އެކޮޓަރިން ނުކުތުމަށްފަހު މަލާކް އެނބުރި އޭނާގެ ކޮޓަރިއަށް އައިސް އޮށޯތެވެ. ހަށިގަނޑަށްވެރިވެފައިވާ ލޮޑުކަމާއެކު މަލާކަށް ދާާދިއަވަހަށް ނިދުނެވެ. މާދަމާ ޕްލޭނާ އެއްގޮތަށް ނީމް ގޮވައިގެން ޝޮޕިންގްއަށް ދާން ޖެހޭނެތީ އަވަހަށް ހޭލަންވެސް ޖެހޭނެއެވެ. ނިދުމުގެ ކުރިން ޕްލޭނާ އެއްގޮތަށް ހުރިހައިކަމެއްވެސް ކުރިއަށްދިއުމަށްއެދި މަލާކަށް ދުޢާކޮށްލެވުނެވެ. ނިދިފައިވާ މަލާކްގެ މޫނުމަތީގައި މައުސޫމު ހިނިތުންވުމެއް ރަސްކަންކުރަމުން ދިޔައެވެ. މަލާކްގެ ހަރަކާތްތައް ބަލަންއިން ބީނިޝްވެސް ކުދި ޖަވާހިރުތަކެއްފަދަ ތަރިތައް ވިދައިބަބުޅަމުންދިޔަ އުޑާއި ދިމާއަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. * * * ހެނދުނު […]
ލޮލުން އޮހޮރެމުންދިޔަ ސާފު ބިއްލޫރިކޮޅެއްފަދަ ކަރުނައިގެ މުތީތައް އަތުގެ ނުފުށުން ފުހެލުމަށްފަހު މަޑު ހިނގުމެއްގައި މަލާކް ގޮސް ކުޑަދޮރު ކައިރީގައި ހުއްޓިލިއެވެ. އޭރުވެސް ހުއްޓުމެއްނެތި ވާރޭ ވެހެމުންދިޔައެވެ. ދެލޯމަރައިލުމާއެކު އެހިތަށް އައީ ބީނިޝްގެ ނަމެވެ. މަލާކް ދެލޯހުޅުވައި ބަލައިލިއިރު ވަލުތެރޭގައި އޭނާއަށް ބަލަން ހިނިތުންވެފައި ބީނިޝް ހުއްޓެވެ. މިފަހަރު ބީނިޝް ފެނިފައި އެހިތުގައި ބިރުވެރިކަމުގެ އެއްވެސް އިހުސާސެއް ނުއުފެދުނެވެ. ބަދަލުގައި މަލާކަށްވެސް ފުރަތަމަ ފަހަރަށް ބީނިޝްއާ ދިމާއަށް ބަލައިލުމަށްފަހު ހިނިތުންވެލެވުނެވެ. * * * ހެނދުނުގެ ނާސްތާއަށްފަހު […]
ކޮޓަރީގެ ކޮންމެ ތަނެއްވެސް ވަނީ މަލާކްއަށް އެމަންޒަރުތަކުން ސިފަވިގޮތަށެވެ. އެއްވެސް ތަފާތެއް ނެތެވެ. ކޮޓަރީގެ ތަޅުމުގައިވަނީ ހަމަ އެކާޕެޓެވެ. އެ އެނދެވެ. ކުޑަދޮރުކައިރީގައިވެސް އެލަކުޑި މޭޒު ހުރިގޮތަށް ހުއްޓެވެ. މަލާކަށް ގިސްލަ ގިސްލާފައި ރޮވެންފެށުނެވެ. އައިދުން އޭނާއަށް އެހެދީ ކިހައި ބޮޑު ދޮގެއްހެއްޔެވެ. އައިދުން ބުނި ގޮތުގައި އެކޮޓަރިއަކީ ސްޓޯރޫމެކެވެ. ނަމަވެސް އެއީ ދޮގެއްކަން މިރޭ މަލާކަށް އެނގި ހާމަަވެއްޖެއެވެ. ބީނިޝް ބުނިފަދައިން އައިދުންގެ ހަގީގީ ސިފަ މިރޭ މަލާކަށް ފެނިއްޖެއެވެ. އެއީ ގާތިލެކެވެ. ކުށެއްނެތް ނިކަމެތި […]
އޭނާާ އެޑައިރީ ނެގިއިރު އެތަނުގައި އެއްވެސް މީހަކު ނެތްކަން މަލާކަށް ހަމަ ޔަގީނެވެ. މީދެން ކާާކުބާވައެވެ؟ އެމީހަކަށް މަލާކް އެތަނުން ރަންޔާގެ ޑައިރީ ނެގިކަން އެނގުނީ ކިހިނެއްހެއްޔެވެ؟ އަނެއްކާ އޭނާާގެ ހަރަކާތްތަކަށް މީހަކު ފާރަލަނީބާވައެވެ؟ ކަންބޮޑުވެފައި ހުރެވެސް މަލާކް ކޮޓަރިން ނުކުމެ ސިޑިތައް ގިރާކުރަމުން ތިރިޔަށް ފޭބިއެވެެ. އަދި ގޮސް ގޭގެ ވަލުފަރާތުގެ ދޮރު ހުޅުވައިލުމަށްފަހު އެތަނުގައި މަޑުކޮށްލިއެވެ. ފުންނޭވާއެއްލީ ހަމަޖެހިލުމުގެ ގޮތުންނެވެ. މަޑު ހިނގުމެއްގައި މަލާކް ވަލާއި ދިމާއަށް ހިނގަމުންދިޔައެވެ. އޭނާގެ ފައިދަށުވެ މުރަނަ ފަތްތައް […]
“އައްދޯ. ދޫކޮށްބަލަ. ތަދުވެޔޭ.” ރޮއެގަންނަމުން ރަންޔާ ވޭނީ އަޑަކުން ހަޅޭލަވައިގަތެވެ. އެއަޑުން މުޅި އެގެ ގުގުމައިގެން ދިޔައެވެ. “ތިހާ ފަސޭހައިން އަހަރެންގެ އަތްދަށަކުން ސަލާމަތެއް ނުވެވޭނެ.” ދަމާާފައި ގެންގޮސް ރަންޔާާ އެނދުމައްޗަށް ހޫރައިލަމުން ރުޅިއައިސްފައި އައިދުން ހަޅޭލަވައިގަތެވެ. މަލާކަށް ދެލޯބޮޑުކޮށްލެވުނެވެ. އޭރު އެދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައެވެ. އޭނާގެ އައިދުންއަކީ ހަމަ އެހައި އިހާނެތިމީހެއް ހެއްޔެވެ؟ މަލާކަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ. ދެންފެނުނު މަންޒަރަކުން މަލާކްއަށް އަނގަމަތީގައި އަތްއަޅައިލެވުނެވެ. ރަންޔާ ލައިގެންހުރި ހެދުމުގެ ކަރުގައި ހިފައި […]
އަނެއްކާވެސް އައިދުންއަށް ފަހަތަށް ޖެހެވެން ފެށިއެވެ. އައިދުން ފަހަތަށް ޖެހޭވަރަކަށް މަލާކް ގެ ސޫރަގައި އެވާ އެތި އައިދުންއާ ގާާތަށް ޖެހެއެވެ. ވަކިހިސާބަކަށް ދިއުމަށްފަހު އޭތި ހުއްޓުނެވެ. އަދި ނުބައި ފާޑަކަށް އައިދުންގެ މޫނަށް ބަލައިލުމަށްފަހު އޭތީގެ ދިގުރަަތްކުލައިގެދޫ ނެރެލިއެވެ. އަދި އެދުލުން އައިދުންގެ ދެފައިގައި އޮޅައިލިއެވެ. އެވަގުތު ނަގައިގަތް ދިލައަކުން އައިދުންއަށް ތުންފަތުގައި ބާރަށް ދައިގަނެވުނެވެ. ގޭތެރެއަށް ވަދެގެން އައި މަލާކާއި ނީމްގެ އަޑަށް އޭތި އައިދުންގެ ފައިން ދޫކޮށްލުމަށްފަހު ގެއްލުނެވެ. އައިދުންއަށް ހަމަޖެހުމުގެ ނޭވާއެއްލެވުނީ […]
ސިއްސައިގެން ގޮސް ހޭލެވުނު އާހިލް އެނދުމަތީގައި އިށީނދެލި އިރު މައިނޭވާ ލެވެމުން ދިޔައެވެ. ނިއްކުރި މަތިން ދާތިކިތަށް ފާޅުވާން ހުއްޓެވެ. ބޮލުގައި މީހަކު ތަޅާހެން ހީވާކަހަލަ ރިހުމެއް އުފެދިފައިވީ އިރު ދެއަތުން ބޮލުގައި ހިފައްޓާލި ނަމަވެސް އެއަޑު ކެނޑޭ ގޮތެއްނުވިއެވެ. “އާހިލް.. އާހިލް ދަރިފުޅާ.” ދޮރުގައި ތަޅަމުން ދިޔަކަން އާހިލްއަށް ރޭކާލީ އިރުކޮޅެއް ފަހުންނެވެ. ބޮލުތެރޭ އިވެމުން އެދިޔައީ އެއަޑުކަން ޔަޤީން ވުމުން ގައިމަތީގައި އޮތް ކުއިލްޓު ނަގައި ހޫރާލަމުން ހިނގައިގަން ވަގުތު އަރި އަޅާ ނުލީ […]
އުނދަގޫ ގޮތަކަށް ދެލޯހުޅުވައިލި އައިދުން އޭނާގެ މަގަތުގައި އިނށީދެގެން އިން ބިރުވެރި ސޫރަފެނިފައި ރޫރޫއަޅައިގަތެވެ. މުޅި ކޮޓަރީގައިވެސް ރަސްކަން ކުރަމުންދިޔައީ ކަނު އަނދިރިކަމެވެ. އަނދިރީގެ ތެރޭގައިވެސް އައިދުންއަށް އެސޫރަ ސާާފުކޮށް ފެންނަމުން ދިޔައެވެ. އެސޫރަ ފެނުމާއެކު ދަަތުރުގައި ހިނގައިދިޔަ ބިރުވެރި ހާދިސާތައް ހަނދާންވެ އައިދުންގެ މުޅި ހިތް ބިރުވެރިކަމުން ވަށައިލިއެވެ. އޭނާގެ މަގަތުގައި އިނށީދެގެން އިން އެތީގެ ބޯ އެންމެ ވައްތަރީ ކަކުންޏަކާއެވެ. އަނގައިން ނުކުމެފައިވާ ތޫނު ހަންޖަރެއްފަދަ ދެދަތުގައި ވަނީ ކަށި ފަޅައިފައެވެ. ދެއަތްވެސް ހީވަނީ […]
ދެންފެނުނީ އަދިކުރިއަށްވުރެވެސް ހައިރާާންކުރުވަނިވި މަންޒަރެކެވެ. އެހިސާބުން ކުޑަކުޑަ ވައިރޯޅިއެއްހެން ފަތްތައް އެނބުރެމުން މައްޗަށް އަރަން ފެށިއެވެ. މަލާކަށް ދެލޯބޮޑުކޮށްލެވުނެވެ. ފަތްތައް ވަކިހިސާބަކަށް އެރުމަށްފަހު މުޅިތަނަށް ވިހުރިގެންދިޔައެވެ. އެއާއެކު ފަތްތައް އެރިދިމާލުގެ ބިންމަތީގައި އޮތް ފެހިކުލައިގެ ބަނޑޭރިގަނޑެއްލީ ފޮތެއް މަލާކްގެ ލޮލުގައި އަޅައިގަތެވެ. އެއީ ކޮންފޮތެއްބާވައެވެ؟ އިރުކޮޅަކު އެފޮތާ ދިމާއަށް ބަލަން ހުރުމަށްފަހު މަލާކް ހިނގައިގަތެވެ. ކުޑަކޮށް ގުދުވެލުމަށްފަހު އެފޮތް ނަގައި ހައިރާންކަމާއެކު އޭގެއަށް ބަލަމުން ދިޔައެެވެ. ފޮތް ހުޅުވައިލީ އެއީ ކޮންކަހަލަ ފޮތެއްތޯ ބަލައިލުމުގެ ނިޔަތުގައެވެ. ނަމަވެސް […]