ކުރީގެ އަދަދާއި ގުޅޭ: ” ޒާރާގެ އިހްސާސްތައް ގުޅިފައިވަނީ ޒާރާގެ ދިރިއުޅުމުގެ ވާހަކަތަކާ.. އަހަންނަށް ޒާރާއަށް ފުރިހަމަ ހިމާޔަތާ ރައްކާތެރިކަން ދެވޭން އަންނަނީ ޒާރާ އަހަރެންގެ މީހަކަށް ހަދައިގެން.. ވީހާވެސް އަވަހަށް އަހަރެން އެކަން ކުރަން ބޭނުން.. ދެން ޒާރާ އިތުރު ހިތާމައެއް ތަހައްމަލް ކުރާކަށް އަހަރެން ބޭނުމެއް ނޫން.. ޒާރާ އެއުޅެނީ ކިހާ ހިތްދަތި ދިރިއުޅުމެއް.. ދެން އިތުރަށް އަހަންނަކަށް ކެތެއް ނުވާނެ.. ” ޑައިރީގައިވާ ޒާރާގެ ދިރިއުޅުމުގެ ވާހަކަތައް ފިލްމެއްގެ މަންޒަރުތަކެއްހެން ޔަޒްދާންގެ ލޮލަށް […]
*މީ ހަގީގީ ހާދިސާއަކަށް ބިނާކޮށް އަޅުގަނޑު ލިޔާ ވާހަކައެކެވެ. މިވާހަކައިގައި މީހުންނަށާއި ތަންތަނަށް ދެވިފައިވާނީވެސް ހިޔާލީ ނަންނަމެވެ. މިއީ އާދައިގެ ފެށުމެކެވެ. އަދި މީއަޅުގަނޑު ލިޔާ ދެވަނަ ވާހަކަކަން ހިއްސާކޮއްލަން.. ވާހަކައަށް އިންތިޒާރުކޮށްލައްވާ……!!* ****************************** ޖެހެމުންދިޔަ މަޑުވައިރޯޅި ބާރުވަމުން ދިޔައެވެ. ހަވީރުއްސުރެ ބޯވަމުން އައިވިލާތަކުން ޖައްވުވަނީ އަނދިރިވެފައެވެ. އިރުއޮއްސެން މިދަނީ ބަނަރެއަކަށެވެ. ގަސްތަށް ވަޔާހެލެމުންދިޔައީ ބިރުވެރި ފުރޭތަތަކެއްފަދައިންނެވެ. އެ ބޮޑު ގޯތީގައި ހުރި ގޭގެ ފެންޑާގައި ހުރި އުނދޯލި މަޑުމަޑުން ހެއްލި ހެއްލި އިނެވެ. އާނއެކެވެ. އެތާ […]
ކުރީގެ އަދަދާއި ގުޅޭ : އެހެންނަމަވެސް ހިތާމައަކީ ޒާރާގެ ޑައިރީގައި ދާންގެ އެއްވެސް ވާހަކައެއް އައިސްފައި ނެތްކަމެވެ. އެވާހަކަތައް ޑައިރީގައި އޮތްނަމަ ޔަޒްދާން ކިހާ އުފާވީސް ހެއްޔެވެ. އެހެންނަމަވެސް ޒާރާއާ ދިމާވި ފިރިހެންކުދިންގެ ތެރެއިން އެންމެ ފަހު ވާހަކައަކަށް އޮތީ ރިޝްވާންގެ ވާހަކައެވެ. އެހެންވެ، ޒާރާ ދާންދެކެ ލޯބިވާ މިންވަރާއި، ލޯބީގެ އިހްސާސްތަކާއި، ލޯބީގައި ޖެހިގެން ޒާރާ އުޅުނުގޮތުގެ ވާހަކަތައް ދެން ދުވަހަކުވެސް ޔަޒްދާންއަކަށް ނޭނގެނެއެވެ. އެއީ އެކަންވުމަށް ތަގްދީރުގައި ލިޔެވިފައިވާ ގޮތް ކަމުގައި ވާތީއެވެ. ******************** […]
އޮހޮރެމުން ދިޔަ ލެއިން ވެލިގަނޑު ރަތް ވަމުންދިޔައެވެ. ބޮލުން ތަންގަނޑެއް ވަނީ ފެޅިފައެވެ. ދެލޯ ތަންމިނަށް ހުޅުހުވިފައެވެ. ދިރުމެއް ނެތް ބަރު ހަށިގަނޑު ދަމަމުން ކޫއްތަމުން މަގުމައްޗަށް ނެރުނީ އަމިއްލައަށެވެ. ފައިގައި ހިފައިގެން ދަމަމުން މަޑުމަޑުން ކުރިއަށް ހިނގަންފެށުމާއެކު، ވެލިގަނޑުމަތީ ލޭގެ ރަތްކުލައިން “ދޫލަ” އަޅެމުން ދިޔައެވެ. ލޮލުން އޮހޮރެމުން ދިޔަ ކަރުނައާއެކު، މޫނުމައްޗަށް ބުރާފައިވާ ލޭތިކިތައް ފޭދެމުން ދިޔައެވެ. ހިތުގެ ތެޅުން ބާރުވެ މައިނޭވާ ލެވެމުން ދިޔަ ނަމަވެސް މިފަހަރު އޭނާ ނުހުއްޓޭނެއެވެ. މަގުމައްޗަށް ނުކުމެ […]
ކުރީގެ އަދަދާއި ގުޅޭ: ” ދެން ކުރިއަށްހުރި ސެޝަންތަކަށްވެސް އަންނައްޗޭ.. ކޮންނަމެއް ކިޔަނީ؟ ” ޔަޒްދާންއަށް އަހައިލެވުނެވެ. ” ޒާރާ. ” ނަންބުނެފައި އަވަސްއަވަހަށް ޒާރާ އެތަނުން ބޭރަށް ނުކުތެވެ. ” ޒާރާ.. ނަންވެސް ރީތި.. ނަމާ އެއްވަރަށް ޒާރާވެސް އެހާ ރީތި.. ” ޒާރާ ބޭރަށް ނުކުމެގެން ދާތަން ބަލަންހުރި ޔަޒްދާންއަށް ހިތާހިތުން ކިޔާލެވުނެވެ. ޔަޒްދާންހުރީ ކުރިއަށް އޮތް ސެޝަންތަކުގައި ޒާރާއާ އަދިވެސް ބައްދަލުވާނެކަމުގެ ފޮނިއުންމީދުގައެވެ. އެދުވަހުގެ ފަހުން ސެޝަންތަކުން ޒާރާ ފެނޭތޯ ކިތަންމެ ވަރަކަށް […]
ޒިލާލްހުރީ ޔަޒްދާންގެ ކިބައިން ޒާރާ ސަލާމަތްކުރުމަށް ވަރަށް ތައްޔާރުވެގެންނެވެ. ޒާރާގެ ގައިން ދޫކޮށްލުމަށް، ޔަޒްދާންއަށް، އޭތި ދިނީ މަދު ވަގުތުކޮޅެކެވެ. ނޭނގިނަމަވެސް، އެވަގުތުކޮޅުގެ ތެރޭގައި އަތް ދޫކޮށްލެވުންކަން އެއީ ޔަޒްދާންގެ ހެޔޮ ނަސީބެވެ. އެހެންނޫންނަމަ، ޔަޒްދާންގެ ހަށިގަނޑާއި ފުރާނައަށްވެސް ވަރަށް ނުރައްކާވީހެވެ. *********************** ” ޒާރާއަށް ކާކުކަންވެސް ނޭނގުނު ދޯ.. ދާންއޭ މީ.. އެކަމަކު ޒާރާދެން ތިދަނީ.. ކުރާނެކަމެއް ނެތް.. ” ޒާރާ ނުކުމެގެންދާތީ މާޔޫސްވެފައިހުރި ޔަޒްދާންއަށް އެހެން ބުނެލެވުނެވެ. ޔަޒްދާންއަށް ބުނެވުން ބަސްތައްވެގެން ދިޔައީ ދޮރުން […]
ކުރީގެ އަދަދާއި ގުޅޭ: ” ދެން ބަލާނީދޯ.. އަހަރެންވެސް ބޭނުން ބޭބީ ބަލާލަން ދާން.. ކޮންމަހެއްގައި ވިހަނީ؟ ” ޒާރާވެސް މިފަހަރު ދާންބޭނުންވިއެވެ. ” ޖެނުއަރީ 20 ގައި. ” އެމަހާއި ދުވަސް ރިޔާ ޒާރާއަށް ބުނެދިނެވެ. “އަޅޭ.. އެހެންތަ؟ ވަރަށް ދެރަކޮށް އެދިމާވީ.. ޓިއުޝަން ކިލާހުގައި ދެއާންޓީއިން ޖެނުއަރީގައި ޗުއްޓީ ނަގާނެ.. އަހަރެން އިންނާނީ ޑިސެމްބަރ ޗުއްޓީއަށްލާފަ. އެކަމަކު ތިންދުވަސް ނޫނީ ހަތަރު ދުވަހަށް ދެވިދާނެ ކަންނޭނގެ.. ކުޑަ ލީވްއެއް ނަގައިގެން.. ” ޒާރާ ވިސްނާލާފައި […]
ނިހާގެ ކޮޓަރިން ދުންގަނޑު ނުކުމެގެން ގޮސް ނަޒީލްގެ ކޮޓަރިއަށް ވަނެވެ. ކުއްލިއަކަށް އެކޮޓަރި ދޮރު ހުޅުވިގެންދިޔައެވެ. ހަމައެކަނި ދޫ ބޮކްސާއެއް ލައިގެންހުރި ނަޒީލް ނުކުތެވެ. ވިހަ ހިނިތުންވުމެއް ވެރިކޮށް ލައިގެން ހިނގަމުން ގޮސް ނިހާގެ ކޮޓަރި ދޮރު މައްޗަށް ހުއްޓުނެވެ. ކޮޓަރި ދޮރު ހުޅުވާލިއެވެ. ނިހާ އޮތީ އަރާމު ފުން ނިންޖަކުން ނިދާލައިފައެވެ. ކޮޓަރިއަށް ވަނުމަށް ފައި އަޅާލި ވަގުތު މީހެއްގެ ހިޔަންޏެއް ފެނުނުހެން ނަޒީލަށް ހީވިއެވެ. ނަޒީލް އެނބުރި ބަލާލިއެވެ. ނަޒީލަށް ފާރަލަމުން އައި ދީޕިކާ […]
ކުރީގެ އަދަދާއި ގުޅޭ: ” ޔެސް.. އޮފް ކޯޒް.. ވީއަރ ފްރެންޑްސް ނައު.. ” އެހެންބުނެފައި ޔަޒްދާންއަށް ބަލާލާފައި ޒާރާ ހިނިތުންވެލިއެވެ. އެހިނދު ޔަޒްދާން އެމޫނަށް ބަލައިލުމުން ފެނުނީ ހިތްހެޔޮކަމެވެ. ޒާރާގެ މޫނަށް އިރުކޮޅަކު ބަލަން ހުރެފައި ފުންނޭވައެއްލަމުން ޔަޒްދާން އެކޮޓަރިން ނިކުންނަން ހިނގައިގަތެވެ. އެވަގުތު ޒާރާ ގަޑިބަލާލިއެވެ. ގަޑިން 1:35 ވީއެވެ. މެންދުރުގެ ކެއުން ތައްޔާރުކޮށްގެން ހުރި ވަފިއްޔާއަށް ލަސްވެދާނެއޭ ހިތާ ޒާރާވެސް ބަދިގެ ފަރާތަށް ހިނގައިގަތެވެ. ޒާރާއަށް ދެވުނުއިރު ޔަޒްދާން ތައްޓަކަށް ބަތް އަޅައިގެން […]