitin 4 da next part..

  4. lubu buluuu says:
    July 19, 2016 at 5:59 pm

    bt baeh mistakes thah iba huri..otherwise gud..keep goin?

  5. Faathee says:
    July 19, 2016 at 8:31 pm

    Keehve tha up nukoh gina dhuwas vanee. Maa boda Las veema kiyun therin foohi vaa goi vaane. Vaahaka geneshenyaa Las nukoh baraabarah up kuran vaane. Anyway vaahaka hama rangalhu. Kudhi kudhi mistakes eba huri. But salhi hama. Reethi. Faadu kiyaagen dhera nuvahchey.. Faadu kee varakah kuriyah rangalhu kuran ingeynee ves dhw. Don’t stop n Keep goin ☺

    1. Ummu says:
      July 19, 2016 at 9:01 pm

      Ummuge manma varah boddah balivegen ehenve hospital ga inee, rey dhaththa ey furee manma govaigen india ah dhaan, Varah boddah maafah edhen lasveema, insha allah dhen avasvaane..

  6. Faathee says:
    July 21, 2016 at 1:54 pm

    Oh so sorry.. Aslu hama kameh vedhaane. Gaboolu kuran ekan ☺.. wish ur mom a speed recovery.. mihaaru gina faharu mi site ga hunna vaahaka liyaa meehun vaahakaa ge furathama part genes dheefa dhen bahabaru.. Noonee 2 3 part gensdheefa bahabaru.. v reethi vaahaka tha eba huri ehen vefa.. kiyun theri eh ge haisiyathun v dhera vey ehen vaathee. Ehnve ehen bunee

    1. Ummu says:
      July 21, 2016 at 5:04 pm

      Eyi Ummu rulhigadha vegen buni echcheh noon engey, kiyuntheringe samaalukamattakaa haama kohllee… Insha allah, ummu nukuraanan thikahala kammeh…

Comments are closed.

All Right Reserved!