އަހަރެން ތެދުވީމެވެ. އަދި ދުވެފައި ބޭރަށް ދިޔައީމެވެ. މިތާ މަސައްކަތް ކުރަން އުޅޭ ދައްތައެއް ފެނޭތޯއެވެ. ދުވެ ދުވެ ވާޅުވިއިރުވެސް އެއްވެސް ދައްތައެއް ނުފެނުނެވެ. އެހެން ގޮތެއް ނެތުމުން، އަހަރެން އަވަހަށް ކުލާހަށް މިސްރާބު ޖެހީމެވެ. ކުލާސް އެހެން ކުއްޖަކަށް، ޝަޒްލާ. ރަމްލާ އާއި ދުރުނުކުރެވުނަސް، މިފަހަރު އަހަރެން ދުރު ކުރާނަމެވެ. ބެސްޓްފްރެންޑް ކިޔަނީވެސް ކަމެއްވެގެނެވެއެވެ. އަހަރެން ކުލާހަށް ވަދެ ބަލައިލިއިރު ޝަޒްލާއެއް ނެތެވެ. ރަމްލާ އޮތީ ބިންމައްޗަށް ވެއްޓިފައެވެ. އޭރު ލުބުނާ ރަމްލާ ކައިރިގައި އިނދެގެން […]
ކޮންމެވެސް ތާކުން މިކުއްޖާ ދެކުނު ހަނދާންވެއެވެ. ނޫނެކެވެ! ނޫނެކެވެ! މިއީ އެކުއްޖާއަކަށް ނުވާނެއެވެ! “ނޫން، ނޫން!” އަހަރެންނަށް ބާރުބާރަށް ބުނެވުނެވެ. އަހަރެންނާއި ދިމާއަށް އެތަށް ލޯތަކެއް ބަލަމުން ގެންދާކަން ފާހަގަވީ ދެނެވެ. އަހަރެން މީ ދުވަހަކުވެސް ކުލާހުގައި ބާރަށް ވާހަކަ ދައްކާ، ނުވަތަ ސަކަރާތް ޖަހާ ކުއްޖެއް ނޫނެވެ. އެހެންވުމުން، އަހަރެން ވަރަށް ލަދުގަތެވެ. އަހަރެންގެ ލަދުރަކި ކަމުން އަހަރެންނަށް އެތައް ފިރިހެން ކުދިންނެއް މަލާމާތް ކުރިއެވެ. އެއީ އޭގެން އެއްވެސް ކުއްޖަކާއި ވާހަކަ ނުދައްކާތީއެވެ. “އިސް […]
އަހަރެންނަށް ފެނުނީ ކަޅު ބުޅަލެކެވެ. އެ ބުޅާ އާދައިގެ އެހެން ބުޅާތަކާއި ތަފާތުހެން ހީވެއެވެ. އޭގެ ކެހެރިގަނޑު ބޮލެވެ. ކަޅުކަން ގަދައެވެ. ބޮޑުވެސް ބޮޑެވެ. “ކިހިނެތްވީ؟ ސަމާ! ވަގަކު ވަނީތަ؟” ހަފިއްތަ ދުވަމުން ތެޅެމުން ފޮޅެމުން އައިސް ފާހަނާ ދޮރުގައި ތަޅާގަތެވެ. އަހަރެން ހުރީ އެވަގުތު ހެދުން ނުބާލާކަމަށްވާތީ ފާހަނާ ދޮރު ހުޅުވާފައި ނިކުމެ ފަހަރި ގައިގައި ބައްދާގަތީމެވެ. އަދި އެއަށްފަހު ވައްކަޅިން ފާހަނާއާއި ދިމާއަށް ބަލާލީމެވެ. “ކިހިނެތްތަވީ؟” ހަފިއްތަ ނުތަނަވަސްކަމާއެކު އަހާލިއެވެ. “ކަމެއްނުވޭ!” އަހަރެން ޙަޤީޤަތް […]
އަހަރެން ސިއްސައިގެން ދިޔައީ ގަޔަށް ކުއްލިއަކަށް ހޫނުގަނޑެއް އެރުމުންނެވެ. ވާގިދޫވާހެން ހީވިއެވެ. ބޮލަށް ބަރުވާން ފަށައިފިއެވެ. އަނދިރި ވާން ފަށައިފިއެވެ. ތަޅުންގަނޑުމައްޗަށް އަހަރެން ވެއްޓި ވަރަށް ބާރަށް ޖެހުނެވެ. ދެންވީ ނުވީއެއް ނޭނގުނެވެ. ދެލޯ ހުޅުވިއްޖެއެވެ. ވަށައިގެންވާ މާހައުލު އަހަރެންނަށް ފެންނަނީ ވަރަށް ފުސްކޮށެވެ. ކަޅުކޮށެވެ. އަހަރެންގެ އަތް، އަހަރެން އޮށޯވެގެން އޮތްތާ މަޑުމަޑުން އުގުޅާ ލީމެވެ. ވަރަށް މަޑު ހިތްފަސޭހަ ފޮތިގަނޑެއްކަން އެނގުނެވެ. އަހަރެން އޮށޯވެގެން އޮތީ އުސް ތަނެއްގައި ކަމަށް ވާތީވެ އެއީ އެނދެއް […]
އަހަރެންގެ ކެތްތެރިކަން ކޮޅުން ލިއެވެ. އެންމެ ފަހުން އަހަރެންގެ އަތުގައި އޮތް ދަނޑިބުރިން ފުންމާގެން ގޮސް ރިފްއަތުގެ ބޮލުގައި ޖެހީމެވެ. އެއާއެކު ބާރު ހަޅޭކަކާއެކު އޭނާ ބިންމައްޗަށް ތިރި ވިއެވެ. އަހަރެންގެ އަތުގައި އޮތް ދަނޑިބުރި ބިންދާގެން ދިޔައެވެ. އަހަރެން ބަލައިލީ ރިފްއަތު އާއި ދިމާއަށެވެ. އޭރު އޭނަގެ ބޮލުން ރޮނގަކަށް ލޭގެ ތިކިތަށް ފައިބައެވެ. އަހަރެންގެ ތުންފަތަށް ވެރިވީ ކާމިޔާބުގެ ހިނިތުންވުމެކެވެ. ނަމަވެސް، އެހިނިތުންވުން ފިލައިގެން ދިޔައީ ވަރަށް ގާތުން ބަރު އަޑަކުން މީހަކު ހޭންފެށުމުންނެވެ. […]
އަތުގައި ފިނި ވައިރޯޅިއެއް ބީހިލުމާއެކު އަހަރެން ދިޔައީ ސިއްސައިގެނެވެ. ގަސްތަކާއި ނުލާ އަހަރެންނަށް ހުޅުވިފައިވާ ދޮރަށް ނަޒަރު ހިންގާލެވުނެވެ. ހަލުވިކަމާއި އެކު އެއްޗެއް ހުރަސްކޮށްލިތަން އަހަރެންނަށް ފެނުނެވެ. އެއީ އަހަރެންނަށް ކުރިން ފެނުނު ކަޅު ހިޔަންޏެވެ. އެ ހިޔަނީ އެހާގާތުން ފެނުމުންވެސް، އޭގެ މަންޒަރު ސިފަވާގޮތެއް ނުވިއެވެ. “ސަމާ!”……. އެއަޑާއެކު އަހަރެން ދިޔައީ އެއްލިގެނެވެ. “ކީކޭ ހަފިއްތާ؟” އަހަރެން ހިންދިރުވާމަލުން ބުނެލީމެވެ. “އަވަހަށް ދޭ ފެންވަރާލައިގެން އަންނަން! ހަފިއްތަ ކާގެ ކުޑަކޮށް ތަރުތީބު ކޮށްލާނަން އެނގޭ!” ހަފިއްތަ […]
ކަޅި އަލި ދުވަހެއްގެ ހެނދުނުގެ ވަގުތުގައި އަހަރެން ބޭރަށް ނިކުތީ ހިތްހަމަޖައްސާލާށެވެ. އެހެން ދުވަސްތަކާއި ޚިލާފަށް މިއަދު އެއްވެސް ބަޔަކު ބޭރުގައި ހޭލަމޭލަ ވެ އުޅޭތަނެއް ނުފެނެއެވެ. އަހަރެންގެ އަތުގައި އޮތް ހުދު ކަފަކޮޅުން އަހަރެންގެ ނިތްކުރިން ހިތްލަމުންދާ އޮށްދާތަށް ފޮހެމުން ގެންދިޔައީމެވެ. ގޭތެރޭގައި ކުރަން އަދިވެސް ބައިވަރު މަސައްކަތް އެބަހުއްޓެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅާގަތީ ދުރުގައި ހުރި ގަހެއްގެ ދަށަށް އެޅިފައި ހުރި ކަޅު ހިޔަންޏެކެވެ. އެ ހިޔަނި ދެކޮޅަކަށް ތެޅިލުމަށްފަހު އެސްފިޔަ […]