Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ވަންހަނާ (ނުވަވަނަބައި)

shan Level 410 Stories100 Comments500 Comments100 Login
January 21, 2018 5 Mins Read
27 Comments

ހަވީރުގެ ވަގުތެވެ. އިންޝާހުރީ ނިހާގެ އިންތިޒާރުގައެވެ. ނިހާގެ ކޮޓަރިއަށް މީހަކު ވަތް ވާހަކަ ނިކާލް ބުނިފަހުން އޭނާ ދެފައި އެއްތާކު ނުޖަހައެވެ. އިރުއިރު ކޮޅާ ގަޑި ބަލާލައެވެ. ބޭރަށް ނުކުމެ މަގުމަތިވެސް ބަލާލައެވެ. 04 ޖަހާއިރު ނިހާގެ ޑިއުޓީ ނިމޭނެއެވެ. 05 ޖެހި އިރުވެސް ނިހާ ގެޔަށް ނައުމުން އޭނާ ކަންބޮޑުވިއެވެ. އިންޝާ ގޯތި ތެރެއަށް ނުކުތެވެ. ނިހާ މައިގޭޓުން ވަންތަން ފެނިފައި އޭނާގެ ފިޔަވަޅުތައް ހަލުވިކޮށްލިއެވެ. އޭނާ ގޮސް ނިހާގެ ގައިގާ އޮޅުލައިގަތެވެ. އިންޝާގެ ކަންބޮޑުވުން ނިހާއަށް ވިސްނުނެވެ.

“..ކާކު..” އިންޝާ ހުރީ ފެންކަޅިވެފައެވެ. ނިހާ ޖަވާބެއް ނުދިނެވެ.

“..ނަޒީލްތަ؟..” އިންޝާ އެހިއެވެ. ނިހާ ކުޑަކޮށް ސިހުނެވެ. ނަޒީލްގެ ހަޤީޤަތް އިންޝާއަށްވެސް އެނގެނީ ހެއްޔެވެ؟

ނިހާ ދޭނެ ޖަވާބަކަށް އިންޝާ ކެތްތެރިކަމެއް ނެތި އިންތިޒާރުކުރިއެވެ. ނަމަވެސް ނިހާ ހުރީ ދޭނެ ޖަވާބެއް ނޭގިފައެވެ. އިންޝާއަށް ބަލަހައްޓައިގެންނެވެ.

“..ތެދަށް ބުނެބަލަ.. ނިހާ ޕްލީސް..” އިންޝާ އާދޭހާއެކު ބުންޏެވެ. “..ކޮންމެވެސް އެއްޗެއް ބުނެބަލަ.. އާނއެކޭ ނުވަތަ ނޫނެކޭވެސް ބުނެބަލަ! އަހަންނަށް މި ހީވަނީ ރަނގަޅަށްތަ؟..”

އާނއެކޭ ބުނެގެން އިންޝާ ރޮއްވާލާކަށް ނިހާގެ ހިތެއް ނޭދެއެވެ. ނޫނެކޭ ބުނާ ހިތެއްވެސް ނުވިއެވެ. ނަޒީލްކަހަލަ ގޮތްކުޑަ ފިރިހެނަކަށް އިންޝާ ކަހަލަ މާތް އަންހެނެއް އެކަށީގެނެއް ނުވެއެވެ. އިންޝާ އަމިއްލަ ފިރިމީހާއަށް ޝައްކުކުރާނީވެސް ކޮންމެވެސް ކަމެއްވީމައޭ ނިހާގެ ހިތަށް އެރިއެވެ. ކޮންމެވެސް ހަޤީޤަތެއް އެނގޭތީއެވެ. އޭނާއަށް ނަޒީލްގެ ފަރާތުން އެކަހަލަ އިޝާރާތެއް ނުވަތަ ކަމެއް ފެނިފައި އޮތީކަމަށް ވެދާނެއެވެ. އިންޝާ ނިހާގެ އަތުގައި ހިފައި ބާރުކޮށްލިއިރު އޭނާއަށް ނިހާވެސް ފެންނަނީ ފުސްކޮށްނެވެ. ނިހާ މަޑުމަޑުން ބޯ ޖަހައިލިއެވެ.

“..އަހަންނަށް އޭރުވެސް ހީވިޔޭ..” އިންޝާގެ ލޮލަށް ޖަމާވެފައިވާ ކަރުނަތަށް އޮހޮރިގަތެވެ. “..އެވާނީ ހަމަ ނަޒީލަށޭ..އޭނަގެ ނިޔަތް ގޯސްކަން މަށަށް ކުރިންވެސް އެނގޭ! އެހެންވެޔޭ މިކިޔަނީ ފައިރޫޒް އާ އިންނާށޭ! މިގެއިން ދާށޭ! އަހަރެން ނިހާ ލޯބިވާ މީހާއާ ދުރުކުރަން ބޭނުންވަނީއެއް ނޫނޭ! ބޭނުންނުވޭ ނިހާއަށް ދެރައެއް ލިބޭކަށް..ކިހާ ގޯސް ނަޒީލް..”

ފައިރޫޒް އާ ކައިވެނިކުރުމަށް އިންޝާ ބާރު އެޅި ސަބަބު އެނގުމުން ނިހާވެސް ފެންކަޅިވިއެވެ. އިންޝާއަކީ އޭނާއަށް ހެޔޮ އެދޭ ރަޙްމަތްތެރިޔެކެވެ. އިންޝާ ބޭނުންވީ ނިހާ އެގެއިން ފޮނުވާލައިގެން ނަމަވެސް ނަޒީލްގެ ކިބައިން ސަލާމަތްކުރާށެވެ. އެގޭގައި އުޅެގެން ނިހާއަށް ސަލާމަތެއް ނެތްކަން އިންޝާއަށް ވިސްނުނީއެވެ.

“..އައި އެމް ސޮރީ..” އިންޝާ ދެއަތް ހިއްލާލަމުން މާފަށް އެދުނެވެ. ނިހާ އެދެއަތުގައި ހިފައި ތިރިކޮށްލީ މާފަށް އެދެން ނުޖެހޭނެކަމަށް ބުނަމުންނެވެ.

ނަޒީލް ގެއިން ނުކުންނަނިކޮށް ގޭޓު ކައިރީ ތިބި އިންޝާއާއި ނިހާ ފެނުމުން ހުއްޓުން އެރިއެވެ. ދެމީހުން ވާހަކަތަކެއް ދައްކަމުން ދިޔަކަން އެނގުމާއެކު އޭނާގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. އެދެމީހުން އެކަހެރިވެގެން އެދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟ ނިހާ އޭނާގެ ހަޤީޤަތް ކިޔާދެނީ އޭ ހިތަށް އެރުމާއެކު ނަޒީލަށް ހިނގައި ގަނެވުނެވެ. ނިހާއަށް ނަޒީލް އަންނަތަން ފެނުނެވެ. އަވަސް އަވަހަށް އޭނާ ދެލޯ ފޮހެލިއެވެ. އިންޝާ ގާތު ނަޒީލް އަންނަ ވާހަކަ ބުނެލިއެވެ. ވަގުތުން އިންޝާ ދެއަތުން ކަރުނަތައް ފުހެލަމުން ކަރުނަތައް ހިންދާލިއެވެ. އިންޝާ އެނބުރި ގެޔާ ދިމާއަށް ހިނގައި ގަތެވެ. އޭނާ ނަޒީލްއާ ހަމަވެފައި ގަދަކަމުން ހިނިތުންވެލީ ޝައްކުވެދާނެތީއެވެ. ނަޒީލަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ނިހާ އެއްވެސް ވާހަކައެއް ނުދައްކަނީކަމަށް ޔަޤީންކުރިއެވެ. އިންޝާ މަޑުކުރާކަށް ނުހަދައެވެ. ދިޔަގޮތަށް ދިޔައީއެވެ.

ނަޒީލް ބަލާލީ ނިހާއަށެވެ. ފައިކޮޅުން ފެށިގެން ބޮލާ ހަމައަށެވެ. ނަޒީލް ވަކި ދިމާއަކަށް ނަޒަރު ހުއްޓުވާލިކަން ނިހާއަށް ފާހަގަވިއެވެ. ނަޒީލް ތުންފަތުގައި ބޮޑުވާ އިނގިލި ކާތައިލުމާއެކު ނިހާ ރުޅިވެސް ގަދަވިއެވެ. ހާދަހާވާ ލަދުކުޑަ ފިރިހެނެކެވެ. ދަރި މިހުރީ ބަފަޔަށްވުރެ އެއް ދަރަޖަ ކުރީގަ ކަންނޭގެއެވެ. އަދިވެސް ޤަބޫލުކުރަން އުނދަގުލެވެ. އޭނާ އެވައްތަރަށް އެ ތެޅެނީ އިންޝާ ފަރާތުން ކޯއްޗެއް ނުލިބޭތީ ހެއްޔެވެ؟ ނިހާ ބާރު ހިނގުމެއްގައި ނަޒީލް ހުރަސްކޮށްފައި ދިޔައީ ހިތުން ވަރަށް އެއްޗެހި ކިޔަމުންނެވެ.

ނިހާ ކޮޓަރިއަށް ވަދެ ހަމަޖެހިލުމާއެކު ފޯނު ވައިބްރޭޓް ވާން ފެށިއެވެ. އަތް ދަބަހުން ފޯނު ނަގައި ބަލައިލިއިރު ގުޅަނީ ސޭވްކޮށްފައި ނުވާ ނަންބަރަކުންނެވެ. އެއީ ޔަޒީދުގެ ނަންބަރުކަން ނިހާއަށް އެނގުމާއެކު ފޯނުނެގިއެވެ.

“..އިބްރާހީމްބެ ބުނެގެން ވާހަކައެއް ބުނަންވެގެން..” ޔަޒީދު ބުންޏެވެ.

“..ބުނެބަލަ..” ނިހާ ފޫހިވެފައި ހުރެ އެހިއެވެ. “..ކޮންވާހަކައެއް؟..”

“..އިބްރާހީމްބެ ބުނީ ނިހާ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭނެކަމަށް..” ޔަޒީދު ބުންޏެވެ. “..ހަމަ ހަޤީޤަތުގަވެސް ޖިންނިއެއްވަނީ ތަވީދުގެ ބާރު ބޭނުންކޮށްފައިކަމަށް.. އެހެންވީމާ ނިހާ އެޖިންނީގެ ކިބައިން ސަލާމަތްވާން ފިޔަވަޅު އަޅަން ނަސޭޙަތްތެރިވުމަށް އެދުނީމަ މި ގުޅާލީ..”

“..އިބްރާހީމްބެ ކައިރީގަ ބުނެލާ ޝުކުރިއްޔާއޭ..” ނިހާ ފޯނު ކަނޑައިލިއެވެ.

ޔަޒީދު ދެއްކި އެއްވެސް ވާހަކައެއް ނިހާ ޤަބޫލެއްނުކުރެއެވެ. އިބްރާހީމްބެއަކީ ފަންޑިތަވެރިކަމަށް ކިތަންމެ މޮޅު މީހެއް ނަމަވެސް އެއީ އިތުބާރުކުރަން ހެޔޮވާވަރު މީހެއްނޫނެވެ. އަހަރުތަކެއް ކުރިން އިބްރާހީމްބެ ކުޑަ އަންހެން ކުއްޖަކާ ބެހިގެން ޖަލަށްވެސް ލެވުނެވެ. އެއަންހެން ކުއްޖާގެ ބައްޕައާ ގުޅިގެން އަންހެން ކުއްޖާއަށް ސިހުރު ހަދައިގެން ހަށިވިއްކަމުން ދިޔަކަން އެއީ އެރަށު އެންމެނަށް އެނގޭ ބޮޑު ސިއްރެކެވެ. އެއީވެސް އިބްރާހީމްބެ ފައިސާ ހޯދުމަށް ކުރިކަމެކެވެ. މިހާރު ނިހާ އަތުން ބާވީސްހާސް ރުފިޔާ ބޭކާރުކުރެވިއްޖެއެވެ. އިތުރަށް އެންމެ ރުފިޔާއެއްވެސް ޚަރަދުކުރާކަށް ނިހާ ބޭނުމެއް ނޫނެވެ. އެކަހަލަ މީހެއްގެ ކައިރިން އެހީއަށް އެދެވުނުކަން އެއީ ނިހާގެ މޮޔަކަމެވެ.

ނިހާ ފޯނު އެނދުމައްޗަށް އެއްލާލުމަށްފަހު ޔުނިފޯމް ބަދަލުކުރުމަށް އަވަސްވެގަތެވެ. ޔުނިފޯމް ބޭލުމަށް ހިއްލާލުމާއެކު މީހަކު ދޮރު ހުޅުވާލި އަޑަށް އަވަހަށް ތިރިކޮށްލެވުނެވެ. ދޮރުމަތީގައި ހުރީ ނިކާލެވެ.

“..ނިކް ޓަކިޖަހަން އާދަކޮށްބަލަ..” ނިހާއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ. “..ނަސީބެއްނު..”

“..އެއްވެސް ތަނެއް ނުފެނުނުކަން..”.. ނިކާލް ހީގެންފައި ޖުމްލަ ފުރިހަމަކޮށް ދިނެވެ. ނިހާއަށްވެސް ހެވުނެވެ.

“..ތިހެން ހެވިފަ ހުރެބަލަ..” ނިހާގެ ލުއި ހުނުމުގެ ސަބަބުން ނިކާލްގެ ހިތަށް ފިނިކަމެއް ލިބުނެވެ.

“..ސުވާލެއް ކޮށްލަންތަ؟..” ނިކާލް އެހިއެވެ. ނިހާ ވަގުތުން ހިމޭންވިއެވެ.

“..ކީއްކުރަން ތިއައީ..” ނިހާވެސް ކުރީ ސުވާލެކެވެ. ނިކާލް އައީ ރޭގެ ހާދިޘާގެ ވާހަކަ ދައްކަންކަން ޔަޤީނެވެ.

“..ކާކުކަން ބުނޭތޯ..”

“..މިގަޑީގަ ތިވާހަކަ ދައްކާކަށް މޫޑެއްނެތް..” ނިހާ އެވާހަކަ ދައްކާކަށް ބޭނުމެއްނޫނެވެ. ނިހާ އުޅުނީ ދޮރު ލައްޕާށެވެ. ނަމަވެސް ނިކާލް ދޮރުގައި އަތްޖައްސާލަމުން ވަނީ އެތެއަށެވެ.

“..މަށަށް އެނގިއްޖެއޭ އެއީ ކާކުކަން..” ނިކާލް ހަރުކަށި ރާގެއްގައި ބުނެލިއެވެ. ނިހާ ކަންބޮޑުވިއެވެ. ހަމަ ހަޤީޤަތުގައިވެސް ނިކާލަށް އެނގުނީ ހެއްޔެވެ؟ ނިކާލް އިތުރު އެއްޗެއް ބުނޭތޯ ނިހާ ބަލަހައްޓައިގެން ހުއްޓެވެ.

“..އެ ބުއްޑާ ގަނޑެއްނުން..” ނިކާލް ބުންޏެވެ. “..މިގޭ ސެކިޔުރިޓީ ބަލަހައްޓަން އިންނަ މުސްކުޅި މީހާ..”

ނިކާލް އެހެންބުނެފައި ނިހާއާ ހަތަރުކަޅި ސީދާކޮށްލިއެވެ. ނިހާގެ މޫނަށް ވެރިވި ހައިރާންކަމުގެ ކުލަވަރު ފެނިފައި ނިކާލަށް ހީގަނެވުނެވެ. ނިކާލް ކުރީ ސަމާސާއެއްކަން އެނގުނީ ދެނެވެ. ނިހާ ރުޅިއައިސްގެން ނިކާލްގެ ކޮނޑުމަތީގައި ތަޅައިގަތެވެ.

“..އެހެންނު ބުނާނީ އޭނާއަކަށް ނޭގުންވިއްޔަ މީހަކު ވަތްކަމެއްވެސް..” ނިކާލް ނިހާގެ އަތުގައި ހިފަހައްޓާލިއެވެ. “..ޑިއުޓީއަށް އައިސްވެސް ނިދުން އޭނަގެ ކަމަކީ..”

ނިކާލް ނިހާއާ ވާހަކަދައްކަން އިނދެފައި ދިޔަފަހުން ޞަފިއްޔާއަޔެވެ. ޞަފިއްޔާވެސް ކުރީ ހަމަ ނިކާލްކުރި ސުވާލެވެ. ނުދަންނަ މީހެއްކަމަށް ބުނެ ނިހާ ޞަފިއްޔާ ގާތުގައިވެސް ދޮގުހެދިއެވެ. ޞަފިއްޔާ ކަންބޮޑުވެފައި ހުރެ ނިހާ ގާތުން އެދުނީ ނިދުމުގެ ކުރިން ދޮރުތައް ލެއްޕުމަށެވެ. ރަނގަޅަށް ތަންޑު އެޅުވުންތޯ ޔަޤީންކުރުމަށެވެ. މިޒަމާނުގައި އަންހެނުންގެ އިއްފަތްތެރިކަން ނަގާލަމުންދަނީ އެއްވެސް ރަޙްމެއްނެތިކަމަށް ބުންޏެވެ. އެކަމުގައި ކުޑައެއް ބޮޑެއް ނެތެވެ. މިއީ ބައްޕައިންވެސް އަންހެންދަރިންގެ ބޭނުންކުރަމުންދާ ޒަމާނެކެވެ. ނިހާއަށް އެފަދަ ގޮތެއް މެދުވެރިނުވުމުން ޞަފިއްޔާ ހަމްދުކުރިއެވެ. ނަމަވެސް ނިހާ އެކަންކަމަށް ސަމާލުވެ ފިޔަވަޅު އަޅަންޖެހޭކަމަށް ބުނެ ނަސޭޙަތްދިނެވެ. މަންމައެއް ފަދައިން ނިހާގެ ބޮލުގައި ފިރުމަމުން ޞަފިއްޔާ ހިތްވަރުވެސްދިނެވެ.

ސުނޯހައުސް ގޭ އެންމެން ނިހާއަށް ހަމްދަރުދީވެފައި ވާހަކަ ދެއްކިއިރުވެސް އިލްހާމް އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނާ ހުރީ ނިހާދެކެ ރުޅިއައިސްފައެވެ. ފޫހިވެފައެވެ. ފައިރޫޒްއާ ދެމީހުންގެ ކައިވެނި ހަމަޖެއްސުމުން ނިހާ ކުޅޭ ޑްރާމާ ގަނޑެއްކަމަށް އިލްހާމް ދެކުނެވެ. ނޫނީ އިލްހާމް ބޮލުގައި އެތުޙުމަތު އެޅުވުމުގެ ބޭނުމުގައި ކުރާކަމެކޭވެސް އޭނާގެ ހިތަށް އެރިއެވެ. ސަފިނާގެ މަރުގެ ބަދަލުހިފަން އެފަދަ ކަމެއްވެސް ނިހާ ކޮށްފާނެއެވެ. އިލްހާމް އެޚިޔާލުގައި ހުރެ ހާމަފެންޑާއަށް ދިޔައިރު ނިހާ ވާހަކަ ފޮތެއް ހިފައިގެން އެތަނުގައި ހުއްޓެވެ.

“..ކަލޭ ކޮންހާ ޑްރާމާއެއް ތިކުޅެނީ..” އިލްހާމްގެ އަޑު ނިހާއަށް އިވުނެވެ. ނިހާ ވާހަކަ ފޮތް ލައްޕާލަމުން ބަލާލިއެވެ.

“..ދޮގު ހަދައިގެން މޮޅެތި ކުޅިގަނޑުތައް ކުޅުނަސް ކަލެޔަށް ޖެހޭނީ ފައިރޫޒްއާ އިންނަން..” އިލްހާމް ގޮސް ރެއިލިންގ ކައިރީ ހުއްޓިލިއެވެ.

“..ތިބޭފުޅާގެ ތިވިސްނުމަށް މަށެއް ހައިރާނެއް ނުވޭ..” ނިހާ ވާހަކަ ފޮތް ހުޅުވާލަމުން ބުނެލިއެވެ. “..އެހެންނުންވާނީ ތިބޭފުޅާގެ ދިރިއުޅުމުގަ އޮންނަނީ ހުސް ކުޅިގަނޑު ވިއްޔަ.. މަށެއް ދޮގެއް ނުހަދަން..”

“..މަށަށް ޔަޤީންވާކަމަކީ ކަލޭ ކޮޓަރިއަށް އެއްވެސް މީހަކު ނުވަންނަކަން..” އިލްހާމް ހަރުކަށި ރާގަކަށް ބުނެލިއެވެ. “..މިޔަކީ ސެކިޔުރިޓީވެސް ހުންނަ ގެއެއް..”

“..ގޭތެރެއިން މީހަކު މަގަޔަށް އަރަން އުޅުނީމަ ސެކިޔުރީ އަކަށްވެސް ނޭގޭނެ..” ނިހާ ބޭނުންވީ އިލްހާމް ރުޅި އަރުވާށެވެ.

“..މަށަށް އޭރުވެސް އެނގޭ ކަލޭ ތިކަން ކަނޑަން ތިއުޅެނީ މަގޭ ބޮލަށްކަން..” އިލްހާމް މަލާމާތްކުރާ ވައްތަރަށް ހީލިއެވެ. “..ކަލޭ އަމަޔަށް ވީގޮތް ހަނދާންކުރާތި! މިގޭގަ ނޫޅޭނެ ކަލޭ ތިހަދާ ދޮގު ޤަބޫލުކުރާނެ މީހެއް..”

“..އައްޗި.. ތިކަހަލަ ވިސްނުމެއް މަގޭ ނެތް..” ނިހާ ބުންޏެވެ. “..އަދި ބުނަންތަ ވާހަކައެއް މަގޭ ގަޔަށް އަރަން އުޅުނީ ކަލޭގެ ދަރި ނަޒީލް..”

އިލްހާމްގެ އައިސްފައިހުރި ރުޅިގަނޑު ސަތޭކަޔަށް އެރިއެވެ. އޭނާ ދެދަތްޕިލަ ފިއްތާ ބާރުކޮށްލިއިރު ތުރުތުރު އަޅައެވެ.

“.. ލަދުކުޑަ އަންހެނާ!..” އިލްހާމްގެ ދެލޮލުން އަލިފާންކަނި ބުރާލިއެވެ. “.. ކަލޭގެ ދޫ ހިމޭނުން ބާއްވާ! ކަލޭ ތީ ކާކުތަ މީހަކު ކަލޭ ގަޔަށް އަރާކަށް..”

“..ކީއްވެތަ މަގަޔަށް މީހަކު ނާރަންވީ..” ނިހާ ޅަގޮތަކަށް އަހާލިއެވެ.

“..ކަލޭ މަގޭ ދަރިންގެ ދިރިއުޅުމާ ކުޅެން ނުހަދާތި..” އިލްހާމް ނިހާގެ އަތުގެ މުލައްދަނޑީގައި ބާރަށް ހިފާލަމުން އިންޒާރުދިނެވެ. “..މަމީ ނުބައި މީހެއްކަން އަންގާލާނަން! މަގޭ ދަރިންގެ ބޮލުގަ ތުހުމަތުތައް އަޅުވާނެކަމެއް ނެތް! މަގޭ ދަރިން ތިފާޑަކަށް ނޫޅޭނެ..”

“..ބަފާގެ ގޮތް ދަރިންނަށްވެސް ވާރުތަކުރާނެ..” ނިހާ އިލްހާމްގެ އަތް ފޮޅުވާލަމުން އެތަނުން ދިޔައެވެ. އިލްހާމް ރެއިލިންގ ގައި ބާރަށް ހިފަހައްޓައިލަމުން ހަމަޖެހެވޭތޯ މަސައްކަތްކުރިއެވެ. އޭނާ ބިރުން އުޅުނު ހުރިހާކަމެއް ވަނީއެވެ. އެގޮތްކުޑަ ކުއްޖާ އެހިފަނީ ހަމަ ބަދަލެވެ. ސަފީނާގެ މަރުގެ ބަދަލެވެ. ނިހާއަށް ވަރުގަދަ ފިލާވަޅެއް ނަގާދޭންވީއެވެ. ނޫންނަމަ އޭނާ މުޅިން ބަރުބާދުވެދާނެއެވެ.

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. މިރޭގެ ސާދަވިލޭރޭގެ ބޮޑު ހަނދުގެ ސަބަބުން ސުނޯހައުސް ގޯތިގެ ގަސްތަކުތެރެއިން އަލިކަން ފެނެއެވެ. މުޅިތަނަށް އޮތީ ކޮކާހަނދުވަރު ދީފައެވެ. ގަޑިން 12:30 ވީއިރަށް ބޯގަންވިލާ ގަސްބުޑުން ކަޅު ދުން ނުކުންނަން ފަށައިފިއެވެ. ދުންތައް ސުނޯހައުސް ބޮޑު ދޮރުގެ ދަށުން ދެމިގެން ދިޔުމަށްފަހު މިސްރާބު ޖެހީ ނިހާ ކޮޓަރިއާ ދިމާއަށެވެ. ނިހާ ކޮޓަރި ދޮރުމައްޗަށް ފެތުރުނު ދުންގަނޑުގައި މަޑުމަޑުން އިންސާނެއްގެ ސޫރަ ޖެހުނެވެ. ދުންގަނޑުގެ ފައިތިލައިން ފެށިގެން ކަޅު ކެހެރިތައް ނުކުންނަން ފެށިއެވެ. އެ މަޙްލޫޤުގެ އަސްލު ސިފައަށް ބަދަލުވަމުން ދިޔައެވެ. ނަމަވެސް އުނަގަނޑާ ހިސާބަށް ބަދަލުވެފައި ހުއްޓުނެވެ. އުނަގަނޑުން މަތި ހުރީ ކުރިންވެސް ހުރިގޮތަށެވެ. ކަޅު ދުމުގެ ސޫރައެއް ގޮތަށެވެ. އެ މަޙްލޫޤުގެ ކަޅުކެހެރިން ފުރިފައިވާ ފައިތިލަ ބިންމަތީގައި ޖެހުމާއެކު ދުންތައް ވިއްސިވިހާލި ވެގެން ދިޔައެވެ. އިސާހިތަކު ހުރިހާ ދުމެއް އެއްތަނަކަށް ޖަމާވެ ނިހާގެ ކޮޓަރި ދޮރު ދަށުން ދެމިގަތެވެ.

ނަޒީލް ނިތްކުރި މަތީ އަތް ބާއްވާލައިގެން ވިސްނަންއޮތެވެ. ފުރާވަރަށް އެރީންސުރެ ނަޒީލް އައީ ނިހާއަށް ކަޅި އަޅަމުންނެވެ. އެމާ އެހެން މީހަކު ބިނދެލުމުގެ ކުރިން އޭނާ އެމަލުގެ ފޮނިކޮޅު ބޯލަން ހިތުއެޅިއެވެ. ނަމަވެސް އެފަދަކަމެއް ކުރާނެ ހިތްވަރު ނަޒީލަށް ނުލިބުނީއެވެ. އެހެންމީހަކަށް އެކަން އެނގިދާނެތީ ނަޒީލް ބިރުގަނެއެވެ. އޭނާގެ ސަބަބުން އެހެންމީހުން ކުރިމަތީގައި އޭނާއާއި އާއިލާ މީހުން ލަދުގަންނާކަށް ނޭދެއެވެ. އެހެންކަމުން އޭނާ މިހުރިހާ ދުވަހު ހިތްހަމަޖެހުން ހޯދަމުން އައީ އޭނާގެ ދެ ލޮލުންނެވެ. ރެޔެކޭ އެއްފަދައިން މިރޭވެސް އޭނާ އެއޮތީ އެކޮޓަރިއަށް ދާން ބޭނުންވެފައެވެ. މަގަތުގައި އޮތް އިންޝާ އަށް އޭނާ ބަލާލިއެވެ. ނިދާފައިތޯ ޔަޤީންކޮށްލުމަށް ގޮވާވެސް ލިއެވެ. ހަބަރެއް ނުވުމުން އިންޝާ ނިދީކަމަށް ޔަޤީންކޮށް އެނދުން ތެދުވިއެވެ. އަނެއްކާވެސް އޮށޯތެވެ. ނިހާގެ ކޮޓަރިއަށް ދާނެ ހިތްވަރު ނަޒީލަކަށް ނުލިބުނެވެ.

ނިހާގެ ކޮޓަރިން ދުންގަނޑު ނުކުމެގެން ގޮސް ނަޒީލްގެ ކޮޓަރިއަށް ވަނެވެ. ކުއްލިއަކަށް އެކޮޓަރި ދޮރު ހުޅުވިގެންދިޔައެވެ. ނަޒީލް ނުކުތެވެ. ވިހަ ހިނިތުންވުމެއް ވެރިކޮށް ލައިގެން ހިނގަމުން ގޮސް ނިހާގެ ކޮޓަރި ދޮރު މައްޗަށް ހުއްޓުނެވެ. ކޮޓަރި ދޮރު ހުޅުވާލިއެވެ. ނިހާ އޮތީ އަރާމު ފުން ނިންޖަކުން ނިދާލައިފައެވެ. ކޮޓަރިއަށް ވަނުމަށް ފައި އަޅާލި ވަގުތު މީހެއްގެ ހިޔަންޏެއް ފެނުނުހެން ނަޒީލަށް ހީވިއެވެ. ނަޒީލް އެނބުރި ބަލާލިއެވެ. ނަޒީލަށް ފާރަލަމުން އައި ދީޕިކާ ހުރީ ތަނބުގެ ފަހަތަށް ވަދެ ފިލައެވެ. އެކަމެއް ނަޒީލަކަށް ނޭގެއެވެ. ނަމަވެސް އޭނާގެ ހަށިގަނޑު ތެރޭގައިވާ މަޚްލޫޤަށް އެނގުނެވެ. ނަޒީލްގެ ދެލޯ ރަތްކުލައިން ދިއްލުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

ބަދަލު

Next

ރީތި ސޫރައެކޭ 1

Next
January 21, 2018

ރީތި ސޫރައެކޭ 1

Previews
January 21, 2018

ބަދަލު

27 Comments!

  1. ainthu says:
    January 21, 2018 at 10:02 am

    ހާދަ ލަހޭ ބައިތައް ނިކުންނަލެއް.. waiting waiting..

    1. nishan says:
      January 21, 2018 at 11:53 am

      adhives laheetha? varah avaha mi part vs upload mi koh dhinee 🙂 hehe thanks vaahaka kiyaalima!!

  2. Koko says:
    January 21, 2018 at 10:17 am

    Vara vara furihama avaha upload kurachey next part ❤❤

    1. nishan says:
      January 21, 2018 at 11:53 am

      thanks koko ? varah avaha upload koh dheynan in shaa allah

  3. Anaa says:
    January 21, 2018 at 11:22 am

    V reethi thankoleh avahaa next part up kohladheebala dear

    1. nishan says:
      January 21, 2018 at 11:54 am

      thank you anaa 🙂 avaha upload kohdheynan 🙂

  4. R@! says:
    January 21, 2018 at 11:49 am

    Waiting for next episode v reethi n

    1. nishan says:
      January 21, 2018 at 11:54 am

      thank you R@! ?

  5. Sana says:
    January 21, 2018 at 11:56 am

    Waau you number one writer hama me part ves habeys when next part?
    Keep it up

    1. nishan says:
      January 21, 2018 at 1:42 pm

      thank you so much sana ?

  6. Pinky shifoo says:
    January 21, 2018 at 12:10 pm

    Wow… Varah reethi mi part.. Thankolheh avahah up kohladhehchey plxxxxx ??.. Keep it up

    1. nishan says:
      January 21, 2018 at 1:43 pm

      thank you shifoo ? in shaa allah laheh nukuraanan!!

  7. Kuda Kamana says:
    January 21, 2018 at 1:05 pm

    haadhahaaa vaa kurey

    1. nishan says:
      January 21, 2018 at 1:44 pm

      next part dhigu kohla dheynan 🙂 thanks vaahaka kiyaalima

  8. Xee says:
    January 21, 2018 at 1:18 pm

    Mee haadha reethi vaahaka ekeyy?

    1. nishan says:
      January 21, 2018 at 1:45 pm

      thank you Xee ?

  9. ޔުމްނު says:
    January 21, 2018 at 3:51 pm

    އަޅޭ!!
    އެންމެ ރީތި ހިސާބުން ތި ނިންމާލީ …..

    1. nishan says:
      January 22, 2018 at 7:58 am

      e hama kurin vs plan kurevifa oi goi 😛

  10. Veny says:
    January 21, 2018 at 4:38 pm

    V nala.. cover in vaahkaa fehnna kahala ..interesting hisaabeh.. cant wait for next part

  11. Veny says:
    January 21, 2018 at 7:55 pm

    Varah nala gendhaa goii cover in mulhi story fehnna hen heevanee waiting for next episode good luck

    1. nishan says:
      January 22, 2018 at 7:58 am

      thank you veny 🙂

  12. Emaa says:
    January 22, 2018 at 5:10 pm

    !Varah reethi mi part vx
    Waiting for the next
    (: episode

    1. nishan says:
      January 24, 2018 at 2:39 pm

      ޝުކުރިއްޔާ އެމާ 🙂

  13. Immi says:
    January 23, 2018 at 2:08 pm

    Kn dhuvahaku aneh bai up vaani… V v reetthiiiiii mi vaahaka… ???

    1. nishan says:
      January 24, 2018 at 2:42 pm

      Thank you immi:) maadhama upload koh dheynan in shaa allah

  14. Maaria says:
    January 24, 2018 at 1:17 pm

    Kniraku abehbai up kuraani vaahaka kiyaalaa hithun nureveni eh nun mi part vex v v v reethi????????

    1. nishan says:
      January 24, 2018 at 2:41 pm

      ޝުކުރިއްޔާ މާރިޔާ.. މާދަމާ އަޕްލޯޑް ކޮށް ދޭނަން އިންޝާﷲ 🙂

Comments are closed.

Next Episodeވަންހަނާ (ދިހަވަނަބައި)←


All Right Reserved!