ފޯނު އެލާމްވީއިރުވެސް އަހަރެން އޮތީ ހޭލައެވެ. އެލާމް ނިއްވާލުމަށްފަހު މަޑުމަޑުން އެނދުން ތެދުވީމެވެ. ގަޑިން ފަތިހު ފަސްގަޑި ބައިވީއެވެ. ޓެސްޓް އޮތީ 7 ޖަހާއިރުއެވެ. އޭގެ ކުރިން އަދިވެސް އެއްފަހަރު ފޮތް ކިޔަލަން އަހަރެން ބޭނުމެވެ. ނަތީޖާ ކުރިއަށްވުރެ ދަށްވެއްޖެ ނަމަ ދެން ވާނެ ގޮތް ހަމަ ރަނގަޅަށްވެސް އަހަންނަށް އެނގެއެވެ. “އޭ” ރިޕޯޓެއް ލިބިއްޖެނަމަ ބައްޕަ ދޭން ބުނި އައި ފޯން އަހަރެން ބޭނުމެވެ. މިހާރު މި ގެންގުޅޭ “ބައްތި ނޮކިޔާ” ގެ އުނދަގުލުން ސަލާމަތްވެގެން، […]
ފަހަކަށް އައިސް އަފްނާނު ކުރުހެދުން ލައިގެން ބޭރަށް ދާން ފެށުމުން ހަސަނު އެކަމާ ނުރުހުނެވެ. އެހެން ފިރިހެނުންގެ ލޯތަކަށް އަފްނާނުގެ ރީތިކަން ފޮރުވަން ބޭނުންވިވަރުން މުނީރާ ކައިރީ ބުނެގެން އަފްނާނު ބުރުގާ އެޅުވިއެވެ. މުނީރާއަށް މިފަދަ އެއްވެސް ކަމެއް ހިނގާކަން ރޭކާވެސް ނުލާނީ އޭރުން ނޫން ހެއްޔެވެ. *** *** *** *** *** *** އިސްތަށިގަނޑު ހިއްކާލުމަށްފަހު ފުނާއަޅައިގެން މުނީރާ އައިސް ހަސަނުގެ މަގަތުގައި އޮށޯތެވެ. ހަސަނާ ގާތްވަމުން ހަސަނުގެ ކަންފަތް ދޮށުގައި މުނީރާ ބޮސްދިނެވެ. […]
ރޭގަނޑުގެ އެދަންވަރު ކާށިދޫގެ އެގަސްބޯ ވަލުތެރެ ފެންނަނީ ވަރަށް ނާމާންކޮށެވެ. އެކި ދިމަދިމާއިން ސޫފިސޫފާސޫފީގެ އަޑު އިވިލައެވެ.މިތަނުން ބިރުވެރި ކަމަކާއި ދިމާނުވެ ސަލާމަތުން ކުއްޅަވަށްފަލާއި ހަމައަށް ދެވުނަސް އެއީ ހާދަބޮޑުވަރެކެވެ. ގަސްބޯ ޖަންގަލީގައި ހަދާފައިވާ ހަނިމަގުތަކުން ސައިކަލުދުއްވަމުން ދިޔައީ އެއްވެސް ދަތިކަމެއްނެތިއެވެ. ނަމަވެސް ވަކިހިސާބަކުން މަގުއޮތީ ބަންދުވެފައެވެ. ސައިކަލުގައި ކުއްޅަވަށްފަލާއި ހަމައަށް ދެވޭކަށްނެތެވެ. “ދެންނެތް ސައިކުގަ ދެވޭކަށް. ފައިބަންޖެހޭނީ. ހިނގާފަ ދާން ހިނގާ. މިހިސާބުން ދެން ހިނގަންޖެހޭނީ ވަރަށް ކުޑަތަންކޮޅަކަށް. އެހެންވީމަ އަވަސްކުރަމާ.މިހާރު ދޭއްޖަހާ ބޮޑުވިެދާނެ”.. ކޮއްކޮ […]
މަންޝާގެ އަތްތިލައިން އުޅަނބޮއްޓާ ހަމައަށް ނަޒަރު ހިންގާލީ އަތުގެ ލޭ ނާރުތައް ފުއްޕާލުމުންނެވެ. އެ ނާރުތަކުގެ ތެރެއިން ހަލުވިމިނެއްގައި ނޫކުލައިގެ އަލި ދަތުރުކުރަމުން ދިޔައީ ފަނިތަކެއް ހެން ބަނޑި ބަނޑި ލައްވަމުންނެވެ. ބިރުން މަންޝާ ތެޅިގަތީ ދެނެވެ. ހާސްވެ ބިރުގަތް ނަމަވެސް އޭރު އެ އަލިގުޅަ އެކީހެން މަންޝާގެ ހަށިގަނޑު ތެރެއަށް ވަދެ ހުސްވެއްޖެއެވެ. އަތް ތަޅުވަމުން އެނދުން ތެދުވަން މަންޝާ އުޅުނީ މިވަނީ ރަނގަޅުކަމެއް ނޫންކަން އޭނާއަށް އިހްސާސް ވާން ފެށުމުންނެވެ. ތެދުވެ ތެދުވެ ހުރި […]
ހައިރާން ނުވާންވީ ކީއްވެހެއްޔެވެ؟ އެއިވެނީ ހާދީބެ ލަވަކިޔާ އަޑުވިއްޔާއެވެ. “ތިޔަފަރި ރީތި ނަޒަރްފެނިފާ.. މި ނޭވާ ހުއްޓުނޭ.. ހިތްވެ ދީވާނަ… އަ..އަ.. ހަލޯ..ހަލޯ..؟ ” އެކޮޅުން ލަވަ މެދު ކަނޑާލައި ވާހަކަ ދައްކަންފެށިއެވެ.. “ހަލޯ؟ ހާދީބޭ؟ ” އަހަރެންނަށް ބުނާނެ އެއްޗެއްވެސް ނޭންގުނެވެ.. “ހާދީބެ އޭ؟އާނ! ބައްޕަދޯ؟ ބައްޕަވީ ގޭން ބޭރުގައި.. ފޯނު މިއޮތީ އަހަރެން އަތުގައި.” އެކޮޅުން ޖަވާބުދިނެވެ. “އެހެންތަ؟ ހާދީބެ ގެއަށް ދުރުވީމަ ނަންގަނެދެއްވައްޗޭ އަޅުގަނޑު ގުޅިވާހަކަ.” އަހަރެން ބުނީމެވެ. “އަޅުގަނޑު ގުޅިވާހަކަ ބުނީމަ […]
ޒިބާން އައިސް މަންޝާ ގާތަށް ހުއްޓުމުން މަންޝާ ގާތްވެލިއެވެ. އޭރުވެސް މަންޝާ ހުރީ އެމާހައުލަށް ބަލާށެވެ. އެވަގުތު ޒިބާން މަންޝާ އުރާލިއެވެ. ޒިބާންގެ ކަރުގައި އަތް އަޅުވާލަމުން ޒިބާނާ ދިމާލަށް މަންޝާ ބަލަން ހުރުމަށްފަހު އޭނާގެ މޫނާ ގާތް ވެލިއެވެ. ދެމީހުންގެ ތުންފަތް ބައްދަލުވެގެން ދިޔައެވެ. އެވަގުތު މަންޝާގެ ބަނޑަށް ހީލި އަރާ ކަހަލަ ގޮތެއް އިހްސާސް ވުމުން ދުރަށް ޖެހިލަމުން ލޯ ހުޅުވާލިއެވެ. ވަށައިގެން ބަލާލެވުނީ އެމީހުން ތިބި ތަނަށް ތަފާތެއް އައިސްފައިވާކަން ފާހަގަ ވުމުންނެވެ. […]
އަހަރެން ތެދުވީމެވެ. އަދި ދުވެފައި ބޭރަށް ދިޔައީމެވެ. މިތާ މަސައްކަތް ކުރަން އުޅޭ ދައްތައެއް ފެނޭތޯއެވެ. ދުވެ ދުވެ ވާޅުވިއިރުވެސް އެއްވެސް ދައްތައެއް ނުފެނުނެވެ. އެހެން ގޮތެއް ނެތުމުން، އަހަރެން އަވަހަށް ކުލާހަށް މިސްރާބު ޖެހީމެވެ. ކުލާސް އެހެން ކުއްޖަކަށް، ޝަޒްލާ. ރަމްލާ އާއި ދުރުނުކުރެވުނަސް، މިފަހަރު އަހަރެން ދުރު ކުރާނަމެވެ. ބެސްޓްފްރެންޑް ކިޔަނީވެސް ކަމެއްވެގެނެވެއެވެ. އަހަރެން ކުލާހަށް ވަދެ ބަލައިލިއިރު ޝަޒްލާއެއް ނެތެވެ. ރަމްލާ އޮތީ ބިންމައްޗަށް ވެއްޓިފައެވެ. އޭރު ލުބުނާ ރަމްލާ ކައިރިގައި އިނދެގެން […]
އެމީހުން ގެއިން ނުކުމެގެން ދިޔައިރުވެސް މަންޝާ އެ ހުރި ފިޔަވަޅުމަތީ ހުރީއެވެ. އެމީހުން ދިޔަތާ އިރުކޮޅެއް ވީ ފަހުން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މަންޝާގެ އަތަށް ބަލާލިއެވެ. އަތުގައި އޮތް ސަތޭކަ ރުފިޔާ ފެނުމުން ބޭރަށްނުކުތް އަސްލު މަގްސަދު ހަނދާންވިއެވެ. އެވަގުތު އެގެއާ ޖެހިގެން އޮތް ގޯޅިތެރެއަށް މަޖުދީ ހިނގާފައި ދާ މަންޒަރު ފެނުމުން އޭނާ ކައިރިއަށް ދާން މަންޝާގެ ފިޔަވަޅު އަވަސްކޮށްލިއެވެ. ގޯޅިތެރެއިން މަޖުދީ އާ އަރާ ހަމަވީ އެ ގޯޅީގެ މެދެއްހާ ހިސާބުންނެވެ. ސަތޭކަ […]
ކޮންމެވެސް ތާކުން މިކުއްޖާ ދެކުނު ހަނދާންވެއެވެ. ނޫނެކެވެ! ނޫނެކެވެ! މިއީ އެކުއްޖާއަކަށް ނުވާނެއެވެ! “ނޫން، ނޫން!” އަހަރެންނަށް ބާރުބާރަށް ބުނެވުނެވެ. އަހަރެންނާއި ދިމާއަށް އެތަށް ލޯތަކެއް ބަލަމުން ގެންދާކަން ފާހަގަވީ ދެނެވެ. އަހަރެން މީ ދުވަހަކުވެސް ކުލާހުގައި ބާރަށް ވާހަކަ ދައްކާ، ނުވަތަ ސަކަރާތް ޖަހާ ކުއްޖެއް ނޫނެވެ. އެހެންވުމުން، އަހަރެން ވަރަށް ލަދުގަތެވެ. އަހަރެންގެ ލަދުރަކި ކަމުން އަހަރެންނަށް އެތައް ފިރިހެން ކުދިންނެއް މަލާމާތް ކުރިއެވެ. އެއީ އޭގެން އެއްވެސް ކުއްޖަކާއި ވާހަކަ ނުދައްކާތީއެވެ. “އިސް […]