1 އަހަރު ފަސް*** ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކެތްތެރިކަމެއް ނެތި ދެކޮޅަށް ހިނގާލަ ހިނގާލަ ޒާހިދު ހުރީ އޭނާގެ ދަރިފުޅު ނަބާ ފެންނާނެ އިރެއްގެ އިންތިޒާރު ގައެވެ. 5 އަހަރު ފަހުން އޭނާގެ ދަރިފުޅު އޭނާގެ އަމިއްލަ ވަތަނަށް އަންނަނީއެވެ. ސައިކޮލޮޖީ ކިޔަވައިގެންނެވެ. މާ ގިނައަރު ޒާހިދު އަށް އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ހުދު ކުލައިގެ ކަކުލާ ހަމަ އަށް އަންނަ ރީތި ހެދުމަކާއި ކަޅު ކުލައިގެ ޖިންސެއް ލައިގެން ނަބާ ރީތި ހިނިތުންވުމަކާއެކީ އައިސް ޒާހިދު […]
ހަވީރުގެ ވަގުތެވެ. އިންޝާހުރީ ނިހާގެ އިންތިޒާރުގައެވެ. ނިހާގެ ކޮޓަރިއަށް މީހަކު ވަތް ވާހަކަ ނިކާލް ބުނިފަހުން އޭނާ ދެފައި އެއްތާކު ނުޖަހައެވެ. އިރުއިރު ކޮޅާ ގަޑި ބަލާލައެވެ. ބޭރަށް ނުކުމެ މަގުމަތިވެސް ބަލާލައެވެ. 04 ޖަހާއިރު ނިހާގެ ޑިއުޓީ ނިމޭނެއެވެ. 05 ޖެހި އިރުވެސް ނިހާ ގެޔަށް ނައުމުން އޭނާ ކަންބޮޑުވިއެވެ. އިންޝާ ގޯތި ތެރެއަށް ނުކުތެވެ. ނިހާ މައިގޭޓުން ވަންތަން ފެނިފައި އޭނާގެ ފިޔަވަޅުތައް ހަލުވިކޮށްލިއެވެ. އޭނާ ގޮސް ނިހާގެ ގައިގާ އޮޅުލައިގަތެވެ. އިންޝާގެ ކަންބޮޑުވުން […]
ވަރަށް އަވަހަށް އަންނަނީ … އިންތިޒާރު ކޮށްލަވާ….
އިންޝާއަށް ހޭލެވުނުއިރު ނަޒީލް ދޮރު ކަހާލައިފައި އެތެރެއަށް ވަންނަނީއެވެ. އިންޝާ މޯޅިއަކަށް ދެމިލަމުން ނަޒީލަށް ގޮވާލުމާއެކު ނަޒީލް ހުއްޓުން އެރިއެވެ. ދެން އިތުރަށް އެންމެ ފިޔަވަޅެއްވެސް ކުރިޔަކަށް ނޭޅިއެވެ. ފަރާތަކަށް ބަލާވެސް ނުލިއެވެ. ހީވީ ހުރިތަނަށް ގާވިހެންނެވެ. އިންޝާ ގޮވާލިއެވެ. ނަޒީލް އެއްވެސް ހަރަކާތެއް ނުކުރިއެވެ. އިންޝާ ތެދުވިއެވެ. ނަޒީލްގެ ގައިގައި އަތްޖައްސާލުމާއެކު ކަނޑާ ވައްޓާލި ރުކެއްހެން ހުރިތަނަށް ދެމުނެވެ. އިންޝާ ހާސްވެގެން ނަޒީލަށް ގޮވަމުން މޫނުމަތީގައި ތަޅަންފެށިއެވެ. ފެން ފުޅި ނަގައި މޫނަށް ފެންބުރުވާލިއެވެ. ލޯ […]
( ސަޕްރައިޒް ހުރިހާ ކުދިންނަށް.. މިއޮތީ ޒާރާ ވާހަކައިގެ 9 ވަނަ ބައި.. ? ) *************************** ކުރީގެއަދަދާއި ގުޅޭ: ” ރިޝްވާންވެސް ފަހުން އަހަންނާއި ލޯބީގެ ގުޅުމެއް ބާއްވާކަށް ބޭނުމެއް ނުވި.. ރިޝްވާން ބުނާ ތަންތަނަށް ނުދެވޭތީ ގިވްއަޕް ކުރީއޭ ބުނީ.. ޓަޔަޑްވީއޭ.. އެހެންވެ އަހަރެންގެ ހިތުގައި ރިޝްވާންއާމެދު ކިރިޔާ ލޯތްބެއް އުފެދުނުތަނާހެން އަހަންނަށް ރިޝްވާންވެސް ގެއްލުނީ.. ރިޝްވާން ބޭނުންވީ ރައްޓެހިކަން ބާއްވަން.. އެކަމަކު އަހަރެންނަށް ކަމުދާ މީހުންނާ ރައްޓެހިކަން ބޭއްވުމަކީ އަަހަންނަށް އެހާ ފަސޭހަކަމެއް […]
ޒާރާއަކީ މަންމައާއި ބައްޕައެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ޒާރާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އާހިލް ކިޔާ ކުއްޖަކާއެވެ. އެހެނަސް އޮންނަނީ އަބަދު ދެމީހުންގެ މެދުގައި މައްސަލަ ޖެހޭގޮތްވެފައެވެ. އާހިލްގެ މިޒާޖު ހުންނަގޮތުންޒާރާވެސް ކޮންމެވެސް ކަމެއް އާހިލްއަށް ސިއްރުކުރަމުންދިޔައެވެ. އޯލެވެލް އިމްތިހާނަށްފަހު ޒާރާ މާލެ އާދެއެވެ. މާލެ އައިސް ޒާރާގެ ސިއްރު އާހިލްއަށް ކިޔައިދެއެވެ. އެކަމުގެ ސަބަބުން އެދެމީހުންގެ ގުޅުމަށް އަސަރުކޮށް ޒާރާއާއި އާހިލްގެ ގުޅުން ނިމިގެން ދެއެވެ. ރުޅިވި ފަހުންވެސް އާހިލް ޒާރާއަށް އެކިއެކި ޖެއްސުންތައް […]
އަޅުގަނޑު ގެނެސްދެމުން ދިޔަ ވާހަކަ “ޒާރާ” ގެނެސްދިނުން ގިނަދުވަސްތަކަކަށް މެދުކެނޑިފައިވާތީ ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ. މިވާހަކައިގެ ދެން ކުރިއަށް އޮތް (9 ވަނަބައި) ހިސާބުން ފެށިގެން ދެން ހުރިބައިތަށް ޖެނުއަރީ 25 އިން ފެށިގެން ގެނެސްދޭނެ ވާހަކަވެސް ދަންނަވަމެވެ.
ބޯކޮށްވެހެމުން ދިޔަ ވާރޭގެ ސަބަބުން މާލޭގެ މަގުތައްވަނީ ހިމޭންވެފައެވެ. ޖަހާލާ ބާރު ގުގުރީގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. މިގަދަ ވިއްސާރާގައި ކުޑަ އެއް އަތައް ނަގައިގެން ހިނގަމުން އަންނަ ޒުވާން އަންހެންކުއްޖާގެ ހިތުގައި ވަނީ ބިރުވެރިކަމެވެ. މަގުގައި އޭނާ ނޫން އެހެން މީހެއްގެ ހިލަމެއްވެސް ނުވޭ ވިއްޔާއެވެ. އެއްއަތުން ކޮލެޖުގެ ފޮތްތައް ހިފައިގެން، އަނެއްއަތުން ކުޑަ ހިފައިގެން ހިނގަމުން ދިޔަ އަންހެންކުއްޖާގެ ބޭނުމަކީ އަވަހަށް ގެއަށް ދިޔުމެވެ. ވައި ގަދަވުމުގެ ސަބަބުން ބައެއް ފަހަރު ކުޑަވެސް އެއްލައިގެން […]
“އޭ ޔަތޫ ކޮބާތަ، ހާދަ ތަތް މީހެކޭ ދޯ! ގުޅާބަލަ، ވެދާނެ ފިނިހަކަ ކައިރިއައް ދިޔައީ ކަމައް،” ޝިނާޒު އާއި ފަލާހު ހެމުން ވާހަކަ ދައްކަމުން ޔަތޫއައް ގުޅާލިއެވެ. ”އޭ މިހާރު މިހުރީ ދަނޑު ކައިރީ މަޑުކުރޭ މި ދަނީ..،” އެހެން ކިޔާފައި ފޯނު ބާއްވާފައި ޔަތޫ ސައިކަލުގައި އަނެއްކާވެސް މިސްރާބު ބެހެއްޓީ ހެންވޭރު އިރުދަށު ހޮޓަލައް ދިއުމަށެވެ. “ރަށައް ދާކައް ނުވިސްނަންތަ؟” ފުރަތަމަވެސް ޔަތޫއައް ރަނގަޅައް އިށީނދެލަން ވަގުތު ކޮޅެއް ނުވަނީސް ފަލާހް ސުވާލު ކޮއްލިއެވެ. […]