މަޑު ފިޔަވަޅުތަކެއްގައި އެމީހަކު އެކޮޓަރިއަށް ވަދެގެންއައި ވަރަކަށް އެމީހާގެ ސިފަޔަށް ބަދަލު އަންނަމުން ދިޔައެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުތައް ޤަބޫލުކުރަން ދަތިވެފައި އޮތް ކައިޝާ ހެޔަށް ގޮތްވެގެން ދިޔައެވެ. މެރެމުން ދިޔަ ދެލޮލުން ފެނުނީ ހުވަފެނުގައިވެސް ކައިޝާއަށް އުނދަގޫ ކުރާ ސޫރައެވެ. ޒިއަދަން ކޮޓަރިތެރެއަށް ވަތް ގޮތަށް ކައިޝާގެ ގައިމަތީ އޮތް މީހާ ނަގާ އެއްލާލީ ލުއިފަތެއްހެންނެވެ. އެވަގުތު އެމީހާގެ ދެލޮލުން ބިރުވެރިކަމާއި ހާސްކަން ފެންނަމުންދިޔައެވެ. ޒިއަދަން އޭނާގެ އަސްލު ސިފައިގައި ހުރިއިރު ދެލޮލުން […]
އަންނަ ނާންނަ ތަނެއް ނޭނގި ދެސިކުންތުން ކަހަލަ ގޮތަކަށް ޖަހަމުންދިޔަ ފެންތިކިތަކުން ތެންމަމުންދިޔަ ޝަނާޔާގެ ކޯތާފަތް ފެނިފައި ޔާނިޢުގެ ގައިން ދިޔައީ ހީބިހި ނަގަމުންނެވެ. އެވަގުތު ހޭނާރާ އޮތް ޝަނާޔާގެ ދިގުދިގު އެސްފިޔަތައް ތަޅުވާލުމަށް ފަހު ބަލި ގޮތަކަށް ދެލޯ ހުޅުވައިލިއެވެ.ޝަނާޔާއަށް އައިވީ ގުޅާފައި އޮތް އަތްނަގާ މޫނުމަތި ފޮހެލަމުން އޭނާއާއި ނުހަނު ގާތުގައި ހުރި ސޫރައަށް ބަލައިލެވުނެވެ.އެޒުވާނާ ހީވަނީ ރޮއިރޮއި ހަލާކުވެދާނެ ހެންނެވެ.ތިމާގެ މީހަކު މަރުވެގެންވެސް މީހަކު އެވަރަކަށް ނުރޯނެކަން ޤައިމެވެ.ޝަނާޔާއަށް ކައިރީގައި ކަޅިވެސް ޖަހާ […]
ހަވީރުގެ ވަގުތެއްގައި ފުލުހުންގެ ދެތިން މީހަކު އީތަން އޮތް ވޯޑުގައި ހަރަކާތް ތެރިވަމުންދިޔައެވެ. ކައިރީގައި ހުސްނާ އާ މަޖުދާ ތިބި އިރު ހައްމާދު ހުރީ އިތުރު ޕޮލިހަކާ ވާހަކަދައްކަން ތަންކޮޅެއް ދުރުގައެވެ. އީތަން ހޭއެރުމާއެކު ކުރިމަތިން ފުލުހުން ފެނުމުން ކުޑަކޮށް ހައިރާންވިއެވެ. އީތަން ވަށައިގެން ހޯދާލަމުން ބޮލުގައި އަތް ޖައްސާލިއެވެ. އަދިވެސް ކޮންމެވެސް ވަރަކަށް ރިހުން އިހުސާސް ކުރެވުނަސް ކުރިއަށް ވުރެ ތަދު މަޑެވެ. ” ސޯ އަސްލު ކިހިނެއް ހިނގި އެކްސިޑެންޓެއްމީ..އެއްވެސް މީހަކަށް ޝައްކު […]
ރުކާން ގޮސް އެނދުގައި އޮށޯވެ ލޯމަރާލީ ނިދޭތޯއެވެ. ނަމަވެސް މިރޭ އޭނާއަށް އާދަޔާ ޚިލާފު ހޫނެއް އެބަވެއެވެ. އެހެންކަމުން އޭނާ ނިދުމުގެ ކުރިން ފެންވަރާލަން ބޭނުންވިއެވެ. އެހެންކަމުން އޭނާ ތެދުވުމުގެ ކުރިން އެނދުގެ އަނެއް ފަރާތަށް ބަލާލިއެވެ. އެވަގުތު ފެނުނު މަންޒަރަކުން އޭނާގެ އެތެރެހަށީގައި ނޭވާ ތާށިވީހެން ހީވިއެވެ. އޭނާއަށް އެނދުން ތެދުވެވުނު ގޮތެއްވެސް ނޭނގުނެވެ. މިއުވާންގެ ގައިން ދުން އަރަމުން ދިޔައިރު ރޯމަހެއް މަރަށް ތެޅޭހެން ތެޅެމުން ދިޔައެވެ. އަތަށް ވާންވެ ކަށިތައް އަރާފައިވާއިރު މަޑުމަޑުން […]
ކަޅުފޮއި އަނދިރި ރެއެކެވެ. އުޑުމަތި ބައްދާލާފައިވާ ކަޅުވިލާތަކުގެ ސަބަބުން އިތުރަށް އަނދިރިކޮށްލާފައި ވީއިރު ހީވަނީ ދެންމެ ދެންމެ ވާރޭ އޮއްސާލަފާނެ ހެންނެވެ. … ވެހޭ ވާރެއަކަށް ބެލުމެއްނެތި ދޮންމަންމަ މިރޭވެސް ޝިމްލާ ގެއިން ބޭރަށް ނެރުމުން އޭނާގެ ހިތް ކުދިކުދިވި ކަހަލައެވެ. އުމުރުން އެންމެ އަށް އަހަރުއްސުރެ މިކަން ތަޖްރިބާކުރަމުން އަންނަ ޝިމްލާ މިހާރުވަނީ ރޭގަނޑުގެ އަނދިރިކަމަށްވެސް ހޭނިފައެވެ. … ގަދަ ވިދުވަރާއިއެކު ޖެހި ގުގުރީގެ އަޑުފައްގަނޑު ގަދަކަމުން ޝިމްލާ ކަންފަތްމަތީ ދެއަތް އަޅާލިއެވެ. އަނދިރިކަންދެކެ ޖެހިލުން […]
ހިތަށް ވެރިވެފައިވި ޖަޒުބާތުތަކުން ލޯމެރިފައިވި ޝަނާޔާއަށް ތެޅިގަނެފައި ދެލޯ ހުޅުވާ ބޮޑު ކޮށްލެވުނެވެ. ޝަނާޔާގެ ޖަވާބެއް ނުލިބުމުން އަނެއްކާވެސް ހުސްނާ ގޮވާލިއަޑު އިވުނެވެ.ޝަނާޔާ ޖިއާންއާއި ދުރަށް ޖެހިލުމަށްފަހު ނޭވާ ހަމައަކަށް އަޅުވާލަމުން ފާޚާނައިގެ ދޮރުހުޅުވާލަމުން ވާހަކަ ދެއްކިއެވެ.”މަންމާ ކިހިނެތްވީ”..”ދަރިފުޅު މިއޮއް ދަންވަރު ފާޚާނައިގަ ކީއްތިކުރަނީ”ޝަނާޔާގެ ސުވާލަށް ޖަވާބު ދިނުމަކާއިނުލާ ހުސްނާ ކޮށްލި ސުވާލުން ޝަނާޔާ ފިނިވެގެން ދިޔައެވެ.އަދި ފާޚާނައަކަށް ދާން ޖެހިގެން ހޭލެވުނީ ކަމަށް ބުނެ ގޮސް އެނދުގެ ބިއްދަށަށް އަރާ އޮށޯތެވެ.ހުސްނާވެސް ފާޚާނައަށް ވަދެ ވުޟޫ […]
“ހިނގާ ބޭރަށް ނުކުމެލަމާ ތިވާހަކަ ދައްކާލަން.” މާހިރު އެހެން ބުނެލުމުން މިއުވާން މާހިރުއާއެކު ހިނގައިގަތީ އެގޭ ގޯތިތެރޭގައި ހުންނަ އުނދޯލި ގެއަށެވެ. އެއީ ނުހަނު ފުރިހަމައަށް ތައްޔާރުކޮށްފައި ހުރި ކުޑަވަރެއްގެ ސިޓިންގރޫމެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހިޔާކޮށްފައި އޮތްއިރު އެއްފަރާތުގައި ސޯފާއާއި ގޮނޑިވެސް ބަހައްޓާފައި ހުރެއެވެ. ގޯތި ތެރެއިން އުނދޯލިގެއަށް އަންނަން ހިމަ މަގެއް އޮންނައިރު އެމަގުގައި ވަނީ ގާ އަތުރާފައެވެ. އެމަގާއި އުނދޯލިގެ ވަށައިގެން ބަހައްޓާފައިވާ ގަސްމުށިތަކުގައި އިންދާފައިވާ އެކި ވައްތަރު ވައްތަރުގެ މާގަސްތަކުން އެމާހައުލު […]
އަހަރެމެން ދެމީހުން ރޫމެން ކާރިޔައަށް ދިޔައިރު މަންމި ވެސް ހުއްޓެވެ. އަދި ލަސްނުކޮށް ގެޔައަށް ދާށޭ ބުނެ ކޮޓަރިއަށް ވަނެވެ. މުލައިލްވެސް މިރޭ އަށަކަށް ތިގޭދޮށަށް ދާނަމޭ ބުނެއެއްލޯ މަރާލަމުން ލައިތް ގޮވައިން ގެޔަށް ދިޔައެވެ. އަހަރެންވެސް ހީލަމުން ރޫގެ އަތުގައި ހިފާލައިން ގެއިން ނިކުތީ ހިތާމަތަށްހިންދާލަމުންނެވެ. އަހަރެން ހިތުން މިރޭ ވެގެން ދާނީ އުފާވެރި ރެއަކަށެވެ. އެއީ ރޫއާދެމީހުން އެއްކޮށް މަޖާކޮށްލުމަށްފަހު އެއްކޮށް ނިދާލެވޭނެތީއެވެ. ނަމަވެސް އަހަންނަށް ނޭންގުނީ އަހަންނަށް ދެވުނު ދައުވަތުގެ ސަބަބުން ކުރިމަތިވެދާނެ […]
ކުޑައިރުއްސުރެ ބޭނުންވި ހުރިހާކަމެއް ދުލުން ބޭރުކުރުމަކާއިނުލާ ފުދިފައިވި ޔާނިޢު އޭނާގެ ހިތުގެ އެދުން އަދި އަމުދުން ދޫކޮށްލާނެ ހެއްޔެވެ؟ފުރަތަމަ ބީހިލުމުން އެ ހިތާއި ކުޅެލި އަންހެން ކުއްޖާ ޙާޞިލް ކުރުމަށް އޭނާ ކޮންމެފަދަ ކަމެއްވެސް ކުރާނެއެވެ. ހިތުގައި އެވާ އެދުން ކާމިޔާބުކުރުމަށް އެންމެ ސިކުންތެއްވެސް ލަސްކުރަން ބޭނުން ނުވާތީ ޔާނިޢު އަވަސްވެގަތީ ބައްޕަގެ ކެބިން އަށް ދިޔުމަށެވެ.ކުޑަކޮށް ގޮނޑި ދަމާލުމަށްފަހު ގޮނޑީގައި އިށީންނަމުން ޔާނިޢު ވާހަކަ ދެއްކިއެވެ.”ބައްޕާ!އަޅުގަނޑަށް ހީވަނީ އާކުއްޖަކަށްވުރެ އޮފީހުން ރަނގަޅު މުވައްޒަފަކު އެސިސްޓެންޓުގެ މަޤާމަށް […]