Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދުޝްމަން – 11 (ފަހުބައި)

Rainoppa Level 210 Stories100 Comments
July 25, 2019 5 Mins Read
30 Comments

ދޯންޏަށް އަރައި ހަމަޖެހިލިތަނާހެން މާއިން އިނީ ނިދާފައެވެ. ދޯންޏަށް އެރިއިރު ޝާޔާެގެ ކަތި ނަޒަރު އަހަރެންނާއި އަމާޒުވިއެވެ. ހީވަނީ އެއްޗެއް ބުނަން ބޭނުންވެފައި ހުރި ހެނެވެ. އިއްޔެއަށް ފަހު ޝާޔާ ކައިރިން ރަނާ ނުނައްޓައެވެ. އަބަދުވެސް ހަށިފާރަވެރިއެއްހެން އޭނާ ހުންނަނީ ޝާޔާއާއި ވިއްދާފައެވެ. ސަބަބެއް ނޭނގެއެވެ. ގިނައީ ވެސް އަހަރެންނަށް ނޭނގޭ އެއްޗިއްސެވެ. ޝާޔާގެ ލޮލުގައި އެތަކެއް ސިއްރެއްވާކަން ޔަޤީންވެއެވެ. އިންތިޒާރު ކުރެވެނީ އޭނާ ބުނާނެ ދުވަހަކަށެވެ. ނޫނީ އެ އިންތިޒާރަށް އަމިއްލައަށް ނިމުމެއް ގެންނާނީ ހެއްޔެވެ؟ މޮޅު ހިޔާލެއް އަހަރެންގެ ސިކުނޑިއަށް ވަދެއްޖެއެވެ.

ރަށަށް އާދެވުނުއިރު ހުރިހާ ކަމެއް ރޭވި ނިމިއްޖެއެވެ. ހަޤީޤަތް ނޭނގެނީސް އަހަރެންގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ދޯނިން ރަނާއާއި ޝާޔާފޭބީ އެއްކޮށެވެ. މާއިން ގައިގައި ވިކާލަމުން އަހަރެން ދޯނިން ފޭބީ އޭނާ އަތުލަފިކޮށްގެނެވެ. ޝާޔާ އިސްއުފުލާވެސް ނުލާ ހިނގަމުން ދިޔައީ ބަރުހެލި ފާޑަކަށެވެ. ރަނާ ހީވަނީ ކޮންމެވެސް ބޮޑުަކަމެއް ހިންދާލައިގެން ހުރިހެނެވެ.
މާއިން މޫނަށް ފެން ފޮދެއް ބުރުވާލުމަށް ފަހު އޭނާ ހޭލައްވާލީމެެވެ.
“ދޭބަ އިނގޭ ގެޔަށް. މަ އެބަ ދާންޖެހޭ ތާކަށް.”
އަހަރެން ޢާންމުކޮށް ގެޔަށް ދަނީ މާއިންއާއި އެއްކޮށެވެ. އެއީ ދެމީހުންގެ ގެ ކައިރީގައި ހުރީމައެވެ.
“މިއޮށް ހެނދުނު ކަލޭ ކޮންތާކަށް؟”
އަނގައިގެ މިޔަކަނުގައި ހޭކިފައި ހުރި ސޮނި ފޮހެމުން މާއިން ސުވާލުކޮށްލިއެވެ.
“ތާކަށް ނޫން. މަންމަ ބުނެގެން އެއްޗެއް ބަލާ.”
މާއިން ކައިރިން އަވަހަށް ސަލާމަތްވާން ވެގެން އަހަރެން ދޮގެއް ހަދާލީމެވެ. އޭރު ރަނާއާއި ޝާޔާ ބޮޑުމަގުން ރަށުގެ އުތުރަށް ދަނީއެވެ.
މާއިން ގޮސް ލޮލުކޮޅަށް އޮބާލި ތަނާހެން އަހަރެން މިސްރާބުޖެހީ ރަނާއާއި ޝާޔާގެ ފަހަތުން ދިޔުމަށެވެ. ބާރަށް ހިނގަމުން ގޮސް ދެ އަންހެންކުދިން ހިނގަމުން ދިޔަ މަގަށް އަޅައިފީމެވެ. މަގުގެ އެއްކައިރީގައި ހުރި ބޮޑު ގެތަކަށް ނަޒަރެއް އެއްލާލީމެވެ. ޢާންމުކޮށް ރަށުގެ މިހިސާބުގައި އަޅާފައި ހުންނާނީ މުއްސަދިންގެ ގެތަކެވެ. ދަށްފަންތީގެ މީހުން މިހިސާބުން ފެންނާނީވެސް މަދުންނެވެ. ރަށް އޮތީ ދެބައިވެފައި އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ސޯޅަވަރަކަށް ފޫޓު ދުރުން އަހަރެން ދިޔައީ ދެމީހުންގެ ހަރަކާތްތަކަށް ބަލަމުންނެވެ. ރަނާ ރުޅިވެރި ގޮތަކަށް ބަލަމުން ދިޔައިރު ޝާޔާ އިސްޖަހައިގެން ބަހެއް ވެސް ނުކިޔައެވެ.
ޝާޔާ އުޅެނީ ރަނާގެ ބައްޕަގެ ގޭގައެވެ. ރަނާގެ ބައްޕައަކީ ރަށު ކަތީބެވެ. ޝާޔާގެ ބައްޕައަކީ ބޯޓު ދަތުރުކުރަން އުޅޭ މީހެކެވެ. ރަށުން ފެންނާނީ އަހަރަކު އެއްފަހަރެއެެވެ. ނޫނީ ދެއަހަރުން އެއްފަހަރެއެވެ.
ދެބުރިއަށް ނަގާފައި ހުރި ގެޔަށް އާދެވުމާއި އެކީ ޝާޔާ ވަނީ ކޮޓަރިއަކަށެވެ. ކޮޓަރީގެ ކުޑަދޮރު ހުރީ ހުޅުވާފައެވެ. އެއީ ތިރީ ބުރީގައި ހުރި ކޮޓަރިއެވެ. ޝާޔާގެ ފަހަތުން ރަނާ ވެސް ވަނެވެ. ކިޔާ އެއްޗެއް އަޑުއަހާލުމުގެ ނިޔަތުގައި ގުދަށް އޮވެގެން ދުވެލައިފައި ސީދާ އެކުޑަދޮރު ކައިރީގައި ހުއްޓިލީމެވެ. ރަނާގެ އަޑު އިވުނީ ޖެހި ހޮނު ގުގުރިއެއް ހެނެވެ.
“ކިތައް ފަހަރު ބުނާނީ އަމިއްލަ ފެންވަރު އޮޅިގެން ނޫޅޭށޭ. ރައްޔާންއާ އެއްކޮށް ކޮން ޑްރާމާއެއް ކުޅުނީ މޫދުގައި؟”

ރަނާ އެހާ ހަރުކަށި ރާގެއްގައި އެއްވެސް މީހަކަށް ވާހަކަ ދައްކާ އަޑެއް އަހަރެން ނާހަމެވެ. ހައިރާންވެ އަންތަރީސްވެފައި ހުއްޓައި ވާހަކަ ދެއްކީ ޝާޔާއެވެ.
“ޑްރާމާއެއް ނުކުޅެން. އޭނާ ގެނބެން އުޅެނިކޮށް ސަލާމަތްކޮށްދިނީ.”
ޝާޔާގެ އަޑު މަޑުކަމުން ކިރިޔާ އިވޭ ކަމެވެ.
“ޑްރާމާ އެއް ނުކުޅެމޯ. މިދިޔަ އަހަރު ސިޓީ. މި އަހަރު ކޯއްޗެއް؟”
ރަނާ އެ ދައްކަނީ ކޮން ސިޓީއެއްގެ ވާހަކަ އެއް ހެއްޔެވެ؟
“މިދިޔަ އަހަރު ރަނާ އުޅުނީ ފައިސަލްއާ ރައްޓެހިވެގެންް. އަހަރެން ބުނިން ދޯ ރައްޔާން ދެކެ ލައިކް ވާ ވާހަކަ. ރަނާ އެކަމާ ދެކޮޅު ހެދީމަ ރަނާ ބުނެގެން ދޯ މިއޮއް ހުރިހާ ދުވަހު ރައްޔާންއަށް ބުލީކޮށް އަހަރެން ނުބައި މީހެއްގެ ކުލަޖެއްސިގެން އުޅުނީ. ޖަސްޓް ފޮ ޔޫ. ރަނާ ތީ އަހަރެން އެއްބަނޑު އެއްބަފާ ކޮއްކޮ ގޮތަށް ދެކޭ މީހެއް. އަހަރެން އަދިވެސް ނުބުނަން ސިޓީ ލިޔުނު ވާހަކައެއް. އެދުވަހު ރައްޔާންއަށް ފެނުނީމަވެސް ވާހަކަ އޮޅުވާލީ. އެކަމަކު ރަނާ ރައްޔާން އާ ދޭތެރޭ ކަންތައް ކުރި ގޮތް ކަމަކު ނުދޭ. ހަމަ ފައިސަލްއާ ރުޅިވީމަ މިހާރު ރައްޔާން ބޭނުންވީ. ރައްޔާން އަކީ ބެކަޕް ދޯ؟ އޭނަ އެހާ ވަަރަށް ތެޅުވުމުގެ ބޭނުމަކީ ކޮބާ؟ އިޓްސް ނޮޓް ފެއަރ…”
ޝާޔާގެ އަޑު އިހުނަށް ވުރެ ބާރުވިއެވެ. ނަމަވެސް އޭނާގެ އަޑުގައި ވަނީ މާޔޫސްކަމެވެ. އަނގަ ހުޅުވައިގެން އަހަރެން ހުރީ ފަޅާއަރަމުންދާ ސިއްރުތަކުން ހިއްސުތައް އައްސިވެފައެވެ. މިދިޔަ އަހަރު އަހަރެންނަށް ސިޓީ ލިޔުނީ ޝާޔާކަން އިނގުމުން އަހަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ.
“ޝަޓް އަޕް. ހަނދާން ނެތުނީތަ ޝާޔާގެ ޢާއިލާއަށް ކާންދީ ބޯންދީ ހަދަނީ މަގޭ ބައްޕަކަން. އެހެން ނޫނަސް ކަލޭ ކަހަލަ ބަޑިއަކާ ހެދި ރައްޔާން ނޫޅޭނެ. ފުރަތަމަ ދޭބަލަ ކަލޭ މަރާލި ދަރީގެ ބައްޕަ ހޯދަން!”
ފަހު ޖުމުލައިން އަހަރެންގެ ހެޔަށް ގޮތްވާހެން ހީވިއެވެ. ބޮލުގައި އަތް އަޅަމުން ބިންމައްޗަށް އުޑުފައިން ތިރިވެވުނެއެވެ. އަމިއްލަ ނަފްސުދެކެ އައި ރުޅިއަކުން ގައިގައި ވަކިއަޅާ ނޮޅާލަން ހިތް ބުނަމުން ދިޔައެވެ. ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނީއެވެ. ފާފައިގެ މައްޗަށް އަނެއް ފާފަ ކުރެވުނީ އެވެ. ކޮންކަމަކާ ހެއްޔެވެ؟ މީހަކު ބުނެލި ބަހަކުން ހެއްޔެވެ؟ މީހަކު ކޮށްލި މަލާމާތަކުން ހެއްޔެވެ؟ ލޮލުން ހޫނު ކަރުނަތައް އޮހިގަތީ ހިފެހެއްޓުމެއް ނެތިއެވެ. މިއޮއް ހުރިހާ ދުވަހު އަހަރެން ބޭޒާރުކޮށްނުލާ ޝާޔާ ތަހައްމަލް ކުރި ވޭން ވަޒަންވެސް ނުކޮށްލެވޭނެއެވެ. ކޮޓަރި ތެރެއިން ޝާޔާގެ ގިސްލުމުގެ އަޑު އިވެމުން ދިޔައެވެ. އޭނާގެ ލޮލުން ވެއްޓޭ ކޮންމެ ކަރުނައެއްގެ އަގު އަހަރެން އަދާ ކުރާނީ ކިހިނެތް ހެއްޔެވެ؟
“ރަނާ ހުއްޓާލާ…..”
ޝާޔާގެ ވޭނީ އަޑު އިވޭ ކޮންމެ ފަހަރަކު ހީވަނީ ހިތަށް ހަންޖަރެއް ހެރޭ ހެނެވެ.
“ނޫން. ކަލޭ ހުއްޓާލާ. ރައްޔާން މަތިން ހަނދާން ނައްތާލާ! މަގުމައްޗަށް ބިކަވާން ބޭނުން ނުވަންޏާ. ޖައުފަރުބެ ޝާޔާއަކަށެއް ނޫނީ ފަރީދައްތައަކަށް ހަރަދެއް ނުކުރޭ. ކުރަނީ އަހަރެންގެ ބައްޕަ. އަނެއްކާ ޝާޔާ ބޮޑު ލަދަކުންވެސް ސަލާމަތްކޮށްދިނީ އަހަރެންގެ ބައްޕަ. އެކަމުގެ އަގު…..”
ރަނާގެ އަޑު ކެނޑުނީ ޝާޔާ ބުނެލި ބަހަކުންނެވެ.

“އެކަމުގެ އަގު އަދާކޮށްފިން. އެ ނުލަފާ މީހާ އަހަރެންގެ ގަޔަށް……..”

ރަނާގެ އަތުން ޝާޔާގެ މޫނުމައްޗަށް އެރި ހޫނު އެތިފަހަރު މުޅި ސަރަހައްދުގައި ގުގުމައިގެން ދިޔައެވެ. ރުޅިއައިސްގެން ހުރެވުނު ތަނެއްވެސް އަހަރެންނަށް ނޭނގުނެއެވެ. ލޮލުން އަލިފާނުގެ ކަނި ބުރާ ކަހަލައެވެ. ފަޔަށް ހުރިހާ ބާރެއްލަމުން އަހަރެން ހިނގައިގަތީ އެގެޔަށް ވަންނާށެވެ. ފިޔަވަޅު ހުރިތަނަށް ހުއްޓުނީ ކުރިމަތިން ދުވަމުން އަންނަ ޝާޔާ ފެނުނީމައެވެ. މޫނުމަތީގައި އަތްއަޅައިގެން ރޮމުން އޭނާ ދުވަމުން ދިޔައީ ބޮޑުމަގާއި ދިމާލަށެވެ. އަހަރެން ޝާޔާއަކަށް ނުގޮވަމެވެ. އޭނާގެ ފަހަތުން އެއްވަރަކަށް ދުވެފައި އަހަރެންވެސް ދިޔައީ ރޮމުންނެވެ.
ވަކި ހިސާބަކަށް ދެވުނުތަނާހެން ޝާޔާ ބިންމައްޗަށް ވެއްޓެން އަރިއަޅާލިއެވެ. އަހަރެން ކުޅަދާނަކަމާއި އެކީ ސިކުންތެއްގެ ތެރޭގައި ޝާޔާ މެޔާލާ ބޮނޑިކޮށްލީމެވެ.
ހެނދުނުގެ ވަގުތެވެ. ވަލު ފަރާތަށް މީހުން މިގަޑީގައި އައިސްއުޅޭނީ މަދުންނެވެ. ހަމަޖެހިލައިގެން ޝާޔާ ހިފަހައްޓައިގެން ހުރެވުނު އިރެއް ނޭނގެއެވެ. ޝާޔާގެ ކަމަކީ އަޑުން އަޑު ނަގާ ރުއިމުވެ. އަހަރެންގެ ކަމަކީ އޭނާގެ ބޮލުގައި އޯގާތެރިކަމާއިއެކު ފިރުމުމެވެ. ނުހިފެހެއްޓިގެން އަހަރެންގެ ލޮލުން ކަރުނަ އަންނަވަރުވެސް މަދެއް ނޫނެވެ. ވާނީވެސް އެހެންތާއެވެ. ކުށްވެރިޔަކީ އަހަރެންނެވެ. ޢާޢިލާއިން ނުލިބުނު ހިމާޔަތެއް އޭނާ އެންމެ ލޯބިވާ ފިރިހެނާގެ ފަރާތުން ވެސް ނުލިބުނެއެވެ. މުޅި ހަޔާތް ޝާޔާގެ މަޢާފު ހޯދަން ވޭތުކޮށްލަން ވެސް އަހަރެން ހުރީ ތައްޔާރަށެވެ.
“ޝާޔާ. އަަހަރެންނަށް މަޢާ..”
ޝާޔާ އަހަރެންގެ އަނގައިގައި އަތް އަޅާލިއެވެ. އޭނާގެ މަޑު މުށި ކުލައިގެ ލޮލުން ކަރުނަ މުތީތަކެއްހެން ވިދާލިއެވެ. އެމޫނުގައި ވި މަޢުސޫމުކަން ކުރިން ނުފެނުނީ ކީއްވެ ހެއްޔެވެ؟ ލޮލަށް ހުރީ ފުސް ބުރާފަ ހެއްޔެވެ؟

“ޝާޔާ.. އާދޭ އަހަރެންގެ ގެޔަށް. އަހަރެން ޝާޔާ ބަލާނަން.”
ބުނެވުނީ ދެ ޖުމުލައެއެވެ. ސާދާ ދެ ޖުމުލައެވެ. ނަމަވެސް އެއީ އަހަރެން މުޅި ހަޔާތުގައި ކުރި އެންމެ މުހިންމު ވަޢުދެވެ.

އަހަރެންގެ ހަޔާތް އެހިސާބުން ބަދަލުވީއެވެ. އޯލެވެލް ޝާޔާ ނިންމީ އަހަރެންގެ ގޭގައެވެ. މަންމައާއި ބައްޕައަށް އަހަރެން ހުރިހާ ހަޤީޤަތެއް ކިޔާދިނީމެވެ. ބައްޕަ ރުޅިއައިސް ގެޔަށް ހަފްތާއެއް ވަންދެން ނާދެއެވެ. މަންމަ ދެރޭ ދެދުވާލު ވަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރިއެވެ. ދެހަފްތާއައް ފަހު ޝާޔާގެ މަންމަ ފަރީދާ ވެސް ދިރިއުޅުން އަހަރުމެންގެ ގެޔަށް ބަދަލުކުރިއެވެ. ޝާޔާގެ މަންމަ ވަރިކުރިކަން އިނގުނީ ދެނެވެ. ބައްޕަ ލަދުން ހަތަރުކަޅި ވެސް ޝާޔާގެ މަންމައާއި ހަމަނުކޮށްލައެވެ. އަހަރެންގެ ހާލަކީވެސް އެއީއެވެ. ރަށުގައި ފާޑުފާޑުގެ އަޑުތައް އަރައިގެން ދިޔައެވެ. އެކަމަށް އަހަރެންގެ ފަރުވާލެތް ނެތެވެ. މިހާރު ހަޔާތުގެ ލަނޑުދަޑިއެއް އަހަރެން ކަނޑައަޅާފީމެވެ. ދެން އޮތީ އެކަން ހާސިލްކުރަން ގަދައަޅާ މަސައްކަތްކުރުމެވެ.
ފަނަރައެއްހާ ދުވަސް ފަހުން ފުލުހުން ރަށު ތެރޭ ފުނާއަޅަން ފަށައިފިއެވެ. ރަށު ކަތީބު ގެއްލިގެނެވެ. ރަނާގެ ބައްޕަ ގެއްލިގެނެވެ. މީހުން ކިޔާތީ އަހަރެންވެސް އަޑު އެހީމެވެ. ކައިރި ރަށަކަށް ވިޔަފާރި ދަތުރެއްގައި ދިޔަގޮތަށް ކަތީބު ނާދެއެވެ. މިކަން މި އިނގުނީ ވެސް ހާދަހާވާ ލަހުންނޭ އަހަރެން ހިތަށް އެރިއެވެ. ތިން ދުވަސް ވެސް ނުވާނެއެވެ. އަތިރިޔާ ކައިރިން ގޯއްޗެއް ލިބުނު މީހެއް ބިން ސާފުކުރަން އުޅެނިކޮށް ކަށިތަކެއް ފެނުނު ވާހަކަ އަރައިގެން ދިޔައެވެ. އަހަރެން ބިރުން ހަލާކުނުވީ ކިިރިޔާއެވެ. ކުއްލިއަކަށް ޒިންނޫރާގެ ހަނދާންތައް ސިކުނޑީގައި ތާޒާވިއެވެ. އެރޭ އަހަރެންގެ ގައިގައި ހޭކިފައި ހުރި ލޭގެ މަތިން ހަނދާންވިއެވެ. އަނެއްކާ ޒިންނޫރާ އެރޭ ކާލީ ކަތީބު ހެއްޔެވެ؟ އަހަރެންގެ ސުވާލަށް ޖަވާބު ދިނީ ފުލުހުން ކުރި ތަހުޤީޤުންނެވެ. ހަމަ އަސްލުވެސް އެއީ ރަނާގެ ބައްޕައެވެ. ރަނާގެ ހިތާމައިގައި އަހަރެން ބައިވެރިވީމެވެ.  މަޖުބޫރުވެގެނެވެ.  ރަށު ހުރިހާ އެންމެން ބައިވެރިވާ ކަމެއް އަހަރެން ނުކޮށްފިއްޔާ ޝައްކުގެ ނަޒަރު އަމާޒުވެދާނެތީއެވެ. ރަނާގެ ބައްޕަދެކެ އައިހާ ރުޅިއެއް ކުރިން އެކަކު ދެކެ ވެސް ނާދެއެވެ.އަހަރެން ހަނދާންވީ ޒިންނޫރާގެ ޖުމުލަތަކެވެ. ރަނާގެ ބައްޕަަ މަރާލީ އޭނާ ބޭނުންވެގެނެއް ނޫނެވެ. އަނެއްކާ ޝާޔާ ބޭނުން ވެގެން ހެއްޔެވެ؟ އެހެނެއް ނުވާނެއެވެ. އެ ހަންޑި ހަދަނީ ރޯ ބުހުތާނު ދޮގެވެ. ބޮލުގައި ރިއްސާލިއެވެ. ދެން މާޒީވެ ދިޔަ ކަންތަކާ ވިސްނަނީ ކީއް ކުރަން ހެއްޔެވެ؟ ވެދިޔަ ކަމެއް ވެ ނިމުނީއެވެ.

ޝާޔާއަށް އެ ޖަނާޒާއަށް ދިޔުމަށް މަނާކުރީމެވެ. ސަބަބެެއް ވެސް ނެތިއެއް ނޫނެވެ. ޒިންނޫރާ ގަތް އެއްވެސް ގަނޑެއް ޝާޔާގެ ހަނދާނަށް އަންނާކަށް އަހަރެން ބޭނުމެއް ނުވެއެވެ.
އާދަންބެ ކައިރިއަށް ދާން ހިތަށްއެރިއެވެ. ނަމަވެސް އަނެއްކާ ވެސް އާދަންބެ މަޅިއެއް ޖަހާފާނެތީ އަހަރެން ހޯދީ މާއިންގެ ބައްޕަގެ އެހީއެވެ. މުޅިން ތެދެއް ނަހަދަމެވެ. ހަމައެކަނި އެދުނީ ހަށިރައްކަލަކަށެވެ. ޝާޔާއަށް ވެސް އެކަތި ދިނީމެވެ. އެހިސާބުން އެކަން ވެސް ނިމުނީއެވެ. ޒިންނޫރާގެ އުނދަގުލެއް އެކަކަށް ވެސް ނުޖެހެއެވެ.

އޯލެވެލް ނިންމާލުމަށްފަހު ޝާޔާއާއި އަހަރެން އޭލެވެލް ކިޔެވީ މާލޭގައެވެ. އަހަރެންގެ ޢާއިލާއާއި ފަރީދާވެސް މާލެއައެވެ. މިހާރު ދެ ޢާއިލާގެ ގުޅުން ބަދަހިވެ އަހަރެންނާއި ޝާޔާ ވެސް ވަނީ ހިތާއި ހިތުން ގުޅިފައެވެ. މާއިންގެ ފޯނު ކޯލުތައް ކޮންމެ ދުވަހަކު މަތިން އާދެއެވެ. އަބަދުވެސް ޝާޔާ ރަނގަޅުތޯ އެހުމަކީ އޭނާގެ ވާޖިބެކެވެ.
އަހަރެންނާއި ޝާޔާގެ ގުޅުމުގެ ވާހަކަ މާއިންއަށް ފަޅާއެރި ދުވަހު ހީކުރިގޮތަށް އޭނާ ރުޅިއެއް ނާދެއެވެ. މާއިންއަށްް ވަނީ ފައިނާންދެކެ ލޯބިވެވިފައެވެ. އެކަމަށް އަހަރެން ދިނީ ހޫނު މަރުހަބާއެކެވެ. ރަނާ އިންޑިޔާއަށް ކިޔަވަން ދިޔަ ވާހަަކަ ވެސް އިނގުނީ މާއިންގެ ފަރާތުންނެވެ.

ރަނާއާއި އޮތް ގުޅުން ކަނޑާލަން ފަސޭހައެއް ނުވިއެވެ. ހާއްސަކޮށް ޝާޔާއަށެވެ.   ޝާޔާގެ ހިތް ރަނާ އާއި މެދު ސާފެވެ. ޝާޔާގެ ހިތްހެޔޮކަމާއި އޭނާގެ ހަޤީޤީ ސިފަ ފެނުނީ އެއްކޮށް އުޅެލުމުންނެވެ. އުމުރުން ދޮށީ މީހުނަށް އިހުތިރާމުކުރުމާއި މުރާލިވުމަކީވެސް ޝާޔާގެ ގައިގައި ހުރި ހާހެއްހާ ރަނގަޅު ސިފަތަކުގެ ތެރެއިން އެންމެ ދެކަމެވެ. މަދަރަސީ ދައުރު ބުލީކޮށް މީހުނަށް މަލާމާތްކުރަން ޝާޔާއަށް މަޖުބޫރުކުރުވީ ރަނާއެވެ. ރަނާގެ މުއްސަނދިކަމާއި އޭނާގެ ބައްޕަގެ ރުފިޔާ ހަތިޔާރަކަށް ހަދައިގެން ޝާޔާ މަޖުބޫރުކުރުވިއެވެ. ކީއްކުރަން ހެއްޔެވެ؟ ރަނާއަށް ވުރެ މީހުން ޝާޔާއާއި ގަޔާވެދާނެތީއެވެ. ހަސަދަވެރިވިޔަސް ދެން ބޮޑުވަރެވެ. އަހަރެންގެ ހިތުގައި މިހާރު ރަނާއަށް އެއްވެސް ޖާގައެއް ނެތެވެ. ރަނާގެ މޫނު ފެނުނަސް އަހަރެން ފޫހިވެއެވެ. ރަނާއަކީ ފިރިހެނުން އޭނާގެ އިނގިލީގައި އޮޅާލާފައި ބަހައްޓަން ބޭނުންވާ ނުފޫޒުގަދަ އަންހެނެކެވެ. ތަމްސީލު ކުޅެ މީހުންގެ އިހުސާސުތަކާއި ކުޅެން ވެސް އެވަރެއް ނޯންނާނެއެވެ.  ހުރިހާ ވާހަކައެއް އަހަރެންނަށް ކިޔައިދިނީ ފައިނާންއެވެ. ޝާޔާއާއި ރަނާގެ ގުޅުމުގެ ހަޤީޤަތް އިނގޭ ހަމައެކަނި މީހަކީވެސް އެއީއެވެ. ފައިސަލްއާއި އޭނާގެ ގޭންގު އަހަރެންނަށް އަނިޔާ ކުރަމުން ދިޔަ މަންޒަރު ބަލަން ކެތްނުކުރެވިގެން ޝާޔާ އެ ދުވަހު ވެސް މަސައްކަތްކުރީ އަހަރެން ސަލާމަތްކޮށްދޭށެވެ. މަލާމަތްކޮށްގެން ވިޔަސް އޭނާޔަށް ހެޔޮކަމޭ ބުނެ ވިހަ ބަސްތަކެއް ބުނީ ހިތާއި ދެކޮޅަށެވެ. އެދުވަހަށް ފަހު ކިތައް ދުވަހު ފާހަނައިގައި ރޯން ޝާޔާ ހުންނަތަން ދުށީމޭ ފައިނާން ބުންޏެވެ. އަަހަރެން ހިތް ދިޔައީ ކުދިކުދިވެގެނެވެ. ޝާޔާއަކީ ހަމަ ކެތްތެރިކަމުގެ މިސާލެކެވެ. ރަނާ ބުނާހާ ގޮތެއް ހެދީ އޭނާގެ މަންމައަށް ޓަކައެވެ. ބޯމަތީގައި އޮތް ފުރާޅުގެ ހައްޤަށެވެ. މަގުމަތީގައި ބިކަވެ މީހުންގެ މަލާމާތް ރައްދުވާން ބޭނުން ނުވާތީއެވެ.  ހުރިހާ ވާހަކައެއް ދައްކާ ނިމުނުއިރު ފައިނާން ހުރީ ރަނގަޅަށް ވެސް ރޮވިފައެވެ. ރަނާއަށް ލޯތްބަކީ މުނިފޫހިފިލުވުމެވެ. އެކަކު ނެތިއްޔާ ދެން ހުރި މީހާއެވެ. ޝާޔާ އަހަރެންގެ ގެޔަށް އައިތާ މަހެއް ނުވަނީސް ރަނާ ލޯބީގެ ގޮތުން ޖަލުން ދޫކޮށްލި ފައިސަލްއާ އަނެއްކާވެސް ގުޅުނެއެވެ. އެހެންވީމާ ޝާޔާ ބުނިހެން އަހަރެންމީ ހަމަ “ބެކަޕް”އެވެ. ކުޑައިރުންސުރެވެސް އަހަރެންނަކީ ރަނާގެ “ބެކަޕް”އެވެ. އެނޫން މީހެއް ނޫނެެވެ. ރަނާ ބޭނުންވީ އަބަދުވެސް އަހަރެން އޭނާޔާއި ހެދި މޮޔަވެފައި ހުންނާށެވެ. ނަމަވެސް “ފްރެންޑް ވިތް ބެނެފިޓް” ކުޅޭކަށް ދެނެއް އަހަރެން ރަނާއަށް ލޮލުކުރިން ވެސް ބަލާނުލާނަމެވެ.

ދެއަހަރަށް ފަހު އޭލެވެލް ވެސް ނިމުނީއެވެ. ރައީސުލްޖުމްހޫރިއްޔާ ދޭ ސްކޮލަޝިޕް ޝާޔާއަށާއި އަހަރެންނަށް ލިބުނެއެވެ. އޮސްޓްރޭލިޔާއަށް ދެމީހުންވެސް ދާން ބޭނުންވީ ޑޮކްޓަރުކަން ކިޔަވާށެވެ. ނަމަވެސް އޭގެ ކުރިން މުހިންމު އެއްކަމެއް ކުރަން އަދި އޮތީއެވެ.
އަހަރުމެން ދެމީހުންގެ ކައިވެންޏެވެ.ކައިވެނި ކުރީ އެހާ ކުލަގަދަކޮށެއް ނޫނެވެ. އެއީ ޝާޔާވެސް ބޭނުންވި ގޮތެވެ. ކައިވެނީގެ މަޖިލީހުގައި ލަދުން އިސްޖަހަލައިގެން ޝާޔާ އިންއިރު އޭނާގެ ކޮލަށް ވެރިވެފައި ހުރި ޖަންބު ކުލައިން ހީވަނީ ހޫރުޕަރީއެއް ހެނެވެ.
“އަނބި ޤަބޫލުކޮށްފިން.” އަަހަރެންގެ ތުންފަތުގައި ކުޅެލީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ޝާޔާ އަހަރެންގެ މިލްކަކަށް ވީއެވެ. ދެން އެ ދެލޮލުން ކަރުނައެއް ނާންނާނެއެވެ..

ކައިވެނި ހަފްލާ ބޭއްވުނީ ގޭގައެވެ. ހެދިކާ ކޮޅަކާއި ކޯކު ތައްޓެއް ކޮންމެ މެހެމާނަކަށް ބަހަމުން ދިޔައީ މާއިންނެވެ. ޝާޔާގެ އަތުގައި ހިފައިގެން ވާހަކައަށް ގެއްލި ހުސްވެފައި ހުރީ ފައިނާންއެވެ. ޝާޔާގެ މަންމައާއި އަހަރެންގެ މަންމަ ކޮންމެވެސް ވާހަކައެއް ދައްކަމުން ހީލާނެއެވެ. ބައްޕަ ފޯނުން ފޮޓޯ ނެގުމުގައި އަވަދިނެތި އުޅުނެއެވެ.  އުފާވެރި މަންޒަރެކެވެ. ދުވަސްގަނޑަކަށް ފަހު ހަޔާތުގެ ނައު ދަތުރުކުރަމުންދާ ކަނޑު އޮމާންވީއެވެ.  އަހަރެންގެ ހަޔާތުގައި ނަފުރަތުކުރި ދުޝްމަން މިވީ ހަޔާތުގެ ބައިވެރިޔާއަށެވެ. އެމީހަކާ ނުލައި ނޫޅެވޭނެ ލޯބިވާ އަނބިމީހާއަށެވެ. ތަޤުދީރު އަހަރެންނަށް ކޮށްލި ސަމާސާ ކިހާ ހެއްވާ ހެއްޔެވެ؟

 

(މިވާހަކައިގެ ސީޒަން 2 އެއްވެސް އޮންނާނެ ވާހަަކަ ދަންނަވާލަން.)

 

 

Share Article

Follow Me Written By

Rainoppa

Level 210 Stories100 Comments

I'm a girl who likes writing all sorts of stories. Especially horror. 22 years old and writing relieves stress mostly. Feel free to comment and vote. :)

Other Articles

Previous

ކަމަނަ 2

Next

ވީރާނާވެފައިވީ ޙަޔާތް މަގޭ 5

Next
July 25, 2019

ވީރާނާވެފައިވީ ޙަޔާތް މަގޭ 5

Previews
July 25, 2019

ކަމަނަ 2

30 Comments!

  1. dhiraagu package says:
    July 25, 2019 at 8:59 am

    wowwww…. varah varah varah salhi? curiously waiting for part 2.. kon irakun up kuraanii.??!! well keep it up??

  2. Ash says:
    July 25, 2019 at 9:27 am

    Hey vvvvvvvvvvvvvvvv salhi mi part ?? keep it up ??? avahah 2 part liyay kon irakun nikukkani 2

  3. Sleepy puffin says:
    July 25, 2019 at 9:28 am

    V reethi. But MAA avahah thi nimmaaly.??? Still love your story.

  4. Mary says:
    July 25, 2019 at 9:46 am

    Masha allah vvvvvv salhi mi vaahaka???.. 2vana part konirakun fashaany??

  5. Rainoppa says:
    July 25, 2019 at 9:59 am

    Hi everybody.. Season 2 of this novel will be published in 2 weeks time.
    Before that I will be publishing a short melodrama story series next week.
    Stay tuned and thank you guys for all your support 🙂

  6. Ash says:
    July 25, 2019 at 11:01 am

    I am so sad but keep it up ???

  7. Shaaz says:
    July 25, 2019 at 11:11 am

    Wow mi part ves vvvv salhi ??? when is part 2 umeedhu kurany part 2 miahvureh maa salhi vaaneh kamah we were waiting for the part 2 ??

  8. Nykko says:
    July 25, 2019 at 11:12 am

    Wow ……. Vvvvvarah reathi????mi part vess…..we are waiting for dhushman season 2…..?????

  9. 1234 says:
    July 25, 2019 at 12:25 pm

    Vara reethi mi part
    When is part 2 ?
    Waiting for it

  10. Naf says:
    July 25, 2019 at 12:31 pm

    Ending habeys …….season 2 ah inthizaaru ga …..dhushman my fav …

  11. Naf says:
    July 25, 2019 at 12:33 pm

    Rainoppo keep it up…ur amazing writer….

  12. Luc!f3r says:
    July 25, 2019 at 1:02 pm

    Wohohoaaa.. Those turns. But then again.. Jinn is coming backkk dhw.. Or is it their Kid ge story? Whats gonna happen in S2.. Im curious as hell.. I wanna just sit here n think of possibilities ???

  13. Luc!f3r says:
    July 25, 2019 at 1:04 pm

    Wohohoaaa.. Loved it.. S2 ga vaane gotheh mi visnany.. Jinni coming back tho.. Or Rayyan aa Shaayaa ge kid ge story tho.. Curious curious curious

  14. Maihaa says:
    July 25, 2019 at 1:06 pm

    Varah salhi mi part ves?? i love you’re story ?

  15. Maihaa says:
    July 25, 2019 at 1:08 pm

    Varah salhi mi story ?? I am loving it?

  16. jiji says:
    July 25, 2019 at 2:49 pm

    Waa waa waaa❤❤❤..Hama kos vehje….
    Story rythi kamunn??????…Kohme scene ehvec ibaaraiy kohlaafa hurileh v v kamudheyey buneveynyy??????….
    each nd ebry scene is awsm???…Nd soooooooooo curious to read the 2nd season??????..keep it up sissy…Lym?????????

    1. Rainoppa says:
      July 25, 2019 at 3:16 pm

      Hi, jiji. Thank you for your continuous support. I really appreciate it. 🙂
      Next season will be up soon. Stay tuned.

  17. azker says:
    July 25, 2019 at 5:07 pm

    V.salhi… looking forward to read season 2

  18. Meekkomee says:
    July 26, 2019 at 7:22 am

    Varah reethi ? ?? Mi part ves ❤️ ❤️❤️❤️

  19. Dhaanish says:
    July 27, 2019 at 9:39 pm

    Nice..Maa sha Allah…Shaaya varah reethi name eh.Dhen Me vaahakaiga Anei bai Biruveri nukuraathi ingey….Loabi ge vaahaka eh gothah fashaa eyrun salhi vaane

  20. The Alpha says:
    July 28, 2019 at 11:15 am

    Varah salhi
    Waiting for next part

  21. Shaima Asadhullaa says:
    August 1, 2019 at 12:54 pm

    V reethi. Waiting 4 next season.???

  22. wa says:
    August 3, 2019 at 12:06 am

    nice

  23. zara says:
    August 3, 2019 at 12:08 am

    varah furihama

  24. mike says:
    August 3, 2019 at 12:09 am

    waiting for next part

  25. sha says:
    August 3, 2019 at 12:10 am

    hadha molhey dho

  26. nash says:
    August 3, 2019 at 12:12 am

    gadha igey

  27. Vikovikko says:
    August 7, 2019 at 12:04 pm

    Wow alley nimunytha???

  28. shal says:
    January 3, 2020 at 9:12 pm

    Where is ދުޝްމަން 2

  29. Mallu says:
    February 8, 2020 at 12:26 pm

    season 2 kobaa waiting ingey…Shaya hunnaane gotheh ves neynge

Comments are closed.



All Right Reserved!