ކުރީގެ އަދަދާއި ގުޅޭ : އެހެން ބުނެފައި ފޯނު ކަނޑާލުމަށްފަހު އެފް.ބީ މެސެންޖަރ އިން ވިއާމްއަށް އައިޑީ ކާޑުގެ ފޮޓޯ ފޮނުވިއެވެ. ވިއާމްވެސް އިނީ އޮންލައިންގައި ކަމުން ވަގުތުން ސީންވެސް އެރިއެވެ. ” އޯކޭ.. އެހެންވީމަ ބަލާފަ މާދަމާ އަހަރެން ގުޅާނަން.. އަސްލު ޗުއްޓީ ނަގައިގެން ހުރީމަކަންވެސް އިނގޭ.. އަހަރެން ގާތުގައި ތިބުނީ.. އެހެންނޫންނަމަ އަހަރެން ގާތުގައި ކަމަކު ނުވެސް ކިޔާނެދޯ.. ” ވިއާމް މެސެންޖަރގައި ބުނެލިއެވެ. ” ހުމްމް.. އަހަރެން މިހާރު މިހިރީ މަސްދުވަހުގެ ޗުއްޓީ […]
ކުރީގެ އަދަދާއި ގުޅޭ : ” ހަމަ އަސްލުވެސްތަ ބްރޯ.. އެހެންވީއިރު ތި އިޔާޒް ތީ ހާދަ ނުބައި މީހެކޭ.. ބްރޯ ހާސްނުވޭ.. އިތުރު އެއްވެސް މީހަކަށް އެއްވެސް އެއްޗެއް ނޭނގޭނެ.. ” ހަގީގަތް އެނގުމުން މައުލޫމާތުތައް ސިއްރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވިއާމް ދިނެވެ. ******************* ގެއަށް ވަދެގެން އައިއިރު ބަދިގެ ފަރާތުން ކޮންމެވެސް ބަޔަކު ވާހަކަދައްކާއަޑު ޔަޒްދާންއަށް އިވުނެވެ. އެހެންވެ ބަލާލާނަމޭ ހިތަށް އަރާފައި ޔަޒްދާން ބަދިގެފަރާތަށް ގޮސް ކުޑަކޮށް ބަލާލިއެވެ. ބަދިގެތެރޭގައި ޒާރާ […]
ކުރީގެ އަދަދާއި ގުޅޭ : އޭރު ނަމާދަށް ނުގޮސް އަހަންނަށް އިނދެވެނީ ވިސްނާށެވެ. ނަމާދަށް ދިއުމަށް އިސްކަމެއް އަހަންނަކަށް އޭރު ނުދެވެއެވެ. އަހަންނަށް ބައެއް ނަމާދުވެސް އެހެންގޮސް އެޅުނެވެ. ދުވަސްކޮޅެއްވާންދެން އަހަންނަށް އުޅެވުނީ ހަމަ އެހެންނެވެ. އެކަމާ ފަހުން އަހަރެން ވަރަށް ދެރަވިއެވެ. އެކަމާ ދެރަވެގެންގޮސް އަހަރެން ތައުބާވެސް ވީމެވެ. އަދި އޭގެ ފަހުން ނަމާދުތަކަށްވެސް އަހަރެން ވަރަށް ފަރުވާ ބަހައްޓަމެވެ. އަހަރެންގެ ހިތާމަތަކަށް ވުރެ ދީނަށް އިސްކަންދިނީމެވެ. ކުރީގައި ގްރޭޑް 9 ގައި އުޅުނު ދުވަސްވަރުގައި […]
ކުއްލިއަކަށް އިވެންފެށީ ބޭރުދޮރުގައި ތަޅައިގަތް އަޑެވެ. ޓިނު ދޮރެއްކަމުން އެއަޑު އައީ ވަރަށް ބިރުވެރިކޮށެވެ. އަނެއްކާ މިއޮތް ވިއްސާރައިގައި ކާކުބާއޭ ސުމާގެ ހިތަށްއެރިއެވެ. އަނެއްކާވެސް އެއަޑުއައެވެ. ތެޅިތެޅި އޮތްހިތަކާއެކު ސުމާ މަޑުމަޑުން ކުރިއަށް ފިޔަވަޅު އަޅަން ފެށިއެވެ. ދޮރު ހުޅުވާލުމާއެކު ދޮރުން އެތެރެއަށްވަނީ ފަޔާޒެވެ. އެއީ ސުމާގެ މަންމަ ހަސްނާގެ ދޮށީ ފިރިހެން ދަރިއެވ. ހަސްނާވަނީ ސުމާގެ ބައްޕަޔާއިނުމުގެ ކުރިން އެހެން މީހަކާ އިނދެ 2 ދަރިން ތިބެއެވެ. ހަމަ އެގޮތަށް ސުމާބައްޕަ އަލީވެސް ކުރިން މީހަކާ […]
ގަޑިއަކީ ދަންވަރު 12:30 ވިއިރެވެ. އަޒްކާ ހޭލެވުނީ އޭނަގެ ގޭގެ ކައިރީގައި ހުރި ޖަންގައްޔަކުން ކުޑަކުޑަ ކުއްޖެއް ގޮވައިލި އަޑަށެވެ. އަޒްކާގެ ހިތައް އެގަޑީގައި ބިރުވެރިކަމެއް އައެވެ. އަޒްކާ އަވަސް އަވަސްއަވަހައް ދުވެފައި ގޮސް އޭނަގެ ކުޑަ އަންހެން ދަރިފުޅު ސާރާގެ ކޮޓަރިއަދިޔައެވެ، ދިޔައިރު ކަމަކުދާކަށް ނެތެވެ. ކޮޓަރިތެރެ ހުރީ އެހެން މިހެންނެވެ. ކޮޓަރިތެރެބަލައިލިއިރު ސާރާ ފެންނާކަށް ނެތެވެ. އެވަގުތު އަޒްކާ ހުރީ ބިރުން ފިނިވެފައެވެ. އަޒްކާ އަޒްކާގެ ދަރިފުޅު ހޯދަމުން ދަނިކޮއް ބޭރުގައިހުރި ބަންކެޔޮ ގަހެއްގެ […]
ކުރީގެ އަދަދާއި ގުޅޭ: ހަލާލު ފިރިމީހާއަށް ނޫނީ އަހަރެންގެ ކިބައިން އެފަދަ އުފާތަކެއް އެއްވެސް މީހަކަށް ލިބިގަތުމުގެ ހުއްދައެއް ނޯންނާނެ ކަން އެނގުނު ދުވަހު އަހަރެން ހިތާމަކުރި މިންވަރެއްވެސް އެއްވެސް މީހަކަށް ނޭނގޭނެއެވެ. އެއްދުވަހަކު ބައްޕަ ސިޑިއަކުން ވެއްޓުނެވެ. ސިޑިން ވެއްޓިގެން ފައި ބިންދައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. އެހެންވީ ބައްޕަ މަސައްކަތްކުރަން އުޅުނު ރަށުގައި އުޅެނިކޮށެވެ. ފައިބިންދައިގެން ނުދިޔަ ކަމުގައި ވިއަސް ފަޔަށް އޮތީ ވަރަށް އަނިޔާވެފައެވެ. ބައްޕަ އެކަމާ ދެރަވެގެން އަހަރެންގެ ގާތުގައި އެވާހަކަދެއްކިއެވެ. […]
ކުރީގެ އަދަދާއި ގުޅޭ: އެހެންވިއަސް އަހަރެން އެވާހަކަތައް ރިޔާއަށް ކިޔައިދޭން މިހާރު ބޭނުމެވެ. އަހަރެންނަށް ލިބޭ މިއުނދަގޫތަކުން ކިރިޔާވެސް ލުޔެއް ލިބޭނީ މިވާހަކަތައް އަހަންނަށް މީހަކަށް ކިޔާދެވިގެންނެވެ. އެއާއި ޖެހިގެން އައި ދުވަހު ސްކޫލަށް އަހަރެން ދިޔައީ ވަރަށް ކަންބޮޑުވެފައި ހުރެގެންނެވެ. މިހާރު ރިޔާ ހިތަށް އަރާނީ ކީކޭކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. އަހަންނަށް ވިސްނެމުންދިޔައީ އެކަމާއެވެ. އެހެންނަމަވެސް ގަޑިޖެހިގެން ގޮސް ސްކޫލް ގޭޓް ބަންދުކުރިއިރުވެސް ރިޔާއެއް ކްލާހަކަށް ނާދެއެވެ. އަނެއްކާ ރިޔާ ސްކޫލަށް ނައީ ކީއްވެގެން ބާއޭ […]
ކުރީގެ އަދަދާއި ގުޅޭ: ރިޔާއާ އެކުވެރިވެފައި އަހަރެން ރިޔާއަށް އާހިލްގެ ވާހަކަ ކިޔާދިނީމެވެ. ކުރީގައިވެސް ރިޔާއަކީ އަހަރެންގެ ރައްޓެއްސެކެވެ. އެހެންނަމަވެސް އޭރު އަހަރެންނާ ރިޔާއާ އެހާ ގާތް ގުޅުމެއް ނޯވެއެވެ. އޭރު އަހަރެން ބޮޑަށް ގާތްވާނީ ޝީނާއާއެވެ. އަހަރެންނަށް ލިބޭ ހަމައެކަނި އުފަލަކީވެސް އާހިލްއާ ރިޔާއާ ވާހަކަދައްކާލެވުމުން އެލިބޭ އުފަލެވެ. އަހަރެން ބޭނުންވީ ވީހާވެސް ގިނައިން އެމީހުންނާ ވާހަކަދައްކާށެވެ. އެހެން ވިސްނުންތަކުން އަހަރެންގެ ސިކުނޑި ސަލާމަތްކުރާށެވެ. އެހެންނަމަވެސް ބައްޕަ އައިސް ރަށުގައި މަޑުކުރާ ދުވަސްތަކަކީ އަހަންނަށް ބިރުވެރި […]
ކުރީގެ އަދަދާއި ގުޅޭ : ” ދަރިފުޅާ ތިހެން ބުނާކަށް ނުވާނެ.. މައިންބަފައިންނަށް ދުވަހަކުވެސް ދަރިން ބޮޑެއްޗެއް ނުވާނެ.. މަންމައާ ބައްޕަގެވެސް ތިހިރީ ދަރިފުޅު އެކަނި.. އެހެންވީމާ ބައްޕަވެސް ދަރިފުޅު ދެކެ ލޯބިވާނެއެއްނު.. އަނެއްކާ ބައްޕަ އިންދާ ތިވާހަކަ ނުދައްކައްޗޭ.. އޭރަށް ބައްޕަ ދެރަވެދާނެ.. ދަރިފުޅާ އެކީ ބައްޕަ ވަގުތު ހޭދަކުރަންޏާ ދަރިފުޅު ވާންޖެހޭނީ އުފަލެއްނު.. ބައްޕައިންވެސް ޖެހޭނެއޭ ދަރިންނާއެކީ ވަގުތު ހޭދަކުރަން.. ” މަންމަ ހިނިތުންވެލާފައި އެހެންބުނުމުން އަހަންނަށްވެސް ފޭކްކޮށް ހީލެވުނެވެ. މަންމަ ދިން ޖަވާބުން […]