Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ރީތި ސޫރައެކޭ 1

Pinkish Level 6100 Comments10 Stories100 Login500 Comments
January 21, 2018 6 Mins Read
29 Comments

1 އަހަރު ފަސް***

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކެތްތެރިކަމެއް ނެތި ދެކޮޅަށް ހިނގާލަ ހިނގާލަ ޒާހިދު ހުރީ އޭނާގެ ދަރިފުޅު ނަބާ ފެންނާނެ އިރެއްގެ އިންތިޒާރު ގައެވެ. 5 އަހަރު ފަހުން އޭނާގެ ދަރިފުޅު އޭނާގެ އަމިއްލަ ވަތަނަށް އަންނަނީއެވެ. ސައިކޮލޮޖީ ކިޔަވައިގެންނެވެ.

މާ ގިނައަރު ޒާހިދު އަށް އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ހުދު ކުލައިގެ ކަކުލާ ހަމަ އަށް އަންނަ ރީތި ހެދުމަކާއި ކަޅު ކުލައިގެ ޖިންސެއް ލައިގެން ނަބާ ރީތި ހިނިތުންވުމަކާއެކީ އައިސް ޒާހިދު ކައިރި ހުއްޓުނެވެ. ޒާހިދު އަށް ބަލަން ހުރެވުނީއެވެ.

މި 5 އަހަރު ތެރޭ ނަބާ ހާދަ ބަދަލު ވެއްޖެއެވެ. ކުރިން ކަޅު ކޮށް ހުންނަ ކުއްޖާ މިހާރު ދޮން ކަމުން ވަރަށް ރީއްޗެވެ. ކަނދުރާއާ ހިސާބަށް ކުރިން އޮތް ފަން އިސްތަށިކޮޅު ވަނީ އުނަގަނޑާ ހިސާބަށް ދިގުކޮށްލާފައެވެ. އިސްތަށިގަނޑު އިތުރަށް ފުރިހަމަ ވަނީ ވަކި ހިސާބަކުން ޖައްސާފައިވާ އޮރެންޖް ކުލައިންނެވެ.

“ބައްޕަ” ޒާހިދު އަށް ހަމަހޭވެރިކަން ވީ ނަބާ ބައްދާލުމުންނެވެ. “އައި މިސްޑް ޔޫ.” “ބައްޕަ ވެސް މިސް ވިއޭ” ނަބާގެ ކޮނޑަށް އަތް ވައްޓާލަމުން ޒާހިދު ބުނެލިއެވެ. “އަންނަ މަހު އެއްނު މާލެ އަންނަ ވާހަކަ ބުނީ ދަރިފުޅު؟ ދެން ކީއްވެ އެއް މަސް ކުރިން ތި އައީ؟” މާލެ ދިޔުމަށް ދެމީހުން ގޮސް ލޯންޗަށް އެރިއެވެ.

“ބައްޕައަށް އިނގެއެއްނު އެއްކަލަ އިފާޒް. އަޅުގަނޑާ އެއްމެ ގާތްކޮށް އުޅުނެއްނު ލައިކް ބެސްޓީ. އޭނަ މެރީ ކުރަނީނު މާދަން ރޭ. އޭނަ ގުޅާފަ ކޮންމެހެންވެސް އަންނަން ޖެހޭނޭ ބުނީމަ މިއައީ. އެހެންނޫނަސް ކިޔަވާ ނިމުނީމަ ކޮބާ އޮސްޓްރޭލިއާގައި ހުރުމުގެ ބޭނުމަކީ” ނަބާ ކިޔާދިނެވެ.

“ހޫމް. ތިވެސް ތެދެއް” ޒާހިދު ބުނެލިއެވެ. “ވަރުގަދަ އަންހެނަކާ އެ އިންނަނީ. އެކަމް އަސްލު ވަރަށް ރަނގަޅު ވާނެ” ނަބާ އިތުރު ކޮށްލިއެވެ. “އެކީއްވެޔޯ” ޒާހިދު އަހާލިއެވެ. އެއީ އަބަދު ވެސް އާދައެވެ. ޒާހިދު އަދި ނަބާ އެއްތަންވިއްޔާ ދައްކާން ވާހަކަ އަބަދުވެސް ހުހެއް ނުވާނެއެވެ. އެދެމެދުގައި ބައްޕަ ދަރިފުޅުގެ ގުޅުމުގެ އިތުރުން އެކުވެރިކަންވެސް އޮވެއެވެ. މާލެ ދެވުނީސް އެގޮތަށް ހުއްޓާނުލާ ވާހަކަ ދައްކަން ހުއްޓައެވެ.

ގެއަށް ވަދެވުމާއެކީ ފުރަތަމަވެސް ޒާހިދު ނަބާ ކައިރިން އެދުނީ ކާން އައުމަށެވެ. ބަނޑުހައިވެފައި ހުރުމުން ނަބާ ވެސް ވަގުތުން ބޯޖަހާލާފައި ގޮސް ޒާހިދުއާއެކީ ކާން ފެށިއެވެ. ކައި ނިމުމުން ޒާހިދު ހޮސްޕިޓަލް އަށް ދިޔައީ އެމެޖެންސީ އެއް ދިމާވުމުންނެވެ. އެއަކީ އޭޑީކޭ ގައި ގަދަރާއި އިހްތިރާމް ލިބިފައިވާ އޮޕަރޭޝަން ޑޮކްޓަރެކެވެ.

ޒާހިދު ދިޔުމުން ނަބާ އަރާމުކޮށްލުމަށް ކޮޓަރިއަށް ވަނީ ވަރުބަލިވެފައި ހުރުމުންނެވެ.

***

މާލޭގެ ބިމުގައި ފައި ޖައްސާލެވުމުން އީތަން އަދި ޔާމީނަށްވެސް ކުރެވުނީ އެހެން ކަހަލަ އިހުސާސެކެވެ. އެއްމާބަނޑު މިދެމީހުން އެކަކު އަނެއްކަކަށް ބަލާލާފައި ހިނިތުންވެލާފައި ކުރިއަށް ހިނގައިގަތެވެ. ދެމީހުން ވެސް ހިނގާފައި ދިޔައީ އެމީހުންގެ މަންޒިލް މާދުރުނޫންވީމައެވެ.

“ޔާމީންންން” ޔާމީން ކުއްލިއަކަށް ފަހަތަށް އެނބުރުނީ ވައި އަޑުން މީހަކު ގޮވާލުމުންނެވެ. ފަހަތަށް އެނބުރި ދެކޮޅަށް ބަލާލީ ސިހިފައެވެ. ނަމަވެސް އޭނާގެ ކައިރި ހިސާބެއްގައި އެކަކުވެސް ނެތެވެ. ހީވި ހީވުމެއް ކަމަށް ނިންމާ ޔާމީން އެނބުރިލިއެވެ. އެވަގުތު އޭނާ ސިއްސައިގެން ދިޔައީ ބިރުވެރި ސޫރައެއްގައި ހުރިމީހެއް ފެނިފައެވެ. އެ ސިހުމުގައި އޭނާއަށް ބާރަކަށް ހަޅޭވެސް ލަވައިގަނެވުނެވެ.

ޔާމީންގެ ދެބުމަ ގޮށްޖެހުނީ ބިރުވެރި ސޫރަ ހުރި މާސްކް އެމީހާ ނަގައި ހޭން ފެށުމުންނެވެ. “ފައިރޫގް ކަލޭ؟” އޭރު ތަންކޮޅެއް ދުރުގައި އީތަން ވެސް ހޭން ހުއްޓެވެ. “ބްރޯ ކަލޭ ބުނީމެއްނު ނާދެވެޔޭ މިފަހަރު” ހަމަޖެހިލަމުން ޔާމީން އަހާލިއެވެ. “ހޫމް. ސަޕްރައިޒް” ލާނެތްކަމާއެކީ ފައިރޫގް ބުނެލިއެވެ. އެއާއެކު ތިން މީހުން އެކީ ހިނގައިގަތެވެ.

ތިންމީހުން ގޮސް ދެބުރިއަށް ނަގާފައިވާ ގެއަށް ވަނެވެ. ބަލާލަން ކިތަންމެހައިވެސް ހިތްގައިމު ގެއެކެވެ. ތިން މީހުން ސިޓިންގްރޫމްއަށް ވަން އިރު އެމީހުންގެ އެކުވެރިޔާ އަރްޔަން އަދި އޭގެ އިތުރުން އަރްޔަންގެ ކޮއްކޮ ޓީވީ ބަލަން އިނެވެ. “އަނހަ ބްރޯސް. މާލެ އެރުނީދޯ” އަރްޔަން އަށް ޔާމީން އީތަން އަދި ފައިރޫގް ފެނުމުން އަހާލެވުނެވެ. އެއަށްފަހު އެމީހުން އިށީއިންނަން ތަންދެއްކިއެވެ. އައިޝާ ވެސް ހިނިތުންވެލިއެވެ.

“ތިޔެއްނޫނޭ. ކަލޭ ކީއްވެ އިއްޔެ އައީ އަހަރެން ހީކުރީ ޔުނާލްއާ އެކީ މާދެން ކަމަށް އަންނާނީ” ޔާމީން އިށީއިނދެލަމުން ސުވާލު އަމާޒުކޮށްލީ އަރްޔަން އަށެވެ. “އާން މިހިރި އައިޝާ ރަވާވަރުން. ދޮންބެ ޖެހޭނޯ ކައިވެނި ކުރެވުމުގެ ދެދެވަސް ކުރިން އަންނަން” އަރްޔަން މިހެން ބުނުމުން އައިޝާ ތުން އޫކޮށްލިއެވެ.

“މާދެންރޭ ވަރަށް މަޖާ ކޮށްލަން ވާނެ. ޔުނާލް ވެސް އައީމަ މަޖާވާނެއްނު” އީތަން ބުނެލިއެވެ. “އަކްމަލް ވެސް އަންނާނެ.” އަރްޔަން އިތުރުކޮށްލިއެވެ. އެއާއެކު ޔާމީން އީތަން އަދި ފައިރޫގް އެކަކު އަނެއްްކަކަށް ބަލާލިއެވެ. “ރަނގަޅުތާ ގްރޫޕް ހަމަވީނު” ފައިރޫގް އެއްމެ ފަހުން ބުނެލިއެވެ. އެއްމެން ހީލިއެވެ.

“އޯނޯ. ނުވައެއް ޖަހަނީ. އަހަރެން ޖެހޭނެ ދާން” ކުއްލިއަކަށް އައިޝާ ތެދުވިއެވެ. “އެކީއްވެޔޯ. އަހަރެމެންނަށް ކޮފީއެއް ހިސާބުވެސް ނުދީ؟” ފައިރޫގް ބުނެލިއެވެ. “ކޮފީ ގިރާބަލަ އަމިއްލޭން. މަ ދާން ޖެހޭނެ. އިފާޒް ދާނެ ނުވައެއް ޖަހާއިރު ނަބާ އާ ބައްދަލު ކުރަން. އަހަރެން ޖެހޭނެ ދާން. އިފާޒް ގާލް ކުއްޖަކާ އެކަނި ބައްދަލު ކުރިޔަ އަހަރެން ދޭނެތަ” އައިޝާ ދާން ހިނގައިގަތެވެ.

“އެކަމަކު ޖެލަސްވާ މީހާ. އެއަކީ އިފާޒްގެ ބެސްޓްފްރެންޑޭ އައިޝް ބުނީމެއްނު” އަރްޔަން ބުނެލިއެވެ. “ވަޓްއެވާ” އައިޝާ ހިނގައިގަތެވެ. “ހޮޓް މަންޖެއެއްތަ ތި ނަބާ އަކީ؟” ޔާމީން އަހާލީ އައިޝާގެ އަތުގައި ހިފާލުމުންނެވެ. “އެއްކަލަ ޔާންޓެ. ވިސްނައިގެންވެސް ނުވާނެ. ނަބާ އެއަކީ އަހަރެންގެ ވާންއުޅޭ ފިރިމީހާގެ ބެސްޓްފްރެންޑް. ނަބާ އާ ދުރުގައި ހުންނާތި” އައިޝާ އެތަނުން ދިޔައީ އަރްޔަން ނޫން އެއްމެން އަޖައިބު ކޮށްލާފައެވެ.

“”ދެންމެ އެ ނަބާއެއް ދެކެ ފޫހިވެފަ މަ ހޮޓުހޭ އެހީމަ މަށަށް އެ ބަވާލީ.” ދެކޮނޑު އަރުވާލަމުން ޔާމީން ބުނެލިއެވެ.

“އައިޝްދޯ. ވަރަށް ބެސްޓްވާނެ. ހިތްހެޔޮވެސް ވާނެ. ޖެލަސް ބައި އަންނާނީ.” ހިނިގަނޑަކާއެކީ އަރްޔަން ބުނެލިއެވެ.

****

*ޒެޑޫ. ވެއާ އާރ ޔޫ. ކީއްވެ ރިޕްލައި ނުކުރަނީ. އިޒް އެވްރީތިންގް އޯކޭ؟ ޒެޑޫ ޕްލީޒް ރިޕްލައި މީ. އަހަރެމެންގެ ޕްލޭން އޭރުންނެއްނު ފެށޭނީ.* ނޫކުލައިގެ ކަކުލާ ހަމައަށް އަންނަ ހެދުމަކާ ކަޅު ޖިންސެއް ލުމަށްފަހު ފަން އިސްތަށިގަނޑު ފަހަތަށް ދޫކޮށްލާފައި ބޮލުގައި ބޭންޑެއް އަޅާލައިގެން އައިސް ނަބާ ލެޕްޓޮޕް ހުޅުވާލާފައި އީމެއިލް ފޮނުވާލީ އަނެއްކާވެސް އައު އުއްމީދަކާއެކީއެވެ. ރިޕްލައި އަންނާނެ އިރެއްގެ އިންތިޒާރުގައި އިރުކޮޅަކު ލެޕްޓޮޕްއާ ދިމާލަށް ބަލަން ހުރުމަށްފަހު ލެޕްޓޮޕް ލައްޕާލިއެވެ. އެއަށްފަހު ދަބަސް ހިފައިގެން ކޮޓަރިން ނިކުތެވެ.

“ބައްޕަ. އަޅުގަނޑު މިދަނީ އިފާޒް އާއެކީ ބޭރަށް” ޒާހިދު ބޯޖަހާލުމުން ނަބާ އަވަސް އަވަހަށް ނިކުމެގެން ދިޔައީ އިފާޒް އަވަސް ކުރުމަށްބުނެ މެސެޖެއް ކޮށްލުމުންނެވެ.

ނަބާ ބޭރަށް ނިކުންއިރު އިފާޒް ކައިރި އައިޝާވެސް ހުއްޓެވެ. ނަބާ ގޮސް އިފާޒް ގައިގަ ބައްދާލިއެވެ. މިތަންފެނި އައިޝާ ދެލޯބޮޑުކޮށްލާފައި ނަބާގެ ކޮނޑުގައި ހިފާ ނަބާ އިފާޒްއާ ދުރުކޮށްލިއެވެ. އެއަށްފަހު އައިޝާ ނަބާ ގައިގައި ބައްދާލިއެވެ. “އަހަރެންވެސް ވަރަށް މިސްވި” އައިޝާ ބުނެލިއެވެ. އިފާޒް އަދި ނަބާއަށް ލާނެތްގޮތަކަށް ހީލެވުނީ އައިޝާ ކަންތައްކުރި ގޮތުންނެވެ.

ތިންމީހުން ރަސްފަންނުގައި ވަގުތު ހޭދަ ކުރިއެވެ. އުފަލާއި މަޖަލުގައި ވަގުތު ހޭދަކުރަމުން ދިޔައިރު އެމީހުނަށް ފާރަލާ އެއްޗެއް އެތާ ހުރިކަމެއް އެތަނުން އެކަކަށްވެސް ނޭނގުނެވެ.

ގަޑިން ރޭނގަޑު އެގާރަ ޖެހުމުން ތިން މީހުން ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. “މާދެން އަކްމަލް މެން އަންނާނެ. އަހަރެންގެ ހުރި ހަމައެކަނި ކަޒިން ބްރޯ. ނަބާ. އަހަރެންނާއެކީ އެއާޕޯޓަށް ދާން ވާނެ އިގޭ. އައިޝް ދިޔާމަ ކަމަކުނުދާނެ” އިފާޒް ނަބާއާ ދިމާލަށް ބަލާލަމުން ބުނެލިއެވެ. “އެކީއްވެ އަހަރެން ދިޔާމަ ކަމުނުދާނީ” އައިޝާ ތުން އޫކޮށްލިއެވެ. “ދޫންޏާ އަކްމަލްގެ މަންމައާ ބައްޕަ ވެސް އަންނާނޭ” އިފާޒް އައިޝާގެ ކޮލުގައި ހިފާލިއެވެ. “އެމީހުންނަށް ކަމަކު ނުދާނެ ރަން ކިޔާފަ އިނުމުގެ ކުރިން ދެމީހުން އެކީ ފެންނާކަށް. އެމީހުން ގަބޫލުކުރާގޮތް އެއީ” އައިޝާ ފޫހި ވިކަމުގައިވިޔަސް އޯކޭއޭ ބުނެލިއެވެ.

****

ނަބާ ކޮޓަރިއަށް ވަދެ އެއްމެ ފުރަތަމަވެސް ހުޅުވާލީ ލެޕްޓޮޕްއެވެ. “ޒެޑޫ ވައި. ޑެމިޓް ރިޕްލައި މީ. ޒެޑޫ ތީ އަހަރެންގެ ހުރި ހަމައެކަނި އުއްމީދަކީ. ތި އުއްމީދުވެސް ގެއްލެނީތަ. ޒެޑޫ ހެދީ ހުސްދޮގުތަ އެހީވާނަމޭ ކިޔާފަ؟ މިހާރު އެއްއަހަރު ނުވާކަމެއްވެސް ނޭނގެ ހަބަރުނުވާތާ. އާރްގް. އައި ހޭޓް ޔޫ” ނަބާ އަށް ކިޔޭ ނުކިޔޭއެއް ނޭނގުނެވެ. ލެޕްޓޮޕްވެސް ބިންމައްޗަށް ވައްޓާލީ އައި ރުޅީގައެވެ. އެވަގުތު ކުއްލިއަކަށް ސައިޑްޓޭބަލް މަތީ ހުރި ދެ މާވަށިގަނޑު ތެރެއިން އެއް މާވަށިގަނޑު ވެއްޓިތެޅުނެވެ.

ރޯންހުރި ނަބާއަށް ލިބުނު ސިހުމުގައި އެދިމާބަލާލެވުނެވެ. ހަމަ އެވަގުތު ދެވަނަ މާވަށިގަނޑުވެސް ވެއްޓިތެޅުނެވެ. ނަބާ ހައިރާންވިއެވެ. ވައިވެސް ޖެހެނީކީ ނޫން ވިއްޔާއެވެ. އަނެއްކާ އެ ހުރީވެސް ސައިޑްޓޭބަލްގެ އެއްމެ ބިއްދޮށުގައެވެ.

ވިސްނުމުގައި ހުރި ނަބާ ތެދުވެ އެތަންސާފް ކޮށްލުމަށް ތެދުވިއެވެ. ސާފްކޮށް ނިމުމުން ތެދުވަން ހަދާލި ނަބާ އަށް މީހެއްގެ ހޫނު ނޭވާތަށް މޫނަށް އެޅޭހެން ހީވިއެވެ. ދެވަނަ ސިކުންތުގައި ހިތް ނުތަނަވަސް ވެފައި ހުރުމުން ހީވި ހީވުމެއް ކަމަށް ނިންމައި އަވަހަށް އަތްމަތި އަވަސްކޮށްލާފައި ނިދަން އޮށޯއޮތެވެ.

މާދެން އަވަހަށް ހޭލަންޖެހޭތީ ނަބާ ބޮކި ނިއްވާލުމަށްފަހު ލޯމަރާލިއެވެ. އެއްމެ ފަހަރަކުވެސް ލޯހުޅުވާލިނަމަ ނަބާއާ ދިމާލަށް އަމާޒުވެފައި ހުރި ރަތްދެލޯ އޭނާއަށް ފެންނާނެއެވެ.

****

މޯޅިއަކަށް ދެމިލަމުން ލޯހުޅުވާލި ނަބާއަށް ފުރަތަމަވެސް ފެނުނީ ސައިޑްޓޭބަލް މަތީ ހުރި ދެމާވަށިގަނޑެވެ. ރޭގައި އެ ތެޅުނޭނޫންހެއްޔެވެ. ނަބާ ސިހުނީ އިފާޒް ގުޅަން ފެށުމުންނެވެ. ރޭގައި ހުވަފެނެއް ފެނުނީ ކަމަށް ނިންމައި ނަބާ އަވަހަށް ފާހާނައަށް ވަންނަން ހިގައިގަތެވެ. ހަމައެވަގުތު އެނދުގެ މަގަތުގައި ރީއްޗަށް އޮތް ލެޕްޓޮޕްފެނި ނަބާއަށް ރޭގައި އެފެނުނީ ހުވަފެނެއްކަމަށް ޔަގީންކުރެވުނެވެ.

****

އެއާޕޯޓުގައި ނަބާއާއި އިފާޒް އިންތިޒާރު ކުރަމުން ދިޔައީ އިފާޒްގެ ދައްތައާއި ބޭބެ އަންނާނެ އިރަކަށެވެ. އިރުކޮޅެއްފަހުން ދެބައި އުމުރުގެ އަންހެނަކާއި ފިރިހެނެއް އައިސް އިފާޒް ކައިރިއަށް އައިސް ބައްދާލިއެވެ. “ކިހިނެއްތަ ދަރިފުޅާ” ދައްތަ އާސިމާ ބުނެލިއެވެ. އިފާޒް ރަގަޅު ކަމަށް ބުނެލިއެވެ. ހަމައެވަގުތު އާސިމާ އަދި ބޭބެ ހުސެން ގެ ލޮލުގައި ނަބާ އަޅައިގަތެވެ. އެމީހުންގެ ދެލޯބޮޑުވިއެވެ.

“ޒޭބާ” ދެމީހުންނަށް އެއްފަހަރާ ބުނެލެވުނެވެ. ނަބާ ހުއްޓުންއެރިއެވެ. ސިކުންތެއް ތެރޭގައި ނަބާގެ ދެލޯ ކަރުނުން ނިރާލިއެވެ. ނަމަވެސް އިނގޭ ކަމަށް ނަހަދާ ނަބާ ހިންދެމިލާ ކަރުނަ ހިންދާލިއެވެ. “ނަބާ” ނަބާ ސަލާމަށް އަތްދިއްކޮށްލިއެވެ. އާސިމާ އަދި ހުސެން އެކަކު އަނެއްކަކަށް ބަލާލުމަށްފަހު އާސިމާ ނަބާއާ ސަލާންކޮށްލީ އެވާހަކަ ފަހުން ދައްކަން ނިންމައިގެންނެވެ.

“ކޮބާ އަކޫގަނޑު” އިފާޒް އަހާލިއެވެ. ނަބާ އެބަ އަންނަންކަމަށް ބުނެ ނިކުމެ ކައިރި ހުރި ފިހާރައަށް ވަނެވެ. ހަމަޖެހިލުމުގެ ބޭނުމުގައެވެ. އިސްދަށަށް ޖަހައިގެން ނަބާ ގޮސް ފްރިޖްގެ ދޮރު ހުޅުވާލާފައި ފެންފުޅިއެއްގައި ހިފާލިއެވެ. ހަމަ އެވަގުތު ނަބާގެ އަތްމަތީ މީހަކު އަތްބާއްލިއެވެ. ހީވާގޮތުން އެމީހަކު ވެސް އެހިފީ އެފެންފުޅީގައެވެ. ދެމީހުން އެއްފަހަރާ އަތް ދަމާލުމަށް ފަހު ސޮރީއޭ ބުނެލީ އެކަކު އަނެއްކަކަށް ބަލާލަމުންނެވެ. ސީދާ ނަބާގެ ލޮލަށް ބަލަން އެހެރީ ޒުވާން ފިރިހެން މީހެކެވެ. ނޫނެކެވެ. އެއަކީ އަކްމަލްއެވެ. ނަބާގެ ހިތުގެ ރާޖާއެވެ. “ޒޭ” އަކްމަލް އެއްޗެކޭ ބުނަންއުޅުނެވެ. “ނޫން އަހަރެންނަކީ ޒާހިދު އަލީގެ ދަރި ނަބާ” ނަބާ އެހެން ބުނެ އެތަނުން ނިކުމެގެން ދިޔައެވެ. އަކްމަލްއަށް ބަލަން ހުރެވުނީއެވެ.

ލޯންޗްގައި އެއްމެން ދިޔައިރުވެސް އާސިމާ އަދި ހުސެން އިނީ ނަބާއަށް ބަލަބަލާފައި ސިއްރު ވާހަކަ ތަކެއް ދައްކާށެވެ. ނަބާގެ ހިތް ނުތަނަވަސް ވިއެވެ. އެމީހުން ޒޭބާއޭ ބުނީމައެވެ. އަނެއްކާ ބޮޑުކަންތައް ގަނޑެއް ލައިގަންނަން އުޅެނީބާއެވެ. ނަބާ ދެފަރާތަށް ބޯހޫރުވާލާފައި ހަމަޖެހިލިއެވެ. އަކްމަލް އިރުއިރުކޮޅާ ނަބާއަށް ބަލާލައެވެ. މާލެ ދެވުމުން ނަބާ އަވަހަށް ގެއަށް ދިޔައީ މިރޭ ޕާޓީގައި ދިމާވާނެ ކަމަށް ބުނަމުންނެވެ.

*****

“ވެލްކަމް ޔުނާލް ބްރޯ” އަރްޔަން އަށް ޔުނާލް ފެނުމުން ބުނެލިއެވެ. ޔުނާލް ހިނިތުންވުމަކުން ފުއްދާލިއެވެ. “އަވަހަށް ހިނގާ މާލެ އެރޭތޯ. މިރޭ އައިޝްގެ ޕާޓީ އަށް ރެޑީވާން ޖެހޭނެ” މިހެން އަރްޔަން ބުނުމުން ދެމީހުން ހިނގައިގަތީ ލޯންޗާ ދިމާލަށެވެ.

*****

ދާހިތް ނުވިޔަސް އަރްޔަންގެ ކޮއްކޮއަށް ވުމުން އަތަށް ޕާރްސަލްއެއް ލައިގެން ޔުނާލް ޕާޓީއަށް ދިޔުމަށް މިސްރާބްޖެހިއެވެ. ވަކި ހިސާބަކަށް ދިޔުމުން ޔުނާލްއަށް އޭނާގެ ފަހަތުގައި މީހަކު ހުރި ކަމުގެ އިހްސާސް ކުރެވެން ފެށުނެވެ. ނަމަވެސް ބަލާލާއިރު އެކަކުވެސް ނުހުރެއެވެ. ޔުނާލްގެ ހިތް ނުތަނަވަސް ވާން ފެށިއެވެ. ވަގުތުން ފޯނު ނަގައި ޔާމީނަށް ގުޅައި އޭނާ ހުރިތަން ބުނެލިއެވެ.

އެމަގު އަނދިރިވެފައި މީހެއް ހިސާބު ނެތް ނަމަވެސް އިރުކޮޅަކުން ޔާމީން އަންނާނަމޭ ބުނުމުން ޔުނާލް ހިތްހަމަ ޖައްސާލިއެވެ. ކުއްލިއަކަށް ޔުނާލްގެ ފަހަތުން އެއްޗެއް ފާޅުވިއެވެ. އެ ފަންދިގު އިސްތަށިގަނޑު ބިމުގައި ކޭއްތެއެވެ. ދެލޯ ހުރީ ގަދަ ރަތްކުލައަކަށް ބަދަލުވެފައެވެ. ކުއްލިއަކަށް އެ އޮމާން އަތުގެ ނިޔަފަތި ތޫނުވެ ދިގުވާންފެށިއެވެ. އޭތި ހިތްހަމަ ޖެހޭވަރަށް ނިޔަފަތި ދިގުވުމުން ޔުނާލްގެ ކަރާ ދިމާލަށް އަތްމަޅާލިއެވެ. ކުއްލިއަކަށް އެއްޗެއް ހީވެގެން ފަހަތަށް ބަލާލި ޔުނާލްއަށް ހަޅޭލަވައިގަނެވުނީ އެ ބިރުވެރިސޫރާގައި ހުރި އެތި އަތްމަޅާލާތަން ފެނުމުންނެވެ.

“ބްރޯ” ލޯމަރާ ތަގުލިކޮށްގެން ހުރި ޔުނާލް ލޯހުޅުވާލީ ސައިކަލް މަތީ އިން ޔާމީންގެ އަޑަށެވެ. ޔުނާލް އަވަސް އަވަހަށް ވަށާބަލާލިއެވެ. އެއްވެސް އެއްޗެއްގެ ހިލަމެއް ނުވެއެވެ. “އަރާބަލަ” އަނެއްކާ ޔާމީން ބުނެލިއެވެ. ޔުނާލް އަވަސް އަވަހަށް އެރީ މާނޭވާލެވޭ ހާލުގައެވެ. ސައިކަލު ނައްޓާލުމުންވެސް ޔުނާލްއަށް ދިޔައީ އެކިތަންތަން ބެލެމުންނެވެ. ބިރުންނެވެ.

ސައިކަލު ދިޔަދިމާލަށް ބަލަން ހުރި އަންހެން ކުއްޖާ އެއްމިޔަކުން ހިނިތުންވެލިއެވެ. “ގޭމް ފެށުނީ” ކާމިޔާބީއާ އެކީ އެކުއްޖާ ބުނެލިއިރު އޭނާގެ ދެލޯ ވަނީ ގަދަ ރަތްކުލައަކަށް ބަދަލު ވެފައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Pinkish

Level 6100 Comments10 Stories100 Login500 Comments

...

Other Articles

Previous

ވަންހަނާ (ނުވަވަނަބައި)

Next

ހިތާ ފުރާނައިން… (13)

Next
January 21, 2018

ހިތާ ފުރާނައިން… (13)

Previews
January 21, 2018

ވަންހަނާ (ނުވަވަނަބައި)

29 Comments!

  1. Ram says:
    January 21, 2018 at 1:47 pm

    Heyy guyxx.. miothy first part igeyy.. sorryy late veema.. next part type kohlevunuhaa avahakah igeyy.. max 2 days thereyga.. keep waiting.. loves❤❤❤

  2. Sana says:
    January 21, 2018 at 1:51 pm

    Waau varah varah reethi waiting and you are the best best best number one writer thanks for writing horror story ???
    When next part ?
    Best of luck ram dhooni ?

    1. Sana says:
      January 21, 2018 at 2:01 pm

      And Kobaatha nabaa ge mom ?

    2. Ram says:
      January 22, 2018 at 7:13 am

      Thankyouuu sanaaa.. kuriah huri part thakun igeyne igeyy.. thankyouu❤

  3. Pinky shifoo says:
    January 21, 2018 at 2:33 pm

    Hii Ram ??… Mi part varah varah reethi ingey
    ??.. Waiting for next part ingey ??.. Loves ??

    1. Ram says:
      January 22, 2018 at 9:51 am

      Thankyou shifoo.. loves ❤

  4. ??? says:
    January 21, 2018 at 2:46 pm

    Ohhhh ram dhooni aavahaka eh feshii dw

    1. Ram says:
      January 22, 2018 at 9:52 am

      Aww yess love❤

  5. Ainth says:
    January 21, 2018 at 5:43 pm

    Wow my luving ram, story up kohlevuny dhw, v v ves rythi vaanehen hyvany ram ge mi story ves, v rythi igey story kuriah gendhan feshi gieh, thy v molhu kuhjeh story liyan, masha Allah, miss u n luv u

    1. Ram says:
      January 22, 2018 at 7:14 am

      Thankyouu dhonthii.. loves youu❤❤

  6. .. says:
    January 21, 2018 at 6:42 pm

    Kurin kalhu koh hunna kuhja mihaaru dhon kamunvarah reecheve ???

    1. Ram says:
      January 22, 2018 at 7:15 am

      I’m not saying kalhu veema huthureyy.. sorryy dissapoint viyyaa.. dhn faharakun ragalhukohlaanan igeyy… thankyouu❤

  7. S says:
    January 21, 2018 at 8:55 pm

    Loabiva ram
    V reethi mi part next part avahah up kohdhehchey.u r the best

    1. Ram says:
      January 22, 2018 at 7:17 am

      Loabivaa S, thankyou so so so much.. and keep waiting igeyy.. loves❤

  8. ssannwa?❤? says:
    January 21, 2018 at 10:39 pm

    Salhi vaaneh heevey vhk..salhi mi part ves..zeyba ge hageegai I gen varah beynun…waiting for the next part?❤❤❤

    1. Ram says:
      January 22, 2018 at 7:18 am

      Zeybaa ge hageegaiy vaahaka kuriah dhaavarakah igeyne igeyy dear.. keep waiting.. thankyou so muchh❤

  9. Aru❤️❤️ says:
    January 21, 2018 at 11:49 pm

    Alone film story aa vahtharu kiyaalyma

    1. Ram says:
      January 22, 2018 at 9:53 am

      Nooneyy mulhin thafaathu story eh mee.. story kuriah dhaavarakah igeyne.. igeyy aru.. lovesss❤

  10. ayersha says:
    January 22, 2018 at 1:56 pm

    AwwwWn avahah up kohdhehchey

    1. Ram says:
      January 22, 2018 at 3:29 pm

      In sha allah love?

  11. Dhoonaa says:
    January 22, 2018 at 4:45 pm

    Its a very nice story superb haven’t read a so awsm story befr keep it up dear and I love horror stories waiting for next up Maashaa Allah ram ge mi vaahaka v salhi y umeedh kuran v avahah next part up vaane kamah

    1. Ram says:
      January 22, 2018 at 6:22 pm

      Thankyou dear.. yes in sha allah v avahah upkohladheynan.. loves❤?

  12. Emaa says:
    January 22, 2018 at 5:21 pm

    V.v.v salhi mi vaahaka veehaavx avaha next episode upload koh
    (: dhechey dear

    1. Ram says:
      January 22, 2018 at 6:23 pm

      Okay emaa love.. thankyouuu❤❤

  13. ލީމް says:
    January 23, 2018 at 2:27 pm

    އުންމީދު ކުރަން ވަރަށް އަވަހަށް ނެއްލާނެކަމަށް
    އިންތިޒާރު ކުރަން…….

  14. Sana says:
    January 24, 2018 at 7:11 pm

    Kobaa next part Waiting ??
    ?
    ?

  15. shawna says:
    February 13, 2018 at 3:09 pm

    Koba next part??

    ??

  16. ??? says:
    March 25, 2018 at 3:59 pm

    Ey ram mivaahaka nugeness dheniii kihinehvy

  17. Kooji says:
    July 1, 2018 at 10:49 am

    feshun reethi

Comments are closed.

Next Episodeރީތި ސޫރައެކޭ 2-←


All Right Reserved!