Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އިއުނާސް (9)

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
May 17, 2017 8 Mins Read
58 Comments

“ރުކާން!” އަހަރެންނަށް ހުއްޓެވުނީ އެޒުވާނާ އަހަރެންގެ ނަމުން ގޮވާލުމުންނެވެ. އެއީ މީގެކުރިން އަހަރެން ދުށް މީހެއް ނޫނެވެ. އަދި އަހަރެންނަކަށް އޭނާގެ ނަމެއްވެސް ނޭނގެއެވެ. ނަމަވެސް އޭނާއަށް އަހަރެންގެ ނަންވެސް އެނގިއްޖެއެވެ. އަނެއްކާ އޭނާގެ ބޭނުމަކީ ކޮބައިބާއޭ އަހަރެންގެ ހިތަށްއެރިއެވެ. އަހަރެންގެ ހިތަށް ވަންނަންފެށި ބިރުވެރި ޚިޔާލުތަކަކުން އަހަރެންގެ ހަމަޖެހުން ގެއްލިއްޖެއެވެ. ދާހިއްލާލީވެސް ބަސްބުނާހާ ހިނދުންނެވެ. ދުއްވައިގަންނަން ހިތަށްއެރި ނަމަވެސް އަހަރެންނަށް އެންމެ ފިޔަވަޅެއްވެސް ކުރިއަށް ނޭޅުނެވެ. ހީވީ ބިމުގައި ދެފައި ތަތްލާފައިވާހެންނެވެ. އިސާހިތަކު އެޒުވާނާ ހުރީ އަހަރެންގެ ކުރިމަތީގައެވެ. އަހަރެންނަށް ހިންދިރުވާލެވުނީ ވާންއުޅޭ ގޮތެއް ނޭނގިފައި ހުރެއެވެ.

އެޒުވާނާ އަހަރެންނާ ދިމާ ބަލާލި ވަގުތު އޭނާގެ ދެލޯ ދިއްލުނުހެން އަހަރެންނަށް ހީވިއެވެ. އަހަރެންނަށް އޭނާގެ ލޮލުގެ ތެރެއަށް ގެއްލިފައި ހުރެވުނީ ކިހާއިރަކު ކަމެއް ނޭނގެއެވެ. ބިރުގެންފައި ހުރިނަމަވެސް އަހަރެން ހުރީ، އޭނާއަށް އަހަރެންގެ ހުރިހާ މަޢުލޫމާތެއް އެނގުނު ގޮތެއް އޮޅުންފިލުވަން ބޭނުންވެފައެވެ. ނަމަވެސް އެއިން އެއްވެސް ސުވާލެއް ދުލާއި ހަމައަކަށް ނައީ ހާސްވެފައި ހުރިވަރުން ކަންނޭނގެއެވެ. އޭނާ ކުއްލިއަކަށް ދާން ހިނގައިގަތުމުން އަހަރެންނަށް އޭނާއަށް ގޮވާލެވުނެވެ.

“އަހަރެންނަށް ކިޔަނީ އޭތްއެއް ނޫން.” އެޒުވާނާ އެނބުރި ބަލާލަމުން އެހެން ބުނެލުމުން އަހަރެންނަށް ތިރީ ތުންފަތުގައި ދައިގަނެވުނީ ރަކިވިވަރުންނެވެ. ނަން ނޭނގެންޏާ ގޮވޭނީވެސް ދެން އެހެން ނޫން ހެއްޔޭ އަހަރެންގެ ހިތަށްއެރިއެވެ.

“އަހަރެންނަށް ކިޔަނީ މާޝަލް. އަދި ދިމާވާނެކަމަށް އުއްމީދުކުރަން.” އެހެން ބުނެލުމަށްފަހު މާޝަލް ގޮސް ގޯޅިގަނޑަކަށް ވަނުމުންވެސް އަހަރެންނަށް މާޝަލް ދިޔަ ދިމާއަށް ބަލަން ހުރެވުނެވެ. އަހަރެންނަށް ހަމަހޭވެރިކަންވީ ބަންޤީގެ އަޑަށެވެ. އަހަރެން ފޯނު ނަގާ ގަޑި ބަލާލިއިރު ގަޑިން ހަތްގަޑި ބައިވަނީއެވެ. އަހަރެން އަވަސްއަވަހަށް ގެއަށްދާން ހިނގައިގަތީމެވެ. އަހަރެން ގެއަށް ދިޔައިރު އަހަރެންގެ މަންމަމެން ތިބީ އަހަރެން ގެއަށް ނައިސް ލަސްވެގެން ކަންބޮޑުވެފައެވެ.

“ދަރިފުޅާ! ކީއްވެތަ ފޯނު ނިވާލައިގެން ތިއުޅެނީ؟ މަންމަމެން ހާދަ ކަންބޮޑެއްވިޔޭ.” އަހަރެން ވަނުމާއެކު މަންމަ އައިސް އަހަރެންގެ ގައިގައި އޮޅުލައިގެންފައި އުޅެންފެށި ގޮތުން އަހަރެންވެސް ދެރަވިއެވެ.

“މަންމާ! އަޅުގަނޑު ފޯނު ނިވައެއް ނުލަމޭ. މިއޮތީނު.” އަހަރެން ފޯނު ނަގާ ދައްކާލަމުން ބުނެލީމެވެ. އެވަގުތު ފުލުފުލުގައި މިސްކޯލް އެލާޓްތައް އަންނަން ފެށިއެވެ. އަހަރެން ހައިރާންވެފައި ފޯނަށް ބަލަން ހުރީމެވެ. އަހަރެން ހަމަ ގައިމުވެސް ފޯނު ނިވައެއް ނުލަމެވެ. ޗާޖުވެސް ބަރާބަރަށް އެބަހުއްޓެވެ. ވީއިރު މިސްކޯލް އެލާޓްތައް އަންނަނީ ކީއްވެ ހެއްޔެވެ؟ އެވާނީ ފޯނު ޖީބުގައި އޮއްވާ ފިތިގެން ނިވުނީކަމަށް އަހަރެން ނިންމީމެވެ.

“ހޫމް. ދެން ދޭ އަވަހަށް ނަމާދުކުރަން. މިހާރު އެހެރަ އަށެއް ޖަހަނީ.” މަންމަ ކުޑަކޮށް ހިތްހަމަނުޖެހިފައި ބުނެލިއެވެ.

“ދެން އެހެނެއް ނުވާނެޔޭ.” އަހަރެން މަންމަ ގައިގައި ކުޑަކޮށް ބައްދާލަމުން އެހެން ބުނެލާފައި އަވަހަށް ދިޔައީ ކޮޓަރިއަށެވެ.

އަހަރެން ކޮޓަރިއަށް ވަތްގޮތަށް އެނދުމަތީ އޮށޯވެލީ ވަރުބަލި ފިލުވާލުމަށެވެ. އަހަރެން އޮށޯވެ ހަމަޖެހިލުމާއެކު މާޝަލްގެ ޚިޔާލުތަކުން އަހަރެންގެ ސިކުނޑި ފުރިއްޖެއެވެ. އެހެރަ ރީތިކަމެކެވެ. ދުނިޔެމަތީގެ ކަމެއްބާއޭވެސް އަހަރެންގެ ހިތަށް އަރައެވެ. އަނެއްކާ އޭނާއަށް އެކިޔަނީ މާޝަލްއެވެ. އޭނާއަކީ ދިވެއްސެއްބާއެވެ. އެކަމަކު ދިވެހިވަންތަ އެއްވެސް ސިފައެއް އޭނާގެ ނުހުންނަނީ ކީއްވެބާއޭ އަހަރެންގެ ހިތަށްއެރިއެވެ. މާޝަލްއަކީ ދިވެއްސަކާއި ބޭރު މީހެއްގެ ދަރިއަކަށް ވެދާނެޔޭ ހިތަށްއެރުމުން އަހަރެންނަށް މަޑުމަޑުން ބޮލުގައި ޖަހާލެވުނީ އަހަރެންގެ މޮޔަކަން ހިތަށް އެރުމުންނެވެ.

“ދަރިފުޅާ! ހާދަ އިރެކޭ މިހާރު. މިރޭ ކާންވެސް ނުނިކުންނަނީތަ؟” ޚިޔާލުތަކަށް ގެއްލިފައި އޮއްވާ އަހަރެން ސިހިގެން ދިޔައީ ދޮރުގައި ޖަހާލަމުން މަންމަ ގޮވާލި އަޑަށެވެ.

“މިދަނީއޭ.” އަހަރެން އަވަސްއަވަހަށް އެހެން ބުނެލީ މަންމަ ގޮވަން ފަށައިފިއްޔާ ނުހުއްޓާނެކަން އެނގޭތީއެވެ.

“ދަރިފުޅާ! މިރޭ ކީއްވެގެންތަ މާ އަތްމަތި ލަސްވެގެން ތިއުޅެނީ؟ އެހެންޏާ ދިހަ މިނެޓްވެސް ނުވާނެ ނަމާދަށް އަރާ. މިރޭ ވެއްޖެ ވިއްޔަ އެއްގަޑިއިރު.” އަހަރެން ނުކުތުމާއެކު މަންމަ ސުވާލުކުރިއެވެ. އަހަރެން ނުކުތީ މަންމަ ސުވާލުކުރާނެކަން އެނގިހުރެ މަންމައަށް ދޭނެ ޖަވާބެއް ނިންމައިގެންނެވެ.

“ކަމެއްނުވޭ މަންމާ. އަޅުގަނޑު ފޮތެއް ކިޔާލަން އޮތީ.” އަހަރެން އަވަސްއަވަހަށް ދޮގެއް ހަދާލީމެވެ.

“ހާދަ ވަރުގަދަ ފޮތެކޭ ތިކީ. ދޮރު ވައްޓާލަފާނެހެން ހީވީމަ ވިއްޔަ ތި އަނގައިން ބުނީ.” މަންމަ ސުވާލުގެ ނަޒަރަކުން އަހަރެންނަށް ބަލާލަމުން ބުނެލިއެވެ.

“އެއީ ވަރަށް ޝައުޤުވެރި ވާހަކަފޮތެއްވީމަ މާބޮޑަށް އެކަމަށް ގެއްލިފަ އޮވެވުނީ. އެހެންވެ ގޮވި އަޑު ނީވުނީ.” މަންމައަށް ޝައްކުވެދާނެތީ އަހަރެން ރާވާފައިވާ ގޮތަށް ވަރަށް އޮމާންކޮށް ވާހަކަ ދައްކާ ހަމަޖައްސާލީމެވެ. މަންމަވެސް އިތުރު ސުވާލެއް ނުކުރީތީ އަހަރެން ހަމަޖެހިލާފައި ގޮސް ކާގެއަށް ވަތްއިރު ބައްޕައާއި ރޫޔާވެސް އިނެވެ. އަހަރެން އެއްވެސް ކަމެއް ނުވާކަމަށް ދައްކަމުން ގޮސް ހަމަޖެހިލާފައި އިށީނދެލީމެވެ. އަހަރެން ކާން އިންއިރުވެސް މާޝަލްގެ ޚިޔާލުތައް ސިކުނޑިން އެއްފަރާތްނުވެއެވެ. އެހެންކަމުން އަހަރެންނަށް ކެވުނީވެސް ވަރަށް ގަޔާނުވެ އިނދެއެވެ.

“ދަރިފުޅާ! ކިހިނެއްވެފަތަ ތި އިންނަނީ؟ މިހާރު އެންމެން ކައި ނިމުނީ.” އަހަރެން ސިހުނީ މަންމަގެ އަޑުންނެވެ. އަހަރެން ބަލާލިއިރު އެންމެން ކައި ނިމި އަތްދޮވެވެސް ހަދައިފިއެވެ. އަހަރެންގެ ބަތްތަށިން އެއްބައިވެސް ނުކެވި ހުރިތަން ފެނުމުން އަހަރެންވެސް ހައިރާންވިއެވެ. ބައްޕަވެސް ސުވާލުގެ ނަޒަރަކުން އަހަރެންނަށް ބަލަން އިނެވެ. އަހަރެން އެއްޗެކޭ ނުބުނެ އިނދެ ކަމުން ދިޔައީމެވެ. އަހަރެން ކައި ނިމެންދެންވެސް ބައްޕަ ކާގޭގައި އިނުމުން އަހަރެންގެ ހިތް ނުތަނަވަސްވިއެވެ. މިފަހަރު ތެދަށް ޖަވާބުނުދީ ސަލާމަތެއްނުވާނެޔޭ އަހަރެންގެ ހިތަށްއެރިއެވެ. އަހަރެން ކައިގެން ގޮސް ތަށި ދޮވެ ނިމުމުން ބައްޕަ ސުވާލުކުރިއެވެ. އަހަރެން ހުރިހާ ވާހަކަ ކިޔައެއް ނުދެމެވެ. އަހަރެން ބުނީ ހަމައެކަނި މިއުވާންއާ ކުޑަ ދެބަސްވުމެއް ހިނގައިގެން މޫޑް ގޯސްވެފައި އިން ވާހަކައެވެ. މަންމަމެންވެސް އެވާހަކަ ޤަބޫލުކުރީ އަހަރެން މިއުވާންދެކެ ވާލޯބި އެމީހުންނަށް އެނގޭތީއެވެ.

އެދުވަހުގެ ފަހުން އަހަރެންނަށް މިއުވާންގެ ޚިޔާލެއް ނުކުރެވެއެވެ. ހިތާއި ސިކުނޑީގައި އަބަދުވެސް ވަނީ މާޝަލްއެވެ. ހޭލާ ހުންނައިރުވެސް ހުވަފެނުގައިވެސް ފެންނަނީ މާޝަލްއެވެ. މިހާރު އަހަރެންގެ ހިތުގެ ހަމަޖެހުމަކީ މާޝަލްކަމުގައި ވެއްޖެއެވެ. އެހެންކަމުން އަހަރެން ކޮންމެ ދުވަހަކުވެސް އިރުއޮއްސޭ ގަޑިއަށް އާޓިފިޝަލް ބީޗަށް ދަމެވެ. ހަމައެކަނި މާޝަލްއާ ބައްދަލުކުރާށެވެ. ކޮންމެ ދުވަހަކުވެސް މާޝަލްއާ ބައްދަލުވާތީ އަހަރެންނަށް ހަމަޖެހުން ލިބެއެވެ. ދެމީހުންގެ އެކުވެރިކަންވެސް ބަދަލުވެގެން ދިޔައީ ހީނުކުރާހާ އަވަހަށެވެ. އެއެކުވެރިކަން ލޯތްބަށް ބަދަލުވީ ކޮންއިރަކު ކަމެއްވެސް އަހަރެންނަކަށް ނޭނގެއެވެ. އަހަރެމެން ދެމީހުން ކޮންމެ ރެޔަކު އެތައް ވަޢުދަކާއި އެތައް އަހުދެއް ކުރުމުގައި ވަގުތުތައް ހޭދަކުރީމެވެ. ގޭ މީހުންނަށް ސިއްރުން މާޝަލް އަހަރެންގެ ކޮޓަރިއަށްވެސް ވައްދަން ފެށީމެވެ. ނަމަވެސް ދުވަހަކުވެސް މާޝަލް އަހަރެންގެ ކިބައިން އުފަލެއް ހޯދާކަށް މަސައްކަތެއް ނުކުރެއެވެ. އެކަމުގެ ސަބަބުން އަހަރެންގެ ހިތުގައި އޭނާއަށް ދެވުނު ޤަދަރު އުފުލިގެން ދިޔައެވެ. އަދި އަހަރެން ނަމާދު ނުކުރާތީ އެވާހަކަވެސް ދައްކައެވެ. ނަސޭހަތްދެއެވެ.

އެއްރެޔަކު މާޝަލް އައިއިރު އޭނާ ހުރީ ވަރަށް ދެރަވެފައެވެ. އަހަރެން އެތައް ސުވާލެއް ކުރުމުން އޭނާ ފުރަތަމަވެސް ފެށީ މާފަށް އެދޭށެވެ. ރޮއިފައި މާފަށް އެދެން ފެށުމުން އަހަރެންނަށްވެސް ރޮވުނެވެ. އެހާވަރަށް އަހަރެންނަށް ވަނީ މާޝަލްދެކެ ލޯބިވެވިފައެވެ.

“މާޝަލް! ހުއްޓާލާފަ ބުނެބަލަ. ކިހިނެއްތަ ވީ؟ އަހަރެން ކައިރިން މާފަށް އެދޭވަރުގެ ކުށެއް މާޝަލް ނުކުރަމެއްނު.” އަހަރެން މާޝަލްގެ މޫނުގައި ހިފަހައްޓާލަމުން އެހެން ބުނެލުމުން މާޝަލް އަހަރެންގެ އަތްތިލައިގައި ބޮސްދިނެވެ.

“ނޫން. އަހަރެންނަކީ ކުށްވެރިއެއް. އަހަރެން މިވާހަކަ ބުނީމަ ރުކާން އަހަރެންނަކަށް މާފެއް ނުކުރާނެ.” މާޝަލް އަހަރެންގެ އަތް ދުރަށް ޖައްސާލަމުން ތެދުވެ ބެލްކަންޏާ ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ.

“އަހަރެން މާފްނުކުރާނެ ކުށެއް މާޝަލްއަށް ދުވަހަކުވެސް ނުކުރެވޭނެ.” އަހަރެން ޔަޤީންކަން ދިނީމެވެ.

“ޔަޤީންތަ؟” މާޝަލް އަހާލިއެވެ. އަހަރެން ބޯޖަހާލުމުން ދުރަށް އެނބުރިފައި އޭނާ ބުނެލި ވާހަކައަކުން އަހަރެންނަށް ހީވީ ދުނިޔެ އެފުށް މިފުށަށް ޖެހުނީހެންނެވެ. އަހަރެންނަށް އޭނާގެ އެވާހަކަ ޤަބޫލެއް ނުކުރެވުނެވެ.

“މާޝަލް! ތީ ކޮންކަހަލަ ސަމާސާއެއް. ތިކަހަލަ ސަމާސާ ނުކުރޭ. އަހަރެންނަށް ކޮންމެފަދަ ގޮތެއްވެސް ވެދާނެ. އަހަރެންނަށް އެނގޭ މާޝަލް ތީ ޖިންނިއެއް ނޫންކަން.” އަހަރެން މާޝަލްގެ ފުރަގަހުން ބައްދާލަމުން ބުނެލީމެވެ. މާޝަލް މަޑުމަޑުން އަހަރެންގެ އަތް ނައްޓުވާލަމުން ދުރަށް ޖެހުނެވެ.

“ޤަބޫލެއް ނުކުރެވޭދޯ؟” އަހަރެންނަށް ފަސްދީގެންހުރެ މާޝަލް އަހާލިއެވެ.

“ތިކަހަލަ ވާހަކަ ދައްކަންޏާ އެއްވެސް މީހަކު ޤަބޫލެއް ނުކުރާނެ. އިންސާނުންނާ ޖިންނީންގެ ލޯބީގެ ވާހަކައަކީ ޚިޔާލީ އެއްޗެކޭ. އެއްވެސް ހަޤީޤަތެއް އޮތްކަމެއް ނޫން އެއީ.” އަހަރެން އެހެން ބުނެލުމުން މާޝަލް އަހަރެންނާ ދިމާއަށް އެނބުރުނެވެ.

“ނޫން. އެއީ ހަޤީޤަތެއް.”

“މާޝަލް! މިރޭ ކޮންކަހަލަ ވާހަކަތަކެއްތަ ތި ދައްކަނީ؟ ތިކަހަލަ ވާހަކަ ނުދައްކާ.” އަހަރެން މާޝަލްގެ ވާހަކަ ހުއްޓުވީމެވެ. ނަމަވެސް އޭނާ ހުރީ އެވާހަކަ ހުއްޓާލާ ގޮތަކަށް ނޫނެވެ.

“ނޫން ރުކާން. މިރޭ އަހަރެން ހުއްޓުވަން ނޫޅޭ. އަހަރެން ރުކާންދެކެ ކިތަންމެ ލޯބިވިޔަސް އަހަރެންނަކަށް ރުކާންއަކާ ގުޅެވޭކަށް ނެތް. އިންސާނުންނާ ޖިންނީންނާ އެކުގައި އުޅުމަކީ ވެވޭނެ ކަމެއްނޫން. އަހަރެމެން ދެމީހުން ގުޅިގެން އުޅެނިކޮށް މީހަކަށް ޝައްކުވިޔަސް އެހިސާބުން ޖެހޭނީ މިގުޅުން ނިމުމަކަށް ގެންނަން.” މާޝަލް ދެރަވެފައި ދެއްކި ވާހަކަތަކުން އަހަރެން ދެރަވިނަމަވެސް ކުޑަކޮށް ރުޅިވެސް އާދެވުނެވެ.

“މާޝަލް ތިއުޅެނީ އަހަރެންނާ ރުޅިވާން ދައްކާނެ ބަހަނާއެއް ހޯދާކަށްނު. ތިހުރިހާ ބަހަނާއެއް ނުދެއްކިޔަސް އުޅެން ބޭނުމެއްނޫނޭ ރީތިކޮށް ބުނެފަ ދިޔައިމަ ނިމުނީނު.” އަހަރެން އެހެން ބުނިއިރުވެސް ހިތާހިތުން މާޝަލްއާ ދިމާއަށް އެއްޗެހި ގޮވަމުން ދިޔައީމެވެ.

“ނޫން. ރުކާންއަށް ތި ހީވަނީ ރަނގަޅަކަށް ނޫން. އަހަރެން މިބުނަނީ ހަމަ ރަނގަޅަށް. އަހަރެންނަކީ އިންސާނެއް ނޫން.” މާޝަލް އެހެން ބުނެލުމުން އަހަރެންގެ ރުޅި ގަދަވުން ނޫންކަމެއް ނުވިއެވެ.

“ތީ ޖިންނިއެއްނަމަ އެންމެ ފަހަރަކުވެސް އެކަން ސާބިތުކޮށްދީބަލަ.” އަހަރެން އެހެން ބުނިތަނާ ކުއްލިއަކަށް ވައިބާރުވެއްޖެއެވެ. ކޮޓަރި އެނދުމަތީގައި ހުރި ކަރުދާސްތައްވެސް ވަޔާއެކު ވިހުރިގަތްގޮތުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަރެންނަށް ބެލްކަންޏަށް ނުކުމެވެންހުރި ދޮރު ކައިރިއަށް ގޮސް ބޭރު ބަލާލެވުނީ ވިއްސާރަ އަންނަނީކަމަށް ހީކޮށެވެ. އެފަދަ އެއްވެސް އަސަރެއް ފެންނަން ނެތުމުން އަހަރެންނަށް މާޝަލްއާ ދިމާއަށް ބަލާލެވުނެވެ. މާޝަލް ހުރީ ފެންކަޅިވެފައިވާ ދެލޮލުން އަހަރެންނަށް ބަލަހައްޓައިގެންނެވެ.

އަހަރެން ދޮރުން އެތެރެއަށް ޖެހިލިތަނާ މާޝަލްގެ ދެލޯ ރަންކުލައިން ދިއްލާލާފައި ފޮނުވާލި އައްޔާއެކު ބެލްކަނީގެ ދޮރު ކުއްލިއަކަށް ލެއްޕުނެވެ. އަހަރެން ސިހިފައި ފަހަތް ބަލާލި ވަގުތު ކަހާލެވިފައިވާ ދޮރު ފޮތިތައްވެސް މަޑުމަޑުން އައިސް ދެމުނެވެ. އަހަރެންނަށް މާޝަލްއަށް ބަލާލެވުނީ ޤަބޫލުނުކުރެވިފައި ހުރެއެވެ. މަޑުމަޑުން މާޝަލްގެ ދެފައި ބިމުން ހިއްލުނުތަން ފެނުމުން އަހަރެންނަށް ހުއްޓުން އެރިއެވެ. މާޝަލް ލައިގެން ހުރި ގަމީހާއި ފަޓުލޫނު ދެފަރާތަށް އިރައިގެން ދިޔައިރު ހުދުކުލައިގެ ކުރުތާ ފާޑުގެ ހެދުމަކާއި ހުދު ހަރުވާޅެއް ފާޅުވިއެވެ. އެޔާއެކު މާޝަލް ފަހަތަށް އެނބުރިލިއިރު ބުރަކަށިން ހުދު ލޭސް ދެވަރަގަނޑު ނިކުންނަމުން ދިޔަތަން ފެނިފައި އަހަރެން ހުރީ ހިންދިރުވާލަންވެސް ހަނދާންނެތިފައެވެ. އެވަރުގެ ބިރެއް ދުވަހަކުވެސް އަހަރެން ނުގަނެއެވެ.

އަހަރެން ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ދޮރުގައި ލައްވުމުން ހުއްޓެން މަޖުބޫރުވިއެވެ. އޭރުވެސް އަހަރެންނަށް ދެލޯ ބޮޑުކޮށްލައިގެން މާޝަލްއަށް ބަލަން ހުރެވުނެވެ. އަހަރެން އެހެން ހުއްޓާ މަޑުމަޑުން މާޝަލް ތިރިވެ ބިމުގައި ފައި ޖައްސާލިއެވެ. އަދި މަޑުމަޑުން އަހަރެންނާ ދިމާއަށް ހިނގައިގަތްއިރު އޭނާ ކުރިން ހުރި ސިފައަށް ބަދަލުވަމުން ދިޔައެވެ. އަހަރެންނާ ހަމައަށް އޭނާ އައިއިރު ހުރީ އަހަރެންނަށް އެންމެ ފުރަތަމަވެސް އޭނާ ފެނުނު ސޫރައިގައެވެ. އޭނާ އައިސް ހުއްޓުނީ އަހަރެންނާ ފޫޓެއްހާ ދުރުގައެވެ.

“މިހާރު ޤަބޫލުކުރެވިއްޖެތަ؟” ދެރަވެފައިހުރެ މާޝަލް އެހެން ބުނެލީ އިސްޖަހާލަމުންނެވެ.

“ދުރަށްދޭ. އަހަރެން ބޭނުމެއްނޫން މާޝަލްއާ އެކީ އުޅޭކަށް. އަހަރެން ލޯބިވަނީ މިއުވާންދެކެ. ތީ އަހަރެންގެ ސިކުނޑިއާ ކުޅެލި އަމިއްލަ އެދުމައިގެން ފޯވެފަ ހުރި ނުބައި މީހެއް. މީހެއްވެސް ނޫން. ޖިންނިއެއް .” އަހަރެންނަށް ރޮއިގަނެވުނެވެ.

“ނޫން ރުކާން. އަހަރެންނަށް މާފްކުރޭ. އަހަރެންނަށް ލޯބިވެވުނީ. އަހަރެންނަކަށް ދެން ރުކާން ދޫކޮށެއް ނުލެވޭނެ. އަހަރެން މަރުވަންދެން ރުކާންއާއެކު އުޅެން ބޭނުން. މިހުރިހާ ދުވަހު އަހަރެން ރުކާންގެ ފާރަވެރިއަކަށް އުޅުނީތީ ރުކާން ވަރަށް ގިނަ ކަންތައްތަކަކުން ސަލާމަތްކުރެވިއްޖެ.” ކުއްލިއަކަށް މާޝަލް ބުނި އެއްޗަކުން އަހަރެންނަށް ސިހިފައި ބަލާލެވުނެވެ.

“އާނ. ރުކާންއަށް ދިމާވާން އުޅުނު އެކްސިޑެންޓް. އެދުވަހު ކުއްލިއަކަށް ރުކާންއަށް އެމަގުގެ މެދަށް ނުކުމެވުނީ. އެދުވަހު އަހަރެންނަށް ނުހުރެވުނުނަމަ ރުކާން މިއަދު ތިހެން ސަލާމަތުން ހުންނާނެހެނެއް ހިއެއްނުވޭ. ދެން ރުކާން ބެލްކަނިން ވެއްޓުނު ފަހަރުވެސް އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތްވީ ކީއްވެ؟ އެއީ އަހަރެން އެތާ ހުރީމަ.” މާޝަލް އެހެން ބުނުމުން އަހަރެންނަށް ވިސްނާލެވުނެވެ. މާޝަލް އެބުނި ދެދުވަސް މަތިންވެސް އަހަރެން ހަނދާން އެބަހުއްޓެވެ. އެއެކްސިޑެންޓުން އަހަރެން ސަލާމަތްވީ ކިރިޔާއެވެ. ޕާޓޭންގެ ބަޔަކު އަހަރެން ފަހައިގަތުމުން ދުވަމުން ދުވަމުން އަހަރެންނަށް ނުކުމެވުނީ މަޖީދީ މަގުގެ މެދަށެވެ. އެވަގުތު ބާރު ސްޕީޑްގައި އައި ކާރުގައި ނުޖެހި އަހަރެން ސަލާމަތްވީ ކޮންމެވެސް މީހަކު އަހަރެންގެ އަތުގައި ހިފާ ދަމައިގަތުމުންނެވެ. ނަމަވެސް އަހަރެން އެއްވެސް މީހަކު ނުދެކެމެވެ. ބެލްކަނިން ވެއްޓުނު ދުވަހުވެސް އަހަރެން ވަކި ހިސާބަކަށް ތިރިވި ތަނާ މީހަކު އަހަރެން ހިފެހެއްޓި ކަހަލަ އިހުސާސެއް ކުރެވުނެވެ. އެއަށްފަހު ބިމުގައި ޖެހެންދެން އަހަރެންނަށް އިހުސާސްކުރެވުނީ މީހަކު އަހަރެން އަތްދަނޑި މައްޗަށް ލައިގެން މަޑުމަޑުން ބޭއްވީ ކަމުގައެވެ. އެހުރިހާ ކަމެއް ކުރި މީހަކީވެސް މާޝަލްތާއެވެ.

“އެގޮތަށް އަހަރެން ރުކާންއަށް ކޮށްދިން އެފަދަ ކިތަންމެ ކަމެއް ހުންނާނެ. އަހަރެން ބޭނުމެއްނޫން މީހަކު އަހަރެންނާ ދިމާއަށް ކަލަގޮވަނީއޭ ކިޔާކަށް. އަހަރެން ބުނަން ބޭނުންވަނީ އަހަރެން ކޮށްދިން އެކަހަލަ ކަންތައްތަކަށްޓަކައިވެސް އަހަރެންނަށް މާފްކޮށްދޭށޭ.” މާޝަލް އެހެން ބުނެފައި ދާން ހިނގައިގަތުމުން އަހަރެން ކުއްލިއަކަށް އޭނާގެ އަތުގައި ހިފީމެވެ.

“އަހަރެން މާޝަލްއަށް މާފްކޮށްފިން.”

“ތީގެ މާނައަކީ އަހަރެންނާ އެކީ އުމުރަށް އުޅެން އެއްބަހޭތަ؟ އަހަރެންނާ ކައިވެނި ކުރާނަންތަ؟” މާޝަލް އެހެން އަހާލުމުން އަހަރެން އަވަސްއަވަހަށް ބޯޖަހާލީމެވެ.

“އަސްލުވެސްތަ؟ ވަރަށް އުފާވެއްޖެ. އަހަރެން ދުނިޔޭގަ ހުއްޓާ ރުކާންއަށް އެއްވެސް ދެރައެއް ލިބުނަކަސް ނުދޭނަން.” މާޝަލް އަހަރެންނަށް ވަޢުދުވިއެވެ. އެރޭ އަހަރެންނަށް އެނގުނު ގޮތުގައި އަހަރެން މާޝަލްއާ އިންނަން އެއްބަސްވީ ހިސާބުން އަހަރެން އޭނާގެ އަނތްބަކަށްވީއެވެ. އޭގެފަހުން މާޝަލް އުޅެނީ އަހަރެންގެ ގޭގައެވެ. އަހަރެންގެ ކޮޓަރީގައެވެ. އަހަރެންގެ ހިޔަނިފަދައިން އޭނާ އަބަދުވެސް ހުރެއެވެ. އަހަރެންނަށް ގެއްލުމެއް ލިބިދާނެތީ އޭނާ ހުންނަނީ އަބަދުވެސް ތައްޔާރަށެވެ.

އަހަރެމެން ނުހަނު ލޯބިން އުޅޭތާ ދެމަސްވީތަނާ މާޝަލްގެ ފަރާތުން އަހަރެން ބަލިވެ އިންކަން އެނގުނެވެ. އަދި ބަނޑަށް އެއްމަސްކަމަށް ބުނުމުން އެކަމާ އަހަރެން ނުހަނު ކަންބޮޑުވިއެވެ. އަހަރެންގެ ބަނޑުން އެނގެން ފަށާއިރަށް އަހަރެންނާއި އަހަރެންގެ މުޅި އާއިލާ ބަދުނާމުވާނެކަމާމެދު ވިސްނަން ޖެހުނެވެ. މާޝަލް އަހަރެން އެކަމާ ނުވިސްނުމަށް ބުންޏެވެ. އެކަން ހަމަޖެހޭނެކަމަށް ބުންޏަސް އަހަރެންނަކަށް ހަމައެއް ނުޖެހެވެއެވެ. މީހުން ކުރާނެ މަލާމާތާއި މައިންބަފައިން ގަންނާނެ ލަދާއި ހިތާމައާމެދު އަހަރެންނަށް ހަމަ ވިސްނެނީއެވެ. ނަމަވެސް މާޝަލްގެ ލޯބިން އެހުރިހާ ނުތަނަވަސްކަމެއް ފިލުވާލައެވެ. އަހަރެންގެ ހަށިގަނޑަށް އަންނަމުންދިޔަ ބަދަލު މަންމައަށް ފާހަގަކުރެވިގެން އެވާހަކަ ދެއްކުމުން އަހަރެން ވަރަށް ހާސްވިއެވެ. ފުރަތަމަ އަހަރެން ހީކުރީ އަހަރެންގެ ބަނޑުން އެނގުނީ ކަމަށެވެ. ނަމަވެސް އަހަރެން މިހާރު ރަނގަޅަށް ކާތީ ފަލަވެލައިފިއޭ ބުނުމުން އަހަރެންނަށް ހިތްހަމަޖެހުމެއް ލިބުނެވެ.

އަހަރެންގެ ބަނޑަށް ހަމަސް ފުރުނުއިރުވެސް އަހަރެންގެ ބަނޑަކުން ނޭނގެއެވެ. އެހެންކަމުން ބައެއްފަހަރު އަހަރެން ބަލިވެ އިނީބާއޭވެސް އަހަރެންގެ ހިތަށްއަރައެވެ. ނަމަވެސް ކުއްޖާ ތޮޅޭތީ އަހަރެންނަށް އެކަން ޔަޤީންވިއެވެ. އުފާވެރިކަމާއެކު ދުވަސްތައް ފާއިތުވަމުން ގޮސް ބަނޑަށް ދުވަސްފުރި އަހަރެން ވިހެއީ ލޯބިލޯބި އަންހެންކުއްޖެކެވެ. ނަމަކަށްކީ މިޝްކާއެވެ. އަހަރެމެންގެ އުފާވެރި އާއިލާ ނުހަނު ސިއްރުވެރިކޮށް އުފާވެރިކޮށް އުޅެމުން ދަނިކޮށް ދަރިފުޅުގެ ފަރާތުން ފެންނަމުންދިޔަ ޖިންނީންގެ ސިފަތަކުން މާޝަލް ބޭނުންވީ ދަރިފުޅު އޭނާގެ ދުނިޔެއަށް ގެންދާށެވެ. ބަނޑުހައިވުމުން އަދި ދަންވަރު ގޭ އެންމެން ނިދުމުން ގެންނަ ގޮތަށެވެ. އެގޮތަށް ނިންމީވެސް އަހަރެމެންގެ މުސްތަޤުބަލަށް ވިސްނާފައެވެ. ނަމަވެސް ތަޤުދީރާއި ދެކޮޅު ހެދޭނީ ކިހިނެއް ހެއްޔެވެ؟

ދަރިފުޅު ގެންދިޔަތާ މަހެއްވެސް ނުވަނީސް މާޝަލް ނިޔާވެއްޖެއެވެ. ނަމަވެސް އޭނާ މަރުވުމުގެ ކުރިން އޭނާގެ އާއިލާއަށް ވަސިއްޔަތެއް ކުރިކަމަށް އޭނާގެ މަންމަ ބުންޏެވެ. އެއީ އަހަރެންނަށް އެއްވެސް ބުރައެއް އުފުލަން ނުޖެހޭނެގޮތަށް އަދި އަހަރެން އެއްވެސް ބަދުނާމެއް ނުވާނެގޮތަށް އަހަރެންނާ ދަރިފުޅު ބައްދަލުކުރުވާ އަހަރެންގެ ލޯބި ދަރިފުޅަށް ހޯދައިދިނުމަށެވެ. އަދި ހެޔޮލަފާ ދަރިއެއްގެ ގޮތުގައި އެދަރިފުޅު ބޮޑުކޮށްދިނުމަށެވެ. މިއަދާއި ހަމައަށްވެސް އެކަން އެގޮތުގައި އޮތްނަމަވެސް މާޝަލްގެ މަރުގެ ފަހުން އަހަރެންނަށް ހެޔޮވިސްނުން ލިބުނެވެ. އެ އަހަރުތެރޭ އަހަރެންގެ ސިކުނޑިއަށް ބާރު ފޯރުވަމުން ދިޔަކަން އެނގުނެވެ. ނަމަވެސް އެކަމަކާ އަހަރެން ހިތްބުރައެއް ނުކުރަމެވެ. އަމިއްލަ އެދުން އިސްނުކުރާނެ އެއްވެސް މަޚްލޫޤެއް ނޫޅޭނެކަން އަހަރެން ދަންނަމެވެ.

**********

“އަހަރެންގެ ދިރިއުޅުމުގެ އެންމެ ބޮޑު ސިއްރު މި ކިޔައިދެވުނީ.” ރޮވިފައި އިނދެ ރުކާން ބުނެލިއެވެ. އަޑު އިވުނު ވާހަކަތަކުން މިއުވާންއަށްވެސް ފުން އަސަރުތަކެއް ކުރިއެވެ. އޭނާގެ އެންމެ ގާތް އެއް ރަޙުމަތްތެރިޔާގެ ޙަޔާތުގައި އެވަރު ބޮޑުކަމެއް ހިނގައިގެން ދިޔައިރު އޭނާއަށް އަންގާނުލީތީ އޭނާ ދެރަވިއެވެ.

“ތިހާ ބޮޑުކަމެއް ހިނގާ ދިޔައިރު އަހަރެންނަށް އަންގާނުލީ ކީއްވެ؟” ރޮވިފައި އިން މިއުވާންއަށް ޝަކުވާގެ ރާގެއްގައި އަހާލެވުނެވެ.

“މާޝަލް ބޭނުންވީ އެގޮތް. އޭނަ ބޭނުންވީ އަހަރެންނާއެކު އުމުރަށް އުޅެން. އޭނަ ބުނީ އޭނަގެ ހަޤީޤަތް އެނގޭ ދުވަހަކުން އަހަރެމެން ދެމީހުން ދުރުކުރަން ފަންޑިތަ ހަދާ ހަދާނެކަމަށް. އެހެންވެ އަހަރެންވެސް ބޭނުންނުވީ އެކަން އެއްވެސް މީހަކަށް އަންގަން. އަނެއްކޮޅުން ވާންވެސް އޭރު އަހަރެންނާ އެހާ ދުރު.” ރުކާން އެހެން ބުނެލުމުން މިއުވާންއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.

“އަހަރެން މި ހިތަށްއަރަނީ އަހަރެން ދެން ކިހިނެއްބާއޭ ހަދާނީ؟ މިކަމުގަ ރުކޫގެ ކުށެއްވެސް ނެތް. ރުކޫ ދޫކޮށްލާކަށްވެސް ބޭނުމެއްނޫން. އެކަމަކުވެސް އަހަރެންނަށް ވަރަށް އުނދަގޫވެއްޖެ މި އިވުނު ވާހަކަތަކުން.” މިއުވާން އެހެން ބުނެލުމުން ރުކާންއަށް ލޯމަރާލެވުނެވެ.

“ވާން އަހަރެންނާއެކު އުޅެން ބޭނުން ނެތިއްޔާ އަހަރެން ވަރިކުރުމަކުން އަހަރެންގެ އެއްވެސް މައްސަލައެއް ނެތް.” ރުކާން އެހެން ބުނިތަނާ އޭނާއަށް ބާރަށް ރޮވިއްޖެއެވެ. އޭނާ ރޯން ފެށުމުން މިއުވާންވެސް ދެރަވިއެވެ. އެއްވެސް މީހަކު ރޯތަން ދުށުމަކީ އޭނާއަށް ފަސޭހަކަމެއް ނޫނެވެ.

“ރުކޫ! ހުއްޓާލާ. އަހަރެން ނުބުނަމެއްނު އަހަރެން ރުކޫއާއެކު ނޫޅޭނަމެކޭ. އެކަމަކު އަހަރެންނަށް ވަގުތުކޮޅެއް ދީ. އެހާތަނާ ޖެހެންދެން ރުކޫވެސް އަހަރެންނާ ދުރުން އުޅެދީ.” މިއުވާން އެހެން ބުނުމުންވެސް ރުކާންއަކަށް ނުހުއްޓުނެވެ. އޭނާ އެހާވަރުން އެވާހަކަތައް އެއްވެސް ފޮރުވުމެއްނެތި އެ ކިޔައިދިނީ މިއުވާން އޭނާއަށް މާފްކުރާނެކަމަށް ހާދަ ފޮނި އުއްމީދެއް ކޮށްފައެވެ. ނަމަވެސް ހަޤީޤަތް އެނގުމަށްފަހުވެސް މިއުވާން އޭނާއަށް މާފްނުކުރީއޭ ހިތަށް އެރުމުން މާބޮޑަށް ހިތުގައި ޖެހުނީއެވެ. ރޮމުން ދިޔަގޮތުން ހީވަނީ އޭނާގެ ހިތަށް ކޮށްފައިވާ ހުރިހާ އަސަރުތައް އެއްފަހަރާ ބޭރުކޮށްލަން އުޅޭކަހަލައެވެ.

އެތައްއިރެއް ވީފަހުން މިއުވާންގެ މޭގައި ބޯއަޅައިގެން އޮވެ ރުކާން ރުޔެވެ. ހިތްފުރޭވަރުވީ ކަންނޭނގެއެވެ. ރުއިން ހުއްޓާލާފައި ރުކާން މިއުވާންއާ ދުރަށް ޖެހުނެވެ. އަދި މަޑުމަޑުން ތެދުވެގެން ގޮސް ފާޚާނާއަށް ވަނެވެ. މިއުވާން ރުކާން ދިޔަ ދިމާއަށް ބަލަން އިންއިރު އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައީ އޭނާގެ ދިރިއުޅުމަށް މިހާ ކުޑަ ދުވަސްކޮޅެއްގައި ދިމާވި ކަންތައްތަކުގެ ސަބަބުން ހިތަށްކުރި އަސަރެއްގެ ބޮޑުކަމުންނެވެ. އަނެއްކޮޅުން ރުކާންގެ ހާލާއިމެދު އޭނާއަށް ހަމްދަރުދީވެސް ވެވެއެވެ. ނަމަވެސް ރުކާންއާއެކު ލޯބިން އުޅުމަށް އޭނާގެ ހިތް ދެކޮޅު ހަދަނީ ކީއްވެކަމެއް އޭނާއަކަށް ނޭނގެއެވެ.

“ރުކޫ! ރުކޫ! އަވަސްކޮށްބަލަ. މިހާރު ކޮންއިރެއް؟” ރުކާން ފާޚާނާއަށް ވަތްގޮތަށް ލަސްވެގެން މިއުވާން ގޮވަން ފެށިއެވެ. އިސްކުރުން ފެންފައިބާ އަޑު ކެނޑިނޭޅި އިވެމުން ދިޔައެވެ. ނަމަވެސް ރުކާންގެ އެއްވެސް ޚަބަރެއް ނުވިއެވެ. އެވަގުތު ހިތަށް ވަތް ޚިޔާލަކުން ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. އެހެންކަމުން އޭނާ ފާޚާނާ ދޮރުގެ ޑަބަލް ތަޅުދަނޑި ހިފައިގެން އައިސް ފާޚާނާ ދޮރު ހުޅުވާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (34)

Next

އަންވާރު (ސީސަން 01) ދެވަނަ ޕާޓް

Next
May 17, 2017

އަންވާރު (ސީސަން 01) ދެވަނަ ޕާޓް

Previews
May 17, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (34)

58 Comments!

  1. ithoo says:
    May 17, 2017 at 8:31 pm

    Yeyy..me frst dww..hehe

    1. Saandy says:
      May 17, 2017 at 8:35 pm

      Hehehe.. Yeah Ithoo… U first… Mi network slow kamun comment ves nukurevuney avahakah 🙂

  2. Saandy says:
    May 17, 2017 at 8:32 pm

    Assalaam A’laikum… Miothy “IUNAAS” vaahakaige 9 vana bai… Hurihaa kudhinnahves kamudhaane kamah ummeedhu kuran… Next part “FRIDAY”ga… Hurihaa kudhinnahves baajjaveri reygan’dakah edhen… Love u all 🙂

  3. Natha says:
    May 17, 2017 at 8:37 pm

    Me second dhw

    1. Saandy says:
      May 17, 2017 at 8:43 pm

      Hehehe Natha… Yes… Thy second in’gey 🙂

  4. imagination says:
    May 17, 2017 at 8:38 pm

    omgg.. kihineh vefa onnani??

    1. imagination says:
      May 17, 2017 at 8:39 pm

      omg.. mee third. alah mihaa avaha mikiyuni. lol. btw story hama vvvvv salhi

    2. Saandy says:
      May 17, 2017 at 8:44 pm

      ThanQ Imagination… Kiyaaleema v ufalun mihury 🙂

  5. Mary says:
    May 17, 2017 at 8:39 pm

    Me first dw.. Love the story.. Plxx next part up kohdheebala ahvahaa.. ????

    1. Saandy says:
      May 17, 2017 at 8:49 pm

      ThanQ Mary… Next part Fridayga up kohdheveyny… Adhi hama ebai liyun othy oiy gothah… Ekam Fridayge kurin nimijjeyyaa genesdheynan… Insha Allah!! 🙂

  6. fathun says:
    May 17, 2017 at 8:51 pm

    Beutiful

    1. Saandy says:
      May 17, 2017 at 9:03 pm

      ThanQ Fathun 🙂

  7. ????❤ says:
    May 17, 2017 at 8:53 pm

    Me 3rd.??????

    1. Saandy says:
      May 17, 2017 at 9:04 pm

      No dear… Thy 6th… hehehe 🙂

  8. Zee says:
    May 17, 2017 at 9:01 pm

    Wow…. Haadha reechey …..v nice story.

    1. Saandy says:
      May 17, 2017 at 9:04 pm

      ThanQ Zee 🙂

  9. Maree says:
    May 17, 2017 at 9:12 pm

    B U T FUL Friday ge inthizaruga mihuree

    1. Saandy says:
      May 17, 2017 at 10:17 pm

      ThanQ Maree 🙂

  10. Arkaa says:
    May 17, 2017 at 9:14 pm

    Woah varah asarugadha secret eh dho ..varah salhi hama..waiting for next part?

    1. Saandy says:
      May 17, 2017 at 10:18 pm

      ThanQ Arkaa… Next part Fridayga 🙂

  11. Eeny says:
    May 17, 2017 at 9:19 pm

    Reethi ey saandy❤

    1. Saandy says:
      May 17, 2017 at 10:19 pm

      ThanQ Eeny 🙂

  12. shaa says:
    May 17, 2017 at 9:23 pm

    Vrah reethi mibaives

    1. Saandy says:
      May 17, 2017 at 10:19 pm

      ThanQ Shaa 🙂

  13. Noor says:
    May 17, 2017 at 9:24 pm

    Ohhhh…v.v.v.v.v.Salhi…❤❤❤

    1. Saandy says:
      May 17, 2017 at 10:20 pm

      ThanQ Noor 🙂

  14. Luhan says:
    May 17, 2017 at 9:44 pm

    V v v reeethi..Nice..??

    1. Saandy says:
      May 17, 2017 at 10:20 pm

      Luhan 🙂

  15. Anonymous says:
    May 17, 2017 at 9:55 pm

    hiyy thalhuvaalaafa vaahaka thi ninmaaly.. waiting for another part.. vvv salhi ingey mi part vx.. bt plx biruveri nukuraathi ingey ehaa bodah..

    1. Saandy says:
      May 17, 2017 at 10:21 pm

      ThanQ Anonymous… Next part Fridayga 🙂

  16. nux says:
    May 17, 2017 at 10:12 pm

    eneh kaa rukoo prg v baaa ?????????omg v reethi mi partvess luv ??waitinga nw mihury??

    1. Saandy says:
      May 17, 2017 at 10:23 pm

      ThanQ Nux… Engidhaanethaa dhw Rukoo ah vaagothehves… Next part Fridayga 🙂

  17. Ummu Maleek says:
    May 17, 2017 at 10:30 pm

    Omg salhi vaahaka eh…… varah kiyaalaa hiy vaa gothakah adhi kuriah dhany… comment nukuran hiy varu kury….. biruveri vaahaka eh v ma kiyan kudakoh undhagoo ekam v reethi… ??????

    1. Saandy says:
      May 18, 2017 at 10:43 am

      ThanQ Ummu Maleek… V ufaavejje vaahaka kiyaaleema 🙂

  18. Appy says:
    May 17, 2017 at 10:52 pm

    Miadhu neynge kithahh faharu kameh beluny mi story up vehjethw heheh 9 jehi iru feshigen hama balany ……vvv inthizaaru kurevey story eh v ma …vv rythi ….my fav writer. …

    1. Saandy says:
      May 18, 2017 at 10:44 am

      ThanQ Appy… Sorry in’gey ehaa dhigu inthizaareh kuruvuneema 🙂

  19. Princess Yaa says:
    May 17, 2017 at 11:01 pm

    Neyvaa hifaahttaa laigen indhe mi kiya nimmaalee. Hehe. Rukaan ge dharifulhuge undhagoo kanneyge kurimathi vanee. Vaahaka varah varah vara reethi. Saandy u r doing great. Next part maa lasnukurahchey ingey. Plx. Waiting for next part.

    1. Saandy says:
      May 18, 2017 at 10:45 am

      ThanQ Princess Yaa… Thihenves hama vedhaane… Next part maadhamaa… Ehaa laheh nukuraanan… Insha Allah!! 🙂

  20. Aisha says:
    May 17, 2017 at 11:17 pm

    Varah reethi mi part ves next part varah kiyaahithun mihuriee.. Waitting

    1. Saandy says:
      May 18, 2017 at 10:47 am

      ThanQ Aisha… Next part maadhamaa… Insha Allah!! 🙂

  21. Thuthi says:
    May 17, 2017 at 11:43 pm

    Maruvy????? ?????

    1. Saandy says:
      May 18, 2017 at 10:47 am

      Thuthi!! Hmm… Maruvy 🙁

  22. raany says:
    May 18, 2017 at 7:21 am

    Maashal ge bai v lobi genasdhyfa in leh.. nasybeh maashal ah deragotheh nehedikan.. maashal ge sifa bayaan kohdhyfa in goiy v firihen vantha vefa reethi.. story vx vv rythi..

    1. Saandy says:
      May 18, 2017 at 10:48 am

      ThanQ Raany… V ufaavejje Maashalge bai genesdhevunu goiy kamudhiyaeema 🙂

  23. Love says:
    May 18, 2017 at 7:33 am

    dhen kihineh baa vaani. waitin waitin avahah up koh dheh chey. v chaalu mi part ves saandy 🙂

    1. Saandy says:
      May 18, 2017 at 10:49 am

      ThanQ Love… Next part maadhamaa up kolladheynan… Insha Allah!! 🙂

  24. inaa says:
    May 18, 2017 at 8:33 am

    rukaange dharifulhuhen hyvany iunaash maraalany,

    1. Saandy says:
      May 18, 2017 at 10:50 am

      ThanQ Inaa… Iunaas maruvi fahunnehnu Rukaange dharifulhu ufanvy… Ehenveema thihen nuvaane ehnu 🙂

    2. Princess Yaa says:
      May 18, 2017 at 5:32 pm

      Rukaan ge dharifulhu ufan vumuge kurin iunaas vanee maruvefa. Rukaan aa mashal furathama bahdhal v ves iunaas maruvumah fahu miuvaan boa govaigen ulhunu dhuvahega miuvan rukaan dheke hinhama nujehumun artificial beach ah gos hutta ethanun. So rukaan ge baby eh noon iunaas maraalaaneeee eh. *just information*

    3. Saandy says:
      May 18, 2017 at 5:37 pm

      Yes Princess Yaa… That’s impossible dhw 🙂

  25. lil grl says:
    May 18, 2017 at 8:59 am

    varah reethi.. keep it up

    1. Saandy says:
      May 18, 2017 at 10:53 am

      ThanQ Lil grl 🙂

  26. Any says:
    May 18, 2017 at 10:00 am

    Wow wow just wow

    1. Saandy says:
      May 18, 2017 at 10:53 am

      ThanQ Any 🙂

  27. Lucifer says:
    May 18, 2017 at 11:48 am

    reethi miadhuge baives

    1. Saandy says:
      May 18, 2017 at 4:55 pm

      ThanQ Lucifer 🙂

  28. Rainy princess says:
    May 18, 2017 at 2:49 pm

    Wow saandy <3 stry vara vara vara reethi..cant wait to read the next part 🙂

    1. Saandy says:
      May 18, 2017 at 4:56 pm

      ThanQ Rainy princess… Next part maadhamaa up kolladheynan… Insha Allah!! 🙂

Comments are closed.

Next Episodeއިއުނާސް (10)←


All Right Reserved!