ދޯނިގޮސް ހުރަސްފަރަށް ލެފުމާއިއެކު ޔާނިޢު ޝަނާޔާއަށް ގޮވާލުމުން މަޑުމަޑުން ދެލޯ ހުޅުވާލުމަށްފަހު ކުރިމަތީގައި ފެންނަން އޮތް ރަށަށް ބަލައިލިއެވެ.މަލަމަތި ފެންނަލެއް ހިއްގައިމު އެ ރަށަށް ބަލައިލުމުން ޝަނާޔާގެ ހިތަށް ވެރިވެގެން އެދިޔައީ އެ ރީތި ތުނޑިމަތީގެ ކޮންފަދަ ކުލަނުވާ ހަނދާންތަކެއް ހެއްޔެވެ؟
ޔާނިޢު ޝަނާޔާ އަތްދަނޑި މައްޗަށް ނަގައިގަނެގެން ގެންގޮސް އަތިރިމަތީގެ ރީތި ދޮންވެލި ގަނޑު މަތީގައި ބެހެއްޓިއެވެ.ހުރިހާ ފިރިހެން ސްޓާފުންވެގެން ދަތުރަށް ގެނައި އެއްޗިހި ދޯނިން ބޭލުމަށްފަހު ޕިކްނިކްގެ މަޖާ ނަގަން ފެށިއެވެ.އަންހެން ވެރިންނާއި ފިރިހެންވެރިން ދެބަޔަކަށް ބެހިލާފައި ފައިގަތަޅާ ކުޅެމުންދިޔަ އިރު ޝަނާޔާ އިނީ ދޮންވެލިގަނޑުމަތީ ވެލި ފުރާނަ ފުރާނައެވެ.ބައްޕަ ގުޅައިގެން ފޯނުގައި ހުރި ޔާނިޢު އިރުކޮޅަކާ ޝަނާޔާއަށް ބަލައިލައެވެ.
ފޯނު ނިންމާލާފައި ލައިގެންހުރި ސޯޓުގެ ޖީބަށްފޯނު ލަމުން އައިސް ޔާނިޢު ޝަނާޔާއަށް އަތްދިއްކޮށްލިއެވެ.ޝަނާޔާ ދެއަތް ފޮޅާލުމަށްފަހު އެ އަތުގައި ހިފައިގެން ތެދުވެ ދެމީހުން އެކުގައި ތުނޑިއާއި ދިމާއަށް މިސްރާބު ޖެހިއެވެ.މިއީ ޝަނާޔާ ޔާނިޢުއާއި އެކު މިކަހަލަ ދަތުރެއް އައި ފުރަތަމަ ފަހަރެވެ.ޔާނިޢު ޝަނާޔާގެ އުނަގަނޑުގައި ފަހަތުން ގެންގޮސް އަތް އަޅުވާލައިގެން ހިނގަމުން ދިޔައިރު ޝަނާޔާގެ ހިތަށް އުފާވެރި އިޙްސާސްތަކެއް ކުރެވެމުން ދިޔައެވެ.މިފަދަ ހިތްގައިމު މާޙައުލެއްްގައި ޔާނިޢު އާއި އެކުގައި ވުމުން އޭނާ އެންމެ ފުރަތަމަވެސް ބޭނުންވީ މިވަގުތުކޮޅު ފޮޓޯއެއްގައި ގައިދު ކޮށްލާށެވެ.އެހެންވެ މައްޗަށް ފޯނު ދިއްކޮށްލުމަށްފަހު ޔާނިޢުގެ މޫނާއި މޫނު ކައިރި ކޮށްލަމުން ރީތި ހިމުން ދޮންވެލިގަނޑު މައްޗަށް ބީއްސަމުން ދިޔަ ރާޅުތައް އަރާނެހެން ހިތްހަމަ ޖެހޭވަރަށް ސެލްފީ ނެގިއެވެ.ޝަނާޔާ އުޅޭގޮތް ފެނި ޔާނިޢުގެ މޫނުމައްޗަށް ފުޅާ ހިނިތުން ވުމެއް ވެރިވިއެވެ.ޝަނާޔާއަށް ލިބިދެވޭ ކޮންމެ ހިންހަމަ ޖެހުމަކުން ޔާނިޢުގެހިތް ފުރިގެން ބަންޑުން ލާހާވެސް ވެއެވެ.
އެރީތި ހުދު ދޮންވެލިގަނޑު މަތީ ދެމީހުން އިށީނދެލީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްޓަކައެވެ.ޖެހެމުންދިޔަ ފިނިފިނި ވައި ރޯޅިތަކުން ޔާނިޢުގެ ބޮލުގެ އިސްތަށިތައް ނަށަމުން ދިޔައިރު ޝަނާޔާގެ ހަށިގަނޑުގައިވާ ލޯލިތައްވެސް އިޙްތިޖާޖު ކުރަމުން ދިޔައީ ވަމުންދިޔަ ފިނިކަމަކުންނެވެ.ތުނޑިމަތީގެ ހިތްގައިމު ކަމުން އެތަނުގައި ތިބެ ވަގުތު ހޭދަވެގެން ދިޔަ ގޮތެއްވެސް ނޭނގުނެވެ.ދެމީހުން އެނބުރި ދިޔުމަށް ހިނގައިގަތީ މެންދުރު ވާން ކައިރިވެފައި ހުއްޓައެވެ.
ރާޅުޖަހާ ހިސާބުން ހިނގާލާފައި ފައިވާން އަތަށް ނަގައިގެންއައި ޝަނާޔާގެ ފަޔަށް ތޫނު އެތިކޮޅެއް ހެރިގެން އޭނާގެ އަނގައިން މަޑުމަޑު އާހެއް ނިކުތުމުން ޔާނިޢު އަވަސް އަރުވާލައިފައި ޝަނާޔާގެ ދަށް ފަޔަށް ހެރިފައި އިން ކުޑަކުޑަ އަކިރި ގާކޮޅު ނައްޓުވާލަމުން އޭނާގެ އަތްދަނޑި މައްޗަށް ޝަނާޔާ ނަގައިގަތެވެ.ޔާނިޢުގެ އެ އޯގާތެރި ލޯބިވެތި ޢަމަލުން ޝަނާޔާއަށް މިފަހަރު ކުރެވުނީ ތަފާތު އިޙްސާސެކެވެ.އޭނާގެ ލޯމައްޗަށް ސިފަވެގެން ދިޔައީ ކޮންމެވެސް އިރެއްގެ އުފާވެރި ހަނދާންތަކެކެވެ.ހަމަ އެ ރީތި ތުނޑިމައްޗެވެ.މިފަދަ ގޮތަކަށް ،ނަމަވެސް އޭނާއާއި އެކުގައި އެވާ ޒުވާނާއަކީ ކާކު ހެއްޔެވެ؟ނޫނެކެވެ.މިއީ ޝަނާޔާއަށް ހީވާ ހީވުމަކަށް ނޫނީ ނުވާނެއެވެ.މިރަށާއި ގުޅިފައިވާ ހަނދާންތަކެއް ރައްކާކުރެވިފައި ހުރީހީ މީގެކުރިން މިރަށަށް ދުވަހަކުވެސް އައިނަމަ ނޫން ހެއްޔެވެ؟
ޝަނާޔާމެންނަށް ނިޢުމާމެން ކައިރިއަށް އާދެވުނުއިރު މުޅިތަނުގައިވަނީ މެންދުރުގެ ކެއުމަށް ތައްޔާރު ކޮށްފައިވާ މަސްބަތްގަނޑުގެ މީރު ރަހަ ހިފާލާފައެވެ.ކައިނިމިގެން އައިމަންމެން މަސްހިފަން ދާގަނޑު ހިފައިގެން ފުއްޓަރު ފަރާތަށް ދިޔައިރު ޔާނިޢުވެސް ހުރީ ދާން ބޭނުންވެފައި ނަމަވެސް ޝަނާޔާއާއި ވަކިވެގެން ދާން ހިތް ނުރުހުނީތީ ޝަނާޔާގެ ގާތުގައި މަޑުކުރަން ނިންމިއެވެ.އެކަމަކު ޝަނާޔާއަކަށް އެގޮތެއް ކަމަކުނުދިޔައެވެ.މަސް ހިފުމަކީ ޔާނިޢު އެހާ ކުރާހިތްވާ ކަމަކަށްވާއިރު އެހެން މަޖާކޮށްލަން ލިބޭ މަދުފުރުސަތެއް އޭނާގެ ސަބަބުން ދޫކޮށްލިޔަދޭން ބޭނުން ނުވާތީ އެމީހުންނާއިއެކު ޔާނިޢު ދިޔުމަށް އެއްބަސް ކުރުވިއެވެ.އޭރު ނިޢުމާމެން އެންމެން ތިބީ މޫދުގައެވެ.ޔާނިޢު އަވަސް ގޮތަކަށް މޫދުގައި އެކަކު އަނެކަކު ގަޔަށް ފެންޖަހާ ސަކަރާތް ޖަހަމުން ދިޔަ އަންހެން ސްޓާފުންނަށް ބަލައިލުމަށްފަހު ޝަނާޔާގެ އަތުގައި ހިފައިގެން ގޮސް ކައިރީގައި ހުރި މަގޫގަސް ތަކުގެ ތެރެއަށް ވަދުނެވެ.ޔާނިޢުގެ އެ ކުއްލި ޢަމަލުން ޝަނާޔާއަށް ހުރެވުނީ އަނގަހާވެފައެވެ.ޔާނިޢު ބަލާކަށް ނުހުރެ ގެނައި އަވަސް ހަރަކާތަކާއިއެކު ޝަނާޔާގެ ގައިގައި ނުހަނު ލޯބިން ބައްދާލިއެވެ.ޔާނިޢުގެ އޮބިނޯންނަ ހިތުގެ އިހްސާސް ކުރެވެމުންދިޔަ ޝަނާޔާގެވެސް ނޭވާ އަވަސްވެ އެދުންވެރިކަމެއްގެ ބޮކި ހިތުގައި ދިއްލުނެވެ.ޔާނިޢު ޝަނާޔާއާއި ތަންކޮޅެއް ދުރުވެލަމުން ޝަނާޔާގެ މޫނުގައި ދެއަތުން ހިފާލުމަށްފަހު އެތަން މިތަނުގައި ބޮސްދެމުން ދިޔައީ ލޯބިވާވަރު ހާމަކުރަމުންނެވެ.
ޔާނިޢު އައިމަންމެން ގާތަށް ދިޔުމުން ޝަނާޔާވެސް ފައިވާން ވެލިގަނޑުމަތީގައި ބައިންދާލުމަށްފަހު ގޮސް މޫދަށް އެރުނެވެ.އެންމެން މޫދުގައި މަޖާކޮށް ސަކަރާތް ޖަހަމުން ދިޔައެވެ.ޝަނާޔާގެ މުޅި ޙަޔާތުގައިވެސް މިގޮތަށް އެކުވެރިންނާއިއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުނު ދުވަހެއް މިނޫނީ އަދި ނާދެއޭ އޭނާ ހިތަށްއެރިއެވެ.އަދި ޔާނިޢު ޝަނާޔާދެކެ ލޯބިވާވަރު ހިތަށް އަރައި އޭނާގެ ދެލޯ އުފަލުންގޮސް ފެންކަޅިވިއެވެ.ކޮންމެ ޙާލަތެއް މެދުވެރިވީނަމަވެސް އޭނާދެކެ އިންތިހާއަށް ލޯބިވާ ފިރިމީހާއަަށްޓަކައި ކޮންމެ ފަދަ ޤުރުބާނީއެއްވެސް ވާކަށް އޭނާ ފަހަތަކަށް ނުޖެހޭނެއެވެ.
“އެދެކުދިން ނެތީމަ ގޭތެރެ ހާދަ ފަޅޭ ދޯ!”ސިޓިންގ ރޫމްތެރެ މޮޕުލާން ހުރި ފިރާޝާއަށް ޝާހިދުގެ އަޑު އިވިގެން ބަލައިލިއެވެ.އޭރު ގަޑިން ދޭއްޖަހަން ދެމިނެޓްހުރި އިރު ޚަބަރު ބަލާލަން ރިމޯޓް ހިފައިގެން އައިސް ޝާހިދު ސޯފާގައި ހަމަޖެހިލަނީއެވެ.”އާނ.ޔާނިޢުބުނި ފަހެއްޖަހާލާކަށް ހާއިރު މިކޮޅަށް އަންނަން ފުރާވާހަކަ”.ފިރާޝާވެސް މޮޕު ބާލިދީ ގެންގޮސް ލޯންޑްރީއަށް ލާފައި އައިސް ފިރިމީހާގެ ގާތުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ.ޝަނާޔާގެ ސަބަބުން އެކުޑަކުޑަ ޢާއިލާގެ އުފާވެރިކަމުގެ ފަށަލަ ދުވަހެއް ދުވަހަކަށް ދަނީ ބޯވަމުންނެވެ.ދޭއްގެ ޚަބަރަށް ގެއްލިފައި ތިބި ޝާހިދުއާއި ފިރާޝާއަށް ކައިރީގައި އޮތް ފިރާޝާގެ ފޯނަށް އެކީކަހަލަ ގޮތަކަށް ބަލައިލެވުނީ ފޯން ރިންގުވާން ފެށުމުންނެވެ.ފިރާޝާ ފޯނުނަގާ ހަލޯއޭ ބުނެލުމުން ޝާހިދުވެސް ޓީވީގެ އަޑު މަޑުކޮށްލިއެވެ.އެކޮޅުން ވާހަކަ ދައްކަނީ ހުސްނާއެވެ.ޝަނާޔާއަށް ގުޅާގުޅާ ފޯނު ނުނަގައިގެން ޔާނިޢުއަށްވެސް ގުޅަން އުޅެއުޅެ ނުގުޅިގެން ހުސްނާ ހުރީ ހިސާބަކަށް ހާސްވެސް ވެފައެވެ.މިއަދު އެމީހުން ދަތުރު ދިޔައީއްސުރެ ހުސްނާގެހިތް ތެޅެމުންދަނީ ކޮންމެވެސް ކަހަލަ ދެރަކަމެއް ދިމާވާން އުޅޭ ކަހަލަ ގޮތަކަށެވެ.އެވާހަކަ ފިރާޝާގާތު ބުނުމުން ފިރާޝާވެސް ހާސްވާގޮތް ވިއެވެ.އަދި ފޯނުގައިހުރެ ޝާހިދުއާއި ސުވާލު ކޮށްލިއެވެ.”އެރަށަށް ދިޔަފަހުން ޔާނިޢުއާއި ގުޅުނުތަ؟”.ހެނދުނު ޔާނިޢު އާއި ގުޅުނުކަމަށް ޝާހިދު ބުނުމުން ފިރާޝާ ހަމަޖެހޭގޮތް ވިއެވެ.އަދި އެވާހަކަ ހުސްނާގާތު ބުންޏެވެ.އަދި އެވާނީ ފޯނުތައް ތަނެއްގައި ބެހެއްޓިފައި ހުރީ ކަމަށޭ ކިޔައި ހުސްނާ ހަމަޔަކަށް އަޅުވަމުން ފޯނު ބޭއްވިއެވެ.ނަމަވެސް ފިރާޝާއަކީވެސް އެކަހަލަ ކަންތައްތަކާއި ވަރަށް ފިކުރުބޮޑުވެ ވިސްނޭ މީހެއް ކަމުން އޭނާގެ މޫނުމަތިވެސް މިލާލީ ހަމަ އެވަގުތުއެވެ.
އޮޔާ ދަމަމުން ބޭރަށް ގެންދިޔަ ޝަނާޔާ ސަލާމަތް ވުމަށް ފުން ލޮނުގަނޑުތެރޭގައި އޮވެ އަތުން ލޮނުގަނޑު ކަފަމުންދިޔަ މަންޒަރު ފެންފުޅިއެއް ހިފައިގެން މޫދަށް އެރެން އައި އަފާފްގެ ލޮލުގައި އަޅައިގަތުމުން ފުޅި އެއްލާލާފައި އަޑުގެ ކޮޅަށް ހަޅޭއްލަވައި ގެންފައި ރޮއިގަތެވެ.އެވަގުތު ނިޢުމާމެންނަށްވެސް އޮޔާ މާދުރަށް ގެންގޮސްފައި އޮތް ޝަނާޔާ ފެނުމުން ހާސްވެގެން އެންމެން ތެޅެންފެށިއެވެ.ޔާނިޢު ފޯނަށް ގުޅާގުޅާވެސް ފޯނެއް ނުނެގިއެވެ.
ފިރިހެންވެރިންގެ ފޯނުތަކަށް ވަކިވަކިން ގުޅަމުން ދަނިކޮށް ޒާލިފް ފޯނު ނެގުމުން ނިޢުމާ ރޮއިގަނެފައި ޝަނާޔާ ގެނބިގެން އުޅޭ ވާހަކަ ބުންޏެވެ.މިއޮއް ހުރިހާއިރު ވެގެން ދިޔައިރުވެސް ޝަނާޔާ ފެންގަނޑުގައި ސަލާމަތްވާން ބަކަތަޅަތަޅަ އަޑިއަށް ނުގޮސް އޮތީ އޭނާގެ ހިތްވަރަކުންނޫނެވެ.ނަމަވެސް ޖިއާން ޝަނާޔާގެ އުނަގަނޑުގައި ހިފަހައްޓައި އުފުލާފައި ހުރީތީއެވެ.
ލޮނުގަނޑުގައި ދެއަތާއި ދެފަޔާއި ތަޅުވަމުން ދިޔަ ޝަނާޔާވަނީ ކޮންމެވެސް ވަރަކަށް ލޮނުބޮވި ވަރުބަލިވެފައެވެ.ޖިއާން ޝަނާޔާ ގެންގޮސް އެއްގަމަށްލާން ކިތަންމެ ބޭނުންވިޔަސް މަންޒަރު ބަލަންތިބި މީހުން މޮޔަވެދާނެތީ އެފަދަ ކަމެއްކުރަން ޖެހިލުންވިއެވެ.އޭނާއަށް ޝަނާޔާގެ ހިމާތަތުގައި މިވަގުތު ކޮށްދެވެން އޮތްވަރު އެ ކުރަނީއެވެ.
މާދުރުން ދުވެފައި އައި ޔާނިޢު ޓީޝާޓު ބާލާ އެއްލާލަމުން ގޮސް މޫދަށް އެރި ފަތައިގަތްއިރު އޭނާގެ ހައްޓަކު ހެޔެއްވެސް ނެތްކަހަލައެވެ.ޔާނިޢުގެ ފަހަތުން އައިމަންއާއި،ޒާލިފުވެސް ފަތައިގަތެވެ.އެންމެންގެ މޫނުމަތިންވެސް ފައުޅުވަމުންދިޔައީ ހާސްވުމާއި ކަންބޮޑުވުމެވެ.ނިޢުމާވެސް އަފާފުގެ އަތުގައި ހިފަހައްޓައިގެން ހުރެ ރޮމުން ދިޔައީ އަމިއްލަ ނަފްސު ކުއްވެރިކުރާ ޙާލުގައެވެ.އެމީހުންގެ ގާތުގައި ޝަނާޔާ ނެތްކަން ހަމަ ކުޑަކޮށްވެސް އިހުސާސް ނުވީތީއެވެ.
ޝަނާޔާގެ ގާތަށް ދެވުނުއިރު ޔާނިޢު އޮތީ ފަތާފަތާ ބަލިވެފައެވެ.އޭރު ޝަނާޔާގެ ދެލޯމެރި ހަރަކާތްވެސް ވަނީ ހުއްޓިފައެވެ.ހަރަކާތެއް ނެތްއިރު ޝަނާޔާގެ ބޯ މިއޮއްހުރިހާުރު ލޮނުގަނޑުންމަތީގައި ހުރީތީ ޔާނިޢުއަށް ހައިރާންކަމެއް ލިބުނެވެ.އަދި އޭނާގޮސް ޝަނާޔާއާއި އަރާ ހަމަވުމުން އޭނާގެ އަތަށް ޝަނާޔާ ލައިދިންކަން ހަމަ ރަނގަޅަށްވެސް އެނގުނެވެ.އެވަގުތު ޔާނިޢުގެ ގައިން ހީބިހި ނަގައިގަތެވެ.ނަމަވެސް އެކަމާ ވިސްނަން ސިކުނޑިއަށް ތަން ދެވޭވަރަށްވުރެ ދަނޑިވަޅުގެ ނާޒުކު ކަމުން ޝަނާޔާ ގޮވައިގެންގޮސް އެއްގަމަށްއަރައި ވެލިގަނޑު މަތީގައި ބޭއްވިއެވެ.އެއަށްފަހު ޝަނާޔާ ނޭވާހުރިތޯ ހާސްވެ ތުރުތުރު އަޅަމުންދިޔަ ޔާނިޢު ބަލައިލިއެވެ.ނޭވާ އިޙްސާސްވުމުން އޭނާ ފުން ނޭވާއެއް ދޫކޮށްލަމުން ބޮލުގެ ތެރެއަށް އަތް މަހާލިތަން ފެނުމުން ޝަނާޔާ ވަށާލައިގެން ތިބި އެންމެންނަށްވެސް ހަމަޖެހުން ލިބިގެން ދިޔައެވެ.އަދި އެންމެންވެސް ކުޑަކޮށް އެއްފަރާތް ވެލީ ޔާނިޢު ޝަނާޔާގާތު އެކަނިވެލަން ބޭނުމޭ ބުނުމުންނެވެ.
ޔާނިޢު ޝަނާޔާގެ ބަނޑުގައި ކުޑަކޮށް ޕަންޕުކޮށްލުމުން ކޮށިއެރުމަކާއިއެކު ޝަނާޔާ އެސްފިޔަތައް ތަޅުވާލަމުން ބުނެލި ނަމަކުން ޔާނިޢުއަށް ޝަނާޔާގެ ގައިން އަތްދޫކޮށްލެވުނީ އޭނާގެ ހިތަށް ވީ އުނދަގުލަކުންނެވެ.”ޖިއާން…ޖި…ޖިއާން…”ދެބަދޭތެރޭގައި އޮތް ޝަނާޔާގެ ދުލުގައި އެވަނީ ޔާނިޢު މީގެ ކުރިން ދުވަހެއްގައިވެސް ޝަނާޔާގެ ފަރާތުން އަޑުއަހާފައިވާ ނަމެއް ނޫނެވެ.ނަމަވެސް އެއީ ފިރިހެނެއްކަން ގައިމެވެ.ލޯބިވާ އަނބިމީހާގެ ދުލުގައި އެހެން ފިރިހެނެއްގެ ނަން ވީތީ ވީ ދެރައަކުން ފެންކަޅި ވަމުންދިޔަ ޔާނިޢުގެ ދެލޯ ފޮހެލަމުން ޔާނިޢުއަށް މޫދާއި ދިމާއަށް ނަޒަރު ހުއްޓާލަމުން ހިތުގައި ޖެހުނުލެއް ބޮޑުކަމުން ހިންދިރުވައި ލެވުނެވެ.
އެވަގުތު އަޑަށް ބާރުލާފައި ޖިއާންއަށް ގޮވާލަމުން ޝަނާޔާ ފުންމައިގެން ތެދުވިއެވެ.ޔާނިޢު އަށް ޝަނާޔާއާއި ދިމާއަށްް ޤަބޫލުނުކުރެވިފައި އިނދެ ޝަކުވާގެ ނަޒަރަކުން ބަލައިލެވުނެވެ.ނަސީބު ރަނގަޅުކަމުން ހުރިހާ ސްޓާފުން ތިބީ ތަންކޮޅެއް ދުރުގައި ކަމުން އެމީހުންނަށް ޝަނާޔާގެ އަޑު އިވުނު ހެނެއް ހިޔެއް ނުވެއެވެ.ޔާނިޢުގެ ލޮލުގައި ވިދަމުން ދިޔަ ކަރުނަތައް ފެނުމުން ޝަނާޔާއަށްވެސް ހަމަ ހޭވެރިކަން ވިއެވެ.ކުރިމަތީގައި އެ އިނީ އޭނާގެ ލޯބިވާ ފިރިމީހާއެވެ.ޖިއާންއަކީވެސް އޭނާ އެމީހެއްދެކެ އިންތިހާއަށް ލޯބިވީ މީހާއެވެ.މިކަމުގައި ފަހެ އޭނާގެ ކުށަކީ ކޮބާހެއްޔެވެ؟ދެމީހުން ކުރެ އެކަކަށްވެސް އޭނާ ބޭވަފާތެރިއެއް ނުވެއެވެ.ނަމަވެސް ނޭނގުމެއްގެ ތެރެއިންވެސް އޭނާދެކެވާ ލޯބީގައި އެއްވެސް ޖެހިލުމެއްނެތި ފިދާ ވަމުންއައި ދެމީހުންގެ ހިތްވެސް އޭނާއަށް އެވަނީ ހަލާކު ކޮށްލެވިފައެވެ.ޝަނާޔާގެ ފަޅައިގެންގޮސްފައިވާ ހިތުގެ ލޭތައް ކަރުނައިގެ ސިފައިގައި ފައިބަމުން ދިޔައެވެ.އަމިއްލަ ކަރުނަ ފޮހެލަމުން ޔާނިޢުގެ ކަރުނަތައް ފޮހެލައި ދިނުމަށް ދިއްކޮށްލި އަތް ޔާނިޢު ހިފެހެއްޓިއެވެ.އޭނާގެ ހިތަށް މިއަދު ޝަނާޔާ ދީފައި އެވާ ހިތާމަ އެހެން ފޮހެލައިދޭ ކަރުނަ ތިތްކަކުން ފިލައިގެން ގޮސްދާނެ ހެއްޔެވެ؟ފޮތިފޮތިވެފައިވާ ހިތަކާއި އެކު ޓީޝާޓް ގަޔަށް މަހާލަމުން ވެލިގަނޑުމަތީގައި ހުއްޓިފައިއިން ޝަނާޔާއަށް އަތް ދިއްކޮށްލީ ތެދުވަން އެހީތެރި ވުމަށެވެ.ކިތަންމެ މާޔޫސްވެ ދެރަވެފައި ހުއްޓަސް އެއީ އަދިވެސް އޭނާ މިދުނިޔެއިން އެންމެ ލޯބިވާ އޭނާގެ އަނބިމީހާއެވެ.ޝަނާޔާ ޔާނިޢުގެ އަތުގައި ހިފައިގެން ތެދުވެ ފުރަގަހުން ވެލި ފޮޅާލަމުން ޔާނިޢުއަށް ބަލައިލިއެވެ.ނަމަވެސް ޔާނިޢު ހީވަނީ ޝަނާޔާއާއި ހަތަރުކަޅި ހަމަ ނުކުރަން ނަދުރެއް ބުނެގެން ހުރި ހެންނެވެ.
ނިޢުމާމެން ކައިރިއަށް ދާން ދިޔަ ޝަނާޔާއާއި ޔާނިޢު އަތުގައި ހިފައިގެން ހިނގަމުން ދިޔަނަމަވެސް އެދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ.ޔާނިޢުގެ އުއްމީދުތައް ވެއްޔާއި މޮޑެވިފައި ވާއިރު ހިތުގައި ނަގަމުން ދިޔަ ދިލަ އާހަކުން ހިފާފައިވާ ޝަނާޔާގެ އަތަށް ބާރުލާ ތަދުކުރެވެމުން ދިޔަކަން އޭނާއަށް އިޙްސާސްވެސް ނުވާ ކަހަލައެވެ.ޝަނާޔާގެ ހިތުގެ ޙާލުވެސް ހަމަ އެފަދައެވެ.ގައިގައި ނެތް ހިތްވަރު ލާފައި ކަރުނަތައް ދިރުވަމުން އެދަނީ އޮފީސް އެންމެންގެ ކުރިމަތީގައި އެދެމީހުންގެ ޙާލަތު ބޭޒާރުވުމަށް ނޭދޭތީއެވެ.ދިރިއުޅުމުގައި އޭނާއަށް ކުރިމަތިވެފައި އެވަނީ ކޮންފަދަ ބޮޑު ހިތްދަތި ކަމެއް ހެއްޔެވެ؟އެއްކޮޅުން ލޯބިވާ ފިރިމީހާއެވެ.އަނެއް ކޮޅުންވެސް އޭނާގެ ހިތުގެ ފިނިކަމެވެ.
ޝަނާޔާގެ މިލާފައިވާ މޫނުފެނި ޖިއާންގެދެލޯވެސް އެވަނީ ކަރުނުން ފޯވެފައެވެ.އޭނާ ދުވަހަކުވެސް ޝަނާޔާ މިފަދަ ނިކަމެތި ގޮތް ހުސްވެފައިވާ ހާލަތެއްގައި ވުމަކަށް ނޭދެއެވެ.ޝަނާޔާގެ ހަނދާންތައްު އައުމާއިއެކު އެހިތުގައިވި ޖިއާންގެ ލޯބި ތާޒާވީނަމަވެސް ތަޤްދީރު އެވަނީ ކުށެއްނެތް ސާފު ތެދުވެރި އެހެން ލޯތްބަކުން ޝަނާޔާގެ ޙަޔާތް އުޖާލާ ކޮށްދީފައެވެ.ވީއިރު ކެހިވެރިއެއްގެ ނަން ޝަނާޔާގެ ބޮލުގައި އެޅި އެ އުފާވެރި ދިރިއުޅުން ނިމުމަކަށް އައުމަކީ އެއްވެސް އިންސާފަކަށްނުވާނެއެވެ.
“ކީއްވެ މަސްތައް ބަހައްޓާފައި މިހުރީ..ފިހެގެން ކައިގެނެއްނު އެކަޅަށް ދާނީ”އެމީހުންގެ ކައިރިއަށްގޮސް ޝަނާޔާގެ އަތުން ދޫކޮށްލަމުން ޔާނިޢު ވާހަކަ ދެއްކިއެވެ.ޔާނިޢުގެ ވާހަކައަށް ތާޢީދުކޮށް ފިރިހެން ވެރިން މަސްތައް އަނިޖަހާ ތައްޔާރު ކުރަން ވާއިރަށް އަފާފްމެންވެސް މިރުސްގަނޑު ތައްޔާރު ކުރަން ފެށިއެވެ.ނިޢުމާއައިސް ޝަނާޔާގެ ގައިގައި ހިފައިގެންފައި އުފަލުން ރޯންފެށިއެވެ.ލިބުނު ފުރުސަތުގެ ބޭނުން ހިފާ ޝަނާޔާވެސް މިއޮއް ހުރިހާއިރު ހިފަހައްޓައިގެން ހުރި ކަރުނަތައް ބޭރުކޮށްލިއެވެ.
މޫދުކައިރީ ފަރުމަސްތަކުން ކަރު އަޅަން އިން ޔާނިޢުއަށް ލޮލުގެ ހިމަ ކޮޅުން ބެލެމުންދަނީ ޝަނާޔާށެވެ.އެ ރީތި ދެލޮލުން އެންމެ ކަރުނަތިއްކެއްވެސް ދެކެން އޭނާގެ ހިތަށް އެހާ އަސަރު ކުރާއިރު ޝަނާޔާ ރޯމަންޒަރު ބަލަން އިން ޔާނިޢު އޭނާގެ އަތުތެރެއަށް ޝަނާޔާ ގެނެސް ކަރުނަތައް ފޮހެލައި ދިނުމަށް މިއަދު އެވަނީ ފަސްޖެހިފައެވެ.ކުއްލިއަކަށް އަނބިމީހާ ބޭވަފާތެރިވެފައިވާ ކަހަލަ އިޙްސާސެއް ކުރެވުމުން އޭނާގެ ހަރަކާތްތަކަށް އެވަނީ މަޑުޖެހުމެއް އައިސްފައެވެ.ސިކުނޑިން ރަނގަޅަށް ނުވިސްނޭއިރު، ހިތުގައި ޖަހަމުންދިޔަ ވިންދުވެސްދަނީ ނުކިޔަމަން ތެރިކަން ދައްކަމުންނެވެ.މި ދުނިޔޭންވެސް އެންމެ ލޯބިވާ ކުއްޖާ ހިތަށް ތަދުކުރީތީ، އެހިތަށް އެވަނީ ހަޖަމްކުރަން ދަތި ވޭނެއްލިބިފައެވެ.އެ ހިތަށް އެއްވެސް ބާރެއް ފޯރުވޭ ވަރަށްވުރެ ބޮޑަށް އޭނާ މިއަދު އެވަނީ ނާއުއްމީދު ވެފައެވެ.
މަސްފިހެގެން ކައި ނިމުނު އިރު ހުރީ ގަޑިން ފަހެއްޖަހާ ދިހަމިނެޓް ހިނގާފައެވެ.ހުރިހާ އެންމެން ދޯންޏަށް އެރިއިރު ޝަނާޔާވެސް ނިޢުމާ މެން ފަހަތުން ކަހަލަ ގޮތަކަށް ގޮސް އެމީހުން އެރިގޮތަށް ބަނޑު ކޫއްތައިގެން އަރަން އުޅެނިކޮށް ޔާނިޢު އައިސް ޝަނާޔާ އޭނާގެ އަތްދަނޑި މައްޗަށް ނަގައިގަތީ ނުވެސް އެނގި ހުއްޓާ ކަމުން ޝަނާޔާއަށް ތޫލި އަޑެއް ލައްވާލެވުނެވެ.އެންމެން ހޭންފެށީ އެ މަންޒަރުންވެސް އެދެމީހުންގެ ލޯބި ހާމަވުމުންނެވެ.ޝަނާޔާ އެވަގުތު ޔާނިޢު އަށް ބަލައިލިއެވެ.ނަމަވެސް ޔާނިޢުގެ އަތްދަނޑިމަތީގައި އޮތް ޝަނާޔާ ދޯނީގެ އެއްފަރާތުގައި ބޭންދުމަށްފަހު ގޮސް އަނެއްފަރާތުގައި ފިރިހެން ވެރިންގެ ގާތުގައި އިށީނދެ ޔާނިޢު ހަމަޖެހިލީ ހަމަ އެންމެ ފަހަރަކުވެސް ޝަނާޔާއަށް ބަލައިވެސް ނުލައެވެ.ޔާނިޢުގެ އެ ދުރުކަމުން ހަމަ ރަނގަޅަށްވެސް ޝަނާޔާގެ ހިތް ރޮއްވާލައިފިއެވެ.
**ނުނިމޭ**
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
70 Comments!
Comments are closed.





wow …aneh part kiyaa hithun hureveny ehnun
Thanx dear.???
Thanx dear???
Varah nice mi story alhe dhn kihinehbaa vaany…
Thanx dear.???
Soooooo nice.. Waiting for next part.. Mi story ga eh part ah vure aneh part interesting vamun dhany.. Baeh story thakuga fahu kolhah aima foohi vamun dhany
Thanx for the lovely comment..???
Wow v v v reethi….
Thanx dear.???
Alhey..Kn irakn nxt prt???v v v reethi..V kiya hithn indha nimuny..V salhi..???
Thanx dear.hopefully tomorrow..???
its ‘meeru vas ‘ meeru raha ehnun :))
Hehe..aslu nengunu thibuni echcheh…?
midhen haadha over vaahaka ekey.. reeche ves noon.. Gadhakamun asaru ufadhan ulheihen hivani ?.
Thee Nahoo ge khiyaalu…thanx..?
Alhey yaniu ehen nuhadha emanjeyah ??
Thanx dear..???
V salhi….I really like dis stry…noor stry genesdhey goi hama habeys…waiting for next part…..????
Thanx dear..???
Yaniu aa sanaya aa gulivachsy….pls
Jiasn ei jinie viya
Thanx dear..❤
Nice story….. Noor vareh nehhame…konmedhuvahaku ves up very……
Thanx dear..???
wow v nice mi part vex :*
Thanx dear.???
Miadhu haadha kurey ?????
Ohh..next part miavvure dhigu kolleveytho balaanan..❤
v reethi mi part ves … ekamu yaaniu aai wife dhuru nukuraathi …eyrun adhi v reethi vaane
Thanx dear.❤
Varah reethi..waiting for next part..
Thanx Lu.❤
E negi selfie hama rycchah lolah fenunu fadha. Salhi igey dear
Hehe..thanx Cherry..❤
Noor comment delete kurantha. Kurin fenunu comment tha mihaaru neh. Hama ekan V Reethi kiya comment dw jahan ee Hadhi eschis kiaafa noon huriak ee
Yash. That comment was deleted by Esfiya team. If u need details pls contact 7997991.
Esfiya jahaa hurihaa vaahaka eh ves thigotha monitor kurahvaane nama ey hitha araa. Liyuntheringe medhuga hama jehun eyrun dhemi onane/
Alhe yaniu aa shanaya dhuru nukurahchry noor
Asluves dhw…thanx Faree..??
Wow noor kiyaahithun indha story nimunee witless hama
Thanx Thaa..???
I think shanaya is preg
Lets c dhw….???
Vvvvvvv reethi
Thanx Jeem..???
Wooooo. I love this story. Mi part thankolheh kuru hen heevanee. Varah kiyaa hithun indha nimunee. Yaaniu maa gina iru vandhen shanaayaa dheke hinhama nujehifa nubahahtahchey ingey pls. ??? U r one of my favourite writer. Waiting for the next part. ?
Thanx Princess Yaa.n u r one of the daily reader..happy to meet u..???
Alhey.. Kiyaa hithun indha mi part nimunyma v dhera vey.. Haadha reechey mi part… V rythi vaahaka eh.. Sanaya fakeeru dho..
Thanx Ana..?
V v salhi mi story..Keep it up.
Thanx jam..???
A! Vvv salhi…touching….???waitng..
Thanx Ana.???
Alhey shanaya hadhaanvieetha ekamu dhen kureveyne kameh ves neiytha dho yaaniu shanaya medhuga good kohshehnu evisnaniee.. Varah reethi mi part ves noir waiting 4 the next part ?
Thanx dear..happy to c ur comment.???
salhi story eh. cant wait for next part………..
Thanx Aarny..???
nice story
Thanx korean..???
Shanayaa ge half memory lost vefaehnun ehury…….dhen kihineh jiaan hadhaanah egenevuny…..memory lose vefa huryma neyngeynenu jiaan ei kaaku kameh…..btw this part is awesome ???
Thanx dear…aslu shanaayaa hey eri iru kureege handhaanthah aavegen jian ah e govy…??
So nice store v salhy keep it up
Thanx Pooja..???
Dhen thidhemeehunkure ekaku bahattan vee ehnun dhen handi bahattaa???
Asluves dhw..thanks dear.???
wowwwwww… vaahaka v vvvv reethi.. waiting for another part..aslu vx vvvv salhi mi part.. so interesting.. up soon..
Thanx dear..???
hama bunaanii v v v v v v riithii ey igey v v v v v kamudhe ey mivaahaka igey dhen vaanii kihineh baa dhow
Thanx rim..???
wow v reethi…waiting for next part////////////
Thanx remoo..???