ނިދީގެ އަސަރު ނުކެންޑި އެނދުމަތީ އޮންނަން ޖެހުމުން، ފޫހި ވެފައި އޮތް ޔަތްރިބުއައް ހޭލެވުނީ އޭނާ މަންމަ ހެނދުނު ނާސްތާއައް ސައި ތައްޔާރު ކޮއްފަ ގޮވަން ދޮރު ހުޅުވާލި ވަގުތެވެ. “ ދަރިފުޅާ !! ޔަތޫ !! ތެދުވޭ ދެން ، މިހާރު އެހެރަ ގަޑިން ދިހަ ގަޑި ބައި ވީ. “ . “ ލައްބަ މަންމާ ހޭލާ މި އޮތީ، މޫނު ދޮވެލައިގެން މިދަނީ. “ . އޭނާ އެނދުން ތެދުވެ ފާހަނައައް ވަދެ މޫނު […]
“..ނިކާލް ނިހާދެކެ ލޯބިވޭތަ؟..” ޞަފިއްޔާ ފުރަތަމަވެސް ކޮށްލީ ސުވާލެކެވެ. ނިކާލް ހައިރާންވެފައި ޞަފިއްޔާގެ މޫނަށް ބަލަހައްޓައިގެން އިނެވެ. “..ދަރިފުޅު ނިހާދެކެ ލޯބިވޭތަ؟..” ނިކާލްގެ ޖަވާބެއް ނުލިބުމުން ޞަފިއްޔާ ސުވާލު ތަކުރާރުކޮށްލިއެވެ. ނިކާލް މަޑުމަޑުން ތެދުވިއެވެ. ޞަފިއްޔާ ގާތަށް އައިސް ދެކޮނޑުގައި ހިފަހައްޓާލިއެވެ. ފަރުވާތެރިކަމާއެކު ޞަފިއްޔާގެ މޫނަށް ބަލާލިއެވެ. ޞަފިއްޔާ ކަމަކާ ފިކުރުބޮޑުވެފައި ހުރިހެން ނިކާލަށް ހީވިއެވެ. “..ކިހިނެއްވީ މަންމާ..” ނިކާލް ބުނެލިއެވެ. “..ހާދަ ފިކުރު ބޮޑުވެފަ.. ކަމެއްވީތަ؟.” “..ކަމެއް ނުވޭ..” ޞަފިއްޔާ ދިނީ ކުރު ޖަވާބެކެވެ. “.. […]
ހަސަންބެ ބަލަންނުހުރެ، ކިޔެވެލި ކިޔަވަމުން އައިހަމާއި ދިމާލަށްއެނބުރުނީ ޒާކްގެ ވާހަކަދެއްކުންހުއްޓި ހަށިފުރާ ނޭވާއެއް ލި އަޑު އިވި އެކުއްޖާ ބިންމައްޗަށް ދެމުމުންނެވެ. އަދި ކިޔެވެލި ކިޔަވަމުން ދިޔަހިނދު، ރިޝްފާމެންނަށްބަލާލައި، އިޝާރާތުން ކުދިންތައް ބިންމަތިން ނެގުމަށް އަންގާލިއެވެ. އެހެންކަމުން ބަލަންތިބި އެންމެންއައިސް އަވަސް އަވަހަށް ކުދިންތައް ނަގައި ގޭތެރޭގެ ކޮޓަރިއަކަށްވަނެވެ. އެއިރު އައިޝާއާއި އޭނާގެ ފިރިމީހާ ރިޒާންހުރީ އެމީހުންގެ ދަރިފުޅުގެ ސަލާމަތްކަމަށް އެދިއެދިއެވެ. ހަސަންބެ އައޫޒާއި ބިސްމިކިޔަންފެށީ ސޯފާމަތީ ދެލޯ ބޮޑުކޮށްގެން ރުޅިގަދަވެފައި އިން އައިހަމްގެ ބޮލުގައި އެއްއަތުން […]
“ކޮބާ؟ ކިހިނެއްވާންވީ؟ މިއޮތީ ޒާކް. އޭނަ އޮތީ ހޭނެތިފަ.” އައިޝާމެންގެ ބޮޑު ފެންޑާއިން އެތެރަށް ވަންނަމުން، ރިޝޫ ސުވާލުކުރީ ބިންމަތީގައި އިށީނދެގެން އައިހަމް ގާތު އިން ހަސަންބެއާއެވެ. ރިޝޫގެ ކުރީގައިހުރެގެން ޒާކް އަތްދަނޑިމައްޗަށްލަައިގެން ޝަޔާން އެއިރު އެގޭތެރެއަށްވަންނަނީއެވެ. ހުރި ހަމައެކަނި ދަރިފުޅަށް މީގެ އިރުކޮޅެއްކުރިން ވެގެންއުޅުން ގޮތް ހިތަށްއަރާވަރުން އެކަމާ ދެރަވެ ރިޝްފާއަށް ރޮވެމުންދިޔައެވެ. އެ ތުއްތު ހަށިގަނޑަށް ވެފައިވާ އަނިޔާ ހިތަށްއަރާވަރުންނެވެ. …………………………………………… ފަތިހު ޒާކް ނިދިންހޭލައިގެން އޭނާގެ ހަށިގަނޑު އެނދުމަތީގައި އޮވެ ކޮޅުކޮޅަށް އެނބުރުނުތަން […]
ފަތިހުގެވަގުތެވެ. އީވާއަށް ހޭލެވުނީ އޭނާގެ ފޯނު އެލާމް ވާއަޑަށެވެ. ގަޑި ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. ގަޑިން 5:00 އެވެ. އަވަސް އަވަހަށް އެއްޗެހި ބަދަލު ކޮއްލައިގެން ދަބަސް ކޮނޑުގައި އަޅުވައިގެން ފާލަމާ ދިމާއަށް މިސްރާބު ޖެހިއެވެ. ދުވަމުން ދިޔަ އިރު އޭނާއަށް ޤުދުރަތުން ލިބިފައިވާ ކަޅުކަން ގަދަ ފަށުވި އިސްތަށި ގަނޑު ވަޔާވިހުރެމުން ދިޔައެވެ. އޭނާގެ އެކުވެރިން އޭނާއަށް ދިމާލަށް ބާބީ ޑޯލް އޭ ވެސް ކިޔާ އުޅެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އޭނާ އަށް ޤުދުރަތުން ލިބިފައިވަނީ ހުދު […]
“ހަސަން! އަވަސްކުރޭ! އައިންތުގެ ދަރިފުޅާ، ރިޝޫގެދަރިފުޅަށް ކަމެއްވިތޯބަލާބަލަ! ދޭބަލަ!” ފާތުންނަށްވެގެން އުޅޭގޮތެއް އެއްކޮށް ނޭނގުނަސް، އޭނާގެ ކޮއްކޮމެންގެ ދަރިންނާވެސް ދިމާވެގެން އުޅޭކަންތައްތަކަކީ އާލިޔާއާވެސް ދިމާވެގެން އުޅޭކަންތައްކަމަށް ގަބޫލުކުރަމުން ބޭނުންވީ އެ ދަރިންކޮޅު ސަލާމަތުން ތިބިތޯ ބަލާށެވެ. ހަސަން ބަލާކަށްނުހުރެ އަވަސްވެގަތީ ފާތުން އެބުނިހެން އެ ގެތަކަށް ދާށެވެ. ކާއިރީގައިހުރި ޝަޔާންގެ އެކުވެރިޔާ ޔޫޝައު ގާތު ހިނގާށޭ ބުނެ އަވަހަށް ދޮރާދިމާލަށް އެރިތަނާ ހަސަންބެ ހަސަން ހުއްޓުވިއެވެ. “މަޑުކުރޭ!، އަހަރެން ބުނާ ގޮތެއްހަދަންޏާ، ކަލޭގެ އަންހެނުންނާ ދަރި ގޮވައިގެން […]
އައިހަމް ކުރަހަމުން ދިޔައީ ކަޅުކުލައިގެ މޫނެކެވެ. ހުދު ކަޅިއެއްލާފައިހުރި ބިރުވެރި ސިފައެއްގެ މޫނެކެ. ހަމަ އެވަގުތު ބޭއިޙްތިޔާރުގައި އައިޝާއަށް އައިހަމްގެ މޫނަށް ބަލާލެވުނެވެ. އެހިންދު އައިހަމްގެ މޫނުގެ ކުލަވަރުފެނި އައިޝާ ސިހިގެންދިޔައެވެ. އައިހަމް އެއިނީ ކުރަހަންއިން މަންޒަރަށް ބަލާކަށްނޫނެވެ. އޭނާ އެއިނީ ކޮޓރީގެ ފާޙާނާގެ ދޮރާދިމާލަށް ކަޅިހުއްޓައިގެނެވެ. ކުރަހަން އިން މަންޒަރު ޗޯކުކުލައިން ކުލަ ޖައްސަމުން ދިޔައިރުވެސް އައިހަމް ގެ ކަޅިއަކަށް ބަދަލެއްނާދެއެވެ. އައިހަމްގެ ހަލުވިހަރަކާތުން ކުރެހުން ފުރިހަމަކުރަމުންދިޔައިރު އޭނާއަކަށްވެސް ކުރެހޭއެއްޗެއްނޭނގެއެވެ. އެކުއްޖާގެ ކަރުއެނބުރިފައި އިންއިރު ހީވަނީ […]
އައިދުންއަށް ހީވީ އޭނާގެ ބޮލުގައި މީހަކު ބާރުއެތިފަހަރަކުން ޖެހިހެންނެވެ. ދެލޯ ބޮޑުކޮށްލަމުން އެދިމާއަށް ބަލައިލި އައިދުންގެ އަތުގައި ހުރި ޖޫސްތަށި ވަގުތުން އެއަތުން ދޫވެ ވެއްޓި ތެޅުނެވެ. އެއަޑަށް ސިހިފައި އެންމެން އައިދުންއާ ދިމާާއަށް ބަލައިލިއެވެ. އައިދުންއަށްވީ ގޮތްފެނި މަލާކް އިސްޖެހުނު ނަމަވެސް ދޮރިމަތީގައި ރަންޔާގެ ސޫރައިގައި އިން ބީނިޝްގެ ތުންފަތް މައްޗަށް ހިނިތުންވުން ވެރިވިއެވެ. އެތައް ދުވަހަކަށްފަހު އައިދުންގެ ސޫރަ ފެނުމުން އާމިރުގެ ލޮލުން ނަފުރަތުގެ ކަނި ބުރައިގެންދިޔައެވެ. އެހުރިހައި ދުވަހަކު އެހާލުގައި އެކޮޓަރީގައި ތެޅުމަށްފަހު […]
އަހަރެން މިކިޔާދޭން މި އުޅެނީ އަހަރެންގެ ރައްޓެއްސަކަށް ދިމާވި ހާދިސާއެއްގެ ވާހަކައެވެ. ޗުއްޓީގައި ހަސަން ދިޔައީ ހަސަންގެ އާއިލާ މީހުންނާއެކީ ކާފަގެ ރަށަށެވެ. އެ ރަށުގައި އޭނާގެ ރައްޓެހިންނާއެކީ ކޮންމެ ދުވަހު ރޭގަނޑު 12 ޖެހުމަށްފަހު ވަލަށް ކުކުޅު ހޯދަން ދެއެވެ. ރައްޓެހިންނާއެކު ކުކުޅު ފިހެ ސަކަރާތް ޖެހުމަށެވެ. އެއް ރެއެއްގެ ވަގުތެވެ. ހަސަނާއި އޭނާގެ ގާތް ތިން ރަހުމަތްތެރިން ދަންވަރު ގަޑީގައި ޓޯޗު ބައްތި ހިފައިގެން ކުކުޅު ހޯދަން ވަލަށް ދިޔައެވެ. އެރޭ ހަސަނުމެން ވަަލަށް ވަދެގެން […]