މިއަދު ގައިބާރު ދޫވެ ބަލިކަށިވެފައި ވިޔަސް އެމިހަކީ އެއްއިރެއްގައި ބާރުގަދަ ފަހުލަވާނެކެވެ. އެކަނިމާއެކަނި އެތައް ދުޝަމަނުން ތަކެއް އަންދާލި ރަސްކަލެކެވެ. އެއީ އިބްޒާގެ ފިރިމިހާ ޒައްނާރޫރެވެ. ” އަހަރެން ބެނުން ހުސްނާއާ ބައްދަލުކޮށް މާފަށް އެދެން..އަހަރެން ކުރި ކުށެއްގެ ސަބަބުން ހުރިހާ ހިތާމައެއް މިއަދު އެކުރަނީ އަހަރެންގެ ދަރިފުޅު..ޒުއްނޫރުގެ ކައިވެނި ހުސްނާއާ ނުކުރި ނަމަ މިއަދު މިވަމުންދާ ކަންތައްތައް ނުވާނެކަން ޔަޤީން..” ޒައްނާރޫރު އޭނަ އެދޭގޮތް ބުނެލީ އިބްޒާ އެކަން ކޮށްދޭނެކަމަށެވެ. އެވަގުތު އިބްޒާގެ މޫނުމަތިން ފެނުނު […]
“އެސްފިޔަ ދީނީ ކުރުވާހަކަ މުބާރާތް 1438” ސްޕްންސަރ ކުރުމުގެ ފުރުސަތު ވަނީ އާންމު ކޮށް ހުޅުވާލެވެިފައެވެ.
ދޯނިގޮސް ހުރަސްފަރަށް ލެފުމާއިއެކު ޔާނިޢު ޝަނާޔާއަށް ގޮވާލުމުން މަޑުމަޑުން ދެލޯ ހުޅުވާލުމަށްފަހު ކުރިމަތީގައި ފެންނަން އޮތް ރަށަށް ބަލައިލިއެވެ.މަލަމަތި ފެންނަލެއް ހިއްގައިމު އެ ރަށަށް ބަލައިލުމުން ޝަނާޔާގެ ހިތަށް ވެރިވެގެން އެދިޔައީ އެ ރީތި ތުނޑިމަތީގެ ކޮންފަދަ ކުލަނުވާ ހަނދާންތަކެއް ހެއްޔެވެ؟ ޔާނިޢު ޝަނާޔާ އަތްދަނޑި މައްޗަށް ނަގައިގަނެގެން ގެންގޮސް އަތިރިމަތީގެ ރީތި ދޮންވެލި ގަނޑު މަތީގައި ބެހެއްޓިއެވެ.ހުރިހާ ފިރިހެން ސްޓާފުންވެގެން ދަތުރަށް ގެނައި އެއްޗިހި ދޯނިން ބޭލުމަށްފަހު ޕިކްނިކްގެ މަޖާ ނަގަން ފެށިއެވެ.އަންހެން ވެރިންނާއި ފިރިހެންވެރިން […]
މެއިލް ކިޔާ ނިމުމާއެކު ތިން ކުދިން އެއްފަހަރާ ކަހަލަ ގޮތަކަށް ފުން ނޭވާ އެއް ދޫކޮއްލިއެވެ. އަދި އެކަކު އަނެކަކުގެ މޫނަށް ބަލާލީ ކިހިނެއްހޭ ސުވާލު ކުރާ ފަދައިންނެވެ. އެ ހިނދު އެންމެންވެސް ހިނިތުންވެލާ ބޯ ޖަހާލީ ރަނގަޅޭ ބުނާ ގޮތަށެވެ. އެއަށްފަހު އެތަނުން އެކަކުގެ ފޯނު ހުޅުވާލައި އޮންލައިން ވެލިއެވެ. އެއާއެކު ދެންތިބި ދެކުދިންވެސް އޭނާ ކައިރިއަށް ގާތްވެލައި އެ ފޯނައް ބަލަންތިބީ މީހަކާ ވީޑިއޯ ކޯލް އެއް ހަދަން އުޅޭތީއެވެ. ވައިބަރ ހުޅުވާލައި ނަމްބަރެއް […]
“ރުކާން!” އަހަރެންނަށް ހުއްޓެވުނީ އެޒުވާނާ އަހަރެންގެ ނަމުން ގޮވާލުމުންނެވެ. އެއީ މީގެކުރިން އަހަރެން ދުށް މީހެއް ނޫނެވެ. އަދި އަހަރެންނަކަށް އޭނާގެ ނަމެއްވެސް ނޭނގެއެވެ. ނަމަވެސް އޭނާއަށް އަހަރެންގެ ނަންވެސް އެނގިއްޖެއެވެ. އަނެއްކާ އޭނާގެ ބޭނުމަކީ ކޮބައިބާއޭ އަހަރެންގެ ހިތަށްއެރިއެވެ. އަހަރެންގެ ހިތަށް ވަންނަންފެށި ބިރުވެރި ޚިޔާލުތަކަކުން އަހަރެންގެ ހަމަޖެހުން ގެއްލިއްޖެއެވެ. ދާހިއްލާލީވެސް ބަސްބުނާހާ ހިނދުންނެވެ. ދުއްވައިގަންނަން ހިތަށްއެރި ނަމަވެސް އަހަރެންނަށް އެންމެ ފިޔަވަޅެއްވެސް ކުރިއަށް ނޭޅުނެވެ. ހީވީ ބިމުގައި ދެފައި ތަތްލާފައިވާހެންނެވެ. އިސާހިތަކު އެޒުވާނާ ހުރީ […]
ޝަނާޔާ ޖިއާންއާއި ދިމާއަށް ކޮށްޕާލުމަށްފަހު އޭތި ދިޔަ ނުދިޔަ ތަނެއް ނޭނގި ގެއްލުނެވެ. ޖިއާން ކުޑަކޮށް ގުދުވެލުމަށްފަހު އޭނާގެ ފައިބުޑަށް ވެއްޓެން އައި ޝަނާޔާގެ ދެކޮނޑުގައި ހިފަހައްޓާ ނެގިއެވެ.ޝަނާޔާ ކަޅިވެސްޖަހާ ނުލާ ޖިއާންއާއި ދިމާއަށް ބަލަމުންދިޔަ ގޮތުން ޖިއާންއަށް ކުޑަކޮށް އުނދަގޫ ވެގެން ކަރުކެހިލިއެވެ. ޝަނާޔާއަށް ހޭވެރިކަން ވީ ދެނެވެ.ނަމަވެސް ނުވާކަމަކަށް ހަދާލާފައި ޖިއާންއާއި ދުރަށް ޖެހިލަމުން އަނެއްކާވެސް ޖިއާންއަށް ބަލައިލިއެވެ.އެވަގުތު ޝަނާޔާގެ ކަރުން ލޭ ފައިބަމުން ދިޔަތަން ޖިއާންގެ ލޮލުގައި އަޅައިގަތެވެ.އޭނާގެ ހިތަށް ހީވީ ތޫނު […]
ލިޔުންތެރިންނާއި ކިޔުންތެރިންގެ ޚިޔާލުތައް ކޮމެންޓްގެ ޒަރީޔާއިން ހުށައަޅުއްވަމުން ގެންދެވުން އެދެމެވެ.
ޔުސްރާ ނިދަން ދިޔައިރުވެސް ވިސްނެނީ ދެން ކަންތައް ވާނެ ގޮތަކާ މެދުއެވެ. މުލައިލްމެންގެ ޓީމާ ގުޅުމަކީ މީހުން މަރަމުން އެގެންދާ މީހާ ހޯދުމަށްފަހު އެއީ ކާސިމް ތޯ ނޫނީ ޔުސްރާ ގެ ހިތުގައި އޮތް ޝައްކު ޔަގީނަށް ބަދަލު ކުރެވިދާނެ ކަމެއްކަމުގައި ޔުސްރާ ދެކުނެވެ. ފަތިހުގެ ފްލައިޓުން ފުރަން ޖެހޭތީ ދަބަސް ތައްޔާރު ކޮށްލުމަށްފަހު ޔުސްރާ ލޯމަރާލިއެވެ. ****** ފަތިހު ފަތިހާ ހޭލެވުނީ ކީއްވެކަމެއް ހުދު އަލާނިޔާއަކަށްވެސް ނޭންގެއެވެ. މިހާރަކަށް އައިސް ހުވަފެނުގައި އަބަދުވެސް ރޫ އޭ […]
ހަވީރުގެ ފިނި ވަގުތުގައި ކަނީރާގޭ ޓެރަސްމަތީ ހުރި މޭޒެއް ކައިރީ ތިން ކުދިން ލެޕްޓޮޕް ހުޅުވައިގެން އެއަށް ގެއްލިފައި އެތިބީ އައި ވަރަށް މުހިންމު އީ މެއިލް އެއް ކިޔާށެވެ. ތިން ކޮފީތަށި މޭޒުގެ އެއްފަރާތުގައި ހުރިއިރު އެންމެންވެސް ތިބީ އެ މެއިލް އަށް ގެއްލިފައެވެ. ޕްރިންސެސް އާލިޔާ ލޯގަނޑު ކުރިމަތީ ހުއްޓިގެން ހުރެ މުޅި ހަށިގަނޑަށް ނަޒަރު ހިންގާލިއެވެ. ވާތްފަރާތުން އެއްފަރާތް ކޮއްލާފައިވާ އިސްތަށިގަނޑު ފަހަތުން އަޑިއަށްވާ ގޮތައް ހުޅި ޖަހާ، ކަނާތްފަރާތުން ކުޑަކޮއް ވެއްޓިފައިވާ […]