ލިބުނު ހައިރާންކަމާއިއެކު އެތަނުން ނިކުންނަން އަހަރެން ހިނގައިގަތީމެވެ.އެ ކޮޓަރިން ނިކުމެ ލައިބުރަރީ ތެރެއަށް ވަނީމެވެ..އެ ހަރުގަނޑުތައް ފުރެންދެން މިވަނީ ކޮންހާ ފޮތެއްބާއެވެ؟ މި ޖިންނީންވެސް ފޮތް ކިޔާބާއެވެ؟ ކޮންމެގޮތެއްވިޔަސް މިތަނުން ފޮތެއްގައިވާ އެއްޗެއް ބަލައިލާން ބޭނުމެވެ.އެހެންކަމުން ތަންކޮޅެއް ބިއްދަށުގައި ވަކިންހުރި ފޮތް ހަރުގަނޑެއްގައި ހުރި ފޮތްތަކުގިެތެރެއިން ގަދަފެހި ކުލައިގެ ކަވަރެއްލާފައި ރަންކުލައިގެ ބޮޑު ގޮބެއްލާފައި އިން ފޮތެއް ނެގީމެވެ. ގިނަދުވަސްވުމުގެ ސަބަބުން ހިރަފުސް ހުރެދާނެކަމަށްހިތާ ފޮތް ފޮހެލީމެވެ. ނަމަވެސް އޭގައި އެއްވެސް ހިރަފުހެއްނެތެވެ. މުޅި ވަށައިގެންވާ ހުރިހާ […]
ހަތަރުވަނަ ބުރި ސިޑީގެ ފާރުގައި ހުރި ސްވިޗް ޖައްސާލިއިރު މީރާއަށް މައި ނޭވާ ލެވެނީއެވެ. ނަމަވެސް މީރާ މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. ސިޑިން މައްޗަށް އަރަން ހިނގައިގަތެވެ. ދެ ހަރުފަތެއް މައްޗަށް އެރުނު ތަނާ ކުއްލިއަކަށް ސިޑީގެ ލައިޓް ކަނިކަނި ބުރާ ނިވި ދިއްލެން ފެށުމުން މީރާއަށް ސިހުމެއް ލިބުނެވެ. ނަމަވެސް ފަރުވާލެއް ނުބަހައްޓާ ސިޑިން މައްޗަށް އަރަން ފިޔަވަޅު އަވަސްކޮށްލިއެވެ. އިސްއޮބައިގެން ހުރެ ފަސްވަނަ ބުރިއަށް އެރުމަށްފަހު ދަބަސްތެރެއަށް އަތް ކޮށްޕާލީ އެޕާޓްމަންޓްގެ ތަޅުދަނޑި ނަގާށެވެ. […]
ބިންގަނޑު ހެލިގަތްލެއް ބާރުކަމުން ކޮޅަށް ތިބެވޭވަރެއްވެސް ނޫނެވެ. އެކިމީހުން އެކިދިމަދިމާއަށް ވެއްޓިއްޖެއެވެ. އޭރު ގަދައަޑުފަށްގަނޑެއްވެސް އިވެމުންދިޔައެވެ. އެއީ ބިންގަނޑު ފުނޑުފުނޑުވެގެންދާކަހަލަ އަޑެކެވެ. ކުއްލިއަކަށް ވައިބާރުވެ، ކަޅުވިލާތަކުން އުޑުމަތިފުރާލީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.ޖެހޭ ގަދަވައިގެ ސަބަބުން ދެލޯ ހުޅުވަންވެސް އުނދަގުލެވެ.އެޗަކަ ބިމުން ވަޔާއިއެކު އަންނަނީ ހިރަފުހާއީ ވެއްޔެވިެ..އަޖައިބެކެވެ.. އެއާއިއެކު ވިދުމާއިއެކު ބާރު ހޮނުގުގުރި ޖަހާއަޑުވެސް އިވެންފެށިއެވެ. އެއީ ބިރުވެރިކަމުން ފުރިގެންވީވަގުތުކޮޅެކެވެ. އެހާބިރުވެރި ކަމެއް މީގެކުރިން އަހަރެން ތަޖުރިބާކޮށްފައެއް ނުވާނެއެވެ. ބިރުން އެމީހަކު އެތިބިތާކު ތިބިގޮތަކަށް […]
އެނދުމަތީ ފުރޮޅިލަ ފުރޮޅިލާ އީވާ އޮތީ ދެލޯމަރާ ތަގުޅިކޮށްލައިގެންނެވެ. ޑިއުޓީ ނިމިގެން ކޮންމެ ދުވަހަކުވެސް ގެއަށް އައިސް އީވާ ބޭނުންވަނީ ނިދާލާށެވެ. ރޭގަނޑު ނިދޭލެއް ލަސްވީމައާ އެކު ކަންނެތްކަމާއި ބުރަހެލިކަން ވަނީ އިތުރުވެފައެވެ. ނަމަވެސް މިއަދު ނިދި ލޮލާ ވަނީ ދުރުއެއްޗަކަށް ވެފައެވެ. އޭސީގެ ފިނި ވައިރޯޅިތަކު ތެރޭ ބޯ ރަޖާ ގަނޑު ދަށުގައި އޮންނައިރު ހަށިގަނޑަށް ލިބެމުންދާ އަރާމަށްވުރެ އީވާގެ ސިކުނޑީތެރޭގެ ހައިޖާނުގަނޑު ބޮޑެވެ. ކުރެވެނީ ފޮނި އިންތިޒާރެކެވެ. މާގިނަ އިރެއްނުވެ އިންތިޒާރުގެ ނިމުން އަތުވެދާނެކަން […]
“އަފޫ….” ކުރަކިވެފައިވާ އަޑަކުން މުނީރާ އޭނަގެ ހުރި ހަމައެކަނި އަންހެން ދަރިއަށް ގޮވާލިއެވެ. އަފްނާނުގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ދެންވެސް ވާހަކަ ދައްކަން ފެށީ މުނީރާއެވެ. “އަފޫ.. ކީއްވެ އެވަރުކަމެއް ހިނގި އިރު މަންމަ ކައިރީ ނުބުނީ… މަންމަ ކައިރީ ބުނިނަމަ…” ހިތްވަރުކޮށްފައި ވާހަކަ ދައްކަން މަސައްކަތް ކުރި މުނިރާއަށް ފުރަތަމަވެސް ކުރެވުނީ ޝަކުވާއެކެވެ. “މަންމަ ހިއެއް ނުކުރަން ބައްޕަ އެއީ އެކަހަލަ މީހެއް ކަމަކަށް… ބައްޕަ އެހާ ނުބައި ވެދާނެ ކަމަކަށް… ދަރިފުޅާ.. ނިކަން […]
ބަދިގެއަށް މުނީރާ ވަތް އިރު މުޅިމީހާ ރުޅިގަދަވެގެން ތުރުތުރު އަޅަނީއެވެ. ކާމޭޒު މަތީ އޮތް މަސްކަނޑާ ބޮޑުވަޅި ނަގާ އަތަށް ހެޔޮވަރު ކޮށްލުމަށްފަހު ބަދިގެއިން ބޭރަށް ނުކުތީ ލައިގެން ހުރި ހައުސްކޯޓު އެއް އަތުން އަރުވައި ޖަހައިގެންނެވެ. ހަސަނު އައިސް އޭރު ބަދިގެއަށް ވަންނަން ދިމާކުރަނީއެވެ. މުނީރާ ހުރި ގޮތް ފެނުމުން ހަސަނުގެ ފިޔަވަޅު ފަސް ޖެހުނެވެ. “މުނީރާ.. ހަމަޖެހިބަލަ… އަހަރެން އެމަންޖެއާ އެކަހަލަ ކަމެއް ނުކުރަން… އަދި އެންމެ ބޮޑުކަމެއް ނުކުރަން…” މުނީރާ ހަމައަކަށް އަޅުވަން […]
”އެހެންތަ؟ ހަކީމު ހުއްޓަސް އަހަރުމެނަކަށްވާނެ ފައިދާއެއް އޮތްހެނެއް ހިޔެއް ނުވޭ” ހަސަންތަކުރު މަލާމާތުގެ ރާގަކަށް ބުނެލިއެވެ. އެތައް ބަހުސަކަށްފަހު ކޮންމެ ރެއަކު ސަހަރާދޮށުގައި ޖާނުންވަރުގަދަ ތިން ފިރިހެނުން ބައިތިއްބުމަށް ނިމިގެންދިޔައެވެ. އަދި އެންމެން އެގޮތަށް އެއްބަސްވިއެވެ. ޔައުގޫބުގެ މަރަށް ދެވަނައަށް ވީދުވަހެވެ. ހަސަންތަކުރު މަހުންއައި އިރު އައިމިނާބީއެއް މަގުމަތިން ފެންނާކަށްނެތެވެ. ހާސްކަންމަތީހުރެ ގޭތެރެއަށް ވަންއިރު އައިމިނާބީއޮތީ އަށިމަތީ ނިދިޖެހިފައެވެ. ދެފަހަރަކު ގޮވާލުމުންވެސް ލޮލެއް ނުހުޅުވެއެވެ. ގައިގައި އަތްޖައްސާލިއިރު ހަސަންތަކުރުގެ އަތްފިހޭހާ އޭނާގެ ހަށިގަނޑުވަނީ ހޫނުވެފައެވެ. ހާސްކަންމަތީހުރެ ހަސަންތަކުރު […]
އެރޭ މަހުން ލެފުމަށްފަހު އެންމެންވެސް މިސްރާބުޖެހީ އެމީހެއްގެ ގެއަށްދިއުމެވެ. އަނދިރިކަން ވެރިވެފައިވާ އެރޭގަނޑު އުޖާލާކޮށްދެމުންދިޔައީ ފާޅުވެފައިވާ ސާދަވިލޭރޭގެ ފުރިހަމަ ހަނދެވެ. އެ ހަނދުގެ އަލިކަމެވެ. އެރީތިކަމަކީ ބަލާފޫހިނުވާހާ ރީތިކަމެކެވެ. މިފަދަ ހިތްގައިމު ރޭތަކުގެ އުފާހޯދުމަށް އެދުވަސްވަރު ރޭގަނޑު ރަށުތެރެއަށް ނިކުމެ އުޅެނީ މަދުބަޔެކެވެ. ހަމައެކަނި މިސްކިތަށް ދިއުމަށް ނިކުންނަ ފިރިހެންވެރިންނާ، މިސްކިތްދޮށަށް ފެންބަލާދާ މަދު އަންހެނެކެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. އެދުވަސްވަރު އެރަށުގެ މިސްކިތު ބިއްދޮށުގައި އޮންނަ ސަހަރާއިން ފަހަކަށްއައިސް ހަންޑިއެއް ފެންނަކަމަށް މީހުންކިޔާ އުޅޭތީއެވެ. މީހުންގެ […]
މިއަދަކީ ހަސަން ތަކުރު އައިމިނާބީއާއި ކައިވެނިކުރިފަހުން އާދައިގެމަތިން އަނެއްކާވެސް އައިމިނާބީއާއި ބެހޭ ބަހުސްއަކާ އެކު އޭނާގެ ދޯނީގެ ފަޅުވެރިންނާ ކުރިމަތިލާން ޖެހުނު ދުވަހެކެވެ. މިއީ އަބަދުވެސް އެމީހުންގެ އާދައެކެވެ. އައިމިނާބީއާ ބެހޭގޮތުން އެއްޗެއްބުނެ ނުލާ ހުރުމަކީ އެމީހުންނަށް އުނދަގޫކަމެކެވެ. ”ހަސަން ތަކުރާ… ކަލޯ އަނބި އައިމިނާބީއަކީ ހާދަ ފޮނި އުޅުމެއް ދެއްވާފައިހުރި އަންހެނެކޭ” ހަސަންތަކުރު މަހަށްދާ ދޯނީގެ ކައްޕި ބުނެލިއެވެ. ”އެޔޯ މިފަހަރު އަނެއްކާ ކީއްވީބާ؟” ހަސަންތަކުރު ފޫހިރާގަކަށް އަހާލީ އެއީ އޭނާގެ އަނބިމީހާ އާ ބެހޭގޮތުން […]