ބެލްކަނީގެ ބިއްލޫރިގަނޑު ކައިރިން ފާޅުވަމުން ދިޔަ ރަތްކުލައިގެ އަލިގުޅަ ހުރީ މަންޝާގެ ހަރަކާތްތަކަށް ބަލާށެވެ. އެނދުމަތީގައި އިނދެ ހެދުންތައް ފަތް ޖަހަމުން ދިޔައީ ފޫހިގޮތަކަށެވެ. އޭރުވެސް ދެލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ. ދޭތެރެއަކުން ނޭފަތް ދަމާލާ ކޯތާފަތުގައި ހުރި ކަރުނަތައް އަތުގެ ނުފުށުން ފޮހެލައެވެ. އެނދުގައި އިށީންދެގެން މަންޝާ އިނީ ބެލްކަންޏަށް ފުރަގަސްދީގެންނެވެ. އެހެންކަމުން ބެލްކަނީގައި ހުރިމީހަކު މަންޝާއަކަށް ނުފެނެއެވެ. ޓައިލްސްމަތީ ހުޅުވާފައިވާ ލަގެޖްގެ ތެރެއަށް ފަތްޖަހާފައި ހުރި ހެދުންތައް ތަރުތީބުން ބަހައްޓަމުން ދިޔައެވެ. މާދަމާ […]
އެދުވަހުގެ މެންދުރުފަހު އަހަރެންނާއި ކޮއްކޮ އަދި ޝަހުދު ބައްދަލުކުރީމެވެ.ބޭނުމަކަށްވީ ނާދް އާއި ބެހޭގޮތުން މަޝްވަރާކުރުމެވެ.. “މިއަދު ހެނދުނު އަޒްހާން ގުޅި އަހަންނަށް.. ބުނި ޕޮލިހަށް އަންގައިފީމޯ ..އަސްލު ކުރިން އަހަރެންނާއި ވާހަކަދައްކަ ދައްކާފައި،ރަޝާއަށް އިންޒާރު ދިންފަހުންނުގުޅެނީ.. ވާނުވާއެއްނޭންގެ. ބޯހަލާކު” ޝަހުދު ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. އެވަގުތު އޭނާގެ ފޯން ރިންގްވާންފެށިއެވެ. އޭނާ ފޯނުނަގާ އެކޯލަށް ޖަވާބުދިނެވެ. “ހަލޯ!.. އާދެ!.. އަޅުގަނޑު މިދަނީ އިނގޭތޯ.!ލައްބަ!” ޝަހުދު ފޯން ކަނޑާލަމުން އަހަރެމެންގެ މޫނަށް ބަލާލިއެވެ.. ސުވާލެއް ނުކުރެވިއުޅެނިކޮށް އޭނާ ވާހަކަދައްކަން […]
15 އޭޕްރިލްގެ ބަޔާ ގުޅޭ. ދޮރުގައި މީހަކު ޓަކި ޖެހި އަޑަށް އަހަރެމެން ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. އަހަރެންނަށް ވަގުތުން ބަލާލެވުނީ ޝެނިންގެ މޫނަށެވެ. އޭނާވެސް އޭރު ހަދާނެ ގޮތް ހުސްވެފައި ހުރި ކަހަލަ އެވެ. ދޮރާ އަރާ ހަމަކޮށްފައި އަހަރެން އިތުރަށް ވިސްނަން ނުހުރެ ތަޅު އަނބުރާލީމެވެ. “…. ކޯއްޗެކޭ ހިތަށް އަރައިގެން ކުރި ކަމެއްތަ އެއީ؟” އަހަރެންނަށް ދޮރު ނުހުޅުވެނީސް އިރަމް ވަންނަމުން ބުންޏެވެ. އޭނާގެ މޫނުމަތިން ފެންނަނީ ބިރުވެރި ކަމެއް ނޫނެވެ. އެހެން […]
“މަންޝާ ގައި އިނގިލި ކުރިއަސް ނިޖައްސާހެތި… އަޑު އިވިގެއި… މަމީ ނިބެއި މީހަކާކަން ދައްކަލާށުން…” (މަންޝާ ގައިގަ އިނގިލި ކުރިވެސް ޖައްސާނުލާތި… އަޑު އިވިއްޖެތަ.. އަހަރެންނަކީ ނުބައި މީހެއްކަން ދައްކާލާނަން…) ޒިބާން ރުޅިގަނޑު ދިޔައީ ގަދަވަމުންނެވެ. ޒިބާންގެ ހަޅޭކުގެ އަޑާއި އެކީ ވިދާޅުމަށްފަހު ގުގުރާލިއެވެ. ދެން ހުރި މަޚްލޫގު ބަރު އަޑުން ހޭންފެށިއެވެ. “ތަކަށް ނިއެނގެއި… އިންސާނުންނަކީ ހައުދަހައި މަކަރޮވެރި ބާކީންނޭ… ތައް އަދިފަހުން ވިސްނޭހެއް” (ކަލެއަކަށް ނޭނގޭތަ؟.. އިންސާނުންނަކީ ހާދަ މަކަރުވެރި ބައެކޭ… ކަލެއަށް އަދި […]
ކޮންމެ މީހެއްގެވެސް ކުޑައިރު އެމީހަކު އެންމެ ވާންބޭނުންވާ، އެންމެ ސަޕޯޓްކުރާ ނަމޫނާއެއް ނުވަތަ ހީރޯއެއް ވާނެއެވެ. އެކި ކުދިންގެ ހީރޯ ތަފާތުވާނެއެވެ. ބައެއްކުދިންގެ ހީރޯއަކަށް ކޮމިކް ފޮތް ފޮތުގެ ހީރޯއިން ވާއިރު ބައެއް ކުދިންނަށް ފިލްމުތަކުގެ ހީރޯއިން ވެއެވެ. ހެރީ ޕޮޓަރ ނުވަތަ ސުޕަރމޭން އެވެ. ހަމަ އެފަދައިން އަހަރެންގެވެސް ކުޑައިރުގެ ހީރޯއެއް ހުރެއެވެ. އެހެން ގިނަ ކުދިންނާ ޚިލާފަށް އެ ހީރޯއަކާއެކު ގިނަ ވަގުތުތައް ހޭދަކުރުމުގެ ފުރުޞަތުވެސް ލިބުނެވެ. އެ ހީރޯގެ އެޑްވެންޗަރ ތަކުގެ ވާހަކަ […]
އެގޮތުގައި ހާސްކަމާއިއެކު ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓާ ސިހިގެންދިޔައީ، ކައިރީގައިހުރި އަނބުގަސް ތެރެއިން އިވެންފެށި އަޑަކުންނެވެ.ފާޑެއްގެ ތޫލި އަޑެކެވެ.ހީވަނީ އަންހެންކުއްޖެއް ހިމައަޑަކުން ހޭހެނެވެ.ނޫނެކެވެ.ބައެއްފަހަރު ހޭހެންވެސް، އަނެއްބައިފަހަރު ރޯހެންވެސް ހީވެއެވެ. މަޑުމަޑުން ގަސްކައިރިއަށް ދިޔައީ އެއަޑު ޔަގީންކޮއްލުމަށެވެ.. ނަމަވެސް އިރުކޮޅަކުން އެއަޑު ކެނޑިއްޖެއެވެ.. ޖެހިގެންހުރި ގޭ ގޯތިތެރެއިން ބަޔަކު ހީ ހަދީާ އަޑުކަމަށްބަލައި ގެއަށްވަނުމަށް ހިނގައިގަތްވަގުތު އަހަރެންގެ ނަމުން މީހަކު ގޮވާލައިފިއެވެ.އަންހެން އަޑެކެވެ.މާދުރުން ފުރޭނިގެން އަޑުއައިހެންވެސް ހީވެއެވެ.ކުރިއަށްއެޅި ފިޔަވަޅު މަޑުޖައްސާލާ ފަހަތަށްއެނބުރި ބަލާލީމެވެ.އެއްވެސް މީހަކުނެތެވެ.ކުއްލިއަކަށް ހަނދާންވީ ހާދީބެ ބުނި […]
ޒިބާން ގެއިން ބޭރަށް ނުކުތެވެ. ދަންވަރުގެ ވަގުތެއް ކަމުން މަގުމަތިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހާވެސް ހަމަހިމޭނެވެ. މަންޝާގެ ކޮޓަރިން ބޭރަށްވާ ބެލްކަންޏާ ދިމާލަށް ޒިބާން ބަލާލީ ރުޅި ވެރިގޮތަކަށެވެ. އޭރު ބެލްކަނި ތެރޭގައި ހުރި އަލިގުޅަ ޒިބާނަށް ފެނުނެވެ. އެހިނދު ޒިބާންގެ ދެލޯ ރުޅިވެރިކަމާއި އެކީ ރަތްކުލައިން ދިއްލިގެން ދިޔައެވެ. މަންޝާ ކައިރިއަށް ނައުމަށް އިންޒާރު ދިނުމުންވެސް އޭނާއަށް ހިމޭނުން ނުހުރެވުނީ ހެއްޔެވެ. ދެއަތް މުށްކަވާލަމުން ޒިބާން ކުރިއަށް ޖެހިލަމުން ހަޅޭއްލަވައިގަތެވެ. “މިތަނުން ރައްކާވޭ…” […]
“ދެން މި ފަށުގަ ނުހިފަންތަ ތިހުންނަނީ؟ އަހަރެން އަވަސްއަވަހަށް ފަށުގައި ހިފީމިެވެ. ރަޝާ އަހަންނަށް އެނގޭ ރަޝާ ތިހުންނަނީ އަހަންނަށް އެވާހަކަތައް އަޑުއިވުނީމަ ކަންތައް ބޮޑުވެފަކަން. އެކަމް އަހަރެން ބުނަންއޮތީ އަހަރެންނަށް އިތުބާރު ކުރާށޭ. އިރާދަކުރެއްވިއްޔާ ރަޝާއަށް ދެރަވާގޮތަކަށް އަހަރެން ކަމެއް ނުކުރާނަން..” ނާދްގެ ވާހަކައިން އަހަރެންގެ ހިތަށް ބުނަންނޭންގޭ ކަހަލައިގެ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. އެވީ ވަގުތު ކޮޅުގެ ތެރޭގައި ނާދް އަހަރެމެންނަށް އޭނައާއި ބެހޭގޮތުން ބައެއް ކަންކަން އޮޅުން ފިލުވައިދިނެވެ. ނާދް އަކީ މާލޭގައި […]