އާދުވަހަކަށް އިރު އަރައިގެން އައި އިރު ރާއްޖޭގެ މީހުންގެ ހިތްތަކުގައި ބިރުވެރިކަން ވިއެވެ. ޔުސްރާއާއި އަލާނިޔާވެސް ހެނދުނު ހޭލައިގެން އެންމެ ފުރަތަމަ އަހަން ޖެހުނު ހަބަރަކީ އިތުރު މީހެއް މަރާލައިފާވާކަމަށް ބުނާ ހަބަރެވެ. އެވަގުތު ދެމީހުންގެ ހިތުގައިވެސް ބިރުވެރި ކަމުގެ ރާޅެއް ދަތުރުކޮށްލިއެވެ. އެންމެފުރަތަމަވެސް އަލާނިޔާ ގުޅާލީ މުލައިލްއަށެވެ. ދެ ރިންގާއެކު މުލައިލްވެސް ފޯނުނެގިއެވެ. އަދި އަލާނިޔާ އެއްޗެކޭ ބުނުމުގެ ކުރިން ޔުސްރާ އާ ދެމީހުން ރަނގަޅުތޯއެއްސެވެ. އަލާނިޔާއަށް މުލައިލް ސަލާމަތުން ހުރިކަން އިނގުމުން ފޯނު ބޭއްވުމަށްފަހު […]
މަންމާ…!!” މާދުރުން އިވުނީ ބަރު ފިރިހެން އަޑެކެވެ. އެވަގުތު އެދިމާއަށް ދުވެފައި އަންނަމުންދާ ޒިއަދަން ފެނި އިތަން ހާސްވިއިރު ހުސްނާ އެއްފަހަރު ޒިއަދަންގެ މޫނަށް ބަލާލަމުން އަނެއްފަހަރު އީތަންގެ މޫނަށް ބަލާލިއެވެ. ޒިއަދަން ދުމެއްޖަހާފައި އައިގޮތަށް އޭނަގެ މަންމަ ބިމަށް ތިރިވުމުގެ ކުރިން ހިފަހައްޓާލިއެވެ. އީތަން އެދިމާއަށް ބަލަހައްޓައިގެން ހުރީ ޒިއަދަންގެ ހާލަތަށް ހަމްދަރުދީވެހުރެއެވެ. ޒިއަދަން އިސްއުފުލާލަމުން އީތަންއާ ދިމާއަށް ބަލާލިއިރު ދެލޯ ދިއްލިފައިވަނީ ލޭރަތް ކުލައިގައެވެ. ޒިއަދަންގެ ސިފައަށް ބަދަލު އަންނަމުން ދިޔައިރު ހުސްނާ ހުރީ […]
“މިދިޔަ އަހަރު މެލޭގަ އުޅުނީ..އަމް.. ސައިކޯޕާތް ބިހޭވިއާ އެގްޒަމިނާއަކަށް. މިހާރު ނުކުރަން ކަމެއް. މާލޭގަ އެކަހލަ މީހުން އުޅޭކަމެއް ނޭންގެ..ހެހެހެ” އެވަގުތު އެތާތިބި އެންމެންގެ މޫނުންވެސް ފެނުނީ ތަފާތު ކުލަވަރެކެވެ.”ކިހިނެއްވީ.. އަނެއްކާ އެކަހަލަ މީހަކު ދަންނަނީތަ” ހާޝިރް ސުވާލު ކޮށްލުމުން ކޮންމެ މީހަކުވެސް ވަރަށް ނުވާ ކަމަށް ހަދައިފައި ހޭންފެށިއެވެ. ހާޝިރްވެސް އެހުނުމުގައި ބައިވެރިވިއެވެ. އަލާނިޔާ އެ ގޭގެ ތެރެއަށް ނަޒަރު ހިންގާލިއެވެ. އެކިތަންތަން ބަލަމުން ދިޔައީ ޖާސޫސެއް ހެނެވެ. ފަހަރަކު ކޮޓަރިއެއް ބަލަމުން ދިޔައިރު ކޮންމެ […]
ލިބުނު ސިހުމުގައި މުލައިލްއަށްވެސް ފަހަތަށް ޖެހިލެވުނެވެ. ޔުސްރާއަށް އެއީ އަލާނިޔާ ކުޑައިރުކަން ނަގައިގަނެވުނު އިރު އެންމެންވެސް ތިބީ ހާސްކަމާ ބިރުވެރި ކަމެއްގެ ތެރޭގައެވެ. މުލައިލް ވެސް މެއެވެ. ބޮކި ދިއްލުނީ މުލައިލްމެންގެ ޓީމުގެ ބަޔަކު ކުރި ނުހަނު ބުރަ މަސައްކތުންނެވެ. އޭރު އެތާ އިތުރު މީހެއް ނެތަސް ކުރިންއެ ނުބައި މީހާގެ އަތުގައި އޮތް ބުދުގައި ވަނީ ވަޅީ އަޅާ އެމުޅިއެތި ހަލާކުކޮށްލާފައެވެ. އެ އެންމެންތައް އެތަނުން ނިކުތީ މާޔޫސްވެ ހުރެއެވެ. “މިއަދުވެސް އެހެރީ އެކުޑަ ކުއްޖާގޮތަށް. […]
މިއަދު އިރުއެރީންސުރެ ޔަމީނާ ހުންނަނީ ހިތްއަވަސްވެފައެވެ. ބުނެދޭން ނޭނގޭ ކަހަލަ އުފާވެރިކަމެއް ހިތުގައި ހިނގާއިރު، މޫނުމަތިން ރަކި ހިނިތުންވުމެއް ފެނެއެވެ. ވާނީވެސް އެހެންތާއެވެ. އޭނާގެ ހިތުގައި ނަވާލުގެ ޚިޔާލުތައް ރަސްކަންކުރަމުން އެ ދަނީ ވަކި އިރެއް ބަލާފަކާ ނޫނެވެ. ނަމަވެސް އޭނާ މަސައްކަތްކުރަމުން އެދަނީ މޫނުމަތިން އެއިން އެއްވެސް ކަމެއް އެހެން މީހަކަށް ފާހަގަވިޔަނުދީ ވޭތޯއެވެ. ނާދިރާއަށް އޭނާގެ އެންމެ ހަގު ދަރިފުޅުގެ މޫނުމަތީގައި އެވާ އުފާވެރިކަން ފާހަގަކުރެވުނު ނަމަވެސް ޔަމީނާ އިތުރަށް ލަދު ނުގަންނުވަން ނޭނގޭ […]
“ނާސް އެކަހަލަ ކަމެއް ނުކުރާނެ.” “ވާން ޤަބޫލުނުކުރިޔަސް އެއޮތީ އެކަން ވެފައެއްނު. ހުރިހާ ކަމެއް ފެނުނީމަވެސް އެކަން ޤަބޫލުކުރާކަށް ނޫޅޭ. ވަރުގަދަ ލޯތްބެއް ތިވަނީ.” ރުކާން އެހެން ބުނެލުމުން މިއުވާން ގާތަށްވެސް ރުޅިއައެވެ. “ރުކޫވެސް އަހަރެންނާ ތިގޮތަށް ތިވާހަކަ ދައްކާކަށް ނުޖެހޭނެ. އަހަރެންނަކަށް ނުވިސްނޭ ރުކޫ ނާސްދެކެ ތިހާ ރުޅިއަންނަންޖެހޭ ސަބަބެއް. އަހަރެންނަށް މިހާރު ހީވާކަހަލަ ރުކޫގެ އަތެއްވެސް މިކަމުގަ ވެޔޭ.” މިއުވާން އައިސްފައިވާ ރުޅީގައި ބުނެވުނެވެ. “ވަޓް!!؟ ތިބުނަނީ އަހަރެންނޭތަ އިއުނާސް މަރާލީ!!؟ ރުކާންއަށް ލިބުނު […]
އަހަރެންނަކީ ބައްޕައެއްގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. އާއެކެވެ. އަހަރެންނަކީ ބައްޕަގެ ރީނާއެވެ. އަހަރެންގެ ހުރިހާވެސް މީހަކީ ބައްޕައެވެ. އަހަރެން އުމުރުން ތުއްތު އިރު އަހަރެންގެ މަންމަ ވަނީ އަހަރެންނާ އަހަރެންގެ ބައްޕަ ދޫކޮއް ފިލާފައެވެ. އަހަރެން ގެ މަންމައެ ނެއް ކަމަކު، އަހަރެންގެ ބައްޕަ އަހަންނަ އެކަން އިހުސާސް ވިޔަކަ ނުދެއެވެ. ބައްޕަ އަހަންނަ އެހާވެސް ލޯބި ދެއެވެ. އަހަރެން ހޭދަކުރަމުން މި ދަނީ އުފާ ވެރި ދުވަސް ތަކެކެވެ. ދުވަހަކު ހިތާމަޔަކާ ކުރިމަތި ނުލާމީހެކޭ […]
“ނުގަންނާނެ.” “ޔަޤީންތޯ؟” މިޝްކާ ސުވާލު ތަކުރާރުކޮށްލިއެވެ. ރުކާން ބޯޖަހާލުމާއެކު މިޝްކާ ލޯމަރާލިއެވެ. އެޔާއެކު އޭނާގެ ގަޔަށް އާދަޔާ ޚިލާފު ބާރުގަނޑެއް އަރާފައި އޭނާގެ ހަށިގަނޑުން ރަންކުލައިގެ ވިދުމެއް ފާޅުވިއެވެ. ބަލަބަލާ ހުއްޓާ ކަރުން ފެށިގެން ހެދުންވެސް ރަންކުލައިގެ މުޅިން އެހެން ޑިޒައިނަކަށްވާ ކަކުލާއި ހަމައަށް ހުރި ހެދުމަކަށް ބަދަލުވިއެވެ. ދެން ބުރަކަށިން މަޑު ދިލައެއް ނަގާފައި ލޭސްކޮޅެއްފަދަ ރަންކުލައިގެ ދެ ވަރަގަނޑު ފާޅުވީ ހިނދު އެދެލޯ ރަންކުލައިން ދިއްލިގެން ދިޔައެވެ. ފެންނަމުންދިޔަ މަންޒަރުގެ ސަބަބުން ރުކާންގެ ބޮލަށް […]
ދަތުރު ދިގުވެ ކުއްލިއަކަށް ލޯންޗުގެ މިސްރާބު އެހެން ދިމާއަކަށް އަނބުރާލައިފިއެވެ. ލޯންޗުގެ ކެޕްޓަންގެ އެއްވެސް އިޚްތިޔާރެއް އެކަމުގައި ނެތްކަހަލައެވެ. އޭނާވެސް އިނީ ގޮތް ހުސްވެފައެވެ. އޭނާ ދަތުރު ފެށީ ހުރައަށް ދާށެވެ. ނަމަވެސް ލޯންޗުގެ ވަށައިގެން އެރި ދުންތަކާއެކު ލޯންޗުގައިހުރި ޖީޕީއެސް ނިވުނުފަހުން އޭނާއަށް މިހާރު ލޯންޗު ދަތުރުކުރަމުން މިދަނީ ކޮންތާކަށްކަމެއް ނޭނގެއެވެ. އޭނާ އެކަން އެހެންމީހުންނަށް އަންގަން މަސައްކަތްކުރި ނަމަވެސް އޭނާގެ ދޫ ހަރަކާތެއް ނުކުރިއެވެ. ކުޑަމިނުން އެމީހުންނާ ދިމާއަށް ބަލާވެސްނުލެވުނެވެ. ހީވަނީ އިންތަނަށް ގަނޑުވެފައި […]