Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަކުނި 17

ShaiShy Level 410 Stories100 Comments500 Comments
May 18, 2017 5 Mins Read
43 Comments

މިއަދު ގައިބާރު ދޫވެ ބަލިކަށިވެފައި ވިޔަސް އެމިހަކީ އެއްއިރެއްގައި ބާރުގަދަ ފަހުލަވާނެކެވެ. އެކަނިމާއެކަނި އެތައް ދުޝަމަނުން ތަކެއް އަންދާލި ރަސްކަލެކެވެ. އެއީ އިބްޒާގެ ފިރިމިހާ ޒައްނާރޫރެވެ. ” އަހަރެން ބެނުން ހުސްނާއާ ބައްދަލުކޮށް މާފަށް އެދެން..އަހަރެން ކުރި ކުށެއްގެ ސަބަބުން ހުރިހާ ހިތާމައެއް މިއަދު އެކުރަނީ އަހަރެންގެ ދަރިފުޅު..ޒުއްނޫރުގެ ކައިވެނި ހުސްނާއާ ނުކުރި ނަމަ މިއަދު މިވަމުންދާ ކަންތައްތައް ނުވާނެކަން ޔަޤީން..” ޒައްނާރޫރު އޭނަ އެދޭގޮތް ބުނެލީ އިބްޒާ އެކަން ކޮށްދޭނެކަމަށެވެ. އެވަގުތު އިބްޒާގެ މޫނުމަތިން ފެނުނު ހިތްހަމަނުޖެހުން ޒައްނާރޫރަކަށް ސިއްރެއް ނުވިއެވެ. އެހިނދު އެހިތައް ބަޔާން ކުރަން ދަތި ހިތްދަތިކަމެއް ލިބިގެން ދިޔައެވެ. އޭނަގެ ލޯބިވާ އަނބިމީހާއަކީ އެއްއިރެއްގައި މަޑުމަތިރި ހިތްހެޔޮ މީހަކަށް ވިޔަސް މިހާރު އެވަނީ ހަރުކަށި ކަމުގެ ދެވަނައެއް މިސާލަކަށްވެފައެވެ. ޒައްނާރޫރުގެ ހިތުގައި ހުސްނާއަށާ އީތަންއަށް ހަމްދަރުދީ އުފެދިފައިވަނީ އަމިއްލަ ކުށް އިހުސާސް ވުމުންނެވެ. ނަމަވެސް މިއަދު އޭނައަށް އެއިން މީހެއްގެ މަޢާފުވެސް ލިބެން ނެތީހެއްޔެވެ؟ މިއީ އޭނަ ކުރި ކުށުގެ ޝަޒާހެއްޔެވެ؟ އެންމެ ފަހުން އިބްޒާ އެކޮޓަރިން  ނިކުމެގެން ދިޔައީ ޒައްނާރޫރުގެ އެދުމަށް ދެކޮޅު ހަދަމުންނެވެ.  ފިރިމީހާދެކެ އިންތިހާއަށް ލޯބިވިޔަސް  ޒައްނާރޫރުގެ އެ އެދުން ފުއްދައިދިނުމަށް އިބްޒާގެ ޒަމީރު ދެކޮޅުހަދަމުން ދިޔައެވެ. ހުސްނާދެކެ އޭނަ އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. އިބްޒާ އެކޮޓަރިން ނިކުތުމާއެކު ޒައްނާރޫގެ ޚާދިމުން އެތަނަށް ހާޒިރުވިއެވެ. އެމީހުންގެ ކިބައިން އޭނަ އެދުނީ ހުސްނާ ގެނައުމަށެވެ. ޒައްނާރޫރަށް ދެން ހަމަޖެހުމުގެ ނޭވައެއް ލެވޭނީ ހުސްނާގެ ކިބައިން މަޢާފަށް އެދެވުމުންނެވެ.

 

އީތަން އެކޮޓަރީގައި ބަންދުވެފައި އިންނަތާ ހަފްތާއެއްވީއިރުވެސް އެއްވެސް މީހަކާ ބައްދަލު ކުރާނެ ފުރުސަތެއް ނުލިބުނެވެ. މިކަމާ އީތަން ކިތައްމެ ރުޅިގަދަ ވިޔަސް އަމިއްލަ ނަފުސު ކޮންޓްރޯލްކޮށްގެން ހުންނަނީއެވެ. ދުވާލަކު ހައެއްކަ ފަހަރު މިޒްކާ އެކޮޓަރިއަށް އަންނަކަމުގައި ވިޔަވެސް އީތަންގެ ހިތައް ހަމަޖެހުމެއް ނުލިބެއެވެ. މިޒްކާގެ ނެގިމަޑުވެފައި ހުންނަ ގޮތްގަނޑު އީތަންއަށް ކަމަކު ނުދެއެވެ. އޭނަ ބޭނުންވަނީ ކުރީގެ އެސަކަ މިޒާޖުގެ މިޒްކާ އެނބުރިއައުމަށެވެ. ކޮންމެ ރެއަކުވެސް ދަންވަރު މިޒްކާ އެކޮޓަރިއަށް އާދެއެވެ. އީތަންއާ  ދެމީހުން ފޫހިކަމެއްނެތި އެތައް ވާހަކައެއް ދައްކައެވެ. ކުޑައިރު އެމީހުންޖެހި ސަކަރާތެވެ. ބޮޑުވަމުން އައި ވަރަކަށް އެގުޅުން އިތުރަށް ވަރުގަދަ ވަމުން އައިގޮތާ ބެހޭގޮތުންނެވެ. ނަމަވެސް ދޭތެރެއަކުން އީތަން އަށް އުނދަގޫ ކުރާ ކަމެއް އޮވެއެވެ. އެއީ މިޒްކާ ކުއްލިއަކަށް އީތަންއާ ވަކިވީ ކޮން ސަބަބަކާ ހުރެ ކަން އޭނައަށް ނުވިސްނުނެވެ. މިޒްކާއާއި އެތައް ފަހަރަކު އެސުވާލު ކުރުމުންވެސް އެކަށީގެންވާ ޖަވާބެއް ނުލިބުނެވެ. ރޭގަނޑުގެ ބޮޑުބައި ހޭދަވަނީ އެބަހުސްގައެވެ. ފަހުން ފަހުން އައިސް މިޒްކާއަށް އީތަން ކައިރިއަށް އަންނަ ވަގުތު ދިޔައީ މަދު ކުރެވެމުންނެވެ. ސަބަބަކީ އީތަންގެ ސުވާލުތައް އިތުރު ވުމުންނެވެ. ނޭނގޭ ސަބަބަކާހުރެ އީތަންވެސް މިޒްކާއާ ދުރުވަމުން ދިޔައެވެ. އެކަމުގެ ސަބަބުން އެގުޅުންވަނީ ވަރަށް ބޮޑުތަން ހީނަރުވެފައެވެ. މިކަމާ ހުރެ މިޒްކާ ހާސްވެ ކަންބޮޑުވިޔަސް ކުރެވޭނެ މާބޮޑުކަމެއް ނެތުމުން އެކަމާ އަޅާނުލާ ހުރީ އީތަންއަށް ހަޤީގަތް އެނގޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އޭނަގެ ފަރާތުން ހަޤީގަތް އެނގިއްޖިއްޔާ އިބްޒާގެ ހުރި ނުބައިކަން ދައްކާނީ މިޒްކާގެ އެކުޑުޑަ އާއިލާއަށްކަން އެނގެއެވެ. އެހެން ކަމުން މިޒްކާ އަނގަ ބަންދުކޮށްގެން ހުރީ ރަނގަޅު ދަނޑިވަޅަކަށެވެ.

 

” ކައިޝާ” އަހަރެންނަށް އެނަމުން ތަފާތު ގޮތްތަކެއް ވާކަން އެނގޭ..އެކަމަކު އެއީ ކީއްވެ؟ ހަޤީގަތުގައި އަހަރެން އެނަން ދެކެ ރުޅިއަންނަން ޖެހޭނެ..އެކަމަކު އެރުޅި ހުންނަނީ ފަޅި ސިކުންތު ކޮޅަކަށް..މިއީ ކިހިނެއް ވާކމެއްކަން ނުވިސްނުނު ” އީތަން އަމިއްލަ ނަފުސަށް އަޑުލަމުން ދިޔައެވެ. އޭނަ ކައިޝާދެކެ އިންތިހާއަށް ނަފުރަތު ކުރަން ބޭނުންވިޔަސް މިހާރު ވާގޮތެއް ނޭނގެއެވެ. ކައިޝާ މަތިން އަބަދު ހަނދާންވެ ސިކުނޑި ހާސް ކުރުވަމުން ދެއެވެ. ގޮތް ނޭނގޭ ބާރަކުން ކައިޝާއާމެދު ވިސްނުމަށް އީތަންއަށް ބާރު ފޯރުވަމުން ދިޔައެވެ. އީތަންގެ ހިތުގައި އެތައް ސުވާލެއް ކުރިމަތި ވެފައިވިޔަސް އެއަށް ޖަވާބެއް ނުލިބުނެވެ. އީތަން ކުއްލިއަކަށް ހަނދާންވީ މީގެ ދެރޭ ކުރިން ހިނގި ހާދިސާއެކެވެ. އެރޭވެސް އާދައިގެ މަތިން އީތަން އޮތީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އެހެން އޮއްވާ ކުއްލިއަކަށް އެކޮޓަރީގެ މެދުން އޭނަގެ ބައްޕަ ފާޅުވިއއެވެ. އީތަންވެސް ސިހިގެންދިޔައީ އިވުނު ގަދަފަދަ އަޑުފަށްގަނޑަކުންނެވެ. ޒުއްނޫރުގެ މޫނުމަތިން ހާސްކަން ފެންނަމުން ދިޔައިރު އެދެލޮލުގައި ވިދަމުން ދިޔައީ ކަރުނައެވެ. ވޭނީ ހިތާމައެއްގައި ފަތަމުންދާ މީހެއްފަދައިން ޒުއްނޫރުވަނީ ވަރުބަލިވެފައެވެ. އޭނަގެ މަންމަގެ ސަބަބުން އީތަން އެވަނީ ކޮންފަދަ ބޮޑު އޮޅުންގަނޑެއްގެ ތެރޭގައި ހެއްޔެވެ؟ އީތަންގެ އެނުތަނަވަސްކަން ޒުއްނޫރު ފިލުވައިދޭން ބޭނުންވިއެވެ. އޭރުން އޭނަގެ ދަރިފުޅުގެ ހިތާމަތަކަށް ލުޔެއް ލިބި ސިކުނޑި ހަމަޖެހިދާނެއެވެ. ޒުއްނޫރު ދިއްކޮށްލީ ކުޑަފެންފުޅިއެކެވެ. “ދަރިފުޅު މިފެންފުޅިން އެތިފޮދެއް ބޯލާ..އެގޮތަށް ތިންރޭމަތިން ބޮއެ ހުސްކޮށްލާ..އޭރުން ދަރިފުޅު ބޭނުންވާ ކަންތައް ހާސިލްވާނެ..” ޒުއްނޫރު ބުނެލީ މާނަ ފުން ވާހަކަ ތަކެކެވެ. އީތަން އިތުރު ސުވާލެއް ނެތި އޭނަގެ ބައްޕަ ދިއްކޮށްލި ފެންފުޅީގައި ހިފިއެވެ. ބަލާބެލުމަށް ހަމަ އާދައިގެ ފެންފުޅިއެއްހެން ހުއްޓަސް އެއިން އީތަންއަށްލީ ހިތި ރަހައެކެވެ. އޭގެ ހިތިކަން އެތައް އިރަކަށް ކަރުބުޑުގައި ހުއްޓެވެ. އީތަން އޭނަގެ ބައްޕަ އާއި ދިމާއަށް ބަލާލިއެވެ. އެވަގުތު މޫނުމައްޗަށް އަނދިރިވިއެވެ. ފަހުން ވިގޮތެއް ނޭނގުނަސް އީތަންއަށް ޔަޤީންވާ ކަމަކީ އެފެންފުޅީގައި ހުރި ބާރަކުން އޭނަގެ ހަނދާންތައް މަޑުމަޑުން އަންނަމުންދާ ކަމެވެ. މިހާރު ދެރޭ އެފުޅިން އީތަން ފެން ފޮދެއް ބޯލައިފިއެވެ. ކުރީގެ ހަނަދާންތައް އަންނަ ވަރަކަށް ކައިޝާއާމެދު ކުރިން ހިތުގައި އޮތް ފޫހިކަމާއި ރުލިވެރިކަން ނެތެމުން ދިޔައެވެ. އީތަންއަށް އިބްޒާ ފޮނުވާ މާވެސް މިހާރު ނުލިބެއެވެ. މިކަންތަކަކީ ހައްތަހާވެސް ޒުއްނޫރުގެ ހާއްސަ އަމުރަކަށް ވަމުންދާ ކަންތައް ތަކެވެ. މިއިން އެއްވެސް ކަމެއް ނޭނގޭ ހާލު އިބްޒާ އޭނަގެ މެހެލްގައި އުޅެމުންދަނީ އެއްވެސް ފިކުރެއްނެތިއެވެ. ނަމަވެސް މިކަންތައްގަނޑުގެ ޚަބަރު  އިބްޒާއަށް ލިބޭ ދުވަހަކުން ޒަލްޒަލާއެއްވެސް އަތުވެދާނެއެވެ. ނަމަވެސް ޒުއްނޫރު އެހުރީ ހުރިހާ ކަމަކުން ސަލާމަތްވުމަށް ފިޔަވަޅު އަޅައިގެންނެވެ.

 

**

ރޭގަނޑުގެ ވަގުތެވެ. ހުސްނާ ނިދާފައި އޮތީ ނިކަން އަރާމުކޮށެވެ. ކުއްލިއަކަށް ހުސްނާގެ ދެފަޔަށް މީހަކު ދަމާލިކަހަލަ އިހުސާސެއް ވުމުން ހުސްނާ ދެލޯ ހުޅުވާލިއެވެ. ވަށައިގެން ހޯދާލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހީވުމެއް ކަމަށް ނިންމަމުން ހުސްނާ އަނެއްކާވެސް ލޯ މަރާލިއެވެ. ހަމަ އެއާއެކު ހުސްނާގެ އިސްތަށިގަނޑަށް މީހަކު ދަމާލިއެވެ. މިފަހަރު ވީތަދުން ހުސްނާގެ އަނގައިން މަޑު އާހެއް ނިކުތެވެ. ދެލޯ ތަންމިނަށް ހުޅުވަމުން ތެދުވެގެން ދެފަރާތް ހޯދާ ބަލާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހުސްނާގެ ހިތައް ބިރުވެރިކަން ވަނެވެ. އެނދުން ތެދުވެގެން ދުވެފައި ސްވިޗް ބޯޑާ ދިމާއަށް ދުއްވައިގަންނަން އުޅުނު ވަގުތު ހުސްނާގެ ދެފައިގައި ޖެހުނީ ދޮންވެލި ފަސްގަނޑެއްގައެވެ. އެސްފިޔަ ޖަހާލަމުން ހުސްނާ ބަލާލީ ކުރިމަތިން ފެންނަން އޮތް މޫދާ ދިމާއަށެވެ. އެނދުގައި އިށީނދެގެން ހުސްނާ އިނީ ތުރުތުރުލާ ހާލެއްގައެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ ހުސްނާ ނިދީ ކޮޓަރީގައެއް ނޫން ހެއްޔެވެ؟  އެނދާއެއްކޮށް  ގޮނޑުދޮށް ކައިރިއަށް ގެނައީ ކާކުހެއްޔެވެ؟ވަށައިގެން ވަނި އަނދިރިކަމެވެ. މިއީ އަނެއްކާ ކޮންތަނެއް ހެއްޔެވެ؟ ހުސްނާ ހެޔޮ އެއްޗެއް ކިޔަން އުޅެ އުޅެ އެއްގޮތަކަށްވެސް ދޫ ހަރާކަތެއް ނުކުރިއެވެ. ގަނެފައި ހުރި ބިރެއްގެ ސަބަބުން ސިކުނޑި މަސައްކަތް ކުރުން ހުއްޓާލާފައިވާ ކަހަލައެވެ. ހުސްނާގެ ދެލޮލުން ކަރުނަ ހިލުނު އިރު އޭނާ ބޭނުންވީ އަޑުގެ ކޮޅަށް ހަޅޭ ލަވާ ގަންނާށެވެ. ނަމަވެސް އެއްވެސް ހަރަކާތެއް ގެންނަން ނޭނގިފައި ހުސްނާ އިނީ ޖެހި ބުދެއް ހެންނެވެ. “ޕާޕާސްސްސް…!” ކުއްލިއަކަށް އިވުނު ގަދަފަދަ އަޑެއްގެ ސަބަބުން ބިންގަނޑަށްވެސް ލޮޅުން އަރައިގެން ދިޔައެވެ. ހުސްނާގެ މޭގަނޑު ނިކުމެދާނެހެން ހީވިއެވެ. މޫދުގެ ލޮނުގަނޑުން ބޮކިތަކެއް ކައްކާލަމުން ކަނޑުމެދުން އަރައިގެން އަންނަ ކަޅު ހިޔަންޔެއް ހުސްނާގެ ލޮލުގައި އަޅައިގަތެވެ. އުދުހިލާފައި އަންނަ އެހިޔަނި ހުސްނާގެ ގާތަށް އެއްގަމަށް އަންނަ ވަރަކަށް ކަނޑުގަދަވެ ވައިވެސް ގަދަވާން ފަށައިފިއެވެ. ހުސްނާ އުއްމީދު ކޮށްގެން އިނީ މިއީ ބިރުވެރި ހުވަފެނެއްކަމަށެވެ. ނަމަވެސް ދެތިން ފަހަރުވެސް އެސްފިޔަ ޖަހާލުމުންވެސް ކުރިމަތިން ފެންނަ މަންޒަރު ބަދަލެއް ނުވިއެވެ. ހުސްނާ އިނީ މިފެންނަ ހަޤީގަތް އެއީ އަސްލުކަމަށް ބަލައިގަންނަން އުނދަގޫ ވެފައެވެ. އީތަން ވިހޭ ފަހުން އެއްވެސް ކަހަލަ ބިރުވެރި ކަމަކާ ކުރިމަތި ނުވުމުގެ ސަބަބުން ހުސްނާއަށް ބިރު އެއީ ކޮން އެއްޗެއް ކަމެއްވެސް ނޭނގެއެވެ. ނަމަވެސް މިރޭ ކުރިމަތިވެގެން މިއުޅޭ ނާމާން ކަމުން ހުސްނާގެ ހިއްސުތައް ގަނޑުވެފައިވާ ކަހަލައެވެ. ކަނޑުން އަރައިގެން އަންނަ އެ ކަޅު ހިޔަނި ހުސްނާގެ މޫނުގައި ކިރިޔާ ނުޖެހޭހާ ކައިރިއަށް އައުމަށް ފަހު ދެލޯ ހުޅުވާލިއެވެ. އެވަގުތު އެދެލޯ ދިއްލިގެން ދިޔައީ ލޭރަތް ކުލައިންނެވެ. މުޅި ހިސާބުގައި ފަރުހަކި ވަސް ދުވަމުން ދާއިރު ބޫން އަޑު ލައްވާފައި އަންނަ ވައިރޯޅިތަކުން ހުސްނާ ބިރުން ފިއްކަނޑައިގެން ދާވަރުވިއެވެ. ދުލު ކޮޅުގައި ޒުއްނޫރުގެ ނަން އޮތް އިރުވެސް އެދޫ ހަރަކާތެއް ނުކުރިއެވެ. ކުއްލިއަކށް ހިއްސުތައް މަސައްކަތް ކުރަން ފެށުމުން ހުސްނާ އޭނަގެ ފުރާނަ ސަލާމަތް ކުރަން ބޭނުން ވިއެވެ. އެނދުން ފުންމާލައިގެން ބިއްދަށުން ފެންނަން އޮތް ވާބޯ ގަސްތަކާ ދިމާއަށް ހުސްނާ ދުއްވައިގަތެވެ. ހުސްނާގެ ފަހަތުން އެކަޅު ހިޔަނިވެސް އުދުހިލާފައި ދެއެވެ. ދެލޯ ފިޔަވާ އެއްވެސް އިތުރު ތަނެއް ވަކިކުރަން ނޭގޭ އެހިޔަނި ވަލުތެރެއިން ވަދެގެން ދިޔައީ ގަސްތަކުގެ މަތިންނެވެ. ހުސްނާ ދުވަމުން ދަނިކޮށް ގަހެއްގެ މުލުގައި އަޅާއިގަނެފައި ވެއްޓުނެވެ. ހުސްނާ އަވަސް އަވަހާ ތެދުވެގެން ދެފައި ކާއްތަމުން ދުވެފައި ކުރިއަށް ދެވޭތޯ އުޅުނެވެ. ނަމަވެސް އިތުރަށް އެންމެ ފިޔަވަޅެއްވެސް ނޭޅުނެއެވެ. އެގަހުގެ މުލެއް މިވަނީ ހުސްނާގެ ދެފައިގައި އޮޅާލާފައެވެ. ހުސްނާ ބިންމަތީގައި ދެއަތް ކާތަމުން ދިޔައެވެ. ދެލޮލުން ކަރުނަ ހުހެއް ނުވިއެވެ. ކުއްލިއަކަށް ވިދާލި ވިދުވަރަކުން މުޅިތަނަށް ކަޅުކުލައިގެ އެތައް ސަތޭކަ ހިޔަނިތަކެއް ފާޅުވިއެވެ. ހުސްނާގެ ފަހަތުން އައި ބޮޑު ހިޔަނި ބޯމަތީގައި އެނބުރެމުން ދިޔައެވެ. ދެން ސަލާމަތް ނުވާނެހެން ހީވުމުން ހުސްނާ އަޑުގެ ކޮޅަށް ހަޅޭލަވާގަތެވެ. ” ޒުއްނޫރު!” ހުސްނާގެ އެނަން އެގޮވާލީ ބަރާބަރު ވިހި އަހަރު ފަހުންނެވެ. އެނަން ދެވަނަ ފަހަރަށް ދުލުން ނުކިޔަން ހުވާކޮށްގެން ހުއްޓަސް ހުސްނާއަށް އޭނަގެ ފުރާނަ މުހިއްމެވެ. ކުރިމަތިވެގެން މިއުޅެނީ އާދައިގެ ކަމެއް ނޫންކަން ހުސްނާއަށް ވިސްނެއެވެ. ނަމަވެސް ސުވާލަކީ ޒުއްނޫރު ބުނިހެން އޭނަ އަންނާނެބާއެވެ؟

 

**

މަޖުދާގެ ބިއްދަށުގައި ނިދާފައި އޮތް ކައިޝާގެ ކައިރީގައި ކުޑަ ކަކުންޏެއް ދުވަމުން ދިޔައެވެ. އެތައް އިރަކު އެގޮތުގައި އެނބުރުމަށްފަހު އެންމެފަހުން އެކަނުނި ކައިޝާގެ ގައިމައްޗަށް އެރިއެވެ. ނިދީގެ ތެރޭގައި އޮތް ކައިޝާ ދެފަރާތަކަށް ފުރޮޅިލަމުން އަނެއްކާވެސް ސީދާ ވެލިއެވެ. ދެލޯމެރިފައި އަނގަހުޅުވައިގެން ކައިޝާއޮތެވެ. ކައިޝާގެ ގައިމައްޗަށް އަރާއޮތް ކަކުނި މަޑުމަޑުން ދުވަމުން ގޮސް ހުޅުވިފައިވާ އަނގަ ތެރެއަށްވަދެ ގެއްލިއްޖެއެވެ. ހަމަ އެއާއެކު ކައިޝާގެ ދެލޯ ހުޅުވާލިއެވެ. ލޭރަތް ކުލައިން އެދެލޯ ދިއްލިގެން ދިޔައިރު ކުއްލިއަކަށް ކޮޅަށްވެސް ތެދުވިއެވެ. ސިއްރު ފިޔަވަޅުތަކެއްގައި ހިނގާފައި ކައިޝާ އެކޮޓަރިން ނިކުމެގެން ގެއިންވެސް ބޭރަށް ނިކުތެވެ. މުޅި މަގު ފުރެންދެން ކަކުނި އޮތް އިރު އެހިސާބުގަނޑުގައި ދުވަނީ ފަރުހަކި ވަހެވެ. ކައިޝާ ހިނގަމުން ގެއާ ދުރަށް ދެއެވެ. ފަހަތުން ކަކުނިތައް އަންނަމުން ދިޔައިރު ހަނދުވެސް ވިލާގަނޑެއްގެ ނިވަލަށް ވަނީ ބިރުން ކަންނޭގެއެވެ. މަގުތަކަށް އަނދިރިކަން ވެރިފައިވާއިރު ހުސްފަޔާ ކައިޝާ ހިނގަމުންދެއެވެ. އަނގަ ހުޅުވިފައިވާއިރު ދެލޯ ވިދަމުން ދިޔައެވެ. ބޯވަނީ ހޭވިފައެވެ. “ދަރިފުޅާ…ކައިޝާ” ކައިޝާގެ ފިޔަވަޅުތައް ހުއްޓުނީ މަޖުދާގެ އަޑަށެވެ. އެވަގުތު މަޖުދާ ދުވަމުން އާދެއެވެ. ބިރުންނާއި ލިބިފައިވާ ސިހުމުން މަޖުދާއަށް ކައިޝާހުރި ހާލަތެއް ނޭނގެއެވެ. ހަމަ އެހެންމެ މަގުމަތީގައި އެތުރިގެން ތިބި ކަކުނި ތަކެއްވެސް މަޖުދާގެ ލޮލުގައި އަޅައެއް ނުގަތެވެ. ” ދަރިފުޅާ…” ކައިޝާއާއި އަރާ ހަމަވުމުން މަޖުދާ ރޮއެގަތެވެ. ކައިޝާ އޭނަގެ ކަނާއަތް އުފުލާލަމުން މަޖުދާގެ ކަރުގައި ހިފާ ބިމުން މައްޗަށް ހިއްލާލިއެވެ. އެވަގުތު ލިބުނު ޝޮކަކުން މަޖުދާގެ ނޭވާވެސް ތާށިވިކަހަލައެވެ. ކައިޝާގެ އަނގައި ދެފަރާތުން ރަތް ކުލައެއް ފޭދެމުން ދިޔައިރު ދެލޮލުގެ ކަޅިވަނީ ހުދުކުލައިގައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ShaiShy

Level 410 Stories100 Comments500 Comments

Other Articles

Previous

އެސްފިޔަ ދީނީ ކުރުވާހަކަ މުބާރާތް 1438

Next

ލޯބި އަހަރެން ވާނަމޭ (5)

Next
May 18, 2017

ލޯބި އަހަރެން ވާނަމޭ (5)

Previews
May 18, 2017

އެސްފިޔަ ދީނީ ކުރުވާހަކަ މުބާރާތް 1438

43 Comments!

  1. kayashandy says:
    May 18, 2017 at 8:46 pm

    dhigu kuraanamey kiyaafves again kurukoh up kurevuneema nihaayathah maafah edhen..as u all knw ramzaan is coming so thrs loads of works n i cudnt get much time for this..baei kudhin hithah araane knme faharaku knmes excuse ei eba buneye dhw…hhehe…ehen dha mivanee but guys de truth is vaahaka kiyaalan thinagaaa timege satheyka guna time spent veye mivarahves liyelan…hama ekani liyaanee ei noon dhw ..ethah faharakau kiyaafa editi kohfa up kuranee dn baei faharu time nuvanyaa aslu evarah proof read nuves kurevey…so my request is to appriciate de hard work dat evry writer is doing..knmme writer eives haqeegathugai v burakoh ulhemun vaahaka up mikuranee their precious time mikamah heydha kuranee hama ekani readers ge haqqugai ekan balaigathumakee v bodu edhumei…

    i hope mibai kuriviyas hurihaa kudhin like vaane kamah..thank u all abdhuves hiyyvarudheythyve v ufaavey..ummmedhu kuranee nimendhen hurihaakudhines ekugai vaane kamah..love u all

  2. Kittiy. says:
    May 18, 2017 at 8:51 pm

    V salhi…….

    1. kayashandy says:
      May 18, 2017 at 9:07 pm

      thank u kitty:)

  3. Juu says:
    May 18, 2017 at 8:55 pm

    Mi part vx varah nice…mi story ah adhi alah mi comment kurany but gavaidhn kiyan varah nice story eh mee..next part konirakn??

    1. kayashandy says:
      May 18, 2017 at 9:09 pm

      thank u juu…v ufaavejje dhimaaveema:) hope adhives dhimaavaane kamah 🙂 next part insha allah sat..keep waiting

  4. naxish says:
    May 18, 2017 at 8:56 pm

    Salhi

    1. kayashandy says:
      May 18, 2017 at 9:10 pm

      thank u:)

  5. Saandy says:
    May 18, 2017 at 9:00 pm

    WOW!! Amazing… Majudhaage nimun annaneehen heevany… Next partge inthizaaruga… Keep it up Kaya 🙂

    1. kayashandy says:
      May 18, 2017 at 9:11 pm

      vedhaane dhw..hehe..thank u saandy i really appriciate ur support..:)

  6. Luhan says:
    May 18, 2017 at 9:05 pm

    V salhi..Ekm nxt prt dhigukh genesdheythi ingey..

    1. kayashandy says:
      May 18, 2017 at 9:12 pm

      thank u luhan insha allah dhigukureveythw try kuraanan..:)

  7. Misha says:
    May 18, 2017 at 9:14 pm

    Alhey..emme reethi hisaabun thi nimmaaly..

    1. kayashandy says:
      May 18, 2017 at 9:15 pm

      hehe..misha:) keep waiting to knw wat will hpn next..

  8. Maree says:
    May 18, 2017 at 9:31 pm

    vvvv salhi kaya nubunyas ahannah engey vvvvvvvvvvvvvv busy vaanekan vguthu veevarakun up kureema nimunee konme meeehakeeves dhiriulhumah konmevesasakkathe kuraameeheh ehnveema busy vaane kan ingey dhoonyaaaaa

    1. kayashandy says:
      May 19, 2017 at 2:26 pm

      thaaaaaank u so much maree…vvv ufaaa vejje..thikahala heyo edhey reader ei libunyma v hiyyhama jehey..n i always look forward for ur comments..thanks again..:)

  9. Maree says:
    May 18, 2017 at 9:35 pm

    ekam adhi sirreh binantha this photo vvvvvvvvv reethi

    1. kayashandy says:
      May 19, 2017 at 2:31 pm

      awwnnn ehentha..aslu kurin inna pic dlt vma vaguthy gothun up kohli pic ei eii..:)

  10. Heyo edhey faraathe says:
    May 18, 2017 at 9:36 pm

    Kayashandy plz Masha mivaahaka ehko fonuva dheebala
    I can’t wait plz plz

    1. kayashandy says:
      May 19, 2017 at 2:32 pm

      dhuvaskolhakah fahu heyo edhey faraathuge commnent ei fenumun v ufaavejje..kihinei fonuvaaneeves adhi liyamun dhanee mi..hehehe..keep waiting dear..

  11. Ammu says:
    May 18, 2017 at 9:47 pm

    Vara salhi habeys

    1. kayashandy says:
      May 19, 2017 at 2:33 pm

      thank u so much Ammu..:)

  12. Anonymous says:
    May 18, 2017 at 9:56 pm

    vvvvv salhi ingey mi part.. bt plx biru nukoh dheebala ehaa bodah.. aslu biruveri vaahakaeh nuvx kiyan.. bt mi vaahaka kiyaa hiyy v… up soon.. mi varah vx up kohdhinythy thanks a lot.. waiting for another part

    1. kayashandy says:
      May 19, 2017 at 2:34 pm

      thank u so much dear..mivaahaka ehaa biruveriei nooneinnu..keep waiting..:)

  13. imagination says:
    May 18, 2017 at 10:13 pm

    itssokey.. hama gaimmuves i undersatand kaya.. v interesting <3

  14. Jjeyツ says:
    May 18, 2017 at 10:26 pm

    ??. Kaya. This is too interesting?. We understand ey. Its a hard work to write a story. And bxy vaanekan vs ingey. V happy vey aslu kiyuntherin nahtakaa tjigothaa vaguthukolheh huskohla dheytheee?. I appriciate ur hard work kaya?. Waiting for next part ingey. V salhi mibai vs??. Sat ga dho next part?

    1. kayashandy says:
      May 19, 2017 at 2:41 pm

      jj akee abadhuves varah understand vaa kiyuntheriei…n i like u for dat…keep waiting dear….btw i always love ur comments..thanks for dat..:)

  15. jummu says:
    May 18, 2017 at 10:42 pm

    One of the best story in this site ?❤️ Love it ❤️

    1. kayashandy says:
      May 19, 2017 at 2:39 pm

      awwwnnn ehentha jummu…feeling so happy,,thank u dear:)

  16. kayashandy bf says:
    May 18, 2017 at 10:50 pm

    vvvvv salhi…hope the next part will be long..and will get the answers..and save HUSNA..

    1. kayashandy says:
      May 19, 2017 at 2:38 pm

      thank u dear..insha allah will try for dat..n husnaa dhw? neyge vaane gothei keep in touch to knw more:)

  17. who am i? says:
    May 19, 2017 at 1:59 am

    WOWW Kaya vvv reethi mi part ves..?❣ waiting for nxt part??

    1. kayashandy says:
      May 19, 2017 at 2:38 pm

      thank u sooooooooooo much dear…m glad dat u liked it..:)

  18. remoo says:
    May 19, 2017 at 3:47 am

    mi part also v nice…its k kaya tyt…will wait..for the the next part …..

    1. kayashandy says:
      May 19, 2017 at 2:37 pm

      awwwwnn dear v happy vejje like veema…keep waiting:)

  19. sheen says:
    May 19, 2017 at 8:42 am

    Yes.. insha allah vaahaka nimendhen kiyaahithun kiyaanan

    1. kayashandy says:
      May 19, 2017 at 2:36 pm

      thank u sooo much sheen..:)

  20. Aarny says:
    May 19, 2017 at 6:20 pm

    wow.. varah intresting.. dhen kon irakun next part?????

  21. hhhh says:
    May 19, 2017 at 8:10 pm

    Can’t wait for the next part
    This story includes
    ☺???????????????????????
    All of them
    ???????
    Luv the story

  22. Rainy princess says:
    May 19, 2017 at 8:25 pm

    Stry vara reethi…I understand midhuvaskolhu buxy vaane kan..kaya ah vaguthu v varakun up koh dhineema ragalhuvaane.. waiting for sat ??

  23. supporter eh says:
    May 23, 2017 at 2:24 am

    It’s ok.. we can understand that people will be busy.. and thanks for updating the story… and yeah with a small time also you make such a good story with so amazing imagination.. I really love it.. wish you all the best in future too..

  24. lil grl says:
    May 23, 2017 at 4:51 pm

    woww <3

  25. Layaa says:
    May 24, 2017 at 9:24 pm

    Vvvvv salhi

  26. Ethan says:
    May 30, 2017 at 1:04 pm

    WooaaW <3

Comments are closed.

Next Episodeކަކުނި 18←


All Right Reserved!