“އޭ ޔަތޫ ކޮބާތަ، ހާދަ ތަތް މީހެކޭ ދޯ! ގުޅާބަލަ، ވެދާނެ ފިނިހަކަ ކައިރިއައް ދިޔައީ ކަމައް،” ޝިނާޒު އާއި ފަލާހު ހެމުން ވާހަކަ ދައްކަމުން ޔަތޫއައް ގުޅާލިއެވެ. ”އޭ މިހާރު މިހުރީ ދަނޑު ކައިރީ މަޑުކުރޭ މި ދަނީ..،” އެހެން ކިޔާފައި ފޯނު ބާއްވާފައި ޔަތޫ ސައިކަލުގައި އަނެއްކާވެސް މިސްރާބު ބެހެއްޓީ ހެންވޭރު އިރުދަށު ހޮޓަލައް ދިއުމަށެވެ. “ރަށައް ދާކައް ނުވިސްނަންތަ؟” ފުރަތަމަވެސް ޔަތޫއައް ރަނގަޅައް އިށީނދެލަން ވަގުތު ކޮޅެއް ނުވަނީސް ފަލާހް ސުވާލު ކޮއްލިއެވެ. […]
ނިދީގެ އަސަރު ނުކެންޑި އެނދުމަތީ އޮންނަން ޖެހުމުން، ފޫހި ވެފައި އޮތް ޔަތްރިބުއައް ހޭލެވުނީ އޭނާ މަންމަ ހެނދުނު ނާސްތާއައް ސައި ތައްޔާރު ކޮއްފަ ގޮވަން ދޮރު ހުޅުވާލި ވަގުތެވެ. “ ދަރިފުޅާ !! ޔަތޫ !! ތެދުވޭ ދެން ، މިހާރު އެހެރަ ގަޑިން ދިހަ ގަޑި ބައި ވީ. “ . “ ލައްބަ މަންމާ ހޭލާ މި އޮތީ، މޫނު ދޮވެލައިގެން މިދަނީ. “ . އޭނާ އެނދުން ތެދުވެ ފާހަނައައް ވަދެ މޫނު […]