އަތުގައި ފިނި ވައިރޯޅިއެއް ބީހިލުމާއެކު އަހަރެން ދިޔައީ ސިއްސައިގެނެވެ. ގަސްތަކާއި ނުލާ އަހަރެންނަށް ހުޅުވިފައިވާ ދޮރަށް ނަޒަރު ހިންގާލެވުނެވެ. ހަލުވިކަމާއި އެކު އެއްޗެއް ހުރަސްކޮށްލިތަން އަހަރެންނަށް ފެނުނެވެ. އެއީ އަހަރެންނަށް ކުރިން ފެނުނު ކަޅު ހިޔަންޏެވެ. އެ ހިޔަނީ އެހާގާތުން ފެނުމުންވެސް، އޭގެ މަންޒަރު ސިފަވާގޮތެއް ނުވިއެވެ. “ސަމާ!”……. އެއަޑާއެކު އަހަރެން ދިޔައީ އެއްލިގެނެވެ. “ކީކޭ ހަފިއްތާ؟” އަހަރެން ހިންދިރުވާމަލުން ބުނެލީމެވެ. “އަވަހަށް ދޭ ފެންވަރާލައިގެން އަންނަން! ހަފިއްތަ ކާގެ ކުޑަކޮށް ތަރުތީބު ކޮށްލާނަން އެނގޭ!” ހަފިއްތަ […]
ކަޅި އަލި ދުވަހެއްގެ ހެނދުނުގެ ވަގުތުގައި އަހަރެން ބޭރަށް ނިކުތީ ހިތްހަމަޖައްސާލާށެވެ. އެހެން ދުވަސްތަކާއި ޚިލާފަށް މިއަދު އެއްވެސް ބަޔަކު ބޭރުގައި ހޭލަމޭލަ ވެ އުޅޭތަނެއް ނުފެނެއެވެ. އަހަރެންގެ އަތުގައި އޮތް ހުދު ކަފަކޮޅުން އަހަރެންގެ ނިތްކުރިން ހިތްލަމުންދާ އޮށްދާތަށް ފޮހެމުން ގެންދިޔައީމެވެ. ގޭތެރޭގައި ކުރަން އަދިވެސް ބައިވަރު މަސައްކަތް އެބަހުއްޓެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅާގަތީ ދުރުގައި ހުރި ގަހެއްގެ ދަށަށް އެޅިފައި ހުރި ކަޅު ހިޔަންޏެކެވެ. އެ ހިޔަނި ދެކޮޅަކަށް ތެޅިލުމަށްފަހު އެސްފިޔަ […]
މަންމާ މަންމާ ބަލާލަބަ އަހަރެންގެ މުޅި ބުރަކާށީގަ މިހިރަ ވަކިތަކެއް ވަރަށް އެބަތަދުވޭ.. ހާފިޒް ކޮޓަރިން ނިކުމެގެން އައިސް އޭނަ މަންމަައައް ބުރަކަށި ދައްކަމުން ބުންޏެވެ… އެހެންނުން ވާނީ ނިޔަފަތި ތިހުންނަނީ ސަމްސާއެއްގެ ދިގުމިނަށް ދިގު ކޮޮއްފަ ވީޔަ.. ކިތައް ދުވަހު ބުނެފިން ތި ނިޔަފަތިތައް ކަޑާށޭވެސް..ބުނާ އެއްޗެއް އަޑު އިވޭ ކަމަކައް ނުވޭ ވިއްޔާ.. ދެންވެސް ނިޔަފަތި ކަނޑަން އުޅޭ މިހާރު ވެސް ތިހުރީ ބުރަކަށްޓަވެފަ ހުރި ވަރު.. ނިދީގަ އޮވެގެން ކެހެނީހެން މަންމައައް ހީވަނީ… […]
އަޒީމް އޮތީ ހަމައެކަނި ޝޯޓެއް ލައިގެންކަމުން މަންޝާގެ ލޮލުގައި އޭނާގެ ބުރަކަށީގައިވާ ވަކިތައް އަޅައިގަތެވެ. އެ ވަކިތައް ހުރީ ވަރަށް ފާޑަކަށެވެ. ފާރުގަނޑެއްހެން ހުރި ތަންތަންވަނީ ދޮސްލާފައެވެ. އެ ހިސާބު ކައިރީގައި ފޮޅު ބިހިތަކެއް ވެސް ފެންނަން ހުރުމުން މަންޝާ ޖެހިލުންވިއެވެ. މަންޝާގެ ހިތަށް އުނދަގޫވިއެވެ. އަޒީމަށް މިވަނީ ކިހިނެއް ބާއޭ ހިތަށް އެރިއެވެ. އޭނާގެ ހިތުގައި އެތައް ސުވާލުތަކެއް އެނބުރެން ފެށިއެވެ. އެތަން ޑޮކްޓަރަށް ދައްކަން ދާން މަންޝާ ބޭނުންވިއެވެ. އަޒީމްގެ ގައިގާ މަންޝާ އަތްޖައްސާލީ […]
ކުއްލިއަކަށް އަހަރުމެން ދެމީހުން ސިއްސައިގެން ދިޔައީ އަހަރެންނަށް މީހަކު ގޮވާލީމެވެ. “އާސީން” އެއަޑު އައީ އަހަރެންނާއި ވަރަށް ކައިރިންނެވެ. ނަމަވެސް ދެފަރާތް ހޯދާ ބަލާލިއިރުވެސް އެއްވެސް މީހަކު އަހަރެންނަކަށް ނުފެނުނެވެ. އަހަރެން ބަންޝީލްގެ މޫނަށް ބަލާލީމެވެ. މިތަނަށް އެހެން މީހަކަށް އާދެވޭނެތޯ އަހާލާ ފަދަ ގޮތަކަށެވެ. އޭރު އެމޫނުމަތިން ފެންނަން ހުރީ ހާސްކަމެވެ. “އާސީން” ދެވަނަ ފަހަރަށް އެއަޑު އަހަރެންނަށް އިވިގެން ދިޔައެވެ. މިފަހަރުވެސް އިވުނީ އެހާ ކައިރިންނެވެ. އަހަރެން އެބުރި ބަލާލީމެވެ. އެވަގުތު ތަންކޮޅެއް ދުރުގައި […]
އަހަރެން ދެލޯ ހުޅުވާލީ ލިފްޓް ދިހަވަނަ ފްލޯއަށް ހުއްޓުނު އަޑަށެވެ. ފުންނޭވާއެއް ބޭރުކޮށްލަމުން އަހަރެން ލިފްޓުން ފޭބީމެވެ. އޭރު މުހައްމަދު ލަތީފް އަހަރެންގެ އިންތިޒާރުގައި ދޮރުހުޅުވާލައިގެން ހުއްޓެވެ. “އާސީން.. ދުރުވޭ.. ވަރަށް އުފާވެއްޖެ ގަޑިއަށް ދުރުވީތީ” ސަލާމަށް އަތް ދިއްކޮށްލަމުން ލަތީފް ބުނެލިއެވެ. “ޝުކުރިއްޔާ އަޅުގަނޑަށް މިފުރުސަތު ދެއްވީތީ މިނިސްޓަރ” އަހަރެން އޭނައާއި ސަލާމް ކޮށްލަމުން ބުނެލީމެވެ. އެވަގުތު އޭނަ އަހަރެންގެ އަތަށް މަޑުމަޑުން ފިއްތާލިއެވެ. އަދި އިނގިލިން އަތާއި ކުޅެލިއެވެ. އަހަރެން އެއްފަހަރު އޭނަގެ މޫނަށް […]
މަންޝާ ބިރުގަތެވެ. ބަނޑުބޮޑު ވެއްޖެއްޔާ މީ އަޒީމްގެ ނޫނީ ޒިބާންގެ ކުއްޖެއްކަން ދެނެގަންނާނީ ކިހިނެއް ހެއްޔެވެ. އެ ޚިޔާލުތަކުގައި ހުއްޓާ މަންޝާގެ ބުރަކަށި ހިރުވަން ފެށިއެވެ. ލައިގެން ހުރި ހެދުން ބަދަލު ކުރަން ބޭނުންވިއެވެ. ކޮނޑުމަތިން އަތްނަގާ ބުރަކަށި ކަހަން މަސައްކަތް ކުރެވުނެވެ. އަލަމާރި ތެރެއިން ނިދަންލާ ހެދުން ނަގާ ހެދުން ބަދަލުކުރަން ފެށިއެވެ. ބެލްކަންޏަށް ފުރަގަސް ދީގެން ހުރެ ޖިންސު ބޭލިއެވެ. ޓައިލްސްމަތީ ގައިން ބޭލި ޖިންސު ބޭއްވުމަށްފަހު މަންޝާ އޭނާ ލައިގެން ހުރި ޓޮޕްކޮޅު […]
އަހަރެންނަށް އުފަލުންގޮސް ރޮވުނެވެ.ބައްޕަ ދެކިލާ،ބައްޕައާއި ބައްދަލު ކޮށްލާހިތުން ކެތްމަދުވާންފެށިއެވެ. “މަންމާ.ހަމަ އަސްލުވެސް އެދެއްކީ ބައްޕަގެ ވާހަކަތަ.. އަހަރެން ބޭނުން ބައްޕަ ގެންނަން. އެކަމަކު ކިހިނެއް؟ ސޯޅަ އަހަރު މިވީ ބައްޕައަކަށް ނާދެވުނު.” އަހަރެން މާޔޫސްވެ ކަރު އެލުނެވެ.ބައްޕަ ދުނިޔޭގައި ހުރެ އެ ބައްޕަ އާއި ވަކިންއުޅުމަކީީ ހާދަ ހިތްދަތި ކަމެކެވެ. “ކޮއެފުޅާ އިރާދަކުރެއްވިއްޔާ ބައްޕަވެސް އަދި ދެންހުރި ކުއްޖާވެސް ސަލާމަތް ކުރެވޭނެ. ބޭބެ ވަރަށް މަސައްކަތް ކުރާނަން.އެއީ ރަސްމަތިކޮޅުން އައިސްފައި އޮތް އާއިލާއެއްވީމަ އާދައިގެ ޖިންނީންނާއި ހިލާފަށް […]
އޭރުވެސް އަހަރެން އޮތީ އެ ހުދުފޮތިގަނޑު މަތީގައެވެ.ކިޔަވަންތިބި މީހުންވެސް ތިބީ ކިޔެވުން ހުއްޓާލައިގެންނެވެ.އަހަރެން މަޑުމަޑުން ތެދުވީމެވެ.އަދި ހައިރާންކަމާއިއެކު ހާދީބެގެ މޫނަށް އަހަރެން ބަލާލީމެވެ. އަހަރެންނަށް ނިދުމަށްފަހު މިތަނުގައިވީ އެއްވެސް ކަމެއް އަހަރެންނަކަށް ނޭންގެއެވެ. “އެކޮއެ ދެން ދޭ އެތެރެއަށް. އިތުރު އުނދަގުލެއްވާނަމަ އަވަސްގޮތަކަށް ބޭބެއަށް އަންގާތި.ދެން އެމަންޖެ އެކަނި ނިދަން ނުބާއްވާތި މިރޭ”. ހާދީބެ އަހަރެންގެ އިތުރުން މަންމައާއިވެސް ނިސްބަތްކޮށް އެހެން ބުނެލުމުން އަހަރެން އަވަހަށް ގެއަށް ވަނީމެވެ.މުޅި މީހާ އެކީހުރީ ފިނިވެފައެވެ. ކޮންމެވެސް ވަރަކަށް ގައިގަވެސް […]