މެއިލް ކިޔާ ނިމުމާއެކު ތިން ކުދިން އެއްފަހަރާ ކަހަލަ ގޮތަކަށް ފުން ނޭވާ އެއް ދޫކޮއްލިއެވެ. އަދި އެކަކު އަނެކަކުގެ މޫނަށް ބަލާލީ ކިހިނެއްހޭ ސުވާލު ކުރާ ފަދައިންނެވެ. އެ ހިނދު އެންމެންވެސް ހިނިތުންވެލާ ބޯ ޖަހާލީ ރަނގަޅޭ ބުނާ ގޮތަށެވެ. އެއަށްފަހު އެތަނުން އެކަކުގެ ފޯނު ހުޅުވާލައި އޮންލައިން ވެލިއެވެ. އެއާއެކު ދެންތިބި ދެކުދިންވެސް އޭނާ ކައިރިއަށް ގާތްވެލައި އެ ފޯނައް ބަލަންތިބީ މީހަކާ ވީޑިއޯ ކޯލް އެއް ހަދަން އުޅޭތީއެވެ. ވައިބަރ ހުޅުވާލައި ނަމްބަރެއް އެ މީހުންގެ ގްރޫޕް ތެރެއަށް އެޑް ކޮއްލުމަށްފަހު ވީޑިއޯއެއް ރިކޯޑް ކޮއްލުމަށް ޖެއްސިއެވެ.
އައްސަލާމް އަލައިކުމް! ދީނާ (އެންމެން އެއްފަހަރާ)
އަހަންނަކީ ބަރަކާ. މި ޓީމްގެ ފައުންޑަރ އޯ މެނޭޖަރ. ދެން މިހިރީ ސާރާ، މީ ޔަމީނާ (ފަހަރަކު މީހަކައް ނިސްބަތްކޮއްލާފައި) އިތުރު ތަފްސީލު ފަހުން ދޭނަން. އިންޝާ ﷲ. އަހަރެމެން އެންމެނައްވެސް އެ ވާހަކަ ވަރަށް ކަމުދޭ. އުންމީދުކުރި ކަހަލަ ކުއްޖަކައް ވާނެ ކަމަށް ދުއާ ކުރަން. މީގެ މާނައަކީ ދީނާ ތިވަނީ އަންވާރު ޓީމްގެ މެމްބަރެއްގެ ގޮތުގައި މި ވަގުތުން ފެށިގެން ހޮވާފައޭ.
މަރުހަބާ! އެންމެން އެއްފަހަރާ ބުނެލިއެވެ. އެއަށްފަހު ވީޑިޔޯ ގްރޫޕައް ފޮނުވާލާފައި އެނބުރި މޭޒް ދޮށުގައި ތިންކުދިން އިށީނީ ބޮޑު މަސައްކަތެއް ކުރެވިއްޖެކަމަށް އިހްސާސް ވުމުންނެވެ.
މި ތިންކުދިންނަކީ އަންވާރު ވެބްސައިޓް ހިންގަމުންދާ ތިންކުދިންނެވެ. އަންވާރު ވެބްސައިޓަކީ ބަރަކާގެ ހިޔާލުން އުފެދިގެން އައި ސައިޓެކެވެ. އެ ސައިޓްގެ އެންމެ ބޮޑު މަޤްސަދަކީ މުޖްތަމައު އެކި ކަހަލަ ކަންކަމަށް ހޭލުންތެރިކޮށް މައުލޫމާތު ފޯރުކޮށްދިނުމެވެ. ހާއްސަކޮށް އިސްލާމްދީނުގެ ފުރިހަމަ އުސޫލުތަކާއި މުސްލިމުންގެ ދިރިއުޅުމުގައި ދިމާވާ ދަތިތަކުން އަރައިގަންނާނެ ގޮތްތައް ކިޔައިދީ، މައްސަލަ ތަކަށް ހައްލު ހޯދާދިނުމެވެ. ބަރަކާއާއި ޔަމީނާ އާއި ދެކުދިން ވެގެން ފެށި މި މަސައްކަތް މިހާރުވަނީ މުޅި މުޖުތަމައު އަށް އާންމުވެ ގިނަ ބައެއްގެ ސަމާލުކަންލިބިފައެވެ. އަދި އޭގެ އިތުރުން ވޭތުވެ ދިޔަ 6 މަސް ތެރޭގައި މިހާރު އެވަނީ މި ޓީމަށް އިތުރު ދެ މެމްބަރުން އިތުރުކޮށްފައެވެ. ސާރާ ނަގާފައިވަނީ މީގެ ދެމަސް ކުރިންނެވެ. ސާރާ އާއި ދީނާ އަކީވެސް މި ވެބްސައިޓްގެ އަޕްޑޭޓްތަކަށް ބަރާބަރަށް ފޮލޯ ކުރާ ދެކުދިންނެވެ. އަދި މި ދެކުދިން ހޮވާފައިއެވަނީ އެކަމަށް ޝައުޤުވެރިކަން ހާމަކުރި އެތައް ކުދީނެއްގެ ތެރެއިން އެކި ގޮތްގޮތައް ބަލާފައި އެ މީހުންގެ މަޤްސަދު ފުރިހަމަ ގޮތުގައި ހާސިލްކުރެވޭނެ ގޮތައް އެންމެ ފުރިހަމައަށް ލިޔުންތައް ބަށްޓަންކުރި ކުދީންކަމަށް އެމީހުންނަށް ފެނުމުންނެވެ.
…………..
ދީނާ ގޭތެރޭގެ މަސައްކަތްތައް ނިންމާލާފައި ހެދުން ބަދަލުކޮށް ވުލޫ ކޮށްގެން އެނދުގައި ޖައްސާލީ ވަރުބަލިކަމުން އަވަހަށް ނިދާލުމުގެ ނިޔަތުގައެވެ. ފޯނު އެލާމް ކުރުމަށް ނެގި ވަގުތު އޭނާ އަންވާރު ޓީމަށް ކުރި މެއިލް މަތިން ކުއްލި އަކަށް ހަނދާންވުމުން އަވަސްއަވަހަށް ފޯނު ހުޅުވާލައި އޮންލައިންވެލީ ޖަވާބު ލިބިދާނެކަމުގެ ފޮނި އުންމީދުގައެވެ. އެވަގުތު ވައިބަރގައި އިތުރު ގުރޫޕަކަށް އޭނާ އެއްވެ ލާފައިވާ ވީޑިއޯ އަވަސްއަވަހަށް ހުޅުވާލީ ތެޅިތެޅި އޮތް ހިތަކާއިގެންނެވެ. ދީނާ ޓީމަށް ހޮވުނުކަން އެނގުމުން ވީ އުފަލެއްގެ ބޮޑުކަމުން ﷲ އަށް ހަމްދުކުރެވުނެވެ. އެކަމަށްއެދި ދީނާ އިންތިޒާރު ކުރާތާ މިހާރު އެތައް ދުވަހެއް ވެއްޖެއެވެ. ﷲ ގެ މަގުގައި، އެކަލާނގެ ރުއްސަވާ ކަމެއްގައި ވަގުތު ހޭދަކުރުންވާނީ ކޮންމެ މުސްލިމެއްގެވެސް ހިތުގެ ހަމަ ޖެހުންކަމުގައެވެ. ހާއްސަކޮށް ދީނަށް ދައުވަތު ދިނުމަކީ ކޮންމެ މުސްލިމަކަށް ކުރަންޖެހޭ ކަމަކަށްވެފައި އެއިންލިބޭ ސަވާބު ގުނާ އަދަދު ނުކުރެވޭނެހާ ބޮޑެވެ. އަދި އެއީ މާތްވެގެންވާ ޖިހާދެއްވެސް މެއެވެ. ވީމާ އުފާ ނުވާންވީ ކީއްވެގެން ހެއްޔެވެ؟
ކުރިއަށް އޮތްތާގައި އެ ލޮބުވެތި ޓީމު މެމްބަރުންނާއެކު ކުރެވޭނެ މަސައްކަތްތައް ހިތައް އެރުމުން އެ ވީޑިޔޯ އާއި ދޭތެރޭ ވިސްނާލެވުނެވެ. މޫނު ބުރުގާއިން ނިވާވެފައިވާ ބަރަކާ އެންމެން ތައާރަފް ކުރިއިރު ޔަމީނާވެސް ހުރީ މޫނުބުރުގާގެ ދަށޫ ނިވާވެގެންނެވެ. ސާރާ ގަޔައްދޫ، ކަޅު ހެދުމަކާއިއެކު ބޮޑުކަޅު ބުރުގާއެއް އަޅައިގެން ހުރިއިރު، ތިންކުދިންގެ އަޑުގައިވެސް ވަނީ އުފާވެރިކަމެވެ. ދީނާ ދިރިއުޅެމުންދަނީ އޭނާގެ އަމިއްލަ ރަށުގައި ކަމުން އެ ތިންކުދިންނާއި ބައްދަލު ކުރެވެން ނެތް ހިނދު ވީޑިޔޯއިން ތިން ކުދިން ފެނުމުން ބުނެދޭން ނޭނގޭ އުފާވެރިކަމަކާއި ގާތްކަމެއް އިހްސާސްވިއެވެ. އެހެންކަމުން އަވަސް އަވަހަށް އެކުދިންނަށް ރިޕްލައި ކުރަން ފެށިއެވެ.
…………..
ދީނާ އަށް ވީޑިޔޯ ފޮނުވުމަށްފަހު ބަރަކާ އަވަސް އަވަހަށް އެ ވީޑިޔޯ ސައިޓްގައި އަޕްލޯޑް ކޮއްލީ ވާހަކައިގެ ފުރިހަމަކަމުން އެއިން ލިބިދެވޭ އިބުރަތުން ވީހާވެސް ގިނަ ބަޔަކަތް ހިދާޔަތް ދެއްވުންއެދި ދުއާކުރަމުންނެވެ. ސާރާ އާއި ޔަމީނާ ކޮފީތަށި ބޯން ތިބިއިރު، ސާރާ ހަނދާންކުރަމުން އެދަނީ ދިނާއެކޭ އެއްފަދައިން އޭނާވެސް އަންވާރު ޓީމާއި ގުޅުނު ދުވަހުގެ މަތީންނެވެ. ނަމަވެސް އެ ހިޔާލުތަކުން ނުކުމެވުނީ ޔަމީނާ ވާހަކަ ދައްކަން ފެށުމުންނެވެ.
ޔަމީނާ: އެހެންވިމާ އަނެއްކާވެސް ސައިޓްގައި އިތުރު މެމްބަރަކާއިއެކު އަޕްޑޭޓްސްތައްވެސް ވާނީ އިތުރު ދޯ؟ އަލްހަމްދުލިﷲ. އެކަމް ސާރާގެ އާރޓިކަލެއް ނާންނަތާ މިހާރު ކުޑަ ދުވަސްކޮޅެއް ވެއްޖެ އެއްނު؟ ވަގުތު ނުވަނީތަ؟
ސާރާ: އިންނާނެ ވަރަށް މުހިންމު އާރޓިކަލެއް ނިންމާފަ. އިންޝާ ﷲ ދެން މާދަމާ އަޕް ކުރަންވީ. އަހަންނަށް އެންމެ އިންތިޒާރު ކުރެވެނީ ބަރަކާ ލިޔާ ހަޤީޤީ ހާދިސާ ތަކަށް.
މިފަދަ އެކި ކަހަލަ ވާހަކަތަކުގައި ތިން އެކުވެރިން ވަގުތު ހޭދަކޮއްލުމަށްފަހު އަނބުރާ ގެއަށްދިޔައީ މާ ދަންވުމުގެ ކުރިން ގެއަށް ދެވޭތޯއެވެ. ނިދަން ތައްޔާރުވެގެން ސާރާ އޮންލައިންވެލީ އޭނާގެ އެކައުންޓްތައް ޗެކް ކޮއްލުމަށެވެ. އެވަގުތުވީ ޔަމީނާ އާއި ބަރަކާ ވެސް އޮންލައިންގާ އިންވަގުތަކަށެވެ.
ޓީމް އަންވާރުގެ ވައިބަރ ގްރޫޕްތެރެއިން.
ދީނާ: އަލްހަމްދުލިﷲ. ވަރަށް އުފާވެއްޖެ ހޮވުނީތީ. ޖަޒާކައްﷲ. އަދި ވަރަށް އުފާވެއްޖެ ތި ތިންކުދިންނާއި ބައްދަލުވީތީވެސް. ރަށުގައި އުޅޭތީ ހީކުރީ ހަމައެކަނި އީމެއިލް އިންކަމަށް ވާހަކަ ދެކެވޭނީ. އެނީވޭސް. މިހާރު ވެބްސައިޓްގެ ކުރިއަށްހުރި ޕްލޭން ތަކަކީ ކޮބާބާ؟
ބަރަކާ: (ސްމައިލީ) ވެބްސައިޓްގެ ޕްލޭންތައް ފަހުން ކިޔާދޭނަން. ފުރަތަމަ ހިނގާ ޓީމް މެމްބަރުންގެ ކުޑަ ތައާރަފެއް އަރުވަން. އޭރުން ދީނާ އަށް ތަންކޮޅެއް ކޮމްފޮޓެބުލް ވާނީ ދޯ.
އަޅުގަނޑުމީ ހައުސްވައިފެއް. ގޭތެރޭގެ މަސައްކަތްތަކުގެ އިތުރުން ކުރަނީ މި ވެބްސައިޓްގެ މަސައްކަތްތައް.
ޔަމީނާ: ހެއި ދީނާ! އަހަރެން މީ ޓިއުޝަން ޓީޗަރެއް. އަމިއްލަ ގޭގައި 7،8 ގެ ކުދިންނަށް ކިޔަވައިދެނީ. އިތުރަށް ކުރާކަމަކީ މީ. (ސްމައިލީ)
ސާރާ: އަހަންނަކީ ކައުންސިލަރެއް. މަސައްކަތްކުރަނީ އަމީނިއްޔާ ސްކޫލްގަ. އެކަމު އަސްލު އެމަސައްކަތައް ވުރެ އަންވާރުޓީމްގެ މަސައްކަތްތައް މާ ޝައުޤުވެރި.
ދީނާ: އެހެންވީއިރު ދިރިއުޅުމުގެ މައްސަލަތަކަށް އާރޓިކަލް ލިޔަނީ ސާރާތާދޯ؟
ސާރާ: ޔައް. އެކަމު ދީނާވެސް ބޭނުންވާނަމަ ހަމަ ލިޔެވޭނެ. އެމީހަކު ޝައިޤުވެރިވާ ކަމަކަށް ލިޔަންވީ ހަމަ. ދޯ ބަރަކާ؟
ބަރަކާ: އެއީ ތެދެއް.
ދީނާ: ވަރަށް ޝައިޤުވެރި އަންވާރު ޓީމުގެ ހުރިހާ މަސައްކަތެއްވެސް. ދެން ސާރާގެ އަޕްޑޭޓެއް އަންނާނީ ކޮންއިރަކުން؟
ސާރާ: އިންޝާﷲ މާދަމާ. މައޟޫއަކީ ” ހިތްދަތިކަމުން އަރައިގަންނާނެ ގޮތް”.
ތިންކުދިންގެ ވާހަކަތައް ނިންމާލާ ނިދީ މާދަމާގެ ފޮނި އިންތިޒާރުގައެވެ. އާޙިރަތުގެ ބާއްޖަވެރިކަމަށްއެދި ކުރެވެމުންމިދާ މަސައްކަތްތައް ކޮންމެ ދުވަހަކުވެސް އިތުރުކޮށް، މި މަސައްކަތުން ކޮންމެސް މީހަކަށް ހިދާޔަތް ދެއްވާނެކަމުގެ ފޮނި އުންމީދުގައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.




thanks faathii v v vufaavehje thihaa avaha up koh dhiniima adhi nukiyan kiyaalaafa up kohlaanan
Maruhaba. 🙂
Adhi Nuves kiyan. But ingey reethi vaane kan. Me second dhw.. Hehe
Nyc.
Jazakallah khairan.my dear.fr uploading such valuable pieces.may allah guide us all to the right path.
Wat is this ?? Me knme ehchakas ekam vrh iburahtheri ??
v v v v v beynun ssluves ekahala teemakaagulhen gulhey negotheh egifavaanama kihineh hafhan jeheynii aduahan egothah gulheveyne teemthah hunnavaahaka ekm neyge hadhan jeheygotheh
MaaShahAllah. That’s a great desire. Ain teamehge contact hoadhain talk kollaa.
Thank you all. Keep waiting for todays part. 🙂
Iyyege baives v habeys.mi part ves v rangalhu.waiting for next
masha Allah vvv furihama mibaives
Maasha allah. Mi site ga mihaaru anna emme ibbraiyy theri reethi vaahaka . Ehen liyun therin vx mifadha vaahaka gennaane kamah ummydhu kuran
Jazakallah khair.
Thanx everyone.