ކުއްލިއަކަށް އެކޮޓަރިތެރެ ރަތް ކުލައިން ދިއްލިގެން ދިޔައެވެ. އީތަން ފަހަތް ބަލާލިއެވެ. ރޭނގަޑެއްފަދަ އަނދިރިކަމަކުން ކަޅުވެފައިވާ މޫނެއްގެ ވެރި އަންހެނަކު އެކޮޓަރީގެ މެދުގައި ހުއްޓެވެ. ހުދު ފަށުވިކޮޅެއްފަދަ ދިގު އިސްތަށިގަނޑު ވަޔާ ވިހުރެމުންދިޔައިރު ދެފައި ބިންމަތީގައި ނުޖެއެހެވެ. އެމިހާގެ ދެލޯ ލޭރަތް ކުލައިން ދިއްލިގެން ދިޔައިރު އިސްކޮޅުން ދިގުކަމުން ސީލިންގުގައި ކިރިޔާ ނުޖެހޭ ކަމެވެ. އެމީހާއާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު އީތަން ގުދުވެލަމުން ކަރުބުޑުން ހަޅޭލަވާގަތެވެ. އެވަގުތު އީތަންގެ އަނގައިން އަލިފާންކަނި ބުރައިގެން ދިޔައެވެ. އިސާހިތަކު […]
ހުދު ކުލައިގެރީތި ވެޑިން ޑްރެސްގައި ލުއި މޭކަޕެއްގައި ޝަނާޔާގެ ރީތިކަންވަނީ ދެގުނައަށް އިތުރު ވެފައެވެ. ޑްރެސިން ޓޭބަލްގެ ކުރިމަތީގައި އަލަތު ކައިވެންޏަށް ތައްޔާރުވެގެން އިން ޝަނާޔާގެ މޫނުމަތީގައި ވަނީ ނުތަނަވަސް ކަމެވެ.އޭނާގެ ހަށިގަނޑުން އެއްބައި މަދުވެފައިވާ ކަހަލައެވެ.އެހިތަށް ލުޔެއް ލިބޭތޯ ވެސް ވާހަކަ ދައްކާނީވެސް ކާކު ގާތު ކީކޭ ކިޔާފަކަމެއްވެސް އޭނާ އަކަށް ނޭނގެއެވެ.އިނގޭހާވެސް ކަމަކީ އޭނާގެ ހިތުން ބައެއް މަދުވާ ކަމެވެ.އަދި ޔާނިޢުގެ ލޯބިން ޝަނާޔާގެ ހިތް ނުފުރޭ ކަމެވެ. “ޖިއާން ދަރިފުޅާ!މަންމަ މިއައީ ދަރިފުޅު […]
“އާލް..ދެން ކިހިނެއް އަހަރެމެން ހަދާނީ..މުލް މެން ކާރިއަކުވެސް ނުބުނެވޭނެ. އަހަރެމެންވެސް އެގޮތަށްތަ މަރުވެގެން ދާނީ..ނޫން އާލް…ނޫން…އެއީ އަޅެ ކޮންކަހަލަ މީހެއް. އިންސާނުންތަކެއް ނޮޅާލައިގެން އެކި ގުނަވަންތަކޭ އެކަނީ..އާލްގެ މަންމަ އާ ބައްޕަވެސް.. ދެން އަހަރެމެން…ނޫން އާލް.. އަހަރެން ބޭނުމެއް ނޫން މިހެން ވާކަށް އަހަރެން ބޭނުމެއް ނޫން އާލްއާ ވަކި ވާކަށް އަހަރެންގެ މަންމަ….ވެސް..ނޫން……!!!!!” ރޭގަނޑުގެ އެ ހަމަހިމޭން ވަގުތުވެސް އަހަރެމެންގެ ބިރުވެރިކަން ވަނީ އިންތިހާއަށް ގޮސްފައެވެ. އެންމެން އެންމެ ހިތްހަމަ ޖައްސާލައިގެން ނިދާވަގުތު އަހަރެމެން ދެމީހުންގެ […]
ޝަނާޔާ ގޮސް ފެންފުޅިއެއް ހިފައިގެން ކޮޓަރިއަށް ވަދެ ދޮރު ތަޅުލި އަޑަށް އެނދުގައި އިށީނދެލައިގެން އިނދެ ފޯނާއި ކުޅެން އިން ޔާނިޢުއަށް ސިހިފައި ޝަނާޔާއަށް ބަލައިލެވުނެވެ. ޝަނާޔާ މަޑު ހިނގުމެއްގައި ގޮސް ފެންފުޅި ޑްރެސިން ޓޭބަލް މަތީގައި ބެހެއްޓުމަށްފަހު އައިސް ޔާނިޢުގެ ގާތުގައި އިށީނެވެ.މިރޭ ޔާނިޢު ޝަނާޔާގެ ކައިރީ މަޑުކުރުމުން އޭނާގެ ހިތަށްވަނީ ލުޔެއް ލިބިފައެވެ.ޔާނިޢު އެދެމެދުގައި އޮތް ބާލީސް ނަގާ ޝަނާޔާއާއި އިތުރަށް ކައިރި ވެލާ ޝަނާޔާގެ ގައިގައި ލޯބިން ބައްދާލީ އެހިތުގައިވާ ހިތާމަތަކަށް ކުޑަނަމަވެސް […]
އާލިޔާ ލޯގަނޑު ކުރިމަތީ ހުއްޓިގެން ހުރެ މުޅި ހަށިގަނޑަށް ނަޒަރު ހިންގާލިއެވެ. މިއީ އާލިޔާ އަށް އެންމެ ކަމުދާ “ހެއަރ ޖެވެލް” ކިޔާ ވަށްތަރުގެ ހެއަރ ސްޓައިލެކެވެ. ރޯސް ޕްރިންޓެޑް މިކާޑޯ ކުރު ހެދުމެއް ލައިގެން ހުރިއިރު މުޅި މީހާ ފެންނަމުން ދިޔައީ ރީތި ފުރިހަމަ ހަނދެއް ފަދައިންނެވެ. މޯޑް އިނީ ދަހި ބުޅަލެއް ބަލާ ފަދައިން އާލިޔާ އާ ދިމާއަށް ބަލަހައްޓައިގެންނެވެ. މޯޑްގެ ތައުރީފުތަކާއެކު ކާރު މިސްރާބުޖެހީ މޯޑުގެ ފަސްތަރީގެ ޖުންޑެލި ގެސްޓް ހައުސްއާ ދިމާއަށެވެ. […]
ސްކޫލަށް ކިޔަވައިދޭން ދިޔަ ފުރަތަމަ ދުވަސްކަމުން އެދުވަހު އެއްވެސް ފިލާވަޅެއް ކިޔަވައެއް ނުދެއެވެ. އެދުވަހު އޮތީ ތަޢާރަފްވެ ކުދިންނާ ގުޅުން ބަދަހިކުރުމެވެ. އާ ޓީޗަރަކަށްވުމުން ހުރިހާ ކުލާހަކުންވެސް ލިބިގެން ދިޔައީ ހޫނު މަރުހަބާއެކެވެ. މިއުވާންއަކީ ގިނަ ކުދިންތަކެއް ދަންނަ މީހަކަށްވުމުން އެކުދިންނާ ގުޅުން ބަދަހިކުރާކަށް އެހާ އުނދަގޫ ކަމަކަށް ނުވިއެވެ. އޭނާއަކީ ސާނަވީ ގްރޭޑްތަކަށް ދިވެހިބަސް ކިޔަވައިދޭން އައި ޓީޗަރެއްކަމަށްވެފައި ކުދިންނާ އެހުންނަ ގާތްކަމަކުން ހުރިހާ ކުދިންވެސް ތިބީ ނުހަނު ގަޔާވެފައެވެ. ސްކޫލުން ނިމިގެން މިއުވާން ގެއަށް […]
” އީތަން!..” ދެލޯ ހުޅުވާލަމުން ކައިޝާ އެންމެ ފުރަތަމަވެސް ގޮވާލީ އީތަންއަށެވެ. ކަނު އަނދިރިކަމުން ތަނެއް ދޮރެއް ވަކިނުވާއިރު ބިރުން މީހާ ތުރުތުރުލަމުން ދިޔައެވެ. ކައިޝާ ދުވެފައި އެއަނދިރި ކޮޓަރިން ނިކުމެގެން ބޭރަށް ދުއްވައިގަތްވަގުތު މީހެއްގެ ގައިގައި ޖެހިފައި ވެއްޓެން ދިޔައެވެ. ނަމަވެސް އެމިހަކު ހުށިޔާރު ކަމާއެކު ކައިޝާ ނަގާ ސީދާކޮށްލިއެވެ. ކައިޝާ އެމީހާގެ މޫނަށް ބަލަހައްޓައިގެން ހުރީ ޤަބޫލުކުރަންދަތިވެފައެވެ. “މަންމާ!..ކިހިނެއްމިތާ؟..ކާކު މަންމަ މިތަނަށް ގެނައީ؟..ޔަޤީނޭ އެއީތަންކަން..ވަރަށް ނުލަފާ މީހެއް އެއީ…” ކައިޝާ ރޮއެގަންނަމުން މަޖުދާގެ ގައިގާ […]
ޔާނިޢު ކިތަންމެ ޝަނާޔާ ހިތުގައި ސުވާލު އުފެދިދާނެ ކަމެއް ވިޔަ ނުދިނުމަށް މަސައްކަތް ކުރަމުން ދިޔަޔަސް އޮފީހަށް އައިސް ވަނީއްސުރެ ޝަނާޔާގެ ނަޒަރު ހޯދަމުން އެދަނީ ފަރަހާއެވެ.ފަރަހާ އެއްފަހަރުވެސް ޝަނާޔާއަށް ގޮވާލަން ހޮސްޕިޓަލަށްވެސް ނާދެއެވެ.އަނެއްކޮޅުން ފަރަހާގެ ކެބިންގައި އެއިނީވެސް މީގެ ކުރިން ޝަނާޔާ ދަންނަ ކުއްޖެއް ނޫނެވެ.ފަރަހާގެ ފޯނަށްވެސް ގުޅުނު ވަރެއްވެސް ނޭނގެއެވެ.ކުއްލިއަކަށް އެއީ މިހާރު ބޭނުންކުރާ ނަންބަރަކަށް ނުވާންވީ ސަބަބެއްވެސް ނޭނގުނެވެ. ޝަނާޔާގެ ސިކުނޑިއަށް ބާރުކުރަމުން ދިޔަލެއް ބޮޑުކަމުން އޭނާއަށް ދެއަތުން ބޮލުގައި ހިފަހައްޓައި ލެވުނެވެ.އެވަގުތު […]
“މިހުރީ ކިހިނެއްވެފަ؟” މިއުވާން ހައިރާންކަމާއެކު އަހާލިއެވެ. އެޔާއެކު ރުކާންއަށް ލިބުނު ހައިރާންކަން މާބޮޑެވެ. “ކިހިނެއްވީ؟” ރުކާންއަށްވެސް ހައިރާންކަމާއެކު އަހާލެވުނެވެ. “މިތަން މިހުރީ ފިހިފަ ކަހަލަ ގޮތަކަށް.” ރުކާންގެ ކަނދުރާއިން ފިހިފައިވާ ތަންކޮޅުގައި އަތް ޖައްސާލަމުން މިއުވާން ބުނެލިއެވެ. ރުކާންއަށް މަޑު އާހެއްގެ އަޑު ލައްވާލެވުނުއިރު އޭނާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައީ ހިތަށް ވެރިވި ޚިޔާލަކުންނެވެ. “ފިހިފައޭ!! އެކަމަކު ކީއްވެ ތިތަން ފިހެންވީ؟” ރުކާންއަށް މިހާރު ކޮންމެވެސް އެއްޗެއް އެބަ ހީވެއެވެ. މިކަމާ އޭނާގެ ހަޔާތުގެ […]