Skip to content
އެސްފިޔަ

ކަމަނަ 1

ހިތް ގައިމު ރީތި ގޮނޑު ދޮށެއްގައި ޔޫސުފް އިށީންދެގެން އިނީ މާދުރު ނޫން ހިސާބެއްގައި އޭނާގެ އަށް އަހަރުގެ ދަރިފުޅު އައިދަން، ވެއްޔާއި ކުޅޭތަން ބަލާށެވެ. އައިދަންގެ އުމުރުން ތިން އަހަރުގައި އޭނާގެ މަންމަ ނަފާ ވަނީ އެދެބަފައިން ދޫކޮށް އެހެން ފިރިހެނަކާއި އެކު ގޮސްފައެވެ. ހަލާލު ފިރިމީހާއާއި ބަނޑު އަޅައި ވިހެއި ދަރިފުޅު ދޫކޮށްފައި ދާން ނަފާ ނިންމި ސަބަބަކަށް އޭނާ ބުނީ، އަނތްބަކާއި ދަރިއެއް ގެންގުޅެވޭނެ ފެންވަރު ޔޫސުފްގެ ކިބައިގާ ނެތުމެވެ. ނަފާ ގާތު އައިދަން ބަހައްޓަން ބޭނުން ނުވީ އައިދަން އަކީ އޭޑީއެޗްޑީ ހުރި ކުއްޖަކަށްވެފައި، ނަފާއަށް އޭނާ ގެންގުޅެން އުނދަގޫ ވާނެތީ ކަމަަށް ބުންޏެވެ.

އައިދަން ގެ ދިރިއުޅުމުން އޭނާގެ މަންމަ ދިޔަފަހުން ފަސް އަހަރުވީއެވެ. ކުށެއް ނެތް އެކުޑަ ކުއްޖާއާއި ބައްދަލު ކޮށްލަން ނަފާއަށް ނުދެވޭއިރު، އެކުއްޖާގެ ހާލު ބަލާލަން ގުޅާވެސް ނުލައެވެ. އައިދަން ގެ ހުރިހާ ވެސް މީހަކީ އޭނާގެ ބައްޕަ އާއި މާމައެވެ. ޔޫސުފް އޮފީހުގައި ހުންނަ ވަގުތު އައިދަންގެ ހުރިހާ ކަމެއް ކޮށްދީ އައިދަން ބަލަނީ އޭނާގެ މާމައެވެ. އޮފީހުން އައުމަށްފަހު ދަރިފުޅުގެ ހުރިހާ ކަމެއް ކުރަނީ ޔޫސުފްއެވެ. ނަފާ ދެކެ އިންތިހާއަށް ޔޫސުފް ލޯބިވި ކަމުގައި ވިޔަސް، އޭނާގެ ފަހަތުން އާދޭސް ކުރަމުން ޔޫސުފްއެއް ނުދެއެވެ.

“ދަރިފުޅާ ދެން ހިނގާ ދާން. މިހާރު އެއޮށް އިރު އޮއްސެނީ” ރަތްވިލާ ފާޅުވާން ފެށުމުން އައިދަން ގާތު ޔޫސުފް ބުންޏެވެ.

“އަދި ފަސް މިނެޓު މަޑުކޮށްލައްވާ ބައްޕާ” އޭނާ ގެންގުޅުނު ފަސް އޮށް ތަކާއި ކުޅެމުން އައިދަން ބުންޏެވެ.

ބަރާބަރު ފަސް މިނެޓު ފަހުން އަނެއްކާވެސް ދަރިފުޅަށް ޔޫސުފް ގޮވިއެވެ. އަދަބުވެރިކަމާއިއެކު އައިދަން ވެސް އޭނާގެ ބައްޕައާއި އެކު ދިޔައެވެ. އެއިރު ގަނޑިން ހައެއް ޖަހައިފިއެވެ. ގެއަށް ގޮސް މާމައާއި އެކު އައިދަން ޤުރްޢާން ކިޔަވަން ފެށިއެވެ. ޔޫސުފް ހިނގައިގަތީ ބޭރު ޖޯއްޔަށް ދާށެވެ.

“ދަރިފުޅާ ދޭބަލަ ނަމާދަށް” ޔޫސުފް ގެ މަންމަ އޭނާ ގާތު ބުންޏެވެ.

“އާނ މަންމާ އިރުކޮޅަކުން ދާނަން” ބޭރަށް ނިކުންނަމުން ޔޫސުފް ބުންޏެވެ.

ޔޫސުފް އަކީ އެހެން ހުރިހާ ގޮތްގޮތުން ރަނގަޅު މީހެއް ކަމުގައި ވިޔަސް، ނަމާދަށް ވަރަށް ފަރުވާ ކުޑަ މީހެކެވެ. އެއްދުވަހު ތިން ނަމާދު ކުރެވިއްޖިއްޔާ އެމަހެއްގެ ބާކީ ބައި ދާނީ އެއްމެ ނަމާދެއް ވެސް ނުކޮށެވެ. އައިދަން އާއި އެއްކޮށް ނޫޅޭ ވަގުތު ތަކުގައާއި އައިދަން ނިދާފައި އޮންނަ ވަގުތުތަކު، ޔޫސުފްއަށް ނިިދި ނާންނަނަމަ އޭނާ ގިނަ ފަހަރަށް އިންނަނީ ނަފާގެ ހަނދާންތަކަށް ގެއްލިފައި ބޭރު ޖޯލީގައެވެ. ބައެއް ފަހަރު އެކަނިމާ އެކަނި ރަށު ތެރޭގައި ސައިކަލު ދުއްވާލަން ގޮސް އުޅެއެވެ. ޔޫސުފްއަކީ ރައްޓެހިންނާއިއެކު ބޭރަށް ގޮސް އުޅޭ މީހެއް ނޫނެވެ.

ބޭރުޖޯލީގައި އިރުކޮޅަކު އިނދެފައި، މަންމަ ހޯދަން އައިސްފާނެއޭ ހިތައް އަރާފަައި ޔޫސުފް ދިޔައީ ބޭރަށެވެ. ޢިޝާ ނަމާދު ވަގުތުގެ ފަހުން ގެއަށް ވަންނަން ހިތުލައިގެން ޔޫސުފް އަނެއްކާވެސް ދިޔައީ އަތިރި މައްޗާއި ދިމާލަށެވެ.

އަނެއްކާވެސް ނަފާގެ ހަނދާންތަކަށް ގެއްލޭށެވެ.އެއަތިރި މައްޗަކީ ނަފާއާއި އެކު ވަރަށް ގިނައިން ޔޫސުފް ދިޔަ ތަނެކެވެ. އެހެން ރަށެއްގައި މިހާރު ނަފާ ވީނަމަވެސް، މާޒީގެ އުުފާވެރި ހަނދާންތައް އަދިވެސް އެތަނުގައިވާ ފަދައެވެ.

އެޙިޔާލުތަކަށް ގެއްލިފައި އިންދާ، ރާޅުޖަހާ ފަށުން މަޑުމަޑުން ހިނގާލާފައި އަންހެން ކުއްޖަކު އަންނަތަން ޔޫސުފްއަށް ފެނުނެވެ. ރީތި ބައްޓަމަކާއި ހެޔޮ ވަރެއްގެ އިސްކޮޅެއް ހުރި ލޫޅާފަތި އެއަންހެން ކުއްޖާގެ ހަމުގެ ކުލަ ވަރަށް ދޮންކަން، ރޭގަނޑުގެ އަނދިރިކަމުން ވެސް ފާޅުވާން ހުއްޓެވެ. ފަންފަން ދިގު އިސްތަށިގަނޑެއް އޮތް އިރު، ވަޔާއި އެއިސްތަށިގަނޑު ވިހުރެމުން ދިޔައެވެ. އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ އަތް ކުރު މައްޗަކާއި ރަތް މާ ތަކެއް ޖަހާފަހުރި ކަޅު ކުލައިގެ ދިގު ތިރިއެކެވެ. ދޮންވެލިގަނޑުގައި ހިނގާފައި އައިއިރު އެކުއްޖާ ހުރީ އެއް އަތުން ތިރީބުރީގައި ހިފައިގެންނެވެ. އަނެއް އަތުގައި އޭނާގެ ފައިވާން އޮތެވެ.

އެއަންހެން ކުއްޖާގެ ރީތިކަމަށް ގެއްލިފައި ޔޫސުފްއަށް އިނދެވުނެވެ. ޔޫސުފް އިން ހިސާބާ ކައިރިވުމުން އެއަންހެން ކުއްޖާ ޔޫސުފްއަށް ވަރަށް ރީތިކޮށް ހީލިއެވެ.
“ހާއި” ބޭއިޚްތިޔާރުގައި ޔޫސުފް އަށް ބުނެވުނެވެ.

“ހެހެ.. މިއީ ސަލާމް ވެސް ގޮވާލާ ޒަމާނެއް ނޫންތަ؟” ހިނިގަނޑެއް ޖަހާލާފައި އެއަންހެން ކުއްޖާ އެހެން ބުނުމުން ޔޫސުފް ލަދުގައެވެ. “ހާއި” ޔޫސުފް އަށް ވީގޮތް ފެނިފައި އަންހެން ކުއްޖާ ޖަވާބުދިނެވެ. އެއިރު އޭނާ ހުރީ ޔޫސުފްގެ ކުރިމަތީގައި މަޑުކޮށްގެނެވެ.

“މިއޮއްފަދަ ގަޑީގަ މިތާ ކީއްތިކުރަނީ؟” އޭނާއާއި ވާހަކަ ދައްކާލަން ތެދުވަމުން ޔޫސުފް ބުންޏެވެ.

“ހަމަ ތިސުވާލު އަހަންނަށް ވެސް ކުރެވޭނެއްނު. ހެހެ.. މިހަމަ ހިނގާލަނީ ހިތްހަމަ ޖައްސާލަން” މޫނުމައްޗަށް ވިހުރެމުން ދިޔަ އިސްތަށިތައް ކަންފަތްދަށަށް ލައްވާލަމުން ހިނިތުންވުމަކާއިއެކުއެއަންހެން ކުއްޖާ ބުންޏެވެ.

“މިގަޑީގަ؟ އެކަނިތަ ތިއުޅެނީ؟” ހައިރާންވެފައި ދެކޮޅު ބަލާލަމުން ޔޫސުފް އަހާލިއެވެ. އާނ އެކޭ ބުނުމުންގެ ގޮތުން އެކުއްޖާ ބޯޖަހާލިއެވެ.

“ބިރެއް ނުގަނޭތަ؟” ސަމާސާ މިޒާޖަކަށް ޔޫސުފް އަހާލިއެވެ.

“ހެހެހެ.. އަހަރެން ދެކެ އެހެން މީހުން ބިރު ގަންނަން ޖެހޭނީ”

“އޭނ.. ކީކޭ ތިބުނީ؟” އިތުރު ހައިރާން ކަމަކާއިއެކު ޔޫސުފްއަށް އަހާލެވުނެވެ.

“މިބުނީ އަހަރެން ފެނިފަ އެހެން މީހުންނޭ ބިރު ގަނެ ހާސް ވާނީ” ސަމާސާ މިޒާޖަކަށް ހީލާފައި އަންހެން ކުއްޖާ އެހެން ބުނުމުން ޔޫސުފް ވެސް ހީލިއެވެ.

“ހަމަގައިމު ވެސް އަހަރެން ބިރެއް ނުގަނޭ. ތިކަހަލަ ރީތި ކުއްޖެއް ފެނިފަ ކާކު ބިރު ގަންނާނީ” ޒަމާންތަކަކަށްފަހު އަންހެން ކުއްޖަކާއި ދިމާލަށް އެހެން ބުނެވުމުން ޔޫސުފް ވެސް ހައިރާންވިއެވެ. އެހެން ބުނުމުން އަންހެން ކުއްޖާވެސް ހީލިއެވެ.

“ތިއޭ ފިރިހެނުންގެ މައްސަލައަކީ. އަންހެން ކުއްޖެއް ފެންނައިރަށް ހުޝާމަތު ކުރަން ފަށާނެ އެއީ ކާކުކަން ނޭނގުނަސް. ދެން ދަނީ” ޔޫސުފް އާއި ދުރަށް ހިނގައި ގަނެފައި އެކުއްޖާ ބުންޏެވެ.

“އައްދޭ އަހަންނަކީ އެހެން ފިރިހެނުން ކަހަލަ މީހެއް ނޫން. ކާކުކަން އިނގެމާ ދޯ. އަހަންނަށް ކިޔަނީ ޔޫސުފް. ނަންވެސް ނުބުނެ ތަ ދާނީ؟” އަންހެން ކުއްޖާގެ ފަހަތުގައި ހުރެ ޔޫސުފް އަހާލިއެވެ.
“އަހަންނަށް ކިޔާ….. ކަމަނަ”

ނުނިމޭ

Comments (33)

  1. jiji

    Beautiful❤????…Kon irakun next upkohdheyny???..Waiting curiously???

    1. Mariyam Wahydha
      jiji

      Thankyou nxt part Wednesday ga upkohla dheynan?

  2. Kim

    Varah reethi❤️.. Konirakun next upkohladheyny..

    1. Mariyam Wahydha
      Kim

      Thank you ? Wednesday ga nxt part upkohla dheynan

  3. Ash

    V salhi ?
    Keep it up!!!

    1. Mariyam Wahydha
      Ash

      Thank you ? nxt part Wednesday ga upkohla dheynan

  4. Rai

    Varah reethi.When next

    1. Mariyam Wahydha
      Rai

      Thankyou nxt part wednesday ga

  5. Vernon

    V salhi????♥️♥️❤️❤️???????? when is the next part?

    1. Ash
      Vernon

      Hi l know u

    2. Vernon
      Vernon

      I know you too

    3. Mariyam Wahydha
      Vernon

      Thankyou nxt prt Wednesday ga

  6. Vernon

    I know you too

    1. Ash
      Vernon

      Mi vaahaka v reethi dho???

  7. Vernon

    Yeah.

    1. Ash
      Vernon

      ??????

  8. Xoo

    Mee kurinwes kiunu wahaka eh

    1. Mariyam Wahydha
      Xoo

      Thank you for your comment mi site ga genesdhey iru konmeves varakah changes thakeh genesfa up kuraany

  9. ?

    Mee vara foohi vaahaka eh. Miadhu. mv ga meege last part innaane munifoohifiluvun ebaiga. Fahu part kiyaalyma ves ingeyne vaahaka kada kan. Dhen kiyaahivaa myhun kiyaane, kiyaahinuvaamyhun nukiyaane.

    1. Mariyam Wahydha
      ?

      Thank you for sharing your view abt the story . Mi story mi site ga up kuraa iru alhugandu konmeves varakah changes genesfa upkuraany

    2. ?
      ?

      Change gennachey, 18+ ah fit vaagothah twist thakaaeku mulhi story change kohgen genesdhechey, eyrun hama gaimu vara Gina views libeyne, good luck. Fahu part kiyaalumun aslu vaahaka mathin foohivee. Hope kuran Mary bodu change eh gennaanekamah.

    3. Luc!f3r
      ?

      18+ kurany kykkuran konmehen

    4. Mariyam Wahydha
      ?

      Well mi site ah 18 years ah vure kuda kudhin vadhe ulhumaky ves ekashygen vaa kamakah vaathy alhugandah hyvany mi story 18+ kurumaky rangalhu hiyaaleh noon hn

  10. Aish

    V reethi mi vaahaka

    1. Mariyam Wahydha
      Aish

      Thank you Aish ❤

  11. Lovlyn

    Mibai v reethi gaimuves

    1. Mariyam Wahydha
      Lovlyn

      Thank you lovlyn❤

  12. azker

    ?????

    1. Mariyam Wahydha
      azker

      Thank you azker

  13. Azoo

    V reethi ?

    1. Mariyam Wahydha
      Azoo

      Thank you Azoo❤❤

  14. gayaa

    varah sali mirey up kurahchey

    1. Mariyam Wahydha
      gayaa

      Up kuran fonuvaafa innaany

Comments are closed.